Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ބުނާށޭ ލޯބި ނުވަނީހޭ……1

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
January 29, 2019 4 Mins Read
28 Comments

މޭޒު މަތީގައި ބޯ އަޅައިގެން އޮތް ރައިހާނާގެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. ހުޅުވާފައި އޮތް ފޮތުގެ ގަނޑު ކަރުނައިން ތެމެމުން ދިޔައެވެ. ގިސްލެވޭހެން ހީވުމާއެކު ރައިހާނާ އަނގަ މަތީ އަތް އަޅާލިއެވެ. “ރައި. ތެދުވެބަ މިސް އެބާދޭ” ރައިހާނާ ކޮނޑުގައި ކޮށްޓާލަމުން އަންޖަލް ބުންޏެވެ.
މޭޒުމަތިން ބޯ ނުނަގައި އެއޮތްގޮތަށް އޮވެ ކަރުނަތައް ފޮހެލުމަށްފަހު ރައިހާނާ ބޯނެގިއެވެ. އޭރު ކުލާހު ތިބި ހުރިހާ ކުދިންގެ ނަޒަރުވަނީ ރައިހާނާއަށް ހުއްޓިފައެވެ. ރައިހާނާ ބަލާލުމާއެކު ހުރިހާ ކުދިން އެކުދިންގެ ނަޒަރު އެހެން ދިމަ ދިމާއަށް ބަދަލުކޮށްލިއެވެ.
ރައިހާނާގެ ދޮން މޫނު އެކީ ވަނީ ރަތްވެފައެވެ. ލޯދުޅަވެފައި ތެތެވެ. އޭރުވެސް ރައިހާނާގެ އަނގައިން މަޑު ގިސްލުމެއްގެ އަޑު އިވެއެވެ. މިސް ކުލާހަށް ވަންނަން ވާއިރަށް ފަހަތު ދޮރުން ނިކުމެގެން ރައިހާނާ ފާޚާނައަށް ދިއައެވެ. ކުލާސް އިންނަ ތަނުގެ ގޮތުން އިތުރު ބަޔަކަށް ނުފެނި ރައިހާނާއަށް ދެވުނެވެ.
ފާޚަާނާ އެތެރެއަށް ވަދެވުމާއެކު އަނެއްކާވެސް ރައިހާނާއަށް ރޮވެން ފެށުނެވެ. އަނގައިން އަޑެއް ނުނިކުތެއްކަމަކު ލޮލުން ހޯސްލާފައި ކަރުނަ ފައިބަމުން ދިޔައެވެ. “ވައި ޒިވާން؟ ވައި އަހަރެންގެ ކޮން ކުށެއް އޮވެގެން ޒިވާން އަހަންނަަށް ތިހެން ތިހެދީ؟” ރޮވެމުން ދިޔަ ހާލު ރައިހާނާ އޭނާގެ އަމިއްލަ ނަފްސާ ވާހަކަ ދެއްކިއެވެ.
*******
“އައްސަލާމު އަލައިކުމް” ފާޚާނައިން އެނބުރި އައިރު ރައިހާނާ މޫނުމަތީގައިވި ރަތްކަމެއް ނެތެވެ. އެހެނަސް ލޯ ހުރީ ދުޅަވެފައެވެ .މިސް ސަލާން ބަލާގަތުމާއެކު ހުރިހާ ކުދިންނަށް ރީތި ހިނިތުންވުމެއް ހަދިޔާ ކުރަމުން ރައިހާނާ އައިސް އޭނާ އިންނަތަނުގައި އިށީނެވެ.
“ރައި. އާ ޔޫ އޯކޭ؟” ހާސްވެފައި ހުރެ އަންޖަލް ވައި އަޑުން އަހާލިއެވެ. ރައިހާނާ ބޮލުގެ އިޝާރާތުން އާއެކޭ ބުނުމަށްފަހު ފިލާވަޅަށް ސަމާލުކަން ދިނެވެ. އޭނާ ކުރާ ސުވާލުތަކަށް އެގަޑީ ރައިހާނާ ޖަވާބު ނުދޭނެކަން އެނގޭތީވެ އަންޖަލްވެސް އިތުރު ސުވާލެއް ނުކޮށް ފިލާވަޅަށް ސަމާލުކަން ދިނެވެ.
ގަޑި ނިމުމުން ޓީޗަރު ނިކުތުމާއެކު ފަހަތުބަރީގައި އިން ވިޝާހް ތެދުވެ ރައިހާނާ އިންނަތަނަށް ދިޔައެވެ. ރައިހާނާ ކުރިމަތީ އިން ހުސް މޭޒުގެ ގޮނޑި ފަހަތަށް އަނބުރާލަމުން ވިޝާހް އިށީނެވެ. އޭރު އިސްޖަހައިގެން އިން ގޮތަށް ގުޑާވެސް ނުލައި ރައިހާނާ އިނެވެ.
“ރައިހާނާ. ވަރަށް ބޮޑަށް ސޮރީ. މަށަކަށް ނޭންގެ ޒިވާންއާ ރައިހާނާއާ ދެމެދު އެކަހަލަ ކަމެއް އުޅޭކާމެއް. އެނގޭނަމަ އަހަރެން މިއަދު އެވާހަކަ ނުދެއްކީމުސް. ސޮރީ” ދެރަވެފައި ހުރެ ވިޝާހް ބުންޏެވެ. “ވިޝާހް. އައި އޭމް ފައިން. މަށެއް ވިޝާހްދެކެ ރުޅިއެއް ނާދޭ. އިންފެކްޓް އައި އޭމް ގްލެޑް ދެޓް ޔޫ ޓޯލްޑް މީ އަބައުޓް ޒިވާން އެންޑް ޔާޝާ” ރައިހާނާ އިސްއުފުލާލިއިރު އޭނާގެ ރީތި ބޮޑު ދެލޮލުގައި ކަރުނަ ވިދަމުން ދިޔައެވެ. ރައިހާނާގެ ކަރުނަވީ ދެލޯ ފެނުމާއެކު ވިޝާހްގެ ހިތަށް އަސަރު ކުރިއެވެ. ޒިވާންއާ ޔާޝާގެ ވާހަކަ ނުބުނެވުނުނަމާއޭ އޭނާ ހިތަށް އެރިއެވެ. “މަށަކަށް ނޭންގެ އެއީ ތެދެއް ކަމެއް. ޒިވާންއަކީ ވަރަށް ސިއްރުވެރި މީހެއް. އަހަރުން ހައްދަންވެސް ޒިވާން އެހެން ބުނެފާނެ!” ވިޝާހް ރައިހާނާ ހިތްހަމަޖައްސާދޭން ބުންޏެވެ. “ވިޝާހް. އައި ޓލްޑް ޔޫ އައި އޭމް ފައިން. އެންޑް އިޓްސް ޓްރޫ.” އެންމެފަހު ޖުމްލަ ބުނިއިރު ރައިހާނާގެ އަޑު އައީ ވަރަށް މަޑުންނެވެ. އިތުރަށް އެއްޗެކޭ ނުބުނެ ވިޝާހް އެތަނުން ދިޔައެވެ.
ރައިހާނާގެ ޚިޔާލުތައް ދެއަހަރެއްހާ ދުވަސް ކުރިއަށް ދިޔައެވެ. ޒިވާންއާ އޭނާގެ ގުޅުން ފެށުނު ހިސާބަށެވެ. ޒިވާންއަކީ ސްކޫލުގައި ހުރި އެންމެ ރީތި ކުއްޖާއެކޭ ނުބުނެވޭނެއެވެ. އެހެނަސް އޭނާއަކީވެސް އަންހެން ކުދިންގެ މެދުގައި ކޮންމެސްވަރަކަށް މަގުބޫލު ދަރިވަރެކެވެ. އެއާ ޚިލާފަށް ރައިހާނާއަކީ ސްކޫލުގައި އެންމެ މަޝްހޫރު އަންހެން ކުއްޖާއެވެ. ރައިހާނާއޭ ބުނުމުން އެއީ ކާކުކަން ނޭންގޭ ކުއްޖަކު އެސުކޫލުގައި ނުހުންނާނެއެވެ. އާދައިގެ ދިވެއްސަކަށްވުރެ ހަމުގެ ކުލަ އަލިވެފައި ބުރު ސޫރަ ރީއްޗެވެ. އިސްކޮޅުން ދިގުވެފައި އިލޮށްޓެއްހައި ހިމައެވެ. އެންމެ އަޅައިގަންނަ ސިފައަކީ ރައިހާނާގެ ބޮޑު ދެލޮލެވެ. ދިގު އެސްފިޔަތަކަކާއި ތޫނު ކަޅިރަވައެކެވެ. މަޑު މުށިކުލައިގެ ކަޅި ފެނިފައި ހިތަށް އަސަރު ނުކުރާނެ ފިރެހަނަކު މަދުވާނެއެވެ. ސްކޫލުތެރެއިންނާއި ބޭރުން ލޯބީގެ ގިނަ ހުށަހެޅުންތައް ރައިހާނާއަށް ލިބެމުން ދިޔައެވެ. ނަމަވެސް އޭނާ ކޮންމެ ހުށަހެޅުމަކަށް ނޫނެކޭ ބުނަމުން ދިޔައީ އެހިތުގައި ޒިވާންއަށް ޚާއްސަ އިހްސާސްތަކެއް އުފެދިފައި ވުމުންނެވެ. ކިތަންމެ ނޫން ކަމަށް ހެދިގެން އުޅުނަސް އޭނާއަށް ޒިވާންއާ ގަޔާވެވުނެވެ. ޒިވާންގެ ސިއްރުވެރިކަމުން އެވާހަކަ އެއްވެސް މީހަކާ ހިއްސާކުރާކަށް ރައިހާނާއަކަށް ނުކެރުނެވެ. ޒިވާން ދުވަހަކުވެސް ކުއްޖަކާ ރައްޓެހި ނުވާކަމަށް ސްކޫލްތެރޭގައި ވަނީ އަޑު ފެތުރިފައެވެ.
ރައިހާނާއަށް ހައިރާންކަން ލިބުނީ ޒިވާން އިސްވެ އޭނާއަށް މެސެންޖާގެ ޒަރިއްޔާއިން”ހައި” ޖެހުމުންނެވެ. ޖެހިލުންވިއެއް ކަމަކު ރައިހާނާ ވެސް “ހައި” ޖެހިއެވެ. “ހައި” އަކުން ފެށުނު ގުޅުން މަަހަހެއްހާ ދުވަސް ފަހުން ލޯތްބަށް ބަދަލުވިއެވެ. ރަސްރަނީގެ ހިތްގައިމު މާހައުލުގައި ޒިވާން ރައިހާނާއަށް ލޯބި ހުށަހެޅިއެވެ. އިތުރު ވިސްނުމަކަށް ނުގޮސް ރައިހާނާ އާބަސް ބުންޏެވެ. ދެމީހުންވެސް ވައުދުވީ ކިޔަވާ ނިމެންދެކަށް އެންމެން ގާތް އެކުވެރިންގެ ކިބައިން ފިޔަވާ އެންމެންނަށް އެގުޅުން ސިއްރުކުރާށެވެ. އަންޖަލް ފިޔަވާ އިތުރު މީހެއް ގާތުގަ ރައިހާނާ އޭނާއާ ޒިވާންގެ ގުޅުމުގެ ވާހަކައެއް ނުބުނެއެވެ. ސްކޫލްތެރޭގައި ދެމީހުން އުޅެމުން ދިޔައީ ބަޔަކަށް ޝައްކުނުވާނެހެންނެވެ. ޒިވާން އެއަހަރު ސްކޫލް ނިމުނެއް ކަމަކު އެގުޅުން ކުރިއަށް ގެންދިޔައެވެ. އެހެނަސް ރައިހާނާ ބޭނުންވީ އޭނާ ކިޔަވާ ނިމެންދެކަށް ދެމީހުން ކުޑަ ބްރޭކެއް ނަގާށެވެ. އެތަށް އަހުދާ ވައުދު ވުމަށްފަހު ދުވަސްކޮޅަކަށް ދެމީހުން ވާހަކަ ދެއްކުން ހުއްޓާލިއެވެ. ކިޔެވުމަށް އިތުރަށް ސަމާލުކަން ދީގެން ރައިހާނާ އަވަދިނެތި އުޅެމުން ދިޔައެވެ.
މިއަދު ވިޝާހްގެ ފަރާތުން ޒިވާން ޔާޝާއާ ރައްޓެހިވެގެން އުޅޭކަން އެނގުމުން އެހިތް ކުދި ކުދިވިއެވެ. ވިޝާހް ޒިވާންގެ ވާހަކަ ދެއްކީ ރައިހާނާ ސުވާލުކުރުމުންނެވެ. މަޖަލަކަށް ރައިހާނާ ކުރި ސުވާލުން އޭނާގެ ދުނިޔެ އަނދިރިވިއެވެ. ދުވަހަކުވެސް ތަތްނުކުރެވޭނެހާ ބޮޑަށް އޭނާގެ ހިތް ކުދިކުދިވިއެވެ.
އަންޖަލް އަދި ކުލާސް އެހެން ކުދިންގެ މަސައްކަތުން ރައިހާނާ ހަމައަކަށް އެޅުނެވެ.ރައިހާނާ ހަމައަކަށް އަޅުވަން އެންމެ މަސަައްކަތް ކުރީ ވިޝާހެވެ.
****
ރައިހާނާ ގެއަށް ގޮސް ތާޒާ ވެލައިގެން ފޯނު ބަލާލިއިރު ޒިވާންގެ މެސެޖެއް އައިސަށް އިނެވެ. ހަމަޖެހިލުމަށްފަހު ރައިހާނާ މެސެޖް ބަލާލިއެވެ. “ނީޑް ޓު ޓޯކް. މިއަދު ހަވީރު ހަތަރެއް ޖަހާއިރު ލައިބްރަރީއަށް އާދޭ. ވަރަށް އާޖެންޓް” ޒިވާން ކިޔަނީ ކީކޭތޯ ބަލަން ދާން ރައިހާނާ އޯކޭއޭ ޖަހައި ރިޕްލައި ކުރިއެވެ. އެއަށްފަހު އަންޖަލްއަށް ގުޅާލުމަށްފަހު އޭނާއާއެކު ލައިބްރަރީއަށް ދިއުމަށް އެދުނެވެ. އަންޖަލް އެއްބަސްވުމާއެކު ހަމަޖެހުމުގެ ނޭވާއެއް ލުމަށްފަހު އެނދުމައްޗަށް ވެއްޓިގަތެވެ. ޒިވާންގެ ޚިޔާލްތައް ސިކުނޑިއަށް ވެރިވުމާއެކު ދެލޯ މަރާ ބާރުކޮށްލެވުނެވެ.
*******
ހަވީރު ހަތަރެއް ޖެހިއިރު އަންޖަލްއާ ރައިހާނާ ތިބީ ލައިބްރަރީގައެވެ. އަންޖަލް ބޭރުބައިގައި މަޑުކުރީ ރައިހާނާއާ ޒިވާން އެކަނި ވާހަކަ ދަައްކަން ފުރުސަތު ދޭށެވެ.
ރަތް ކުލައިގެ ގަމީހާއި ހުދު ކުލައިގެ ޖިންސުގައި ޒިވާން ފެންނަނީ ނުހަނު ހިތްގައިމު ކޮށެވެ. ގަމީހުގެ އަތުކުރި އޮޅަބޮއްޓާ ހަމައަށް އޮޅާފައި އޮތުމުން އޭނާގެ ބާރުގަދަ އަތުގެ މުލައްދަނޑި އޮތީ ހާމައަށް ފެންނަންށެވެ.
“ރައި” ގޮނޑީގައި އިށީން ގޮތަށް ޒިވާން ރައިހާނާއަށް ގޮވާލިއެވެ. އެއްވެސް އަަސަރެއް މޫނު މަތިން ނުދައްކާ ރައިހާނާ ޒިވާނަށް ބަލާލިއެވެ. “މިއަދު ތި ކްލާހުގަ ވީ ކަންތައްތަ މަށަށް އެނގޭ. އައި އޭމް ސޮރީ. ރައި ކިޔެވުމަށް ބުރުއަރާފާނެތީ ނުބުނީ. އައި ލަވް ޔާޝާ. އަސްލު ރައިއަށް މިހެން ހަދަން ވަރަށް ދެރަވޭ. ވީ ކޭން ބީ ފްރެންޑްސް ރައިޓް؟” ސަލާމަށް އަތް ދިއްކޮށްލަމުން ޒިވާން އެހިއެވެ. ރައިހާނާ އިނީ ބުނާނެ އެއްޗެއް ނޭންގިފައެވެ. “ތޭންކްސް” އިތުރަށް ބުނާނެ އެއްޗެއް ނޭންގުމުން އެހެންބުނެ ރައިހާނާ ތެދުވިއެވެ. ޒިވާން ގޮވުމުން އަޅާލުމެއްނެތި ރައިހާނާ ނިކުމެގެން ދިޔައެވެ.
ދުންޖަހައިފައި ނުކުމެގެން ދިޔަ ރައިހާނާ ފެނުމުން އަންޖަލްއަށް އިން ތަނުން ތެދުވެވުނެވެ. ރައިހާނާގެ ފަހަތުން ނުކުތް ޒިވާންފެނި އަންޖަލް ރުޅިގަދަވިއެވެ. ހަޅޭއްލަވައި ގަންނަން އުޅެފަވެސް މާހައުލުގެ ގޮތުން އެއްޗެކޭ ނުބުނެ ޒިވާނަށް ކަޅި އަޅާލުމަށްފަހު ސިޑިއާ ދިމާއަށް ދިޔައެވެ.
****
ސިޑިން ފައިބަމުން ދިޔައިރު ރައިހާނާގެ ކަންފަތުގައި ގުގުމަމުން ދިޔައީ ޒިވާންގެ ބަސްތަކެވެ. އަމިއްލަ ދުނިޔެއަށް ގެއްލިފައި އިން ރައިހާނާ ސިއްސައިގެން ދިޔައީ މީހެއްގައިގައި ލައިގަތުމުންނެވެ. އެމީހާ އަތުގައި ހުރި ފޮތްތައް ސިޑި މައްޗަށް ވެރުނެވެ. “ސޮރީ” އެމީހާގެ މޫނަށް ބަލާލުމެއް ނެތި މާފަށް އެދިފައި ރައިހާނާ ނިކުމެގެން ދިޔައީއެވެ.
ދުވެފައި ކަހަލަ ގޮތަކަށް ތިރިއަށް ފޭބި އަންޖަލަށް އެމަންޒަރު ފެނުނެވެ. ރައިހާނާ ފަހަތުން ދާން އުޅުނު އަންޖަލްގެ ފިޔަވަޅުތައް ހުއްޓުނީ ފޮތްތައް ނަގައިގެން ތެދުވި ޒުވާނާ ފެނިފައެވެ. ޔޫރަޕުގެ މޮޑަލްއަކަށް އެޒުވާނާ ދޫނުކުރެއެވެ. އިސްކޮޅުން ދިގުވެފައި ބައިމަތި ފުޅަލެވެ. ދޮންވެފައި ބަލާލަން އެހާ ރީއްޗެވެ. ތުނިކޮށްފަޅާފައި ހުރި ތުނބުޅިން އޭނާގެ ފިރިހެންވަންތަކަން އިތުރުވެއެވެ. ރީތިގޮތަކަށް އިސްތަށިގަނޑުވަނީ އެއްފަރާތަކަށް ސްޓައިލްކޮށްފައެވެ.
އަންޖަލް ބަލަހައްޓައިގެން އިނުމުން އެޒުވާނާ އަންޖަލްއަށް ހިނިތުންވެލިއެވެ. ބަދަލުގައި އަންޖަލްވެސް ހިނިތުންވެލުމަށްފަހު އެތަނުން ދިޔައެވެ.
****
ރައިހާނާއާ އަންޖަލް ޖުމްހުރީ މައިދާނުގެ ބެންޗެއްގައި އިށީންދެ ތިއްބެވެ. އަނގައިން ނުބުނެ އެހެން ތިބޭތާ ފަނަރަ މިނެޓު ވެދާނެއެވެ. ރައިހާނާ ދެރަވެފައި އިނުމުން އިސްވެ ވާހަކަ ދައްކާކަށް އަންޖަލްއަކަށް ނުކެރުނެވެ. ރައިހާނާ ހިތްހަމަ ޖައްސަ ދޭންވެސް ބުނާނެ އެއްޗެއް އަންޖަލްގެ ސިކުނޑިއަކަށް ނުވިސްނުނެވެ.
ރައިހާނާއާ އަންޖަލްގެ ދެމެދަށްވެރިވެފައިވި ހަމަހިމޭންކަން ނެތިގެން ދިޔައީ ރައިހާނާގެ ފޯނު ރިންގު ވުމުންނެވެ. ގުޅަމުން ދިޔައީ އޭނާގެ މަންމަ ކަމުން ހަމަޖެހިލުމަށްފަހު ރައިހާނާ ފޯނު ނެގިއެވެ. “ރައި. މިހާރު ހައެއް ޖަހާފިއެއްނު އަދިވެސް ގެއަށް ނާންނަމެންނު.” ކަންބޮޑުވުން އެކުލެވޭ ރާގެއްގައި ރައިހާނާގެ މަންމަ ޝައުފާ ވާހަކަދެއްކިއެވެ. “މަންމާ. ރައިއާ އަންކޮ މިތިބީ ޖުމްހުރީ މައިދާނުގަ ވައި ޖައްސާލަން. އިރުކޮޅަކުން އެބަދަން” “މާލަސްނުވެ އަންނާތި އިނގޭ. ދެން ބާއްވަނީ” އެހެން ބުނުމަށްފަހު ޝައުފާ ފޯނުކަނޑާލިއެވެ. “ރައި ޔޫ އޯކޭ؟” އަހަން ނާހަން ހުރެފައި އެންމެ ފަހުން އަންޖަލް އަހާލިއެވެ. އެންމެ ގާތް އެކުވެރިޔާ ހިތާމައިގައި އުޅޭތަން ބަލަން އަންޖަލްއަކަށް ކެތެއް ނުވާނެއެވެ. “އަންކޮ. ރިލެކްސް އައި އޭމް ފައިން. ބޭކާރު މީހަކަށްޓަކައި ލޮލުން އެންމެ ކަރުނަތިއްކެއް ވެސް ބޭކާރު ކުރާކަށް ދެން ބޭނުމެއް ނޫން. އެެއަށްވުރެ މި ކަަަަަަަަަރުނައިގެ އަގު ބޮޑު. އެނީވޭ ލެޓްސް ގޯ ނައު” “ޔާ ލެޓްސް ގޯ” ދެކުދިން އެކުއެކީހެން ތެދުވެގެން ގެއަށް ދާން ހިނގައިގަތެވެ.

ނުނިމޭ

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Other Articles

Previous

ހަދިޔާ (އެއްތިރީސްވަނަ ބައި)

Next

ފާތިކް

Next
January 29, 2019

ފާތިކް

Previews
January 29, 2019

ހަދިޔާ (އެއްތިރީސްވަނަ ބައި)

28 Comments!

  1. Kiyara says:
    January 29, 2019 at 8:44 pm

    Slm alaikum. Miee alhugandu ge aaa vaahaka ‘bunaashey loabi nuvanyhey’. wifi libumugai dhathikameh ulheythy mi baige cover photo up nukurevuny. ISA dhen oii bai next week Wednesday ga. Alhugandu ge kuryge vaahaka thakah libunu tharheebu mi vaahaka ah ves libeyne kamah ummedhu kuran.
    ~kiyara~

  2. SHIVV says:
    January 29, 2019 at 9:34 pm

    vr salhi. Waitng for next part. ????

    1. Kiyara says:
      January 30, 2019 at 3:31 pm

      Thank u shivv?

  3. Aaan says:
    January 29, 2019 at 9:44 pm

    Vaahaka hama v reethi eekam thankolhe kuree dhen onna part dhigukollachey

    1. Kiyara says:
      January 30, 2019 at 3:32 pm

      Thank u aan. Kurutha mi bai? Its more than 1000 words ISA next part miah vure dhigu kureveytho balaanan

  4. Lotus says:
    January 30, 2019 at 8:47 am

    Looking forward to this story too… seems really nice.. pls upload the nxt parts soon..
    Keep up the good

    1. Kiyara says:
      January 30, 2019 at 3:36 pm

      Thank you lotus. ♥️

  5. Kujjeh says:
    January 30, 2019 at 10:19 am

    Nice story

    1. Kiyara says:
      January 30, 2019 at 3:37 pm

      Thank you kuhjjeh❤️

  6. Rifu says:
    January 30, 2019 at 2:17 pm

    Wow… Varah reethi Mi part Ma Shaa Allah… Waiting for next part… ☺☺☺

    1. Kiyara says:
      January 30, 2019 at 3:37 pm

      Thank you Rifu❤️

  7. Al-baan says:
    January 30, 2019 at 5:40 pm

    Hy kiyaaraa vaaahaka varah varah reethi I guess kuriah huri baithah varah reethivaane kamah waiting for next part,?

    1. Kiyara says:
      January 30, 2019 at 8:42 pm

      Thank u Albaan❤️

  8. Unknown girlll.. says:
    January 30, 2019 at 8:01 pm

    V..reethi….kureege vaahaka thah fadhain mivaahakavesmreethi vaane kamah ummedhukuran no doubt…? soo wish u all the best sis….??? keep smiling???? luv ya❤..n kureege vaahakathah furihama kamaa kaamiyaabu kamaaeku nimmaleethy v .bodah maruhabaa????

    1. Kiyara says:
      January 30, 2019 at 8:43 pm

      Thank u sooo much unknown girlll. Luv ya too♥️❤️?? Barakallah laki

  9. Nisha says:
    January 31, 2019 at 10:46 am

    Vrh reethi…???
    Loved ur story…?
    Waiting for next part..
    ???

    1. Kiyara says:
      January 31, 2019 at 3:21 pm

      Thank you Nisha?

  10. Haa? says:
    January 31, 2019 at 6:44 pm

    Vrh reethi vaane kamah ummedh kuran… love your strys kiyara.. ❤vrh reethi mi part… next part kn irakun??

    1. Kiyara says:
      January 31, 2019 at 6:47 pm

      Thanks Haa. Next part kurin bunefa ihnnaany next Wednesday gaey. Ekam mirey noony maadhama ISA up kuraanan

  11. Eva says:
    January 31, 2019 at 8:04 pm

    Varah salhi…waiting for next …?

    1. Kiyara says:
      January 31, 2019 at 11:49 pm

      Thanks Eva

  12. Nisha says:
    January 31, 2019 at 10:15 pm

    Plx mi vaahakaiga pic eh laaba…eyrun dhw gina meehun kiyaa hih vaany…just my advice…?

    1. Kiyara says:
      January 31, 2019 at 11:51 pm

      Hehe. Cover pic eh ihnnane hadhaafa. Mibayah ves laan ulhuny ekam wifi thankolheh down koh ulheythyve nulevuny. ISA dhen ahnna baiga cover pic ihnnane

  13. Happy says:
    February 1, 2019 at 11:40 am

    Vvv salhi…maashaa allah

    1. Kiyara says:
      February 1, 2019 at 12:54 pm

      Thank u happy

  14. Kaira?? says:
    February 1, 2019 at 1:31 pm

    V reethi. Story.♥️waiting for the next part .. lol♥️♥️

    1. Kiyara says:
      February 1, 2019 at 3:22 pm

      Thanks kaira♥️

  15. Mi vaahaka says:
    February 6, 2019 at 12:11 pm

    Alhe haadha lahey kn irakun thr next part..plxxx avas kohdhybaa .. v reethi mi vaahaka.. waiting for next part..???

Comments are closed.


All Right Reserved!