ބީރަށްޓެހި ލޯބި 8

- by - 0- March 25, 2019

“ސާހިބު އެހުންނެވީ” އިތުރު އަޑުތަށް އިވުމުން ހަމްޒާ ފަހަތް ބަލާލިއެވެ.

ހަމްޒާގެ ފަހަތުން ހިންގާފައި އެ އަންނަނީ އަލީ ވަހީދު، ހަމްޒާމެންގެ ތިމާގެ ބަޔަކާއި އާއިލީ ޑޮކްޓަރ އަދި މުހުސިންގެ ދެމަފިރިންނެވެ.

“ހީވާ ގޮތުން ކަލޭ ގެ ބަޔަށް ލާނާ ވެސް ވަށްދާލެވުނީ ދޯ” މުހުސިން މިހެން ބުނިއިރު ހުރީ ދެލޯ ކުޑަްކޮއްލައިގެން ލާނާ އަށް ބަލާށެވެ.

ތިކުރީ އެހާ މޮޅު ކަމެއްނޫން! އަހަރެން ހިއެއްނުކުރަން ތީ އެހާފަސޭހައިން ހައްދާ ލެވޭ ކަހަލަ މީހެއްކަމަކަށް، މިހިރަ ނުލަފާ މީހާޔާ އެއަބައި ވެގެން އަހަރެމެންނަށް އޮޅުވާލަން. ލާނާ ގެ އެއްވެސް ކަހަލަ ގޮތެއްނެއްކަން ވަރަށް ސާފުކޮއް ހާމަ ވެއްޖެ” ހަމްޒާގެ މޫނު ރަތްވެ ބޮލުން ދުން އަރާ ކަހަލައެވެ.

“މި މަކަރުވެރި އެއްނޫން” ލާނާ ބުނެލިއެވެ.

“އަޅުގަނޑަށް އިންގުން ގޮތުގައި މިއީ އިސްމާއިލް ހަމްޒާ އަޅުގަނޑު މެންގެ ގަވަރުނަރ” އަލީ ވަހީދުގެ ޖުމްލަ ފުރިހަމަވީ ކިރިޔާއެވެ.”ކަލެއަށް ލާރި ދީގެން އޭނަޔަށް އެއްބާރުލުންދެނީ ތި” މުހުސިނގެް ބާރު އަޑުން އެންމެން ހައިރާން ކޮއްލިއެވެ.

“ކަލޭމެންއެންމެން ބަލަންތިބޭ މި މައްސަލަ ކޯޓައްވައްދާ މީ  އަސްލު ހަމްޒާ ނޫންކަން އަހަރެން ސާބިތު ކޮއްދޭނަން، އެހެންޏާ ހަމަ ތާކުން މީހަކު ެްއައިސް އަހަންނަކީ އެތަށް ކުރޯޑެއްގެ ވާރިސެކޭ ބުނީމަ ޤަބޫލް ކޮއްލަންވީތަ؟ ފުރަތަމަ ކަމަކައް މީނަގެ މިހިރަ ނިކަމެތި ހަށިގަނޑު ބަލާލަ!” މުހުސިނުގެ ހިތުގައިވާ އަސްލު ބިރު ބަޔާން ކޮއްދޭން ފެށިއެވެ.

“މީހެއްގެ ބަރުދަން ލުއިވުމަކީ މައްސައެއްނޫން މުހުސިން” ލާނާ ގެ ގާތުގައި ހުރި މީހާ ހިނިގަނޑެއް ޖަހާލިއެވެ.

“އެއްދުވަހު ނިދާހޭލާއިރު ތިމާ އަކީ ފައިސާ ތަކެއްގެ ވެރިއެއްކަން ހަންދާން ވުންވެސް އެއީ މައްސަލައެއްނޫނެއްނު” މުހުސިން ހުރީ ދޫކުރާ ގޮތަކަށް ނޫނެވެ.

ހުރިހާ ހެއްކެއް ބުނާ ގޮތުގައިމީ ސާހިބު ހަމްޒާ. ހަނދާން ޓެސްޓު ކޮއްފިން ހުރިހާ ކަމެއް މާ ބޮޑަށް ވެސް ދިމާވޭ. ކުޑައިރު މަސްހިފަން ގޮސް އުޅުންއިރު ކޮނޑަށް ލިބުނު ގެއްލުމުގެ ލަކުނުވެސް އެބައިން. އަތުލިޔުންވެސް އެހާމެ އެއްގޮތް. މީ ސާހިބު ކަމާމެދު އެއްވެސް ށައްކެއްނެއް”އަލީ ވަހީދު އެންމެންގެ ވާހަކަ ހުށްޓުވާލިއެވެ.

“އަހަންނަކަށް އޭނަ އެއް ނޭންގެ އަހަރެންގެ އަނބި މީހާއަކަށްވެސް ނޭނގެ” މުހުސިން ބުނީ އަޑަށް ބާރުލާފައެވެ.

“އެކަކު ޤަބޫލު ނުކުރިޔަސް ސާހިބުގެ އަނބިކަނބަލުން ޤަބޫލުފުޅު ކުރައްވައިފި. އެކަމާނާ ފަދަ އިއްފަތްތެރި ކަނބަލަކު ޤަބޫލުފުޅު ކުރެއްވުން އޭއީ ވަރަށް ބޮޑު ހެއްކެއް” މި ފަހަރު ވާހަކަ ދެއްކީ އާއިލީ ޑޮކްޓަރ އެވެ.

“އެކަނުން އޭނާ އަށް ބޮޑު ފައިދާ ގަނޑެއް ލިބޭނެތީ!ހަމަ ޔަޤީން ކޮންމެ މީހަކާވެސް އޭނަ ވިކޭނެ އޭނަގެ ބާރުތަށް އަނބުރާ ލިބޭނެ ކަން ޔަޤިީންވަންޏާ” އައިޝާ ވާހަކަ ދެއްކީ ނުރުހުންތެރިކަން ފާޅު ކުރަމުންނެވެ.

“ތީ އަހަންނަށް ހައްޤު އިލްޒާމް ތަކެއްނޫން” ލާނާ ގެ ދެލޯ ބޮޑުވެގެންދިޔައެވެ.

“ރީތި ޅަ ފިރިމަރުވެފަ ހުރި އަންހެންކުއްޖަކު ހުންނާނީ ފިރިހެނަކަށް ފެންބޮވާފަ ކަލޭ ކިތަށްމެ ވަރަކަށް ޔަތީމު ޙާނާގެ ކަންތަކާ އުޅު މީހުންގެ ލޮލުގައި އަނދުން އެޅުވިޔަސް އަހަންނަށް ކަލޭގެ ހަޤީގަތް އިންގޭ……. ” ލާނާ ގެ ވާހަކަ މެދު ކަންޑާލީ އައިޝާގެ ވިހަ ބަސްތަކުންނެވެ.

އައިޝާގެ އަޑު މަޑުވީ ހަމްޒާގެ ހަރުކަށި އަޑު އިވުމުންނެވެ. ” ހަމަ މިހާރު ހުއްޓާލާ! މުހުސިން ހަމަ މިހާރު މިތަނުން ދޭ ” ހަމްޒާ މުހުސިނަށް ބަލާލި ގޮތުން ހީވީ ދެންމެ ދެންމެ ގޮސް އޭނާ ގެ ކަރުގައި ހިފާ މަރާލަފާނެހެނެވެ.

” މަ ގޭ ކުރިމަތިން މިހާރު ގެއްލޭ! ކަލޭމެންގެ އެއްޗިހި ފޮނުވާދޭނަން، ނޫންނަމަ އެއްޗިހި ތައް ރޯ ކޮއްލާނަން، އަދި ހަނދާން ކުރާތި އަހަރެން ކަލެ އައް ކަމެއްނުކުރާ ކަން. އަހަރެންގެ އަނހެނުންނަށް ކަލޭމެން ކަނތަށް ކުރި އިހާނެތި ގޮތަށް ބަލާފަވެސް” ހަމްޒާގެ އަޑު ދިޔައީ ގަދަވަމުންނެވެ.

” ލާނާ އަށް އަހަރެމެން ހާދަ ރަނގަޅަކަށް ކަންތަށް ކޮއްދިނީމޭ، އަހަރެމެންނޭ ކިޔާފަ ކޮން ކަހަލަ ވިހަ ވާހަކަތަކެއް އޭނަ ދެއްކީ؟” އައިޝާ ކުރީ ސުވާލެކެވެ.

” ނުކުމޭ” ހަމްޒާ ގަދަ އަޑާ އެކު ދޮރާ ދިމާލަށް އަތް ހޫރާލުމުން އައިޝާ ދުވެފައި ދޮރާ ދިމާލަށް ދުއްވައިގަތެވެ.

“ކަލޭ ގެ ހުންނަނީ ވަލު ޖަނަވާރު ވައްތަރު” އެވަރުންވެސް އައިޝާ ގޮވައިގަތެވެ. ފަހަތުން މުހުސިން ދަމުން ” ކަލޭތީ ހަމްޒާ އެއްނޫން ތީ ވަލު ކުއްތާ އެއް، ހީނުކުރާތި އެންމެނަށް އޮޅުވައިލެވޭނެއޭ” ގޮވައިގަތެވެ.

” އަހަންނަށް މާފް ކޮއްދީ، އެއްވެސް ހާލެއްގަ އަހަރެން ގަސްތުގައެއްނޫން އެމީ ހުނާ ލާނާ ހަވާލު ކުރީކީ” ލާނާ ގެ ކަންފަތް ކައިރިއަށް ގުދު ވެލަމުން ހަމްޒާ ބުނެލިއެވެ.

ދުވަހަކުވެސް ލާނާ ގެ ކިބައިން މާފަށް އެދިފައި ނުވާ ހަމްޒާގެ މި އަމަލުން ލާނާ ހައިރާން ކޮއްލިއެވެ. ” ބައެއްފަހަރު އަހަރެންވެސް އައިޝާ ގެ ވާހަކަޔާ އެއްބައިވެވޭ، ތީ އަހަރެން ކައިވެނި ކުރި ހަމްޒާއެއްނޫން” ލާނާ މިހެންބުނީ ވިސްނަން ހުރެލާފައެވެ.

“ލާނާ ބޭނުންވަނީ އަހަރެން ކުރިން އުޅުނުހެން އުޅެންތަ” ހަމްޒާ އަވަސް އަވަހަށް ސުވާލު ކޮއްލިއެވެ.

ގަނޑު ވަރުގެ މާހައުލު ބަދަލު ވެގެންދާން ފަށައިފިއެވެ. މިހާރު ފެންނަމުންފަނީ ފޮށިތަށް އުފުލާ ނޯކަރުންނެވެ. އައިޝާ އާއި މުހުސިނުގެ އެއްޗިއްސެވެ.

ލާނާ ހުރީ ފިކުރު ބޮޑުވެފައެވެ. ދެން ކަންތަށް ވާނެ ގޮތެއްނޭންގޭތީއެވެ. ދެކޮޅަށް ހިންގާލަ ހިންގާލާ ހުރި ލާނާ ގެ ހިންގުން ހުއްޓުނީ ކުރިމަތިން އައިޝާ ފެނުނީމައެވެ.

“އަހަންނަށް މާފު ކޮއްދީ” ލާނާ ގެ އަންގައިގައި އެއްކޮޅު އޮއްވާ އައިޝާގެ ހަރުކަށި އަޑު ނުކުތެވެ.                            ” ކަލޭގެ ތި ދެއްކުންތެރި ކަމުގެ ހަމްދަރްދީ އަހަރެން ބޭނުމެއްނޫން”

“ހާސްނުވޭ! އަހަރެމެންގެ އަތުން ގެއްލުނު ލަޤަބް އަދި ހޯދާނަން” އައިޝާ ރުޅިވެރި ކަމާ އެކީ ލާނާ އާއި ކުރިމަތިލިއެވެ.

“އަހަރުމެންގެ ދަރިންތިބީ، ދެ ފިރިހެންކުދިން ،އެކުދިން ތިއްބާ ކަލޭ ކަހަލަ ދަރިން ނުލިބޭ މީހަކަށް ކިހިނެއް މި މުދާ ގަނޑު ލިބޭނީ”؟ ކަލޭގެ ފިރިމީހާ އަށް އިނގޭ ތަ ކަލެޔަށް ދަރިންނުލިބޭކަން؟ ކަލޭ ހާދަ ގޮތެއް ނެތީމައޭ ކާކު ކަމެއްް ޔަޤީން ނުވާ ފިރިހެނަކާ އެކީ ރޭކުރަން ތަށްޔާރުވަނީތި” އައިޝާ މިހެން ބުނިއިރު ހުރީ ލާނާ ގެ ބޮލުގެ އެއްފަޅިން އިސްތަށި ގަނޑު ގައި ހިފައިގެން އަތަށް އޮޅާށެވެ. ލާނާ އަށް ލިބޭ ވޭނާ އެކުވެސް ހިތްވަރު ކޮއްގެން އައިޝާ އަށް ވިސްނާދެވޭތޯ ވާހަކަ ދެއްކޭތޯ ބަލައެވެ. ކުއްލި އަކަށް ލާނާ ގެ ބޮލުން އައިޝާގެ އަތް ދޫވުމުން ލާނާ އަވަހަށް ބަލާލިއެވެ. އޭރު އައިޝާގެ ކަރުތެރެއިން ވޭނީ އަޑެއް ނުކުތެވެ. ލާނާ އަށް ފެނުނީ ހަމްޒާ އައިޝާގެ ބޮލުގައި ހިފާ ލުއްކިއެއްޖަހާލިތަނެވެ. ލާނާ ބިރުން ހަމްޒާގެ އަތުގައި ހިފާ “ﷲ އަށްޓަކާ ދޫކޮއްލާށޭ ބުންޏވެެ. ހަމްޒާ އައިއްސާ ހުރި ރުޅިޔާ އެކުވެސް ލާނާ އަށް ބަލާލުމުން ހަމްޒާގެ ހިތަށް ހަމަޖެހުން ލިބުނީ ކީއްވެ ކަމެއް ނޭންގުނެވެ.

“ތީ އަންހެނެށް ކަމައްޓަކާ ޝުކުރުކުރޭ! އެހެންނޫންނަމަ ތި ބުނި އެއްޗަކަށް ދުލެއްނުކުރީމުސް” ހަމްޒާ އައިޝާގެ ބޮލުން ދޫ ކޮއްލިއެވެ. (ނުނިމޭ)

0

ishaadam

A writer who believes Allah never lets you down no matter what ........

You may also like...

Leave a Reply

Your email address will not be published.