ލޯބި ވީމޭ ސިއްރު ސިއްރުން (27)
އިރު އޭގެ މަޤާމްގައި ހުރެ ފުރިހަމައަށް ރަސްކަން ކުރަމުން ދިއަ ދުވަހެކެވެ. އޭޭގެ ދޯދިތަކުން ފަޒާތެރެ މިލްކު ކޮށްފައިވާފަދައެވެ. ސިއްރުން ނަމަވެސް އެއަށް ހުރަސް އަޅަން ފުރުސަތެއް ދީފައި ނުވާކަަން, ހަމައެންމެ ވިލާރޮއްޖެއް ވެސް އުޑުމަތީީގައި ނެެތުމުން ހާމަވާން ހުއްޓެވެ. ފެންނަންހުރީ ހަމައެކަނި ވިދަވިދާ ހުރި އިރުގެ ދޯދިތަކެވެ. ދުވަހަކީ ހުކުރު ދުވަސްކަމުން އެހެން ދުވަސްތަކާއި ޚިލާފަށް ކާމޭޒުމަތި ތިޔާގި ކޮށްފައި ވަނީ ވަރަށް ފުރިހަމައަށެވެ. ވަރުބަލިވެފައި ވިޔަސް އެކަން ހާމަކުރުމެއްނެތި ރީޝާއާއި އޭނާގެ މަންމަ, ކާތަކެތިން ސުފުރާމަތި ފުރާލީ އެދުވަހު ޚާއްސަ މެހެމާނެއްވެސް އެގެއަށް އަންނާނެކަމުގެ ވާހަކަ ރީޝާގެ ބައްޕަ ބުނެފައިވާތީއެވެ. އެއީ ކާކުކަން ނޭނގޭ ޙާލުގައިވެސް އުފަލާއިއެކު އެމީހާގެ އިސްތިޤްބާލްގައި ރީޝާމެން ތިއްބެވެ.
ހުކުރު ނަމާދުކޮށް ނިމިގެން ޙާމިދުއާއި އޭނާގެ އެކުވެރިޔާ ގެއަށް އައިސް ވަނުމާއިއެކު, ސޯފާގައި އިށީނދެލައިގެން އިން ޒުލޭޚާ ތެދުވިއެވެ. “ޒުލޭޚާ..! އަހަރެން ބުނީމެއްނު މިއަދު މެހެމާނަކުު އަންނާނެ ވާހަކަ…މީ އެ މެހެމާނަކީ…” ހާމިދު އޭނާގެ ފަހަތުގައި ހުރި ޒުވާނާއަށް އިޝާރާތް ކޮށްލަމުން ބުނެލިއެވެ. އެ ޒުވާނާ މަޑުމަޑުން ކުރިއަށް ޖެހިލިއެވެ. އެވަގުތު ސިޑިން ފައިބައިގެން އައި ރީޝާގެ ފިޔަވަޅުތައް މަޑުޖެހިލިއެވެ. ހައިރާންވެފައި އެ ޒުވާނާއަށް ބަލަހައްޓައިގެން ރީޝާއަށް ހުރެވުނެވެ. “އިޒްހާރު..!” މަޑުމަޑުން ރީޝާގެ ދޫ ހަރަކާތް ކޮށްލިއެވެ. ހައިރާންވެފައި ހުރި ރީޝާ ފެނުމާއިއެކު އިޒްހާރުގެ މޫނުމައްޗަށް ހިނިތުންވުުމެއް ވެރިވިއެވެ. “ދަރިފުޅާ ރީޝާ..! އާދެބަލަ މިކޮޅަށް…! މިހުރީ ބައްޕަ ބުނިި މެހެމާން…” ރީޝާ ސިޑިމަތީގައި ހުއްޓިލަައިގެން ހުރިތަން ފެނުމުން ހާމިދު ގޮވާލިއެވެ. ހާމިދުގެ އަޑު ޖެހުމާއިކު ރީޝާ ސިހިފައި ހާމިދުއަށް ބަލާލިއެވެ. ތެޅިތެޅިއޮތްް ހިތަކާއިއެކު އަވަސްއަވަހަށް ރީޝާ ކުރިއަށް ހިނގައިގަތެވެ. “ބައްޕަ ބުނީމެއްނު މީގެ ދެދުވަސްް ކުރިން މޫދަށް އެރިގެން އުޅެނިކޮށް ބައްޕަ އަކުނިވަޔަށް ދަމަައިގަތް ވާހަކަ…އެރޭ ބައްޕައަށް އެހީވި މީހަކީ މީ…އިޒްހާރު…” އިޒްހާރުގެ ކޮނޑުގައި ހިފާލަމުން ހާމިދު ބުނެލިއެވެ. ކަޅި ޖަހައިނުލައި އިޒްހާރުއަށް ބަލަހައްޓައިގެން އިރުކޮޅަކު ރީޝާއަށް ހުރެވުނެވެ. އެކަންތަކުގެ އެއްވެސް މިންވަރެއް ރީޝާގާތު އިޒްހާރު ބުނެފައިި ނުވާތީ ރީޝާ ހައިރާންވިއެވެ. “އެރޭ އިޒްހާރު ބައްޕައާއި އެހީނުވިނަމަ…” މީގެ ދެދުވަސް ކުރިން ހިނގައިދިއަ ހާދިސާއެއްގެ ވާހަކަ ހާމިދު ތަކުރާރު ކޮށްލިިއެވެ. އެވަގުތު ކިތަންމެ ވާހަކައެއް ބުނަން ބޭނުންވިޔަސް އޭނާއަށް އެކަންކުރަން ދަތިވާގޮތް ވިއެވެ. ހިތުގައި ބިރުވެރިކަން އުފެދުނު އެ މަންޒަރު ހަނދާންވުމުން ހާމިދުގެ ހިތަށް އަސަރު ކުރުވިއެވެ. ހާމިދުގެ އެ ވާހަކަ އަޑުއިވިފައި ރީޝާގެ ހިތުގައި އިޒްހާރުއާއި ދޭތެރޭ އޮތް ޤަދަރު އިތުރުވެގެންދިއެވެ. ހިތާއި ހިތުން އިޒްހާރުއަށް ރީޝާ ޝުކުރު އަދާކުރިއެވެ.
ހަމަހިމޭންކަން ވެރިވެގެންދިއަ އެވަގުތުކޮޅު, ރައީޝްގެ ހުނުމުގެ އަޑާއިއެކު ހަލަބޮލިވެގެންދިއެވެ. އާދިލްގެ އަތުގައި ހިފަހައްޓައިލަައިގެން ހުރެ ގޭތެރެއަށް ވަދެގެންއައި ރައީޝްއަށް އެންމެންވެސް ބަލާލިއެވެ. “މިހާރު އެންމެންވެސް އެ ހަމަވީ…ދެން ހިނގާ ކާންދާން…އެހެންނޫނީ މޭޒުމަތީގަ ހުރި ކާއެއްޗެތީގެ ތާޒާކަން ކެނޑިދާނެ…” ޒުލޭޚާ މިހެން ބުނެ ކާގެއާއި ދިމާއަށް ހިނގައިގަތެވެ. “ދޮގެއްވެސް ނޫން..ހިނގާ އަވަހަށް ކާންދާން…” ޒުލޭޚާއާއި އެއްބައި ވެލުުމުގެ ގޮތުން ހާމިދުވެސް އިޒްހާރުގެ ކޮނޑުގައި ހިފާލަމުން, ކާގެއާއި ދިމާއަށް މިސްރާބު ޖަަހާލިއެވެ. އިޒްހާރު ދިއަތަން ބަލަންހުރެފައި ރީޝާއަށް ބަލާލަމުން އާދިލް ސިއްރު ސިއްރުން އެއީ ކޮންކަމެއްހޭ އަހާލިއެވެ. ވާނުވާ އެނގިފައި ނެތުމުން އާދިލް ހުރީ އަޖައިބު ވެފައިވާ ކަހަލަ ގޮތަކަށެވެ. ވީގޮތް ފަހުން ކިޔައިދޭނަމޭ ބުނެެ އިޒްހާރުއާއި ރީޝާގެ ރަހުމަތްތެރިކަމުގެ ވާހަކަ ހާމަނުކުރުމަށް އާދިލްގެ ފަރާތުން ރީޝާ އެދުނެވެ. އެކަމަށް އެއްބަސް ވެލާފައި އިޒްހާރުއާާއި ހާމިދުގެ ފަހަތުން, ރަައީޝްގެ އަތުގައި ހިފައިގެން ހުރެ އާދިލްވެސް ހިނގައިގަތެވެ. އިރުކޮޅަކު ވިސްނާލަން ހުރެފައި, އެންމެންގެ ފަހަތުން ރީޝާވެސް ކާގެއާއި ދިމާއަށް ހިނގައިގަތެވެ.
ކާމޭޒުދޮށުގައި އިށީނުމާއިއެކު ޒުލޭޚާގެ ބައެއް ސުވާލުތައް އިޒްހާރުއަަށް އަމާޒުވިއެވެ. އިޒްހާރުގެ ޢާއިލާގެ މީހުންގެ ހާލުއަހުވާލު އޮޅުންފިލުވާާލައި, އިޒްހާރުގެ މަސައްކަތުގެ ވާހަކަ އޮޅުންފިލުވަައި ހެދިއެވެ. އެހުރިހާ ސުވާލަކަށް ވެސް އިޒްހާރު ޖަވާބުދެމުން ގެންދިޔައީ ކުރިމަތީގައި އިން ރީޝާއަށް ވެސް ނަޒަރު ހިންގަމުންދިއަ ހާލުގައެވެ. ރީޝާގެ އިޝާރާތެއް ލިބުމުން, އާދިލްވެސް އިޒްހާރުއަކީ ނުދަންނަ މީހެއްކަމުގައި ހަދައިގެން ހުރެ ޒުލޭޚާގެ ސުވާލުތަކުން އިތުރު ސުވާލެއް ނެރެ އިޒްހާރުއާއި ކުރަމުންގެންދިއެވެ. މާގިނަ ވާހަކަތަކެއް ދެއްކުމެއްނެތި މަޑުމަޑުން ހުރެ ރީޝާ ކަމުންގެންދިއެވެ. ގަސްތަކާއިިނުލައި ނަމަވެސް އިޒްހާރުއަށް ރީޝާގެ ނަޒަރުގޮސް ހުއްޓެއެވެ.
ކައިނިމިގެން ސޯފާގައި މަޑުކޮށްލަަން އިޒްހާރު ގާތު ބުނެލުމަށްފަހު, ހާމިދު ހިނގައިގަތީ އޭނާގެ ކޮޓަރިއާއި ދިމާއަށެވެ. އިޒްހާރު އެކަނި ހުރިތަން ފެނިފައި ކޮޓަރިއަށް ދިއުމުގެ ބަދަލުގައި އިޒްހާރުއާއި ވާހަކަ ދައްކާލަން ރީޝާ ގަސްތުކޮށްލިއެވެ. އިޒްހާރުއަށް ޝުކުރު އަދާކުރުމަށް ހިތް ބުނަަމުންދާތީ ލިބުނު ފުރުސަތު ބީވެގެން ދިއަނުދިނުމުގެ ގޮތުން އިޒްހާރުގެ ކައިރިއަށް ރީޝާ ހިނގައިގަތެވެ. ރީޝާ ފެނުމާއިއެކު ސޯފާއިން ތެދުވެެ ރީޝާގެ ގާތަށް ޖެހިލަން އިޒްހާރުވެސް މަސައްކަތް ކޮށްލިއެވެ. ނަމަވެސް އެކަމަށް ގަސްތަކާއިނުލައި ހާމިދު ހުރަސް އެޅިއެވެ. “ހިނގާ ދާން…މިހާރު މާ ލަސްވެސްވެއްޖެ…” ކޮޓަރިން ނިކުމެ އަތުގައި އޮތް ފޯނު ޖީބަށް ޖަހާލަމުން, އިޒްހާރުއަށް ބަލާލައިފައި ހާމިދު ބުނެލިއެވެ. “ދަރިފުޅާ..! ބައްޕަ މިދަނީ ފިހާރައިގެ ކަންތައްތައް ބަލާލަން…މިއަދު ހުންނާނީ އާ މުދާތަކެއްވެސް ގެނެސްފަަ…ދެން މިއަދު ގެއަށް އާދެވޭނީ ތަންކޮޅެއް ލަހުން…” ރީޝާއަށް ބަލާލައިފައި ހާމިދު ބުނެލިއެވެ. ފިހާރައިގެ މަސައްކަތުގަައި ބައިވެރިވެލުމަށް އިޒްހާރު ގާތުގައި ހާމިދު އެދިފައިވާތީ ހާމިދުއާއިއެކު ހިނގައިގަތުމުގެ ކުރިން ރީޝާގެ ލޮލާއި ލޯ އަމާޒުކޮށްްލައިގެން އިރުކޮޅަކު އިޒްހާރު ހުއްޓެވެ. ދެތިން ސިކުންތު ހޭދަވެގެންދިއަ އެ ވަގުތުކޮޅުންވެސް އިޒްހާރުގެ ހިތަށް ފިނިކަން ގެނުވިފަދައެވެ. ހާމިދުއާއިއެކު އިޒްހާރު ދިއުމުން ރީޝާ ހިނގައިގަތީ އޭނާގެ ކޮޓަރިއާއި ދިމާއަށެވެ.
“ކީއްވެ ނުދަންނަ ކަމަށް ހެދީ…؟ ބައްޕަދެކެ ބިރުންތަ…؟” ސޯފާގައި އޮށޯވެލައިގެން އޮވެ, ރީޝާ ކޮޓަރިއަށް ވަނުމާއިއެކު އާދިލް ސުވާލުކޮށްލިއެވެ. އާދިލްގެ ސުވާލުގައި ވަނީ އިޒްހާރުކަންް ރީޝާއަށް ވިސްނުނެވެ. “އުހުނ…ބިރަކުން ނޫން…އެކަމަކު..ކުޑަކޮށް ޖެހިލުންވީީ…ބައްޕަ ހިތްހަމަ ނުޖެހިދާނެތީ..” އެނދާއި ދިމާއަށް ހިނގައިގަންނަމުން ރީޝާ ހަޤީޤަތް ހާމަކޮށްލިއެވެ. “ވާހަކައެއް އަހާލަންތަ…؟” ސޯފާއިން ބޯހިއްލާލައިފައި, މުށިތައް މައްޗަށް ފައި ތިރިކޮށްލަމުން އާދިލް އަހާލިއެވެ. “ކޮން ވާހަކައެއް..؟ އަހާބަލަ..!” އެނދުމަތީގައި ނިދައިފައިއޮތް ހަނާޝްގެ ބޮލުގައި ފިރުމާލަމުން ރީޝާ ބުނެލިއެވެ. “ރީޝާއަށް އިޒްހާރު ކަމުދޭތަ..؟” ހާސްކަމެއްނެތި ސީދާ މައުޟޫއަށް އާދިލް ޖެހިލިއެވެ. ކުރިންވެސް އެ ސުވާލުކޮށްލަން ބޭނުންވެފައި ހުރީތީ ޖެހިލުމެއްނެތި އާދިލް އެސުވާލު ރީޝާއަށް އަމާޒުކޮށްލިިއެވެ. އިޒްހާރުގެ ވާހަކަ ކުޑަމިންވަރަކަށް ނަމަވެސް ރީޝާވަނީ އާދިލްއާއި ހިއްސާކޮށްފައެވެެ. “ނޭނގެ…ހީވަނީީ…އިޒްހާރު އަކީ ވަރަށް ހިތްހެޔޮ, ވިސްނޭ ރަނގަޅު އިންސާނެއް…އެކަހަލަ މީހެއް ލިބޭނީ ނަސީބުވެރިއަކަށް…” އެނދުމަތިން ބާލިހެއް ނަގައި އުނގުމަތީގައި ބާއްވާާލަމުން ރީޝާ ވާހަކަ ދެއްކިއެވެ. ފާއިތުވި ދުވަސްތަކުގައި އިޒްހާރުއާއި އެކު ހޭދަކުރެވުނު ވަގުތުތަކުން ރީޝާއަށް އިޒްހާރު ދަސްވެފައި ވާކަހަލައެވެ. އިޒްހާރުއަކީ ގޯސް މީހެކޭ ރީޝާގެ ހިތްް ނުބުނާތީ, އިޒްހާރުއަށް ތަޢުރީފު ރައްދުވާ ފަދަ ޢިބާރާތަކުން އާދިލްގެ ސުވާލަށް އޭނާ ޖަވާބުދިނެވެ. “ދެން ކީއްވެ ރީޝާ އެ ނަސީބު ނުހޯދާ ތިހުރީ..؟ ތީ އެ ނަސީބު އަތުގަ ޖެހިފަ ހުރި މީހެއްނު…” ނުސީދާ ގޮތަކަށް އާދިލް ބުނެލިއެވެ. ލިބިފައިވާ މަޢުލޫމާތުގެ މައްޗަށް ބުރަވެ ހުރެ އާދިލް މިހެން ބުނުމުން ޚުދު ރީޝާވެސް އެ ސުވާލާާއި ދޭތެރޭ ވިސްނަން ފެށިއެވެ. “ދޭނެ ޖަވާބެއް ނޭނގެނީތަ…؟ ނޫނީ..އަދިވެސް ދާނިޝް މަތިން ހަނދާން ނައްތާނުލެވެނީތަ…؟” ފުން ޚިޔާލަކަށް ގެބިލެވުނު އެވަގުތު އާދިލްގެ ދުލުން ދާނިޝްގެ ނަން ބޭރުވުމުން ރީޝާގެ މޫނުގެ ކުލަވަރު ބަދަލުވެގެންދިއެވެ. “އަމުދަކުން މަށެއް ނޫޅެން ދާނިޝްމަތިން ހަނދާން ނައްތާނުލެވިިގެނެއް…އެހެންނޫނަސް އެއީ މިހާރު މަށަށް އެހާ މުހިންމު މީހެއް ނޫން…އަހަރެންގެ ދިރިއުޅުމަަކަށް ދާނިޝްއެއްް ދެނެއް ނާންނާނެ…” ނުރުހުމާއިއެކު މިހެންބުނެ އުނގުގައި އޮތް ބާލިސް އެނދުމައްޗަށް އެއްލާލައިފައި ގޮސް ޑްރެސިންޓޭބަލްގެ ކުރިމަތީގައި ހުއްޓިލިިއެވެ. ރީޝާގެ ނުތަނަވަސްވެގެން ދިއަ މޫނު ފެނިފައި އިތުރަށް އެވާހަކަ ދެއްކުން ރަނގަޅު ނޫންކަމަށް އާދިލް އޭނާގެ އަމިއްލަ ނަފުސަށް ވިސްނައިދިނެވެ. ކޮޓަރިން ނިކުމެގެން އާދިލް ދިޔައިރުވެސް ރީޝާ އިނީ އެ ނުރުހުމުގައި އާދިލްއަށް ފުރަގަސްދީގެނެވެ.
“ކައި ނިމިގެން ކޮފީއެއްގެ ރަހަ ބަލާނުލާ ހަމަ ކެތެއް ނުވޭ…އަރާމުވެސް ކޮށްނުލާ މިއައީ ކޮފީއެއްގެ ރަހަ ބަލާލަން…މިތަނަށް އައިސް އައިސް މިހާރު މިތަނަށްވެސް ލޯބި ޖެހިއްޖެ…ނޫންތަ…؟” އާދައިގެ މަތިން އަބަދުވެސް އަންނަ ކެފޭއަށް އައިސް ހުސްކޮށްހުރި މޭޒަކުން ޖާގަ ހޯދަމުން އަޒީލް ވާހަކަ ދައްކަންފެށިއެވެ. “އާނ…ހަމަ އެންމެ ދުވަހެއްވެސް މިތަނަށް ނައިސް ނުވެޔޭ ދޯ…” ދާނިޝްވެސް ހީލަމުން އަޒީލްއާއި އެއްބައިވެލިއެވެ. “ވެއިޓަރ…ދެ ކަޅު ކޮފީ..ތަންކޮޅެއް އަވަސްކޮށްލައްޗޭ..” ކައިރިން ދިޔަ ވެއިޓަރއަށް ގޮވާލުމަށްފަހު ކޮފީގެންނަން އެދެމުން އަޒީލް ކެފޭތެރެއަށް ކަޅި ހިންގާލިއެވެ. އާދައިގެމަތިން ހުރިހާ މޭޒެއް ކަހަލަ ގޮތަކަށް ފުރިފައި ހުރިކަން އަޒީލްއަށް ފާހަގަ ކޮށްލެވުނެވެ. “މަށަށް މި ފެންނަނީ ހުވަފެނެއްތަ..؟ ނޫނީ..” މާދުރުނޫން ހިސާބެއްގަައި ހުރި މޭޒަކަށް ކަޅި ހުއްޓައިލައިގެން ހުރެ އަޒީލް މިހެން ބުުނުމުން ހައިރާންވެފައި އަޒީލް ބަލަން ހުރިި ދިމާއަށް ދާނިޝްވެސް ނަޒަރު ހިންގާލިއެވެެ. “ކިހިނެއްވީ…؟ ކޯއްޗެއް ފެނުނީ..؟” ވާނުވާ ނޭނގި ހުރެ ދާނިޝް އަހާލިއެވެ. “ނުފެނޭތަ..؟ އެކޮޅު ބަލާބަލަ…! އެހުރީ އިޒްހާރު..ރީޝާގެ ބައްޕައާއިއެކު…” އަޒީލް ބަލަން ހުރި މޭޒާއި ދިމާއަށް އަތުން އިޝާރާތްް ކޮށްލަމުން ހައިރާންވެފައިހުރެ އޭނާ ބުނެލިއެވެ. “އަނެއްކާ ރީޝާއާއި އިޒްހާރު…އެކަމަކުު…ހާދައަވަހަކަށް އޭނަ ކުރިއަށް އެ ޖައްސާލީ…ހަމަ އެއްގޮތަކަށްވެސް ނުވިސްނުނު…” އެވަގުތު ހިތަށްއެރި އެއްޗެެއް އަޒީލްއަށް ގަސްތަކާއިިނުލައި ބޭރުކޮށްްލެވުނެވެ. ދާނިޝްގެ ހިތުގައިވެސް ޝައްކެއް އުފެދިގެންދިއެވެ. ފެނުނު އެ މަންޒަރުން ދާނިޝްގެ ހިތަށް ނުތަނަވަސްކަން ވެރިވެގެންދިއައީ އަޒީލްގެ ލޯ ކުރިމަތީގައެވެ. “އެކަމާ އަޅާނުލާ…ކޮފީތަށި ހުސްކޮށްލާފަ އަވަހަށް މިތަނުން ދާން ހިނގާ..” މޭޒުމަތީގައި ބަހައްޓާލި ދެތަށި ކޮފީއަށް އިޝާރާތް ކޮށްލަމުންް އަޒީލް ބުނެލިއެވެ. ދާނިޝްގެ ކުލަވަރު ބަދަލުވެގެން ދިއަ މޫނު ފެނިފައި އަޒީލް ކަންބޮޑުވާގޮތް ވިއެވެ. އެހެންކަމުން މާގިނައިރު އެތާނގައި ނުތިބެ އެތަނުން ދިއުމަށް އަޒީލް ޚިޔާލު ދިނެވެ. އެއީ އެންމެ ރަނގަޅުގޮތް ކަމަށް ދާނިޝްވެސް ވިސްނިއެވެ.
“ހިތަށް މިއަރަނީ އިޒްހާރުއަށް އަހަރެން ޝުކުރު އަދާކުރާނީ ކިހިނެއްބާއޭ…އިޒްހާރު ކޮށްދިން ހެޔޮ ކަންތަކުގެ ބަދަލު އަހަރެން ދޭނީ ކިހިނެއްބާއޭ…” ފޯނުގައި ހުރެެ ރީޝާ ވާހަކަ ދައްކަމުން ގެންދިޔައީ އިނާޔާއެވެ. އެކުވެރިއެއްގެ ޚިޔާލު އެވަގުތު ބޭނުންވެފައިވާތީ އިނާޔާއަށް ގުޅައިފައި އިޒްހާރުގެ އެހީތެރިކަން ރީޝާގެ ބައްޕައަށް ލިބިގެންދިއަ އެރޭ ކަންތަން ވެގެން ދިއަގޮތް ރީޝާއަށް އެނގިފައިވާ މިންވަރަށް އިނާޔާއާއި ހިއްސާކޮށްލިއެވެ. އެރޭގެ ވާހަކަ ވިއާޒްގެ ފަރާތުންވެސް އެނގިފައި ނުވާކަމަށް އިނާޔާ ބުނެލިއެވެ. “މަށަށް ފެންނަނީ ހަމަ އެންމެ ކަމެއްކުރަން…ރީޝާ ބުނީމެއްނު ރީޝާގެ ލޯތްބަށް އިޒްހާރު އެދުނު ވާހަކަ…ހެޔޮހިތުންް އިޒްހާރުގެ ލޯބި ޤަބޫލްކުރޭ…އޭރުން ހުރިހާ ކަމެއް ހައްލުވީ…” ފާއިތުވެގެންދިއަ ހަފްތާގެ ތެރޭގައި ރީޝާގެ ލޯތްބަށް އިޒްހާރު އެދުނު އެރޭގެ ވާހަކަ ރީޝާވަނީ އިނާޔާއާއި ހިއްސާކޮށްފައެެވެ. އިިނާޔާގެ އެ ވާހަކައިން އެރޭގެ ހަނދާންތައް އާވެގެންދިއެވެ. ރީޝާއާއި އިޒްހާރުގެ އެންމެ ފަހު ބައްދަލު ވުމުގައި ދެމީހުން އެކުގައި މަޑުމަޑުން ހިނގަމުންދިއަ އެވަގުތު އިޒްހާރުގެ ދުލުން ބޭރުކުރި ޖުމްލަތަކާއި އެ ލަފުޒުތައް ރީޝާގެ ހަނދާނާއި ކުޅެލިއެވެ. ހާސްކަން އެއްފަރާތް ކޮށްލުުމަށްފަހު, އެރޭ އިޒްހާރު އޭޭނާގެ ހިތުގެ ތެޅިފޮޅުންތައް ރީޝާއަށް ހާމަކޮށްލިއެވެ. އެހިތް ރީޝާއަށް އެދެމުންދާވަރު ބަޔާންކޮށްދިނެވެ. އެރެެއަށްފަހު ފާއިތުވި ކޮންމެ ދުވަހެއް, ކޮންމެ ވަގުތެއް ހޭދަވެގެންދަނީ ރީޝާގެ ފަރާތުން އެހިތަށް ފިނިކަން ގެނެސްދޭނެ ޖަވާބެއް ލިބޭނެ ކަމުގެ އިންތިޒާރުގައި އިޒްހާރު ވާހާލުގައެވެ. “އެހެންނޫނަސް..ރީޝާއަށް ވެސް އިޒްހާރު ކަމުދާކަން މަށަށް ޔަޤީން…ނޫންތަ..؟” ފާއިތުވި ދުވަސްތަކުގައި ރީޝާގެ ފަރާތުން ފާހަގަ ކުރެވުނު ކަންތައްތަކަށް ވިސްނާލައިފައި އިނާޔާ ބުނެލިއެވެ. “މައްސަލައަކީ ރީޝާއަަަށް އެކަން ހާމަކުރަން ނުކެރިގެން އުޅޭކަން…” އިނާޔާ އިތުރަށް ބުނެލިއެވެ.
އިނާޔާގެ ވާހަކަތައް އަޑުއަހައިފައި ވިސްނާލަން ވަގުތުކޮޅެއް ރީޝާ ބޭނުންވިއެވެ. ފޯނު ކަންފަތާއި ދުރުކޮށްލުމަށްފަހު ކޮޓަރީގެ ކުޑަދޮރު ކައިރިއަށް ޖެހިލާާފައި, މަޑުމަޑުން ފަރުދާ ކަހާލުމަށްފަހު ކުޑަދޮރު ހުޅުވާލިއެވެ. އެއާއިއެކު ޖެހިލި މަޑުވައިރޯޅީގެ އަސަރު ރީޝާގެ މޫނަން ކުރުވިއެވެ. އިނާޔާ ދެއްކި ވާހަކަތަކާއިމެދު އަނެއްކާވެސް ރީޝާއަށް ވިސްނެންފެށިއެވެ. އޭގެ ހަޤީޤަތަށް ވާސިލްވެވޭތޯ ރީޝާ ލޯ މަރާލިއެވެ. ފުރަތަމަ ފަހަރަށް އިޒްހާރު ފެނުނު ފުރަތަމަ ވަގުތާއި އެ މަންޒަރު އާފެށުމަކުން ރީޝާގެ ހަނދާނަަށް ވެރިވެގަތެވެ. އެދުވަހަށްފަހު ރީޝާއާއި އިޒްހާރުގެ އެކުވެރިކަން އުފެދިގެންއައި މަންޒަރުތަކާއި އިޒްހާރުގެ ހިތްހެޔޮކަމާއި ރީޝާއަަށްދިން ހާއްސަކަން ރީޝާގެ ހަނދާނާއި ކުޅިއެވެ. އެންމެ ފަހުގެ ބައްލުވުމުގައި އިޒްހާރުގެ ހުރިހާ ޖަޒުބާތުތަކެއް ރީޝާގެ ކުރިމައްޗަށް ބަންޑުންޖަހާލި, މިލަ ހަނދުވަރުދިން އެ ރޭ ރީޝާގެ ހިތަަށް އަސަރުކުރުވި އިޒްހާރުގެ ބަސްތަކާއި ލަފްޒުތައް, ޖެހެމުން އައި މަޑުމަޑު ވައިރޯޅިއާއިއެކު ރީޝާގެ ކަންފަތްބުޑުގައި ގުގުމާންފެށިއެެވެ. އެހުރިހާ ކަމަކާއި އެކުވެގެން މާނައިން ފުރިގެންވީ އިޒްހާރުގެ ނިޔަނެތި ބަލާލުމާއި އެކުވި ޖަޒުބާތުން ރީޝާގެ މޫނާއި މޫނު ކައިރިކޮށްލި އެވަގުތަަށް ފިކުރު ހިންގާލެވުމާއިއެކު ކުއްލިއަކަށް ރީޝާ ލޯ ހުޅުވާލިއެވެ. މޫނުމައްޗަށް ވެރިވި ނުތަނަވަސްކަމާއިއެކު އަވަސްއަވަހަަށް ކުޑަދޮރު ލައްޕާލުމަށްފަހު ފަރުދާ ދަމާލައިފައި ގޮސް އެނދުުގައި އޮށޯތެެވެ. ހާސްކަން ފިލާތޯ މޭގައި ބާލިހެއް ލައްކޮށްލުމަށްފަހު ލޯމަރާލިއެވެ. ނަމަވެސް ބަދަލުވެގެންދިއަ މަންޒަރުން ރީޝާގެ ނަފްސު އެނާގެ ސިކުނޑިއާއިކޮށްލި ސުވާލުތަކަަށް ޖަވާބެއް ލިބޭގޮތް ނުވުމުން ލޯމަރައިގެންވެސް އޮވޭގޮތެެއްނުވިއެވެެ. އެހެންކަމުން އެނދުން ތެދުވެގެންގޮސް ފާޚާނާއަށް ވަދެ, މޫނުދޮންނަތަށީީގެެ އިސްކުރު ދޫކޮށްލިއެވެ. އެއާއިއެކު އޮހިގަތް ފެންތަކުން ދެއަތްފުރައި ފެންނަގައި ލޯމަރާލައިފައި މޫނަން ބުރުވާލިއެވެ. މޫނުން ފޭދިގެންދިއަ ފެންތަކާއިއެކު މަޑުމަޑުން ލޯހުޅުވާލައިފައި ރީޝާގެ ސޫރަ ފެންނަން ހުރި ލޯގަނޑަށް ބަލަހައްޓައިގެންހުރެ ފުން ޚިޔާލަކަށް ގެއްލުނެވެ. އެހެނަސް ފާއިތުވީ މަދު ސިކުންތު ކޮޅެކެވެ. ރީޝާގެ ފޯނުގެ ރިންގްޓޯން އެ ޚިޔާލުތަކާއި ރީޝާ ދުރުކޮށްލިއެވެ. އިރުކޮޅަކު ހަރާކާތް ކުޑަވެ, އެއަޑަށް ސާމާލުވެގެން ހުރެފައި, އިސްކުރު ބަންދުކޮށްލުުމަށްފަހު މޫނުގައި ހުރި ފެންތައް ތުވާލިން ފޮހެލައިފައި ފޯނު ނަގަން އަތް ދިއްކޮށްލި ވަގުތު ފޯނު ކެނޑިގެންދިއެވެ. ނަމަވެސް އޭގެ ދެވަނަ ސިކުންތު ތެރޭގައި ދެވަނަ ފަހަރަށް ފޯނު ރިންގުވާން ފެށިއެވެ. މޭޒުމަތިިން ފޯނު ނަގައި އޭގެ ސްކްރީނަށް ރަނގަޅަށް ބަލާލައިފައި, ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ފޯނު ކަންފަތުގައި ޖައްސާލަމުން އެނދުގައި އިށީީނދެ ރަނގަޅަށް ހަމަޖެހިލިއެވެ. އިޒްހާރުގެ ފުރަތަމަ ޖުމްލައިންވެސް ރީޝާގެ މޫނުގެ ކުލަވަރު ދިރިގެންދިއެވެ. ކުޑަ ވަގުތުކޮޅަަކަށް ނުތަނަސްވި މޫނުމައްޗަށް ހިނިތުންވުން ވެރިވެގެން ދިއެވެެ. އެ ހިނިތުން ވުމުގައި ހުރެ އިޒްހާރުއާއި ވާހަކަދައްކަން ރީޝާ ފެށިއެވެ.
ދުވަހަކަށްފަަހު ދުވަހެއް ހަލުއި ކަމާއިއެކު ފާއިތުވަމުންދިއެވެ. ފަޒާތެރެ ރީތި ވެފައި ވަސްމީރުު ދުވަސްވަރެކެވެ. ބައެއް ހިތް ތަކަށް ދިރުން ގެންނަމުން އައި އުފާވެރި ދުވަސްތަކެކެވެ. އަބަދަށްޓަކައި އެކުގައި އުޅުމަށް ވަޢުދުތައްވެ އެ ވަޢުދުތަކާއި ހުވާތަކާއި އެ ލޯބީގެެ ދާސްތާ އިތުރު ކުލައަކުން ޒީނަތްތެރިކުރުވި ދުވަސްތަކެއްގައި އަޒީލްއާއި އޭނާގެ ހިތާއި ފުރާނައިން ލޯބިވާ ޝިފްނާ ދިރިއުޅެން ފަށައިގަތެެވެ. ކުލަގަދަ ގޮތަކަށް އަޒީލްއާއި ޝިފްނާގެ ކައިވެނި ކުރެވިގެން ދިއެވެ. އެ އުފާވެރި ޚަފްލާގައި އެ ދެމީހުންގެ ޢާއިލާގެ އެންމެހާ މެންބަރުންނާއި ރަޙުމަތްތެރިންގެ ބައިވެރިވުން އުފަލާއިއެކު އަޒީލް ފާހަގަ ކޮށްލިއެވެ. ދާނިޝްވެސް ބައިވެރިވި އެ ޚަފްލާއަށް ދަޢުވަތު ލިބުނު ރީޝާއާއި އިޒްހާރު ވެސް އުފަލާއިއެކު އަޒީލްއާއި ޝިފްނާއަށް އުފާވެރި ހަޔާތަކަަށް އެދި ތަހުނިޔާކިއެވެ. އަޒީލްއާއި ޝިފްނާގެ އިތުރުން ރީޝާއާއި އިޒްހާރުގެ ލޯބި ފެށި އެލޯބީގައިވެސް ހަޤީޤީ ކުލަ ޖެހުމަކާއި ކައިރިވަމުންް އަންނަނީއެވެ. ރީޝާއާއި އިޒްހާރުގެ ގުޅުމަށް ރީޝާގެ މަންމައާއި ބައްޕަގެ ވެސް ރުހުން ލިބިގެންދިއެވެ. ދެމީހުން އެންމެ ފުރަތަމަ ބައްދަލުވި ދުވަހުގެ ވާހަކައިން ފެށިގެން ރީޝާގެ ލޯތްބަށް އިޒްހާރު އެދުނު ދުވަހާއި ހިސާބަށް އެއްވެސް އޮޅުވާލުމެއްނެތި ރީޝާ އޭނާގެ މަންމައަށް ކިޔައިދިނެވެ. ހިތުގައި އެއްވެސް ނުރުހުމެއް ބޭއްވުމެއްނެތި ރީޝާގެ ނިންމުމަށް ޒުލޭޚާ މަރުޙަބާ ކިއެވެ. ހާމިދުވެސް ރީޝާއާއި އިޒްހާރުގެ ގުޅުމަށް ރުހި ޤަބޫލްވީ އެއްވެސް ދެކޮޅުހެދުމެއްނެތިއެވެ.
އިރުއޮއްސެން ހުރީ މަދު މިނެޓްކޮޅެކެވެ. އިނާޔާއާއި އިރުކޮޅަކު ފޯނުން ވާހަކަ ދައްކަން އިނުމަށްފަހު ސޯފާއިން ތެދުވެ ރީޝާ ކޮޓަރިން ބޭރަށް ނިކުތީ ހަނާޝްގެ ހުނުމުގެ އަޑު ކަންފަތުގައި ޖެހުމުންނެވެ. އިރުއޮއްސެެން ކައިރިވުމުން ހަނާޝް ގޮވައިގެން ދާނިޝްއައިސް ވަނުމާއިއެކު ސޯފާގައި އިށީނދެލައިގެން އިން ރައީޝް ދުވެފައި ކަހަލަ ގޮތަކަށް ހަނާޝްގެ ގާތަށް ޖެހިލައި ސަމާސާ ކުރަންފެށިއެވެ. ހަނާޝްގެ އަޑު އިވިފައި މަޑުމަޑުން ސިޑިން ފައިބައިގެން ރީޝާ އައި މަންޒަރު ކަޅި ޖަހައި ނުލައި ބަލަން ދާނިޝް ހުއްޓެވެ. ހަނާޝް އުރައިލައިގެން ހުރެ ރީޝާގެ މޫނަށް ބަލަހައްޓައިގެން ދާނިޝް ހުރީ ޝަކުވާ ތަކާއިއެކުގައެވެ. އެ ޝަކުވާތައް އެއްފަހަރާ ރީޝާގެ ކުރިމައްޗަށް ބަންޑުން ޖަހާލަން ހިތް އެދުނަސް އަަމިއްލަ ނަފުސު މައިތިރި ކޮށްލައިގެން ހުރެވޭތޯ ދާނިޝް ހިތްވަރު ކުރިއެވެ. ދާނިޝްގެެ އެ ބެލުމުގައިވާ ޝަކުވާތަކާއި އުދާސްތައް ރީޝާއަށް ދެނެގަންނަން އުނދަގޫކަމަށް ނުވިއެވެ. ދާނިޝްގެ ޝަކުވާތައް ފުނިޖެހިފައި ވިޔަސް ހަޔާތުގެ ބައިވެރިއަކަށް އިޒްހާރު ހަދަން ރީޝާ ނިންމި ނިންމުމަށް ކުޑަވެސް ބަދަލެއް ނާންނާނެއޭ ހިތާއިހިތުން ރީޝާ ބުނަަމުން ދާކަހަލައެވެ.
“އެހެން މީހަކަށްޓަކާ ރީޝާގެ ދިރިއުޅުމުން އަހަރެން ބޭރުކޮށްލިި ގޮތަށް އަހަރެންގެ ދަރިފުޅު ބޭރުކޮށްނުލާނެ ކަމަށް ހީކުރަން…” ސޯފާގައި ހަނާޝް ބައިންދާލުމަށްފަހު, ރީޝާގެ ކުރިމައްޗަށް ގޮސް ހުއްޓިިލަމުން ދާނިޝް ވާހަކަދައްކަން ފެށިއެވެ. ދާނިޝްގެ އެ ޖުމްލައިން ރީޝާގެެ ހިތަށް ތަދުކޮށްލިއެވެ. އިރުކޮޅަކު ދާނިޝްއަށް ބަލަހައްޓައިގެން ރީޝާ ހުއްޓެވެ. “އަހަރެން ކެތްކުރިން…އެކަމަކު..އަހަރެންގެ ދަރިފުޅުު…ރީޝާއާއި ވަކިން އަހަރެންގެ ދަރިފުޅަކަށް ކެތެއް ނުވާނެ…އަހަރެންގެ ދަރިފުޅުގެ ހުރިހާވެސް އުފަލަކީ ރީޝާ…ތީ އެ މައުޞޫމް ލޮލުގެ ކަރުނަޔަށް ނުވާނެކަމަށް ހީކުރަން…” ހަނާޝްއަށް ނަޒަރު ހިންގާާލަމުން, ދާނިޝް އޭނާގެ ދަރިފުޅުގެ ޙައްޤުގައި ރީޝާގާތު އާދޭހާއިއެކު ބުނެލިއެވެ. “އަހަރެން ދުވަހަކުވެސް ހަނާޝްގެ ލޮލުން ކަރުނަ އަޔަކަ ނުދޭނަން…ދުވަހަކުވެސް އެހެން މީހަކަށްޓަކާ އަހަރެންގެ ލޯބިން ހަނާޝް މަޙްރޫމެެއް ނުކުރާނަން…އެވަރުގެ ކަމެއް ކުރަން އަހަރެން ނުވެސް ވިސްނާނަން…” ދާނިޝްއަށް ކުރިމަތިލައިގެން ހުރެ ރީޝާ ބުނެލިއެވެ. “ހަނާޝްއާއި ދޭތެރޭ ދާނިޝް ވިސްނާވަރަށް އަހަރެންވެސް ވިސްނަން…ހަނާޝްއަށް ދެރަނިކަމެތިކަން ލިބޭފަދަ ކަމެއް އަހަރެން ނުކުރާނަން…” ޝައްކުގެ ނަޒަރަކުން ރީޝާއަށް ދާނިޝް ބަލަން ހުރުމުން ރީޝާ ހައިރާންވިއެވެ. އެފަދަ ޚިޔާލެއް ދާނިޝްގެ ސިކުނޑިއަށް ގެނުވީތީ ރީޝާގެ ހިތްހަމަ ނުޖެހޭގޮތް ވިއެވެ. “އެންމެ ރަނގަޅު…ރީޝާގެ ލޯބި އަހަންނަށް ނުލިބުނަސް އަހަރެންގެ ދަރިފުޅަަށް އަބަދުވެސް ރީޝާގެ ލޯތްބާއި އޯގާތެރިކަން ލިބޭނެކަމަށްް ހީކުރަން…” ދާނިޝްގެ ދުލުން ބޭރުކުވި އެ ޖުމްލައާއިއެކު ދާނިޝްގެ ލޯ ތެތްމާލީ ރީޝާ ބަލަން ހުއްޓަައެވެ. އެ ލޮލުން ކައްސާލި ކަރުނަތިކި ރީޝާގެ ހިތަަށް ތަދުކޮށްލި ކަހަލައެވެ. ބޭއިޚުތިޔާރުގައި ރީޝާގެ ލޯވެސް ތެމިގެންދިއެވެ. ދެލޮލުން ވިދަމުން ދިޔަ ކަރުނަޔާއިއެކު މާޒީގެ ދުވަސްތަކުން މަންޒަރުތަކެއް ހުދާއިކަޅުން ސިފަވާާންފެށިއެވެ. ލޯބިން ދެ ހިތް އުފަލުން ފުރިގެންވީހާލު ހޭދަކުރި އެ ދުވަސްތަކާާއި ދެހިތްް ކުދިކުދިވެ ކަރުނައިގަައި ހޭދަކުރަން ޖެހުނު ދުވަސްތައް ފަރުދާއަކާއި ނުލައި ސިފަވަމުން ދިއެވެ. އިންތިހާއަށް ލޯބިވިޔަސް އެދެހިތް އެކުވާން ވަގުތާއި ހާލަތުު ފުރުސަތު ނުދިން, ޝަކުވާއިން ފުރިގެންވީ މާޒީގެ އެ ދުވަސްތައް ތަސައްވުރުު ކުރެވެމުންދިއެވެ. ދާނިޝްގެ ހަޔާތަށް އެނބުރިއައުމަށް އޭނާގެ ހިތް ރީޝާއަށް އެދިގޮވަމުން ގެންދިއެވެ. އެހެނަސް އެ އަޑު ރީޝާގެ ކަންފަތަަށް ފޯރުކޮށްދޭނެ ހިތްވަރެއް މިހާރު ނެތޭ ދާނިޝްގެ ހިތް ބުނަމުންދިއެވެ. ދާނިޝްގެ އުއްމީދުތައް ފުނޑުފުނޑު ނުކުރުމަށް އާދޭސްކުރަން ބޭނުންވިއެވެ. ނަަމަވެސް އެ ހަށިގަނޑުގައި އެހާ ހިތްވަރެއް ނެތްފަދައެވެ. ތަޤުދީރު ނިޔާކުރި ގޮތޭ ހީކޮށްލާށޭ ބުނެ ދާނިޝް އޭނާގެ އަމިއްލަ ނަފްސަށް ވިސްނައިދިނެވެ. މަޑުމަޑުން އޮހެމުން އައި ކަރުނަޔާއިއެކު ރީޝާއަށް ބަލަހައްޓައިގެން ހުރުމަށްފަހު, ދެން އިތުރަށް އެގޮތުގައި ހުންނަން ކެތެއް ނުވާނެއޭ ބުނެލާ ކަހަލަ ގޮތަކަށް, މޫނު އެއްފަރާތް ކޮށްލާފައި އެތަނުން ނިކުންނަން ދާނިޝް އެނބުރިލިއެވެ. ރީޝާވެސް އޭނާގެ މަންޒިލް ބަދަލު ކޮށްލިއެވެ. ދިރިއުޅުމުގެ މަންޒިލް ބަދަލު ކުރެވިިފައިވަނީ އެއަށް އިތުރު ބަދަލެއް ނުގެނެވޭނެ ފަދަ ގޮތަކަށޭ ދާނިޝް ގާތު ބުނާކަހަލަ ގޮތަކަށް ރީޝާވެސް ދާނިޝްއަށް ފުރަގަސްދިިނެވެ. އަބަދަށްޓަކައި ދެމީހުން ވަކިވީކަމަަށް ނިންމާލަމުން ދެމީހުން ދެފަރާތަށް ހިނގައިގަތެެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.





Mivaahaka mi nimuneetha
Haadha dhuvahehkollaafa ey thigenesdhiny.. vaahaka v.reethi..nxt part kn irakn
thanku varae gina dhuvas kohlaafa vas up kohleema love u ☺?
Rovihje vvvvvbodah this same route happened to me I know when ehen veema hithuh kuran a azar mihaaru vx neygeyhaaves and break up ve when girl eh hoadhaigen ulheynekameh Ekam mihy abadhuvx saafu e boy uh ???????????????
Ixhaaru gos kohfa dhaanish ah reesha dhee?? hanaash gengulhen ixhaar gaboolu Nuvefa, reesha ixhaar dheke rulhi Annan beynumey??
Thankolhei avahah ap kohlabalaashey ,,plx
Mee kihineh vaahakai ge episodes thah mi annanee.vara reethi vaahaka eh ekam episodes anna gothun vaa neyvaa eh neygey.mikan rangalhu kolla dhinin edhen