ވިންދޭ ލޯބި ތީ އެދޭ 30
އަޝްރާ ދިޔުމާއެކު މިންހާ އެއްޗެހި ބަދަލުކޮށްލައިގެން އައިސް ނިދަން އޮށޯތެވެ. މާދަމާއަކީ ވަޒީފާއަށް ނިކުންނަ ފުރަތަމަ ދުވަހަށް ވުމާއެކު ހުރިހާ ކަމެއްވެސް ވަރަށް ފުރިހަމަވާން ބޭނުމެވެ. ހުރިހާ ކަމެއްވެސް ރަނގަޅަށް ދާނެކަމުގެ އުއްމީދުގައި ނިދާލުމަށް މިންހާ ދެލޯ މަރާލިއެވެ.
އިރުގެ ރަންދޯދިތަކުން ދުނިޔެ މައްޗަށް އަލިކުރަމުން ދިޔައެވެ. އިންސާނުންނެކޭ އެއްފަދައިން ދޫނިސޫފާ ސޫފިތައްވެސް އެސޮރުމެންގެ ހާލިތަކުން ނިކުމެ ދުވަހުގެ މަސައްކަތް ފެއްޓިއެވެ. ކާޅާއި ކޮވެލީގެ އަޑު ފަޒާގެ ތެރޭގައި އިވިއިވި ހުއްޓެވެ. ބައެއް މީހުން މަގުމައްޗަށް އެޅިފައިވި ކުނިތައް ނެގުމުގައި އުޅުނުއިރު އަނެއް ބަޔަކު ދަނީ ނާސްތާ ތައްޔާރު ކުރުމަށް ބަދިގޭގައި ހަރަކާތްތެރިވަމުންނެވެ.
އާދައިގެ މަތިން މިންހާވެސް ބަދިގޭގައި ހަރަކާތްތެރިވަމުން ދިޔައެވެ. މައިޝާ ރޮށި ދަމަމުން ދިޔައިރު މިންހާ ދިޔައީ ރޮށި ފިހަމުންނެވެ. އޭރު ނާހިދާ ދިޔައީ ރިހަ ކެއްކުމަށް ބޭނުންވާ ބައެއް ތަކެތި ކޮށަމުންނެވެ. ” މައި… ކޮފީއެއް ހަދާލަ ދީބަލަ… ” އެމަސައްކަތުގައި ތިން މީހުން ތިއްބާ މާހިލް އައިސް ކޮފީއެއް ހަދާލަދިނުމަށް ބުނެލިއެވެ. އެއާއެކު މިންހާ ބާކީ ހުރި ރޮށިތައް އޭނަ ދަމާނެކަމަށް ބުނުމާއެކު މައިޝާ ހިނިތުންވުމެއް ހަދިޔާކޮށްލުމަށްފަހު ކާކޮޓަރިއަށް މިސްރާބުޖެހީ މާހިލްއަށް ކޮފީއެެއް ތައްޔާރުކޮށްލުމަށެވެ. ރޮށި ފިހެ ނިންމާލުމަށްފަހު މިންހާ ރޮށި ތަބަށް ހިފައިގެން ގޮސް ކާކޮޓަރިއަށް ވަނެވެ. އޭރު މާހިލް ކޮފީ ބޮމުން ދިޔައިރު މައިޝާ ދިޔައީ މަންހާ ސުކޫލަށް ދާން ތައްޔާރުކުރުވުމަށެވެ. މިންހާ ރޮށި ތަބަށް ކާމޭޒު މަތީގައި ބޭންދުމަށްފަހު ތަށިތައް ދޮވެ މޭޒު މައްޗަށް ލުމުގައި ހަރަކާތްތެރިވިއެވެ. މިންހާގެ ހަރަކާތްތަކަށް ބަލަމުން ދިޔަ މާހިލްއަށް މިންހާގެ މޫނު މަތީގައިވި ނުތަނަވަސްކަން ސިއްރެއްނުވިއެވެ. ” މިންނު… ހާދަ ނާވަސްވެފަ… ޖޮބްގެ ފަސްޓް ޑޭ ވީމަތަ… ” މާހިލް އޭނާއަށް ލަފާކުރެވުނު ގޮތަށް ބުނެލިއެވެ. ” ޔެސް… ކުޑަކޮށް ނާވަސް… ހިތަށް އަރަނީ އަޅުގަނޑަށް ރަނގަޅަށް ކަންތައްތައް ކުރެވޭނެބާއޭ… ” ތަށިތައް ދޮންނަން ހުރެ ފަސްއެނބުރި މާހިލްއަށް ބަލައިލަމުން މިންހާ ވާހަކަ ދެއްކިއެވެ. ” ޑޯންޓް ބީ ނާވަސް މައި ޕްރިންސަސް… މިންނުއަށް ވާނެ އިންޝާ ﷲ… ޔޫ އާ ކޭޕަބަލް ފޯ އިޓް… ހިތްވަރާއެކު ކުރާހިތުން ތެދުވެރިކަމާއެކު ކުރާނަމަ ރަނގަޅަށް މަސައްކަތްކުރެވޭނެ… ދޮންބެގެ ޕްރިންސަސްއަށް މިކަން ވާނެ އިންޝާ ﷲ… އޯލް ދަ ބެސްޓް…” މާހިލް ހިނިތުންވުމެއްގައި އިނދެ އޭނަގެ ކޮއްކޮއަށް ހިތްވަރުދިނެވެ. ” ތޭންކްސް ދޮންބޭ… އައި ލަވް ޔޫ ސޯ މަޗް… އަބަދުވެސް ދޮންބެ އެހާ ސަޕޯޓިވް ވީމަ ވަރަށް އުފާވޭ… އައި ފީލް ޕްރައުޑް ކޯޒް އައި ހޭވް އަ ބްރަދާ ލައިކް ޔޫ… ” މާހިލްގެ ވާހަކަތަކުން ހިތުގައިވި ނުތަނަވަސްކަން ކޮންމެވެސް ވަރަކަށް ފިލާ ދިއުމާއެކު ހިނިތުންވުމެއްގައި ހުރެ މިންހާއަށް ބުނެލެވުނެވެ. ” އެނީ ޓައިމް ދޮންބެގެ ޕްރިންސަސް… ” މާހިލްވެސް ހިނިތުންވެލަމުން އެހެން ބުނުމަށްފަހު ކާކޮޓަރިން ނިކުތެވެ.
ތަށިތައް ލައި މޭޒު މަތި ތައްޔާރުކޮށްލުމަށްފަހު މިންހާ ކާކޮޓަރިން ނިކުންނަން އުޅުނު ވަގުތު މައިޝާއާއެކު މަންހާ އައިސް ވަނެވެ. ” ގުޑް މޯނިން މަންކޮ… ސްކޫލަށް ދާން ރެޑީ؟ ” މަންހާގެ މޫނަށް ބަލައިލަމުން ހިނިތުންވުމަކާއެކު މިންހާ ވާހަކަ ދެއްކިއެވެ. ” ގުޑް މޯނިން ދޮންތީ… ޔެސް… އައިމް ރެޑީ… ” މަންހާވެސް އޭނަގެ ކުދި ދަތްތައް ފެންނަ ވަރަށް ހީލައިގެން ހުރެ ބުނެލިއެވެ. ” މިންނު… ދޮންބެދައްތައަށް ކަމެއް ކޮށްދީފާނަންތަ… މަންކޮއަށް ކިރު ތައްޓެެެއް ހަދާލަދީފާނަންތަ… އަދި މަންކޮ ސްކޫލަށް ލާން ދެވޭނީ ދޮންބެދައްތަ ރެޑީވެގެން… މިއަދު މަންކޮ ރެޑީވާން މާގިނަ ވަގުތު ނެގީމަ ލަސްވީ… ” މައިޝާ އެހެން ބުނިމާއެކު މިންހާ އަވަސް އަވަހަށް ބޯޖަހާލިއެވެ. މައިޝާ މިފަހަރުވެސް ދިޔައީ އޭނައަށް ހިނިތުންވެލާފައެވެ. ” މަންކޮ… މަންކޮގެ ފޭވަރިޓް ސަބްޖެކްޓްއަކީ ކޮބާ؟ ” ކިރުތަށި ގިރަންހުރެ މިންހާ ސުވާލުކޮށްލިއެވެ. ” މަންކޮގެ ފޭވަރިޓް ސަބްޖެކްޓްއަކީ ސައިންސް… ” އެވަގުތު ވަރަށް ގަޔާވެލާފައި އިނދެ މަންހާ ޖަވާބުދިނެވެ. ”އޯހް… އެހެންތަ… އަވަހަށް ކިރުތަށި ބޯލާ މަންމަ އަންނަންވާއިރަށް… ” ކިރުތަށި މަންހާގެ ކުރިމަތީގައި ބަހައްޓަމުން މިންހާ އެހެން ބުނުމާއެކު މަންހާ ކިރުތަށި ބޯލިއެވެ. މާގިނައިރެއްނުވެ މައިޝާ ތައްޔާރުވެރެން އައުމާއެކު މަންހާ އޭނަގެ މަންމަ އާއެކު ސުކޫލަށް ދިއުމަށް ނިކުތެވެ. މިންހާވެސް ތަށި ދޮވެލުމަށްފަހު ހޮސްޕިޓަލަށް ދާންވާއިރަށް ތައްޔާރުވުމަށް ދިޔައެވެ.
ކޮޓަރިއަށް ގޮސް އެންމެ ފުރަތަމަވެސް މިންހާ ވިސްނާލީ ލާނެ ހެދުމަކާ މެދުގައެވެ. އިރުކޮޅަކު ވިސްނާލަން ހުރުމަށްފަހު އަލަމާރި ހުޅުވާލުމަށްފަހު އޭގެން ހެދުމެއް ނެގިއެވެ. ކަޅު ކުލައިގެ އެހެދުމުގެ މޭމަތިން ތިރިއަށް ރޫތަކެއް ހުރިއިރު ހެދުމުގެ ފަސްބައި އޮތީ ފުޅާކޮށެވެ. އޭގެއިތުރުން ހެދުމުގެ އަތު ކުރިއަށް ހިމަ ރަބަރެއްވެސް ލައްވާފައިވެއެވެ. އެހެދުން ހެދުން އަޅުވާ ހަރުގަނޑުގައި އަޅުވާލުމަށްފަހު އޭނަގެ ދަނބު ކުލައިގެ ތުވާލި ހިފައިގެން މިންހާ ފާޚާނާއަށް ވަނެވެ. ފެންވަރާލައިގެން ނިކުމެ މިންހާ އަވަހަށް ތައްޔާރުވާން ފެށިއެވެ. މިންހާ އޭނަ ނެގި ހެދުން ލައި ކަނޑު ނޫ ކުލައިގެ ޝޯލްއެއް ރީތިގޮތަކަށް އޮޅާލުމަށްފަހު މޫނުގައި ލުއި މޭކަޕެެއް ކޮށްލިއެވެ. ތައްޔާރުވެ ނިމުމުން ސޯފާ މަތީގައި އޮތް ކަޅު ކުލައިގެ ވާގަނޑު ދިގު ދަބަސް އޭނަގެ ވައަތު ކޮނޑުގައި އަޅުވާލުމަށްފަހު އަނެއް އަތުން އޭނަގެ ފޯނު ހިފައިގެން ކޮޓަރިން ނިކުތެވެ. ހޮސްޕިޓަލް ހުންނަނީ ގެއާއި ފުދޭވަރަކަށް ދުރުގަކަމުން މިންހާ ކޮޓަރިން ނިކުމެ އޭނަގެ ބައްޕައަށް ގުޅާލީ ކާރުގައި އޭނާ ހޮސްޕިޓަލަށް ލާން ދެވޭތޯ އަހާލުމަށެވެ. އަޝްރަފް މިދަނީއޭ ބުނުމާއެކު މިންހާ ތިރިއަށް ފޭބިއެވެ. ކުޑައިރުކޮޅަކު އޭނަގެ މަންމައާ ވާހަކަ ދައްކާލަން ސިޓިންރޫމުގައި އިނުމަށްފަހު ބައްޕަ އައުމުން މިންހާ ހޮސްޕިޓަލަށް ދިއުމަށް އަވަސްވެގަތެވެ. ކާރު ގޮސް ހޮސްޕިޓަލުގެ ދޮރު މައްޗަށް ހުއްޓުމާއެކު ބައްޕައަށް ހިިތުންވުމެެއް ރައްދުކުރުމަށްފަހު ކާރުން ފޭބިއެވެ. އަޝްރަފްވެސް އޯލް ދަ ބެސްޓް އޭ ބުނެލުމަށްފަހު ކާރު ދުއްވާލިއެވެ. މިންހާ ކުޑަ ވަގުތުކޮޅަކަށް އޭނަގެ ކުރިމަތީގައި ހުރި ފަސްބުރީގެ އިމާރާތަށް ބަލަހައްޓާއިގެން ހުއްޓެވެ. ކޮންމެވެސް ވަރަކަށް ހިތް ނުތަނަވަސްވެފައިވުމުން މިންހާ ފުން ނޭވައެއް ދޫކޮށްލިއެވެ. އެއަށްފަހު ހޮސްޕިޓަލުގެ އެތެރެއަށް ވަނުމަށް ހިނގައިގަތެވެ.
” ކުޑަކުދިންގެ ޚާއްސަ ޑރ. އައިޝަތު މިންހާ އަޝްރަފްތޯ… ” ހޮސްޕިޓަލަށް ވަދެ ރިސެޕްޝަނިސްޓްގެ ގާތަށް ޖެހިލުމާއެކު އެއަންހެން ކުއްޖާ ބުނެލިއެވެ. މިންހާ ވަގުތުން ހިނިތުންވެލަމުން ބޯ ޖަހާލިއެވެ. އެއާއެކު އެއަންހެން ކުއްޖާ އޭނައާއެކު އައުމަށް އެދުނެވެ. މިންހާ މަޑުމަޑުން އެއަންކުއްޖާގެ ފަހަތުން ހިނގާފައި ދިޔައެވެ. އެއަންހެން ކުއްޖާ ގޮސް ހުއްޓުނީ މީޓިން ރޫމުގެ ދޮރުމަތީގައެވެ. ދޮރު ކުޑަކޮށް ހުޅުވާލުމަށްފަހު އެތެރެއަށް ވަނުމުގެ ހުއްދައަށް އެއަންހެން ކުއްޖާ އެދުނެވެ. އެއާއެކު އެއަންހެން ކުއްޖާ ލޮލުގެ އިޝާރާތުން މިންހާއަށް ވަނުމަަށް އިޝާރާތްކުރިއެވެ. މިންހާ އެތެރެއަށް ވަންއިރު މީޓިން ހޯލުގައި ބައިވަރު މީހުން ތިއްބެވެ. އެންމެންވެސް ތިބީ އޭނައަށް ބަލަހައްޓާއިގެން ހިނިތުންވުމެއް ވެރިކުރުވައިގެންނެވެ. މިންހާވެސް ހަމަޖެހެން މަސައްކަތްކުރަމުން ހިނިތުންވެލިއެވެ. އޭނައަށް އިށީނުމަށް އިޝާރާތްކުރުމާއެކު ގޮނޑީގައި އިށީނެވެ. އެއާއެކު ފެށިގެން ދިޔައީ މީޓިންއެކެވެ. މީޓިންގައި އެންމެނަށް މިންހާ ތަޢާރަފްކޮށްދީ އެމީހުންވެސް ތަޢާރަފްވެލިއެވެ. މާދިގު މީޓިންއަކަށް ނުވި ނަމަވެސް ވަރަށް ބޭނުންތެރި ވާހަކަތަކެއް މީޓިންގައި ދެކެވިގެން ދިޔައެވެ. އެގޮތުން ހޮސްޕިޓަލުގެ ހުރިހާ ޑިޕާޓްމެންޓަކަށް ވަރަށް އަވަހަށް ޑޮކްޓަރުން ހަމަވާނެކަމުގެ އުފާވެރި ޚަބަރު ލިބިގެން ދިޔައެވެ. އެހެންކަމުން އަދި އިތުރު ތިން ޑޮކްޓަރެއް ހޮސްޕިޓަލާ ގުޅޭނެ ވާހަކަ ފާހަގަކުރެއްވިއެވެ. މީޓިން ނިންމާލުމަށްފަހުވެސް މިންހާއާ ވަކިން ހޮސްޕިޓަލުގެ ބޯޑު މެމްބަރުން ބައްދަލުކުރެއްވިއެވެ. އެންމެންވެސް އޭނައަށް ހޫނު މަރުހަބާއެއް ކިޔެވެ. އެގޮތުން ހޮސްޕިޓަލުގެ ކަންތައްތައް ހުންނަ ގޮތާއި ގަވާއިދުތައް ކިޔައިދީ އެހީތެރިކަމަކަށް ބޭނުންވެެއްޖެނަމަ ފަސްނުޖެހި ކޮންމެ މީހެއްގެ ގާތުވެސް ބުނުމަށް އެދުނެވެ.
ބޯޑް މެންބަރުންނާއެކު މީޓިން ނިންމާލުމަށްފަހު މިއަދު އޭނަ އާއި ހަވާލުވެހުރި ޑޮކްޓަރ ޝައިނާއާއެކު މިންހާާ އޭނަގެ ކެބިންއަށް ދިޔައެވެ. މާގިނައިރެއްނުވަނީސް ދެރަހުމަތްތެރިން ފަދައިން ދެމީހުން އެކަކު އަނެކަކާ ވާހަކަ ދައްކަން ފެށިއެވެ. މިންހާގެ ކެބިން އިންނަނީ ތިންވަނަ ފްލޯގައި ކަމުން ދެމީހުން ގޮސް ލިފްޓަށް އެރިއެވެ. ލިފްޓް ހުއްޓުމާއެކު ދެމީހުން ފައިބައި ކެބިންއަށް މިސްރާބުޖެހިއެވެ. ކެބިން ބަލާބެލުމަށް ވަރަށް ވެސް ހިތްގައިމެވެ. ފާރުތަކުގައި ހުދު ކުލަ ލާފައިހުރިއިރު އެއްފަރާތުގައި ފައިލުތައް ބަހައްޓަން ބިއްލޫރި ޖަހާފައިވި ކަބަޑެއް ހުއްޓެވެ. އޭގެ އިތުރުން ގަދަ ޗޮކްލެޓް ކުލައިގެ މޭޒަކާއި ގޮނޑިއެއްގެ އިތުރުން އެއްފަރާތުގައި ހަމައެކުލައިގެ ސޯފާއެއްވެސް ހުއްޓެވެ. މޭޒު މަތީގައި ތަރުތީބުކަމާއެކު ބޭނުންވާނޭ އެކި އެއްޗެހި ބެހެއްޓިފައިވެއެވެ. ކެބިން ބަލައިލުމަށްފަހު ދެން މިންހާ ދިޔައީ ހޮސްޕިޓަލްތެރެ ބަލައިލުމަށެވެ. ހޮސްޕިޓަލްތެރެ ބަލައިލަން އުޅެނިކޮށް ބްރޭކް ގަޑި ޖެހުމާއެކު ޝައިނާގެ އެދުމުގެ މަތިން މިންހާ ކެންޓީނަށް އޭނައާއެކު ދިޔައެވެ. މިންހާ އޭނަގެ މަންމައަށް ގުޅާލާ މިއަދު ސައިބޯނީ ކެންޓީނުން ކަމުގައި ބުނެލިއެވެ. އެހެންނޫންނަމަ މަންމަ އޭނަގެ އިންތިޒާރުގައި ހުންނާނޭކަން މިންހާއަށް ޔަގީންވެއެވެ. ކެންޓީނުންގެ ތެރެއިން އެކަކު އަނެކަކާ ވާހަކަދެކެވުމުން މިންހާގެ ހިތުން މުޅިންހެން ނުތަނަވަސްކަން ފިލައިގެން ދިޔައެވެ. ބްރޭކް ގަޑި ނިންމާލުމަށްފަހު ޝައިނާއާއެކު މިންހާ ދިޔައީ ކުޑަކުދިންގެ ވޯޑަށެވެ. ފެންނަ ކޮންމެ މީހަކަށްވެސް އަދި ކުޑަކުއްޖަކަށްވެސް މިންހާ ހިނިތުންވެލައެވެ. މިއަދުގެ ޑިއުޓީ ނިމިގެން ދިޔައީ އެފަދަ ގޮތަކަށެވެ. ފުރަތަމަ ދުވަސްކަމުން ބަލި މީހުން ބަލާކަށް ނުޖެހުނެވެ. ޑިއުޓީގެ ވަގުތުތައް މިއަދު ހޭދަވެގެން ދިޔައީ ހޮސްޕިޓަލުތެރެ ބެލުމާއި އެތަނުގެ ގަވާއިދުތަކާއި އުސޫލުތަކުގެ އިތުރުން ހޮސްޕިޓަލުގެ އެކި ސްޓާފުންނާއި ބައްދަލުކުރުމުގައެވެ. ހަތަރެއް ޖެހުމުން ޑިއުޓީ ނިމުމާއެކު މިންހާ ޓެކްސީއެއްގައި ގެއަށް ދިއުމަށް މިސްރާބުޖެހިއެވެ.
ގެއަށް ގޮސް މިންހާ އެންމެ ފުރަތަމަވެސް ބޭނުންވީ ތާޒާވެލާށެވެ. ތާޒާވެލައިގެން ނިކުމެ ތައްޔާރުވެގެން އަޝްރާއަށް ގުޅާލީ ބޭރަށް ނިކުމެލާހިތްވެފައި ވުމުންނެވެ. ” ހަލޯ… އަޝޫ… ހިނގާާބަލަ ހިނގާލަންދާން… ” އަޝްރާ ފޯނު ނެގުމާއެކު މިންހާ ވާހަކަ ދެއްކިއެވެ. ” ސޮރީ މިންނު… މިއަދަކު ނެތް ދެވޭކަށް… ވަރަށް ޓަޔަޑް… ރެސްޓްކޮށްލަން ކަމަށް މިއޮތީ… މާދަމާާ ދާނީ ދޯ… ” އަޝްރާާ މަޑުމައިތިރިކަމާއެކު ބުނެލިއެވެ. ” އިޓްސް އޯކޭ… ހޫމް… މާދަމާާ ދަނީ… މިއަދު ޓޭކް ރެސްޓް… ” މިންހާ މިހެން ބުނެ ފޯނު ބޭއްވިއެވެ. ކޮޓަރިން ނިކުންނަން ދަނިކޮށް ދޮރުގައި މީހަކު ޓަކި ދިންއަޑު އިވިގެން ދިޔައެވެ. މިންހާ އަވަސް ހިނގުމެއްގައި ގޮސް ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. ” ހޭއި… މައި ލިޓުލް ސިސް… ކިހިނެއްތަ މިންނު… ” އެވަގުތު ދޮރު މަތީގައި ހުރި ނާއިލް ހިނިތުންވުމަކާއެކު ބުނެލިއެވެ. ” ތުއްތު… އައި މިސްޑް ޔޫ ސޯ މަޗް… އަޅުގަނޑު ވަރަށް ރަނގަޅު… ތުއްތު ކިހިނެއްތަ… އައިމް ސޮރީ… ތުއްތު ރިސީވްކުރަން ނުދެވުނީމަ… ޑިއުޓީގެ ފުރަތަމަ ދުވަސްވީމަ ނުކެރުނީ މެދުތެރެއިން ދާން… މިރޭ ނަމަވެސް ތުއްތުގާތަށް ގޮސްލަން މިހުރީ… ” ލިބުނު އުފާވެރިކަމުގައި މިންހާ އެއްފަހަރާާ ބުނެލިއެވެ. ”ހޫމް… އެއީ އެވަރުކަމެއް ނޫނެއްނު… ދެން ތިހުރިހާ ވާހަކައެއް ދައްކާނީ ކޮޓަރި ދޮރުމަތީގަ ހުރެތަ… އެތެރެއަށް ވަންނާކަށްވެސް ނުބުނާނަންތަ… ” ނާއިލް އެހެން ބުނެލުމާއެކު މިންހާ އަވަސް އަވަހަށް އެތެރެއަށް ވަނުމަށް އެދުނެވެ. ދެމީހުންވެސް ކޮޓަރި ތެރެއިން ގޮސް ނިކުތީ ބެލްކަންޏަށެވެ. ބެލްކަނީގައި ތިބެ އެކަކު އަނެކަކާ އެތައް ވާހަކައެއް ހިއްސާކުރިއެވެ. އެދެމެދުގައި ބޮޑަށް ދެކެވިގެން ދިޔައީ ވަޒީފާގެ ވާހަކަތަކެވެ. ބެލްކަނީގަައި ތިބެ ދެމީހުންވެސް ތިރިއަށް ފޭބިއެވެ. އޭރު ނާސިހާމެންވެސް އުޅެނީ މިންހާގެ ގޭގައެވެ. އެދުވަހުގެ ހަވީރުގެ ވެގެން ދިޔައީ އާއިލީ ހަވީރެއްގެ ގޮތުގައެވެ. މަންހާ އާއި މާއިން އަދި ނާޝް ތިން މީހުން އެއްތަންވުމުން ވަރަށް ފޯރި ހުއްޓެވެ. ކޮންމެ މީހެެއްގެ މޫނު މަތިންވެސް ފެނިގެންދަނީ ހިތްހަމަޖެހުމާއި އުފާވެރިކަމެވެ.
މުޅިން އައު ދުވަހަކަށް އިރު އަރައިފިއެވެ. ފެށުނު އައު ދުވަހަކާއެކު އެތައް ބައެއްގެ ދިރިއުޅުމަށް ބަދަލުތަކެއް ގެނުވާނެކަން ގައިމެވެ. އެއީ ދުނިޔޭގެ އާދައެވެ. މިންހާ ޑިއުޓީއަށް ދާން ތައްޔާރުވެގެން ތިރިއަށް ފޭބިއެވެ. ބައްޕައަށް ގުޅަން އުޅެފައިވެސް މިއަދު ޓެކްސީއެއްގައި ދާނީއޭ ހިތާ ޓެކްސީއެއް ހޯދައިގެން މިންހާ ހޮސްޕިޓަލަށް ދިއުމަށްޓަކައި ދަތުރު ފެށިއެވެ. ހޮސްޕިޓަލުގެ ދޮރުމައްޗަށް ޓެކްސީ ހުއްޓުމާއެކު ޑްރައިވަރަށް ފައިސާ ދެއްކުމަށްފަހު ހޮސްޕިޓަލަށް ވަންނަން އުޅުނު މިންހާގެ ފިޔަވަޅުތައް ހުއްޓުނީ ފެނުނު މަންޒަރަކުންނެވެ. އެވަގުތު ސައިކަލުގައި އައިސް މަޑުކޮށްލި އަލޫފްގެ ނަޒަރުވެސް އޭނައަށް ބަލަހައްޓާއިގެންހުރި މިންހާއަށް ހުއްޓުނެވެ. ކަޅި ޖަހާނުލާ ދެމީހުނަށްވެސް އެކަކު އަނެކަކަށް ބަލަން ހުރެވުނެވެ. ސިކުންތުކޮޅަކަށްފަހު މިންހާގެ ނަޒަރު ދަތުރުކޮށްލީ އަލޫފްގެ ސައިކަލު ފަހަތުގައި އިން ޝަމްހާއަށެވެ. ޝަމްހާ އިނީ އަލޫފް އާއި ޖެހިފިތިގެންނެވެ. އޭނަ އިނީ އަލޫފްގެ ކޮނޑުގައި ހިފަހައްޓާލައިގެންނެވެ. އޭގެ ދެވަނަ ސިކުންތުގައި އަނެއްކާވެސް މިންހާއަށް އަލޫފްއަށް ބަލައިލެވުނެވެ. އެއާއެކު ދެމީހުންގެ ހަތަރު ކަޅި ބައްދަލުވެގެން ދިޔައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
45 Comments!
Comments are closed.








Salaam dear readers ???❤️❤️❤️… Here is the next part ???… Hope all will like this part too… Next part In Sha Allah Monday night ga ???… Keep waiting ???… Thankyou soooooo much all n love you all my readers ❤️❤️❤️?????????…
Finaly came dhw… Best writer.. Ifoo.. ❤❤❤❤❤????
Saajy ❤️❤️❤️… Yahh… Finally it’s here ???… Thankyou soooooo much ❤️❤️❤️?????????… V v v ufaavehje best writer ah v ma ???… Heheh… Much loves from me ❤️❤️❤️?????????….
Me first dhw???..kiyaalaafa comment eh kohlaanan ingey ifoo???❤❤❤..
Jiji ❤️❤️❤️… This time ur second ???…
Assu saajy ge comment eh nethey jiji comment kohli iru???..ehenve neyguny ifoo rangadaa???..ok second viyas❤❤❤..dhw?
Haadha lahey mihaaru up vaaleh
Kokko ❤️❤️❤️… Week aku 3 parts ragalhu henn heevany ifoo ah ???… Job ga v bxy koh ulheythy daily koh up nukureveyne… Job ga ulhemun plus family ashaa friends ah time dhemun mihaa varu vany… ???… Hope you will understand ???…
Eiy kiyaa hithun ulheveythy vaa gotheh kanneyge dho ??
Hhehe…. Maybe ???…
Ohh still aloof and shamha ?? hate both of them. Mifaharu neyge minnu ah hadhaane gotheh vx. Probably they are the new doctors too.
Plss minnu and aaan avahah gulhuvabhhh or just make aloof and shamha suffer soon
Story is so beautiful my dear. It’s one of the favs now ❤️❤️❤️ Plss hama mihaaa reethi koh next part kiyaalaaa hithun mihiry
Love you ???❤️??
Scarlet ❤️❤️❤️… Thankyou soooooo much dear ❤️❤️❤️?????????… V v v ufaavehje ???… Yahh… Still aloof and Shamhaa ???… Let’s see what happens ???…
Its here again..❤❤????…Hwx you dear ifoo…??? ❤❤??❤❤… Hope you will be fine…❤❤????…Wow just wow…❤❤????…Mi story haadha reechey alhe…❤❤????…Thnx dear for the lovely story…❤❤????..This part also just awesome dear…❤❤????…Manzaru vrh reethi koh sifa vey vaahaka kiyamun dhaa iru….❤❤????…Alhe anekkaa minnu ah dhera gotheh nahadhahchey ingey…❤❤????…Please keep her happy always…❤❤????.Kobaa aan mihaaru…??? ❤❤?? ??…Dhen avahah minnu and aan gulhuvaba ifoo…❤❤???..I think its a parfect couple..❤❤???? …Hope it will happened soon..❤❤????…God bless you dear…❤❤????…Keep it up dear…….❤❤????…Wish you all the best dear…❤❤????…Worth waiting for it…❤❤????…Will give my full support dear…❤❤????..Waiting for next part dear…❤❤????…Miss you…❤❤????Much loves dear ifoo..❤❤????…Once again thanx for the lovely story…❤❤????
THE BEST STORY
THE BEST WRITTER
❤❤❤❤????
Thankyou soooooo much @Ikleel ❤️❤️❤️?????????… It means a lot for me ???… V v v ufaavehje ???… Let’s see what happens ???… Aaan menn ge habareh vx vaane adhi ???… Keep waiting ???… Much loves ❤️❤️❤️?????????…
Wow ifoo Wow????????????..haadha reehchey mi part as usual???..sifakurunthah hama best ingey???????????..It’s sooooooo beautiful dear??????????❤???????…ifoo plx aan n minnu gulhuvaba.. hadhaan koh minnu, aloof aa nugulhuvahchey??????❤❤??..sis kury prt ge comment thakah reply kohlahchey free vyma..mihaaru ok tha?????????????..if u r not get well soon dhoonii????????..Ly sis ??????????…Gud nyt?????
Jiji ❤️❤️❤️… Thankyou soooooo much for the colourful Comment ❤️❤️❤️?????????… V v v ufaavehje ifoo ???… Let’s see what happens dhw ???… Comment thakah reply kohlaafa innaanee mihaaru ???… N Alhamdhulillah I’m totally fine now ???… Much more loves from me ❤️❤️❤️?????????…
Salaam sis.. it’s been been a really long time dhw alhugada ifoo ge story ah comment nukureveythaa but I read regularly.. this story v nice.. v curious..
Keep up the good work
Lotus ❤️❤️❤️… Salaam dear ???… Yahh… Haadha dhuvaheh fahunney commenteh mi fenuny dhw ???… V v v ufaavehje ingey ❤️❤️❤️???… Thankyou soooooo much ❤️❤️❤️?????????… V v v ufaavehje regular koh story kiyamun dhaathy ❤️❤️❤️???… Hope to see ur comment more often ???… Much loves ❤️❤️❤️?????????…
Wow.. Masha Allah.. Keep it up.. May Allah bless you.. It stories are so beautiful and it touches to heart its that much nice.. ?❤️
Nashwa ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… It means a lot for me ???… Much loves ❤️❤️❤️?????????…
just love the story hama varah curious dhn oih part ah
ifoo hama molhey maasha allah
may allah bless you with a good health and hava bright future a head
miss yuh
have*
Unique ❤️❤️❤️… Thankyou soooooo much dear ❤️❤️❤️?????????… V v v ufaavehje ???.. Miss you too dear n much more loves from me ❤️❤️❤️?????????…
Masha allah….vvvv reethi mipart ves??? i love this story…???….ekam mi story mi baiga rangalhu kollan jrhey thankolheh bunan that minni he jai mata body know genes dhinumuge badhalugai ashra n nail adhi ya an be bari ves genesdhunun..eii jury dhuvahuge part ha ves othy his minni ge bai…kirin pi got hah majaa bash laaba specially nail and ashra be part…next ep ah var ah inthizaarukuran..??? minnu and ya an gulhuvaany in gey..mi stry vv reethi..luv u sis
Your big fan maai??
Maai ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… It means a lot for me ???… Adhi annaane ashraa n naail ge bai thahvx ingey ???… Keep waiting ???… V v v ufaavehje ifoo ge big fan akah v ma ???… Much more loves from me ❤️❤️❤️?????????…
Konme dhuvaheh ga part ah comment nukuriyas. Gavaaidhun hurihaa part eh ves kiyan. Ifoo plz aan ge news eh dhybala.
Choppi ❤️❤️❤️… Thankyou soooooo much ??????❤️❤️❤️???… Adhi libeyne aan ge habareh vx ???… Keep waiting ???…
މި ވާހަކަ މި ނަމްބަރ 1 ގެ ވާހަކަ އެއް….??????????
ⓘ ⓐⓟⓟⓡⓔⓒⓘⓐⓣⓔⓓ ⓨⓞⓤⓡ ⓗⓡⓓ
ⓗⓐⓡⓓ ⓦⓞⓡⓚ…ⓥⓥⓥ ⓑⓞⓓ ⓐⓗ ⓣⓗⓐⓝⓚⓢ
??????????
Someone ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… It means a lot for me ???… Much more loves ❤️❤️❤️?????????…
Kobaa the aan. Ifoo aan ge news eh dheyn v nun tha. Comment nukuriyas I used to read all the parts of this story. Plz ifoo next part ga aan ge news eh dhybala..
Choppi ❤️❤️❤️… Aan ge news eh v avahah libeyne ???… Keep waiting ❤️❤️❤️?????????…
Saabahey dhariya???
Thy hama fakka vaahaka liuntheriyeh..???
Thi gothuga kuriah dhachey…vaahaka medhu nukandalaathi. Mi site ge baeh liuntherin vaahaka ge eh bai liyefa dhen habareh nuvey viyyaa… Ma bunelan othy manje ge hurihaa vaahaka eh ves hama varah baraabarey…ma mee manje ah full kn support kura meeheh..keep it dear..lots of love from me???
Awwwwnn ❤️❤️❤️???… Thankyou soooooo much cutie ❤️❤️❤️?????????… V v v ufaavehje ???… It means a lot for me ???.. In Sha Allah story hama nimemdhen medhukadaalumeh nethi genesdheynan ???… Much more loves from me n hope to see ur comment more often ❤️❤️❤️?????????…
Wow ??? Ifoo Haadha reehchey mi partvx n v v v furihama ????????… I can image each n every scene in it ????????… Thankx ingey dear balikoh ulhemunvx up kohladhinyma kurukohviyas bt next part dhigukohladheachey dear ❤❤❤❤????… curiously waiting for the next ????????… much n more loves ????????????❤❤❤
Naju ❤️❤️❤️… Thankyou soooooo much for the colourful Comment ❤️❤️❤️?????????… V v v ufaavehje anehkaavx ???… In Sha Allah miahvure dhigukoh genesdheynan ???… Much more loves from me ❤️❤️❤️?????????…
owwwww…… perfectly flawless ifoo!!! keep up the good work…. so nice Ma Sha Allah…..just love the way u play with the readers mind, in ur stories…. love you!!!!
Muslim ❤️❤️❤️… Thankyou soooooo much ?????????❤️❤️❤️… It means a lot for me ???… Much more loves from me ❤️❤️❤️?????????…
IFOO Mih part ves v v v reethii.??? I luv this story. ?❤️Can’t wait to read next part ❣️❣️.
Haxoo ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… I’m so glad that you loved it ❤️❤️❤️???… Much more loves from me ❤️❤️❤️?????????…
Mi nimeny tha vhk haadha dhera ey ……kithah part dhn iny
Evly ❤️❤️❤️… Adhi noolhey nimeykah ???…
Pis pis adhives aloof and shamha ekkoh tha ?? hate them.. Alhe dont tell me they are the new doctors ey ?? minnu has to go tolerate them again !! ??? But overall koh story is amaaaazing ingey ?? varah varah reethi.. Ifoo ah hama saaabass ???? livy ah varah kamudhey hama abadhuves bunaa ehcheh mee hurihaa manzaru thakakaa hedhun alhaa gothaa expressions sifa kohdhyfa hunna goi varah reethi.. Hama like lolah fenna hen heevany.. Picture kurevey and means eythi deliver kohdhyfi ey ifoo perfect koh hama ????????? Loving every single part since the very first ????????? And story ge kommes hisaabakun thankolheh kurin in dhw yoon and ailee ge vaahaka ves genessa.. Just remembered hehe ? adhives e story ves hithun filaigen nudhey.. You are very talented and I hope you become very successful ????❣❣ Kiyaalaa hithun keh madhu vefa mihury ?? I just wanna read your stories over and over again ??????? Lots of love ifoo darling ?????????????????♥♥ Keep shining ✨✨✨✨✨???????????????
Awwwwnn ❤️❤️❤️???… Thankyou soooooo much livy ❤️❤️❤️?????????… Ufalun gos bunaane ehcheh vx neynge ???… It means a lot for me ???… Aslu vx v v v ufaavehje ???… Aloof n Shamhaa still together ???… Let’s see what happens ???… Once again thankyou soooooo much n much more loves from me dear ❤️❤️❤️?????????… Ur one of the best reader ❤️❤️❤️?????????…
I am last dhwwww this time… Sorry sis for late comment cuz Iam kind sick.. Anyway this part is soooooooooooo nice… I love u sis and God bless you.. Keep it up… ? ???????
Nivvu ❤️❤️❤️… It’s ok lasviyas ???… Comment kohleema hama v v v ufaavehje ???… Thankyou soooooo much dear n ge well soon ❤️❤️❤️?????????…