ބުނާށެ ލޯބި ނުވަނީހޭ…..14
ވިޝާހްއަށް ކަންކަން ރޭކައިލީ ޖަލުގައި ބަންދުކުރިފަހުންނެވެ. އަޑުގެ ނެތް ތަނަށް ހަޅޭއްލަވައި ގަނެވުނީ އެހެންވެއެވެ. ދެކުނުހާ ހުވަފެންތައް ސިކުންތު ކޮޅެއްގެ ތެރޭގައި ވިއްސި ވިހާލިވީއެވެ. އަންޖަލް މަތިންވެސް ހަނދާންވީ އެވަގުތުއެވެ. ބޮލުގައި ދެއަތުން ބާރަށް ހިފަހައްޓާ ބިންމައްޗަށް ތިރިވެވުނެވެ. މިވީ ގޮތުން ދެން ދުވަހަކުވެސް އަންޖަލްގެ ލޯބި އޭނާއަށް ނުލިބޭނެކަން އެނގުނެވެ. ގޯސް މަގު ޚިޔާރު ކުރުމުގެ ބަދަލުގައި އަންޖަލް ގެ ލޯބި ލިބޭތޯ މަސައްކަތް ކުރެވުނު ނަމައޭ ހިތަށް އެރިއެވެ. ނަމަ އަކުން ކެއްކޭނެ ރިހައެއް ނޯންނާނެކަން ވިޝާހް ދަނެއެވެ. ވިޝާހްއަށް ހުރިހާ އެއްޗެއް ގެއްލުނު ކަމުގެ އިހްސާސްވިއެވެ. އަމިއްލައަށް މަރުވާންވެސް ހިތަށް އެރިއެވެ. ފާފައިގެ މައްޗަށް އިތުރު ފާފައެއް ކުރަން އޭނާގެ ޒަމީރު އެއްބަހެއް ނުވިއެވެ. އަދިވެސް ވަގުތު އެބައޮތްކަމަަށް އޭނާގެ ހިތްބުނަމުން ދިޔައެވެ. ތައުބާވެ އިސްލާހު ވުމަށް އޭނާ ބޭނުންވިއެވެ.
ވިޝާހްއަށް ހޭލެވުނުއިރު މުޅި މީހާ އޮތީ ދާހިއްލާ ފޯވެފައެވެ. އޮވެވުނީ ކޮންތާކުކަން ނޭންގޭތިވެ ދެކޮޅު ހޯދާ ބެލުނެވެ. ކައިރީ އިން ގޮނޑީގައި ނިދި ތާއްޔަށް ޖެހިފައި އިން އޭނާގެ މަންމަ ފެނުނެވެ. އަތަށް ގުޅާފައި އިން އައިވީ ވެސް ފެނުނީ ދެނެވެ. ރަނގަޅަށް ވިސްނާލުމުން އޭނާއަަށް އޮވެވުނީ ހޮސްޕިޓަލްގައި ކަން އެނގުނެވެ. މަންމައަށް ގޮވަން އަނގަ ހުޅުވާފައިވެސް ގޮވާކަށް ނުކެރުނެވެ. އުޅެވުނު ގޮތާ މެދު ލަދުވެތި ވެވުނެވެ. ދެންމެ ފެނުނު ހުވަފެނާ މެދު އޭނާ ވިސްނާލިއެވެ. މަންމައާ ބައްޕަ އޭނާ ގޮވައިގެން މާލެ ބަދަލުވީ ވަރަށްވެސް ފޮނި އުންމީދު ތަކާ އެކީއެވެ. އެހެނަސް އެހުރުހާ އުއްމީދަކާ ހުވަފެންތައް އަމިއްލަ އަތުން އޭނާ ވިއްސިވިހާލި ކޮށްފިއެވެ. ލޮލަށް ކަރުނަ ޖަމާވެ ގިސްލަ ގިސްލާފައި ރޯންފެށުނެވެ. “ދަރިފުޅާ” ވިސާމާއަށް ހޭލެވުނީ ވިޝާހް ގިސްލާ އަޑަށެވެ. އޭރު ވޯޑުގައި ތިބި ގިނަބައެއްގެ ލޯތައް ވަނީ ވިޝާހްއަށް އަމާޒުވެފައެވެ. ފޮތިގަނޑު ދަމާލުމަށްފަހު ވިސާމާ ގޮސް ވިޝާހް ގާތު އެނދުގައި އިށީނެވެ. އަދި ލޯބިން އެދަރިފުޅުގެ ބޮލުގައި ފިރުމާލިއެވެ. “މަންމާ….” ރޮވޭ ވަރުން ވިޝާހްއަށް ވާހަކަ ދައްކަން އުނދަގޫވިއެވެ. އޭނާ ބޭނުންވީ މަންމަގެ ކިބައިން މާފަށް އެދޭށެވެ. “މަންމަ ޕޮލިސް އަޅުގަނޑު” ކުއްލިއަކަށް ކަމެއް ހަނދާންވެގެން ވިޝާހްއެހިއެވެ. “ދަރިފުޅާ ހާސްނުވޭ. އަށާރަ އަހަރު ނުވާތީ ދަރިފުޅު ތީނީ މިހާރު ދޫކޮށްލާފަ. ދެވަނަ ފުރުސަތެއް ދީފަ.” ވިޝާހްއަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. އޭނާއަށް އަށާރަ އަހަރު ފުރެން އަދި ދެމަސް އިންކަން ހަނދާންވީވެސް ދެނެވެ. ވަގުތު ފާއިތުވުމުގެ ކުރިން އޭނާއަށް ވިސްނުމުން އުފާވިއެވެ. ދެން ދުވަހަކުވެސް އެ މަގު ޚިޔާރު ނުކުރަން އަމިއްލަ ނަފްސަށް ވިޝާހް ވައުދުވިއެވެ.
*******
ދޯނި ފަޅުރަށާއި ކާރިކުރުމުން ފިރިހެންވެރިން ފުންމާލިއެވެ. ދަތުރު ގެނައި ސާމާނުތައް ލޮނުގަ ނުޖައްސާ އެއްގަމަށް އަރުވަމުން ދިޔައެވެ. ޕީއެސްޖީ އަތްދިގު ޖާޒީ އަކާ ކަކުލާ ހަމައަންނަ ޖީބުލީ ސޯޓެއް ލައިގެން އިން ހަމްޒާއަށް އަންޖަލްއަށް އިރުއިރުކޮޅާ ބެލެއެވެ. އަވިއައިނު އަޅައިގެން އިން އިރުވެސް އެދެލޮލުގެ އަސަރު ކުރާހެން އަންޖަލްއަށް ހީވެއެވެ.
ރައިހާނާ މަސައްކަތް ކުރަމުން ދިޔައީ އޭނާގެ ބަސްނާހާ ހިތުގެ ގޮވުމަށް އިޖާބަ ނުދޭށެވެ. ހިތްއެދި ގޮވަމުން ދިޔައީ އެންމެ ފަހަރަކު ނަމަވެސް ހަމްޒާގެ ރީތި ސޫރައަށް ބަލާލުމަށެވެ. ހިތާ ހަނގުރާމަކޮށް ރައިހާނާ ކުރި ހޯދީ އޭނާގެ ސަމާލުކަން ކުޑަކުޑަ ޒޯޔާއަށް ދެމުންނެވެ.
ދޯނިން އެއްޗިހި ބާލަމުން ދިޔަ ހަމްޒާއަށް އިރު އިރު ކޮޅާ ރައިހާނާއަށް ބަލާލެވެއެވެ. އަވިން ސަލާމަތްވުމަށް ބޮޑު ތޮތްޕަކާ އަވި އައިނެއް އަޅައިގެން އިންއިރު ރައިހާނާއާ ނުހަނު ގުޅެއެވެ. ޒޯޔާއާ ސަކަރާތްޖަމުން އިރުއިރުކޮޅާ ހީލައެވެ. ހަމަ ރަނގަޅަށްވެސް ހަމްޒާގެ ހިތާ ރައިހާނާ ކުޅެލާފިއެވެ.
******
ޒިވާންގެ މުޅި މޫޑު ވަނީ ޚަރާބުވެފައެވެ. އެރަށަށް އާދެވުނު މޮޔަ ހިތަށް އަރަމުން ދިޔައެވެ. ކިތަންމެ ވަރަކަށް އުޅުނަސް ދެން ރައިހާނާ އޭނާއާ ނުގުޅޭނެކަން އެނގެއެވެ. ޒިވާން އެރަަށަށް އައީ ޔަޝާއާ ރުޅިވެފައެވެ. އޭނާ ހިކުރީ ނުހަނު ފަސޭހައިން ރައިހާނާ އަލުން އޭނާއާ ގުޅޭނެ ކަމަށެވެ. ޒިވާންގެ އެކުވެރިޔާ ދަތުރު ދާން ބުނުމުން ނުދާން ވަރަށް ބަހަނާ ދެއްކިއެވެ. ބޮޑު ގުރޫޕެއް އައިސް ކިޔަން ފެށުމުން އެންމެ ފަހުން ޒިވާން އެއްބަސްވީއެވެ.
ދިހަ މީހުންގެ ގުރޫޕްއާއެކު ލޯންޗު ފަޅު ރަށަށް ޖެއްސިއިރު އެހެން ބައެެއްވެސް އެރަށުގައި އުޅެމުން ދިޔައެވެ. “އެއީ ރޭގަ ޕާޓީ ބޭއްވި ގޭ މީހުން. އެއުޅެނީ ސަރްވާއިން ސޮރު” އެތަނުން އެއް ކުއްޖަކު ބުނެލިއެވެ. އެއީ ރައިހާނާމެން ކަން ވަގުތުން ޒިވާންއަށް އެނގުނެވެ. ރައިހަނާ ފެނޭތޯ ޒިވާން ރަށުތެރެއަށް ނަޒަރު ހިންގާލިއެވެ.
******
އަނބު މަޖާ ތަށްޓެއް ހިފައިގެން އަންޖަލްއާ ރައިހާނާ ބޮޑު ގަހެއްގެ ދަށުގައި ތިއްބެވެ. އެމީހުން ކުރި މަތީ އަޅާފައި އޮތް މެޓު މަތީ އިށީންދެލައިގެން ކުޅޭއެއްޗިއްސާ ކުޅެން ޒޯޔާވެސް އިނެވެ. ދޭތެރެއަކުން ޒޯޔާގެ އަނަގަޔަށް ކޭކްކޮޅެއް ރައިހާނާ ލަވައެވެ. “މްމްމް ނަދާ ދައްތަގެ މަޖާގަނޑަށް ހަމަ އެއްވަނަ. މިހާ މީރު މަޖާގަނޑެއް އަންކޮ ދުވަހަކުވެސް ނުކަން” އަނގަ ފުރާ މަޖާ އަޅައިގެން އަންޖަލް ބުންޏެވެ. ހުތްއެއްޗިއްސަކީ އަންޖަލްއަށް ވަރަށް ކަމުދާ އެއްޗިއްްސެވެ. ޚާއްސަކޮށް އަނބުމަޖަލެވެ. “ރައި ފެމެލީ އެންމެންވެސް ވަރަށް މީރުވާނެ ކާއެއްޗިހި ހަދާލެއް” ރައިހާނާ ފޮނުވެލަމުން ބުންޏެވެ. “އޭގެ މާނައަކީ ރައިވެސް ކައްކާލެއް ވަރަށް މޮޅުވާނޭ ދޯ! އެހެންވީމަ މިއަދު ރައި ކައްކަން ވީނު” އައިނައި ތަނެއް ނޭންގި ރައިހާނާ މެންނަށް ފެނުނީ ހަމްޒާ އައިސް ދެކުދިން ގާތު އިށީންތަނެވެ. ހަމްޒާ އެގޮތަށް އައުމުން ދެކުދިންވެސް ސިއްސައިގެން ދިޔައެވެ. ” އާ ޔޫ އަ ގޯސްޓް؟ އެހެންޏާ އަބަދުވެސް ކުއްލިއަކަށް ހުރެފަ ފާޅުވާނީ” ރައިހާނާ ހަމްޒާއާ ދިމާއަށް ލޯ އަޅާލިއެވެ. ހިނިގަނޑެއް ޖަހާލަމުން ހަމްޒާ ޒޯޔާއިން މެޓް މަތީ އިށީނެވެ. “ހެލޯ ޒޯޔާ ބޭބީ. ކޭކް ކަނީތަ؟” ޒޯޔާގެ ކޮލުގައި ހުފާލަމުން ހަމްޒާ ބުންޏެވެ. އަންޖަލްއަށް އަނގަ ނަގައިގެން ހަމްޒާއާ ދިމާއަށް ބަލަން ހުރެވުނެވެ. “އަންކޮ ކްލޯޒް ޔުއަރ މައުތް. މެއްސެއް ވަދެދާނެ” އަންޖަލް ކަންފަތް ދޮށުގައި ލާނެއް ގޮތަކަށް ހެމުން ބުނެ ރައިހާނާ އިންތަނުން ތެދުވިއެވެ.
ރައިހާނާ ބޭނުންވީ އަންޖަލްއާ ހަމްޒާއާ އެކަނި ވަގުތުކޮޅެއް ދޭށެވެ. ހިތާދެކޮޅަށް އެތާ ހުންނަ ކުރި ހަނގުރާމާއިގައި މި ފަހަރުވެސް ރައިހާނާ ކުރި ހޯދިއެވެ.
އަތުގައި އިން މަޖާ ހުސްކުރި ތަށި ކުނިއަޅަން ބަހައްޓާފައި ހުރި ކޮތަޅަށް ލާފައި މޫދަށް ގޮސް ރައިހާނާ އަތް ދޮވެލިއެވެ. ރާޅު ބީއްސާ ހިސާބުގައި އެކަނި މާއެކަނި ހިނގާފައި ކުރިއަށް ދިޔައެވެ. އާއިލާ މީހުން ތިބި ތަނާ ދުރަށް ދެވުނުއިރުވެސް ރައިހާނާ އަކަށް ނޭންގުނެވެ. އެއަށްވުރެ ބޮޑަށް އޭނާ ހުރީ ހަމްޒާގެ ޚިޔާލުތަކަށް ގެއްލިފައެވެ.
“އަންކޮ ވެސް ހިސްޓްރީ ފިލާވަޅު ދަސް ނުކުރަންތަ؟” ދައްކާނެ ވާހަކައެއް ނޭންގުމުން ހަމްޒާ އަންޖަލް ގާތު އެހިއެވެ. “ނޮޕް. ފުރަތަމަ ތިން ޕޭޖް ދަސްކޮށްފިން. ސާރ ދިން ހޯމްވޯކްގެވެސް ފުރަތަމަ ޕޭޖް ހަދައިފިން” ހަމްޒާއަށް ފާޑަކަށް އަނގަ ހަދާލެވުނީ އަންޖަލް ފިލާވަޅު ދަސްކޮށް ބަންދުގައި ހަދަން ދިން ފިލާވަޅުގެ އެއްބައި ނިންމުންނެވެ. “ސީރިއަސްކޮށޭ” ހަމްޒާއިން ގޮތުން އަންޖަލް ހީކުރީ ހަމްޒާ އޭނާ ދެއްކި ވާހަކަ ގަބޫލު ނުކުރެވިގެން ހުރި ކަމަށެވެ. “މާޝާ ﷲ” ރާގަކަށް ފައްތަމުން އަންޖަލްއަށް ހިނިތުންވަމުން ހަމްޒާ ބުނި ގޮތުން އަންޖަލްއަށް ހެވުނެވެ. “ރައިހާނާ ވަރަށް ރުޅި ގަދަތަ؟” ދެކޮޅު ބަލާލާފައި ހަމްޒާ ވަރަށް ސިއްރުން އެހިއެވެ. އަންޖަލް ދެފަރާތަށް ބޯ ހޫރާލިއެވެ. “އެކަމް މަ ފެނުނީމަ ބައެއް ފަހަރަކަށް ހާދަ ސިނގުރުޅިއެކޭ އެއަންނަނީ!” ހަމްޒާ ހުއްޓާނުލާ އަންޖަލް ގާތު ދެއްކީ ރައިހާނާގެ ވާހަކައެވެ.
ފައި އެޅުނު ގޮތަކުން ރައިހާނާ ދޮންވެލި ގަނޑު މައްޗަށް ވެއްޓުނެވެ. ވެއްޓި ޖެހުނު ގޮތުން ފައިގެ ތަނބިކަށްޓަށް ތަދުވިއެވެ. “ކްލަމްސީ ރައި. އަބަދުވެސް އޮންނާނީ ވެއްޓިފަ” ރައިހާނާގެ ތަނބި ކަށީގައި ހިފަހައްޓަމުން ޒިވާން ބުންޏެވެ. ޒިވާންގެ އަޑު ޖެހުމާއެކު މިފަހަރު ރައިހާނާގެ ހިތަށް ވެރިވީ ފޫހިކަމެވެ. އަނގައިން ބަހެއް ބުނުމަކާ ނުލައި ޒިވާންގެ އަތް ފޮޅުވާލިއެވެ. އެއަށްފަހު އަމިއްލައަށް ތެދުވަން މަސައްކަތް ކުރިއެވެ. ނަމަވެސް ފައި ގޯޅިފައި ހުރުމުގެ ސަބަބުން ރައިހާނާއަށް ތެދުވެވޭ ގޮތެއް ނުވިއެވެ. ޒިވާން އަތް ދިއްކޮށްލުމުން މޫނު އަނެއް ފަރާތަށް އަނބުރާލީ ޒިވާންގެ އެހީ ބޭނުންނުވާތީއެވެ.
ޒިވާން ރައިހާނާ ނަގާ އުފުއްލާލުމާއެކު ރައިހާނާ ތޫލި އަޑަކުން ހަޅޭއްލަވާގަތެވެ. “ޝްޝްޝް. ރައި އައިމް ހެލްޕިން ޔޫ! އިތުރުކަމެއް ނުކުރާނަން” ޒިވާން ގޮސް ރައިހާނާ ރުއްބުޑެއް މަތީ ބޭންދިއެވެ. އެއަށްފަހު ފައި މޮޑެދެން ފެށިއެވެ. ރައިހާނާ ހުރީ ރުޅި އައިސްގެން ފަޅާގެން ދާން ކައިރިވެފައެވެ. އެހެނަސް ފަޔަށް ތަދުވާލެއް ބޮޑު ކަމުން އެއްވެސް ކަމެއް ނުކުރެވުނެވެ. ނުވިސްނާ ހުއްޓާ ޒިވާން ރައިހާނާގެ ފައި އަނބުރާލިއެވެ. އެއާއެކު ބާރަކަށް ރައިހާނާ ހަޅޭއްލަވާ ގަތެވެ. “މިހާރު ފައި ރަނގަޅުވާނެ” ގައިން ވެެލި ފޮޅާލަމުން ޒިވާން ތެދުވިއެވެ. ރައިހާނާ ފައި އަނބުރާލީ ރަނގަޅުތޯ ބަލަންށެވެ. އެއްވެސް ވަރަކަށް ތަދު އިހްސާސް ނުކުރެވުމުން ކޮޅަށް ތެދުވިއެވެ. އާއިލާ މީހުން ތިބި ތަނަށް ހިނގައިގެން ތަނުން ޒިވާން އަތުގައި ހިފެހެއްޓިއެވެ. “ހަމަ މިހާރު ދޫކުރޭ” ރުޅިވެރިކަމާއެކު ރައިހާނާ ބުންޏެވެ. “އައި އޭމް ސޮރީ” ޒިވާންގެ ލޮލުގައިވި އަސަރު ފެނި ހިނދުކޮޅަކަށް ނަމަވެސް ރައިހާނާގެ ހިތް ޒިވާންއަށް ލެނބޭގޮތްވިއެވެ. ޒިވާންއަށް މާފުކޮށްފައި އާލުން ގުޅެންވެސް ހިތަށް އެރިއެވެ. ރައިހާނާ އޭނާގެ އިހްސާސްތައް ކޮންޓްރޯލް ކުރިއެވެ. ޒިވާންް އަތުން އޭނާގެ އަތް ފޮޅުވާލުމަށްފަހު ބާރަށް ހިނގައިގަތެވެ.
“ދޮންތީ ކޮންތާކުން ތިއައީ. ވޮލީ ކުޅެން ދޮންތި ހޯދާހޯދާ ނުފެނުނު” ރީހާން އައިސް ރައިހާނާ އަތުހިފައި ވޮލީ ކުޅެން ތިބި ތަނަށް ގެން ދިޔައެވެ. ރައިހާނާ ފަޔަށް ތަދުވަނީ ކަމަށްބުނެ ނުކުޅެން އުޅުމުންވެސް ގަދަކަމުން ރައިހާނާ ކުޅެން އެރުވިއެވެ. ރައިހާނާއާ އަންޖަލް ސަރްވާ ނަދާ އަދި ނަދާގެ އަންހެންކޮއްކޮގެ އިތުރަށް ޒާންއާ ރީހާން ތިބީ އެއް ބައިގައެވެ. އަނެއް ކޮޅުގައި ތިބީ ޝިމާންއާ ހަމްޒާއާ ޖައިލަމް އާދި ޒަހުވާންއާ ފިޒާންއާ ނަދާގެ ފިރިމީހާގެ އިތުރަށް ހުސާންއެވެ. ވަރަށް ފޯރީގައި އެންމެން ކުޅެމުން ދިޔައިރު ރައިހާނާ ހުރީ މޫޑު ކަޓާފައެވެ. ހަމްޒާއަށް އެކަން ފާހަގަވެގެން ނިކަން ބާރަށް ރައިހާނާއާ ދިމާއަށް ބޯޅަ ހޫރާލިއެވެ. ސިހިފައި ރައިހާނާއަށް އަތްދިއްކޮށްލެވުނު ގޮތުން ކުޑަވައި އިނގިލީގައި ބޯޅަހެހިފައި ވެއްޓުނެވެ. “އައުޗް” ރައިހާނާއަށް ތަދުވީ ވަރުން ލޮލުން ކަރުނަ ނީރާލިއެވެ. އެއްފަހަރު ފައި ގޯޅިއްްޖެއެވެ. އަނެއްކާ އަނެއްތަނަކަށް އަނިޔާވުމުން ރައިހާނާ ރުޅިވެސް ގަދަވިއެވެ. އާނިޔާގެ ޝިކާރައަށް އަބަދުވެސް އޭނާ ވަނީ ކީއްވެތޯ ހިތަށް އެރިއެވެ.
ހަމްޒާއަށް ރައިހާނާއާ ދިމާއަށް ދުއްވައިގަނެވުނު ގޮތްވެސް ނޭންގެއެވެ. އޭނާގެ ސަބަބުން ރައިހާނާއަށް އަނިޔާއެއް ވުމުން ހަމްޒާ ދެރަވިއެވެ. “އައި އޭމް ސޮރީ އައި ޑިޑިންޓް މީން ޓު ހާޓް ޔޫ” ރައިހާނާ ހަމްޒާއަށް ދެލޯ އަޅާލިއެވެ. ޒިވާންއާ އަމިއްލަ ނަފްސުދެކެ އައިސް ހުރި ރުޅި ބޭލުނީ ހަމްޒާއަށެވެ. “އެންމެންވެސް ބުނާނީ ތިހެން. ތަދުކޮށްފަ ކޮން ސޮރީއެކޭ. ހީވަނީ ސޮރީއޭ ބުނީމާ ދެން ހަލާކުވިތަން ރަނގަޅުވާހެން” ޒިވާންއާ ދިމާއަށް ބުނަން ހިތުގައި ހުރި އެއްޗިހި ހަމްޒާއާ ދިމާއަށް ރައިހާނާ ކިޔާލިއެވެ. އޭރު އެލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. “ރައި. އާދެ ދޮންތައާ އެކީ އައިސް އަޅަން” ސަރްވާ ރައިހަނާ ގޮވައިގެން އެތަނުން ދިޔައެވެ. އެކަކުވެސް ތިބީ އިތުރަށް ކުޅުން ކުރިއަށް ގެންދާ މޫޑެއް ގައެއް ނޫނެވެ. ހަމްޒާއަށް ވެލި ގަނޑުގައި ފައި ހޫރާލީ އަމިއްލަ ނަފްސުކުއްވެރި ކުރަމުންނެވެ.
“ހަމްޒާ” ޝިމާން އައިސް ހަމްޒާ ގާތު އިށީނެވެ. ހަމްޒާ ހުރީ ގަސްގަނޑެއް މަތީ އިށީންދެގެން މޫދަށް ގާއުކާށެވެ. ޝިމާން ގޮވުމުންވެސް ހަމްޒާ އަޅައެއް ނުލައެވެ. “އާ ޔޫ އިން ލަވް ވިތް ރައި؟” ހަމްޒާގެ ހަރަކާތްތަކަށް ހުއްޓުން އެރިއެވެ. މޫދަށް ގާކޮޅު އެއްލަން ނެގި އަތް އެއިން ގޮތަށް އިނެވެ. ޝިމާންއާ ދިމާއަށް ހަމްޒާ ބަލާލީއިރު އެދެލޮލުގައިވީ ރިހުމެވެ. ވޭނެވެ. “ޝީ އިޒް މައި ސްޓޫޑެންޓް” އަތުގައި އޮތް ގާކޮޅާ ހަމްޒާ ކުޅެލިއެވެ. “މަށަށްވެސް އެނގެޔޭ ތިކަން. މަގޭ ސުވާލަކީ ރައިހާނާދެކެ ލޯބިވޭހޭ؟” ހަމްޒާ ދެލޯ މަރާލިއެވެ. އެއަށްފަހު ދެފަރާތަށް ބޯހޫރާލަމުން ރައިހާނާދެކެ ލޯބިވާކަމަށް އިންކާރުކުރިއެވެ. “ނޫން ނުވޭ. ކައޭއަށްދޯ އެންމެ ބޮޑަށް އެނގޭނީ މަށަށް އިތުރު މީހެއް ދެކެ ލޯބިވުމަކީ ކުރެވޭނެކަމެއް ނޫންކަން” އަތުގައި ހުރި ބާރެއް ލާފައި ހަމްޒާ ގާކޮޅު މޫދަށް އެއްލާލިއެވެ. އެއަޑުގައި ވީ ރިހުމެވެ. “އެހެންވެ ދޯ މިއެހީ! މަށަށް ވުރެ ރަނގަޅަށް ކައޭ އިނގޭނެ މީހެއް ނުހުންނާނެ. ދެންމެ ތިއުޅުނީ މީގެ ހައަހަރު ކުރިން އުޅުނު ގޮތަށް” ޝިމާންއަށް ވުރެ ރަނގަޅަށް ހަމްޒާ އެނގޭ މީހަކު ނުހުންނާނެއެވެ. އޭނާއަށް ހީވީ މީގެ ހައަހަރު ކުރީގެ ހަމްޒާ ފެނުނު ހެންނެވެ.
*****
ސަރްވާ ކޮނޑުގައި ބޯއާޅައިގެން އޮވެ ރައިހާނާ ހިތްފުރެންދެން ރުއެވެ. ހިތަށް ހަމަޖެހުމެއް ލިބުނީ ޒިވާންގެ ވާހަކަ އޭނާގެ ދޮންތައާ ހިއްސާކުރުމުންނެވެ. ސަރްވާ ރައިހާނާއަށް ހިތްވަރު ދިނެވެ. ޒިވާންގެ މަޅީގައި ދެވަނަ ފަހަރަށް ނުޖެހެން ނަސޭހަތްތެރިވިއެވެ. ރައިހަނާ އޭނާގެ ހިތުގައި ހަމްޒާއަށްވީ އިހްސާސްތައް ސިއްރުކުރިއެވެ. “ދެންވެސް ދޮންތައަށް އަންގާގެން އުޅޭތި. އޭރުން ހެލްޕެއްވެސް ވާން އެނގޭނީ. ދެން އަވަހަށް މޫނު ރީތިކޮށްލާ. މަންމަމެންނަށް ފެނިއްޖެޔާ ސުވާލު ކުރާނެ” ރައިހާނާ ޓިޝޫއަކުން މޫނު ރީތިކުރިއެވެ. ރައިހާނާ ހަމުގެ ކުލަ އަލިވުމުން ނޭފަތް ހުރީ ވަރަށް ބޮޑަށް ރަތްވެފައެވެ.
ނަދާގެ އެދުމުގެ މަތިން އަންޖަލް ހުރީ ޒޯޔާ އުރައިގެންނެވެ. އެއްލި ކަޅިއަކުން އޭނާއަށް ޒިވާން ފެނުނެވެ. ރައިހާނާ އަސްލު ހަމްޒާއާ ދިމާއަށް އެއްޗިހި ކިޔަން މެދުވެރިވި ސަބަބު އަންޖަލްއަށް އެނގުނެވެ. ރުޅިންގޮސް މީހާ ފަޅައިގެން ދާވަދުރުވިއެވެ. “ޒާން. އެހަަށް ޒޯ އުރާބަ. އަންކޮ އެބައަންނަން” ޒާންއަތަށް ޒޯޔާ ދީފައި އަންޖަލް ޒިވާން ހުުރި ތަނަށް ރުޅިގަދަވެފައި ހުރެ މިސްރާބް ޖެހިއެވެ.
“އޭންޖަލް މާ ރުޅު ގަދަވެފަ ކޮންތާކަށް؟” އަންޖަލް މާރުޅުއައިސްފައި ދާތަނެއް ނޭންގިގެން ރީހާން އެހިއެވެ. ރީހާންއަކަށް އޭރު ޒިވާންއެއް ނުފެނެއެވެ. އަންޖަލް އަތުން ޒިވާން ދައްކާލިއެވެ. ރީހާންއަށްވެސް ވާނުވާ ރޭކާލިއެވެ. ” އޯ މައި ގޯޑް. ދޮންތި އަސްލު ހަމްޒާބެއާ އެހާ ރޫޑްކޮށް ވާހަކަ ދެއްކީ އެއިންސާނާއާ ހެދި ދޯ! މިހާރު ބުނެފިން ދޮންތިއޭ ވައިވެެސް އެޅިގެން ނުވާނޭ!” ރީހާން އަންޖަލްއަށް ވުރެ ބާރަށް ހިނގައިގަތެވެ.
ޒިވާން ކޮނޑުގައި މީހަކު ހިފެހެއްޓުމުން އެނބުރި ބަލާލިއެވެ. ރީހާން ފެނުމުން ޒިވާން ކުޑަކޮށް ނުތަނަވަސްވިއެވެ. “ބުނެފިން ދޯ. ދޮންތިއާ ދުރުގަ ހުންނާށޭ. ކާލޭ ކަންފަތް ބީރީތަ؟ ބުނަން ރަނގަޅު ވާހަކައެއް މަގޭ އަތުން ބޮނޑިއެއް ނުލިބެނީސް ދޮންތިއާ ދުރަށް ދާން އުޅެ. އެހެންނޫނީ މާރީއްޗެއް ނުވާނެ” ޒިވާންއާ ދިމާއަށް ރީހާން ޝަހާދަތް އިނގިލި ދިއްކޮށްލިއެވެ. “މަ ބުނަންތަ ވާހަކައެއް. ތީ އަދި ކުޑަ ކުއްޖެއް. ތިހެން ފުއްޕާފަ މަށަށް އިންޒާރު ނުދީ ސައިޒްގަ ހުރެ” ރީހާންގެ ރުޅުގަނޑަށް ހީވީ އަލިފާނަށް ޕެޓްރޯލް އެޅިހެންނެވެ. ޒިވާން ގައިގައި ޖަހަން އަތް މަޅާލިއެވެ. އަންޖަލް އައިސް ނުހިފެހެއްޓިނަމަ ޒިވާން މޫނު މަތީ އެތިފަހަރެއް އެޅުނީހެވެ. “ރީހާން ނޯ” އަންޖަލް ސީދާ ރީހާންގެ ދެލޮކަށް ބަލަން ހުރެ ދެފަރާތަށް ބޯހޫރާލިއެވެ. ފުންނޭވައެއް ލުމަށްފަހު ރީހާން ހަމައަކަށް އެޅިލިއެވެ. އަދި ޒިވާންއަށް ރުޅިވެރި ނަޒަރެއް ދިނުުމަށްފަހު ބާރަކަށް އެތަނުން ދިޔައެވެ. އަންޖަލްވެސް ޒިވާންއަށް ބަލާލުމަށްފަހު ރުޅި މޫނު ދައްކާފައި ރީހާން ފަހަތުން ދިޔައެވެ.
“ރީއްކޯ!” އަންޖަލް ބޭނުންވީ ރީހާންގެ ރުޅި ގަނޑު މައިތިރި ކުރާށެވެ. ރީހާން އަޅާވެސް ނުލާ ދިޔައެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
30 Comments!
Comments are closed.






Finaly up vehjje dhw.
. Me first…..
Yay me first
Hama perfect nge??? masha allah??? goalhifa hurumaky koba… adhi alah mi adu ehy ehnve???curiously waiting for the nxt part❤❤❤???
Ooops sry… twinkle scnd dhw mifaharu
Kiyara thareya Thakolhe long kolache then gena part. Varah reethi masha Allah. Love your story.
Why I his much short???
Omg!!!.. Varah reethi mi part vec.. Alhey raihaana aa hamza gulhuvaaba.. Plx.. Haadha gulheyey.. And anjal aa vishaah vec… Cant wait for the next part.. Masha allah varah habbu.. Just love your story girl ❤️?????????❤️?.. Alhey Koniraku next part up kurany??.. Waiting curiously.. Plx avahah up kohdhehchey ingey??Lysm ❤️??
Kiyara is a student and this is her last year so we have to give her our support in every way.. Our full support is needed.. Mine is there.. Kiyara also have to give a lot of her attention to the studies.. And she takes time out of her busy schedule and write for us as much as she could.. So we need to be very grateful for that… Thank you kiyara.. Lysm girl… Kiyaa ah liyevunu varakun up kuranvy… But daily koh up koh nudhinas heyo.. Dhigukoh liyevunu dhuvahakun up kuriyas hama ok… Girl gud luck in your exams…
This is because most of the readers say that kiyaa liyaa part thah varah kurey… And im not stopping you readers from giving your views…
Ur ryt kitty n I support u??????
Thanks twinkle ?.. So sweet of u
Kitty sis and twinkle sis!!?❤️❤️❤️ I’ll also support to kiyaa sis,cuz I could understand that how busy kiyaa sis will be!!!????????❤️❤️and what I want say to the readers who thinks the story is short,plx understand what kitty sis said!!???
Wow… Varah varah reethi ? ?? ?? ?❤️
agree with u kitty, all best wishes are with u kiyaa…btw the story is perfct
Mi part vx vrh reethi… keep goin kiyara darling?
kiyaa take ur time…..we will be waiting for u
Wowww!!!? this is mind blowing!! I luv this story so much!! this is awsm!!❤️❤️❤️…..and finally vihaash came to sense!!rai is so good at controling her self!!❤️❤️?
❤️❤️❤️❤️❤️❤️Lots of love ❤️❤️❤️❤️❤️❤️❤️❤️❤️❤️
vvvv reethi hamzaa aa rai gulhuvahchey plx
އަނެއްބައި ނެރެނީ ކޮންއިރަކުން
V nice mi part vx….. Whn nxt prt…. V v v kiyaa hithun kiyey story eh miy u r my favourite Author…. ❤️❤️❤️❤️❤️??????
Alhe next part up kuraa dhuvaheh vc bunelinama dw
Thann kolheh avahah nereba anehh baiiii plx
Mi story mathin vvvv bodah foonu venue..baraabarah up nukurevenyaa story nuliyebaa
I agree… But aslu understand gain jebel experience exam up karaoke date bunelaanama dhw
I understand that…. But still story up kolla dhuvaheh bunelaafiyaa readers ah vrh Faseyha vaane
Mihaaru mivaahaka kiyan foohivejje
V goihves handhaan nethijje
So trust me you lost one reader
This is really annoying and you shouldnt write if you cannot update dhuvahun dhuvahah
dhuvahun dhuvahah up nukurevunas… Up kohlaa dhuvaheh bunyma ok vaane… Eyrun mihaa inthizaaru mivarakah kuraakah nujeheyne… ??
alhe mi story dhen mi hisaabun nimunytha….dont do this kiyaa…mee mi syte ga in one of the best stories…..pls dont let down ur reader
Vaahaka kiyaalan libeyny konirakuntha?
Konirakuntha vaaka kiyaalan libeynee