ލީޝް ސިހުނީ ފަހަތުން މީހަކު ގޮވައިލުމުންނެވެ. ނަމަވެސް އެއީ މަންމަ ކަމުން އޭނާ މާބޮޑު ސަމާލް ކަމެއް ނުދިނެވެ. ލީޝްއަށް ނޭނގުނީ އެ މީހާގެ ފައި ބިންމަތީގައި ނުޖެހޭކަމެވެ. އަދި އޭނާގެެ ފައިގައި ލޭ ހުރި ކަމެވެ. ލީޝް މާވަރަކައް އެކަމާ ނޫޅެ ފަހަތް ބަލައިލީ އޭނާ ހުރިތޯ ބަލާށެެވެ. ނަމަަެެެެސްް އޭނާގެ ފިޔަވަޅުވެސްް ނެތެވެ. ޖެހުނިތާ ލަކުނެއްވެސް ނެތެެެެވެ. މިކަމާ ހުރެ ލީޝްގެ ހިތައް ކުޑަ ބިރުވެރި ކަމެއް އައެވެ.ނަމަވެސް އެހާ ބޮޑަކައް ނޫނެވެ. ބިރުންހުރެ […]
ހަމަ އެ ވަގުތު މަންޝާ ފަހަތް ބަލައިލިއެވެ.ލިބުނު ސިހުމެއްގެ ބޮޑު ކަމުން މަންޝާއަށް އޭނަގެ ނަމުން ގޮވައިލެވުނެވެ.”ސު…ސު…ސުހާން…” މަންޝާގެ އަނގައިން ބޭރު ކޮއްލިއެވެ. ” އަހަރެން އެބައޮތް މަންޝާގާތު ވާހަކައެއް ބުނަންވެފަ…. ސުމާ އެކޮޅައް ޖެހިލަބާ…. ސީކްރެޓް އެއް ބުނަން..” ސުހާން ބުނެލިއެވެ.އެހެން ބުނުމުން ސުމާ އެކޮޅައް ޖެހިލިއެވެ. އަދި މަޑު މަޑުން ސުހާން މަންޝާ އާ ގާތް ވެލިއެވެ.އަދި ކަންފަތް ކާރީ ހުރެ ތިން ލަފުޒު ބުމެލިއެވެ.”އައި ލަވް ޔޫ ! އަސްލު ވަރަށް ދުވަސް […]
ވައުދާއި އެއްގޮތަށް އަލީޝާ ފަސް މާާއްދާއިން ފާސްވި ހަބަރު ލިބުމުން ރާއިން ވަގުތުން ދަތުރު ރޭވިއެވެ. ދެ އެކުވެރިންވެސް ތިބީ ގޮސް މަޖާކޮށްލުމަށް ކެތްމަދުވެފައެވެ. ރާއިދާއާއި، ރާއިންގެ ދައްތަ ރާނިޔާއާއި ދެމެދުގައިވެސް ބަދަހިވެފައިވީ ގާތް އެކުވެރިކަމެއްގެ ސަބަބުން ރާއިން އެއީ އަލީޝާމެން ގެއަށް ބީރައްޓެއްސަކަށް ނުވިއެވެ. އެހެންކަމުން އަލީޝާ ރާއިންއާއިއެކު އެއް ދުވަހަށް ދަތުރެއް ދާ ވާހަކަ ބުނުމުން ވަރަށް ފަސޭހައިން ހުއްދަ ލިބުނެވެ. މާ ގަދަޔަށް ސަކަރާތް ނުޖަހާށޭ ކިޔާފައި ހުއްދަ ދިން ޔޫސުފަކީވެސް މުދިމެއްކަމަކު […]
26 ވަނަ ބައިގެ ތެރެއިން…. “ފެނުނުތަ؟ މިހާރުވެސް އެބަހުރި ކަންނޭނގެ…. އަޅެ ނޭނގޭކަމަށް ހަދާލާފައި ބަލާލަބަލަ” ޔަނާލް މޫދަށް ބަލަހައްޓައިގެން އިނދެ ބުނެލިއެވެ. ފައިޒަން އެގޮތަށް އަމަލުކުރިއެވެ. އަދި ޔަނާލާއި ދާދި ގާތުގައި އިނދެ ފުރަގަހުން އަކިރިތަކުގެ މަތީގައި ދެއަތް ވިއްދާލަމުން ހަށިގަނޑު ފަހަތަށް ޖައްސާލިއެވެ. އޭނާ ވާހަކަދެއްކީ އެއަށް ފަހުގައެވެ. “މިހާރުނެތް. އެކަމަކު ހިއެއްނުވޭ ދާނެހެނެއް” ފައިޒަން ބުނެލިއެވެ. “ހެހެހެ… މަޖާކަމެއްދޯ….. އަހަރެމެންނަށް ވާނުވާ ބަލާނެ ބަޔަކު އެބަތިބިތާ ދޯ” ޔަނާލް ހީގަތުމުން އެމޫނަށް ފައިޒަން […]
25 ވަނަބައިގެ ތެރެއިން… .”މަންމައަށް ކޯއްޗެއް އެނގިގެން ޔާނާއާއި މެދު ތިގޮތަށް ކަންތައް ތިކުރަނީ. މަންމަ ތިހީކުރާކަހަލަ ކުއްޖެއް ނޫނޭ ޔާނާއަކީ” ކުލްޝޫމްގެ އަމުރަށް ކިޔަމަންވެގެން އެއްޗެއް ނުބުނެ ހުންނަން ފައިޒަން ވަރަށް މަސައްކަތްކުރިއެވެ. ނަމަވެސް ކަންތައްތައް ގޯހުން ގޯހަށް ދާން ފެށުމުން އޭނާއަށް ކެތެއްނުވިއެވެ. ކުލްޝޫމް ކުރިމަތިން ހުރަސްކޮށްފައި ގޮސް އޭނާ ހުއްޓުނީ ރޮމުން ދިޔަ ޔަނާލް ކުރިމަތީގައެވެ. “ޕްލީޒް…. ނޮޓް އަގެއިން…. އައިމް ސޮރީ….. އައި ހޭވް ޓު ޑޫ ދިސް. މަންމައަށް ހުރިހާ […]
ހޮސްޕިޓަލުގެ ދޮރުމައްޗަށް ޓެކްސީ ހުއްޓުމާއެކު ޑްރައިވަރަށް ފައިސާ ދެއްކުމަށްފަހު ހޮސްޕިޓަލަށް ވަންނަން އުޅުނު މިންހާގެ ފިޔަވަޅުތައް ހުއްޓުނީ ފެނުނު މަންޒަރަކުންނެވެ. އެވަގުތު ސައިކަލުގައި އައިސް މަޑުކޮށްލި އަލޫފްގެ ނަޒަރުވެސް އޭނައަށް ބަލަހައްޓާއިގެން ހުރި މިންހާއަށް ހުއްޓުނެެވެ. ކަޅި ޖަހާނުލާ ދެމީހުނަށްވެސް އެކަކު އަނެކަކަށް ބަލަން ހުރެވުނެވެ. ސިކުންތުކޮޅަކަށްފަހު މިންހާގެ ނަޒަރު އަލޫފްގެ ސައިކަލު ފަހަތުގައި އިން ޝަމްހާއަށް ހުއްޓުނެވެ. ޝަމްހާ އިނީ އަލޫފް އާއި ޖެހި ފިތިގެންނެވެ. އޭނާާ އިނީ އަލޫފްގެ ކޮނޑުގައި ހިފަހައްޓާލައިގެންނެވެ. އޭގެ ދެވަނަ […]
22 ވަނަބައިގެ ތެރެއިން…. ޔާޒްއަށް ނިދުނުކަން އެނގުމުން ޔަނާލް ތެދުވެ ރީތިކޮށް އެނދުގައި ޔާޒް ބޭއްވިއެވެ. އަދި ކޮޓަރިތެރެ ހަމައަކަށް އަޅުވާލުމަށްފަހު ކޮޓަރިން ނިކުތެވެ. އޭނާ މިސްރާބު ޖެހީ ކުލްޝޫމްގެ ކޮޓަރިއާއި ދިމާލަށެވެ. މިވަގުތު ކުލްޝޫމް އިންނާނީ ކޮޓަރީގައިކަން އޭނާއަށް އެނގޭއެވެ. ޔަނާލް ދެފަހަރަކު ދޮރުގައި ޖަހާލިއެވެ. އެތެރެއިން ހަބަރެއް ނުވިއެވެ. ތިންވަނަ ފަހަރަށް ޖަހާލުމަށްފަހު ކުޑައިރުކޮޅަކު މަޑުކޮށްލިއެވެ. ހަބަރެއް ނުވުމުން ޔަނާލް ދޮރު ހުޅުވާލިއެވެ. އަނދިރިކަން ވެރިވެފައިވާ ކޮޓަރި ތެރެއިން ފެންނަ ހަމައެކަނި އައްޔަކީ ލައްޕާފައިހުރި […]
23 ވަނަބައިގެ ތެރެއިން…. “ބަނޑެއްގައި ރިއްސާތީ އަހަރެން އޮތީ ނުނިދިފައި. އެހެން އޮށްވަ ފެނުނީ ވަރަށް ސިއްރުން ޒާކް ތެދުވެގެން ކޮޓަރިން ނިކުންނަން ދިޔަތަން. އަހަރެން ވަރަށް ހައިރާންވި ޒާކު އެގޮތަށް އުޅުނީމަ. އޭނައަށް ހީވީ ކަންނޭނގެ އަހަރެން އޮތީ ނިދާފައޭ. އެހާ ސިއްރުން ޒާކް އުޅުނީމަ ހިތަށް އެރީ ކުރަން އެއުޅޭ ކަމެއް ހަމަ އެހާ ސިއްރުން އަހަރެންވެސް ބަލާނަމޭ. އެހެންވެ ފަހަތުން ދިޔައީ. ޒާކް ވަނީ މަންމަ ކޮޓަރިއަށް. ޒާކް ވަނުމުން އަހަރެން ވަރަށް […]
**************** އާދުވަހަކައް އިރު އެރީއެވެ. މިންހާ ތައްޔާރުވަނީ ސްކޫލައް ދިޔުމަށެވެ.ލައިގެން ހުރި ޔުނީފޯރމާ އެއްވަރަށް މިންހާގެ ސިފަ ވަރަށް ޗާލެވެ.މަންޝާ ނިމިގެން ބޭރަށް ނިކުމުމާއެކު މިންހާ އާއިއެކު މަންޝާ ސުކޫލައް ދިޔައެވެ. ***************** ސުކޫލައް މިންހާ އާއި މަންޝާ ދިޔައެވެ. މިންހާގެ ސުކޫލައް ގޮސް ކުލާހައް ވަދެ ހަމަޖެހިލައިގެން ގޮނޑީގައި އިށީނެވެ. ކުލާސް ޓީޗަރަކީ އައު ޓީޗަރެއް ކަމުން އެއްވެސް ކުއްޖެއްގެ ނަމެއް ނޭނގެއެވެ.އެހެންވުމާއެކު އެދުވަހު އެކުދިންނައް އޮތީ ތައާރަފްވުމެވެ.ފުރަތަމަ ޖެހުނީ މިންހާއަށެވެ.” އަޅުގަނޑު ނަމަކީ އައިޝަތު […]