Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވާލޯބި އެނގޭނަމަ 22

Aami Level 210 Stories100 Comments
May 4, 2019 5 Mins Read
10 Comments

އާންމުކޮށް ބޭރަށް ދާއިރު މާވަރަކަށް ރީތި ނުވި ނަމަވެސް މިއަދަކީ އަވްލީންގެ އުފަންދުވަސް ކަމުން ބޭރަށް ދާން ތައްޔާރުވެލީ އެހެން ފަހަރު ފަހަރާ ހިލާފަށެވެ. ލައިގެން ހުރި ގަދަ ރަތް ކުލައިގެ މެކްސީ އަވްލީންގެ ދޮން ހަށިގަނޑާއި ނުހަނު ގުޅެއެވެ. އެހެދުމަކީ މާޒިން އަވްލީން އަށް އުފަންދުވަހުގެ ހަދިޔާއަކަށް ދިން ހެދުމެކެވެ. ނަމަވެސް އަވްލީން އަށް ނޭނގުނުކަމަކީ އެ ހެދުމަކީ އަވްލީން އަށް ދިނުމަށްޓަކައި މާޒިން އަތަށް ރާދިން ދިން ހެދުމެކެވެ. ހެދުމާއި ގުޅޭގޮތަށް ތުންފަތުގައިވެސް ގަދަ ރަތްކުލައިގެ ލިޕްސްޓިކެއް ހާކައިލިއެވެ. އަވްލީން ހިތްހަމަޖެހޭ ވަރު ވުމުން ލޯގަނޑުން އަމިއްލަ ސޫރައަށް ބަލައިލުމަށްފަހު ޑްރެސިންޓޭބަލް މަތީގައި އިން ސެންޓު ފުޅި ނަގައި މުޅި ގަޔަށް ސެންޓް ބުރުވާވިއެވެ. އަދި ކޮޓަރިން ނިކުންނަން ހިނގައިގަންތަނާ ކޮޓަރީގެ ދޮރުފަތް ހުޅުވުނެވެ.

އަވްލީން ބަލާލިއިރު އެތެރެއަށް ވަދެގެން އައީ މައިރާ އެވެ. މައިރާ ފެނުމުން އަވްލީން ގެ ތުންފަތަށް ފުޅާ ހިނިތުންވުމެއްވެރިވިއެވެ.

“މާާޝާﷲ ލީން ވަރަށް ފުރިހަމަ މިރޭގަ. ޔަގީން ފިރިހެން ކުދިން މޮޔަވާނެ ލީން ފެނިފަ އެހާވެސް ރީތި މިރޭގަ” މައިރާ އަވްލީން އަށް ތައުރީފްކޮށްލިއެވެ.

“ޝުކުރިއްޔާ މައި. އެންޑް މައި ވެސް ވަރަށް ރީތި ހަމަ މިރޭގަ. މާހިލް އަށް ހާޓްއެޓޭކްއެއް ނުޖެހުނިއްޔާ ރަނގަޅު.” އަވްލީން ވެސް މައިރާ އަށް ތައުރީފުކޮށްލަމުން ދިމާވެސްކޮށްލިއެވެ. އަވްލީން އެހެން ބުނުމުން މައިރާ ވެސް ހޭން ފެށިއެވެ.

“ހޫން ރަނގަޅޭ އަހަރެން ރީތި ވަނީ މާހް އަށް ދައްކަންށޭ. ދެން ލީން ތިހާ ނަލަވަނީ ރާދް އަށް ދައްކަން ދޯ؟” މައިރާވެސް އަވްލީން އަށް ދޫކުރާކަށް ބޭނުމެއް ނުވިއެވެ. ރާދިން އޭކިޔައިފައި ދިމާކޮށްލުމުން އަވްލީން ވަގުތުން ބަސް ހުއްޓުނެވެ.

“ދެން މައި ވެސް ކޮންމެހެން ދިމާކުރާނެކަމެއް ނެތޭ.” އަވްލީން އަށް ބުނާނެ އެހެން އެއްޗެއް ވިސްނުމަކަށްނައެވެ.

“އޯކޭ އޯކޭ. ހިނގާ ދެންވެސް އަވަހަށް ދާން. މިހާރު ލަސްވެސް ވެއްޖެއެއްނު.” އަވްލީން އާއި ދިމާކުރުން ހުއްޓާލުމަށް ފަހު މައިރާ އެދުނީ އަވަހަށް އެމީހުންގެ މަންޒިލަށްދިއުމަށެވެ.

“އެކަމް ކޮންތާކަށްތަ މިދަނީ؟ މައި ނުވެސް ބުނަމެއްނު ދާން މިއުޅެނީ ކޮންތާކަށް ކަމެއްވެސް. ދެން ބުނެބަލަ.” އަވްލީން ހުރީ އެމީހުން ދާން އުޅޭ ތަނެއް ހޯދުމަށް ކެތްމަދުވެފައެވެ. މައިރާ ކައިރީގައި މިއަދު ހަތަރުދަމު އަހައި އަހައިވެސް ދަނީ ކޮންތާކަށް ކަމެއް ނުބުނެއެވެ.

“ބުނީމަ ނުވާނެ އެއްނު ސަޕްރައިޒަކަށް. ކެއްކޮށްލާދެން ނެތޭ މާގިނަ އިރެއްވެސް.” މައިރާ އަދިވެސް އަވްލީން ކައިރީގައި އެމީހުން ދާން އެއުޅެނީ ކޮންތާކަށް ކަމެއް ނުބުނެއެވެ.

އެންމެފަހުން ހަތިޔާރު ބަހައްޓަމުން އަވްލީން މައިރާ އާއި އެއްކޮށް ހިނގައިގަތީ މައިރާ ކައިރިން ކުރި ނުލިބޭނެކަން އެނގޭތީއެވެ. ކިތެއްމެ ވަރަކަށް ކިޔަސް މައިރާ ގޮތުގައި ހިފަހައްޓާލައިފި ނަމަ ދެން މައިރާ ލައްވާ އެކަމެއް ނުކުރުވޭނެކަން އަވްލީން އަށް ރަނގަޅަށް އެނގެއެވެ.

އަވްލީން އާއި މައިރާ އިން ޓެކްސީ ގޮސް މަޑުކޮށްލީ ބޮޑު ގެއެއްގެ ކުރިމައްޗަށެވެ. މައިރާ އަށް އެގެއަކީ އާ ގެއެއް ނޫން ނަމަވެސް އަވްލީން އަށް އެއީ ކާއްގެ ގެއެއްކަމެއް ނޭނގުނެވެ. އަވްލީން ދުވަހަކުވެސް މާހިލް މެން އުޅޭ ގެއަށް ނާންނާތީ އެއީ މާހިލް މެން ގެކަމެއް އޭނާއަކަށް ނޭނގޭނެއެއްނޫން ހެއްޔެވެ.

“މައި މީ ކާއްގެ ގެއެއްތަ؟ މިހެން ހަމަ ކޮންމެ ކޮންމެ މީހެއްގެ ގެއަށް އައިސް ވަންނަން ކެރޭތަ؟” ޓެކްސީއިން ފައިބަމުން މައިރާ އެތެރެއަށް ވަނުމަށް އެދުމުން އަވްލީން މައިރާގެ އަތުގައި ހިފާއްޓަމުން ބުނެލިއެވެ.

“ސާބަސް ލީން އަށް އަހަރެން ދެން ހަމަ ތާކުން ގެޔެއް ފެންނަ އިރަަކަށް ނުބުނާނެ ދޯ އެގެޔަކަށް ވަންނާށެކޭއެއް. އަހަރެންނަށް އެނގޭ މީކާއްގެ ގެޔެއްކަން އެން މިގެޔަށް ވަނަސް އެއްވެސް މީހަކު އެެއްވެސް އެއްޗެކޭ ވެސް ނުބުނާނެ. ސޯ ޑޯންޓް ވޮރީ އެތެރެއަށް ވަދޭ.” މައިރާ އަވްލީން އަށް ވިސްނާދެން މަސައްކަތްކުރިއެވެ.

“އެކަމްވެސް މީކާއްގެ ގެޔެއްކަން ނޭނގެނިސް އަހަރެންނެއް މިގެޔަކަށް ނުވަންނާނަން. ބުނޭ މީ ކާއްގެ ގެޔެއްކަން.” މައިރާ މިފަހަރު ކިތައްމެ ވަރަކަށް ނުބުނަން ހިފާލިޔަސް އަވްލީން ވެސް ދޫދޭކަށް ބޭނުމެއް ނުވިއެވެ. މައިރާ އެތެރެއަށް ވަންނަން ބުނުމުންވެސް އެއްޗެކޭ ކިޔާ ކަމަށް ވެސް ހަދާނުލާ ހުރި ފިޔަވަޅު މަތީގައި ހުރީއެވެ. އެންމެ ފަހުން އެހެންގޮތެއް ނެތުމުން މައިރާ އަށް ޖެހުނީ އެއީ މާހިލް މެންގެ ގެކަން އަވްލީން ކައިރީގައި ބުނާށެވެ.

“ދެންވެސް އެތެރެއަށް ވަދެބަލަ. މާހް މެންގެ މަންމަ މެންވެސް ރާއްޖެން ބޭރަށް ގޮސްވަނީ ސޯ ނޫޅޭނެ އެއްޗެކޭ ބުނާނެ މީހެއްވެސް. އެހެން ނޫނަސް އެމީހުން ތިއްބަސް އެމީހުން ވަރަށް ކޫލް ވާނެ.” އަދިވެސް އަވްލީން އެތެރެއަށް ނުވަދެ ހުންނަން ފެށުމުން މައިރާ އަނެއްކާވެސް ކިޔަން ފެށިއެވެ.

އިރުކޮޅަކު މަޑުން ހުރުމަށްފަހު އަވްލީން އެގޭގެ އެތެރެއަށް ވަންނަން ފެށިއެވެ. މައިރާ ވެސް އަވްލީންގެ ފަހަތުން ހިނގަމުންއައެވެ. ވަކި ހިސާބަކަށް ދެވުނުތަނާ މައިރާ އަވްލީންގެ ލޯމަތީގައި ފޮތިކޮޅެއް އެއްސިއެވެ.

“މައި ކީއްކުރަން ތިއުޅެނީ؟ މީތި ލޯމަތިން ނައްޓަބަލަ.” އަވްލީން ހުރީ މައިރާ މެން ކުރަން އުޅޭކަމެއް ނޭނގޭތީ ކުޑަކޮށްޖެހިލުންވެފައެވެ. ނަމަވެސް މައިރާ މެން އަވްލީން އަށް ދެރައެއްދިމާވާނެ ފަދަ ކަމެއް ނުކުރާނެކަމުގެ ޔަގީންކަން އަވްލީން އަށް އޮތެވެ.

“ކުރިއަށް ހިނގަމުންދޭ. އިރުކޮޅަކުން އެނގޭނެ ހުރިހާ ކަމެއްވެސް.” މައިރާގެ ބަހަށް ތަބާވަމުން އަވްލީން ކުރިއަށް ހިނގަންފެށިއެވެ. އަވްލީން ވެއްޓިދާނެތީ މައިރާ ހުރީ އަވްލީންގެ އަތުގައި ހިފަހައްޓާލައިގެންނެވެ. ވަކި ހިސާބަކަށް ދިއުމަށްފަހު މައިރާ އަވްލީންގެ އަތުން ދޫކޮށްލިއެވެ.

“އަހަރެން ބުނީމަ ލޯމަތީގައި އިން ފޮތިކޮޅު ނައްޓާލާ އިނގޭ؟” އަވްލީން އާއި ކުޑަކޮށް ދުރަށް ޖެހިލަމުން މައިރާ ބުނެލި އަޑުއިވުނެވެ.

“ލީން ދެން އޯކޭ ފޮތިކޮޅު ނައްޓާލިޔަސް.” މައިރާގެ އަޑު އައީ ފުދޭ ވަރަކަށް ދުރުންނެވެ. ނަމަވެސް މައިރާ ފޮތިކޮޅު ނައްޓާލިޔަސް އެންމެ ރަނގަޅު ކަމަށް ބުނުމުން އަވްލީން އޭނާގެ ލޯމަތީގައި އައްސާފައި އިން ފޮތިކޮޅު ނައްޓުވާލިއެވެ. އަވްލީން އޭނާގެ ވަށައިގެންވާ މާހައުލަށް ނަޒަރު ހިންގާ ލިއެވެ. ބޮޑު ތަނަވަސް ސިޓިން ރޫމު ވަނީ މަލާއި ފުއްޕާ ހަމުން ޖަރީކޮށްފައެވެ. އަވްލީން އަށް ހުރެވުނީ ފިނިފެންމަލުގެ ފިޔަ ބޭނުންކޮށްގެން ހަދާފައި އިން ހިތެއްގެ މެދުގައެވެ. ސިޓިން ރޫމްގެ ބިތެއްގައި ބޮޑު އަކުރުން “ހެޕީ ބާތްޑޭ ލީން” ޖަހާފައި އިނެވެ. އެކި ދިމަދިމާއަށް ނަޒަރު ހިންގަމުން ދިޔަ އަވްލީން އަށް ގޮޑިއެއްގައި އިށީނދެގެން އިން ފިރިހެން ކުއްޖެއް ފެނުނެވެ. އެކުއްޖާގެ އަތުގައި ގިޓައެއް އޮތެވެ. ނަމަވެސް އަވްލީން އަށް ފުރަގަސް ދީގެން އިނުމުން އެއީ ކާކު ކަމެއް ނޭނގުނެވެ. އަނެއްކާ އެދިމާ ހުރީ ވެސް ވަރަށް އަލި ފަނޑުކޮށެވެ. އަވްލީން ބަލަބަލާ ހުއްޓާ އެކުއްޖާ ގިޓާއިން ރާގުޖަހަމުން ލަވަކިޔަން ފެށިއެވެ.

“ހިތުގެ ތެޅުން….

ހިތުގެ ތެޅުން…

ހިތުގެ ތެޅުން މިތުރުމި އަހާބަލާ

ހިތުގެ ތެޅުން މިތުރުމި އަހާބަލާ

ވާ ލޯބި އެނގޭނަމަ

ވާ ލޯބި އެނގޭނަމަ ކަލާ………..

ފުން ހިޔާލުގާ ދީވާނާ ހިތްވެޔޭ

ހިތް ފާޅުގާ ތިޔަ ލޯތްބަށް އެދެވެޔޭ

ނުނިދޭ މިހާރު ވެޔެ ބޭޤަރާރު އަންނާށޭ ދެން ކަލާ

ނުނިދޭ މިހާރު ވެޔެ ބޭޤަރާރު އަންނާށޭ ދެން ކަލާ

ވާ ލޯބި އެނގޭނަމަ ވާ ލޯބި އެނގޭނަމަ ކަލާ…….

ހިތުގެ ތެޅުން މިތުރުމި އަހާބަލާ

ހިތުގެ ތެޅުން މިތުރުމި އަހާބަލާ

ވާ ލޯބި އެނގޭނަމަ ވާ ލޯބި އެނގޭނަމަ ކަލާ…..

ކެތްވާނެހޭ ވައިރޯޅިން ބީހިލާ

ހިނިތުންވެލާ ޔާރާ އޭ އާސްބަލާ

އެދެމޭ އުފާ ލިބުމަށް ޝިފާ ލޯބިން ހިއްސާވެލާ

އެދެމޭ އުފާ ލިބުމަށް ޝިފާ ލޯބިން ހިއްސާވެލާ

ވާ ލޯބި އެނގޭނަމަ ވާ ލޯބި އެނގޭ ނަމަ ކަލާ

ހިތުގެ ތެޅުން….

ހިތުގެ ތެޅުން….

ހިތުގެ ތެޅުން މިތުރުމި އަހާބަލާ

ހިތުގެ ތެޅުން މިތުރުމި އަހާބަލާ

ވާ ލޯބި އެނގޭނަމަ ވާ ލޯބި އެނގޭނަމަ ކަލާ

ހިތުގެ ތެޅުން މިތުރުމި އަހާބަލާ

ހިތުގެ ތެޅުން މިތުރުމި އަހާބަލާ

ވާ ލޯބި އެނގޭނަމަ ވާލޯބި އެނގޭނަމަ ކަލާ….”

ލަަވަ ކިޔާ ނިންމާލިއިރު އެ ފިރިހެން ކުއްޖާ އިނީ އަވްލީން ކައިރީގައި ކުޑަކަކޫ މައްޗަށް ތިރިވެގެންނެވެ. އެކުއްޖަކީ ރާދިން ކަން އެނގުމުން އަވްލީން ހުރީ ގަނޑުވެފައެވެ. އަވްލީން އަށް ހީވަނީ އޭނާއަށް މިއުޅެވެނީ ހުވެފެނީ ދުނިޔެއެއްގައި ކަމަށެވެ. އޭނާގެ ލޯބި އެހާ ފަސޭހައިން ހާސިލްކުރެވިދާނެކަމަށް އަވްލީން ހިޔެއް ނުކުރެއެެވެ. އެހެންކަމުން އަދިވެސް އަވްލީން ހުރީ ފެންނަމުންދާ މަންޒަރު ޤަބޫލުނުކުރެވިފައެވެ.

“މިހުރިހާ ކަމެއްމީ ލީން އަށް ހީވާ ހީވުމެއް ނޫން. މިއީ ހަގީގަތް. އަހަރެންނަށް އެންމެ ފުރަތަމަވެސް ލީން ފެނުމުން ލީން ދެކެ ލޯބިވެވުނު. އަހަރެންމީ ކުރިން ލަވް އެޓް ފަސްޓް ސައިޓް އަށް ގަބޫލުކުރާ މީހެއް ނޫން. އެކަމް ލީން އާއި ދިމާވުމުން އެހުރިހާ ކަމެއް ބަދަލުވި. ލީން އަށް ލޯބި ހުށައަޅާނެގޮތަކާމެދު އަހަރެން ވަރަށް ވިސްނިން. އެކަމް ލީން އަހަރެންދެކެ ރުޅި އަންނާނެކަމަށް ހީކޮށް އެއްވެސް އެއްޗެކޭ ބުނާކަށް ނުކެރުނު. އެހެން ހުއްޓާ އަހަރެންނަށް މާހް މެން ކައިރިން އެނގުނީ ލީން ވެސް އަހަރެން ދެކެ ލައިކް ވާކަން. ސޯ އަހަރެން ބޭނުންވީ ވަރަށް ސްޕެސަލްކޮށް ލީން އަށް ޕްރޮޕޯޒްކުރަން. އެހެންވެ ލީންގެ އުފަންދުވަހުގަ ސަޕްރައިޒެއް ދޭން ނިންމީ.” ރާދިން އަވްލީން އަށް ކަންތައް ވެގެންދިޔަ ގޮތް ކިޔާދިނެވެ. އަވްލީން ދެންވެސް އެއްޗެކޭ ނުބުނެ ހުންނަން ފެށުމުން ރާދިން އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.

“މިސް އާމިނަތު އަވްލީން މިރުހާން. ވިލް ޔޫ މޭކް މީ ދި މޮސްޓް ސެޕިއަލް މޭން އިންދި ވޯލްޑް. ވިލް ޔޫ މެރީ މީ ލީން؟” ޖީބުންނެގި އަނގޮޓިއެއް ދިއްކޮށްލަމުން ރާދިން ސީދާ އޭނާ އަހަން ބޭނުންވާ ސުވާލު އަވްލީން އާއި ކޮށްލިއެވެ.

އަވްލީން ހުރީ އަދިވެސް ހުއްޓުން އަރާފައެވެ. ހިތުން ރާދިން އަށް އާބަސް ދިންތާ މިހާރު ކިތެއްމެ އިރެއްވެއްޖެއެވެ. ނަމަވެސް ދުލުން ބުނަން އަވްލީން ހުރީ ނުކުޅެދިފައެވެ.

“ކަމޯން ލީން ސޭ ޔޭސް. ދެން ތިވަރަށް ރާދް ނުތަޅުވާބަލަ. ތިހެން މާގިނަ އިރު އިންތިޒާރުކުރުވަންޏާ ރާދް ގެއްލިދާނެ.” މައިރާ އަށް އެއްޗެކޭ ނުބުނެ މަޑުން ހުރެވޭ ގޮތެއް ނުވިއެވެ.

މައިރާގެ އަޑު އިވުމުން އަވްލީންް ދިޔައީ ސިއްސާގެންނެވެ. އަޑު އައި ދިމާއަށް ބަލައިލިއިރު އެތަނުގައި މައިރާ އާއި މާހިލް އާއި ރާހިލްގެ އިތުރުން މާޒިން ވެސް ހުއްޓެވެ. އެހެންކަމުން މިހުރިހާ ކަމަކީ މި އެންމެން ރާވައިގެން ކުރިކަމެއްކަން އަވްލީން އަށް އެނގުނެވެ. އެ އެންމެން ފެނުމުން އަވްލީން ކުޑަކޮށް ލަދުގަންނަގޮތް ވިއެވެ. ރާދިން އަދިވެސް އިނީ ކުޑަކަކޫ މައްޗަށް ތިރިވެގެން ވިއްޔާއެވެ.

“މައި އެބުނީ ތެދެއް ލީން. ފިރިހެން ކުދިން އެވަރަށް އިންތިޒާރުކުރުވަންޏާ އެމީހުން ފިލާދާނެ. އެހެންވީމަ އަވަހަށް ޖަވާބެއްދީ.” މާހިލް ވެސް މައިރާގެ ބަހަށް ތާއީދު ކުރުމުން ބުނެލިއެވެ.

އަވްލީން ކައިރީގައި އިން ރާދިންގެ މޫނަށް ބަލައިލިއިރު ރާދިން އިނީ ރީތި ހިނިތުންވުމެއް މޫނު މައްޗަށް ވެރިކޮށްގެންނެވެ. އަވްލީން މަޑުމަޑުން އޭނާގެ އަތް ރާދިން ދިއްކޮށްގެން އިން އަތުގެ ތެރެއަށް ލިއެވެ. އަދި މަޑު މަޑުން “ޔެސް” އޭ ބުނެލިއެވެ. ރާދިން އަށް އަވްލީން ބުނި އެއްޗެއް އަޑުއިވުނީ އަވްލީން އާއި އެހާ ކައިރީގައި ހުރުމުންނެވެ. ނަމަވެސް ދުރުގައި ތިބި 3 މީހުންނަށް އަވްލީން ބުން އެއްޗެއް އަޑެއްނީވެއެވެ. ނަމަވެސް ރާދިން ދިއްކޮށްގެން އިން އަރުގެ ތެރެއަށް އަވްލީން އޭނާގެ އަތް ލުމުން ކަންތައް ވެގެން ދިޔަ ގޮތް 3 މީހުންނަށް ފަހުމްވިއެވެ. 3 މީހުންގެ މޫނު މަތީގައިވެސް ވަނީ ހިނިތުންވުމެވެ. އެދެމީހުންނަށް ވަގުތުކޮޅެއް ދިނުމަށްޓަކައި 3 މީހުން އެތަނުން ބޭރަށްދިޔައެވެ.

= ނުނިމޭ =

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Aami

Level 210 Stories100 Comments

Other Articles

Previous

މާޒީ (ބާރަވަނަބައި)

Next

ރޯދަ މަހަށް މަރްޙަބާ!

Next
May 4, 2019

ރޯދަ މަހަށް މަރްޙަބާ!

Previews
May 4, 2019

މާޒީ (ބާރަވަނަބައި)

10 Comments!

  1. AMAAN says:
    May 4, 2019 at 1:30 pm

    Mi part ves v rythi knirakun next part up kohladheyny…… avahah up kohladhyba next part….

  2. jiji says:
    May 4, 2019 at 2:09 pm

    Vvv Salhi aslah vec mi part hama??❤❤??????????…whn next part upkurany??????curiously waiting❤❤??❤❤?❤✨?❇ly sis

  3. maaal says:
    May 4, 2019 at 2:57 pm

    thankolheh dhigu koh next part plx

  4. ❤❤ says:
    May 4, 2019 at 3:59 pm

    ❤❤❤❤

  5. Uha says:
    May 4, 2019 at 4:00 pm

    Vrh rythi vhk?????.. bt mahsala aky maa lahun up kuraathy.. ekm vx inthizaaru kuraanan?

  6. ? says:
    May 4, 2019 at 4:40 pm

    Maira maahil raahil maazin
    So 4 ennu
    Dhen vaahakaiga kaahge eh bunyma ragalheh noon
    Ragalhu gothakee kaakuge geyeh bunumun
    3 4 times ekaccheh repeat koh inyma eiii olhumeh nuuun kan egijje
    Ehnve ragalhu goii bunelaa hiyvy ?

  7. Seekko says:
    May 4, 2019 at 7:51 pm

    Alhey nuvx ingey vaahaka update kohfa in kameh.. Hykurey gina dhuvas v ma then nukuraa ne kamah… Alhey mi part vx hama varah reethi.. Keep it up.. Next part avaha up koh dheche.. Waiting ❤️?

  8. reader says:
    May 4, 2019 at 10:57 pm

    waaaw varah reethi but avahah up koladheebe please please please

  9. Anonymous says:
    May 6, 2019 at 1:52 pm

    Avahah up kohladeeba haadalahy ?

  10. olu says:
    May 6, 2019 at 1:53 pm

    Avahah up kohladeeba haadalahy ?

Comments are closed.

Next Episodeވާލޯބި އެނގޭނަމަ 23←


All Right Reserved!