ހުވަފެނުގެ ރާނީ (ފަހުބައި)
“އަޅުގަނޑު މާފް ކޮއްފިން…..” އެނދުގައި ތެދުވެ އިށީނދެއިން ނިކަތު ހިނިތުން ވަމުން ބުނެލިއެވެ. މުއާޒް އެދިމާލަށް ބަލާލަމުން ބޯ ޖަހާލިއެވެ. ދެން އަމްރުއަށް ބަލާލަމުން ނިކަތުއަށް ބަލާލިއެވެ. މިފަހަރު ނިކަތު ބޯ ޖަހާލަމުން އަމްރުއަށް ބަލާލިއެވެ.
އައްމާރުގައި ބޭސް އަޅަމުން ދިޔައިރު އަމްރު ބަލަހައްޓައިގެން ހުރީ ހުއްޓިފައިވާ އައްމާރުގެ ހަރަކާތް ތަކަށެވެ. މި ހުރިހާ ދުވަހު އޭނާއަށް އުޅެވެމުން ދިޔައީ އޭނާގެ މަންމައާއި ނިކަތުގެ މަންމަވެސް މަރާލި މީހާގެ ހިޔާވަހި ކަމުގެ ދަށުގައެވެ. ނަމަވެސް އޭގެ އެއްވެސް އަސަރެއް އޭނާއަކަށްވެސް ނުނީ އައްމާރު އަކަށްވެސް ނުކުރެއެވެ. މީހުން ބުނަނީ ގޯސް މީހެއް ބަލާ ކަމުގައިވާނަމަ އެމީހެއްގެ ކުދިންވެސް ގޯސް ވާނެކަމުގައެވެ. މުއާޒް އަމްރުއާއި އަމްރު ބަލާ ބޮޑުކުރީ އެހެނެއް ނޫނެވެ. ދުވަހަކުވެސް އީމާނާއަށް އެއްޗެހި އެއް ނުކިޔައެވެ. އީމާނާ ގޯސް ކުރުމުގެ ގޮތުން އެއްވެސް ވާހަކައެއް ނުދައްކައެވެ. މަންމައެއްގެ ލޯތްބާއި ބައްޕައެއްގެ ލޯބިވެސް ދިނީ މުއާޒެވެ.
އަމްރު ސިހުނީ ނަރުސްމީހާ އައިސް އަމްރު އަތުގައި ގޯޒް ފޮތިކޮޅު ޖައްސާލީމައެވެ. އަތުން ކަނޑައިގެން ގޮސްފައިވާ ތަނުން ދިލަ ނަގައި ގަތުމުން އަމްރު ލޯ މަރަލިއެވެ. އައްމާރުއަށް ތަދުވާނެވަރު އިހްސާސް ވުމުން އަމްރު ދެރަވިއެވެ. ނަމަވެސް އެނޫން ގޮތަކަށް މުއާޒް ނުހުއްޓޭނެކަން އަމްރުއަށް އެނގުނެވެ. އަމްރުއަށް އަދިވެސް ޤަބޫލުކުރަން ދަތިވިއެވެ. އަތުގައި ބޭސް އަޅައި ނިމުމުން އަމްރު އައިސް އައްމާރު އިށީނދެ ހުރި އެނދު ކައިރީގައި ގޮނޑިއެއް ބަހައްޓަމުން އިށީނެވެ. ނަމަވެސް އެކަން އައްމާރުއަށް ފާހަގަވި ހެނެއް ހިއެއް ނުވެއެވެ. އަމްރުގެ ނަޒަރު ސީދާވީ ބެންޑޭޖް ކުރެވިފައިވާ އައްމާރުގެ ކަރަށެވެ. އޭނާ ފުދޭ ވަރަކަށް ބާރަށް އައްމާރުގެ ކަރުގައި ވަޅި ޖެއްސިނެވެ.
“ބެއްބެ…. ބެއްބޭ…” އަމްރު ކައިރީގައި ހުރި އައްމާރުގެ އަތުގައި ހިފައި ތަޅުވައި ގަންނަމުން ގޮވާލިއެވެ.
“ހޫމް…” އައްމާރު ކުއްލިއަކަށް އެހެން ބުނެލި ގޮތުން ހީވަނީ ނިދިފައި އޮއްވައި ހޭލެވުނު ހެންނެވެ. ވަގުތުން ވަށައިގެން ހުރެވުނު ތަން ބަލާލިއެވެ. އަދި އަމްރުގެ ލޮލަށް ބަލާލީ ކުއްވެރިއެއް ފަދައިންނެވެ.
“ބެއްބެ ތިހެން ނީނދެބަ…….” އައްމާރުގެ ލޮލުން ފެންނަމުން ދިޔަ ހުސްކަމަށް ބަލާލަމުން އަމްރު އެހެން ބުނެލިއވެ. އެއީ މީގެ ކުރިން އޭނާއަށް ފެނިފައިވާ ހުސްކަމެކެވެ. އީމާނާ އެދެމީހުން ދޫކޮށްގައި ދިޔަ ދުވަސްކޮޅު އައްމާރު އެހެން ހުރެއެވެ.
“އުމް…” އައްމާރު އެހެން ބުނެލަމުން ކަރުމަތީގައި އަތް ހާކާލިއެވެ. އަދި ފުންނޭވާއެއް ދޫކޮއްލިއެވެ.
“ބެއްބެ ތިހެން އިނުމުގެ ބޭނުމެއް ނެތް… ބެއްބެ އެއްވެސް ގޯސްކަމެއް ނުކުރެއޭ.. އަދި އަހަރެން ނޫޅެމޭ ބެއްބެ ގޯސް ކޮއްގެނެއްވެސް…. އެހެން ހީނުކުރައްޗޭ….” އަމްރު އެހެން ބުނުމުން އައްމާރު ބޯ ޖަހާލިއެވެ.
“އަމްރުއަށް އެނގޭތަ ބެއްބެއަށް އެންމެ 5 އަހަރު ބައްޕަ ބެއްބެ ބޮލުގަ އަތް ޖަހާލާފަ ބުނީ ބޭބެއަށް ބައްޕަ ކިޔާނަންހޭ…. ކިރިޔާ އެކަންވެސް ހަނދާންވެސް ހުންނަނީ… މީހަކު ނުބުނާނެ ދޯ އެއީ ބެއްބެގެ ބޮޑު ބޭބެއޭ….. އެހައި ލޯބިން ބަލައި ބޮޑުކުރީ…. ވަރަށް ކަންތައްތައް އެކެސްޕެކްޓް ކުރާނެ ދޯ… ދުވަހަކުވެސް އަހަރެން ބައްޕަ ނުރުހޭ ގޮތަކަށް ކަންތަކެއް ނުކުރަން… އެކަމް މިއަދު ބައްޕަ ބަލާލި ގޮތުން..”
“ބެއްބޭ….. ބައްޕަ ކަންތައް ކުރީ ރަނގަޅަކަށް ނޫނޭ…..” އަމްރު ވިސްނައިދޭން މަސައްކަތް ކުރީ އައްމާރުގެ މައްސަލައެއް ނެތް ކަމުގައެވެ.
“އޯ.ކޭ…. އެކަމްވެސް އައި ޑޯންޓް ނޯ ހައު އައި ވިލް ފޭސް ހިމް….” އައްމާރު އެހެން ބުނެލަމުން އަމްރުއަށް ބަލާލަމުން ހީލިއެވެ.
ނިކަތު އިށީނދެ އިނީ އެނދުގައެވެ. ކަރުގައި ރިހުމެއް އުފެދިފައިވަނީ ވަޅި ޖެހުނު ތަނުގައި ކަމެއް ނޫނީ ދެރަވެގެން ކަމެއް ބުނާކަށް އޭނާއަކަށް ނޭނގެއެވެ. ނިކަތު އެކަނި ކޮއްނުލައި އެތަނުގައި ނިޝާން މަޑުކޮއްލައިގެން ހުރީ ނިކަތުގެ މޫނުގައިވި ކުލަ ވަރުންނެވެ. ކޮންމެ ގޮތެއް ވިއަސް އެތަނަށް މުއާޒް ގެނެވުނީއެވެ. މުއާޒަކީ އެހައި ފަސޭހައިން ގޮތް ދޫކުރާނެ މީހެއް ނޫނެވެ. އަދި އެހައި އަވަހަށް މީހަކު ދައްކާ ވާހަކަވެސް ޤަބޫލު ކުރާ ކަހަލަ މީހެއް ނޫނެވެ. އައްމާރުގެ އެންމެ ބުނުމަކަށް މުއާޒް ޤަބޫލުވިއެވެ. މުއާޒަށް ހީކުރެވުނީ އައްމާރު ހެދީ ތެދު ކަމަށެވެ. އައްމާރުގެ ރޭވުން އެއަށްވުރެ މާމޮޅެވެ. ނިޝާން ހަނދާންވަމުން ދިޔައީ ނިކަތު ގެނައި ރޭގައި އައްމާރު އައިސް ދެއްކި ވާހަކައެވެ. އައްމާރު އެތަށް ފަހަރަކު ވާހަކަ ނުދެއްކިގެން އުޅުނު ގޮތެވެ. އެތަށް ފަހަރު ފުންފުންކޮށް ނޭވާލައި މޫނުގައި އަތް އެޅިތަން އަދިވެސް ނިޝާނަށް ސިފަވަމުން ދިޔައެވެ. މީހުން ބުނެއެވެ. ލޭގައި ހުންނަ ކަމެއް ހުންނާނެއެވެ. އައްމާރުއާއި އަމްރުގެ ގައިވެސް ވަނީ އެއް ލެއެކެވެ. ނަމަވެސް މުއާޒް އެކުދިންނަށް ދިން ތަރުބިއްޔަތު ހުރިހާ ގޯސް ކަމެއްގެ މައްޗަށް ގަދަވީއެވެ. އަމިއްލަ ބައްޕަ ގޯސްކަމެއް ކޮއްގެން ޕޮލިހުންނާއި ހަވާލި ކުރާއިރު ތިމާގެ ހިތަށް އަރާނެ އެއްޗެއް އެނގޭ ހެއްޔެވެ. އެއްވެސް މީހަކަށް ފަސޭހައެއް ނުވާނެއެވެ.
ނިކަތު ސުވާލު ކޮއްލުމުން ނިޝާން ހަމަޖެހިފައި އައްމާރުގެ ވާހަކަ ދައްކިއެވެ. އަނގަމަތީގައި އަތް އެޅުނު ނިކަތު ދެރަވިއެވެ. އައްމާރި އިސްޖަހައިގެން ހުރި ގޮތް ހަނދާންވިއެވެ. އެހެންވީމައި އައްމާރުގެ މުއާޒަށް އިޅުވައިލައިގެން މިރޭގައި މިތަނަށް ގެނައީއެވެ. އޭޏާއަށްޓަކައި އައްމާރު އެކޮށްދިން ކަންތައް އޭނާ ދުވަހަކުވެސް ހަނދާނެއް ނުނެތޭނެއެވެ. ފުން ނޭވާއެއް ދޫކޮއްލަމުން ނިކަތު އަނެއްކާވެސް އެނދުގައި ބުރަކަށި ޖައްސާލިއެވެ. އޭނާ ބޭނުންވަނީ އަވަހަށް ރަނގަޅު ވެގެން ޝަވާދިން ކައިރިއަށް ދާށެވެ.
ނިކަތު ގެއަށް ދޫކޮއްލީ މުއާޒް ހައްޔަރު ކުރިތާ ހަފްތާއެއް ފަހުންނެވެ. ނިކަތުގެ ބަޔާނާއި އެއްގޮތް ވާގިތުގެ މަތިން އިތުރު މީހެއްވެސް މުއާޒްއަށް މުއާޒްއަށް އެދުވަހު އެހީތެރި ވެދިނެވެ. ނިޝާން އެންމެނަށް އައްމާރު އެހީތެރި ވެދިން ގިތް ކިޔާދިނެވެ. އިތުރު ތަހުޤީޤުތަކަށް ފަހު ނިޝާން އަތުލައިގަތީ އޮފީހުގެ ވޮޗްމޭން އެވެ. އެމީހާއަށް ލާރި ދީފައި ވުމުން އެމީހާ މުއާޒަށް އެހީތެރި ވެދިނެވެ. އައްމާރު ކުޑަ ދުވަސް ކޮޅަކަށް ބޭނުންވީ ރާއްޖެއިން ދާށެވެ. އެއްވެސް ވަރަކަށް ރާއްޖޭގައި ހުންނަނަން އައްމާރު ބޭނުމެއް ނުވިއެވެ.
5 މަސް ފަސް
ކުޑަކުޑަ ޝަވާދިން އުރާލައިގެން އިން ނިކަތު ބަލަމުން ދިޔައީ ގޭގެ ދޮރުމަތީގައި ހުރި އަމްރުއަށެވެ. އަތުގައި ފެހި ކުލައިގެ ދެ ފިނިފެންމާ އޮތެވެ. އެ ހިފައިގެން ހުރިއިރު އެމޫނުގައިވީ ރީތި ހިނިތުން ވުމެކެވެ. އަމްރު މޫނަށް އިރުކޮޅަކު ބަލަން ހުރެފައި ނިކަތު ބުމަ ކައިރި ކޮއްލިއެވެ، އުރުގައި އިން ޝަވާދިން އޭރު އަޑުލައްވައެވެ. ސިކުންތެއްވެސް މަޑު ކުރުމެއްނެތި އަމްރުގެ މޫނަށް ދޮރު ޖަހައިފިއެވެ. ލޯމަރާލި އަމްރު ދެން ލޯ ހުޅުވާލީ ފުން ނޭވައެއް ދޫކޮއްލަމުންނެވެ. މިއީ މިހާރު މިމަހު ފަސްވަނަ ފަހަރެވެ. މައްސަލަ ނިކި ހުރިހާ ކަމެއް ހައްލު ވުމުން އަމްރު ނިކަތު ކައިރިއަށް އައީ އަލުން އިންނަން ބޭނުން ވެގެންނެވެ. ނަމަވެސް ނިކަތު އަމްރުއާއި ވާހަކަ ދެއްކުން އެއްކިބާގައި މޫނަށްވެސް ބަލާލަން ބޭނުން ނުވެއެވެ. ޝަވާދިންވެސް އުރަން އަންނަން ޖެހެނީ ނިކަތު ބޭރަށް ދާ ގަޑިއެއް ގައެވެ. ފުން ނޭވާއެއް ދޫކޮއްލަމުން އަމްރު ފޯނު ނަގައި ކަންފަތުގައި ޖަހާލިއެވެ.
“އާރ…. ފިނިފެންމާވެސް ވޯކް އެއް ނުކުރި…” އަމްރު މައްޗަށް ބަލާލަމުން އެހެން ބުނެލިއެވެ. އެކޮޅުން މީހަކު ހީލި އަޑު އިވުނެވެ.
“މިއަދު އަނެއްކާ މޫނަށް ދޮރުވެސް ޖެހީ.. ދިނީ އުރާލާ ހިތުން ހުރީ ވަރަށް…. މިހާރު އަދި ކުރިއަށްވުރެ ފުއްކޮށް އިންނަނީ….” އަމްރު އެހެން ބުނެލުމުން ކުރިންވެސް ވާހަކަ ދެއްކި މީހާ ހީގަތް އަޑު އިވުނެވެ.
“އަހަރެންމީ ނިކޫ ނަމަ ދިނީ ގޮވައިގެން ދާނީ އެހެން ތާކަށް….”
“ބެއްބޭ….” އަމްރު ހިނިތުން ވަމުން އެހެން ބުނެލިއިރު އެއަޑުގައިވެސް ހިނިތުންވުން ވެއެވެ. އައްމާރުވެސް އެކޮޅުން ބޮޑަށް ހީގަތް އަޑު އިވުނެވެ.
“އަސްލު ނިކޫ އެހެން މީހަކާ ކަންނޭނގެ އިންނަންވީ،… އަމްރުވެސް އެހެން މީހުން ގޮވައިގެން އުޅުނީ މެއްނު….” އަމްރުއަށް ވާވަރެއް ބަލައިލަން އައްމާރު އެހެން ބުނެލިއެވެ. ވަގުތުން އަމްރުގެ މޫނުގެ ކުލަވަރު އޮއްސުނެވެ.
“އަހަރެންގެ ދިނީ އެހެން މީހަކަށް ބައްޕަ ކިޔަކަ ނުދޭނަން…” އަމްރު ސީރިއަސް ރާގަކަށް އެހެން ބުނެލިއެވެ. ޝަވާދިން އެއީ އޭނާގެ ލެޔާއި މަހެވެ. އެކުއްޖާ ފެންނަ ކޮންމެ ވަގުތެއްގައި އަމްރު ކުރީގެ ކަންތައް މަތިން ހަނދާންވެ ދެރަވެއެވެ.
“އުހޫނ….. ގައިމު އަމްރު ބުނި ދިނީ އެއީ އަމްރުގެ ކުއްޖެއް ނޫނޭ……” އައްމާރު އަނެއްކާވެސް ވިއްދާފައި ބުނެލިއެވެ.
‘ދެން ހެވޭ…. ރާއްޖެ އަންނަނީ ކޮން އިރަކުން…..” ވާހަކަ ބަދަލު ކޮއްލަމުން އަމްރު އެހެން ބުނެލިއެވެ. އައްމާރު ވަކި އެއްޗެއް ނުބުނެ ފަހުން ބުނާނޭ ކަމުގައި ބުނެލިއެވެ.
“ނޭނގެ އަދި… ކަލޭ ފުރަތަމަ ނިކޫ އެއްބަސް ކުރުވަބަ…….” އައްމާރު އެހެން ބުނެފައި ފޯނު ބޭއްވިއެވެ. ކުރިއަށް ހިނގައިގަތް އަމްރު ހުއްޓުނީ ފަހަތުން ސާރާ ގޮވާލުމުންނެވެ.
ޝަވާދިން ގޮވައިގެން އިން ސާރާ އައިސް އެތެރެއަށް ވަނުމަށް ބުނެލިއެވެ. ނިކަތުވީ ފާހާނައިގަ ކަމުގައި ބުނެލުމުން އަމްރު އެތެރެއަށް ވަދެފައި އެކި ތަންތަން ބަލާލިއެވެ. ގޭގެ އެތެރެއިން ފެނުނު ކަމުގައި ވިއަސް ބޭރު ކުރާނެއެވެ. ޝަވާދިން އުރާލަމުން އަމްރު އެކުއްޖާގެ މޫނަށް ބަލާލިއެވެ. ބޮޑުބޮޑު ދެލޮލުން އަމްރުއަށް ބަލާލި ގޮތަށް ފުރަތަމަވެސް ހީލީއެވެ. އެފެހި ކުލައިގެ ދެލޮލުގެ ވޮދުން އިހުނަށްވުރެ ގަދަހެން ހީވެއެވެ. އަތުގައި މަސްޖަހާލާފައި ހުރި ގޮތުން ވަރަށް ލޯބިއެވެ. ދޮންކަމުން ކޮލަށް ޖަންބު ކުލަ އަރާފައިވާ ގޮތުން ހީވަނީ ތަނެއްގައި ޖެހި ރަތް ވެފައި ހުރި ހެންނެވެ. އަމްރު ޝަވާދިން ގެނެސް މޭގައި ޖައްސާލަމުން އެކުއްޖާގެ އިސްތަށިގަނޑުގައި ތުންފަތް ޖައްސާލިއެވެ. ކަންތައް ކޮންމެ ގޮތަކަށް ވީކަމުގައި ވީނަމަވެސް ޝަވާދިންއަކީ އޭނާގެ ދަރިއެކެވެ. ސޯފާއި ބުރަކަށި ޖައްސާލަމުން އަމްރު ލޯ މަރާލިއެވެ.
ފާހާނައިން ނިކުމެގެން އައި ނިކަތު ހިނގައިގަތީ ސިޑިއާއި ދިމާލަށެވެ. އަމްރުގެ މޭގައި ބޯއަޅާލައިގެން އޮތް ޝަވާދިން ފެނުމުން އެހިތަށް ފިނިކަމެއް ލިބިގެން ދިޔައެވެ. އެއީ އޭނާގެ އެތަށް ދުވަހެއްގެ ދުއާއެކެވެ. އޭނާ އަމްރުދެކެ ލޯބި ނުވަނީއެއް ނޫނެވެ. ނަމަވެސް ކަންތައްތައް ދިމާވި ގޮތުން އަމްރުއަށް އެ އިތުބާރު ނުކުރެވުނީއެވެ. އަމްރުގެ އާދޭސްތަށް އަޑު އަހަން އޭނާ ބޭނުންނުވީ އެހެންވެއެވެ. އެއްދުވަހު ރަނަގަޅށް ކަންތައް ކޮއްފައި އަނެއް ދުވަހު އަމްރު ހީވާނީ އެހެން މީހެއް ހެންނެވެ. ފުން ނޭވާއެއް ދޫކޮށްލަމުން ނިކަތު އައިސް އަމްރުގެ މޭމައީގައި އޮތް ޝަވާދިން ނަގައި ހިންދެމިލިއެވެ. އަމްރު ނިކަތުގެ އަތުގައި ހިފައި އޭނާއާއި ކައިރިއަށް ދަމާލިއެވެ. ސިހުނު ވަރުން ނިކަތު ވަށައިގެން ބަލާލިއެވެ. ދެވަނަ ސިކުންތުގައި އޭނާ އިނީ އަމްރުގެ އުނގުގައެވެ. އަމްރު ވަގުތުން ނިކަތުގައި އަތް ވަށާލަމުން އޭނާއާއި ކައިރިއަށް ދަމާލިއެވެ. ނިކަތު ހާސްވީ ގޭތެރެއިން މީހަކަށް ފެނިދާނެތީއެވެ. އަމްރު އަތުގައި ވިކައި ގަތުމުންވެސް އަމްރު ދޫކުރާކަށް ނޫޅުނެވެ.
“އަމްރު……..” ނިކަތު ނުރުހުންވެފައި ބުނެލުމުން އެންމެ ފަހުން އަމްރު ދޫކޮށްލާފައި ތެދުވިއެވެ. އަދި އެތަނުން ދާން ހިނގައިގަނެފިއެވެ.
“ސޮރީ….” ފަހަތަށް އެނބުރި އަމްރު އެހެން ބުނުމުން ނިކަތު ބޯ ޖަހާލިއެވެ. އެމޫނުން ފެނުނީ ނުތަނަވަސް ވެފައިވާ ވަރެވެ. އަމްރުއަށް އެކަން ފާހަގަވިއެވެ. ނަމަވެސް އެހިތް ނިކަތު ބޭނުން ވެއެވެ.
“ވީ އަރ ނޮޓް މެރީޑް އަމްރު….” އަމްރު ބަލަހައްޓައިގެން ހުރި ގޮތުން އުނދަގޫ ވެގެން ނިކަތު ބުނެލިއެވެ.
“ޔަ…” އެހެން ބުނެފައި އަމްރު އެންމެ ސިކުންތަކުވެސް އެތަނުގައި މަޑެއް ނުކުރިއެވެ. އަމްރު އެދިޔަ ގޮތުން ހިތްހަމަ ނުޖެހިފައި ކަން އެނގެއެވެ.
“އަމްރު… އަމްރު…” ނިކަތު މިފަހަރު ގޮވާލީ އަމްރު އެހައި ރުޅިއައިސްފައި ދިއުމުގެ ފުރުސަތު ނުދިނުމަށެވެ. ނަމަވެސް އަމްރު ބަލައެއް ނުލިއެވެ.
“ވަޓް…” އިސްޖަހާލައިގެން އިން ނިކަތުއާއި ކައިރި ވެލަމުން އަމްރު ބުނެލިއެވެ. އޭނާ ހީކުރީ އަމްރު ދިޔައީ ކަމުގައެވެ. އެހައި ކައިރިން އަމްރު ފެނުމުން ނިކަތުގެ ފައިން ވާގި ދޫނުވީ ކިރިޔާއެވެ.
“ނުދޭބަ….” ނިކަތު އެހެން ބުނިއިރު ކިރިޔާ ގައިން އަޑު ބޭރުވަނީއެވެ. އަމްރުއަށްވެސް ޖެހުނީ ކުޑަކޮށް ގުދުވެ ނިކަތު ބުނި އެއްޗެއް އަޑު އަހާށެވެ. އެމޫނަށް ހިނިތުން ވުމެއް ވެރިވީ ނިކަތު އިންލެއް ލޯބި ކަމުންނެވެ. ޝަވާދިން ވިހޭ ފަހުން ކުޑަކޮށް ނިކަތުވެސް ވަނީ ފަލަވެފައެވެ.
“އޯ.ކޭ…… އެކަމް އެއްކޮށް މަޑު ކުރެވެންޏާ ނުދާނީ…… ބީމައި ހުވަފެނުގެ ރާނީ ނިކޫ؟….” އަމްރު އެހެން ބުނުމުން ނިކަތު ފާޑަކަށް އަނގަ ހަދާލިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ބޯ ޖަހާލިއެވެ. ފަސްމަސް ވާންދެން އޭނާއަށް އަމްރު ތެޅުވިއްޖެއެވެ. ދެން އިތުރަށް އެހެން ހަދާކަށް އޭނާ ބޭނުމެއް ނޫނެވެ.
އަމްރުއާއި ނިކަތުގެ ކައިވެނި ކުރެވެން އޮތީ ދަރުބާރު ގޭގައެވެ. ހަފްލާއަށް އެތަށް ބައިވަރު މީހުނެއް ޖަމާވެފައި އޮތެވެ. އެންމެން އިންތިޒާރު ކުރަމުން ދިޔައީ ނިކަތުއާއި ޝަވާދިން އަންނާނޭ އިރަކަށެވެ. ގާޒީންނާއި އަދި ނިޝާންވެސް ދުރުގައި ހުރި މޭޒެއް ކައިރީގައި ހުއްޓެވެ. އެހެން މެހެމާނުންވެސް އެބައެއްގެ މޭޒު ކައިރީގައި ތިއްބެވެ. އެންމެގެން ސަމާލުކަން އަތުލައިގަތީ ދޮރު ހުޅުވާފައި އެތެރެއަށް ވަން ތިންމީހުންނެވެ. ހުދު ކުލައިގެ ގެދުމުގައި ނިކަތު ފެންނަނީ ޕަރީއެއް ހެންނެވެ. އެހައިވެސް ފުރިހަމައެވެ. މޭޒު ތަކުގައި ތިބި ހުރިހައި މީހުން ކޮޅަށް ތެދުވިއެވެ. ނިކަތުގެ ކަނާތްފަރާތުގައި ހުރީ ނާޒިންއެވެ. ވާތްފަރާތުގައި އައްމާރުއެވެ. ދެމީހުންވެސް ތިބީ ކަޅު ކުލައިގެ ކޯޓު ފަޓުލޫނުގައެވެ. ނިކަތު ދެމީހުންގެ އަތުގައި ހިފައިގެން ހުރިއިރު ނާޒިން ހުރީ އަނެއް އަތުން ޝަވާދިން އުރައިގެންނެވެ. ކައިވެނި ކުރެވި ޕާރޓީގައި އާއިލާގެ މީހުންތިބީ އެއްކޮށެވެ. އައްމާރުއާއި ނާޒިން ދުރުގައި ތިބެގެން ހޭން ފެށުމުން އަމްރު ލޯހަނި ކޮށްލަމުން އެދިމާލަށް ބަލާލިއެވެ.
“ކިހިނެއްވީ؟….” ނާޒިންގެ ހިނިގަނޑު މައިތިރި ނުވުމުން އަމްރުއަށް ނީނދެވިގެން އަހާލިއެވެ.
“ސީރިއަސްލީ… ހުވަފެނުގެ ރާނީ….” ނާޒިން ބަނޑުގައި އަތް ޖައްސާލަމުން ތިރިވެލިއެވެ. ވަގުތުން އަމްރު އައްމާރަށް ބަލާލަމުން ލޯ އަޅާލިއެވެ.
“ބެއްބޭ….” އައްމާރު ދެއަތް މައްޗަށް ނަގަމުން ނިކަތުއަށް ބަލާލިއެވެ.
“ހެވޭ… ތިމީހުން މަލާމަތް ކުރިއަސް….” އަމްރު ނިކަތުއަށް ބަލާލިއެވެ. ނިކަތުވެސް އަމްރުއަށް ބަލާލިއެވެ. އަދި ބޯޖަހާލަމުން އޭނާގެ އުނގުގައިން ޝަވާދިންގެ ކޮލުގައި ނޭފަތް ޖައްސާލިއެވެ. ނިކަތު އޭނާގެ އާއިލާއަށް ބަލާލިއެވެ. މާތްﷲއަށް ހަމްދު ކުރިއެވެ. އަދި އަމްރުގެ އަތުގައި ހިފާލަމުން ހިނިތުންވެލިއެވެ.
ނިމުނީ
9 Comments!
Comments are closed.
Wow
Guys.. Thank you for reading the story of amru and niku… Love you all 🙂
OMG… the stry is finished… can’t believe… vvvvv reethi mi stry… ???Ninnu ge ehen stry eh nerehchey v avahah??… I’m waiting… n I’m so happy for nikath n amru.. haadha inthixaareh kureemey midhe meehun ehgalakah araane dhuvahakah.. luv u Ninnu ?????????n vvv miss vaane amru n nikath mathin..?????
Varah reethi mi vaahaka.. Masha allah.. Keep up the good work dear
Nimmi part maa kuru but stry v rythi
maasha allah v v reeti vaahaka nice keep it up love u ninnu ☺??????
Maasha Allah. Varah reethi. Thigothah talentge beynun kuraa meehun varah madhu. Keep it up.
vaahaka varah reethi… ekamaku vaahaka khiyamundhiyairu baeh massalathah hurikan faahaga kurevey…. egothun liyumugai fudheyvarakah massala huri.. for example. name liyumugai typing mistake varah ginain huri.. so mikanthah ragalhu kuraanekamah ummeedhu kurann.. sukuriyya
Me varah hadi hama nujehey vaahaka eh . Vaahaka kiyamun dhaairu heevanee dhen varah bodu kameh vaan ulhey hen. Ekamun ehves kameh nuve asareh neh gothah mi vaahaka mi ninmaalee . Enme hama nujehey thankolhakee Amru Nikath ge ihfahtherikan nagaali thaakun thaaku nujehey sababu