Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަކުރުވާހަކަލޯބި

މިހާރު ހޭލެވިއްޖެއެވެ.

ismail ali kaleyfaanu Level 310 Stories100 Login100 Comments
February 22, 2019 2 Mins Read
3 Comments

އިސްމާޢީލް ޢަލީ ކަނދޮޅުދޫ

އަހަރެން ލޯބިވާ މައިންބަފައިންނާއި އުފަން ރަށް ދޫކޮށްލީ ހަމައެކަނި ފިރިމީހާއަށްޓަކައެވެ. އެކަމަކު އޭނާ ކިހާ އިންސާފެއްނެތް ހެއްޔެވެ؟ އަހަރެން ގެނެސް އޭނާގެ ރަށަށް ލުމަށްފަހު އޭނާއުޅެނީ މާދުރު ރަށްރަށުގައެވެ. އަހަރަކު އެއްފަހަރުވެސް އަހަރެންގެ ޙާލު ބަލާލަން އާދެވޭ ކަމަކަށް ނުވެއެވެ. އޭނާނެތި މިތަނުން އަހަރެންނަށް ލިބޭނީ ކޮން އުފަލެއް ހެއްޔެވެ؟ އޭނާގެ ޢާއިލާގެ މީހުން ރަގަޅެވެ. އެކަމަކު އަހަރެން ހޯދަން މިއުޅެނީ ކޮން އެއްޗެއް ހެއްޔެވެ؟ އަހަރެން މިހައި ދުރަށް ގެނައި ބާރު ކޮބާހެއްޔެވެ؟ އެބާރެއް މިތާކު ނެތެވެ. އަހަރެން މިފުންވަޅުގައި އޮވެ ނޭވާ ހާސްވަނީއެވެ. ދަންނަ މީހަކުނެތެވެ. ބޭރުބައެއްގެ ގާތުގައި އަހަރެންނަށް އޮތީ ކޮންއުފަލެއްހެއްޔެވެ؟ އަހަރެންގެ އެކަނިވެރިކަމާއި އެހީތެރިއަކު ނެތްކަމުގެ އިޙްސާސް އެންމެ ބޮޑަށް ކުރެވެނީ ބަލިވީމައެވެ.

އަނެއްކޮޅުން އަހަރެންގެ މައިން ބަފައިން އަހަރެންނެތުމުގެ ސަބަބުން ހިތާމަކޮށްކޮށް ހަލާކުވަނީއެވެ. އެބައިމީހުންގެ ހުރި ހަމައެކަނި ދަރިއަކީ އަހަރެންނެވެ.އަބައިމިހުން މިއަދުއެވަނީ އަހަރެންގެ އެހީތެރިކަމަށް ބޭނުން ވެފައެވެ. އެކަމަކު އެމީހުންނަށްޓަކައި އަހަރެންނަށް ކޮށްދެވޭނީ ކޮންކަމެއް ހެއްޔެވެ؟ ޙާލު އޮޅުންފިލުވައިވެސް ނުލެވެއެވެ.

އަހަރެންގެ ވަކިވުން އެމީހުންގެ ހިތްތަކުގައި ޅިޔައެޅި ކަހަލައެވެ.އަހަރެން މިރަށަށް އައިފަހުން މަންމައާއި،ބައްޕަ  އަބަދުހެން އުޅެނީ ބަލިވެ ކަމަށްވެއެވެ. އެކަމަކު އެކަމަކު އަހަރެންނަށް އެއްވެސް އެހީއެއް ވެދެވޭކަށް ނެތެވެ. ފިރިމީހާއަށް ލިބޭއެއްޗެއް ފޮނުވަނީ އޭނަގެ މައިބަފައިންނަށެވެ.

އަހަރެންނަށް ދަރިއަކު ލިބުނު ވާހަކަ އިވުމުން މަންމަމެން އެއްފަހަރަކު މިރަށަށް އައެވެ. އެއިރު ފިރިމީހާއެއް މިރަށަކު ނެތެވެ. އަހަރެން އުޅޭ ޙާލު ހަމަ ރަގަޅަށް މަންމަމެންނަށް އެނގިއްޖެއެވެ.މަންމަމެން އުއްމީދުކޮށްގެން ތިބީ އަހަރެން ފިރިމީހާއާއިއެކު މިތަނުގައި އުޅެނީ ނުހަނު އުފަލުން ކަމުގައެވެ.

މަންމަމެން މިކައިވެންޏާއި ޤަބޫލުވީ ހަމައެކަނި އަހަރެންގެ އުފަލަށްޓަކައެވެ. މަންމަ ނުހަނު އާދޭހާއިއެކު މިކައިވެނި ނުކުރުމަށް އެދުނުވެސް މެއެވެ . މަންމަމެންގެ އެހެން ކުއްޖަކު ނެތުމައިއެކު މިގެ އާރާސދްތު ކުރަން ހުރީ އަހަރެންކަމުގައި ބުންޏެވެ. އެދުވަހު މަންމަ ކުރި އާދޭހުގެ އަޑެއް އަހަރެންނަކަށް ނުއިވެއެވެ. އެޅިކަރުނައަކުން އަހަރެންގެ ހިތަކަށް އަސަރެއްނުކުރިއެވެ.

އަހަރެން ކިހާ މޮޔަ ހެއްޔެވެ؟ މިކަން ކުރިން ވިސްނުނުނަމަ ކިހައި ރަގަޅު ހެއްޔެވެ؟ ބޮލަށް ސަވާރުވެފައިވާ ފުރޭތަ ފޭބިނަމަ ކިހައި ރަގަޅު ހެއްޔެވެ؟ މިހާރު މަސްތީޢާލަމުން ހޭލެވިއްޖެއެވެ. އެއިރު އެއްވެސް މީހަކު ދައްކަ ވާހަކައެއް ޤަބޫލެއް ނުކުރެވެއެވެ. ވާހަކަ ދައްކާ މީހުންދެކެ ރުޅި އާދެވެއެވެ. އަބަދުހެން އިވެނީ  އޭނަ ކެނޑި ސަޅި ބައިސާތަކެވެ. އެނަގެ ބީހުމުގެ އިޙްސާސްތަކެވެ. އެބާރުގަދަ މުލައްދަޑީގެ ޙިމާޔަތް އަބަދުގެ އަބަދަށް ލިބޭނެ ކަމަށް އުއްމީދު ކުރީމެވެ.

މައިންބަފައިންގެ ލޯތްބާއި ވަކިވުމަކީ ކިހައި އަސަރެއް ކުރާނެ ކަމެއްކަން އިހްސާސް ކުރެވެނީ މިހާރުއެވެ،އެމީހުން ހިތުގައިޖެއްސުމަކީ ކިހައި ސުންޕާ ކަމެއްހެއްޔެވެ؟ އެކަމުގެ ހިތިރަހަ މިހާރު މަގޭ އަރުތެރޭގައި ލައެވެ. އެބައިމިހުން ވީލޯތްބާއި ޤުރްބާނީ އަގު މިގޮތަށް އަދާ ކުރަން ވެދާނެހެއްޔެވެ؟ ހިތުގެ އެންމެ ގޮވާލުމަކަށްޓަކައި އަގުބޮޑު ޖަވާހިރުގެ ހާރެއް އަތުކޮޅަށް އެއްލާލެވުނުކަމުގެ އިޙްސާސް މިހާރު ކުރެވެއެވެ.

މައިންބަފައިންގެ ނިޢުމަތަކީ އިންސާނުންނަށް މާތް ﷲ ދެއްވާ އަގުބޮޑު ނިއުމަތެކެވެ. ހަދިޔާއެކެވެ. ކުޑަކުޑަ އުފަލަކަށްޓަކައި އެނިޢުމަތުން މަޙްރޫމްވުން ހެޔޮ ނުވާނެއެވެ.

އުފަން ފަސްގަޑުގެ އަގުވަޒަން ކުރެވެނީ މިއަދުއެވެ. އަހަރެންގެ ހުރިހައި ދިރުމެއްވީ އެތަނުގައެވެ. މައިންބަފައިންނާއި،ތިމާގެ މީހުންނާއި،އަވަށްޓެރިންނާއި،އެކުވެރިން އަދި އަހަރެންގެ ޚިދުމަތުގެ އަގުވަޒަންކުރާމީހުންވީ އެތަނުގައެވެ. ފަސްމަގުގެ ހުރިހާ ހަނދާންތަކެއް ފޮރުވިފައިވީ އެތަނުގައެވެ.

( ނިމުނީ )

 

Share Article

Follow Me Written By

ismail ali kaleyfaanu

Level 310 Stories100 Login100 Comments

Other Articles

Previous

ވިންދޭ ލޯބި ތީ އެދޭ 30

Next

ވާ ލޯބި އެނގޭ ނަމަ 18

Next
February 23, 2019

ވާ ލޯބި އެނގޭ ނަމަ 18

Previews
February 22, 2019

ވިންދޭ ލޯބި ތީ އެދޭ 30

3 Comments!

  1. jiji says:
    February 23, 2019 at 5:59 am

    Keep it up isse! Vvv rythi stry eh..masha allah..looking forward to see ur storiexx..keep going brw????✌✌???????

  2. Kitty says:
    February 23, 2019 at 11:09 am

    Varah reethi mi vaahaka… Ekm haadha dhuvaheh kohfa isse thi vaahaka up kury… Varah kiyaa hithun huhta isse ge story eh anehka up v… Thanks.. Overall varah reethi mi vaahaka.. Hope to read a new story of urs soon..

  3. lallu says:
    February 23, 2019 at 2:32 pm

    v reethi ….. good job ……

Comments are closed.



All Right Reserved!