Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އެނގުމެއްނެތި…13

Jinni Level 410 Stories100 Login100 Comments500 Login
February 7, 2019 4 Mins Read
14 Comments

ކުރިމައްޗަށް ބަލަހައްޓައިގެން ހުރެފައި އީތަން ހުރި ފަޅި ނޫން އަނެއްފަޅިއަށް ބަލައިލި އަލީޝާއަށް ކައިރީގައި އިން ބޮޑު، ކަޅު ބުޅާ ފެނުމާއިއެކު ދިޔައީ އެއްލިގެންނެވެ. ގަތް ބިރުން ފުންމައިގެން އަރައި އީތަންގެ ގައިގައި އޮޅުލައިގަނެވުނެވެ. ސަމާލުނުވެ ހުއްޓައި ގަޔަށް ޖެހުނު ކުއްލި ބަރުމިނުން އީތަންގޮސް އުއްޑުން ޖެހުނީ ކައިރީގައި ހުރި ޖޯއްޔަށެވެ. އެކީގައި އައި އަލީޝާ ވެއްޓުނީ އީތަންގެ ގައިމައްޗަށެެވެ. މަޑުމަޑު އެއްޗެއް ތުންފަތުގައި ޖެހިލި އިހުސާސް އީތަންއަށް ކުރެވުނެވެ. އަލީޝާގެ ބޮޑުވެފައިވީ ދެލޮލާއި އީތަންގެ ކަޅި ހަމަވީއިރު ދެ ތުންފަތް ވަނީ ގުޅިފައެވެ. ދެ ހިތުގެ ތެޅުން އަވަސްވާން ނެގީ އެެންމެ ހިނދުކޮޅެކެވެ.

**************************

ފުންމައިގެން ތެދުވި އަލީޝާ ހީވީ މީހަކު އޭނާ ނަގައި ހޫރައިލިހެންނެވެ. އަވަސްއަވަހަށް އަތުގެ ނުފުށުން ތުންފަތް ފޮހެލިއެވެ. ޖޯލީގެ ހުރަަހަށް ވެޑުވިފައި އޮތް އީތަންވެސް ތެދުވިއެވެ.

“ދަނީ.” އެންމެ ބަހެއް ބުނެލުމަށްފަހު އީތަން އަލީޝާއަށް ބަލައިވެސް ނުލައި ހިނގައިގަތެވެ. އަލީޝާވެސް އީތަން ދާތަން ބަލަން ނުހުރެ ގެއަށް ވަނެވެ.

ކޮޓަރިއަށް ވަދެ ދޮރު ލެއްޕުމަށްފަހު އެނދުމަތީ އަލީޝާ އިށީނެވެ. މޭގައި ގޮށްމުށުން ޖަހައިލީ މޭ ފަޅާފައި ހިތް ނުކުންނަންް އުޅޭހެން ހީވާތީއެވެ. ފިލްމުތަކުން ފެނިފައިވާ އެ މަންޒަރު އޭނާއަށް އެ ދިމާވީ އިންޒާރަކާއިނުލައެވެ. ފަރސްޓް ކިސް އެ ގެއްލުނީ ދުނިޔެއިން އެންމެ ރުޅި އަންނަ މީހާއަށެވެ. ދެވަނަ ފަހަރަށް ތުންފަތުގައި އަތް އުނގުޅައިގަތްފައި އަލީޝާ ބޭނުންވީ ކުޅެއްޖަހަންށެވެ. އެހާ ނުތަވަސްވެރި ކަމެއް އޭނާގެ މުޅި ހަޔާތުގައިވެސް ނުހިނގައެވެ. ފާހަނައަށް ވަދެ ބޮލަށް ޝަވަރުން ހޫނުފެން އޮއްސައިލުމުން ރަނގަޅަށް ސިކުނޑި މަސައްކަތްކުރަން ފެށިއެވެ.

“އެއީ ދެން އެވަރު ކަމެއްތަ؟ ފަރސްޓް ކިސް އެއީ މިހާރު އެއްޗެއް ނޫނޭ. އުމުރުން ފަސް އަހަރުގަ ޖެހިގެން ހުރި ގޭ ފިރިހެން ސޮރާ ޓްރައިއަކަށް ކޮށްލައިގެން ފަރސްޓް ކިސް ގެއްލުވައިލުން އެއީ އާންމު ކަމެއް. މަ މާ ޞާލިހީއޭ، ގްރޭޑް ހަތަރެއްގަ ހަމްދާންއާ ކުރަން ޑެއާރ ޖެއްސީމަވެސް ނުކުރީނު. ކޮން ކަމެއް. ފަރސްޓް ކިސް އޯ. ޕުއް…” އަލީޝާ ފާރާއި ދިމާއަށް ބަަލަހައްޓައިގެން ހުރެ ވާހަކަދެއްކިއެވެ. އެ ފާރަކީ އޭނާގެ ހަޔާތުގައި ޖެހޭ ކޮންމެ މައްސަލައެއް ހިއްސާކޮށްފައިވާ އެކުވެރިއެކޭ ބުނުން ދޮގަކަށް ނުވާނެއެވެ.

ގެއަށް ވަތްއިރު މޭޒުމަތިން ތަށިތައް ނުނަގާ ހުރުމުން އީތަން ގޮސް މޭޒުދޮށުގައި އިށީނެވެ. ޕިއްޒާ ކެވުނުލެއް މަދީކީ ނޫނެވެ. ތަށިފުރާ ބަތް އަޅައިގެން ކާންފެށިއިރު އޭނާ މަސައްކަތްކުރީ އަނގަޔަށް ލެވޭ ކޮންމެ ސުވާއަކާއި ހެފޭވަރުވެސް ގުނޭތޯއެވެ. ސިކުނޑި ކަމެއްގައި ޝާމިލުނުކޮށްފިއްޔާ އެއް ކަމަކާ ވިސްނައި ވިސްނައި މޮޔަވެދާނެތީއެވެ. ބަތްތަށި ހުސްވުމުން ސިންކުން ތަށި ދޮވުންއިރު ސަމާލުކަން ދިނީ އަނގަޔަށް ބަތް ލެވުނު އަދަދުގެ ދެބައިކުޅަ އެއްބައި މިންވަރަށް ތަށީގައި ސްޕޮންޖުގަނޑު ހޭކޭތޯއެވެ. ސައިބޯނި ފޮނުވެސް ގުނަން އުޅުނެވެ.

ތަށި ދޮވެފައި ގޮސް ކޮޓަރިއަށް ވަދެ ކޮންޕިއުޓަރ ހުޅުވީ ފިލްމެއް ބަލަންށެވެ. މިރޭ ނިދަން މަސައްކަތްކުރުމަކީ ފޫނެތް ފަޔަކަށް ފެން ފުރުންކަން އިނގޭތީއެވެ. އެންމެ އިޝްގީ ނުވާނެހެން ހީވާ ފިލްމު ހުޅުވާފައި ހެޑް ފޯނުގެ އަޑު އެންމެ ބާރުކޮށްލިއެވެ. ނަމަވެސް ފިލްމުގެ ފުރަތަމަ ތިން މިނެޓު ތެރޭގައި ބަތަލު ގެއިން ނުކުންނަމުން އަންހެނުންގެ ތުންފަތަށް ބޮސްދީފިއެވެ. އައި ރުޅިން އީތަންއަށް ހެޑްފޯނު ނަގައި ކީބޯޑު މައްޗަށް ޖެހުނެވެ.

ފިލްމު ނިވާލާފައި ދެން ފެށީ ފޯޓްނައިޓް ކުޅެންށެވެ. ސްކުއާޑް ހަދާނެ ތިން އެކުވެރިންވެސް ފަސޭހައިން ލިބުނީ އެ ގަޑިއަކީ ސްކޫލުގައި އުޅޭ ފޯޓްނައިޓް ކުޅޭ އެންމެން ކަހަލައިން އޮންލައިން ވާ ގަޑި ކަމަށްވީތީއެވެ. ފޯރީގައި ފަހެއްކަ ބުރު ކުޅެވުނު ފަހުން، މިހާރު ޕަބްޖީ މާ ސަޅިއޭ ކިޔާފައި ދެއްކި ވާހަކައިގެ ތެރެއިން، ހިތްކިޔާ އަންހެން ކުދިންގެ ވާހަކަ ފެށުނީ ކިހިނެތްކަމެއް ނޭންގެއެވެ. ގޭމަށް ހުރި ސަމާލުކަން ގެއްލުންވަރުން އީތަންއަށް ގޮސް ނުކުމެވުނީ އެހެން ކުޅުންތެރިއެއްގެ ކުރިމައްޗަށެވެ. އަވަސްއަރުވާލާފައި ބަޑިޖަހަން ހަދައިގެން އަމާޒެއް ނުވިއެވެ. ބެރިއާރ އަޅަން އުޅެވުންްއިރު މާ ލަސްވެއްޖެއެވެ. އީތަން މަރުވުމުން ދެން ތިބި ތިން މީހުނަކަށް ހިފަހައްޓައެއް ނުލެވުނެވެ. އެ ތިން މީހުންވެސް އިސާހިތަކު ބަލިވެއްޖެއެވެ.

ކޮންޕިއުޓަރ ނިވާލާފައި ފެންވަރައިގެން އައިސް އެނދުގައި އޮށޯތީ ދެން ކުރާނެ ކަމެއް ނުފެނުމުންނެވެ. ގަޑިން ބާރަ ގަޑި ބައިވެއްޖެއެވެ. ހެނދުނު މާ އަވަހަށް ހޭލެވިގެން އުޅުންކަން އެއީ އީތަންގެ ނަސީބެވެ. މާ ގިނައިރު ވިސްނަން ނޯވެ ނިދުނެވެ.

ސްކޫލަށް ދާންޖެހޭ ގަޑި ޖެހިއްޖެއެވެ. ބައިސްކަލުގެ ދުވެލި ބާރުކުރުމުގެ ނިޔަތެއް އީތަންގެ ނެތެވެ. ބައިސްކަލު ޕާކުކޮށްފައި އޮފީސް ދޮރުން ވަނުމުގެ ބަދަލުގައި ދިޔައީ ވަލުދޮރޯއްޓާއި ދިމާއަށެވެ. އޮފީސް މީހަކާއި ދިމާވެއްޖިއްޔާ ތަގުރީރުގަނޑު އަޑުއަހަން ޖެހިދާނެތީއެވެ. ވަލުދޮރޯއްޓާއި އަރައި ހަމަވިއިރު އަނެއް ފަޅިން އަލީޝާވެސް އައިސް ދޮރާއި އަރައި ހަމަވީއެވެ. ދެ މީހުންގެ ހަތަރުކަޅި ހަމަވިތަނާހެން އަލީޝާ ދޮރާއި ދިމާއަށް ބޯ އަނބުރައިލިއެވެ. އަދި ގޮސް އެތެރެއަށް ވަނެވެ. އީތަން އެތެރެއަށް ވަަދެފައި އެރީ އަލީޝާ އެރި ސިޑި ނޫން އަނެއް ސިޑިންނެވެ. ކުލާހާއި ދުރު ސިޑިއެއް ކަމުގައިވިޔަސްއެވެ.

އިންޓަވަލް ގަޑީގައި ޕްލޭގްރައުންޑުގައި ކަމުން، ފިލާވަޅުު ހަދަން އިން އަލީޝާ ކައިރީ އައިސް އިށީނީ އިބްރާހިމްއެވެ. އަލީޝާއަށް ލޯބި ހުށައަޅައި އިންކާރުކުރިތާ މާ ގިނަ ދުވަހެއްނުވެ އޭނާ ވަނީ އޭނާގެ ގްރޭޑުގެ އަންހެންކުއްޖަކާއި ރައްޓެހިވެފައެވެ. ނަމަވެސް އޭނާއަކަށް އެ ގުޅުމުން ހިތްހަމަޖެހުމެއް ނުލިބުނެވެ. ހޯލްވޭތަކުންނާއި ކެންޓީނުދޮށުން ހޯދެނީ އެންމެ މޫނެކެވެ. އަލީީޝާއެވެ. އޭނާއަށް ޝައުގެއް ނުހުންނަކަން ފާހަގަވެ ލޯބިވެރިޔާ އިބްރާހިމް ދޫކޮށްލިތާ ވީ ހަފްތާއެކެވެ. އަލީޝާއަށްޓަކައި އޭނާގައި ހިތުގައި އޮތް ލޯބި ހަނދާންނައްތައެއް ނުލެވުނެވެ.

“ހައި” އަލީޝާގެ ސަމާލުކަން ހޯދުމަށް އިބްރާހިމް ގޮވައިލިއެވެ. އިސްއުފުލާާލާފަައި އަލީޝާ ބަލައިލިއެވެ.

“އަމްމް… އިބްރާހިމް ދޯ.” އަލީޝާާ ނަން ހަނދާންކޮށްލާފައި ބުންޏެވެ. އިބްރާހިމް ހީލާފައި ބޯ ޖަހައިލިއެވެ. އަލީޝާ އޭނާގެ ނަން ހަނދާންހުރިތީވެސް އެހާ އުފާވިއެވެ.

“އަލީޝާ މިހާރު މީހަކާ ރައްޓެހިވެގެންތަ އުޅެނީ.” ހާލު އަހުވާލުއަހައި، ސްކޫލުގެ ވާހަކަ ދައްކައިލުމަށްފަހު އިބްރާހިމް އަހައިލިއެވެ. އަލީޝާ ނޫނެކޭ ބުނެ ބޯ ހަލުވައިލިއިރު ހިތަށް ސިފަވީ ރާއިންއެވެ. މިއަދު ސްކޫލު ނިންމާފައި ރާއިންއާއި ބައްދަލުކުރަން އޭނާ ހުރީ ނިންމައިގެންނެވެ. “އަހަންނާ ރައްޓެހިވާން އަލުން ވިސްނާލަފާނަންތަ؟” އިބްރާހިމް ތަންކޮޅެއް މަޑުމަޑުން ބުންޏެވެ.

“ސޮރީ. މީހަކާ ރައްޓެހިވާކަން ބޭނުމެއްނޫން އަދި.” އަލީޝާ ބުންޏެވެ.

“ވިސްނާވެސް ނުލާ ތި ބުނަނީ. އަލީޝާދެކެ ހާދަ ލޮއެއްބެއް ވާތީއޭ އެއްފަހަރު ރިޖެކްޓްކުރީމަވެސް މި އެހީ ހިތްވަރުކޮށްފަ. ކީތްތަ ވާނީ ޗާންސެއް ދިނީޔާ.” އިބްރާހިމް އާދޭހުގެ ރާގަކަށް ކިޔައިލިއެވެ. “ހިނގާބަލަ ވާގޮތް ބަލަން އެންމެ ހަފްތާއަކަށް ރައްޓެހިވާން. އައި ވިލް މޭކް ޔޫ ލައިކް މީ.” އަލީޝާ ގާތަށް ދެންް އައީ ރުޅިއެވެ. ރާއިިންގެ ކަންތަކާއިހެދި ބޯހާސްވެފައި ހުއްޓައި އަނެއްކާ މިހާރު އީތަންއަށް ބަލައިލަންވެސް ނުކެރިގެން ދުރަށް ދުވަންޖެހި، ބޯ ގޮވާނެ ކަންކަން މަދީކީ ނޫންވިއްޔާއެވެ.

“ހަފްތާއަކަށް ރައްޓެހިވާންށޭ؟ މީ ކުޅޭ ކުޅިވަރެއް ނޫނޭ. ބޭނުމެއްނޫނޭ މި ބުނަނީ ވިސްނާފައޭ. ދެން ހަނދާންނައްތާލަބަލަ!” އަލީޝާ ފޮތްބޮނޑި ހިފައިގެން ތެދުވެ އިބްރާހިމް ފަސްދީ ހިނގައިގަތެވެ. އެވަގުތު އެހެންލާފައި ދިޔަ އީތަން އަލީޝާާއަށް ބަލައިލާފައި އިބްރާހިމްއަށް ބަލައިިލިތަން ފެނިފައި އިބްރާހިމް ގާތަށް އައީ ސިނގު ރުޅިއެކެވެ. ކުރީ ފަހަރު އޭނާއާއި އަލީޝާގެ ދެމެދަށް އީތަން ވަތްގޮތް އޭނާ ހަނދާންނުނެތެއެވެ.

ރެސްޓޯރެންޓުގައި ރާއިންއާއި ބައްދަލުކުރުމަށްފަހު އަލީޝާ އޭނާގެ ޖަވާބުދިނެވެ. ރާއިން އެކަން ގަބޫލުކުރިއެވެ. އަލީޝާގެ ނިންމުމަށް އިހުތިރާމްކުރިއެވެ. މައުލޫއު ބަދަލުކޮށްލާފައި ރާއިން އާދައިގެމަތިން އެކުވެރިކޮށް ވާހަކަދައްކަން ފެށުމުން އަލީޝާ ހައިރާންވިއެވެ. ރާއިންއާއި ދެމެދުގައި އޮތް އެކުވެރިކަމަށް ކުޑަވެސް ބަދަލެއް ނާންނަކަން އިހުސާސްވުމުންނެވެ.

“އަހަރުން މީ… އަދިވެސް ފްރެންޑްސްތަ؟” އަލީޝާ އަހައިލިއެވެ.

“ޔަގީނެއްނު. ރިޖެކްޓް ކުރީއޭ ކިޔާފަ ގުޅުންކަނޑާލާ ވަރުގެ ފިނޑިއެއްނޫނޭ މަ މީ. މަގޭ ބްރޯގެ ޖާގައިން ނުބެޗޭނެ އިނގޭ އެހާ ފަސޭހައިންނެއް.” ރާއިން ފޮނިވެލާފައި ބުނުމުން އަލީޝާއަށް ހެވުނެވެ. ވީ އުފަލުގައި އެހެން ކަމަކަށް ސަމާލުކަމެއް ނުދެވުނު އަލީޝާއަށް، އޭނާގެ ފަހަތުން އެއޮށްހާއިރު މީހަކު ފާރަލަމުންދިޔަކަމުގެ ކުޑަވެސް ޝައްކެއްނުވެއެވެ.

ސާދަވިލޭރޭގެ ހަނދު އޭގެ މަގާމުގައި ރަނިކަން ކުރަމުންދިޔައެވެ. އެ ހަނދަން ފަރިވާން ތަން ދީފައި ވިލާތައްވެސް ތިބީ އެއް ކައިރީގައެވެ. ބޯ ވިނަގަނޑު މަތީ ޖައްސައިލައިގެން އެ ހަނދަށް ބަަަލަން އޮތް އީތަން އޮތީ އެއްވެސް ކަމެއް ކުރާހިތްނެތި ފޫހިވެފައެވެ. ތާސްގަނޑުޖަހައި އުޅުނު އެކުވެރިންކޮޅު ހޯދޭތޯ އުޅެންވެސް ހިތަށްއެރިއެވެ. ދުވަސްގަނޑެއްފަހުން ސިނގެރޭޓެއް ޖަހައިލަންވެސް ހިތަށްއެރިއެވެ. ބަސްއަހާކުއްޖެއްގެ ގޮތުގައި އެންމެންގެ ހިތް ރުއްސައިގެން އުޅޭ ހަޔާތުގެ ބޭނުންކެނޑިއްޖެވިއްޔާއެވެ. އަލީޝާގެ ބީރައްޓެހި މޫނު ފެނުމުން އޭނާއަށް އިހުސާސްވަނީ ހިތްދަތިކަމަކާއި ހުސްކަަމެކެވެ. މޫނުގައި ބީހިލި ވައިރޯޅިން އަރާމުވެގެން އީތަން ލޯ މަރައިލިއެވެ. ނަމަވެސް މާ ގިނައިރެއް ނުވެ ލޯ ހުޅުވައިލެވުނީ ޖީބުގައި އޮތް ފޯނު ރިންގުވީ އަޑަށެވެ. ފޯނު ނަގައި ބަލައިލިއިރު އަލީޝާ ޖަހާފައި އިނުމުން ކޮންމެ ފަހަރަކޭވެސް އެއްފަދައިން ލިބުނީ ހައިރާންކަމެކެވެ. ވިސްނުނީ ދެގޮތަކަށެވެ. އެހެން މީހަކު އަލީޝާގެ ފޯނުން ގުޅުން ނޫނީ އަލީޝާގެ ބުއްދި ފިލައިދިޔުމެވެ.

“ހަލޯ…” ފޯނު ނަގައި އީތަން ޖަވާބުދިނެވެ. އަނެއް ފަޅިިން އިވުނީ މީހަކު ހަޅޭއްލަވަން މަސައްކަތްކުރާ އަޑެވެ. ހީވީ އަނގަމަތީ އެއްޗެއް އަޅާފައި ހުރި މީހަކު ހަޅޭއްލަވަން މަސައްކަތް ކުރާހެންނެވެ. “އަލީޝާ؟…” ފުންމައިގެން ތެދުވެ ވިނަގަނޑުމަތީ އަތް ވިއްދައިލިއިރު އީތަންގެ ދެބުމަ ވަނީ ގޮށްޖެހިފައެވެ. ފޯނުން ހަޅޭއްލެވި އަލީޝާގެ ބަންދުވެފައިވީ އަނގައިިން ނުކުތީ އެއްއަޑެކެވެ.

“ކޮންތާކު ތި އިނީ؟” އީތަންއަށް ވަގުތުން ގޮނޑިއެއްގައި ބަނދެވިފައި އިން އަލީޝާ ސިފަކުރެވުނީ މާ ގިނައިން ފިލްމު ބަލާތީކަންނޭންގެއެވެ. ފޯނުން ނޯށަން އަޑެއް ނޫނީ ނީވުނެވެ. އަލީޝާ އިނީ ޖަވާބުދެވޭނެ ހާލަތެއްގައި ނޫންކަން އިނގިހުރެވެސް އީތަންއަށް ކޮށްލެވުނީ މޮޔަ ސުވާލެކެވެ. “އޭތް މަ ކުރާ ސުވާލަށް ޖަވާބުދޭން ފޯނުގަ ޖަހާލާއިނގޭ. އާނއެކޭ ވެއްޖިއްޔާ ދެ ފަހަރު ނޫނެކޭ ވެއްޖިއްޔާ ތިން ފަހަރު.” ފޯނުން ގުޅުނީ ކޮންމެވެސް ގޮތަކުން އަތްލައިގެންކަމަށް ވިސްނި އީތަން އިރުޝާދުދިނެވެ. ފޯނު ހިފައިގެން އެހެން މީހަކު ހުރީ ނޫންކަަމަށް އުންމީދުކުރެވުނެވެ. އެކަން ކުރި މީހަކު އީތަަންއަށް ގުޅިނަމަ ވާހަކަ ނުދައްކާ ހުރުމުގެ ސަބަބެއްވެސް ނެތްތާއެވެ. އަލީޝާ އިނގިލިން ދެ ފަހަރު ޖަަހައިލި އަޑު އިވިފައި އީތަން ފުން ނޭވާއެއް ދޫކޮށްލިއެވެ.

(ނުނިމޭ)

Share Article

Follow Me Written By

Jinni

Level 410 Stories100 Login100 Comments500 Login

Other Articles

Previous

ފޮހެވިގެން ނުދާނޭ 03 ފަހުބައި

Next

މީލޯތްބަކީ……. 2

Next
February 7, 2019

މީލޯތްބަކީ……. 2

Previews
February 7, 2019

ފޮހެވިގެން ނުދާނޭ 03 ފަހުބައި

14 Comments!

  1. jiji says:
    February 7, 2019 at 6:54 pm

    Alheyy vrh ufaa vejje up kohladhinyma mi prt vx ?????????????❤??..masha allah..mi part vx vrh lwbiii❤❤❤??????????curiously waitinn fr the nxt…avahah up kohdhehchey…varah lwbiveyyy???????????????????

    1. jiji says:
      February 7, 2019 at 6:55 pm

      BTW ME FIRST DHW ?????❤??????????????????

    2. Jinni says:
      February 15, 2019 at 9:48 am

      Thnx jiji

  2. Shaha says:
    February 7, 2019 at 7:34 pm

    Yeyy me first…… Btw vvv reethi… ☺️☺️☺️??☺️☺️?☺️??☺️☺️☺️

    1. jiji says:
      February 7, 2019 at 8:36 pm

      No shaha..mifaharu ma golaa ah first??????..sorry ingey first hoadhevunyma brw????????????

    2. Jinni says:
      February 7, 2019 at 10:50 pm

      Thnx shaha

    3. Jinni says:
      February 15, 2019 at 9:52 am

      Jiji get comments huree pending ga ehenve furathama comment kurikan shaha yah ves mashah ves neyngunee but actually I can see pending ga hunna comments so mithanah comment naaraigen dhera nuvachey cause I’ll see it even though I can’t reply. And congrats for being the first one don’t be sorry about that?

  3. Cherry? says:
    February 7, 2019 at 10:31 pm

    What kihineymivee aleesha kidnap kureetha?? i think she is in trouble ekam kaakubaa ehen hadhaaneeves cant wait to read next part hope it will upload soon

    1. Jinni says:
      February 7, 2019 at 10:51 pm

      Veehaaves avahakah up kohdheynan

    2. Cute Lips says:
      February 8, 2019 at 2:30 pm

      ibrahim.. dhn kaaku heybali vegen ulheny..

    3. Jinni says:
      February 8, 2019 at 9:21 pm

      Aan ei hama heybali vegen ulhey meeheh. So vedhaane eyna kamahves let’s see dhw

  4. Ibsha says:
    February 7, 2019 at 10:43 pm

    ❤Wow varah reethi ❤

    1. Jinni says:
      February 7, 2019 at 10:51 pm

      Thnx ibsha

  5. Nattu says:
    February 15, 2019 at 12:04 am

    whens next part loabi kolhaa missing ur storyyy

Comments are closed.


All Right Reserved!