“ރިހާނާ މަޑުކުރޭ… ހައިޒަލް ހުންނަ ތަނެއްގައި ރިހާނާއަށް ނުހުރެވޭނެ ސަބަބެއް ނޯންނާނެ…” އަލްހާން ހިތްހަމަނުޖެހިފައި ބުނެލުމާއިއެކު ރިހާނާގެ ރުޅިވެރި ނަޒަރު އަލްހާންއާއި އަމާޒުވިއެވެ. އެ ނަޒަރުން އެކަނިވެސް އެ ސަބަބު އަލްހާންއަށްވުރެ ރަނގަޅަށް އިނގޭނެ ފަރާތެއްނުވާނޭކަން ރިހާނާ ހަނދާންކޮށްދިން ފަަދައެވެ.
ހައިޒަލް އެއްފަރާތެއްގައި އެ މަންޒަރުތަކަށް ނަޒަރު ހުއްޓާލައިގެން ހުރިއިރު އެ މޫނުމަތިން ތަފާތު އަސަރެއް ނުފެނުނެވެ. އެއީ ކޮންމެ ދުވަހަކު ފެނި ހައިޒަލްއަށް އާދަވެފައިވީ މަންޒަރުތަކެކެވެ. ތުއްތުއިރުއްސުރެ ރިހާނާ ހައިޒަލް ދުރުކޮށްގެން ގެންގުޅުނުއިރު ރިހާނާ ހުންނަ ތަންތަނަށް ހައިޒަލް އައުމުން ރިހާނާ ނުރުހޭކަން ކިތަންމެ ފަހަރަކު ކިތަންމެ ގޮތަކަށް އަންގައިދިނެވެ. ޒުވާންވެގެން އައިރު ހައިޒަލް އެކަމަށް ހޭނިގެން އައިނަމަވެސް އަދިވެސް އެފަދަ ކޮންމެ ވަގުތަކު ހައިޒަލްގެ ހިތަށް ނޭނގޭފަދަ ވޭނެއް ލިބެއެވެ. މަންމަގެ ގާތްކަމަށް އެދޭވޭއިރު އެފަދަ ކޮންމެ ވަގުތަކު އެ ޒުވާން ހިތް މާޔޫސްވެގެންދެއެވެ.
“ބައްޕަ ކުރިއަށްގެންދަވާ… އަޅުގަނޑު ނުކާނަން… ބޭރުން ކައިގެން މިއައީ…” ރިހާނާގެ އަމަލުތަކުން ހިތަށް ލިބުނު މާޔޫސްކަމުން އިތުރަަށް މަޑުކޮށްލުމެއްނެތި ހައިޒަލް ކާކޮޓަރިން ނިކުތެވެ. “ރިހާނާ ކައިރީ ކިތަށްފަހަރު ބުނަންވީ ހައިޒަލްއާއިމެދު ތިގޮތަށް ކަންތައް ނުކުރާށޭ… އެއީވެސް އަހަރެމެންގެ ދަރިއެއް ނޫންތަ…” ހައިޒަލް ސިޑިން އަރައިގެންދިޔައިރު ކާކޮޓަރިތެރެއިން ނުރުހިފައި އަލްހާން ވާހަކަދެއްކިއަޑު އިވުނެވެ. ހައިޒަލް އެ ވާހަކަތަށް އަޑުއެހުމެއްނެތި ސިޑިން އަރައިގެންގޮސް ކޯރިޑޯގެ އެއްފަރާތުގައިވާ ބެލްކަނިކޮޅަށް ނިކުމެލިއެވެ.
ބެލްކަނީގެ ރެއިލިންގައި ލެގިލައިގެން ހުރިއިރު ފާއިތުވެގެންދިޔަ ދުވަސްތަކާއިމެދު ހައިޒަލްއަށް ވިސްނުނެވެ. ފެށުނީއްސުރެ ހައިޒަލްއަށް ލޯތްބާއި ގާތްކަމެއް ލިބުނީ ހަމައެކަނި ދޮންތަ ޝާދީންގެ ފަރާތުންނެވެ. ކުޑަކޮއްކޮދެކެ ޝާދީން އޭރުއްސުރެވެސް ވަނީ އަމަށަކު ލޯތްބެއް ނޫނެވެ. މަންމަގެ ލޯބި ހައިޒަލްއަށް ނުލިބުނުއިރު ޝާދީން އެހާ ކުޑައިރުވެސް މަޔެއްގެ ޒިންމާ ނެގިއެވެ. ހައިޒަލް ރޯންފެށުމުން އުރާލައިގެން ދެކޮޅަށް ހިނގާ ހަދައިގެންނާއި ވާހަކަތަށް ކިޔައިދީގެން މަސަލަސްކުރެއެވެ. ބޮޑުވަމުން އައިރުވެސް އެދެބެންގެ މެދުގައި އޮތީ ވަރަށް ބަދަހި ގުޅުމެކެވެ. އެހާ ގާތްކޮށް އުޅެފައި ޝާދީން ދިޔުމުން ހައިޒަލްގެ ދިރިއުޅުމަށް އައި ހުސްކަން މިއަދާއި ހަމަޔަށް ދެމިއޮތީ އެގޮތަށެވެ. އެ ހުސްކަން ފުރާލަދޭނެވޭނެވަރުގެ ފަރާތެއް މިހާތަނަށްވެސް އެ ދިރިއުޅުމަށް އައިސްފައެއް ނުވެއެވެ.
*******************
އުޑުމަތީގައި ފިޔަޖަހަމުން އައި އަލިމަސްކަށިތައް ފަދަ ތަރިތައް އަނދުންކުލައިގެ ވިިލާތަކުން ފޮރުވާލިގޮތަށް އުޑުމަތީގައި އަޅިކުލައިގެ ސާލެއް އޮޅާލިފަދައެވެ. ފަރުބަދަ ފަޅިވަރުގެ ވިލާތައް އުޑުމައްޗަށް ޖަމާވަމުންދިޔައިރު ވައިވެސް ކުރިއަށް ވުރެ ބާރުވާންފެށިއެވެ. ބާރުވަޔާއިއެކު ދެފަރާތަށް ގަސްތަށް ހޫރެން ފެށީ ކުރިމަތިވަމުން އަންނަ ތޫފާނުގެ އިންޒާރުދޭފަދަގޮތަކަށެވެ.
ޝަލީން ބެލްކަނީގައި ހުރެފައި އުޑުމަތީ އެއްވަމުންދިޔަ ވިލާތަކަށް ނަޒަރުހުއްޓާލިއެވެ. އަނދުންކުލައިގެ ވިލާތަށް ރޭގަނޑުގެ ރާނީ ހަނދު ފޮރުވާލުމުގައި ކާމިޔާބުހޯދިއިރު ވައި ބާރުވަމުންދިޔަގޮތުން ކޮންމެ ވަގުތަކުވެސް ވާރޭ ވެހެން ފަށައިފާނެހެން ހީވެއެވެ.
“ވާރޭ ވެހެން އުޅެހެން ހީވަނީ…” ޝަލީން ވިލާތަށް ބޯވަމުންދިޔަ އުޑުމައްޗަށް ނަޒަރުހުއްޓައިލައިގެން ހުރެ ބެލްކަންޏަށް ނިކުތް މަޔާންއާއި ވާހަކަދެއްކިއެވެ .
“ވަރަށް ބޯކޮށް ވާރޭ ވެހޭނަމަ ކިހާ ރޮމްވާނެ… ދީވާނާވެފައިވާ މޫސުމާއި އަހަރެންގެ ލޯބިވާ ކުއްޖާ މިއަތުތެރޭ….” މަޔާން އެވަގުތު ޝަލީންއަށް ބަލާލިގޮތުން ޝަލީންގެ ހިތްވެސް އުއްކޮޅެއްފަދައިން ވިރިގެންދިޔަހެން ހީވިއެވެ. އެ ރީތި ލޮލުގެ އެންމެ ބަލާލުމަކަށް އެންމެ ރީތި ހިނިތުންވުމަކަށް ޝަލީން ފިދާވެސް ވެދާނެއެވެ. މަޔާން އޭނާގެ ހިތުގައި ރޯކޮށްލި ލޯބީގެ ހުޅުކޮޅު އެހާ ވަރުގަދައެވެ.
ހިނދުކޮޅަކަށް ދެޒުވާނުންގެ ނަޒަރު ސީދާވީއިރު އެ ރީތިލޮލުގައިވީ ބާރަކުން ޝަލީން އިސްޖަހާލަން މަޖުބޫރުވިއެވެ. ބެލްކަނީގައިވީ ފަޑުއަލިން އެ މޫނަށް ފާއްދާލައިފައިވީ ރީތި ކުލަ މަޔާންގެ ހިތުގެ ވިދުން އަވަސްކުރުވިއެވެ. އެ ފަރިކަން ސިހުރެއްފަދައެވެ. މަޔާންގެ ހިތް ގައިދުކޮށްލިގޮތަށް މުޅި ހިތް ޝަލީންގެ މައްޗަށް ލަންބުވާލައިފިއެވެ. މަޔާން ކައިރިއަށް އަޅާލި ފިޔަވަޅާއިއެކު ޝަލީންގެ މޫނުގައި ދެއަތުން ހިފަހައްޓާލިއެވެ. އެ ފިނި ތުންފަތް ޝަލީންގެ ނިއްކުރީގައި ޖައްސާލުމާއިއެކު ޝަލީން ލުއިގޮތަކަށް ހީނގަތްފައި ދުރަށް ޖެހިލިއެވެ. އެއާއިއެކު މަޔާންގެ ތުންފަތްމައްޗަށް ރީތި ހިނިތުންވުމެއް ވެރިވެގެން އައެވެ.
“ހިތާ ކުޅެލާފައި ތިހާ ފަސޭހައިން ދުރަށް ދިޔަކަ ނުދޭނަން… ދުރަށްދާވަރަކަށް އަހަރެން އިތުރަށް ޝަލީ ހާސިލްކުރަން ބޭނުންވާނީ….” މަޔާން ޝަލީންގެ އަތުގައި ހިފައި އޭނައާއި ގާތަށް ދަމައިގަތްގޮތުން ޝަލީން އައިސް ލައްވީ މަޔާންގެ މޭގައެވެ. އެވަގުތު އެ ފަން އިސްތަށިގަނޑު ވިހުރިވެގެން އައިސް މަޔާންގެ މޫނުގައި ބީހިލިއިރު ދުވި ލުއިވަހުން މަޔާންގެ ސިކުނޑި ތާޒާވެގެންދިޔައެވެ.
“ޔާން…” ޝަލީންގެ އަޑުގައިވީ ތަފާތު އަސަރެކެވެ. “އަހަރެންގެ ހައްގަކަށްވާއިރު އަހަރެން ބޭނުންކަމެއް ނުކުރާނެ ގޮތަކީ ނެތްގޮތެއް އިނގޭ…” މަޔާން ލާނެތްގޮތަކަށް ބުނެލަމުން އެއްލޯ މަރާލިއިރު އެ ރީތި ލޮލުގައި ނަށަނަށާ ހުރީ ނުސިޔާނުކަމެވެ.
“ދެން ޔާން…” ޝަލީން މަޔާންގެ މޭގައި ދެއަތުން ތަޅައިގަތެވެ.
“ދުރަށް ގޮސްގެން އަހަރެންގެ ލޯބި އިމްތިހާނު ކުރަން އުޅެންޏާ ނަތީޖާ މާ ރަނގަޅުނުވާނެކަން ޝަލީއަށް އިނގެންވާނެއެއްނު… ދުވަހަކު އަހަރެންގެ އަތުތެރެއިން ދެވިދާނެހެން ހީވޭތަ…” މަޔާން ލާނެތްގޮތަކަށް ހީލަމުން ޝަލީންގެ ނޭފަތުގައި ހިފާ ރަތްކޮށްލިއެވެ.
“ޔާން ލާނެތްވަމުންގޮސް މިހާރު ބޭޑް ބޯއީއަކަށް ދޫނުކުރެއެއްނު… ބޭނުންހާ ގޮތެއް ހެދުމުގެ ހައްގު ޔާންއަށް އެބައޮތޭ… އައިމް އޯލް ޔުއަރސް…” ޝަލީން މަޔާންގެ ކަރުގައި ދެއަތްވަށާލަމުން އެދެމެދުގައިވާ ދުރުމިން އިތުރަށް ކުޑަކޮށްލިއެވެ.
“ޔަގީންތަ؟ ބޭބީ ހުއްދަ ތިދިނީ އިނގޭ…” މަޔާން ވާހަކަދައްކަމުންގޮސް ޝަލީން އަތްދަނޑިމައްޗަށް އުފުއްލާލިއިރު ޝަލީން ތޫލިގޮތަކަށް ހަޅޭލަވައިގަތެވެ.
“ޔާން… ތިރިކޮށްބަލަ… ޕްލީޒް… ވެއްޓިދާނެއޭ…” ޝަލީން ހެމުން ހަޅޭލަވަންފެށިއެވެ.
“އަމިއްލައަށް ޓްރެޕްވެފައި ވާހަކަދައްކާނޭ ކަމެއްނެތް… މިފަހަރު ހަދާނީ އަހަރެން ބޭނުންގޮތެއް…” މަޔާން ޝަލީންގެ މޫނަށް ބަލާލިއިރު އެ ލޮލުން ލާނެތްކަމާއި އެއްވަރަށް ތަފާތު އަސަރެއް ފެނިލިއެވެ. އެ ނަޒަރުން އެކަނިވެސް ޝަލީންގެ ހިތް އަަވަސްކުރުވިއެވެ.
އޭރު ބޯވިލާތަކުން ވެހެންފެށި ވާރޭ މާހައުލުގެ އިސްގީކަން ދެގުނަކުރުވިއެވެ. މަޔާން ޝަލީން އަތްމަތީ ބާއްވައިލައިގެން ވާރޭ ތެރެއަށް ނިކުމެލުމާއިއެކު އެތަކެއްހާސް ވާރޭ ތިކިތަކުން ދެލޯބިވެރިން ތެމިފޯވާކަށް ގިނައިރެއްނުނެގިއެވެ. ޝަލީން ބިންމަތީ ބަހައްޓާލުމުުން މައްޗަށް މޫނު އުފުލައިލައިގެން ހުރިއިރު ތެމިފައިވާ މޫނުގައި ފެންތިކިތަށް ބޮސްދެމުންދިޔަ މަންޒަރު ރީތިކަމުން މަޔާން އެތައް އިރަކު އެ މޫނަށް ބަލަހައްޓައިގެން ހުއްޓެވެ. ޝަލީންގެ ފަރި ކޮންމެ އަދާއަކަށް ހިތް އެވަގުތުކޮޅު ގުރުބާންވަމުންދިޔައިރު ނަޒަރުވަކިކޮށްލާ ހިތެއްވެސްނުވިއެވެ. މަޔާން އެދެމެދުގައިވާ ދުރުމިން ނައްތާލަމުން އިތުރަށް ކައިރީވެލުމަށްފަހު އެ ރީތިމޫނުގައި އިނގިލިތައް ބީއްސާލިއިރު ޝަލީން ލާނެތް ހުނުމާއިއެކު ދުރަށް ދުއްވައިގަތީއެވެ. މަޔާން ޝަލީން އަތުކުރަން ފަހަތުން ދުއްވައިގަތްގޮތަށް ކުޑަ ކުދިން ފަދައިން ދެލޯބިވެރިން އެތަށް އިރަކު ބޯވާރޭތެރޭގައި ދުވެ ސަކަރާތްޖެހިއެވެ. އޭރު ގަސްތަށް ވާރެއާ ނަށަމުންދިޔަ އަޑާއި އެކުވެގެން ފަޒާ ހިސޯރުކޮށްލައިފައިވަނީ ދެ ޒުވާނުންގެ ލުއި ލުއި ހުނުމުގެ އަޑުންނެވެ.
********************************
ބްލޫސް ކޮމްޕެނީގެ އެންމެ މަތީބައި ފަރުމާކޮށްފައިވަނީ ޕެންޓްހައުސްއެއްފަދައިންނެވެ. ވަށައިގެން ބިއްލޫރި ޖަހާލައިފައިވާ އެބައި އޭސީކޮށްލައިފައިވާއިރު ފައި ގަބައިގެންދާހައި މަޑު ރަގްތައް އަތުރާލައިފައިވުމުން ނުހަނު އަރާމެވެ. ބޮޑެތި ސޯފާތަކާއި ބިއްލޫރި މޭޒުތައް ތަނުގެ ރީތިކަމުގެ ބައެއްކަމުގައިވެފައިވެއެވެ. އެއްބައިގައި ކޮފީ މެޝިން ބަހައްޓާ ކޮފީ ބުއިމަށް ހާއްސަކޮށްލައިފައިވެއެވެ. ބިލިއާރޑް އަދި ޗެސް ފަދަ ގޭމްތަށް ކުޅުމަށް ވަކިން ކޯނަރއެއް ހާއްސަކޮށްފައިވެއެވެ. އެބައިގެ ތެރެއިން ފުސްކޮށް ބިއްލޫރި ޖަހާ ވަކިކޮށްލައި ފައިވަނީ ސީއީއޯ ހައިޒަލްގެ ކޮޓަރިކޮޅެވެ. އެބަޔަށް ހައިޒަލްއާއި އޭނަގެ ޕާރސެނަލް މިކްޔާލް ނޫން މީހަކަށް ވަނުމުގެ ހުއްދައެއް ނޯވެއެވެ.
ނައިނާ ބްރޭކްގަނޑީގައި ޕެންޓްހައުސްއަށް ދިޔައިރު އެބައިގައި އުޅެނީ ޝެނާ އެކަންޏެވެ. ޝެނާ މަގްއަށް ކޮފީ އަޅަން ހުރެފައި ނައިނާ ފެނުމުން ހިނިތުންވެލައިފައި ނައިނާއަށް ބައިވެރިވާން ދައުވަތުދިނެވެ.
އާވިއަރައަރާ ހުރި ކޮފީ ތައްޓާއިއެކު ދެ އަންހެންކުދިން ސޯފާގައި ޖައްސާލިއިރު ނައިނާގެ މޫނު ބަނަކަމުން ކަޅު ވިލާގަނޑެއްހެން ހީވެއެވެ. ނިއްކުރިއަށް އަރުވާލެވިފައިވާ ރޫތަކާއި ގޮށްޖެހާލެވިފައިވާ ބުމައިން ހިތްހަމަނުޖެހިފައިވީވަރުވީ ހާމައަށެވެ. ދަތްތަކަށް ބާރުކޮށްލައިގެން އިންގޮތުން ޝެނާވެސް ހިނިއަައެވެ.
“ނައި… ވަޓް ހެޕެންޑް… ހާދަ ޑާރކް މޫޑެއްގައިހެން ހީވޭ…” ޝެނާ ނައިނާގެ މޫނަށް ނަޒަރު ހުއްޓައިލައިގެން އިނދެ ސުވާލުކުރިއެވެ.
“ހައިޒަލް ހެޕެންޑް…” ނައިނާގެ ހައިޒަލްގެ ނަން ކިޔާލިއިރު ދަތްތަކަށް ބާރުކޮށްލިގޮތުން ހައިޒަލްއަކީ ނައިނާ މިދުނިޔެއިން އެންމެ ނަފްރަތް ކުރާ ފަރާތްހެން ހީވިއެވެ.
“ހާދަ ފޫހިވޭ… ކެބިންއިންގައި އިންނައިރުވެސް އޭނާ ފެންނާތީ ރުޅިގަދަވާވަރުވޭ… ހަމަ ޖެއްސުން ކުރަންވެގެން އަހަރެންގެ ކެބިން ބަދަލުކުރީ… އަހަރެން މިއުޅެނީ އޭނާގެ މޫނު ނުފެނިގެންތަ… ހިތަށްއަރާ ދާގޮތަށްގޮސް މޫނު ނޮޅާލަފާނަމޭ…” ނައިނާ މޫނަށް ޖައްސާލިވައްތަރާއިއެކު އިނގިލިތަށް މަޅާލިގޮތުން ޝެނާ ހިނިއައިވަރުން އަނގަމަތީ އަތްއަޅާލަން ޖެހުނެވެ. ނައިނާ ޖައްސައިގެން އިން ވައްތަރުން މިވަގުތު ހައިޒަލް ފެނުނަސް އެ މޫނު ނޮޅާލަން ތައްޔާރަށް އިންހެން ހީވެއެވެ.
“ހެހެ… ނައި ސަރ ދެކެ ރުޅިއަންނަވަރެއްދޯ… އިނގޭތަ… ސަރ ގެ ބައްޕައަކީ މިކޮމްޕެނީގެ އޯނަރ… އެހާ ޔަންގް އޭޖްގައި ސީއީއޯއަކަށްވީމަ ކިހާ ސަޅި… އަދި ސޫޓްގައި ފެންނަލެއް ރީތިކަމުން ހަމަ ފެއިންޓްވާވަރުވޭ… އަހަރެމެން މިހާވަރުވާއިރުވެސް އަހަރެމެން މީހަކާއި ދިމާލަށް ބަލައިވެސް ނުލާނެ… ވުމަނައިޒާކަމަށް ފޭމަސްވިޔަސް އަނެއް ސައިޑްހެން ހިޔެއްނުވޭތަ؟ އަބަދު ޕާރސެނަލް ހިޔަނިހެން ފަހަތުލައިގެން އުޅެގޮތުން އެހެން ހީނުވާވަރެއްނޫން… މިކްޔާލް އިޒް ދަ އޮންލީ ވަން ހީ ޓޯކްސް…” ޝެނާ ސީރިއަސްވެފައި ވާހަކަފެށިއިރު ނިންމާލަމުން ލާނެތްގޮތަކަށް ހީލިއެވެ.
“އިނގޭތަ އޮފީސް އެންމެން ނައިދެކެ ޖޭވާކަން… ތިނޫނީ ސަރ ވާހަކަދައްކާ އަންހެންކުއްޖެއް މުޅި މި ކޮމްޕެނީގައިވެސް ނެތްކަމަށް ވަނީ…” ޝެނާ ބުނެލުމާއިއެކު ނައިނާ ހައިރާންކަމާއިއެކު ޝެނާގެ މޫނަށް ބަލާލިއެވެ. ދެވަނަ ސިކުންތުގައި ނައިނާ ލާނެތްގޮތަކަށް ހީލިއެވެ.
“ރިއަލީ… އޭނަ ފްލާރޓްނުކުރާ އަންހެންކުއްޖަކަށް ނެތޭ ބުނެފިއްޔާ މާރަނގަޅުވާނެ…” ނައިނާގެ ދެއަތްތިލަ ކޮފީ ތަށި ވަށާލަމުން ހުއްޓިލީ ކުޑަދޮރުކައިރީގައެވެ. އެދިމާއިން ފެންނަނީ ބްލޫސް ކޮމްޕެނީގެ އެންޓްރެންސް އިން ފެށިގެން ދެމިފައިވާ ދިގު ލޯވްންްއެވެ. މިވަގުތު ލޯވްންއާއި އެންޓްރެންސް އެހާ ބޮޑަށް ހަލަބޮލިވެފައިވަނީ ބްރޭކްގަނޑިއަށްވުމުންހެން ހީވެއެވެ.
“ފޮނި ފިރިހެނާ… ރީތިވީމަ ތިމާއަށް ތިމާފެނިފައި ހަމަ…. އެރޮގެންޓް ޖާރކް… ހާދަ ފޫހިވެއޭ…” ނައިނާ ބިއްލޫރިގަނޑުގައި އަތްޖައްސާލައިގެން ހުރެ ވާހަކަދެއްކިއިރު ފަހަތުގައި އެ ހުރިހާ ވާހަކަތަކެއް އަޑުއަހަން ހައިޒަލް ހުރި ކަމެއް ނޭނގުނެވެ. އޭރު ޝެނާ އޭނާގެ އަމިއްލަ ސަލާމަތް ހޯދައިގެން އެތަނުން ދެމިގަނެފިއެވެ. ހައިޒަލް އިރުކޮޅެއްވާންދެން ދޮރުފަތަށް ލެގިލައިގެން ހުރެފައި މަޑުމަޑުން ނައިނާއާއި ގާތަށް ފިޔަވަޅުތައް އަޅަން ފެށިއެވެ. އެވަގުތު ނައިނާ ފަސްއެނބުރި ބަލާލިއިރު ހައިޒަލް ފެނިފައި ދެލޯބޮޑުވިއިރު އެދޮންމޫނު ރަތްވެގެން ދިޔައެވެ. ހައިޒަލް ބަލަހައްޓައިގެން ހުރި ލާނެތް ނަޒަރުންވެސް ހުރިހާ ވާހަކައެއް އަޑުއަހައިފިކަން ޔަގީންވިއިރު ނައިނާއަށް މަޑުމަޑުން ތިރީ ތުންފަތުގައި ދަތްއަޅާލެވުނެވެ.
“ވޯވް… އެންމެ ހިނދުކޮޅަކަށްވެސް އަހަރެން މަތިން ހަނދާންނުކޮށް ނުހުރެވޭދޯ… އިންޓްރަސްޓިން… ތިހެން ފޫހިވޭ ކިޔަ ކިޔާފައި އަދި ލޯބިވާނެކަން ޔަގީން…” ހައިޒަލް ނައިނާގެ މޫނަށް ބަލަހައްޓައިގެން ހުރީ ލާނެތްގޮތަކަށެވެ. ސްކްނީގެ އެއްޖީބަށް އަތްޖަހައިލައިގެން ފާރަށް ލެގިލައިގެން މޮޑެލްއެއްހެން ހުރިއިރު މޮޔަކޮށްނުލާނޭ ހިތެއް ނުވާނެއެވެ. އެ ރީތި ދެލޮލާއި ހަތަރުކަޅި ހަމަވިގޮތުން ނައިނާވެސް ފިނިވިއެވެ.
“ނެވަރ…” ނައިނާގެ ކިތަންމެ ފިނިވާގޮތްވިނަމަވެސް ހައިޒަލް ކުރިމަތީ ފިނޑިވާކަށް ބޭނުމެއްނުވިއެވެ. ގަދަކޮށްލައިފައި ވަގުތުން ޖަވާބު ދިންގޮތުން ހައިޒަލްގެ ހިނިތުންވުން އިތުރަށް ފުންވެގެންއައެވެ. “ހޭޓް އިޒް ބިގިނިން އޮފް ލަވްއޭ ބުނަނީ ކޮންމެވެސް ކަމަކުއޭ މޮޔަކުއްޖާ… ތިހެން އަރާރުންވަމުން ގޮސް އަހަންނަށް ފޯލްނުވައްޗޭ…. ތިހާ ރޫޑް ކުއްޖަކު އަހަރެންދެކެ ލޯބިވެއްޖެއްޔާ އަމިއްލަ ޕްރައިޑަށްވެސް ހާރޓްވީނު…” ހައިޒަލް ކުރިއަށް ފިޔަވަޅެއް އަޅާލަމުން ނައިނާގެ ނިއްކުރީގައި ފުށްޓަތްކެއް ޖަހާލިއެވެ. އެ ޖުމްލައާއިއެކު ނައިނާގެ މޫނަށް ވެރިވެގެން އައި ކުލައާއި ބުމަގޮށްޖެހިގެން ދިޔަގޮތުން ހައިޒަލް ހިތަށް ނޭނގޭފަދަ ހިތްހަމަޖެހުމެއް ލިބުނެވެ. އަންހެންކުދިންގެ ގޮތްދޫނުކުރުމާއި ރުޅިވެރިކަން މިހާތަނަށްވެސް ހައިޒަލް ފޫހިކުރުވާ ސިފަތަކަކަށްވީނަމަވެސް ނައިނާގެ އެސިފަތަށް ފެނުުމުން ހިތަށް ހިތްހަމަޖެހުމެއް ލިބޭ ސަބަބެއް ނޭނގެއެވެ. ހައިޒަލްގެ ގޯނާތަކުން އެ މޫނުމަތި ރުޅިން ފިހިގެންދާ ގޮތާއި އެދެލޯވަށްވެގެން ދާގޮތުން ހައިޒަލްގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިކުރުވައެވެ. ނޭނގިހުއްޓާ ނައިނާ ރުޅިއަރުވާލުން ކޮންމެ ދުވަހެއްގެ ބައެއްކަމުގައިވެގެން ގޮސްފިއެވެ. ނައިނާ އަައުމާއިއެކު ކަޅާއި ހުދުން ލިޔެވެމުން އައި އޭނާގެ ދިރިއުޅުމުގައި ތަފާތު ކުލައެެއް ޖެހިގެން ހިނގައްޖެއެވެ.
“މޮޔަވާ މީހާ ކަންނޭނގެ އަބަދު ފަހަތުން އުޅެނީ…” ނައިނާ ފަރުވާކުޑަގޮތަށް ބުނެލިއެވެ. އޭރު ރުޅިއާއި ލަދުވެތިކަން އެކުވެގެން އެ މޫނަށް ފާއްދާލައިފައިވީކުލަ އަޖައިބެއްހާ ރީއްޗެވެ.
“މިއަންހެންވެރިން ދުވަހަކު އެއްބަސްނުވާނެ…. ތިހެން ދުރުން އުޅުނަސް ބޭނުންވާނެކަން އިނގެޔޭ… ހޫ ކޭން އިގްނޯރ މީ…” ހައިޒަލްގެ މޫނުމަތި ފެނިލި ބޮޑާކަމާއިއެކު ނައިނާގެ ރުޅިވެރިކަމަށް ދަރުއަޅާލެވުނު ފަދައެވެ. ރުޅިންގޮސް މޮޔަވިއިރު ނައިނާ ހަނުހުރިއެވެ. ހައިޒަލްއާއި އަރާރުންވުމަކީ ބޭކާރު ކަމެއްކަން ވިސްނިފައި ނައިނާ މޫނު ހަދައިލައިގެން ހުރެ ދުރަށް ހިނގައިގަތެވެ.
އެވަގުތު ހައިޒަލް ނައިނާގެ އަތުގައި ހިފާ އޭނާއާއި ގާތަށް ދަމައިގަތްއިރު ހައިޒަލްގެ ގައިގައި ޖެހިފައި ބެލެންސް ކަޓައިގެން ދެޒުވާނުން އެކީގައި ކަހަލަގޮތަކަށް ވެއްޓުނީ އެއްފަރާތެއްގައި ބަހައްޓާލެވިފައިވާ މަޑު ސޯފާ މައްޗަށެވެ. އެވަގުތު ހައިޒަލްގެ އަތް ނައިނާގެ ހަށިގަނޑު ވަށައިލެވިގެންދިޔައެވެ. ނައިނާގެ ދެލޯމަރާލައިގެން އޮތްއިރު ބާރުވަމުންދިޔަ ހިތުގެ ތެޅުން ހައިޒަލްއަށް އިހުސާސްކުރެވުނެވެ. ހައިޒަލްގެ ނަޒަރު ނައިނާގެ މޫނަށް ހުއްޓުނުއިރު ރަތްވަމުން އައި މޫނު ފެނިފައި ހައިޒަލްގެ ހިތަށްވެސް ގޮތެއްވިއެވެ. އެވަގުތު ނައިނާ ލޯހުޅުވާލުމުން ދެޒުވާނުންގެ ހަތަރުކަޅި ހަމަވެެގެންދިޔައިރު ހައިޒަލްގެ ލޮލުން ތަފާތު އަސަރެއް ފެނިލިއެވެ. އެއާއިއެކު ހައިޒަލްގެ ނަޒަރު ނައިނާގެ ރީތި މޫނަށް ހުއްޓުނެވެ.
ދިގު އެސްފިޔަތަކުގެ ނިވަލުގައި ވިދަމުންދިޔަ މަޑުމުށިކުލައިގެ ލޮލާއި ބަޓްން ނޭފަތް އެ މޫނުގެ ރީތިކަން އިތުރުކުރުވައެވެ. ދޮންމޫނު އޮމާންކަމުން އަތްލިޔަސް ކައްސާލަފާނެހެން ހީވެއެވެ. ފިޔާތޮށިކުލަ ފާއްދާލައިފައިވާ ތުންފަތަށް ހައިޒަލް ނަޒަރު ސީދާވީއިރު އެ ތުންފަތަށް ހިނިތުންވުމެއް ފާއްދާލީ ކުރީގެ ހަނދާނެއް އާވެފައެވެ. އެވަގުތު ނައިނާގެ ނަޒަރު ހައިޒަލްއަށް ހުއްޓުނުއިރު އެ މޫނުމަތިން ފެނިލީ ނުރުހުމުގެ އަސަރުތަކެވެ. ވަގުތުން ނައިނާ ސޯފާއިން ތެދުވެ ހަށިގަނޑު ސީދާކޮށްލަމުން ހައިޒަލްއާއި ދިމާލަށް ރުޅިވެރިގޮތަކަށް ކަޅިއަޅަައިގަތެވެ.
“ވެއަރ އާރޔޫ ލުކިން ސޯ ޕާރވާޓެޓްލީ…” ނައިނާގެ ބުމަގޮށްޖެހިގެންދިޔައިރު އެ ރުޅިވެރި ނަޒަރުން ހައިޒަލް ފިއްސާލަފާނެހެންހީވިއެވެ.
“ޕާރވާޓެޓްލީ… ރިޑިކިއުލަސް….” ހައިޒަލް ގަބޫލުނުކުރެވޭފަދަ ގޮތަކަށް ކިޔާލިއިރު ވަގުތުން މޫނު ހަދާލިއެވެ. ދެވަނަ ސިކުންތުގައި ހައިޒަލް ތުންފަތްމައްޗަށް ވެރިވި ނުލަފާ ހިނިތުންވުމާއިއެކު ނައިނާގެ ކަންފަތްދޮށުގައި ކިޔާލި އެއްޗަކުން ނައިނާ މޫނު ޖަންބެއްހާ ރަތްވެގެން އަންނާކަށް މިނެޓެއްވެސް ނުނެގިއެވެ.
“ވަ..ޓް…” އެ ޖުމްލަތަކުން ލިބުނުގެ ޝޮކްއާއި ލަދުގަތްވަރުން ނައިނާގެ އަޑުވެސް އައީ ކެނޑިކެނޑިގެންނެވެ.
“ވޯޒް އިޓް ޔުއަރ ފަސްޓް ކިސް…” ހައިޒަލް ލާނެތް ގޮތަކަށް ހޭންފެށިއިރު ނައިނާ ރުޅި ކޮންޓްރޯލްނުކުރެވިފައި ހުރެ ކަޅިއަޅައިގަތްގޮތުން ހައިޒަލް ފިއްސާލަފާނެހެން ހީވިއެވެ. އެއާއިއެކު އެ މޫނަށް ފާއްދާލި ރަތްކުލަ އެ މޫނުގެ ރީތިކަން އިތުރުކުރުވިއެވެ.
“ޔޫ…. ހައު ޑެއަރ ޔޫ….” ނައިނާގެ ލަދުވެތިކަން ރުޅިވެރިކަމުގެ ސިފަ އިހުތިޔާރުކުރާކަށް ގިނަވަގުތެއް ނުނެގިއެވެ. ހައިޒަލްގެ ސޫޓްގައި ދެއަތުން ހިފަހައްޓާލުމަށްފަހު ރުޅިވެރިގޮތަކަށް ދުރަށް ކޮއްޕާލަން އުޅުމާއިއެކު ހައިޒަލް އެއަތުގެ ތެރޭ ނައިނާ ހައްޔަރުކޮށްލީއެވެ.
“ޔޫ… ސެލްފޯން… ފަސްޓް ކިސް ފަސްޓްލަވްއަށްވުމުގެ ފުރުސަތު އޮންނަކަން އިނގޭތަ… ޓޫ ބޭޑް ޔޫ ޝެއަރޑް އިޓް ވިތް މީ…. ތިހެން އުޅެއުޅެފައި އަދި ލޯބިވާނެކަން ޔަގީންމިވީ… ޑޯންޓް ޓްރައި ޓޫ ހާރޑް…” ހައިޒަލްގެ މޫނުމަތިން ފެނިލި ނުސިޔާނު ކުލަވަރާއިއެކުވެސް ސީރިޔަސްގޮތަކަށް ބުނެލަމުން ނައިނާގެ ނިއްކުރީގައި އިނގިލިތަކުގެ ކޮޅުން ޖަހާލިއެވެ. އެއާއިއެކު ނައިނާ ދަތްތަކަށް ބާރުކޮށްލައިގެން ހުރެ ކަޅިއަޅައިގަތްގޮތުން ހައިޒަލްގެ ހުނުން ހިފަހައްޓާލަން މަޖުބޫރުވިއެވެ.
ނައިނާ ދަތްތަކަށް ބާރުކޮށްލައިގެން ހުރެ ފުން ނޭވާއެއް ދޫކޮށްލީ ރުޅި ކޮންޓްރޯލްކުރަން ބޭނުންވެފައި ހުރިކަހަލަގޮތަކަށެވެ. އެއާއިއެކު ދަތްކުނޑިވިކައިގެންފައި އަރައިގެން ހުރި ހީލްގެ ކޮޅުން ހައިޒަލްގެ ބޫޓަށް އަރާ ބާރުކޮށްލުމާއިއެކު ތަދުވީވަރުން ހައިޒަލްއަށް އަޑެއް ލައްވާލެވުނެވެ. އެއާއިއެކު ފައިދަމައިގަންނަން އުޅުމާއިއެކު ނައިނާ ހައްތަހާ ބޮޑަށް ބާރުކޮށްލީއެވެ. އޭރު އެ ތުންފަތް މަތީވީ ކާމިޔާބުގެ ހިނިތުންވުމާއިއެކު ނައިނާ ދުރަށްޖެހިލަމުން ހައިޒަލްއަށް ބަލާލީ އިންޒާރުގެ ނަޒަރަކުންނެވެ. އެއާއިއެކު ވައިރޯޅިއެއްހާ ބާރުމިނުގައި ގޮސް ދޮރުން ނިކުތުމުން ހައިޒަލްގެ ތުންފަތްމަތީ ނުސިޔާނު ހިނިތުންވުމެއް ދުވެލިއެވެ.
************************
ސާދަވިލޭރޭގެ ހަނދު މެދު އުޑުގައި ހަނދުރަނިކަން ކުރަމުންދިޔައީ އޭގެ އެންމެ ޝާއްބަކަމާއިއެކުގައެވެ. ދިވެހި މަހުގެ މެދުތެރެވެފައި ހަނދުވަރު އެންމެ ރީތިވާ ދުވަސްކޮޅަށްވުމުން މިރޭ ބިމަށް ވެރިކޮށްލައިފައިވާ ރިހި އަލި އަޖައިބެއްހާ ނަލައެވެ. އެރަންއަލިން ހުދު ފަސްގަނޑަށް ދާންދެން ދިއްލާލައިފައިވާއިރު ގަސްތަކުގެ ފަތްތަކުގެ ދޭތެރެއިން ފުރޭނިގެން ބިމަށް އެޅިފައިވާ ކޮކާ ހަނދުވަރުގެ ރީތިކަމުން މާހައުލުގެ ޖާދުވީކަން އިތުރުކުރުވައެވެ. ރިހިފަތެއްހެން ވިދަމުންދިޔަ މޫދާއި، ކަނޑުން އަންނަމުން ދިޔަ ފިނި ރޯޅިތަކުން ހިތަށް ހަމަޖެހުން ގެނެސްދޭނެއެވެ.
މަޔާންއާއި ޝަލީން މަޑުމަޑު ހުދު ފަސްގަނޑުގައި އިށީދެލައިގެން ތިބިއިރު ކަނޑުން އަންނަމުންދިޔަ ވައިރޯޅިތަށް ހުރަހެއްނެތި ހަށިގަނޑުގައި ބީހެމުންދިޔައެވެ. އެ ހިސާބުގައި އެއްއަޑަކަށް ގުގުމާލައިފައިވަނީ ގޮނޑުދޮށަށް މުގުރަމުން ދިޔަ ރާޅުތަކުގެ އަޑެވެ. އެ ހިތްގައިމު މާހައުލުން ހިތްހަމަޖެހުން ލިބިގަންނަމުން ދެޒުވާނުން އެކަކު އަނެކަކުގެ މޫނަށް ބަލާލިއިރު ހިތްވެސް އަވަސްވެގެންދިޔައެވެ. ލާމެހިފައިވާ ދެއަތުގެ އިނގިލިތަކަށް އިތުރަށް ބާރުވެގެން އައެވެ. މަޑުމަޑުން ޝަލީން މަޔާންގެ އަތުތެރެއަށް ގެނައިއިރު މަޔާންގެ ހަށިގަނޑުގެ ހޫނުކަމުން ޝަލީންގެ ހީފިލާ އަރާމްވިއެވެ. ހިނދުކޮޅަކަށް ދެމިގެންދިޔަ ވަގުތުކޮޅަކަށްފަހު ޝަލީން މަޔާންއާއި ދުރުވެލަމުން ދުވެފައި ގޮސް ހުއްޓިލީ ރާޅުޖަހާފަށުގައެވެ. ގޮނޑުދޮށަށް ބީއްސަމުންދިޔަ ރާޅުތަށް ޝަލީންގެ ދޮންދޮން ފައިގައި ބޮސްދެމުން އަލްވަދާއު ކިޔަމުންދިޔައިރު ލިބުނު ފިނިކަމުން ޝަލީންގެ ލޯމެރިގެންދިޔައެވެ.
ލުއި ވައިރޯޅިތަށް ހުއްޓުމެއްނެތި ޝަލީންގެ އިސްތަށިގަނޑާއި ކުޅެމުންދިޔަ މަންޒަރަށް ބަލަހައްޓައިގެން މަޔާންއަށް އިނދެވުނީ ފޫހިކަމެއްނެތިއެވެ. ހަނދުވަރުގެ ރިހިއަލީގައި ޝަލީން ބިމަށް ތިރިކޮށްލައިފައިވާ ހޫރެއްފަދައެވެ. ދުނިޔޭގެ ހުރިހާ ފަރިކަމެއް މިލްކުކޮށްލައިގެން ހުރި ޕަރީއެކެވެ. އިރުކޮޅެއްވަންދެން ޝަލީން އެހެން ހުރެފައި ފަސްއެނބުރިލިއިރު ބޯއަޅާލެވުނީ މަޔާންގެ މޭގައެވެ. މަޔާންގެ ދެއަތް ޝަލީން ވަށާލެވިގެންދިޔައިރު ޝަލީން އިސްއުފުލާ މަޔާންގެ މޫނަށް ބަލާލިއެވެ. ހަނދުވަރުގެ އަލީގައި ދެލިކޮޅެއްފަދަ ދެލޯ ވިދަމުންދިޔަ ގޮތުންނާއި އެ ލޮލުގެ ތޫނުކަމުން އެހެން ދިމާލެއް ބަލާލާ ހިތެއް ޝަލީން ނުވިއެވެ. ހިތްތަށް ފޫއަޅުވާލާފަދަ ނަޒަރަކުން މަޔާންގެ މޫނަށް ބަލާލިއިރު މަޔާން އެއްއަތުން މޫނުގައި ފިރުމާލިގޮތުން ހިނދުކޮޅަކަށް ޝަލީންގެ ލޯ މެރިގެންދިޔައެވެ. އޭރު ހަނދުވަރުގެ ރިހިއަލި ހުރަަހަކާއިނުލާ ޝަލީންގެ ދޮންމޫނާއި ކުޅެމުންދިޔަގޮތުން އެ މޫނަށް ވެރިވެފައިވާ ކުލަ މަޔާންގެ ހިތް އަވަސްކުރުވިއެވެ.
“އަަހަރެން މުޅިން މޮޔަކޮށްލައިފި އަހަރެންގެ ފުރާނައާ… ކޮންމެ ދުވަހަކު މިހިތުގައިވާ ލޯބި އިތުރުވޭ… ލޯބިވަމުންގޮސް ޝަލީއާއި ނުލާ ނޫޅެވޭވަރުވެއްޖެ… އެހާވެސް ޝަލީ އަހަންނަށް ހަދާލި ސިހުރު ބާރުގަދަ… ހުރިހާ ހުރަސްތަކެއް ނެތި ޝަލީ މުޅިން މިލްކުވާނެ ދުވަހަށް ކުރެވޭ އިންތިޒާރު ބުނެދޭކަށްވެސް ނޭނގެ…” މަޔާންގެ ފިނި ތުންފަތް ޝަލީންގެ ނިއްކުރީގައި ޖައްސާލަމުން އެފަން އިސްތަށިގަނޑުގެ ތެރެއަށް އަތްމަހާލަމުން އެދެމެދުގައިވާ ދުރުމިން އަދިވެސް ކުޑަކޮށްލިއެވެ.
“އަހަރެންވެސް ހަމަ އެވަރަށް ލޯބިވޭ ޔާން… ޔާންއާއި ނުލާ އުޅޭކަށް ބޭނުމެއްނޫން… ދުވަހަކު ވަކިނުވުން ދުއާއަކީ… އެކަމް ވަކިވާންޖެހިދާނެއަތީ ބިރުގަންނަވަރު ބުނެދޭކަށް ނޭނގެ…” ޝަލީންގެ ހިތަށް އެ ޖުމްލަތަކުން ލިބުނު ހިތްހަމަޖެހުމާއިއެކުވެސް ލޮލުން ކަރުނަފާއްދާލީ މަޔާންއާއި ވަކިވާންޖެހިދާނެކަމުގެ ބިރު ހީވެފައެވެ. ބައްޕަގެ ގޮތްދޫނުކުރުމާއި ނުފޫޒްގަދަކަން ޝަލީންއަށް ފެނިފައިވާއިރު އެފަދަ ދުވަހެއް އައިސްދާނެ ކަމާއިމެދު އަބަދުވެސް ވިސްނެއެވެ. އެދުވަހަކުން ޝަލީން ދިރިހުރިނަމަވެސް މަރުވިފަދައެވެ. މަޔާންއާއެކު އޭނާގެ ހުރިހާ އުފަލެއްވެސް ވަޅުލެވިގެންދާނެއެވެ.
މަޔާން އެކަރުނަތަށް ފުހެލަދިނީ ނުހަނު ލޯބިންނެވެ. ދެލޯބިވެރިންގެ ދެމެދުގައިވާ ހުރަސްތަކުގެ ސަބަބުން މަޔާން މާޔޫސްވާވަގުތަށްވެސް އާދެއެވެ. ނަމަވެސް އޭނާ ހިތްވަރުގަދަކުރަން ބޭނުމެވެ . ޝަލީންއަށް ޓަކައެވެ. ޝަލީންގެ ފަސްބައި އުފާތަކުން ފުރާލަދޭން އޭނަ ބޭނުމެވެ. އޭނައާއި ހޭދަވާ ދުވަސްތަކުގައި އެ ތުންފަތްމަތިން އަބަދާއި އަބަދު ހިނިތުންވުން ފެންނަން ބޭނުންވެއެވެ.
“ޝަލީ ބިރުގަންނަނީ ކޮންކަމަކާތަ؟ އަހަރެންނާއި ޝަލީ ދުރުކުރެވޭފަދަ ފަރާތެއް މިދުނިޔޭގައިނުވާނެ… ތިއީ އަހަރެންގެ ހައްޤެއް… ހަމައެކަނި އަހަރެންގެ… އަހަރެންގެ ހައްޤު ހޯދަން އަހަރެން ފަހުނޭވައާއި ހަމަޔަށްވެސް މަސައްކަތްކުރާނަން… ދުވަހަކު އެހެން މީހެއްގެ އަތްމައްޗަށް ޝަލީ ދޫކޮށްނުލާނަން…” މަޔާންގެ ނަޒަރު ޝަލީންއާއި އަމާޒުވީއިރު އެލޮލުގައިވީ ޔަގީންކަމެވެ. ޝަލީންއަށްޓަކައި ކޮންމެފަދަ ކަމެއްވެސް ކޮށްފާނެކަން އެ ނަަޒަރުން އަންގައިދިނެވެ.
“އަބަދުވެސް ޔާން ތިގޮތަށް ލޯބިވެދެއްޗޭ… އަހަރެން އެހެން ފަރާތެއްގެ އަތުތެރެއަށް ދާން ޖެހުނަސް ދުވަހަކު ރުހުމުގައި ނުދާނަން… ޔާން ހަނދާންކުރައްޗޭ… އަހަރެން މުޅި ދުނިޔެއިންވެސް ލޯބިވާ ހަމައެކަނި ފަރާތަކީ ތިއީ…” ޝަލީންގެ ކަރުނުން ފުރެމުންދިޔަ ދެލޮލުން މަޔާންގެ މޫނަށް ބަލާލޮގޮތުން މަޔާންގެ ހިތަށްވެސް ގޮތެއްވިއެވެ. ޝަލީންގެ ތުންފަތުގައި އިނގިލި ހުރަސްކޮށްލަމުން މަޔާން އެވާހަކަ މެދުކަނޑާލިއެވެ.
“ވަކިވާ ވާހަކަ ނުދައްކަފާނަންތަ ލަވް… ދުވަހަކު އަހަރެން ނޫން ފަރާތެއްގެ އަތުތެރެއަށް ޝަލީ ދިޔަދޭނެހެން ހީވޭތަ؟ އިފް ޔޫ ތިންކް ލައިކް ދެޓް ޔޫއަރ މިސްޓޭކަން… ދުވަހަކު ދިޔަކަ ނުދޭނަން… އަހަރެންނަށް ހުރިހާ ހައްްްޤެއް ދީފައި އޮތްއިރު އަދި…” މަޔާން ފަހު ޖުމްލަތަށް ލާނެތްގޮތަކަށް ބުނެލީ ޝަލީން ހެއްވާލުމަށެވެ. އެއާއިއެކު ޝަލީންގެ މޫނަށް ފާއްދާލި ރަތްކުލައާއިއެކު މަޔާންގެ އަތުތެރެއިން ވީއްލިގަނެގެން ދުރަށް ދުއްވައިގަތެވެ.
އިރުކޮޅެއްވަންދެން ޝަލީން އަތުކުރަންވެގެން މަޔާން ދުވުނުއިރު މުޅި ފަޒާ ހިސޯރުކޮށްލީ ޝަލީންގެ ހުނުމުގެ އަޑުންނެވެ. މަޔާން ފަހަތުން ދުވެފައި އައިސް ޝަލީން އެއަތުގެ ތެރޭ ގައިދުކޮށްލުމާއިއެކު ޝަލީން ބަލާލީއިރު އެ ތުންފަތްމަތީވީ އެންމެ ރީތި ހިނިތުންވުމެވެ.
“ދުވަހަކު އަހަރެންގެ ލޯތްބަށް ނުފިލޭނެކަން މޮޔަކުއްޖާއަށް ނޭނގުނު… މިވަރަށް އަހަރެން ތަޅުވާލީތީ އަދަބެއް ދޭނަން…” މަޔާން ޝަލީން އަތުތެރޭގައި ހައްޔަރުކޮށްލިގޮތުން ޝަލީން ދުރަށް ދިޔުމަށް ނުކުޅެދުނެވެ. އެވަގުތު މަޔާން ޝަލީން އަތްމައްޗަށް އުފުލާލިގޮތަށް ދުވެފައިގޮސް މޫދަށް ފުންމާލިއިރު ޝަލީންގެ ހަޅޭކުގެ އަޑު އިވިލިއެވެ. މޫދުގެ ލޮނުގަނޑުން ޝަލީން ތެމިފޯވިިއިރު މޫނު ހަދާލަމުން މަޔާންއާއި ދުރަށްޖެހިލިއެވެ. އެއާއިއެކު މަޔާން ޝަލީންގެ އަތުގައި ހިފާ ދަމާލިގޮތުން ދެޒުވާނުން ބެލެންސް ކަޓައިގެން ގޮސް ލޮނުގަނޑުގައި ޖެހުނުއަޑުން މާހައުލުގައި ހިމޭންކަން ނަގާލިއެވެ. ***********************
ފީރޯޒްކޮޅެއްހާ ސާފުކޮށް އުޑުމަތި އޮތްއިރު ކަފަވިލާތަށް އުޑުމަތީ ދައުރުކުރަމުންދިޔައެވެ. މެދުއުޑުގައި ދުވާލުގެ ރާނީ އިރު ރަނިކަންކުރަމުންދިޔައީ އޭގެ ހޫނުން ދުނިޔެ ފިއްސަމުންނެވެ. ހޫނުންކަން މަޑުކޮށްދޭ ފިނި ވައި ރޯޅިތަށްވެސް ހިމޭންވެފައިވާތީ ދުނިޔެމައްޗަށް ވެރިވެފައިވަނީ އެތެރެހަށި ފިއްސާލާފަދަ ހޫނުކަމެކެވެ.
ހައިޒަލް ބްލޫސްގެ ކޯރިޑޯގައި ހިނގާލައިފައި އައިރު އެތަކެއް ނަޒަރުތަކެއް ހައިޒަލްއަށް ހުއްޓުނެވެ. ސޫޓްގައި ހުރިއިރު ހައިބަތު ވަރުގަދަކަމާއި ފެންނަލެއް ހަރުދަނާކަމުން ދެވަނަ ފަހަރަށް ބަލާލަން މަޖުބޫރުވާފަދަ ގޮތެއް ހުއްޓެވެ. ހައިޒަލްގެ ތަފާތު ރީތިކަމުގެ ސަބަބުން އެތަށް އަންހެންކުދިނެއް ގެނބިގެންދާއިރު ފިރިހެނުންވެސް ހަސަދަވެރިކުރުވާނެއެވެ. އެ ސިހުރެއްފަދަ ރީތި ލޮލުގެ އެންމެ ބަލާލުމަކުންވެސް ކޮންމެމީހަކުވެސް އެދެލޮލުގެ ތެރެއަށް ގަންބާލާނެއެވެ. ހައިޒަލް ފޯނެއްގައި ހުރެގެން ރިސެޕްޝަން ހުރަސްކުރިއިރު ހުރިހާ އަންހެންކުދިން ފަރިވާންފެށިނަމަވެސް އެކަމަށް މާބޮޑު ސަމާލުކަމެއްނުދިނެވެ. ހައިޒަލްއާއި އެއްވަރަށް ހިނގާފައި އައި މިކްޔާލް ރިސެޕްޝަންގައި ތިބި ކުދިންނާއި ކޮންމެވެސް އެއްޗެކޭ ކިޔާ ސަމާސާކޮށްލުމާއިއެކު އެކުދިން ތުއިވާން ފެށުމުން ހައިޒަލްގެ ބުމަގޮށް ޖެހިގެންދިޔައެވެ. އޭނާ ނުރުހުމުގެ ނަޒަރު އަމާޒުވީގޮތުން ވަގުތުން ރިސެޕްޝަންގައި ތިބި ކުދިން ހިމޭންވިއެވެ. އެއާއިއެކު މިކްޔާލް ލާނެތްގޮތަކަށް ހީލިއެވެ. ހައިޒަލްގެ ސަކަރާތްބޮޑުކަމާއި ފްލާޓީގޮތްގަނޑާއިއެކުވެސް ކޮމްޕެނީގައި އޭނާ ދައްކާ ހަރުކަށި ޝަހްސިއްޔަތުގެ ސަބަބުން މިކްޔާލްވެސް ހައިރާންވާ ވަގުތު އާދެއެވެ. ހައިޒަލްއަކީ އަންހެނުންގެ ސަކަރާތްބޮޑު ޒުވާނެއް ނަމަވެސް ކޮމްޕެނީގައި ހައިޒަލްއާއި ބެހޭގޮތުން ތަފާތުގޮތަކަށް އަޑުތަށް ފެތުރިގެންދިޔުމުގެ މައިގަނޑު ސަބަބަކީވެސް އެއީއެވެ.
މެންދުރުގެ ހޫނުކަން ގަދަ ގަނޑީގައި ބްލޫސްގެ ލޯވްންއާއި އެންޓްރެންސް ހަލަބޮލިވެފައިވަނީ ކޮޅުކޮޅަށް ހަރަކާތްތެރިވަމުން ދިޔަ ސްޓާފުންތަކުންނެވެ. ލޯވްންމަތީ ވެހިކަލްތަކުގެ ކިއު ދިގުވެފައިވަނީ ބްރޭކް ގަނޑިއަށްވުމުންނެވެ. ހައިޒަލްއާއި މިކްޔާލްއާއި ކެންޓީން ކައިރިން ހިނގާފައި އައީ ވާހަކައެއްގައި ތިބިގެންނެވެ. އެވަގުތުކޮޅުވެސް ހައިޒަލް ހަލަބޮލިވެފައިވާ މާހައުލު ވަށައިގެން ނަޒަރު ހިންގަމުންދިޔައީ އެންމެ މޫނެއް ފެނިލާތޯއެވެ. ކެންޓީން ތެރޭ އިން ނައިނާ ލޮލުގައި އަޅައިގަތުމާއިއެކު އެ ތުންފަތްމައްޗަށް ވެރިވެފައިވާ ހިނިތުންވުން އިތުރަށް ފުންވެގެން ދިޔައެވެ. މިކްޔާލް ހުއްޓުމެއްނެތި ވާހަކަ ދައްކަމުން އައިސް ހައިޒަލްގެ ސަމާލުކަން ނުލިބުމުން ހައިޒަލްގެ ނަޒަރު ހުއްޓިފައިވާ ދިމާލަށް ބަލާލިއެވެ. އެއާއިއެކު އެ ތުންފަތްމަތީ ރީތި ހިނިތުންވުމެއް ކުޅެލިއެވެ.
“ވަރަށް ރީތިދޯ…” މިކްޔާލް ހައިޒަލްގެ މޫނަށް ބަލަހައްޓައިގެން ހުރެ ލާނެތްގޮތަކަށް ކިޔާލިއެވެ. ކެންޓީންގެ ބިއްލޫރިންވާ ބިތާއި އެންމެކައިރި މޭޒުގައި ނައިނާ އިންއިރު ކެންޓީން ބޭރުގައި ހުންނައިރު ނުހަނު ރީއްޗަށް ނައިނާ ފެނެއެވެ. އެހެންދުވަސްތަކާއި ހިލާފަށް މިއަދު އަައްސާލެވިފައިވާ ފަން އިސްތަށިގަނޑު ދޫކޮށްލައިފައިވާތީ ނައިނާ މާ ތަފާތުކަމަށް ދައްކައެވެ. “އަސްލުވެސް…”
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
18 Comments!
Comments are closed.






wow me first dhw…
yeah
dear readers✨✨ sorry for taking long time to upload.???? i hope everyone will like this part too…???? feel free to comment to the story… readers comment will help the writer to write the story till the end successfully..????.i hope everyone will like this part tooo.. insha allah will unload next part soon… ????Good night???✨???
me first dhw… but i have one question…. um… mi storyge thankolheh kurin part eh ga ulhunehnu kokko ah vx kiyanii naina… i thought e haizal a ehkoh ulhey kuhja a ekuhja a ekaku kamah… but fahun e othii naina ulhenii eynage aunt a ehkohnney… really confused… help me to get out of this confusion… DHIRAA WISH
dear… dhe part ga ves ulheny hama eh kuhjeh.. and naina akee shaleen ge kokko eh noon.. naina consider shaleen as her sister ehenve sis kiyanee… kuri ah huri part thakun adhi bodah olhun filaane…
i mean that shalyn ge kokko
hope u have cleared you’re doubt….. ?????
you are hama ibarai kurumuge raany…so perfect….thanks aslu dhigu koh genes dhineema…luv ur story
thnksss…
Alhe thankolhen avahah up kndheeba kiyaa hithun hureveny en nun
sorry i was out of my island… thts the reason y o took long time ti upload this part
Wow v salhi mi part ves ❤️
thnks
Dhiroo v v v loabi mi part vx ingey…. Whn nxt prt… ??????❤️❤️❤️❤️❤️??????
thnks…. insha allah v avahah
Wowww!!??????❤️❤️❤️dhiroo dear it’s amazing!!!❤️❤️❤️❤️❤️!!!sifakoh thidhiniy haadha reehchashey!!maasha Allah!!❤️❤️❤️❤️????????
I wanna be frnd with you?????❤️❤️❤️
hehehe thnks… think tht i am a frnd of u guyss….
Story kiaalaafa v get vaan undhagoo gothe hurey. Eh scene nimaalafa mulhin aa scene akun fashaa thee ehaa ehaa eh noon. Misaalaka shelee aa yaan moodha eruney. Dhen blues comapanee gaa haizal korido ga hingamun thiyaey. Ehenve vvv foohi mivaahka kian. From part 1 to mihisaaba kiaafa story kiun mininmaalee kuriah oi baives onnaanee hama egotha dout gina koh kama visnaigen. Sorry