Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެނގުމެއްނެތި…16

Jinni Level 410 Stories100 Login100 Comments500 Login
February 22, 2019 5 Mins Read
6 Comments

“ކޮބާ އީތަން؟” އަލީޝާއަށް ފުރަތަމަވެސް އަހައިލެވުނެވެ. ހުދާ ވީ ގޮތް އޮޅުން ފިލުވައިދިނެވެ. ޔޫސުފް އަލީޝާއާއި ހަވާލުވުމުން، ޕޮލިސް ސްޓޭޝަނަށް ގޮސް ފުލުހުންގެ ތަހުގީގުތަކަށް ޖަވާބުދިނުމަށްފަހު އީތަން ދިޔައީ ގެއަށްކަމަށް ބުންޏެވެ. އަދި ޝަކީބުގެ މަރުގެެ ތުހުމަތުގައި ފުލުހުން އިބްރާހިމް ހައްޔަރުކުރިކަމާއި ޝަކީބުގެ ޖަނާޒާގެެ ކަންތައް ކުރިއަށްދާ ވާހަކަވެސް ބުންޏެވެ. އެ ހުރިހާ ވާހަކައެއް ނިމުނުއިރު އަލީޝާގެ ހިތުގައި އޮތީ އެެންމެ އެދުމެކެވެ. އީތަން ދެކިލުމަށެވެ.

**************************

ކުލާސް ކުރިމަތިން ދަމުން، ދޮރާއި ހަމައަށް ފޯރުމުގެ ކުރިން އަލީޝާ ކުޑަދޮރުން ކުލާސްތެރެއަށް ކަޅިއެއް އެއްލިއެވެ. އީތަން ޑެސްކުދޮށުގައި އިންތަން ފެނިފައި އަލީޝާއަށް އަވަހަށް އަނެއްކޮޅަށް ބޯ އަނބުރައިލެވުނެވެ. އީތަންއާއި ކަޅި ހަމަވެއްޖެނަމަ ކަންތައްކުރާނެ އެތައް ގޮތެއްގެ ރޯލްޕްލޭ އޭނާގެ ސިކުނޑީގައި މިއަދު ހެދިއްޖެއެވެ. މަޑު މަޑުން ގޮސް އަމިއްލަ ސީޓުގައި އިށީންއިރު އީތަންއަށް ބަލައިވެސް ނުލައެވެ. އީތަންއަށް އޭނާ ފެނުންކަމެއް އަލީޝާއަކަށް ނޭންގެއެވެ.

“އައްސަލާމުއަލައިކުމް.” އިހުތިރާމަށް ކުދިންތައް ކޮޅަށް ތެދުވުމުން ކުލާސް ޓީޗަރު ޔާނާ ގޮވައިލިއެވެ. އެއް ބަޔަކު އެއް އަޑުން ސަލާމަށް ޖަވާބުދިން އަޑު އިވުންއިރު އަނެއްބަޔަކު މަޑުމަޑުން އަނގަ ހަލުވާލިއެވެ. “މިއަދުގެ ފިލާވަޅު ފެށުމުގެ ކުރިން އެބަ ޖެހޭ ކުދިންގެ ސީޓު ބަަދަލުކުރަން.” ޔާނާގެ ޖުމުލައަށް ހުރިހާ އެންމެން ކަހަލައިން ކުނިމޫނު ދައްކައިލިއެވެ. އެއީ ހުސް އެކުވެރިން ކައިރީ ތިބެވުނީތީ ހިތްހަމަ ޖެހިފައި ތިބި ކުދިން ކަންނޭންގެއެވެ. ޔާނާ ފައިލެއް ހުޅުވައިލުމަށްފަހު ފަހަރަކު ސީޓަކަށް އަތް ދިއްކޮށް އެ ތަނެއްގައި އިންނަންވީ ކުއްޖެއްގެ ނަން ކިޔަމުންދިޔައެވެ. އަލީޝާ އިށީންނަންޖެހުނު މޭޒާއި ޖެހިގެން، އަންހެން ފިރިހެން ވަކިކުރަން ނަމަކަށް ބަހައްޓާފައި ހުރި ފޫޓެއްހާ ދުރުމިނަށްފަހު ހުރި މޭޒުގައި އީތަން ބޭންދުމުން އަލީޝާއަށް ބަލައިލެވުނީ ޔާނާއަށެެވެ.

“ގަސްތުގަތަ؟ މަަށާ ޖައްސާލައިގެންތަ ތި އުޅެނީ؟ މީހަކު މަށާ އީތަންއާ ޝިޕްކުރަނިކޮށް އިވިގެންތަ އޭނ؟” އަލީޝާ ހިތާއި ހިތުން ޔާނާއާއި ދިމާއަށް ކުދިކިޔައިލީ އެއީ އިއްތިފާގެއްކަން އިނގިހުރެއެވެ. ކުލާސްތެރެ ޔާނާ ބޭނުންވާގޮތަށް ހަމަޖެހުމުން ފިލާވަަޅު ފެށިއެވެ.

ފޫހިކަމުން ފިލާވަޅަށް ސަމާލުކަން ނުދެވިގެން ހިޔާލެއްގައި އިން އީތަން ހިޔާލުން ނެރުނީ މޭޒުމައްޗަށް ވެއްޓުނު ގަނޑުކޮޅެއް ފެނިފައެވެ. ގަނޑުކޮޅު ނަގަމުން އީތަން، އޭތި އެއްލި އަލީޝާއަށް ބަލައިލިއިރު އޭނާ އިނީ ބޯޑާއި ދިމާއަށް ބަލަންށެވެ. އީތަން ފަތްޖެހިފައިވީ ގަނޑުކޮޅު ހުޅުވައިލިއެވެ. އޭނާގައި ލިޔެފައި އޮތީ ތެންކްޔޫއެވެ. އެއީ އަލީޝާގެ ލިޔުންކަން އީތަަންއަށް ޔަގީންވިއެވެ. އީތަން އޭގައި ކީއްވެހޭ ލިޔެފައި އަލީޝާގެ މޭޒަށް އެއްލީ ނޭންގޭކަމަށް ހަދާފައި އަލީޝާލައްވާ ސާފުކޮށް ސަބަބު ބުނުވަންށެވެ.

“ބޭކާރު ކަންތައް ކުރީމަ.” އަނބުރާ އެއްލި ގަނޑުކޮޅުގައި އަލީޝާ، ފޫހިވެފައި ވައްކަޅިން ބަލަންއިން އިމޯޖީއަކާއިއެކު ލިޔެފައި އޮތެވެ. އީތަންއަށް އެ ފެނިފައި ހެވުނެވެ. ގެޓެއްނުވިއޭ ޖަހާފައި އީތަން ގަނޑުކޮޅު އެއްލީ އަލީޝާއަށް ޖެއްސުމަށެވެ.

“ނައު ވީ އާރ އީވެން.” އަލީޝާ ދެން ފޮނުވި ނޯޓުގައި އޮތެވެ. އީތަަންއަށް ވަަގުތުން އޭގެ މާނަ އިނގުނެވެ. ނަމަވެސް އެކަމުން އޭނާ އުފަލެއް ނުވިއެވެ. އަލީޝާގެ އެ ޖުމުލައިން އީތަންއަށް މާނަކުރެވުނީ އެ ދެމެދުގައި އޮތް ގުޅުން ކެނޑުނީކަމަށެވެ. ހުރިހާ ކަމެއް ނިމުމަކަށް އައީ ކަމަށެވެ.

ސްވިމިންގއިން ނިމިގެން ފެން ވަރައިގެން ނުކުތް އަލީޝާގެ ކުރި ބެދުނީ އީތަން ހުއްޓިގެން ހުރުމުންނެވެ. އަލީޝާ ފެނުމާއިއެކު އީތަން ޖީބުން ނަގައި އެއްޗެއް ދިއްކޮށްލިއެވެ. އޭނާގެ އަތުން އެލުވާލާފައި އޮތީ އަލީޝާގެ ރިހި ފަށެވެ.

“ކޮންތާކުން ފެނުނީ؟” ފަށުގައި ހިފަމުން އަލީޝާ އެއްސެވެ.

“ވަލުތެރެއިން.” އަލީޝާ ހީކުރީ އީތަން ދޮގު ހެދީކަމަށެވެ. ސްކޫލުގެ ކޮންމެވެސް ތަނަކު ވެއްޓިފަ އޮއްވާ ފެނުނީ ކަމަށޭ ވާނީ ހިތަށްއެރިއެވެ. “ކިހިނެތް މަގޭ އެއްޗެއްކަން އިނގުނީ؟ ކަރަށްވެސް ބަަލަންތަ އެވަރަށް؟” އަލީޝާާ އެއް ބުމަ އަރުވައިލިއެވެ.

“އައިސް ގައިމައްޗަށް ޖެހިގަތްްފަ މަގޭ އިއްޒަތް ފޭރިގަންނަން އުޅޭ މީހަކު އަދި އެބަ ފާޑުފާޑު ތުހުމަތު އަޅުވައެެންނު.” އަލީޝާއަށް އެ ރޭ މަތިން ހަނދާންވުމުން އިހުތިޔާރަކާއި ނުލައި އަނގަ ޗޭކޮށްލެވުނެވެ. އީތަން ކުއްލިއަކަށް އެ ވާހަކަ ދައްކާނެ ކަމަށް އޭނާ ހީވެސް ނުކުރެއެވެ. މިހާ ފަސޭހައިން އެރޭގެ ވާހަކަ ޖޯކަކަށް ހަދައިލެވޭނެކަމަށް ޚުދު އީތަންވެސް ހީކޮށްފަކާއެއް ނެތެވެ. އަނގަަގަަނޑު ހުރި ގޮތަށް ބަހައްޓައިގެން އީތަން ގައިން ރެކިގަނެ، އަލީޝާ ދާން އުޅުމުން، އީތަން ފަހަތަށް ޖެހިލައި، އަލީޝާ އޭނާ ގައިމަައްޗަށް ފުންމަައިގަތްފާާނެތީ ބިރުން އުޅޭކަމުގެ އެކްޓެއް ދައްކައިލިއެވެ. އީތަަން ބުނި އެއްޗަކަށް ރައްދެއް ނުދީ އަލީޝާއަށް ދާން ޖެހުނީ އަލަށެވެ. އެހާވެސް އޭނާ ފަކުރުގަތީއެވެ.

ފުރަތަމަ ޓާރމްގެ ދެވަނަ ޔުނިޓް ޓެސްޓުތައް ފެއްޓުނުއިރު އަލީޝާ ހުރީ ހުރިހާ ޓެސްޓަކުން ނުވަދިހަ ޕަސެންޓަށްވުރެ މަތިން ހޯދޭނެ ކަމުގެ ޔަގީންކަމާއިއެކުއެވެ. ޓާރމް ނިމޭ ޓެސްޓު ގާތްވަމުން އައި ނަމަވެސް އޭނާގެ ހާސްކަމެއް ނެތެވެ. ގޭމު ކުޅެން ރާއިންގެ ގެއަށް ގޮސް ރާއިން ކައިރީ ޓެސްޓުތަކުން ފުލް މާކްސް ހޯދޭނެއޭ އަލީޝާ ބުނުމުން ރާއިން ނިންމީ އަލީޝާގެ ވާދަވެރި މިޒާޖުން އޭނާއަށް ފައިދާއެއް ނެގޭތޯއެވެ.

“ނުވާނެ. ތިހެން ގޭމު ކުޅެން އިނދެގެން ނުކެރޭނެ އެންމެ ޓެސްޓަކުންވެސް ފުލް މާކްސް ހޯދާކަށް. ޓާމް ޓެސްޓުންވެސް ޔަގީން ފާސްވެސް ނުވާނެކަން.” ރާއިން ޗޮކެއް ކަނޑައިލާފައި ބުންޏެވެެ.

“ހޯދާނަން! ގޭމުވެސް ކުޅޭނަން! ގޭމު ކުޅެފަ، ޓެސްޓުން ފުލް މާކްސް ހޯދާނީ. ބަލަން ހުންނާތި. ތިން މާއްދާއިން ފުލް މާކްސް، އެހެން ހުރިހާ އެއްޗަކުން ފާސްވެއްޖެއްޔާ ކާން ދޭންޖެހޭނެ.” އަލީޝާ ފޮނިވެލާފައި ބުންޏެވެ.

“ފަސް މާއްދާއިން ފުލް މާކްސް. އޭރުން ގެންދާނަން ރިޒޯޓަކަށް.” ރާއިންގެ ޖުމުލައިން އަލީޝާގެ މޫނުމަތި އުޖާލާވެއްޖެއެވެ.

“ކޮން ބައެއް ދަނީ؟” މިހާރު އެ ޕްލޭން ފައިންލްވީ ކަމަށް ނިންމައި، އަލީޝާ އަހައިލިއެވެ.

“އަދި ޝަރުތު ފުރިހަމަވެގެންނެއްނު. މުޅި ހާންދާނެއް ނުގެންދެވޭނެ އިނގޭ. އެ ވަރަކަށް ނެތް ލާރިއެއް. އަހަރުން ދެ މީހުން ދާނީ. އެހެން މީހުން ގެންދަން ހަދައިގެން މާ ބޮލަށް އުނދަގޫވާނެ.” އަލީޝާ އެއްބަސްވިއެވެ. ރާއިންގެ އެކުވެރި މިޒާރުން ހީނުވި ނަމަވެސް އޭނާއަކީ މީހުން ގިނަ ތަންތަނަށް ދާހިތްވާ ކުއްޖެއް ނޫނެވެ. މުޅި ސްކޫލު ފުރައި އެކުވެރިން ތިބޭ އަލީޝާއާއި ހިލާފަށް، މަދު އެކުވެރިންކޮޅަކާއި އެކީ އުޅެވެނިކޮށް ރާއިންްއަށް ފުދެއެވެ.

ކަނޑު އަޑީގެ ގުދުރަތީ ފުރިހަމަކަމުން އާޝޯހުވެފައި، އީތަން ދިޔައީ މަސްމަހާމެހީގެ ތެރެއިން ފީނާލާފައެވެ. މާ ދުރަށް ނުދެވެނީސް މުރަކަތަކެއްގެ ތެރެއިން ވަރަށް ރީތި ގަނޑުވަރެއް ފެނުނެވެ. މި ގަނޑުވަރުވަނީ ރަނުގެ ބޮލިންނާއި މުރަކައިން، އަދި ހުދު އިތާމުތުން ޖަރީކުރެވިފައެވެ. މައި ދޮރޯށިން އީތަން އެެތެރެއަށް ވަދެގެން ދިޔައެވެ. ބޭރުގެ ސާދާކަމާއި ހިލާފަށް އެތެރެ އޮތީ ވަރަށް އަނދިރިކޮށެވެ.

“އީތަން…” ތަންކޮޅެއް އެތެރެއިން މަޑުމަޑު މިއުޒިކެއް ފަދަ އަޑަކުން ގޮވައިލިއެވެ. އީތަން…” އެ އަޑުގެ ވެރިޔާ އީތަންއަށް އެތެރެއަށް ދައުއްވަތު ދެމުންދިޔަ ކަހަލައެވެ. ވަކި ހިސާބަކަށް ދެވުންތަނާ ކުއްލިއަކަށް ތަން ހިސާބަކަށް އަލިވެއްޖެއެވެ. ކުރިމަތިން ދިއްލުނު ސްޕޮޓްލައިޓްގެ އަޑިން ފާޅުވީ އީތަން ދުވަހަކުވެސް ދެކިފައިނުވާހާ ރީތި ކަނޑުޕަރީއެކެވެ. ނަމަވެސް އޭގެ މޫނެއް ސާފެއްނުވިއެވެ.

“ކޮބާ ފަށް؟…” އެ ކަނޑުޕަރީގެ ރީތި އަޑުން އަހައިލިއެވެ.

“ކޮން ފަށެއް؟” އީތަން އަހައިލިއެވެ.

“ފަށް!” މިހާރު އެ އަޑު އީތަން ދަންނަ އަޑަކާއި ވައްތަރުވާހެން ހީވާން ފަށައިފިއެވެ. ކުރިން ހުރި މިއުޒިކީ ޗާލު އަޑެއް ނޫނެވެ. ހަރުކަށި އަޑެކެވެ.

“ކޮން ފަށެއް….” އީތަން ދެވަނަ ފަހަރަށް އަހަން އުޅުނު ނަމަވެސް މެދުކެނޑުނީ އެ ކަނޑުޕަރީގެ މޫނު ސާފުވުމުންނެވެ. އެއީ އަލީޝާގެ މޫނެވެ. އީތަންގެ ދެލޯޯ ބޮޑުވިއެވެ. ހެސްކިޔާފައި ހިތް ތެޅިގަތީ ކީއްވެކަމެއް ނޭންގެއެވެ. ނޭންގޭ ސަބަބަކާއި ހުރެ އޭނާ ގަތީ ބިރެވެ. ވަށައިގެން ރަނގަޅަށް ބަލައިލެވުނީ ދެނެވެ. ކަނޑު އަޑީގައި ގަނޑުވަރެއް ހުންނަންވީ ކީއްވެ ހެއްޔެވެ؟ ފެނު އަޑީގައި ނޭވާލެވި، ވާހަކަވެސް މި ދެއްކެނީ ކީއްވެގެން ހެއްްޔެވެ؟

އީތަންއަށް ވާނުވާ ނޭންގިގެން އުޅެނުކޮށް އިބްރާހިމް ކޮބާހޭ ގޮވައިލުމަށްފަހު އަލީޝާ ކަނޑުޕަރީ އީތަންއާއި ދިމާއަށް ފުންމައިގަތެވެ. އީތަން ގައިމައްޗަށް ޖެހިގަތުމާއިއެކީ އީތަން ގޮސް ވެއްޓުނީ ޖޯއްޔެއްގެ މައްޗަށެވެ. އީތަން ގައިމަތީ އޮވެފައި ހަތަރު ކަޅި ހަމަކޮށްލިއިރު ކަނޑުޕަރީ އަލީޝާގެ މޫނު ހުރީ ބިރުވެރި މަހެއްގެ ސިފައިގައެވެ. އީތަންއަށް ބިރުން ހަޅޭއްލައިވައިގަނެވުމުގެ ކުރިން އެ މަސް އަލީޝާ ކުއްލިއަކަށް ލުއްސިގެން ދިޔައެވެ. އެ އަލީޝާގެ އަނގައިގައި ބުޅި އަޅުވާފައި މަހެއްހެން ބާނަައިލީ ކައިރީގައި ހުރި ދެ ވަނަ އަލީޝާއެކެވެ. އެ އަލީޝާ ހުރީ އާދައިގެ އިންސާނެއްހެން ދެ ފައި ލާފައެވެ. އެ އަލީޝާ އަތުގައި އޮތް ދޮށި ބިންމަތީ ބޭއްވުމާއިއެކު މަސް އަލީޝާ ގެއްލިއްޖެއެވެ. އީތަންއަށް ވަށައިގެން ބަލައިލެވުނުއިރު އެއީ އަލީޝާގެ ގޭ ދޮރުމައްޗެވެ. ޖޯލިން ތެދުވެ އަލީޝާއަށް ބަލައިލިތަނާ ކުއްލިއަކަށް އައި ނައި ދިމާއެއް ނޭންގި ފުއްމައިލި ކަޅު ބުޅާ ފެނިފައި އަލީޝާ ހަޅޭއްލައިގަތްފައި އީތަން ގަޔަށް އެރުމުން އީތަން އަނެއްކާވެސް ޖޯލި މައްޗަށް ވެއްޓުނެވެ. މި ފަހަރު މި އަލީޝާއާއިއެކުއެވެ. ދެވަނަ ފަހަރަށް އެރޭގެ ހިތުން ފޮހެނުލެވުނު މަންޒަރު އިޔާދަ ވުމުގެ ކުރިން އީތަންއަށް ލޯ ހުޅުވައިލެވުނެވެ.

ނޭވާވެސް ލާން ހަނދާންނެތިފައި އީތަންއަށް އަލަމާރިއާއި ދިމާއަށް ބަަލަހައްޓައިގެން ހިނދުކޮޅަކު އޮވެވުނެވެ. މަޑުމަޑުން އުއްޑުން ޖެހިފައި ތެދުވިއިރު އޭނާގައި އަތުގައި ވަނީ ހީބިހި ނަގާފައެވެ. އެ ހުވަފެން ސާފުކޮށް ހަނދާނުގައި ހުއްޓެވެ. އެހެން ހުވަފެންތަކެކޭ އެއްފަދައިން ހޭލާއިރު ވީގޮތް ހަނދާން ނެތްނަމައޭ ހިތަށްއެރިއެވެ. އީތަން ހީކުރީ އަލީޝާ ހުވަފެނުގައި ފެންނަނަމަ ފެންނާނީ އޭނާގެ ޖެއްސުމެއްގެ ނަތީޖާއަަކަށް ދަށްވެފައި ރޯން ހުއްޓާ ކަމަށެވެ. ނަމަވެސް ފެނުން ފަހަރު ކިރިޔާ ނުރޮވުނީ މި އީތަންއަށެވެ.

ހުކުރުން ފައިބައިގެން ގެއަށް ކާންދިޔުމުގެ ބަދަލުގައި އީތަން ނުކުތީ އަތިރިފަޅިިއަށެވެ. މޫދުކައިރިން ހިނގާފައި ދިޔައިރު ބޮލުގައި މާ ބޮޑު ފިކުރެއް ނުގެންނުޅެއެވެ. ވަކި ހިސާބަކުން ފާހަގަވީ ގަސްތަކުތެރެއިން ނުކުމެގެން އައިސް އޭނާއާއި އެއް ފަދައިން ރަޅުޖަހާ ހިސާބާއި ތަންކޮޅެއް ދުރުން ހިނގާފައި ހުރި ފިޔަވަޅުތަކެކެވެ. ހީވަނި ދާދި ދެންމެއަކު މީހަކު އެހެންލާފައި ގޮސްފައިހުރިހެންނެވެ. އޭނާ އެ ފިޔަވަޅުތައް މަތިން ހިނގަންފެށީ ކީކޭ ހިތަށްއަރައިގެންކަމެއް ނޭންގެއެވެ. އޭނާގެ ފަޔަަށްވުރެ ކުޑަ ފިޔަވަޅުތަކެއްކަމުން، ފައިއަޅާ ކޮންމެ ފަހަރަކު އޭނާގެ ފިޔަވަޅުން ކުރިން ހުރި ފިޔަވަޅު ފޮހެވިގެންދެއެވެ. އެގޮތަށް ފިޔަވަޅުތައް ފޮހެމުންދިޔަ އީތަންއަށް ގޮސް ހުއްޓެވުނީ މުދާއި ދިމާއަށް ބަލަހައްޓައިގެން ހުރި އަލީޝާ ކައިރީގައެވެ. އަލީޝާ ފެނުމާއިއެކު އީތަންއަށް ކުރެވުނީ ތަފާތު އިހުސާސެކެވެ. ދިރިއުޅުމުގެ އެންމެ ބޮޑު އެއް މަގުސަދަކަށް ވެފައިވާ ދުޝްމަނު ފެނުމުން ފޫހިކަން ގެއްލުނު ނަމަވެސް، ހެނދުނު ފެނުނު ހުވަފެން ހަނދާނަށް އައިސް މޫޑު ހަރާބުވެސް ވިއެވެ.

އަލީޝާ އީތަންއާއި ދިމާއަށް ބަލައިލިއެވެ. އިހުތިޔާރެއްނެތި އޭނާގެ މޫނަށް ޖެއްސުނީ ވައްތަރެކެވެ. ހީވީ އެންމެ ފަހުން ފެނުނު ދުވަހަށް އަނބުރާ ދެވުންހެންނެވެ. އަލީޝާގެ ކަރުގައި އޮތް ފަށާއި ދިމާއަށް އީތަން ބަލައިލިކަން ފާހަގަވެފައި އެ ހުރި ގޮތަށް ހުރެ އަލީޝާ ކަރުގައި އަތް އެޅިއެވެ. އީތަންވެސް ރައްދުގައި އޭނާގެ މޭމައްޗަށް ދެއަތް ހުރަސްކޮށްލީ އަލީޝާ، ގައިމައްޗަށް ފުންމައިގަތްފާނެތީ ބިރުން އުޅޭކަން ދެއްކުމަށެވެ.

“މިހާރު ފަހަތުންވެސް އަންނަން ފެށީތަ؟” އަލީޝާ ދެބުމަ ގޮށްޖަހައިލިއެވެ. “ކަރު ބަލަން؟”

“މިހާރު ކުރިބައްދަން ފެށިތަ، ފުންމައިގަންނަންް؟” އީތަން އެހެން ބުނެލުމަށްފަހު އަލީޝާއާއި ތަންކޮޅެއް ދުރުގައި އިށީނެވެ.

“ފުންމައިނުގަނެގެން ތަ ތި އުޅެނީ؟ އޭރަށެންނު ދޯ ކައިރިން ކަރު ފެންނާނީ.” އަލީޝާ ހުރި ތަނުގައި ދެފައި ވަށްކޮށް އިށީންނަމުން ބުންޏެވެ.

“ބިރުގަނެއްޖެ. އަނެއްކާ ދަންވަރު ގެއަށް ނުވަންނާތި.” އީތަން ބުންޏެވެ.

“ދަންވަރު އަނދިރިވާނެ އެންނު. އޭރަށް ކަރެއް ނުފެންނާނެ އެންނުދޯ.” އަލީޝާ ބުންޏެވެ. ކަރު ބަލަން އުޅޭކަމުގެ ސެޓިންގައި އަލީޝާ ކުރިއަށްދިޔުމުން އީތަންއަށް ހެވުނެވެ. ދެ ކުދިންވެސް ވާހަކަދެއްކީ މޫދާއި ދިމާއަށް ބަލަހައްޓައިގެން ތިބެ އެކަކު އަނެކަކަށް ބެލުމަކާއި ނުލައެވެ.

“ތިހާ ކަރު ބަލާފާނެތީ ބިރުގަންނަންޏާ ބުރުގާ އަޅަންވީނު.” އީތަން ބުންޏެވެ.

“މަށެއް ނޫޅެން ބިރަކުން. ފުންމައިގަތްފާނެތީ ބިރުން އުޅޭ މީހާ މޫނުބުރުގާތަ އަޅަނީ؟ އޭރަށް ކިސްއެއް ނުކުރެވޭނެއެންނު.”

“އެހެންވީމަ ކިސް ކުރާހިތުން ދޯ ތި އުޅެނީ؟ އައްޗީޑި. ދެން މަ ނުދާނަން ކަލެއާ ދިހަ ފޫޓު ކައިރިއަށްވެސް.” އީތަން އަލީޝާއަށް ބަލައިލާފައި ތަންކޮޅެއް ބާރަށް ބުންޏެވެ.

“އާނ ނާންނާތި. ދުރުން ކަރު ބަލަން ހުރޭ.” އެހެން ބުނެލުމަށްފަހު އަލީޝާ ކޮޅަށް ތެދުވިއެވެ. އަދި ފަހަތުން ގޮސް ފައިން ޖަހައި އީތަން މޫދަށް ކޮއްޕައިލިއެވެ. ބީއްސާލި ރާޅުމައްޗަށް އަނގަވަަތަށް ވެއްޓުނު އީތަން ތެދުވިގޮތަށް ދުލަށް އައިހާ ނުބައި އެއްޗެއް ގޮވައިގަތެވެ. ނަމަވެސް އަލީޝާ އެއްޗެއް އިވޭކަމަށްވެސް ނަހަދައި ހިނގައިގަތެވެ. އީތަން ވެލި މުށެއް ނެގުމަށްފަހު އެއްލީ އަލީޝާގެ ފޫކޮޅަށެވެ. ވެލިމުށް ޖެހުމާއިއެކު އަލީޝާާ ފަހަތަށް އެނބުރުނެވެ.

“މިހާރު ކަރުން، ބުރިއަށް ބަދަލުކޮއްލީދޯ. ޕިސް ޕިސް އުޅޭ ފާޑު. ދެން ނާންނާތި ވިހި ފޫޓު ކައިރިއަށްވެސް.” އެހެން ބުނެލުމަށްފަހު އަލީޝާ އެނބުރި ހިނގައިގަތެވެ. އީތަން އިނީ ހޭންށެވެ. އަލީޝާއަށްވެސް ހެވުނުތަން އޭނާއަކަށް ނުފެނުނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Jinni

Level 410 Stories100 Login100 Comments500 Login

Other Articles

Previous

ސީދާ މަގައް ނުދިޔާމަ…

Next

ވިންދޭ ލޯބި ތީ އެދޭ 30

Next
February 22, 2019

ވިންދޭ ލޯބި ތީ އެދޭ 30

Previews
February 22, 2019

ސީދާ މަގައް ނުދިޔާމަ…

6 Comments!

  1. jiji says:
    February 22, 2019 at 7:10 pm

    Me first dhw..???????masha allah ..vrh vrh rythi mi prt vx..kon irakun nxt…curiously waiting????❤❤?????Ly

  2. Muslim says:
    February 22, 2019 at 7:29 pm

    I am first right!!?

  3. Muslim says:
    February 22, 2019 at 7:48 pm

    Varah reethi mi part vess…. ekam haadha lahun thi up kohlla dhinyyy…. whens next part? Avahah up kohlladheyne kamah ummeedhu kuran????

  4. shaan says:
    February 22, 2019 at 8:11 pm

    salhi vaahakaye

  5. hamtii says:
    February 22, 2019 at 10:10 pm

    Lol..v salhi

  6. Cute Lips says:
    February 23, 2019 at 11:11 am

    nimun thankolhu heehee avadhi..lollllllll

Comments are closed.

Next Episodeއެނގުމެއްނެތި…17←


All Right Reserved!