ފޮހެވިގެން ނުދާނޭ 03 ފަހުބައި
ރައްޓެހިވެގެން އުޅޭތާ މާގިނަދުވަހެއްނުވެ، ކައިވެންޏަކާއި ހަމައަށް ދިޔުމަށް އާލިކް ބޭނުންވިއެވެ. އަހަރެންވެސް އެގޮތާއި ރުހި ޤަބޫލުވީމެވެ. ނަމަވެސް އަހަރެންގެ ހިތުގައި ބިރުވެރިކަމެއް އުފެދުނެވެ. ކުރިން ދިމާވި ފަދަ ކަމެއް އަހަރެންގެ ފަރާތުން ތަކުރާރުވެދާނެތީ ޖެހިލުންވާގޮތްވިއެވެ.
ކައިވެންޏަށް ދެދުވަހަށް ވެފައިވަނިކޮށް ލިބުނު ޚަބަރަކުން އަހަރެންގެ މުޅި ދުނިޔެ އެނބުރިގަތްހެން ހީވިއެވެ.
********
އެންމެ އަވަހަށް ފުރަންހަމަޖެހުނު ފްލައިޓުން އަހަރެން މާލެ ދިޔައީމެވެ. މާލެ ދެވެންދެންވެސް އަހަރެންގެ ދެލޮލުން ކަރުނަ ހިކުނު އެންމެ ވަގުތުކޮޅެއްވެސް ނާދެއެވެ. ހިތް އަވަސްވެ، ނޭވާ ވަނީ ކުރުވެފައެވެ. މުޅި ދަތުރުވެސް އަހަރެން ހޭދަކުރީ ބިރުވެރިކަމެއްގެ ތެރޭގައެވެ.
ކާރުން ފައިބައިގެން ހޮސްޕިޓަލުގެ ތެރެއަށް އަހަރެން ވަނީ ދުވެފައެވެ. ކައުންޓަރާއި ހަމައަށް ދެވުނުއިރު، އަހަރެންނަށް ގިސްލެވެން ފަށައިފިއެވެ. ބޭނުންވި މަޢުލޫމާތު ސާފުކޮށްގެން ލިފްޓާއި ދިމާލަށް ދުއްވައިގަތީމެވެ. އޭރު އެތަނުގައި ތިބި އެންމެންގެ ނަޒަރު އަމާޒުވެފައިވަނީ އަހަންނަށެވެ. ނަމަވެސް އަހަރެން އެކަމަކަށް ފަރުވާލެއް ނުބަހައްޓަމެވެ.
ބަލިމީހުން ބާއްވާފައި ތިބޭ ރޫމްތަކާއި ހަމައަށް ދެވުމާއިއެކު އަހަރެންގެ ފިޔަވަޅުތައް ހުއްޓުމަކަށް އައެވެ. އެއްއަތުން އަނެއް އަތުގައި ބާރަށް ހިފަހައްޓާލައިގެން ހުރެ މަޑުމަޑުން ފިޔަވަޅު ނަގަމުން ގޮސް އަހަރެން ހުއްޓުނީ “22” ނަންބަރު ކޮޓަރީގެ ކުރިމަތީގައެވެ.
ތެޅިތެޅި އޮތް ހިތަކާއިއެކު ކޮޓަރީގެ ދޮރު ހުޅުވައިލީމެވެ. އެތެރެއަށް ވަތްއިރު އަހަރެންގެ ދެފައިގެ ވަރު ދޫވެއްޖެއެވެ. ލޮލުގައި ފުރަތަމަވެސް އަޅައިގަތީ ކުރިމަތީގައި ހުރި އެނދުގައި އޮތް މީހާއެވެ. ހުދު ފޮތިގަނޑަކުން މުޅި ހަށިގަނޑު ނިވާކޮށްލާފައި އޮތްގޮތުން އަހަރެންގެ ހިތް ކުރިޔަށްވުރެ ބާރަށް ތެޅިގަތެވެ.
ކުރިޔަށް ހިނގައިގަންނާނޭހައި ހިތްވަރުވެސް ނެތިފައި ހުއްޓައި އަހަރެންގެ ކުރިމަތީގައި ހުއްޓުނީ އަންހެނެކެވެ. ދެބައި އުމުރުގެ އެމީހާ އަހަރެންގެ އަތުގައި ހިފައިލިއެވެ. ހީވީ އަހަރެންގެ އިންތިޒާރުގައި ހުރި ހެންނެވެ.
“ދަރިފުޅުގެ ނަޞީބު ވަރަށް ރަނގަޅު…” ފެންކަޅިވެފައިވާ ޙާލު ހިނިތުންވެލެވޭތޯ އެމީހާ މަސައްކަތްކުރިއެވެ.
ހައިރާންވެފައި އަހަރެންނަށް އެމީހާގެ މޫނަށް ބަލައިލެވުނެވެ. އެމީހާ ބުނީ ކީކޭކަން އަހަރެންނަށް އެނގުނީ އަތުގެ އިޝާރާތުން އެނދުގައި އޮތް މީހާ ދައްކައިލުމުންނެވެ. އަތުގެ ނުފުށުން ކަރުނަ ފޮހެލުމަށްފަހު، އަހަރެންގެ އަތުގައި ހިފައިގެން އެނދާއި ދިމާލަށް އެމީހާ ހިނގައިގަތެވެ.
“ދަރިފުޅާ ޒައިން… މިކޮޅު ބަލާލަބަލަ… މިހުރީ… މިހުރީ ކާކުތޯ ބަލާލަބަލަ…” ޒައިންގެ ބޮލުގައި ފިރުމާލަމުން އެމީހާ ބުނެލިއެވެ. އެއަޑުގައިވީ އެތައް ހާސް ރިހުމެކެވެ.
ލޯމަރާލައިގެން އޮތް ޒައިން ބަލިގޮތަކަށް ދެލޯ ހުޅުވައިލިއެވެ. ރަތްވެފައިވާ އެދެލޮލުގައި އެއްވެސް ދިރުމެއް ނެތެވެ. ދެލޯކައިރި ކަޅުވެ، މޫނުމަތިވެސް ވަނީ މިލައިގެން ގޮސްފައެވެ. އެވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި އެހަށިގަނޑަށް އައިސްފައިވާ ބަދަލު ފެނި އަހަރެންގެ ދެލޯ ބޮޑުވިއެވެ. އަނގަމަތީގައި އަތް އަޅައިލެވުނީ އެހާލުގައި ޒައިން އޮތްތަން ބަލަން ހިތަށް ކެތް ނުވުމުންނެވެ.
“ދަރިފުޅާ… ދަރިފުޅު ނުބުންޏަސް މަންމައަށް އެނގޭ ދަރިފުޅު ކިޔާރާ ދެކެން ބޭނުންވާވަރު… މަންމައަށް އެނގޭ ދަރިފުޅު ތިހާލުގައި އޮއްވާ ކިޔާރާއަށް ފެންނަން ބޭނުންނުވާކަންވެސް… އެކަމަކު މަންމަގެ މިހިތަށް ކެތްނުވީ… ވަޢުދު އުވާލަން ޖެހުނީތީ މަންމައަށް މަޢާފުކޮށްދީ…” ޒައިންގެ މަގަތުގައި އިށީނދެލައިގެން އިނދެ އެމަންމަ ބުނަމުންދިޔައެވެ.
ޒައިންގެ ކޯތާފަތުގައި ކަރުނައިގެ ރޮނގެއް ދަތުރުކޮށްލިއެވެ. އޭރު އޭނަގެ ނަޒަރު އަމާޒުވެފައި ވަނީ އަހަންނަށެވެ. ކަރުނައިގެ ތެރެއިން އަހަރެންނަށް ޒައިން ފެނުނީ ފުސްކޮށެވެ. ނަމަވެސް އެހިތުގައި އަޅަމުންދިޔަ ވޭން އަހަރެންނަށް އިޚްސާސް ކުރެވުނެވެ.
“ދަރިފުޅާ… މަންމަ މަޑުކޮށްލާނަން ބޭރުގައި…” ޒައިންގެ ނިތްކުރީގައި ތުންފަތް ޖައްސައިލުމަށްފަހު އެމަންމަ ނުކުމެގެން ދިޔައެވެ.
“ޒައިން…” ތުރުތުރުލަމުންދިޔަ އަޑަކުން އަހަރެންނަށް ގޮވާލެވުނެވެ.
ހިނިތުންވެލުމަށް ޒައިން މަސައްކަތްކުރިއެވެ. އަހަރެންނާއި ދިމާލަށް އަތް ހިއްލައިލަންވެސް އުޅުނެވެ. ނަމަވެސް ވަކި ހިސާބަކުން އެއަތުގެ ވަރު ދޫވެގެން އެނދުމައްޗަށް ވެއްޓުނީއެވެ.
އެމަންޒަރު ބަލާކަށް އަހަރެންނަކަށް ކުޅަދާނައެއް ނުވިއެވެ. ހިފަހައްޓައިގެން ހުރި ކަރުނަތައް ހޯސްލާފައި ފައިބަން ފެށިއެވެ. އަނގައިން ނުކުތީ މަޑު ގިސްލުމެއްގެ އަޑެވެ. އެމީހެއްދެކެ އަހަރެން އެވަރަށް ލޯބިވި މީހާ އެފަދަ ހާލެއްގައި އޮތްތަން ފެނުމުން، ހިތް ކުދިކުދިވެގެން ދިޔައެވެ.
ޒައިންގެ މަގަތުގައި އަހަރެން އިށީނދެލީމެވެ. ތުރުތުރުލަމުންދިޔަ އަތަކުން ޒައިންގެ އަތުގައި ހިފައިލެވުނެވެ. އެއަތް އާދަޔާ ޚިލާފަށް ފިންޏެވެ.
ޒައިންގެ ގައިގެ އެތަންމިތަނަށް ގުޅާފައިވާ ހޮޅިތައް ފެނުމުން އަހަރެންގެ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. އެހަށިގަނޑު ދިރިއޮތީ މެޝިނެއްގެ އެހީގައެވެ. އެންމެ ވަގުތުކޮޅަކަށްވެސް އެމެޝިން ހަށިގަނޑާއި ވަކިކޮށްލައިފިނަމަ ފުރާނައަށް ގެއްލުންވާ ޙާލަތުގައި ޒައިން އޮތްތަން ފެނުމުން އަހަރެން ހިތް ކުދިކުދިވެގެން ދިޔައެވެ.
ޒައިންގެ އަތް ގެނެސް މޭގައި ޖައްސައިލުމާއިއެކު އަހަރެންނަށް ބާރަށް ރޮވެން ފެށުނެވެ. އެއްޗެކޭ ބުނެވޭތޯ ޒައިން ވަރަށް މަސައްކަތްކުރިއެވެ. ނަމަވެސް އަނގަ ހުޅުވައިލުންވެސް ވީ ދަތިކަމަކަށެވެ. ނެތްހިތްވަރު ނެރެގެން ޒައިންއަށް ބުނެވުނީ އެންމެ ޖުމްލައެކެވެ. އެޖުމްލައިން އަހަރެންގެ ހިތުގެ ހިމަ ނާރަށްވެސް އަޞަރުކުރުވިއެވެ. ހިތް ލޭކަރުނައިން ތެމި ފޯވެގެންދިޔައެވެ.
“އައި… ލަވް… ޔޫ…” ހުއްޓަމުން ކަހަލަ ގޮތަކަށް ޒައިން ބުނެލި ކޮންމެ އަކުރެއް އަހަރެންގެ ހިތުގެ އެންމެ އަޑީގައި ބިންވަޅު ނެގިގެންދިޔައެވެ.
“ޒައިން ހެޔޮނުވާނެ އަހަރެން ދޫކޮށްފައި ނުދޭ… އަހަރެން ޒައިންދެކެ ވަރަށް ލޯބިވޭ… ވަރަށް ބޮޑަށް ލޯބިވޭ… ޒައިން ބުނި ކޮންމެ ގޮތެއް ހަދައިގެން އަހަރެން އުޅޭނަން… ޕްލީޒް… އަހަރެންގެ ހިތް އިތުރަށް ޒަޚަމްކޮށްނުލާ…” ޒައިންގެ މޭގައި ބޯއަޅައިލެވުނުއިރު، ކިޔޭ ނުކިޔޭ އެއްޗެއްވެސް އަހަރެންނަކަށް ނޭނގެއެވެ. އެމޭމަތީގައި އޮވެ އެތައް އިރަކު ރުއީމެވެ. ޒައިންގެ ހިތުގެ ތެޅުމުގެ އަޑު އިޚްސާސްވުމުން އެކަނިވެސް އެވަގުތު އަހަރެންނަށް ފުދުނެވެ.
ކުއްލިއަކަށް ޒައިން ތެޅިފޮޅިގަތެވެ. ނޭވާ ނުލެވިގެން އުޅޭފަދަ ގޮތަކަށެވެ. އަހަރެން ހާސްވިއެވެ. ހަދަންވީ ގޮތެއް ނޭނގިފައި އިންދައި އެތެރެއަށް ވަތްތަން ފެނުނީ އާލިކްއެވެ. އާލިކްގެ ފަހަތުން ޑޮކްޓަރުންގެ ޓީމެއްވެސް އެތެރެއަށް ވަނެވެ.
“އާލިކް… ޒައިން… ޒައިން ސަލާމަތްކޮށްދީ… ޒައިން އެއުޅެނީ އަހަރެންނާ ދުރަށްދާން… ބުނޭ ނުދާށޭ… ޒައި…” އަހަރެންނަށް ވާހަކަވެސް ނުދެއްކުނެވެ. އާލިކްގެ ފައިބުޑަށް ވެއްޓި އާދޭސްކުރަން ފެށިނަމަވެސް އަނެއްކާވެސް ބާރަށް ރޮވެން ފެށުނެވެ.
އާލިކް މަސައްކަތްކުރީ އަހަރެން އެތަނުން ނެރޭށެވެ. ނަމަވެސް އަހަރެން ދުވެފައި ގޮސް ޒައިންގެ އަތުގައި ހިފާލީ ދޫކޮށްނުލާނަމޭ ބުނާ ފަދައިންނެވެ. ގަދަކަމުން ކަހަލަގޮތަކަށް އަހަރެންގެ އަތް އާލިކް ނައްޓުވައިލިއެވެ. އޭރު އަހަރެންނަށް ކުރެވޭ ނުކުރެވޭ ކަމެއްވެސް ނޭނގެއެވެ. ހަމަހޭވެރިކަން ވަނީ ފިލައިގޮސްފައެވެ. އާލިކްގެ އަތުގައި ދަތްއެޅުމަށްފަހު ދުވެފައި ގޮސް ޒައިންގެ ގައިގައި ބައްދާލީ ނަރުހުންތައްވެސް ފޮޅުވާލާފައެވެ.
“މިއޮއް މަރުވަނީއޭ… ކަލޭމެންވެސް ބަލަހައްޓައިގެން ތިބެނީތަ؟… އިންސާނިއްޔަތުގެ ކުޑަވެސް މިންވަރެއް ކަލޭމެންގެ ގައިގައި ނެތީހޭ… ގައިގަ އަތްނުލާށޭ…” އަހަރެންގެ ހޭބުއްދި ފިލައިދިޔައެވެ. އެންމެންގެ އަތް ފޮޅުވާލަމުން ޒައިންގެ ކައިރިޔަށް ދިޔުމަށް މަސައްކަތްކުރަމުން ދިޔައީމެވެ.
އާލިކް އެތައް ވާހަކައެއް ދައްކައިގެން އަހަރެން ހަމައަކަށްއެޅޭވަރުވީ އައިސީޔޫގައި ޒައިންއަށް ފަރުވާންދޭން ފެށިތާ ގަޑިއެއްހާއިރު ފާއިތުވެދިޔަ ފަހުންނެވެ. އޭރު ރޮއެރޮއެ އަހަރެންގެ ހަށިގަނޑުގައި އެއްވެސް ވަރެއް ނެތެވެ. ގިނައިރު ނުކައި ހުރުމުގެ ސަބަބުން އަހަރެންނަށް ލޯ ހުޅުވައިގެން އިނުންވެސްވީ ދަތިކަމަކަށެވެ.
“ދަރިފުޅާ… މިއޮތީ ދަރިފުޅަށް ދޭށޭ ކިޔާފަ ޒައިން ދީފައި އޮތް އެއްޗެއް… މަންމައަށް ހީވަނީ މީތި ދަރިފުޅަށް ދޭންޖެހޭ ވަގުތު އައިސް ޖެހިއްޖެހެން…” ޒައިންގެ މަންމަ އަހަރެންނަށް ދިއްކޮށްލީ ސިޓީއުރައެކެވެ.
ސިޓީއުރައިގެ ބޭރުގައި ލިޔެފައި އޮތީ އަހަރެންގެ ނަމެވެ. އެއީ ޒައިންގެ އަތު ލިޔުމެވެ. ލިޔުން ފެނުމާއިއެކުވެސް އެއަތުގައި އަޅަމުންދާނޭ ތުރުތުރު އަހަރެންނަށް އިޚްސާސްކުރެވުނެވެ. ސިޓީއުރަ ކަނޑާލުމަށްފަހު އޭގައި އޮތް އެއްޗެއް އަހަރެން ކިޔަން ފެށީމެވެ. ކައިރީގައި އާލިކް އިނީ އަހަރެންގެ ގައިގައި ހިފަހައްޓާލައިގެންނެވެ.
“ކިޔާއެވެ. ނަޞީބަކީ އެންމެ ތަޤްދީރުގައި ލިޔެވިފައިވާނޭ އެއްޗެއް ނޫނެވެ. ހަމައެފަދައިން ލޯތްބަކީވެސް އެންމެންގެ ނަޞީބުގައި ވާނޭ އެއްޗެއް ނޫނެވެ. އެހެނެއްކަމަކު އުފަލުގައި ހުރެވޭތޯ އަހަރެން މިދަނީ މަސައްކަތްކުރަމުންނެވެ. ކެތްތެރިވެވޭނޭ އެންމެ މައްޗަކަށް އަހަރެން އެބަ ކެތްކުރަމެވެ. އެކަމަކު ކިޔާ އާއި ނުލައި އަހަރެންނަށް ދިރިހުރުން މިވަނީ ދަތިކަމަކަށް ވެފައެވެ. ތިޔައީ އަހަރެންގެ ލޯތްބެވެ. ދިރިހުރުމުގެ އުއްމީދެވެ.
ކިޔާއެވެ. އަހަރެން ކިޔާ އާއި ދުރަށްމިއައީ އަންނަހިތަކުން ނޫނެވެ. ލޯބި ނުވާތީކީވެސް ނޫނެވެ. އަބަދުގެ އަބަދަށް ވަކިވާކަށްވެސް ނޫނެވެ. އެދުވަހު އަހަރެން ދިޔައީ ކިޔާއަށް އެއްޗެއް ވިސްނައިދޭން ބޭނުންވާތީއެވެ. ލޯތްބަކީ ކުޅޭކުޅިވަރެއް ނޫންކަމާއި، ދިރިހުރުމަށް ކިހާ މުހިއްމު އެއްޗެއްކަން އަންގައިދޭން ބޭނުންވާތީއެވެ. އަހަރެން ހުރީ ކިޔާއަށް ވިސްނިގެން އަހަރެންގެ ކައިރިއަށް އަންނާނޭ ކަމުގެ ފޮނި އުއްމީދުގައެވެ.
ކިޔާއެވެ. އަހަރެން ހާދަ އުއްމީދެއް ކުރީމެވެ. ކައިވެނިކޮށްގެން އެކީގައި އުޅޭނޭގޮތް ހުވަފެންތަކުންވެސް އަހަރެން ދިޔައީ ބަލަމުންނެވެ. އެކަމުން އެކަނިވެސް އަހަރެންގެ ހިތަށް ހާދަ އުފަލެއް ލިބެއެވެ. ނަމަވެސް…..
ކަންތައްތައް ބަދަލުވެގެންދިޔައީ އަހަރެން ބަލިވެގެން ޑޮކްޓަރަށް ދެއްކި ހިސާބުންނެވެ. އަހަރެންގެ ހުރިހާ ހުވަފެންތަކެއް ވިއްސިވިހާލިވެގެން ދިޔައީއެވެ. އެއީ އަހަރެންގެ ކުށަކުން ކަމުގައި ވާނަމަ ކިޔާގެ ކިބައިން އަހަރެން ނިހާޔަތަށް މަޢާފަށް އެދެމެވެ. ކެންސަރުގެ ފަހު ސްޓޭޖުގައި އަހަރެން މިދަނީ މަރާއި ހަނގުރާމަކުރަމުންނެވެ. މިހާލުގައިވެސް އަހަރެން އެދެނީ ކިޔާއަށް އުފާވެރި، ބާއްޖަވެރި ހަޔާތަކަށެވެ. ކިޔާއެވެ. މިހަށިގަނޑުގައި ހާދަ ވޭނެއް އެބަ އަޅައެވެ. އެކަނިވެ ހިތްދަތިވާ ކޮންމެ ވަގުތަކު، ތިޔަ ނަން ނޫން އެހެން އެއްޗެއް މިހިތަކަށް ނާދެއެވެ. އެކީ ހޭދަކުރެވުނު ފޮނި ހަނދާންތަކުން އެވޭންތަކާއި ހަނގުރާމަކުރެވޭތޯ އަހަރެން މަސައްކަތްކުރަމެވެ. އެކަމަކު ކޮންމެ އިންސާނަކަށްވެސް ކެތްކުރެވޭނީ ވަކި ވަރަކަށް ނޫން ހެއްޔެވެ؟ އަހަރެންގެ އުއްމީދުގެ ކަނިކޮޅު މިދަނީ ނިވެމުންނެވެ. ދުވަހެއް ދުވަހަކަށް ހަށިގަނޑުގެ ބާރުވެސް މިދަނީ ކެނޑެމުންނެވެ.
ކިޔާއެވެ. އާލިކްއަކީ ކިޔާގެ ހުވަފެންތައް ހަޤީގަތަކަށް ހަދައިދޭނެ ބައިވެރިއަކަށް ވާނެއެވެ. އެއީ އަހަރެންގެ ކޮއްކޮކަން ކިޔާއަށް ނޭނގި އޮވެދާނެއެވެ. އާލިކް ކިޔާ އާއި ގުޅުނީ އަހަރެންގެ އެދުމުގެ މަތީންނެވެ. ކިޔާގެ ހުރިހާ ވާހަކައެއް އާލިކް ދިޔައީ އަހަރެންނަށް ކިޔައިދެމުންނެވެ. އަހަރެންގެ މިހާލަތު ކިޔާއަށް ސިއްރުކުރަން ބޭނުންވީ އަހަރެން އަމިއްލައަށެވެ. އެއީ ކިޔާއަށް އިތުރު ހިތްދަތިކަމެއް ދޭން ބޭނުން ނުވާތީއެވެ.
ކިޔާއެވެ. އަހަރެން ނެތަސް ކިޔާއަށް އުފާވެރި ހަޔާތެއް ހޯދައިދެވިއްޖެކަމުގައި ހީކުރަމެވެ. މިހިތުން ތިޔަ ލޯބި ދުވަހަކުވެސް ފޮހެވިގެން ނުދާނެއެވެ. މިހިތުގެ މިލްކުވެރިޔަކީ ތީއެވެ. މިހަށިގަނޑުން ފުރާނަ ވަކިވެގެން ދަންދެންވެސް މިލޭގައި ދައުރުކުރާނީ ތިޔަ ނަމެވެ. އަހަރެންގެ ހިތުގައި ކިޔާއަށް އެއްވެސް ބުރަކަމެއް ނެތެވެ. ކިޔާގެ ހިތުގައި އަހަރެންނާއިމެދު އެއްވެސް ބުރަކަމެއް ނުބާއްވާނޭ ކަމުގައި އުއްމީދުކުރަމެވެ. އަހަރެންނަށް ކުށެއް ކުރެވިފައިވާނަމަ މަޢާފުކޮށް ދެއްޗެވެ.”
ސިޓީ ކިޔައި ނިންމައިލިއިރު، އަހަރެންނަށް ހީވީ މުޅިތަން އެނބުރޭހެންނެވެ. އެނގިގެންދިޔަ ހަޤީގަތްތަކެއްގެ ސަބަބުން އަހަރެންގެ ސިކުނޑި ވަނީ ސުމަކަށް ގޮސްފައެވެ. ކުރަންވީ ކީއްކަމެއްވެސް އަހަރެންނަކަށް ނޭނގުނެވެ. ކުށްވެރިކުރެވުނީ އަމިއްލަ ނަފުޞެވެ. ޒައިން އާއިއެކީ ހޭދަކުރެވުނު ދުވަސްކޮޅު އެކީ ވަގުތު ހޭދަކުރެވުނު ނަމައޭ އަހަރެންގެ ހިތަށް އެރިއެވެ. ނަމަވެސް ނަމައެއްގައި ކެއްކޭނޭ ރިހައެއް އޮންނާނެ ހެއްޔެވެ؟ މިއަދު ވަކިވެގެން އެދަނީ އަހަރެންދެކެ އިންތިހާއަށް ލޯބިވި ފަރާތެކެވެ. އެލޯބީގެ ބަދަލުގައި އަހަރެންނަށް ދެވުނީ ކޯއްޗެއް ހެއްޔެވެ؟
އައިސީޔޫގެ ދޮރު ހުޅުވާލުމަށްފަހު ޑޮކްޓަރު ނުކުތީ މާޔޫސްވެފައި ހުރެއެވެ. ޑޮކްޓަރު ހުރިގޮތުންވެސް އަހަރެންގެ މެޔަށް ދިޔައީ ގޮތެއް ވެލައިގެންނެވެ. ދެފަޔަށް ބާރު ލިބުނު ގޮތެއްވެސް އަހަރެންނަކަށް ނޭނގުނެވެ. ބާރަށް ހަޅޭއްލަވައިގަންނަމުން އައިސީޔޫގެ ތެރެއަށް ވަނުމަށް އަހަރެން ދުއްވައިގަތީމެވެ. އާލިކް އަހަރެންގެ ގައިގައި ހިފެހެއްޓީ އައިސީޔޫގެ ތެރެއަށް ވަންނަނިކޮށެވެ.
އަހަރެން ހަމަޔަކަށް އެޅުނީ އާލިކް އެތައް އެއްޗެއް ކިޔައިގެންނެވެ. ޒައިންގެ ހަށިގަނޑު ބިމު އަޑީގައި ފޮރުވާލެވުނު ވަގުތު ވެގެން ދިޔައީ އަހަރެންގެ ހަޔާތުގައި އައި އެންމެ ހިތްދަތި ވަގުތުކޮޅަށެވެ. ރޮއެރޮއެ އަހަރެންގެ މުޅި މޫނުވެސް ވަނީ ދުޅަވެފައެވެ.
“ކިޔާ އެއީ އަހަރެންގެ ބޭބެ… މިހިތުގައިވެސް ހަމަ އެހާވަރަށް ވޭން އެބަ އަޅާ… އެކަމަކު ކެތްކުރަނީނު މި… ތިގޮތަށް ރޮއެ ހެދުމަށްވުރެ ހެޔޮދުޢާކުރުން މާ ބުއްދިވެރި… ހުއްޓާލާ އަވަހަށް… ކޮންމެ އިންސާނެއްވެސް މިދުނިޔެ އާއި ވަކިވެގެންދާނެ… ކޮންމެކަމެއްވެސް ވާނީ ރަނގަޅަކަށް… ސޯ ޕްލީޒް… އެވްރީތިންގް އިޒް ގޮއިންޓް ޓުބީ އޯކޭ… ޓްރަސްޓްމީ…” އާލިކްގެ އޯގާތެރި ފިރުމުންތަކުން އަހަރެންނަށް އައު ހިތްވަރެއް ލިބުނެވެ.
ޒައިން ދެން އަހަންނަކަށް ނުފެންނާނެއެވެ. ނަމަވެސް އެހަނދާންތައް އަހަރެންގެ ހިތުން ދުވަހަކުވެސް ފޮހެވިގެން ނުދާނެއެވެ. ހަޔާތުގައި ލިބުނު ފިލާވަޅުތަކުން އިބުރަތް ލިބިގަންނަމުން އާލިކް އާއިއެކު ހަޔާތުގެ އާބާބެއް ފެށުމަށް އަހަރެން ނިންމީމެވެ. އައު އަޒުމަކާއި އެކުގައެވެ. ކުރިން ވީފަދަ ކަމެއް ތަކުރާރު ނުކުރުމަށް އަޒުމުކަނޑައަޅައިގެންނެވެ.
“އައި ލަވް ޔޫ ކިޔާ… އެންމެ ފަހު ނޭވާ އާއި ޖެހެންދެންވެސް ލޯބިވާނަން… ޒައިންބެ ވީވަރަށް ލޯބި ނުވެވުނަސް އަހަރެންވެސް ކިޔާދެކެ އިންތިހާއަށް ލޯބިވަން… އަހަރެންނަށް ކިޔާ ފެނުނު ފުރަތަމަ ދުވަހުވެސް ގަޔާވެވުނު… ޒައިންބެގެ ހޮވުން ވަރަށް ޕާފެކްޓް…” އަހަރެންގެ އަތުގައި ހިފާލަމުން އާލިކް ބުނެލިއެވެ.
ހިތާމަތައް ހިތުގެ އަޑީގައި ކަފުންކޮށް ފޮރުވާލަމުން އަހަރެން ހިނިތުންވެލީމެވެ. އާލިކްގެ އަތްމަތީގައި އަހަރެންގެ އަތް ބާއްވައިލީ ދުވަހަކުވެސް ވަކިވެގެން ނުދާނަމޭ ބުނާ ފަދައިންނެވެ. ވެނިމުނު ކަމަކާއި ހިތާމަކޮށް ރޮއެ ހެދިޔަސް ވާނެ ފައިދާއެއް ނޯންނާނެ ކަން އަހަރެން ޤަބޫލުކުރީމެވެ. ޒައިން އާއިއެކު އަހަރެން ފެށި ދަތުރުގައި މަންޒިލާއި ހަމަޔަށް ނުދެވުނަސް، އާލިކް އާއިއެކު ދަތުރުގެ ބާކީއޮތްބައި ފުރިހަމަކުރުމަށް ޢަޒުމުކަނޑައަޅަމުން އަހަރެން ދެލޯ މަރާލީމެވެ.
(ނިމުނީ)
59 Comments!
Comments are closed.
Up vejje Yayyyy.. Dhn vaahaka kiyaafa comment kohkaanan ingey.. ??
??up veytho balantha theenee dear ?? so happy ?❤??? and so sweeet ??ok dear waiting……… ?❤????
Alhamdhulillaahi anehkaves story eh complete kohlevijje ?? mi story akee short story eh… story kuriyah dhiyairu Kiyuntheringe faraathun libunu support ashaa faalhukurevvi hiyaaluthakah vvv bodah shukuru adhaakohlan ?? story aa medhu dhekey goiy faalhukohla dhevvumakee ithurah mi rongun kuriyah dhaan libey hihvarakah vegen dhaane ? binaakuranivi faadukiyunthakah abadhuves maruhabaa kiyan ??❤ eysh unmeedhukuran story kamudhaane kamah ?
Going to miss u all a lot. Specially vvv sweeeet koh loabi loabi cmnts kohllaa kudhin mathin varah miss vaane ?❤??
Happy holiday ??❤
Enjoy reading ???❤
Woooooooow… So beautiful… Masha allah.. Varah emotional vejje.. Zain niyaa v ma bodah but his lil bro is also perfect.. Eysh ur a great writer.. Im so proud of you… Loved the whole story.. Lots and lots of luv from me????❤️? will miss u alot.. ??
Will be waiting for your next story eysh
Im gonna miss u too dear ????
?❤?? mi vee kuda dhuvaskolhu thereyga v special feel vehje thi behehtti gaaiy kamun ???❤??? u r so sweeet dear ???❤ vvv ufaavehje Kitty aa dhimaaveema ???❤ thank u so much fr the support nd love ???❤ lots of luv frm me ?❤❤❤??
Site akah mihaaruves story liyamun dhaathee will be v bxy ??❤? long story eh genesnudhevunas short story eh genesdheveytho balaanan ingey ???❤? lysm dear ??❤?
Its here again…❤??….I am waiting to this…❤??….Hwx you eysh….??? Hope you will be fine…❤??…Mi part vex vrh vrh reethi ingey….Vrh reethi sifa kurun thah genesdhyfa vaa goiy….❤??….Ekam alhe eysh mi story haadha avah thi ninmaaly ???….Why…?????? Ithuru bai thakeh annaane nama ey hithah araa…Kiyaa and aalik aa eky ulhey loabi part thakeh…❤❤????…But hope will get a chance to read a new story from you soon…❤??…You can do this far better as well❤??…You have the cability…??❤…Bring new and long story soon ingey…❤??…Waiting for new one hehe…❤??…Wish you all the best…❤??…God bless you dear eysh…❤??
Iklee dear im gonna miss u nd ur sweet colorful cmnts ???? mi v dhuvaskolhu therey v special feel eh vey ???❤ u r v sweeet ??❤?? so happy dhimaaveema and behetti gaaiy kamah ???❤??
Alhamdhulillaahi im fine.. hope u r fine too ??❤
Mee aslu short story eh.. ehenve ebaithah himanaa nulee.. Aslu eysh story liyanee news site akah also job ga ulheythee vv bxy koh ulhen jehenee.. ehenve long story eh mi site ga genes nudhevenee ???❤❤ long story eh mi site ga genesnudhevunas kairi musthagubalehga In Sha Allaah short story eh genesdheveytho balaanan ingey ???❤?
Thank u so much fr the support nd love dear ?❤? lots of luv frm me.. god bless u dear ??❤?
Wow nice story
Thank u so much dear ??❤? vv happy vehje story kamudhiyaeema ???❤??
Maasha Allah anekkaves haadha reethi haadha furihama vaahaka ekey eysh Stories thereah ithuruvegen mi dhiyaee.. ❤️❤️❤️❤️❤️❤️❤️❤️❤️ Vaahaka feshigen nimendhen ves vvvvv interesting. ???????????? Komme jumulaehves ehaa ehaa asarugadha.. ?????????? Jumulathah athulaafa hunnaleh tharutheebukamaa sifakolla dheefa hunnaleh reethi kamaa fashuvikan thaureefun hiy fureyhaavey ??????????? Eh paragraph aa aneh paragraph aa gulhuvaalaafa haadhisaa v reethikoh gemeadheefa hurikan faahagakuran ?????????? Hamaekani floak fantasy vaahaka eh liyumuge badhaluga eysh ge komme story ehves hageegee dhiriulhumaa gulhuvaalaafa mujuthamuga hingaa kankanah focus koffa message eh iburatheh libey gothah liyefa hunnakan ae v faahaka kollevey salhi kameh.. ???????????????????? Negative comments ayas ekamaa maayoosve give up koh nulaa hiyvaraa ekee kuriah dhaakamee eysh ah thihaa bodu kuri erumakaa maguboolukameh miadhu libumuge aslu kamugai ufalaaekee bunelan????????????????????? Vaahaka nimmaalaafa in goiyves hama v molhu ehaa salhi. Vaahaka nimunee hithuga ufedhunu hurihaa suvaalakahves javaabu libigen. Vaahakaige idea hama v v v v v creative. Mie hama vvvv reethi salhi vaahaka eh. ?????????? Thee emme sweet emme best writer. Keep it up. Lysm. ???????????❤️❤️❤️❤️❤️????????????????????
Awwww sheeen dear im gonna miss u so much dear ????❤? eysh ge hurihaa story akah ves cmnt kohllaa ehaa support dheythee ur more than a frnd hama family kuhjeh haa gaaiy ??❤❤?? u r soooooo sweeeeeet nd supportive dear ???❤? i really really appreciate it dear ???❤? abadhuves eysh ge story ah cmnt kohllaairu points thah highlight kohla dheythee vvvv faseyhavey ??❤?? eysh story liyan fesheehsure miadhaa hama ahves enme part ehves misskohnulaa hama konme part akahves cmnt kohladheythee haadha happy vey… also ehaa long long colorful cmnt balaalaafa ekanives eysh vvv ufaavey ????❤? eysh ah engey vvv time kan cmnt kohlanves… so eysh ah thi huskohladhey time ah vvv bodah thanks ???❤? story ehaa bodah kamudhiyaeema ves v happy vehje ???❤? thank u so much fr the supprt..love nd care… vvv ufaavey thikahala sweeeet frnd eh libuneema ???❤? lots of luv frm me lysm dear ???❤? unmmeedhukuran abadhuves thigothuga huredheyne kamah ???❤?
Mi story vx v nice.. v emotional.. looking forward for your stories
Lotus dearrrr ?❤ haadha dhuvaheh fahunney mi dhimaavee ???❤ really missd u a lot ???❤?
Thank u so much dear ???❤? v happy vehje ehaa dhuvaskohfa anehka dhimaaveema and story kamudhiyaeema ???❤
Eysh try kuraanan short story eh ehen faharakun genesdheveytho ingey.. v happy vehje eysh ge story akah wait kohllaane kan enguneema ???? lots of luv frm me ???❤??
Masha Allah??????❤??..haadha haadha reehchey??????????..kiyamun dhiya iru hyvi miulheveny mi stry thereyga ey???????..U R the best Writer????????????????LY
Jiji dhoonyaa V miss vaane ingey ????
?❤?? mi vee kuda dhuvaskolhu thereyga v special feel vehje thi behehtti gaaiy kamun ???❤??? u r also very sweeet dear ???❤ vvv ufaavehje jiji aa dhimaaveema ??and story ehaa bodah kamudhiyaeema ?❤ best ey buneema hurihaa teeths fenna varah heelaigen meenee ??❤❤❤ thank u so much fr the support nd love ???❤ lots of luv frm me ?❤❤❤?? ly2 my dear ???❤? nd good luck jiji ?❤?❤
Haadha avahakah thi ninma ly…???.. Haadha reehchey……. Rovihjje Hama ehaaaves furihama…… Dhen Kon irakun tha eysh sis ge Story Eh kiyaa lan libeyny….. Hama inthizaaruga…. ????❤️❤️??????????????❣️❣️??????????????????
Rosy dear eysh v missvaane Rosy mathives ??short story eh genesdheyn eysh plan kuree ulhen jehey gothun ehaa timeves nuvaathee. Ekam v dheravey anehkaaves v missvaane thi hurihaa kudhin mathin ???❤?? ehaa sweeet v ma eysh ah undhagoovanee dhaanves ???❤?
Aslu eysh story liyanee news site akah dhen free time ga mi site ga mi liyelanee.. bodah aslu kudhin mathin miss vaathee aadhevenee ??❤ anehkaves short story eh avas musthagbalehga genesdheveytho balaanan ingey. Keep waiting ???❤? hopefully mihaaru site ah liyamundhaa story nimuneema ???❤
?❤?? mi vee kuda dhuvaskolhu thereyga v special feel vehje thi behehtti gaaiy kamun ???❤??? u r so sweeet dear ???❤ vvv ufaavehje Rosy aa dhimaaveema ingey ?? also story ehaa bodah kamudhiyaeema ves ?❤ thank u so much fr the support nd love ???❤ lots of luv frm me ?❤❤❤??
I’ll miss you too sis…. I feel that you are my real sister… Luv U sis???????❤️❤️❤️❤️❤️❤️??
Awwwnn ???❤❤ v ufaavehje ehaa gaaiykoh dhekuneema ??❤? hurihaa teeths fenna varah heelaigen meenee ??? so sweet ??❤? means a lot ??? ?❤?lysm ?
sissy you are awesome
konme faharaku u make me cry
alhey haadha happy n sad ending ekey
vaahaka hama varah loabi i just love it sissy
hope to see a new story soon
ly miss u lots
Unique dear so happy story kamudhiya kan enguneema ???❤? thank u so much dear ?❤?? im gonna miss u dear ???❤ so sweet of u ??❤? and story ah dhin support ah v bodah happy ???❤? new story eh genesdheveyne dhuvaheh adhi promise kohlaakah neynge.. ekam will think abt it ingey ??? ly2 dear ???❤?
Sorry fr the late rply.. was too bxy.. ?❤❤
Lym.. And will miss u too.. Kitty ves varah ufaavehje mioh kuda dhuvas kolhu thereyga thihaa close friend eh libunyma.. Vvvv miss vaane… Hope to meet you soon.. And i will definitely be waiting for your next story ❤️❤️?????
Awwnnn u r really very very sweeet dear ??❤?? so happy to know that????❤ means a lot to me ???❤?❤ miss u more ????❤
Ohh…So sweet….❤??…I am fine dear eysh…❤??…Really appriciated dear eysh…❤??…Can i become a friend of you eysh….??? ❤??….Eysh ge number libidhaane tha…??? ❤??….Hope will become a friend of you…❤??.. Hope to see new story from you soon dear….❤??..Your so telented eysh..❤??…Will really miss you eysh dear…❤??….Love you eysh…❤??…
Alhamdhulillaahi so happy to know ???❤? yes sure u can ???❤? do u use email or fb? I will send my number ??❤
Once again thank u so much dear ??❤??? ly2 ❤
Masha Allah anehkaa vx eysh ithuru rythi story eh dhw kiyaa mininimaalevuny ?????????… Mi vaahaka vx v v v rythi n ehaame intresting ?????????… Eysh ur a great writer ?????????… I’m so proud of u dear ❤❤❤??????… lysm my dear eysh ????????????????????????❤❤❤?????????
Naju dear im gonna miss u so much dear ??? vvv ufaavey abadhuves dear ge faraathun libemundhaa support ah ????❤ story liyan feshuneehsure mihaa hisaabahves hama hurihaa part akah enme part evves misskohnulaa cmnt kohladheytheee vvvv ufaavey ???❤?? really appreciate ??❤? eysh ah engey v time kan cmnt kohlan ves dhaanee.. anehka abadhuves Naju ge cmnt thah ehaa colorful v ma eysh ah balaalaafa ekanives engey mee Naju ge cmnt eh kan ????? vv faahaga kohlan hama cmnt v loabi kan ????? u r vvv special now ??❤? a good frnd ???❤? vvv ufaavehje dear ah eysh ge hurihaa story ehves kamudhaathee ???❤? thank u so much ???❤?❤? u r really v sweeet ????? lysm Naju ?????
V reethi
Thank u so much dear ????❤ vvv happy vehje story kamudhiyaeema and cmnt akun buneladhineema ????❤
maasha allah nice keep it up love ☺??????
Aww ??Thank u so much dear ????❤ vvv happy vehje ingey story kamudhiyaeema and cmnt akun buneladhineema ????❤
vvvv reethi…keep it up..❤
Thank u so much dear ????❤ ?vvv happy vehje ingey story kamudhiyaeema and cmnt akun buneladhineema❤?? ????❤
Alhey sis tha fevifaa thinan vey mihithugaa.. E Story aa vakive nudhanys e story liyunyy…. Hadha reehchey 2 stories ves…
Yes dear ???❤? awwwnn really so happy like v kan enguneema ?? Thank u sooooo much ?❤? Rosy kiyaalantha e story thahves???
Fevifaa thinan vey mihithugaa story akee eysh mihaaru liyamun dhaa vaahaka ?❤? story ge mihaaru total 7 part upkohlevifa innaanee ?❤❤ ???
Yeah.. I read all the parts of that 2 stories…. Fevifaa thinan vey mihithugaa ge 8 vana bai Up vaany konirakun tha sis….
Kehmadhu vefa Mi hunnany ebai kiyaa laahithun…. Alhe avahah up kohdheebaaa…..
Aww so happy to kno 8th vana part In Sha Allaah mireyge vaguthehga upvaane ????❤ keep waiting dear ???❤
Yeah….I??❤ Used face book and mail too…❤??…But here i cant share my mail..❤??…Can you please add me on facebook…❤??Alhe mi site ge admin ah messp0ege kohgen number hoadhaalaba..❤??..I really want to thank you for accepting..❤??…Hope will meet soon…❤??…
My fb page: Eysh Stories
Email: [email protected]
???
I use fb..Just search my name on face book ….And findout me….Ikleel Mohamed….
So many people same name ga dear ?
Kehmadhu vefa Mi hunnany ebai kiyaa laahithun…. Alhe avahah up kohdheebaaa…..
Keep waiting dear In Sha Allaah mirey 8th vana part upkohleveytho mi balanee ???❤?
Ya.. Wait kuraanan…
Alhe sad vrh lahun dhw mi comment kohlevuny .. ???? Vrh vrh rythi mi story inge eysh ??????? Pls pls pls new story eh avahah up kohla dhehche will miss u a lott ?????U are the best eysh ma sha allah .. May god bless u .. ????
Awww its ok dear ehenves vaane ehnu baeh faharu ehaa bodu kameh nooney eiee ???❤?❤?❤ i was waiting fr ur cmnt.. hope everythng is fine ?? eysh ge story thakah thi dhey support ah vvvv bodah shukuru adhaakohlan ????❤? vvv ufaavey ehaa support dheythee ???❤? eysh gaboolukuran v time nagaane kan cmnt kohlanves so really appreciate it ??❤?❤? part thah misskoh nulaa cmnt kohladheythee vvv ufaavey ??❤?❤ so sweeet of u ??❤? v happy vehje story kamudhiyaeema ???❤? will misss tooo dear ??? mi site ga dhen story eh upkohleveyne dhuvaheh adhi bunan neynge. Ekam genesdheyn plan kuraanan ingey ??❤? lysm dear and be happy ??❤?? may god bless u too ??❤?
Varah reethi ?
Aww ?? vvv happy vehje story kamudhiyaeema ??❤?❤? thank u so much dear ??❤?❤
Ey hahbu igeyyyy obinoveyhama ???????u are Vvvvvv good story writer…
wow eysh u r grt maasha Allaah
when will u bring ur next story eysh? this story reminds me my past.. i read all ur stories and now i became a fan of urs. Maasha Allaah u have the talent. good luck Eysh. keep shining like this.. May god bless u.
Eysh rohvvalaafa thi ninmmaaly
Eysh ge vaahakathah v v v rythi
Super eysh???
Wow……I like this story ????
Wow……I like this story ???? I’ll be waiting for your next story