Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކަލާޔާ ނުލާ 6

Ashly Level 210 Stories100 Comments100 Login
January 29, 2019 3 Mins Read
22 Comments

އަޔާން ޒޯޔާއާއި އިތުރަށް ގާތްވެލިއެވެ. ޒޯޔާހުރީ އަޔާންއާއި އަލުމާރިއާއި ދޭތެރޭ ތާށިވެފައެވެ. އަޔާން ޒޯޔާގެ ކަންފަތާއި ކައިރި އަށް މޫނު ތިރިކޮށްލިއެވެ. އަޔާންގެ ހޫނުނޭވާ ޒޯޔާގެ ކަންފަތަށް އެޅެމުން ދިޔައެވެ. ” ޢީދު މުބާރިކު.. ޒޯ ” އަޔާން ވަރަށް ލޯބިން ޒޯޔާގެ ކަންފަތްދޮށުގައި ބުނެލިއެވެ. އަޔާންގެ ޖާދުވީ އަސަރުގަދަ އަޑު ޒޯޔާގެ ކަންފަތުގައި ޖެހުމާއި އެކު ޒޯޔާއަށް ތެޅިގަނެވުނެވެ. އަދި މަރާފައިވާ ދެލޯ ހުޅުވައިލެވުނެވެ. އޭރެ ޒޯޔާގެ ކޯތާފަތަށް މަޑު ފިޔާތޮށިކުލައެއް އަރާފައިވެއެވެ. އަޔާން ޒޯޔާގެ މޫނަށް ބަލައިލިއެވެ.ޒޯޔާ ލަދުގަނެފައި ހުރި އިރު ވަރަށް ރީތްޗެވެ. އަޔާން ޒޯޔާގެ ކޮލުގައި މަޑުމަޑުން ހިފާލިއެވެ. ޒޯޔާއަށް ވަރަށް ރީތި ހިނިތުންވުމެއް ހަދިޔާ ކުރުމަށް ފަހު އެކޮޓަރިން ނިކުތެވެ.

އަޔާން އެކޮޓަރިންް ނިކުން އިރުވެސް ޒޯޔާ ހުރީ ޖެހި ބުދެއް ހެންނެވެ. އިރުގަނޑެއް ވަންދެން ޒޯޔާގެ ހަށިގަނޑުގެ އެއްވެސް ހިއްސެއް މަސައްކަތް ނުކުރާހެން ޒޯޔާއަށް ހީވިއެވެ. ޒޯޔާ އަޔާން އަތްލި ކޮލުގައި އޭނާގެ އަތުން މަޑުމަޑުން ފިރުމާލިއެވެ. ޒޯޔާގެ ތުންފަތުގައި ލަދުރަކި ހިނިތުންވުމެއް ވިއެވެ.

ރީނާ ނިކުތުމުގެ ކުރިން އަޔާންގެ ގަމީސް އިސްތިރި ކޮށްލިއެވެ. ރީނާ ނިކުތުމުން އެގަމީސް ހަވާލުކުރުމަށް ބުނުމަށް ފަހު އަވަހަށް ފެންވަރަށް ވަނެވެ. އަޔާން އެކޮޓަރިިއަށް ގަމީސް ބަލައި އައީ ޒޯޔާ ފެންވަރަން ވަންތަނާއެވެ. ގަމީސް ހިފައިގެން ދަމުން ރީނާއަށް ޢީދުގެ ތަޙުނިޔާ ކިޔެވެ. ރީނާވެސް އަޔާންއަށް ޢީދުގެ ތަހުނިޔާ ކިޔެވެ.

ޢީދުނަމާދައްގޮސް ރީނާމެން އައީ އަޔާން މެންނަށް ވުރެ ކުރިންނެވެ. އަޔާންމެން އައީ އިސްމާޢިލް މެންގެއިން ސައި ބޮއިގެންނެވެ. އަޔާންމެން އައިއިރު ޒޯޔާމެން ހުރީ ސައި ހަދާފައެވެ. އަޔާން އާއި ފަޔާޒް ޒޯޔާމެންނާއި އެކު ސައިބޯންއިށީނެވެ. ސައިބޮއިގެން އެމީހުން ދިޔައީ އެއްޗެހި ބަދަލު ކުރަންށެވެ. ޢީދު ދުވަހުގެ ސަޔަށް ފަހު ކުލަޖެހުން ފެށޭތީ އެވެ. ރީނާ ލާފައި ހުރީ ދަބު ކުލައިގެ ކުރުތާއެކެވެ. ޒޯޔާ ލައިފައި ހުރި ރީދޫ ކުލައި ލޭސްފޮތިންވާ ބޮޑު ވަށްތިރި އެއްހުރި ހެދުމެކެވެ. އަޔާންކުރު ސޯޓަކާއި އެކު އަޅި ކުލައިގެ އަތްކުރު ގަމީހެއް ލިއެވެ. ފަޔާޒް ލާފައި ހުރީ ނޫކުލަިގެ އަތްކުރު ޓީޝާޓު އަކާއި ސޯޓެކެވެ.

ޒޯޔާމެން މަގުމައްޗަށް ނިކުން އިރު މުޅިމަގުމަތީ ގައި ވަނީ ކުލައެވެ. ވަޔާއި އެކުވެފައި ވަނީ ކުލައެވެ. ޒޯޔާމެންނާއި އުމުރުގެ ކުދިންތަކެއް ފެނުމުން އެމީހުނާއި ޒޯޔާމެން ބައިވެރި ވިއެވެ. އެތަނުގައި ހުރި ކުއްޖެއް އަތުގައި ހުރި ތަބަކަކުން ނޫކުލަ ޒޯޔާގެ އަތްފުރެންދެން ނެގިއެވެ. އަޔާންވެސް ރަތްކުލަގެ ތަބަކުން މުށްފުރެންދެންް ކުލަނެގުމަށްފަހު ޒޯޔާގެ ފަހަތުން ދުއްވައިގަތެވެ. ޒޯޔާ މާ ހުށިޔާރެވެ. ޒޯޔާ ދުވަމުން ދިޔައީ އަތިރި ކައިރީ އޮތް ރުށްގަނޑަކާއި ދިމާލައްށެވެ. އަޔާންވެސް ޒޯޔާފަހަތުން ދުވުނެވެ. ރުށްގަނޑުތެރެއަށް ވަނުމުން އަޔާންއަށް ޒޯޔާ ގެއްލުނީއެވެ. އަޔާން ހުރިތާ ހުއްޓުނެވެ. ވަށައިގެން ހޯދާލިއެވެ. އެތަނުގައި ހުރި ރުކެއްގެ ފަހަތުން ޒޯޔާ ލާފައި ހުރި ހެދުމުގެ ފަސްބައިން ބައެއް އަޔާންގެ ލޮލުގައި އަޅައިގަތެވެ. އެއީ ޒޯޔާކަން އަޔާން ދެނެގަތެވެ. މަޑުމަޑުން ގޮސް އެ ރުކުގެ ފަހަތުގައި މަޑުކުރިއެވެ. އަދި ޒޯޔާގެ އެއްއަތުގައި ހިފާފައި އަޔާންއާއި ވީފަރާތަށް ގެނައެވެ. ޒޯޔާ ހަޅޭއްލަވައިގަތެވެ. އަޔާން ހޭންފެށިއެވެ. ޒޯޔާ ލޯހުޅުވާފައި ބަލައިލިއެވެ.

އަޔާން އެއްއަތުން ޒޯޔާގެ ހިމަ އުނަގަނޑުގައި ހިފާ އަޔާންގެ ގަޔާއި ކައިރިކޮށްލިއެވެ. އެނެއް އަތުގައި ހުރި ރަތްކުލަ މަޑުމަޑުން ޒޯޔާގެ އޮމާން ކޯތާފަތުގައި  ހާކާލިއެވެ. ޒޯޔާހުރީ ސީދާ އަޔާންގެ ނޫކުލައިގެ ޖާދުވީ  ދެލޮލަށް ބަލަހައްޓައިގެންނެވެ. ހަރަކާތެއްވެސް ކޮށްލަން ނޭގިފައެވެ. އަޔާންް ޒޯޔާގެ މޫނުމައްޗަށް ވެޓިފައިވާ އިސްތަށިކޮޅު އެއްފަރާތްކޮށް ލުމަށްފަހު ޒޯޔާގެ އުނަގަނޑުން އަތްދޫކޮށްލިއެވެ. ދެންވެސް ޒޯޔާ ހަމަ ހުރިއްޔެވެ. އަޔާން މަޑުމަޑުން  ޒޯޔާގެ ދެ އަތުގެ ހުޅުގައި ހިފައި މައްޗައް ހިއްލައިލިއެވެ. ޒޯޔާގެ އަތްވަނީ މުށްކަރުވާފައެވެ. އަޔާން ޒޯޔާގެ  ދެއަތް ގެންގޮސް އަޔާންގެ މޫނުގެ ދެފަރާތުގައި ހާކާލިއެވެ. އެވަގުތު ޒޯޔާއަތުގައި ހުރި ކުލަތައް އަޔާންގެ މޫނުގައި ހޭކުނެވެ.

ފަޔާޒްއާއި ރީނާ ދެމީހުން ދުވަމުން އައިސް ޒޯޔާމެންނާއި ދުރުގައި ތިބެ އެދެމީހުންނަށް ގޮވައިލިއެވެ. އަމިއްލަ ދުނިޔެއަކަށް ގެއްލިފައި ތިބި ޒޯޔާ އަށްށާއި އަޔާންއަށް ހޭވެރިކަންވީ ދެނެވެ. ފަޔާޒްއާއި ރީނާ ތިބީ ދުވެދުވެ ވަރުބަލި ވެފައެވެ. ދެމީހުންގައިގައި ވަނީ ހުސް ކުލައެވެ. ވަކިކުރަންވެސް ނޭގެއެވެ. “ހިނގާ މޫދަށް އެރިގެން ގެއަށް ދާން ” ރީނާ ހިޔާލުފާޅުކުރިއެވެ. ” ގުޑް އައިޑިޔާ” ފަޔާޒް އެހިޔާލަށް ތާއީދު ކުރިއެވެ. ފަޔާޒް އާއި ރީނާ މޫދަށް އެރި  ތަންކޮޅެއް ބިއްދޮށަށް ފަތައިގަތުމުން އަޔާންމެން ތިބީ ޒޯޔާ އިސްކޮޅުކާ ހިސާބުގައެވެ. އެއީ ޒޯޔާއަށް ފަތަން ނޭގޭތީއެވެ. އަޔާންހުރީ ޒޯޔާގެ މޫނަށް ބަލަހައްޓައިގެންނެވެ. ޒޯޔާ އަޔާންގެ އެބެލުމުން ސަލާމަތްވާން އެދިމާ ނުބަލަން ވަރަށް މަސައްކަތް ކުރިއެވެ. ޒޯޔާ އަތަށް ލޮނު ގޮތްޓެއްނަގައި މޫނު ދޮވެލިއެވެ. ޒޯޔާގެ މޫނުގައި އެލޮނު ޓިކިތައް ހަރުލާފައި ހުންނައިރު ވަރަށް ރީއްޗެވެ. އަޔާންނަށް ޒޯޔާއި ދުރުގައި ހުންނަށް ކެއްނުވިއެވެ. ޒޯޔާގެ އަތުގައި ހިފާ އަޔާން އާއި ގާތްކޮށްލިއެވެ. ރީނާމެން  ތިބީ ދުރުގައި ކަމުން އަޔާންމެން ނަށް ސަމާލުކަަމެއް ނުދެއެވެ. ޒޯޔާގެ ދަތްދޮޅީގައި ހިފާ އަޔާން ހިއްލައިލިއެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވުމުން ޒޯޔާގެ ހަށިގަނޑުތެރޭ ކަރަންޓު ރާޅުބާންޏެއް ދުވެލިހެން ހީވިއެވެ. ޒޯޔާ ހުރީ ވާންމިއުޅެނީ ކީއްކަމެއް ނޭގި ފިނިވެފައެވެ.” ޒޯ… އައި ލައިކް ޔޫ … ” އަޔާން ޒޯޔާއާއި ހަތަރުކަޅި ހަމަކުރަމުން ވަރަށް ލޯބިން ބުނެލިއެވެ. ޒޯޔާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ހަމައެހިދު އަޔާންގެ ގައިގާ ބައްދާލައި ޒޯޔާއަށްވެސް އަޔާން ވަރަށް ކަމުދެއޭ ބުނަށް ބޭނުންވިއެވެ. ނަމަވެސް ރީނާމެން އަންނަތަން ފެނުމުން ދެމީހުން ދުރުވެލިއެވެ.

ޒޯޔާމެން މޫދުންއައިސް ފެންވަރައިގެން މެންދުރަށް ކައްކަން ވަނެވެ. މިރޭ އަޔާންގެ ޝޯ އޮށްނާތީ ފަޔާޒް އާއި އަޔާން ދިޔައީ އެތަނަށްށެވެ. މެންދުރުވެސް އައިސް އަވަހައް ކައިގެން ދިޔައީއެވެ.

އިރުއޮތްސިއްޖެއެވެ. ޒޯޔާގެ ހިތްއޮބިނޯއްނަވަރަށް އަޔާންދެކިލުމަށް އެދެމުން ދިޔައެވެ. ނަމަވެސް އެކަމެއް ކާމިޔާބު ވާގޮތެއް ނުވިއެވެ. ޒޯޔާއާއި ރީނާ ޝޯއަށް ދާން ތައްޔާރުވަމުން ދިޔައެވެ. ތައްޔާރުވެގެން  ނިކުންއިރު އަޔާންއާއި ފަޔާޒް ވެސް ތައްޔާރުވެގެން ނިކުމެއްޖެއެވެ. އަޔާން ވަރަށް ލޯބިން ޒޯޔާއަށް ބަލައިލިއެވެ. ޒޯޔާވެސް އަޔާންއަށް ބަލައިލިއެވެ. ހަތަރުމީހުން ޝޯ ބާއްވާ ތަނަށް ދާން ނިކުތެވެ.

އެސަރަހައްދައް ދިޔައިރު ވަރަށް ގިނަ މީހުން އެތަނުގައި އެއްވެފައި އޮތެވެ. އެރޭ ޝޯގައި ރަށުގެ ޑާންސް ގުރޫޕެއް ވެސް ޕަރފޯމް ކުރާތީ އެމީހުންވެސް ދިޔައީ ތައްޔާރު ވަމުންނެވެ. ޝޯ ފެށުނީ އައްގަޑި ބައިވިއިރު އެވެ. ޑާންސް  ޕަރފޯމްތަކަށްފަހު އަޔާންގެ ލަވަތައް ގެނެސް ދެމުން ދިޔައެވެ. އަޔާން ލަވަކިޔަން އަރާ ކޮންމެ ފަހަރަކު އަންހެން ކުދިންތައް އަޔާންގެ ނަމުން ގޮވައި ފުމެމުން ދިޔައެވެ. ޒޯޔާއަށް މި މަންޒަރު ފެނުމުން ރުޅިގަދަ ވާންފެށިއެވެ. އެހެން އަންހެން ކުއްޖަކު އަޔާންއާއި ދިމާލަށް ބަލަން އަޔާންގެ ނަންކިޔަން ޒޯޔާއަކަށް ގަބޫލެއްނުވެވޭނެއެވެ. އަޔާންއަށް ޒޯޔާގެ މޫނުމަތީގައި ވާ އަސަރުތައް ދެނެގަނެވުނެވެ. އަޔާން މައިކު އަތަށް ނެގިއެވެ. ” މި ލަވައަކީ … އަޔާންްއަށް ވަރަށް ހާއްސަ ކުއްޖަކަށް ކިޔައިދޭ ލަވައެއް … އަހަރެން ހަޔާތުގައި އަދި ތިހާ ރީތި ކުއްޖެއް ނުދެކެން … އައި ރިއަލީ ލައިކް ޔޫ …. ” ޒޯޔާއާއި ދިމާލަށް ބަލައިލަމުން އަޔާން ބުނެލިއެވެ. ޒޯޔާ ހިނިތުން ވެލިއެވެ. އެ ހިނިތުންވުންފެނި އަޔާންގެ ހިތަށް ފިނިކަން ލިބިގެންދިޔައެވެ. އަދި ވަރަށް ލޯބިން ޒޯޔާއާއި ދިމާލަށް ބަލަހައްޓައިގެން ހުރެ ލަވަކިޔަން ފެށިއެވެ.

ނޫޅެވޭނޭ މަށަށް ދެން ކަލާޔާ ނުލާ

ހިތްއުފާ ވާނެހޭ ދެން ކަލާޔާ ނުލާ

ބޭނުމީ ދާއިމީ ލޯތްބޭ ދިނުންހަމަ ކަލާ

ބޭނުމީ ގާތުގާ ލޯބިން އުޅޭންށޭ ކަލާ

ބީވެގެން ލޯމަތިންދާން މަނޭދެން ކަލާ

ހިތްއުފާ ވާނެހޭ ދެން ކަލާޔާ ނުލާ …

 

– ނުނިމޭ –

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ashly

Level 210 Stories100 Comments100 Login

am 18 years old girl.. love to read and write stories.. Leave comments.. I will keep improving my writing ?????? my Facebook page .. ashlystories❤️

Other Articles

Previous

ސަލާމަތުގެ އައްސޭރި ލިބިގަންނާށެވެ.

Next

ހަދިޔާ (އެއްތިރީސްވަނަ ބައި)

Next
January 29, 2019

ހަދިޔާ (އެއްތިރީސްވަނަ ބައި)

Previews
January 28, 2019

ސަލާމަތުގެ އައްސޭރި ލިބިގަންނާށެވެ.

22 Comments!

  1. eny says:
    January 29, 2019 at 12:47 pm

    aww v salhi mi part vex.. when next part..?? keep going darling ♥️

    1. Ashly says:
      January 29, 2019 at 2:43 pm

      Thank u Eny…. Tomorrow… ❤❤

  2. Kitty says:
    January 29, 2019 at 12:59 pm

    Masha allah.. Varah reethi mi part.. I just loved it ash.. Keep up the good work dear. ??❤️❤️❤️ btw Koniraku next part..??

    1. Ashly says:
      January 29, 2019 at 2:44 pm

      Thank u kitty … Next part.. Tomorrow… ❤❤

  3. Girl eh says:
    January 29, 2019 at 1:20 pm

    Alhey haadha romantic eyy..??

    1. Ashly says:
      January 29, 2019 at 2:45 pm

      Thank u for ur comment… Aan dhow❤❤

  4. Sharu says:
    January 29, 2019 at 2:28 pm

    Varah reethi, Maasha Allah.. mivaagakaiga adhi mi vaa goiyy hama varah ?? when is next part

    1. Ashly says:
      January 29, 2019 at 2:47 pm

      Thank u sharu … Tomorrow ❤❤

  5. Samaan says:
    January 29, 2019 at 3:42 pm

    Varah reethi masha Allah. Then faharakune Thakolhe theguko leyela theche

    1. Ashly says:
      January 29, 2019 at 3:53 pm

      Thank you Saman… Yeah of course next part dhigukoh liyaani

  6. maaa says:
    January 29, 2019 at 10:17 pm

    thankolheh dhigu kohli nama vrh salhi vaane
    nd mi prt vx vrh reeethi masha allah keep it up sis

    1. Ashly says:
      January 30, 2019 at 12:06 pm

      Thanks maaa … Of course next part dhigukoh laanah

  7. Unooo says:
    January 30, 2019 at 12:30 pm

    Oh nice song????? it was verry butterfly story…..keep it up????

    1. Ashly says:
      January 31, 2019 at 9:53 am

      Thanks unooo???

  8. maaa says:
    January 30, 2019 at 2:42 pm

    kn irakun nxt part upload kurany

    1. Ashly says:
      January 31, 2019 at 9:54 am

      It’s been published now

  9. Kitty says:
    January 30, 2019 at 5:09 pm

    Ash dear.. When next part..?

    1. Ashly says:
      January 31, 2019 at 9:55 am

      It’s been published ??

  10. winx says:
    January 30, 2019 at 9:47 pm

    Vaahaka varah salhi… When next part.

    1. Ashly says:
      January 31, 2019 at 9:56 am

      Thanks winx ???

  11. Ashly says:
    January 31, 2019 at 9:55 am

    It’s been published kitty ??

  12. Maa says:
    January 31, 2019 at 1:24 pm

    Nice story?

Comments are closed.

Next Episodeކަލާޔާ ނުލާ 7←


All Right Reserved!