Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވާ ލޯބި އެނގޭ ނަމަ 18

Aami Level 210 Stories100 Comments
February 23, 2019 9 Mins Read
12 Comments

މުޅި މަގުމަތީގައި އިސާހިތަކު ލޭގެ ކޯރެއް އުފެދިގެންދިޔައެެވެ. ރާދިން ގޮސް އަވްލީން ނެގިއިރު އަވްލީންގެ ހެޔެއްނެތެވެ. އަވްލީން އޮތް ހާލުފެނުމުން ރާދިންގެ ހިތް ކުދި ކުދި ވިކަހަލަ އިހުސާސެއްކުރެވިގެންދިޔައެވެ. މާހިލްއަށްވެސްވީ ރާދިންއަށް ވީވަރެވެ. ހަރާކަތެއްނެތް މައިރާގެ ހަށުގަނޑު އުފުލާލިއިރު އެހިތް ފޮތިފޮތިވެގެން ދިޔައެވެ. ހިތުގެ މަލިކާ އަށް އެފަދަ ހާކެއްޖެހިފައި އޮއްވާ ބަަލަން ކެއްވާނީ ކާކަށް ހެއްޔެވެ.

ރާދިން އާއި މާހިލް އަވަސްވެގަތީ ދެމީހުން ގޮވާގެން ވީހާވެސް އަވަހަށް ހޮސްޕިޓަލަށް ދިޔުމަށެވެ. މަގުމަތީގައި ތިބި މީހުންގެ އެހީއާއިއެކު އަވްލީން އާއި މައިރާ ކާރަކަށް އަރުވާގެން ރާދިންމެން ހޮސްޕިޓަލަށް ދާން ނައްޓާލިއެވެ.

“ކާރު ލަނބާލަން ދިޔަ ތަނުން އެއްލި ކަޅިއަކުން މަގުގެ އަނެއް ފަރާތުގައި ހުރި އަންޖަލް ރާދިންގެ ލޮލުގައި އަޅައިގަތެވެ. ވަގުތުން މިއީ އަންޖަލްގެ ކަމެއްކަން ރާދިންއަށް ވިސްނުނެވެ. ވަގުތުން ރާދިންގެ ރުޅިގަނޑު ގަދަވެގެން ދިޔައެވެެ. އަވްލީންއަށް އެހާލު ޖެއްސުމުން ރާދިން ދެން އަންޖަލް ދުލެއް ނުކުރާނެއެވެ. ނަމަވެސް ހާލަތުގެ ގޮތުން އެންމެ މުހިންމު ކަމަކަށް ރާދިންއަށް ފެނުނީ އަވްލީންމެން ހޮސްޕިޓަލަށް ގެންދިއުމެވެ.

“މައި ޕްލީޒް ލޯ ހުޅުވަބަ. ޕްލީޒް އަހަރެން ދޫކޮށްލާފަ ނުދައްޗޭ އައި ރިއަލީ ލަވް ޔޫ. މައި އަށް އެއްވެސް ކަމެއް ވިޔަކަ ނުދޭނަން އަހަރެެންނެއް. ޖަސްޓް ސްޓޭ ވިތް މީ ލަވް.” މާހިލް ހީވަނީ މޮޔަ ވެފައި އިން މީހެއް ހެނެވެ. މައިރާގެ މޫނުގައި ފިރުމަމުން މައިރާ ކައިރީ ލޯ ހުޅުވަން އެދެމުން ދިޔައިރު އެ މަންޒަރު ފެންނަ ކޮންމެ މީހެއްގެވެސް ހިތަށް އަސަރުކުރާނެއެވެ. ތިމާ އެންމެ ލޯބިވާ ފަރާތް މަރާއި ހަނގުރާމަކުރާތަން ބަލަން ކެއްވާނީ ކާކަށް ހެއްޔެވެ؟

ފަނަރަ ވަރަކަށް މިނެޓް ތެރޭގައި ރާދިންމެންނަށް ހޮސްޕިޓަލަށް ދެވުނުއިރު ހުރިހާ ކަމެއްވެސް ތައްޔާރަށް ހުރުމުން ވަގުތުން އަވްލީން އާއި މައިރާ އޮޕްރޭޝަން ތިއޭޓަރަށް ވެއްދުނުވެ. ކާރުގައިި ހޮސްޕިޓަލަށް އައި މަގުމަތީގައި ގުޅާލާފައި ބުނެވުންކަން ނަސީބެކޭ އެވަގުތު ރާދިންގެ ހިތަށް އެރިއެވެ. ހުދު ރާދިން އާއި މާހިލްވެސް ތިއޭޓަރަށް ވަންނަން ބޭނުން ނަމަވެސް އެހިތްވަރު ނެތުމުން ދެމީހުންވެސް ބޭރު މަޑުކޮށްގެން ތިބީ އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި ގަބޫލުކުރެވޭތީއެވެ.

“ރާދް މާހް. ކިހިނެތްވީ؟ މައި މެން ކިހިނެތް މިހާރު؟” މާހިލް އައި މަގުމަތީގައި އަވްލީން މެންގެ އެކްސިޑެންޓްގެ ވާހަކަ ރާހިލް ކައިރީގައި ބުނުމުން ރާހިލްވެސް ވަގުތުން ހޮސްޕިޓަލަށް އައީ މާހިލް އާއި ރާދިންއަށް މިވަގުތު އޭނާގެ އެހީތެރިކަން ބޭނުންވާނެކަން އެނގޭތީއެވެ.

“ތިއޭޓަރުގަ ވީ ދެމީހުންވެސް. އަދިވެސް ލެއިން ކަޅިވެފައި އޮތް މައިގެ ހަށިގަނޑު ލޯ ކުރިމަތިން ސިފަވޭ.” މާހިލްއަށް ހުރީ ހަމަ ރަނގަޅަށް ވެސް ރޮވިފައެވެ.

“ހިތްވަރުކުރޭ މާހް. އިރާދަކުރެއްވިއްޔާ ލީން އަށްވެސް އަދި މައި އަށް ވެސް އެއްވެސް ކަމެއް ނުވާނެ. ހުރިހާ ކަމެއްވެސް ރަނގަޅު ވާނެ.” ރާހިލް އެދެމީހުންނަށް ހިތްވަރުލާދިނެވެ.

“އެކަމް ބުނެބަލަ ކިހިނެތްވީ ކަމެއްތަމީ؟ ރާދް މެންވެސް އެތާކު އެންނު ތިބީ.” ރާހިލް ހުރީ ކަންތައް ހިނގާދިޔަގޮތް އެނގެން ބޭނުންވެފައެވެ.

“މައި އާއި ލީން އެތާ އިން ތަނަކުން އައިސްކޯން ގަނެގެން މަގު ހުރަސްކުރަނިކޮށް ކުރިމަތިން އައި ކާރެއް ވަރަށް ބާރު ސްޕީޑެއްގަ ލީން އާއި ދިމާއަށް އައީ. ދެން ލީން ސަލާމަތްކުރަންވެގެން ލީންގެ އަތުގައި ހިފައި ދަމައިގަންނަން އުޅެނިކޮށް ކާރު އައިސް ދެމީހުންގެ ގައިގާ ޖެހުނީ.” މާހިލް އޭނާއަށް އެނގޭގޮތަށް ކަން ހިނގާދިޔަގޮތް ރާހިލް އަށް ކިޔާދިނެވެ.

“ނޫން ތިޔެއް ނޫން އެކަންތައް ހިނގާދިޔަގޮތަކީ. އެއީ ބަޔެއްގެ މޮޅު ޕްލޭންއަކާއި އެކު ލީން މަރާލަންވެގެން ރޭވި މޮޅު ރޭވުމެއް.” މާހިލްގެ ވާހަކަ އަޑުއަހަން އިނދެފައި ރާދިން ބުނެލި އެއްޗަކުން ރާހިލް އާއި މާހިލް ތިބީ ޝޮކެއްގައެވެ.

“ރާދް ކީކޭތަތި ކިޔަނީ؟ މީހަކަ ގަސްތުގަ ކީއްކުރަން މައި މެންނަށް އެހެން ހަދާކަށް؟” މާހިލް އަށް ރާދިން ބުން އެއްޗެއް ނުވސްނުނެވެ.

“މިކިޔަނީ ހަމަ ރަނގަަޅަށް. މިހުރިހާ ކަމަކީ އެ އަންޖަލްގެ ކަމެއް. އޭނަ ގަސްތުގަ ލީން މަރާލަންވެގެން ރާވާގެން ކުރިކަމެއްމީ. ކާރުގައި އަންނަނިކޮށް އަހަރެން ދެކުނިން މަގުގެ އަނެއް ފަރާތުގައި އޭނަ މަކަރުވެރިގޮތަކަށް ހެވިފައި ހުއްޓާ. މިއަދު އަހަރެން ރެޑީވެގެން ނިކުން ތަނުންް އޭނަ އަހަރެންނަށް ގުޅި ބޭރަށް ދާން އަންނާށޭ ކިޔާފަ. އަހަރެން ބުނީ މިއަދު ކަމެއް އެބައޮތޭ މިއަދަކު ނުދެވޭނެއޭ. އެހެންވެ އަހަރެން އޭނަ އާއިއެކު ދާން ދެކޮޅު ހެދީމަ ލީން އަށް އެހެން އެހެދީ. އައި ވިލް ނޮޓް ސްޕެއަރ ހާ.” ވީގޮތް ކިޔާދިން އިރު ރާދިން އިނީ ރުޅި އައިސް ރަތްވެފައެވެ. އެވަރު ކަމަކާ އެފަދަ ކަމެއް ކޮށްފާނެކަމަކަށް ރާދިން އަށް ހީކުރެވިފައެއްނެތެވެ.

“މިހުރާ ކަމެއް ކުރީ އެ އަންޖަލް އޭ. ހާދަ ރަހުމެއްވެސް ނެތް އަންހެނެކޭ ދޯ. އޭނަ އެކުރި ކުށުގެ އަދަބު އޭނައަށް ދޭނަން. މިވަރު ކަމެއްކޮށްފަ ފިލާ ހުންނާކަށް ލާހިކެއް ނޫން.” ވީގޮތް އެނގުމުން މާހިލް ވެސް ރުޅިއަންނަގޮތް ވިއެވެ. އޭނާގެ ލޯބިވެރިޔާ އާއި ގާތް ރަހުމަތްތެރިޔާއަށް ޖެއްސި ހާލުގެ ބަދަލު އަންޖަލްގެ ކިބައިން އޭނާ ހިފާނެއެވެ.

“އެސްކިއުޒްމީ ޑރ. ރާދިން. ޕޭޝަންޓް ގައިން ވަރަށް ބައިވަރު ލޭ މަދުވެފަ ވަނީ. ވީ ނީޑް ބީ ޕޮޒިޓިވް ބްލަޑް އޭޒް ސޫން އޭޒް ޕޮސިބަލް.” އަވްލީންގެ އޮޕަރޭޝަން ކުރަމުން ދިޔަ ޑޮކްޓަރ ނިކުމެ އަވްލީންގެ ގައިން ލޭ މަދުވުމުގެ ސަބަބުން ލޭ ބޭނުންވާކަމަށް ބުނުމުން ރާދިން އޭނާގެ ގައިގާ ވެސް ހުންނަނީ ބީ ޕޮޒިޓިވް ލެޔޭ ބުނެ އަވަހަށް ލޭ ދޭން ދިޔައެވެ.

“މާހް މިހާރު މައި އާއި ލީންގެ ފެމެލީ މީހުންނަށް ގުޅާފަ ބުނެއްޖެންތަ އެކްސިޑެންޓްގެ ވާހަކަ؟” ރާދިން އެތެރެއަށް ލޭ ދޭން ވަނުމުން މައިރާ މެންގެ އާއިލާ މީހުންނަށް މިކަންތަކުގެ ހަބަރު ދިނިންތޯ މާހިލް ކައިރިން ރާހިލް އަހައިލިއެވެ. ހޮސްޕިޓަލަށް ދެމީހުން ގެނެސް އިރުތަކެއް ވީއިރުވެސް އާއިލާ އެއްވެސް މީހެއް ފެންނަން ނެތުމުން ރާހިލް އެސުވާލުކޮށްލީއެވެ.

“މައިގެ މަންމަ އަށް ގުޅާފަ ބުނާނެހާ ހިތްވަރެއް އަހަރެންގެ ގަޔަކު ނެތް. އެންޑް އެގަޑީ ކަންތައް ހިނގާދިޔަ ގޮތުން އެކަހަލަ ކަމަކާ ވިސްނާވެސް ނުލެވުނު.” މާހިލް ޖަވާބުގައި އާއިލާ މީހުންނަށް އެވާހަކަ ނާންގާކަމަށް ބުނުމުން ރާހިލް އަވަސްވެގަތީ އެ ހަބަރު ދެ އަންހެން ކުދިންގެ އާއިލާއަށް ދިނުމަށެވެ.

ކިތެއްމެ ބުނަން ބޭނުންނުވި ނަމަވެސް މިއީ ފޮރުވޭނެވަރުގެ ކަމަކަށް ނުވާތީ ރާހިލް އާއިލާ މީހުންނަށް އެ ހަބަރު އަވަހަށް ދޭން ބޭނުންވިއެވެ. އެކަން އެނގުމަކީ އެމީހުންގެ ހައްގެއްކަމަށް ރާހިލް ގަބޫލުކުރެއެވެ. މިހާރުވެސް އެމީހުންނަށް އަންގަން މާ ލަސްވެސް ވެއްޖެއެވެ.

ފޯނާ ކުޅެން ކޮޓަރީގައި އޮތް މާޒިން އަށް ހައިރާންކަމެއް ލިބުނީ ރާހިލްގެ ނަންބަރު ފޯނުގެ ސްކްރީނަށް އެރުމުންނެވެ. އަވްލީން މެން އިންނަން އުޅުނު ދުވަސްކޮޅު ރާހިލް މެންނާއި މާޒިން ވެސް އެކުގައި އުޅުމުން ރާހިލްގެ ނަންބަރު އޭނާގެ ފޯނުގައި އިނެވެ. ނަމަވެސް ކައިވެނި  ރޫޅުނު ފަހުން އެމީހުން ދިމާވެ ވާހަކަ ދެކެވިފައެއްނެތެވެ.

“ހެލޯ ރާހް ހާދަ ދުވަހެއްކޮށްލާފަ ގުޅާލީ. އަނެއްކާ ކަމެއް ދިމާވީތަ؟” ފޯނު ކަންފަތުގައި ޖައްސާލަމުން މާޒިން ހެވިލާފައި އަހައިލިއެވެ.

“ޒިން ވަރަށް ބޮޑު ކަމެއް ދިމާވެގެން މިގުޅީ. މިވާހަކަ ބުނުމުން ޒިން އަށް ވާނެގޮތެއްވެސް އަންދާޒާކޮށްލާކަށްވެސް ނޭނގޭ. އެކަމް ނުބުނެ ހުރެވޭނެ ކަހަލަ ކަމެއް ނޫން.” ރާހިލް ވާހަކަ އާއިގެން ކުރިއަށް ދިޔައެވެ.

“އަނެއްކާ ކިހިނެތްވީ؟ އަހަރެން ހިތްބިރުގަންނަން ފަށާފި މިހާރު. އަވަހަށް ބުނޭ ވެގެން އުޅޭގޮތެއް.” ރާހިލްގެ އަޑުގައި ހުރި ސީރިއަސްކަމުން އޭނާ އެކުރަނީ ސަމާސާއެއް ނޫންކަން މާޒިންއަށް ނަގައިގަނެވުނެވެ.

“ޒިން ލީން….. ލީން އާއި މައި އާއި ދެމީހުންގެ އެކްސިޑެންޓެއް ދިމާވެގެން މިއުޅެނީ. ދެމީހުންގެ ހާލުވެސް ސީރިއަސް. ރާދް މެންގެ ހޮސްޕިޓަލްގަ ދެމީހުން އޮތީ ބައްޕަމެން ގޮވާގެން އަވަސްކޮށް އާދޭ.” ރާހިލް ބުނެލި ވާހަކަ އަޑު އިވުމުން މާޒިންގެ ފައި ދަށުން ބިންގަނޑު ދަމައިގެން ދިޔަހެން ހީވިއެވެ. އަވްލީން އަށް އެވެސް ކަހަލަ ދެރައެއް ލިބުމަކީ މާޒިން އަށް ކެތްވާނެކަމެއް ނޫނެވެ. އެއްބަނޑު އެއްބަފާކަމުގެ ގުޅުން ދެމީހުންގެ ދެމެދުގައި ނެތް ނަމަވެސް ދުވަހަކުވެސް މާޒިން އަވްލީން އަކީ އޭނާގެ ސްޓޕް ސިސްޓަރ އެއްކަމަކަށް ނުދެކެއެވެ. އެއަށްވުރެ ދެމީހުންގެ ގުޅުން މާވަރުގަދައެވެ.

މާޒިން އަވަސްވެގަތީ ބައްޕައަށް އެ ހަބަރު އަވަހަށްދީ ހޮސްޕިޓަލަށް ދާށެވެ. އެހެންކަމުން ބޮލަށް ޓީސާޓެއް މަހާލުމަށްފަހު ދުވަމުން ކަހަލަ ގޮތަކަށް ނިކުމެ ބާރަށް މަރުހާންއަށް ގޮވަން ފެށިއެވެ.

“ދަރިފުޅާ ކިހިނެތް ވެގެންތަ ތިއުޅެނީ؟ ކީއްވެ ތިހާ ބާރަށް ތިގޮވަނީ؟” މާޒިންގެ އަޑަށް ކޮޓަރީގައި އޮތް މިރުހާން ބޭރަށް ނިކުމެ އަހައިލިއިރު އޭނާ ހުރީ ކުޑަކޮށް ހިތްހަމަނުޖެހިފައެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. ނިދިޖެހިފައި އޮތްވާ މާޒިން އެހާ ބާރަށް ގޮވަން ފެށުމުން ނިދިވެސް ފިލާދިޔައީއެވެ.

“ޑޭޑް. ދޮންތަ އެކްސިޑެންޓް ވެގެން އެބައުޅޭ. ރާދިން މެންގެ ހޮސްޕިޓަލްގަ އެބަ އޮތް. ރާހިލް ދެންމެ ގުޅާފަ އަހަރެން ކައިރީ ބުނީ. ހިނގާ އަވަހަށް ދާން ދޮންތަ ކައިރިއަށް.” މާޒިން ވަގުތުން މިރުހާން އަށް ވެގެން އުޅޭގޮތް އޮޅުންފިލުވާދިނެވެ.

މިރުހާން އާއި މާޒިން ހޮސްޕިޓަލަށް އައިސް އޮޕްރޭޝަން ތިއެޓަރ ކައިރިއަށް ދިޔައިރު މައިރާގެ މަންމަ މެންވެސް ބޭރުގައި ތިއްބެވެ.

“ކޮބާ ދޮންތަ؟ ކިހިނެތްވީ ކަމެއްމީ؟” މާޒިން ދިޔަގޮަތަށްގޮސް އަވްލީންގެ ހާލު އަހާލިއެވެ.

“ލީން މެންވީ އެތެރޭގަ އަދި ޑޮކްޓަރުން ވަކި ޖަވާބެއްނުދޭ.” މާޒިން އަށް ޖަވާބު ދިނީ ރާހިލްއެވެ.

“މިހުރިހާ ކަމެއްވެސް މިވަނީ ރާދިން އާއި ހެދި. އަވްލީންއަށް އެހާ ބޮޑު އޮޅުވާލުމެއް އޮޅުވާލާފަ އެވަރުން ނުވެގެން އޭނަ އަށް މި ހާލުވެސް ޖެއްސީ އެންމެ ފަހުން. ރާދިން އޭނަގެ ދިރިއުޅުމަށް ނައި ނަމަ މިހުރިހާ ކަމެއް ނުވިސް.” ވެދިޔަ ހުރިހާ ކަމެއްގައި މިރުހާން އަށް ކުއްވެރިކުރެވުނީ ރާދިން އެވެ.

“ބޭބެ އަހަރެން….” ރާދިން އެއްޗެކޭ ބުނަން އުޅުނު ނަމަވެސް މިރުހާންގެ އަޑަށް ހުއްޓުންއެރިއެވެ.

“ބޭބެ އޭ ކޮން ބޭބެ އެއް ކިޔާކަށްތަ؟ އަހަރެންގެ ދަރި އަށް ހިތާމައާއި ވޭން ދީފަ އަދި ބޭބެ އޭ އެބަ ކިޔަ އެންނު. ބުނަން ވާހަކައެއް ރާދިން ތީ އަހަރެންގެ އެކުވެރި ރިޔާދުގެ ދަރިއެއް ނޫން ނަމަ އަވްލީން އަށް ޖެއްސި ހާލުގެ ބަދަލު ރާދިން އަށް ދިނީމުސް. އެހާ ފަސޭހައިން އަވްލީން އަށް ދެރަ ދީފައި ފިލާހުންނާކަށް ނުކެރުނިސް. އެކަމް އަހަރެން ރިޔާދުއަށް ކުރާ އިހްތިރާމެއްގެ ސަބަބުން ކަމެއް ނުކޮށް މިހުރީވެސް. އެކަމަކު އަވްލީން އަށް އެއްވެސް ކަމެއްވެއްޖެޔާ އަހަރެން ރާދިން ދުލެއްނުކުރާނަން. ހަނދާން ބަހައްޓާތި. އަހަރެން ބޭނުމެއް ނޫން ރާދިން އަހަރެންގެ ދަރިފުޅާއި ވައިއެޅޭ ފަށުވެސް ނުންނާކަށް އެހެންވީމާ ހަމަ މިހާރު މިތަނުން ދުރަށްދޭ.” މިރުހާން ހިތު ހުރިހާ އެއްޗެއް ރާދިން އާއި ދިމާއަށް ގޮވާލިއެވެ. އަވްލީން އަށް އެއްވެސް ކަމެއްވެއްޖެނަމަ އޭނާ ވަރަށް ދެރަވާނެއެވެ. ކުރިންވެސް އެދަރިފުޅަށް އެތައް ހިތާމަތަކެއް އުފުލަންޖެހިފަވެއެެވެ. އޭގެ ބަދަލުގައި ދުނިޔޭގައި ވާހާ އުފަލަކާއި ހިތްހަމަޖެހުމެއް އަވްލީން އަށް ހޯދައިދޭން މިރުހާން ބޭނުންވެއެވެ. މާޒީގައި ކޮންމެ ގޮތަކަށް ކަންތައް ކުރެވޮފައި އޮތް ނަމަވެސް އެހުރިހާ ދުވަހަކަށް ވާވަރަށް އަވްލީން އަށް ބައްޕަ އެއްގެ ލޯތްބާއި އަޅާލުމާއި ހިމާޔަތްދޭން އޭނާ ބޭނުންވެއެވެ.

“ރާދް އިހަށް ހިނގާ މިތަނުން ދާން. މިތާ މިގަޑީ ސީންއެއް ކްރިއޭޓް ކުރާނެ ކަމެއް ނެތް. އެހެން ނޫނަސް ވަރަށް މުހިންމު ކަމެއް އަދި ކުރަން އެބަޖެހޭ އަހަރެމެން.” ރާހިލް އައިސް ރާދިންގެ ކޮނޑުގައި މަޑުމަޑުން ޖަހާލަމުން ބުނެލިއެވެ. ދާން ބޭނުން ނުވި ނަމަވެސް ރާދިން އަށް އިތުރު ގޮތެއް ނެތުމުން ރާހިލް އާއި އެކު ދާން އެއްބަސްވިއެވެ. އެމީހުން ކުރަންޖެހޭ ވަރަށް މުހިންމު ކަމެއް ކުރިއަށް އެބަ އޮތެވެ. އަންޖަލް ކުރި ކުށަށް އޭނާއަށް އޭގެ ހައްގު އަދަބު ދޭން ރާދިން ބޭނުންވެއެވެ. އަވްލީން އަށް އެހާލު ޖެއްސުމަކީ އަންޖަލް އަށް ނޭގުމެއްގެ ތެރޭގައި ނަމަވެސް ކުރެވުނު ވަރަށް ބޮޑު ކުށެކެވެ.

ރާހިލްމެން ދިޔައިރު އެމީހުންނާއި އެކު މާހިލްވެސް ގެންދިޔައީ އެންމެން އެއްކޮށް އުޅެގެން ނޫނީ އެކަން ކުރަން ފަސޭހަ ނުވާނެތީއެވެ. ތިން މީހުން ހޮސްޕިޓަލުން ނުކުމެގެން ދިޔައީ ރާހިލް މެން ގެއަށެވެ. ދިޔަ މަގުމަތީގައި ރާދިން ވަނީ އަންޖަލް އުޅޭ އެޕާޓްމަންޓަށެވެ.

އެޕާޓްމަންޓްގެ ދޮރުގައި ރާދިން ބާރަށް ތަޅައިގަތީ ބެލް ޖެހުމުންެވެސް ދޮރު ނުހުޅުވީމައެވެ. ދޮރުގައި ތަޅާ އަޑަށް އެދިމާއަށް ދިޔަ އަންޖަލް އަށް އެއީ ރާދިން ކަން ޔަގީނެވެ. އަވްލީންއަށް ދިމާވި ކަންތަކަށް ފަހު ރާދިން އޭނާ ކައިރިއަށް ސުވާލުކުރާން އަންނާނެކަން އޭނާއަށް މާކުރިންވެސް އޮތީ އެނގިފައެވެ.

“އޯ ރާދް. ބުނީމެއްނު ބިޒީ އޭ މިއަދުގަ. ދެން ތިއައީ ކީއްކުރަން؟ މިސް ވާ ވަރުން ދުރުގަ ނުހުރެވިގެންދޯ؟” އަންޖަލް ގަސްތުގައި ރާދިން ކައިރިއަށް ރުޅިއެރުވުމަށް ބުނެލިއެވެ.

“ހުއްޓާލާ. އަހަރެން އެއްއިރެއްގައިވެސް ތި އަންޖަލް އެއް ދެކެ ލޯބި ނުވާކަން ހަމަ ރަނގަޅަށް ކަލޭއަށް އެނގޭނެ. އަހަރެން އަބަދުވެސް ލޯބިވަނީ އަދި ވާނީ ވެސް ލީން ދެކެ. ލީން އަށް އެހާލު ޖައްސާފަ މިއަދު އަންޖަލް އަށް ތިކުރެވުނީ ވަރަށް ބޮޑު ކުށެއް. ދެން އެކުށުގެ އަދަބު ލިބިގަންނަން ތައްޔާރުވޭ.” ރާދިން ހީވަނީ ރުޅިވެރިކަމުގެ އަލިފާނުން އަންޖަލް ފިއްސާލަން އުޅޭ ހެންނެެވެ. އެހާވެސް އޭނާ ގާތަށް ހުރީ ރުޅިއައިސްފައެވެ.

“ހާލޭ؟ ކޮން ހާލެއްތަ އަހަރެން ޖެއްސީ އެ އަވްލީން އަށް؟ ރާދް ކޮން ކަހަލަ ވާހަކައެއް ތިދައްކަނީ؟” އަންޖަލް އެވަރުންވެސް އެނގޭކަމަށް ހަދައެއްނުލިއެވެ. އެކަމުގެ ސަބަބުން ރާދިންެގެ ރުޅި ގަދަވުން ނޫން ކަމެއް ނުވިއެވެ.

“ޔޫ.. ކޮންމެހެން ނޭނގޭ ކަމަށް ހެދެން އުޅޭނެ ކަމެއްނެތޭ. އަހަރެން ދެކުނިން ލީން މެން ކާރަށް އަރުވާގެން ދިޔަ ގަޑީ މަގުގެ އަނެއް ފަރާތުގަ ކަލޭ ހޭން ހުއްޓާ. އަހަރެންނަށް ހަމަ ޔަގީން ލީން މެންގެ އެކްސިޑެންޓްގެ ފަހަތުގަވަނީ ކަލޭގެ އަތެއްކަން. ބުނެބަލަ މީ ދޮގެކޭ.” ރާދިން އައި ރުޅީގައި އަންޖަލްގެ ކަރުގައި ހިފިއެވެ.

“ދޫކޮށްލާ އަހަރެން ގައިން. އަވްލީން މެން އެކްސިޑެންޓްވީމަ އަހަރެން ކުރާނެ ކަމެއްތަ އެއީ؟ އަވްލީން މެންގެ ގައިގަ ޖައްސާފަ ދިޔަ ކާރު ދުއްވަން އިނީ އަހަރެންތަ؟” އަންޖަލް ވެސް ދޫދޭކަށް ބޭނުމެއްނުވިއެވެ.

“ކަންމެހެން ދޮގު ހަދާން އުޅޭނެކަމެއް ނެތް. ކަލޭ ރާވައިގެން ކުރި ކަމެއް އެއީ.” ރާދިން އަންޖަލް އާއި ދިމާއަށް އިނގިލިދިއްކުރަމުން ބުނެލިއެވެ.

“ހައްހާހާހާހާ……. އާން އެއީ އަހަރެން ރާވާގެން ކުރި ކަމެއް. އަވްލީން މެން އެކްސިޑެންޓް ކުރުވީ އަހަރެން. ކިތައް ފަހަރު އޭނަ އަހަރެންގެ މަގުން އެއްފަރާތްކުރަން މަސައްކަތް ކުރެވުނު އަހަރެންނަށް. އެކަމް ކޮންމެ ފަަހަރަކުވެސް އޭނަ ސަލާމަތްވަނީ. ދަތުރު ދިޔަ ފަހަރުވެސް ދޯނިން މޫދަށް ވައްޓާލީމަވެސް މަރުވާކަށް ނޫޅުނޭ. އެވަރުންވެސް އޭނަ ސަލާމަތްވީ. އެކަމް މިއަދު ޕްލޭން އާއި އެއްގޮތަށް ކަންތައް މިވީ ހަމަ. ކާރު އައިސް އޭނަގެ ގައިގަ ޖެހުނު ވަގުތު ހާދަ އުފާވިއޭ އަހަރެން. އެތައް ދުވަހަކު އަހަރެން ކުރަން ބޭނުން ވެގެން އުޅުނުކަމެއް ވިއްޔާ އެއީ. އެކަން ދެރައީ އޭނަގެ އެ ރަހުމަތްތެރިޔާވެސް އެކްސިޑެންޓް ވީމަ. އެކަމް ދެން އަނެއްހެން އޯކޭތާދޯ. އަހަރެން ބޭނުންވި ކަންތައްވެއްޖެ އެއްނު. މިހުރިހާ ކަމެއްވެސް އަސްލު ކުރަން މިޖެހުނީ ކިހިނެތް ވެގެން ކަން އެނގޭތަ؟ މިހުރިހާ ކަމެއްވެސް ކުރަން ޖެހުނީ ރާދިންގެ ސަބަބުން. އަހަރެން ހަވީރު އަންނަން ބުނީމަ ބަހަނާއަކާ ދޮގުތަކެއް ނުހަދާ އައި ނަމަ މިހެންނެއް ނުވީސް. ބިޒީ އޭ ބުން މީހާ ބިޒީވީ ކޮން ކަމަކާ ކަން އެނގުނޭ ރަސްފަންނަށް ދިޔާމަ އަހަންނަށް. އެ އަވްލީން ބަލަން ދާން ވެގެންނެއްނު ބިޒީ އޭބުނީ. ދެން ރާދިން ކުށްކުރީމަ އޭގެ އަދަބު މިދޭން ޖެހުނީ އަވްލީންއަށް.” އަންޖަލް ކަންތައްވެގެން ދިޔަ ގޮތް ކިޔާދިން އިރު އެ އަޑުގައިވެސް ރުޅިވެރިކަމެއް ވިއެވެ. ނަމަވެސް އެންމެ ފަހު ޖުމްލަ ބުނެލީ ވިހަގޮތަކަށް ހިނިތުންވެލައިގެން ހުރެއެވެ.

އަންޖަލްެ ވާހަކަ ނިމުނު ތަނާ އެތެރެއަށް ފުލުހުންތަކެއް ވަދެގެން އައެވެ. އެމީހުން އައިސް އަންޖަލްގެ އަތުގައި ބިޑި އެޅުވިއެވެ.

“ހަމަ މިހާރު އަހަރެން އަތުން ދޫކުރޭ. ކިިހިނެތް ވެގެންތަ ކަލޭމެން ތިއުޅެނީ؟” އަންޖަލް ރުޅިގަދަވިއެވެ.

“އަވްލީން އާއި މައިރާ އާއި ދެމީހުން އެކްސިޓެންޑް ކޮށް މަރާލަން އުޅުމުގެ ކުށުގައި މިސް އަންޖަލް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން މިއައީ. މިއޮތީ ހުރިހާ ކަމެއްގެ ހެކި. އަންޖަލް އަމިއްލައަށް އަންޖަލް ކުރި ކުށަށް އިއުތިރާފުވެފަ އޮތް ރިކޯޑިން.” ފުލުހުންގެ ތެރެއިން މީހަކަ ވެގެން އުޅޭގޮތް އަންޖަލްއަށް ކިޔާދިނެވެ. ފުލުހުން އިތުރަށް އަންޖަލް އުޅޭ އެޕާޓްމަންޓް ޗެކްކުރިއިރު މަސްތުވާ ތަކެތި ފެނުމުން އެއްކުރެވުނު ހެއްކާއި އެކު ހައްޔަރުކުރެވުނެވެ.

“ރާދިން ހީނުކުރާތި ރާދިންއަށް އަހަރެންގެ ފަރާތުން ތި ސަލާމަތްވެވުނީ ކަމަށް. ހަނދާން ބަހައްޓާތި އަހަރެން ހައްޔަރުކުރިއަސް އަހަރެންނަށް ކުރެވޭނެ ކަންތައް ހުންނާނެކަމަށް. އަވްލީން މެން އެކްސިޓެން ކުރުވިއިރު ޖަލުގައި ހުރެ އޭނަގެ ފުރާނަ ދުއްވާލަން އަދިވެސް އަހަރެންނަށް މަސައްކަތްކުރުވޭނެ.” އަންޖަލް ރާދިން އަށް ވަރުގަދަ އިންޒާރެއްދިނެވެ.

“އަންޖަލްގެ ކްރައިމް ޕާޓްނަރ ވެސް ފުލުހުންގެ ބެލުމުގެ ދަށުގަ ވަނީ. ދެން ތި އެންމެން ޖަލުގަ ތިބެގެން ތި ރާވާކަމެއް ރާވަން ތިބޭ.” އަންޖަލްއަށް ރައްދުދިނީ އެތެރެއަށް ވަދެގެން އައި ރާހިލް އެވެ.

ރާދިން އަންޖަލް ކައިރިއަށް އައިއިރު ރާހިލް އާއި މާހިލް ވެގެން އަންޖަލްގެ ބޭބެގެ ގުރޫޕް މީހުން ފުލުހުންގެ އެހީގައި އަތުލައިގެތެވެ. ރާހިލްމެން ހީކުރި ވަރަށް ވުރެވެސް އެމީހުން އަތުލައިގަންނަން މާ ފަސޭހަވިއެވެ.

“ރާހިލް ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭ މި މީހުން އަތުލާގަންނަން ތި އެންމެންގެ ފަރާތުން ލިބުނު އެހީތެރިކަމަށް. މިގޭންގު މީހުން މީ ފުލުހުން ވަރަށް ގިނަ ފަހަރެއްގެ މަތިން އަތުލައިގަންނަން އުޅިވެސް ހައްޔަރުނުކުރެވުނު ބައެއް.” ފުލުހުންގެތެރިން މީހަކު އައިސް ރާހިލްމެންނަށް ޝުކުރުއަދާކުރިއެވެ.

“އެއީ އެވަރުކަމެއް ނޫން ދެން. ޒައިން މެންގެ އެހީތެރިކަމާނުލާ އަހަރެމެންނަށްވެސް މިކަމެއް ނުވިސް. ވަރަށް ބަޑަށް ތޭންކްސް. އަދި ތިމީހުން ރަނގަޅަށް އިންޓްރޮޑިއުސް ވެސް ކޮށްނުދެވޭދޯ. ޒައިން މީ އަހަރެންގެ ޓްވިން ބްރޯ މާހިލް އެންޑް ކަޒިން ރާދިން. ދެން ރާދް އެންޑް މާހް މީ އަހަރެންގެ ވަރަށް ގާތް ރަހުމަތްތެރިއެއް ޒައިން.” ރާހިލް އެ އެންމެން އެކަކު އަނެކަކާ ތައާރަފްކޮށްދިނެވެ. ޒައިން މާހިލްމެންނާއި ސަލާމްކޮށްލުމަށް ފަހު ޕޮލިސް ޖިޕަށް އަރައިގެން ދިޔައެވެ.

“ފައިނަލީ އެ އަންޖަލްެގެ ފަރާތުން ސަލާމަތްވެއްޖެ. ދެން ރާދް އާއި ލީންގެ ދެމެދަށް އިތުރު މީހަކަށް ނުވަދެނޭނެ.” މާހިލް ހިނިތުންވެލިއެވެ. އަވްލީން އާއި މައިރާއަށް އެހާލު ޖެއްސި މީހާއަށް އަދަބު ލިބުމުން މާހިލް ހުރީ ވަރަށް ހިތްހަމަޖެހިފައެވެ.

“ނޯ މާހް އެހާ ފަސޭހައެއްނުވާނެ ތިކަމެއް އަދި. ހަނދާންއެބަހުރިތަ ލީންގެ ބައްޕަ ރާދް އާއި ދިމާއަށް ކީ އެއްޗިސް މަތިން. މިރުހާން އަންކަލް އެހާ ފަސޭހައިން ރާދް އާއި ލީން ގުޅޭކަށް އެއްބަހެއްނުވާނެ. އެންޑް ލީން. ލީންއަށް ވެސް ހަގީގަތް ކިޔާދީގެން ލީންގެ އިތުބާރުވެސް އަލުން ހޯދަން ރާދް އަށް ޖެހޭނީ.” ކިތައްމެ ޤަބޫލުކުރަން ބޭނުންނުވި ނަމަވެސް ރާހިލް ހާމަކުރީ ހަގީގަތެވެ. ކަންތައް ހިނގާފައި އޮތް ގޮތުން މިރުހާން މެން އެއްބަސްކުރުވުމަކީ ފަސޭހަކަމަކަށް ނުވާނެކަން ރާދިން އަށް ވެސް އެނގެއެވެ. އަދި އަވްލީންގެ އިތުބާރު އަލުން ހޯދުމަކީވެސް ފަސޭހަކަމެއް ނޫނެވެ. ނަމަވެސް މިހުރިހާ ކަމަށްވުރެ މިވަގުތަށް އެންމެ މުހިންމު ކަމަކީ އަވްލީން އާއި މައިރާގެ ސަލާމަތާއި ރައްކާތެރިކަމެވެ.

“ތިވާހަަކަ ދައްކާނީ ފަހުން ދޯ ދެން. އިހަށް ހިނގާދާން ހޮސްޕިޓަލަށް ލީން އާއި މައިގެ ހާލުބަލަން.” މާހިލް މެންގެ ވާހަކަ ހިނދާލަމުން ރާދިން އެދުނީ ހޮސްޕިޓަލަށް ދިއުމަށެވެ.

********************

“އަހަރެންގެ ހިތަށް އަރާ ކީއްކުރަންބާއޭ މިރުހާން އެ ސުންޕާ ކުއްޖާގަނޑާ ހެދިގެން އެވަރަކުން އެއުޅެނީ. މަރުވާން ދޫކޮށްލީމަ ނިމުނީ އެއްނު އޭރުން އޭނަގެ އުނދަގުލެއް ދިމައެއްނުވާނެއެއްނު.” ޔާސިރާ ހުރީ މިރުހާން އަވްލީން އާއި ވެގެން މާވަރަކަށް އުޅޭތީ އެކަމާ ވަރަށޤ ހިތްހަމަނުޖެހިފައެވެ. މާޒިން ނުފޮނުވާ އަވްލީން އެކަނި މެލޭޝިޔާއަށް ފޮނުވަން މިރުހާން ނިންމުމުން އެކަމާވެސް އޭނަ ވަރަށް ހިތްހަމަނުޖެހި މިރުހާން އާއި އެވާހަކަދެއްކިއެވެ. ނަމަވެސް މިރުހާން އޭނާ ބުނާ ގޮތް ހަދާކަށް ބޭނުމެއްނުވިއެވެ.

“މަންމާ ހިނގާބަލަ ހޮސްޕިޓަލަށް ދާން ދޮންތަ ކައިރިއަށް. ދޮންތަގެ ހާލު ވަރަށް ސީރިއަސް.” ގެއަށް އެއްޗެއް ބަލައި އައި މާޒިން އަށް ސިޓިންރޫމްގައި އިން ޔާސިރާ ފެނުމުން އަވްލީން ކައިރިއަށް ހޮސްޕިޓަލަށް ދާން އެދުނީ އަވްލީން އަށް އެފަދަ ހާލެއްޖެހިފައި އޮތްކަން އެނގުމުން އެ ހިތަށް ކުޑަ ނަމަވެސް ހަމްދަރުދީއެއްވެރިވާނެކަމަށް ހީކޮށްފައެވެ.

“ހޫން ކޮންމެ ހެން މަ އެތަނަށް ގެންދާން އުޅޭނެކަމެއް ނެތް. މާޒިން މެން ކައިރީ އޭނަ އާއި ދުރު ހުންނަން ބުނީމަވެސް އަޑެއްނީވެއެއްނު. އޭނަ މަރުވާން ދޫކޮށްލީމަ ވީ އެއްނު. މިޖެހުނީ އަނެއްކާ އަނެއްކަންތަކޭ. އަތު މިހާރު ހުރި ލާރިތައްދެން ޖެހޭނީ އެކަމަނާގެ ބޭސް ފަރުވާއަށް ހަރަދުކުރާކަށްނު.” ޔާސިރާ އިނީ ވަރަށް ހިތްހަމަނުޖެހިފައެވެ.

“މަންމާ ކޮން ކަހަލަ ވާހަކެއްތަތި ދައްކަނީ. އެއީ އަހަރެންގެ އެއްބަފާ ދައްތައަށް ވިޔަސް އަބަދުވެސް އަހަރެން ދޮންތަ ދެކުނީ ހަމަ އަހަރެންނާ އެއްބަނޑު އެއްބަފާ ކުއްޖެއްގެ ގޮތުގައި. ދޮންތަ ވެސް އަހަރެންނާ ދޭތެރޭ ކަންތައް ކުރަނީ އެއްބަނޑު އެއްބަފާ ކޮއްކޮ އަކާއި ދޭތެރޭ ކަންތައް ކުރާނެ ގޮތަށް. މިއަދު ދޮންތަ އަށް އަހަރެމެންގެ އެހީތެރިކަން ބޭނުންވީމަ އަހަރެމެން ދޮންތައަށް އެހީނުވެ ދެން ކޮން ބައެއް އެހީވާނީ.” މާޒިން އަދިވެސް ޔާސިރާއަށް ވިސްނާ ދެވޭތޯ މަސައްކަތްކުރިއެވެ. ނަމަވެސް ޔާސިރާ އެއްވަރަކަށް ވެސް މާޒިންގެ ބަސް ގަބޫލުނުކުރުމުން އޭނާ ގެއިން ނިކުމެގެންދިޔައީ މަންމަގެ ވިސްނުން ހުރިގޮތަކުން މާޔޫސްވެހުރެއެވެ. އަވްލީންގެ ރަނގަޅުކަން ޔާސިރާއަށް އިހުސާސްކުރެވުމުން މިހުރިހާ ދުވަހަކު އަވްލީން އާއި ދޭތެރޭ ކަންތައްކުރެވިފައި އޮތް ގޮތް ހަނދާންވެ ޔާސިޔާ ދެރަވާނެކަން މާޒިން އޭނާއަށް ވިސްނާދިނެވެ. ނަމަވެސް އޭގެ އެއްވެސް ވާހަކައަކުން ޔާސިރާގެ ހިތް ބަދަލުވާގޮތެއްނުވިއެވެ.

މާޒިން އަށް ހޮސްޕިޓަލާއި ހަމައަށް ދެވުނު އިރު ރާދިން މެންވެސް ހޮސްޕިޓަލަށް ވަންނަނީއެވެ. ރާދިން ފެނުމުން މާޒިން ގާތަށް ރުޅި އަންނަ ގޮތްވިއެވެ. އިތުރަށް އަވްލީންގެ ކައިރިއަށް ދިއުމުގެ ފުރުސަތު ރާދިން އަށް ދޭކަށް މާޒިން އެއްގޮތަކަށްވެސް ބޭނުމެއް ނޫނެވެ.

“ރާދިން ކައިރީ ދޮންތަ އާ ދުރުގަ ހުންނާށޭ ބުނީމަ އަޑެއްނީވޭތަ. ހެޔޮ ނުވާނެ ދެންވެސް ދޮންތަގެ ހާލަށް ދޫކޮށްލަބަލަ.” މާޒިން ރާދިންގެ ކުރި މައްޗަށް އަރަމުން ބުނެލިއެވެ.

“ޒިން އަހަރެން މިދައްކާ ވާހަކަ ރަނގަޅަށް އަޑުއަހާ. ރާދް އެހުރިހާ ކަމެއްކުރީ މަޖުބޫރުވެގެން. ލީންގެ ފުރާނަ ސަލާމަތްކުރަން އިތުރު އެހެން ގޮތެއް ނެތީމަ ރާދް އެދެވަހު އެގޮތަށް ކަންތައްކުރަންޖެހުނީ.” ރާދިންގެ ބަދަލުގައި މާޒިން އަށް ކަންތައް ހިނގާދިޔަގޮތް ކިޔާދޭން ރާހިލް މަސައްކަތްކުރިއެވެ.

“އަހަރެން ބޭނުމެއްނޫން ތި ހުރިހާ ވާހަކައެއް އަޑުއަހާކަށް. ކޮން ކަހަލަ މަޖުބޫރީއެއްވިޔަސް ދޮންތަ އާއި ދޭތެރޭ އެގޮތަށް ކަންތައް ކުރުމަށް ފަހު އަލުން ދޮންތަ ކައިރިއަށް ދާން މަސައްކަތްކުރާނެކަމެއް ނެތް އޭނައަށް އިތުރަށް ދެރަ ދޭން.” މާޒިން ހުރީ އެމީހުން ދައްކާ އެއްވެސް ވާހަކައެއް ގަބޫލުކުރާ ކަަހަލަ ގޮތަކަށް ނޫނެވެ.

“ގަބޫލުކުރޭ ޒިން. އަހަރެންނަށް އެގޮތަށް ކަންތައްކުރަން މަޖުބޫރުވީ. އެހެން ނޫން ނަމަ ދުވަހަކުވެސް ހުވަފެނެއްގަ ނަމަވެސް ލީން އަށް ދެރައެއްދޭން އަހަރެން ހިތަށްވެސް ނާރުވާނަން. އެކަމް އަހަރެންނަށް އެދުވަހު އެހެން ކަންތައްކުރަން މަޖުބޫރުވީ ލީންގެ ފުރާނަ ސަލާމަތްކުރަން.” ރާދިން މާޒިންއަށް ކަންތައް ހިނގާދިޔަގޮތް އަކުރުން އަކުރަށް ކިޔާދިނެވެ. އަންޖަލްގެ ކަންތަކާއި އަންޖަލް އޭނައަށް މަޖުބޫރުކުރިގޮތާއި ހުރިހާ ވާހަކެއް ކިޔާދިނުމުން މާޒިން ރާދިންގެ ވާހަކަ ގަބޫލުކުރިއެވެ.

= ނުނިމޭ =

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Aami

Level 210 Stories100 Comments

Other Articles

Previous

މިހާރު ހޭލެވިއްޖެއެވެ.

Next

އިންތިޒާރުގައި ހުންނާނަމޭ ލޯބިން..3

Next
February 23, 2019

އިންތިޒާރުގައި ހުންނާނަމޭ ލޯބިން..3

Previews
February 22, 2019

މިހާރު ހޭލެވިއްޖެއެވެ.

12 Comments!

  1. Aami says:
    February 23, 2019 at 7:53 pm

    Heii all my dear readers ?️
    So here is the next part. Heekuran mi part ves kamudhaane kamah nd ehn part thakah vure mi part dhiguvaane ?❤️
    Enjoy reading ??❤️

  2. jiji says:
    February 23, 2019 at 8:37 pm

    Me first dhw??❤❤❤??????????????????..it’s so amazing…heekuran mihaa dhigukoh nxt prt upkohladheyne kamah??????..LY⌚????❤❤❤❤

  3. Kitty says:
    February 23, 2019 at 9:39 pm

    Varah reethi mi bai ves Masha allah???❤️❤️?… Vaahaka ehen parts thakah vuren dhigu but reethi kamun kitty ah hyvy hama dhenme feshifa nimunuhen??.. Not saying that its short ingey.. Hope u will take this as a compliment… Anyways, when next part dear… Hope avahah up kohla dheyne kamah… Will b waiting eagerly 4 the next part ❤️❤️??❤️????❤️???❤️

    1. Aami says:
      February 24, 2019 at 12:10 pm

      Thankiu so much kitty dear ❤️?
      So happy that you liked this part too. Will try to upload the next part ASAP ?❤️?

    2. Kitty says:
      February 24, 2019 at 1:19 pm

      Welcome dear… Will b waiting eagerly..

  4. Sharu says:
    February 23, 2019 at 10:08 pm

    When is next part?????????? Story varah varah varah reethi, ???❤????Maasha Allah…

    1. Aami says:
      February 24, 2019 at 12:11 pm

      InShaAllah next part ves vrh avahah up kolladheynan ??❤️

  5. Noor says:
    February 23, 2019 at 10:33 pm

    Maasha Allah nice story eh kiyaahithun indhaa enimunee keep it up waiting for the next part dear

    1. Aami says:
      February 24, 2019 at 12:12 pm

      Thanks dear and next part vrh avahah upload kolladheynan. Keep waiting ??❤️

  6. Aami says:
    March 1, 2019 at 10:55 am

    Waiting for next part,this part is very nice,

  7. Aitrb says:
    March 3, 2019 at 9:53 am

    Haada avahey up kuraalea

  8. Aami says:
    March 3, 2019 at 8:15 pm

    Hello all my dear readers. I know vaaahaka up nukurevi gina dhuvas thakeh vaaakan.. but hama busy kamun up nukurevigen miulheny ekm maadhan kuriyah oiyy part up kolladheveythw balaanan ☺️

Comments are closed.

Next Episodeވާ ލޯބި އެނގޭ ނަމަ 19←


All Right Reserved!