Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތި ހަނދާން 9

ishaadam Level 110 Stories100 Login
May 6, 2019 One Min Read
12 Comments

އާމިރު ޙަތިމް ހިފައިގެން މަންމަ އާއި ހާނިމް އިން ސޯފާގެ ކައިރި އަށް ދިޔައެވެ. އައިމިނަ ރޯމަހެއްހެން ތެޅިގަނެފަ އިންތަނުން ތެދުވިއެވެ. އެކަމަކު އާމިރު ގެ މަޑުމައިތިރި އަޑު އިވި އަވަސް އަވަހަށް އިށީނެވެ.

“ މަންމަ ކީއްވެ ހުވާނުކުރަން ތި އުޅެނީ؟ އަހަންނަށް އިންގޭ މަންމަ އެއްވެސް ކަމެއް ގޯސްކޮށް ނުކުރާނެކަން“

އައިމިނަ ވިސްނަނީ ހަދާނެ ގޮތަކަށެވެ. ހުވާނުކޮށް ސަލާމަތް ވާނެ ގޮތެއް ނެތުމުން ޙަތިމް މަތީ އަތްބޭއްވިއެވެ. އިރު ގަނޑަކު ވިސްނަންއިނެވެ. ހުވާ ކޮއްލީމަ ނަތާގެ ކިބައިން ސަލާމަތްވީއެވެ. ނުކޮއްފިއްޔާ މުޅި އުމުރަށް ލޯބިވާ ދަރިފުޅު ގެއްލިދާނެއެވެ. އައިމިނަ އަކީ ނަމުގަ މުސްލިމެކެވެ. ނަމާދަކަށް ސަޖިދަ ކޮއްލި ދުވަހެއް އައިމިނަ ހަނދާން ހުރުމަށް ވުރެން ނުހުރުން ގާތެވެ. ޤުރްއާނަކީ ފޮހެލާފައި ކަބަޑުގައި ބާއްވާ އެއްޗެކެވެ.

އިރުގަނޑަކު ވިސްނާލާފައި ހުވާކުރުމަށް ނިންމިއެވެ. ހިތުގައި ނަތާ އަށް އޮތް ނަފްރަތުގެ ބޮޑުކަމުން ﷲ މަތިން ހަނދުމަ ކޮއްލުމެއްނެތި ބުނެލިއެވެ. “ އަހަރެން ހުވާކޮއްފާ ބުނަން އަހަރެން އެ އަންހެނާ އެކޮޓަރިކައް ނުފޮނުވަން. އަޑު ތަކެއްއިވިގެން އަހަރެން ދިޔައީ އެކޮތަރިއަށް. އަހަންނަށް މި އަންހެނާ ފެނުނީ ހާނިމްގެ ގައިމަތީ އޮއްވާ. މީ އެއްވެސް ދޮގެއްނެއް ހަޤީގަތެއް“ އައިމިނަ ޙަތިމް މަތިން އަތް ނެގިއެވެ. ނަތާ އަށް ބާރަށް ރޯން ފެށުނެވެ. އާމިރުގެ މަންމަ އަކީ ކޮންކަހަލަ އިންސާނެއް ބާއޭ ހިތަށް އެރިއެވެ. ﷲ އަށް ގެ އަޒާބެއް މި ވަގުތުވެސް އައިސްދާނޭ ހިތަށް އެރުމުން ނަތާ ތުރުތުރު އަޅާއިގަތެވެ.

އާމިރު ޙަތިމް ހިފައިގެން ހާނިމް އާއި ކައިރިވިއެވެ. ހާނިމް މަރާލުމަށް ހިތުގައި ރޭވުނީ އާދެވިފައިވާ ރުޅިއަކުންނެވެ.

ހާނިމް ވެސް ބޮޑުދައިތަ މިވަރުގެ ކަމެއް ބިރެއްނެތި ކުރުމުން ބަލާކަށް ނުހުރެ ޙަތިމް މަތީ އަތް ބާއްވާ ވާހަކަ ދައްކަން ފެށިއެވެ.

“ ކަލޭގެ އަންހެނުން އަހަރެންގެ ގައިމައްޗަށް އަރާ ނުފައިބާ އިނީ. އޭނާ އުޅުނީ އަހަރެން ހައްދާލަން ގައިގައި އަތްލާ ހެދި“

އާމިރު ދެލޯ މަރާ ބާރު ކޮއްލިއެވެ. އަޑު އަހަން ބޭނުން ނޫނަސް އަޑު އިވެމުން މިދަނީ ލޯބިވާ އަނބިމީހާގެ ފާހިޝް އަމަލުގެ ވާހަކައެވެ. އާމިރު ދެން ހިނގައިގަތީ ނަތާ އާއި ދިމާލަށެވެ. އޭރު ނަތާ ބޮލުގައާއި އެކު އަތް އަޅާއިގެން ގަދަ އަށް ރޮނީއެވެ. އަަމިރު ގޮސް ނަތާގެ ކައިރިއަށް ހުއްޓި ނަތާ ހުވާކުރާށޭ ބުނެ ޙަތިމް ދިއްކޮއްލިއެވެ.

އިސްއުފުލާ ނަތާ ބަލާލީ އާމިރުގެ މަންމަ އާއި ދިމާލަށެވެ. “ކަލޭ ތި ކުރި ނުބައި ކަމުގެ ހިތި ﷲ ކަލެއަށް ދައްކަވާނެ” ނަތާ ބާރަށް ބުންޏެވެ.

އާމިރު ކޮންޓުރޯލުން ނައްޓައިގެން ދިޔައެވެ. ކުރި ނުބައި ކަންތައް މަންމަގެ ބޮލުގައި އަޅުވާލީމައެވެ. ބަލާކަށް ނުހުރެ ގައިގައި ހުރި ބާރެއްލާ ނަތާގެ މޫނު މަތީ ޖަހާލިއެވެ. މި ފަދަ އަނިޔާ އަކަށް ވިސްނާފައިނުވާ ނަތާ ވެއްޓުނީ ސޯފާ ކައިރި ބިންމައްޗަށެވެ. ލިބުނު ވޭނާއި އެކު ވާނުވާ ނޭންގޭ ހާލު ތަންދޮރު ވަކިވާންފެށީ ނަތާގެ ބޮލުގެ އިސްތަށި ގަނޑުގައި ހިފާ ދަމާފައި އާމިރު ނަތާ ގެންދާތީއެވެ. ލިބޭ ވޭނާއި ބިރުވެރިކަން ހިތައް ވަނުމުން ނަތާ ބެލީ ކޮންމެސް ތަނެއްގައި ހިފެހެއްޓޭތޯ އެވެ. ރޮމުން އާދޭސް ކުރަމުން ނަތާ އާމިރު އަށް އާދޭސްކުރިއެވެ. އެކަމަކު އާމިރުގެ ހިތަށް އެއްވެސް އަސަރެއް ނުކުރެއެވެ. ނަތާ ގެންގޮސް ކޮޓަރިއަށް ލުމާއިއެކު ދޮރު ލައްޕާ ތަޅުލިއެވެ. ލައިގެން ހުރި ޖިންސުގެ ބެލްޓުނަގައި ނަތާގެ ގައިގައި ތަޅަން ފެށިއެވެ. “ގޮތްކުޑަ ދަހި އަންހެނާ. ކަލޭ އަހަރެންގެ މުޅި ދިރިއުޅުން ހަލާކު ކޮއްލައިފި. ތިކަހަލަ ނުލަފާ އަންހެނުން ނަށް ހަދަންގެހޭ ގޮތް އަހަންނަށް ރަނގަޅަށް އިންގޭ“ އާމިރު ގައިގައި ހުރި ބާރެއްލާފައި ނަތާގެ ގައިގައި ތަޅާއިރު މީ ހަމަ އާމިރު ކަހަލަ އިންސާނެއް ކަން ހަނދާން ހުރިހެން ހިއެއްނުވޭ އެވެ. ނަތާ އާމިރު އަށް ވިސްނާދެވޭތޯ އުޅުނެވެ. އެކަމަކު އަޅާ ވޭނަށް ކެއްނުވުގެން ބާރަށް ހަޅޭއްލަވާ ރޯންފެށިއެވެ.

ފެންޑާގައި މިހުރިހާ ކަމެއްބަލަން އިން އައިމިނަ އަށް ނަތާގެ ވޭނީ ހަޅޭކުގެ އަޑު އިވުމުން މޭޔަށް އުންދަގުލެއްވި އެވެ. އެކަމަކު މިކަން ހުއްޓުވުމަށް އެއްވެސް ކަމެއް ނުކޮއް އަވަހަށް ކޮޓަރި އަށް ވަނީ އަޑު ނުއިވޭ ހިސާބަށެވެ. ހާނިމް އަވަސް އަވަހަށް ކޮޓަރި އަށް ވަދެ ދަބަހަށް އެއްޗެހި އަޅައިގެން ނުކުމެގެން އެގެއިން ދިޔައީ ބޮޑުދައިތަގެ ބަހަށް މި ކުރިކަންތައް ފަޅާ އަރާ އާމިރުގެ ހަމަލާ އެއް ހާނިމް އަށް ލިބިދާނެ ކަމަށެވެ. އަލީ ވެސް އައިޝާ ވެސް ދެކުނު ގޮތުގައި މީ ނަތާ އަށް ހައްޤު އަނިޔާ އެކެވެ. އެކަކުވެސް ނަތާ އަށް އެހީ ވުމަށް ވިސްނާއެއް ނުލިއެވެ.

ލިބޭ ވޭނަށް ކެއްނުވެ ނަތާގެ ޙަބަރު ހުސްވި އިރުވެސް އާމިރު އަކަށް ހަމަހޭވެރިކަމެއް ނާދެއެވެ. ނަތާގެ ގައިގެ އެތަން މިތަނުން ލޭ އައިސް އައިސް ހުއްޓެވެ.

 

އައިމިނަ ހޮސްޕޓަލަށް ވަދެގެން އައީ ހާސްކަމާއެކީއެވެ. އަދި ދަރިފުޅު އިންހާލުފެނި އައިނަގެ ހިތުގައި ޖެހުނެވެ.

އާމިރު އިނީ ގޮނޑިއެއްގައި އިށީން ދެގެންނެވެ. ބޮލުގައި ދެއަތުން ހިފަހަށްޓައިގެން އިންއިރު ކޮންމެސް އެއްޗެއް ކިޔާކަން އެނގެއެވެ. އާމިރުގެ ގަމީހުގައި ވަނީ ކިލާ ހޭކިފައެވެ. އެކަމަކު އޭނާގެ ހިތުގައި ޖެހިފައިވަނީ ނުފިލާ ވަރުގެ ކިލާގަނޑެކެވެ. އައިމިނަ އާމިރު އާއި އަރާ ހަމަ ވުމާއި އެކު އާމިރުގެ ގައިގައި ހިފަހަށްޓާ ރޯންފެށިއެވެ.

އައިމިނަގެ ނުބައި ރޭވުމެއްގައި ބޭބެގެ ދިރިއުޅުން ހަލާކުވި ތަންފެނި އަލީ ވަނީ ވަރަށް ބޮޑަށް މަންމަ އާއި ދުރުވެފައެވެ. އައިޝާ ބިރު ގަތީ އަލީގެ މަންމަ މި ފަދަ ކަމެއް އެމީހުންގެ ދިރި އުޅުމަށް ކޮއްފާނެތީއެވެ. އެހެން ކަމުން އަލީގެ މަންމަ އާއި ދައްކަނީ ކޮންމެހެން ދައްކަން ޖެހޭ ވާހަކަ އެކެވެ. އައިމިނަގެ ފިރިމީހާ އަށް މިކަން އެނގި އޭނާ ވަނީ އައިމިނަ އާއި އެކީ ދުރުވެފައެވެ. އޭނާގެ އަމެއްލަ ގެޔަށް ބަދަލުވީ އައިމިނަގެ ކުށުގެ ބޮޑުކަން އައިމިނަ އަށް ވިސްނާދޭށެވެ. ނަތާ ކަމެއް ކުރިޔަސް އާމިރު ނަތާ އަށް ކުރި އަނިޔާ އޭނާ ކުއްވެރި ކުރީހެވެ.

އައިމިނަ އިރު ކޮޅަކު މިހެން ހުރެފައި އަލީ އާއި ދިމާލަށް ބުންޏެވެ. “ ދޭބަލަ ވެންޑިން މެޝިން އިން ފެންފުޅި އަކާ ދަޅެއް ގެންނަން“ އަލީ އައްވެސް މަންމަ ކައިރީ ހުރުމަށް ވުރެން ދުރުގައި ހުރުން ހިތް ހަމަޖެހޭ ކަހަލައެވެ. އަނގައިގައި އެއްކޮޅު އޮއްވާ ފުންމައިގެން ތެދުވެ ހިނގައި ގަތެވެ.

އާމިރު ބަލާލީ މަންމަގެ މޫނަށެވެ. “މަންމާ ނަތާ އަކަށް އެއްވެސް ކަމެއް ނުވާނެ ދޯ. ނަތާ ރަނގަޅު ވާނެ ދޯ“

އައިމިނަގެ މޭގައި އަތް އަޅާލަމުން އައިމިނަ ޖަވާބު ދިނެވެ. “ނުވާނެ އެއްވެސް ކަމެއް. ވަރަށް އަވަހަށް ރަނގަޅުވާނެ. އެކަމަކު ދަރިފުޅު ދޭބަލަ ގެޔަށް. ގޮސް ފެނަވަރައި ގެން ކައިގެން އާދޭ. މަންމަ މެން މަޑު ކުރާނަން“ އައިމިނަ މިހެން ބުނުމުން އާމިރު އައިމިނަގެ ގައިން ދޫ ކޮއްލިއެވެ. “ނަތާ ނެރޭއިރު އަހަރެން ނެތީ މަ ޔޯ؟“ރުޅި އައިއްސަ އާމިރު ބުނެލިއެވެ. އައިމިނަ އަވަސް އަވަހަށް އާމިރު އަށް ވިސްނާދޭން އުޅުނެވެ. “ ދަރިފުޅު ތިހެން ހުއްޓާ ނަތާ އަށް ފެނުނީމަޔޯ؟ ފެންވަރާ ރީތި ވެގެން ހުރިއްޔާ ނަތާ ހިތް ހަމަޖެހޭނެ“

އާމިރު ވެސް މިކަމާ އެއްބަސްވެ ދިއުމަށް ހިނގައިގަތެވެ. އެކަމަކު ދިއުމުގެ ކުރިން މަންމަ އަށް ބަލާލިއެވެ. “ ނަތާ ނެރޭއިރަށް ގުޅާތި މަންމާ“ ހީވާ ގޮތުން އައިމިނަ އަށް އިތުބާރު ކިރުމަކީ އާމިރު އަށް ދަތި ކަމެކެވެ.

ސައިކަލުގައި އާމިރު ނައްޓާލީ ގެޔަށް ދިއުމަށް ވަރަށް ފޮނި އުންމީދު ކުރަމުންމެވެ. އެނބުރި ހޮސްޕިޓަލް އަށް އަންނަ އިރު ނަތާ އަށް ދިނުމަށް ވަރަށް ބޮޑު ފިނިފެންމާ ބޮނޑި އެއްވެސް ގަތުމަށްް ހިތަށް އަރުވަމުންނެވެ. މާ ދުރަށް ނުދެވެނިސް ފޯނު ރިންގުވާން ފެށުމުން މަގެގެ އެއްފަރާތެއްގާ ސައިކަލް މަޑުކުރަމުން ފޯނު ޖީބުން ނެގިއެވެ. މަންމަގެ ނަންފެނުމުން ތެޅި ތެޅި އޮތް ހިތްކާއިއެކު ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ.

“ދަރިފުޅާ އަވަހަށް އާދެބަލަ! ނަތާ… ނަތާގެ…… އައިމިނަގެ އަޑު ކެންޑޭ ގޮތްވިއެވެ. “ މަންމާ ކީއްވީ ނަތާ އަށް. ބުނެބަލަ އެއްޗެކޭ!” އާމިރު ހާސްވެ ތުރުތުރު އަޅަން ފެށިއެވެ.

“އަވަހަށް އާދޭ ދަރިފުޅާ“ އައިމިނަ ފޯނު ކަނޑާލިއެވެ. އާމިރު ފޯނު ޖީބައްލުމަށްފަހު ބާރަށް ސައިކަލް ދުއްވާާލީ ހޮސްޕިޓަލާ ދިމާއަށެވެ.

ހޮސްޕިޓަލް ތެރެއިން އައިމިނަ އާއި އެހެން މީހުން ތިބި ގޮތްފެނުމުން އާމިރު އަވަސް އަވަހަށް ވީ ކީއްތޯ އަހާލިއެވެ. އެކަކުވެސް ޖަވާބު ނުދިނުމުން އާމިރު ބާރަށް ހަޅޭއްލަވައިގަތެވެ. “ ވެގެން އުޅޭ ގޮތެއް ބުނެބަލަ ކިހާ ވަރުގަދަ ކަމެއްމީ“ އާމިރު ގެ އަޑު އިވުމުން އަލީ އައިސް އާމިރުގެ ގައިގައި ބައްދާލި އެވެ. އަދި ވާހަކަ ދައްކަންފެށިއެވެ. “ދޮންބޭ! މަންމަ ނަތާ އޭ ކިޔައިގެން ދޮގު ވާހަކަ އެއް ފެތުރިޔަސް އަސްލު ނަތާ އަކީ ވަރަށް ވިޔާނުދާ މީހެއް“ އައިމިނަ ވެސް އާމިރުގެ ކައިރިއަށް ޖެހިލަމުން އާމިރުގެ ގައިގައި ފިރުމާލިއެވެ. “ދަރިފުޅާ ނަތާ ބަނޑު ބޮޑު. ބަނޑަށް ވީ 4 މަސް އެހެންވީމާ އެއީ ނަތާ ދަރިފުޅާއި ދުރުގަ އުޅުންއިރު ކޮއްފަ އޮތް ފާފައެއް. އަހަރުމެން ހީކުރި ކަހަލަ މީހެއްނޫން ނަތާ އަކީ“ އައިމިނަ މިހެން ބުނިއިރު ރޮވެނީއެވެ.

ކުއްލިއަކަށް އާމިރު އަށް ސިހުމެއްލިބުނު ހެން އެންމެނާ ދުރަށް ދިޔައެވެ. “ އެއީ އަހަރެންގެ ދަރިއެއް. މަންމާ އެއީ އަހަރެންގެ ބޭބީ“ އާމިރުގެ ލޮލުން ކަރުނަ ފައިބައި ގަތެވެ.  އެކަމުގެ ޒިންމާ ދަރިފުޅު ނަގާނެ ކަމެއްނެއް. އެ އަންހެނާގެ ވިޔާނުދާ އަމަލުގެ ނަތީޖާ އެއީ“ އައިމިނަ ރުޅިއައެވެ. އާމިރު އާއި ނަތާގެ މައްސަލަ ޖެހުނު ފަހުން ނަތާ ދެކެ އާމިރު ނުހަނު ރުޅި އާދެއެވެ. އަނެއްކޮޅުން ނަތާ އާމިރު ދެކެ ގަންނަނީ އަމަށަކު ބިރެއްނޫނެވެ. މި ދުވަސް ކޮޅުގެ ތެރޭގައި ނަތާ އާއި އާމިރު މިފަދަ ގޮތަކަށް ކައިރި ނުވާކަން އައިމިނަ އަށް ޔަޤީނެވެ.

“އެއީ ފާފަ އެއްނޫން އެއީ އަހަރެންގެ ދަރިއެއް. އަހަރެން ނަތާ ގެ ނުޤަބޫލުގައި ނަތާގެ ގަޔަށް އެރިން“ އާމިރު ލަދުން އިސްޖަހާލިއެވެ. ނަތާ ބަނޑު ބޮޑު ކަމަކީ އާމިރު އަށް އާ ޙަބަރެއްނޫނެވެ. ނަތާ އެވަާހަކަ އާމިރު ކައިރީ ބުނިއެވެ. އެކަމަކު އެވާހަކަ މަންމަ އަށް އިންގުނީ ކިހިނެއްބާ އެވެ. އާމިރު މަންމަ އަށް ބަލާލިއެވެ. މަންމަ އެ  ރޮނީ ކީއްވެބާ އެވެ. އާމިރު މަންމަ އާއި ސުވާލުކުރި އިރުވެސް އާމިރުގެ ހިތް ތެޅޭ އަޑުއިވެއެވެ. “ މަގޭ ދަރިފުޅަށް ކިހިނެއްވީ؟

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ishaadam

Level 110 Stories100 Login

A writer who believes Allah never lets you down no matter what ........

Other Articles

Previous

ސިއްރު ސިއްރުން ލޯބިވެވިއްޖޭ…2

Next

ބުނެދޭށޭ ރުހެމޭ 24

Next
May 6, 2019

ބުނެދޭށޭ ރުހެމޭ 24

Previews
May 5, 2019

ސިއްރު ސިއްރުން ލޯބިވެވިއްޖޭ…2

12 Comments!

  1. jiji says:
    May 6, 2019 at 11:04 am

    Me first dhw??❤❤?????…Masha Allah mi part vec v v rythi ingey…story genesdhyfa hurileh hama v v obi???..good luck

  2. Ibsha says:
    May 6, 2019 at 6:02 pm

    Varah reethi

  3. ishaadam says:
    May 7, 2019 at 7:12 pm

    Ramaza mubaarik hurihaa kudhin. Roadha mahaki alhukamuge mahsaru. Mi mahuge faidhaa heyo gothugai hoadhaane kamah unmeedh kuran. In sha Allah roadha mas nimunyma mi vaahaka continue kuraane vaahaka varah maafa eki bunelan. Kuriyah ves v reethi vaahaka hurikan ufalaa eki faahaga kohlan. Kiyun therin inthizaaru kuraane kamah unmeedh kuran.

  4. Ermi says:
    May 8, 2019 at 4:08 pm

    Mi part vx varah reethi ?? when is next part

  5. Juwai Ner says:
    May 8, 2019 at 11:17 pm

    Aminath Maurifa

    1. Anonymous says:
      May 9, 2019 at 12:13 pm

      Jon aminath mouroofaa eh tha

  6. Shamukko says:
    May 12, 2019 at 6:58 pm

    Whn next part…varah curious….loved ur story❤?????

  7. Ibsha says:
    May 19, 2019 at 3:00 pm

    Part 10 kiyaalan libeyny rodha nimigentha?

  8. Dhonthee says:
    May 26, 2019 at 9:56 am

    Thank you ishaadam
    Roadha mas nimuneema avahah up kuran fashachchey
    Mihen bunaairuves ingey ishaadam up kodhdheynekan
    Hehehehe
    Ishaadam ge hurihaa vaahakaevves dhonthi au varah reethi

  9. Ibsha says:
    June 3, 2019 at 5:02 am

    Rodha mas nimuny..EID Mubaarak..part 10 kiyaalan varah beynun.

  10. Anonymous says:
    June 9, 2019 at 1:00 am

    In sha Allah 6 roadha nimey rey upload kohlaanan. Love u all readers. May Allah forgive u n me ♥️ hurihaa kudhin inthizaaru kohlahchey

  11. Dhonthee says:
    June 9, 2019 at 11:20 am

    Roadhamas mihaaru nimunee ennu…. Dhn pls up Kuran fashaabala ingey ishaadam…. Mee vvv reethi vaahaka ekey… Ehenve mihen mi bunee ingey ishaadam.

Comments are closed.

Next Episodeހިތި ހަނދާން 10←


All Right Reserved!