Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ބުނާށެ ލޯބި ނުވަނީހޭ….19

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
May 3, 2019 5 Mins Read
37 Comments

“އޭންޖަލްވެސް މީ ހަމަ ދެވަނަ ދޮންތިދޯ!” ރާނިޔާ ކޮޓަރިން ނިކުތުމާއެކުހެން ރީހާން ބުންޏެވެ. “ރީހާން މިއަދު ހާދަ އަނގަ ގަދަވެގެން މިއުޅެނީ!” ވިޝާހް ކޮފީ ތަށިން ކޯވަރެއް ބޯލަމުން ބުނެލިއެވެ. އަންޖަލްގެ ހާލު ބަލާލެވުމުން ވިޝާހް ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ.
އަންޖަލްއާ އެކީ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު ބަންގި ގޮވުމުން ތިން ފިރިހެނުންވެސް ދިޔައީ މިސްކިތަށެވެ. ރައިހާނާ މަޑު ކުރީ މިސްކިތުން ފައިބައިގެން ރީހާން އޭނާ ބަލާ އަންނަން ދެކަށެވެ.

އަންޖަލްމެންގެއިން ނުކުންނަން އުޅެނިކޮށް ހަމްޒާ ފޯނަށް މެސެޖެއް އައުމުން އެއަށް ބަލަމުން ނުކުންނަން އުޅެނިކޮށް އެތެރެއަށް ވަންނަން އައި މީހާ ގައިގައި ޖެހިފައި އެމީހާ އަތު ހުރި ކޮތަޅުތައް ބިންމައްޗަށް ވެރުނެވެ. ހަމްޒާ އަވަހަށް ޖިންސުގެ ޖީބަށް ފޯނު ކޮށްޕާލުމަށްފަހު އެމީހާއަށް ކޮތަޅުތައް ނަގައިދޭން އަވަސްވިއެވެ. “ވަރަށް ބޮޑަށް ސޮރީ” ހަމްޒާ ހުރިހާ ކޮތަޅެއް އެމީހާއަށް ނަގައިދިނެވެ.

އަޒްހަދް ފާޑަކަށް ހުއްޓުން އަރާފައި ހުރީ އެގެއިން ހަމްޒާ ފެނުމުންނެވެ. ހަމްޒާ ގައިގައި ޖެހިފައި އޭނާ އަތުން ކޮތަޅުތައް ވެރުމުން މާފަށް އެދިފައި އެނަގައިދިނުމުން ހަމްޒާއަކީ ރިވެތި އަޚްލާގެއްގެ ވެރި ޒުވާނެއްކަން އަޒްހަދްއަށް އެނގުނެވެ. ހިނދުކޮޅެއްގެ ތެރޭގައި އޭނާގެ ދެލޯ ފެންކަޅިވިއެވެ.

ހަމްޒާ އަޒްހަދް އަތަށް ކޮތަޅުތައް ދެމުން ހިނިތުންވެލިއެވެ. “ޝުކުރިއްޔާ” ދެންވެސް ފުޅާ ހިނިތުންވުމެއް ހަދިޔާ ކުރަމުން ހަމްޒާ އަވަހަށް ގެއިން ނިކުތެވެ.
ދެންމެ ފެނުނު މީހާ ކޮންމެވެސް އެހެން ތާކުން އޭނާ ދުށް ހަނދާނެއް ހަމްޒާވިއެވެ. ސިކުނޑީގެ އެއްކަނަކުން އެއީ ކޮންތާކުންކަން ބުނެދޭން މަސައްކަތް ކުރިއެވެ. ނަމަވެސް އެއްވެސް ގޮތަކަށް އެއީ ކާކުކަން ހިތަށް ނަގައިގަންނާކަށް ހަމްޒާއަކަށް ނޭންގުނެވެ.
“ހަމްޒާބެ ގާލްފްރެންޑާތަ ދެންމެ ޓެކްސްޓްކުރީ؟” ނިކަން ހިނިއައިސް ހުރެ ރީހާން އަހާލިއެވެ. ވަގުތުން ހަމްޒާއަށް ނޫނެކޭ ބުނެވުނެވެ. “ހެހެ. މަ ހީކުރީ ޖީއެފްއަށް މެސެޖް ކުރަން ހަދާގެން ކަމަށް އަންޖަލް ބައްޕަ ގައިގައި ޖެހުނީ” ރީހާން އެހެން ބުނުމުން ހަމްޒާއަށް އޯއޭ ބުނެވުނެވެ. އެހެންވީމަ އޭނާއަށް އަޒްހަދް މިފެނުނީ ސްކޫލް ދޮށުންނޭ ހިތަށް އެރިއެވެ.

“ހައު ވޯޒް ދި ސަޕްރައިޒް ބެސްޓީ؟” ހަމްޒާމެން ނުކުތުމުން ކޮޓަރި ތަޅުލާފައި ހަމަޖެހިލަމުން ރައިހާނާ ބުންޏެވެ. “ބެސްޓް ސަޕްރައިޒް އެވަރ. ހިއެއް ނުކުރަން ހަމްޒާ ދުވަހަކުވެސް މިގެއަށް އަންނާނެކަމަށް ރައި ބުނީތަ އަންނާށޭ!” “މްމްމް. ހަމްޒާ އަމިއްލައަށް އަންނަން އެހީ ރައި ގާތު!” އަންޖަލްއަަށް އަނގަމަތީ އަތް އަޅާލެވުނެވެ. ހަމްޒާ އަމިއްލައަށް ބޭނުންވެގެން އޭނާއަށް ގޮވާލަން އައުމުން އަޖައިބުވިއެވެ. ކުޑަކޮށް ނަށާލެވުނީ ވީ އުފަލެއްގެ ބޮޑުކަމުންނެވެ.

އިތުރު ވާހަކަ ނުދެއްކެނީސް ރީހާން އައުމުން ރައިހާނާ ދަނީ ކަމަށްބުނެ ގެއަށް ދާން ނުކުތެވެ.

މުޅި އެރޭވެސް އަންޖަލް އުޅުނީ ޚިޔާލީ ދުނިޔެއެއްގައެވެ. ލޯމަރާލާއިރަށް ހަމްޒާގެ ރީތި ހިނިތުންވުން އޭނާއަށް ފެނެއެވެެ. އެހެން ހުރެލާފައި ކަމެއް ނުވަނީސް ހިނިތުންވެލައެވެ.

އަންޖަލްގެ ހުން އެކީހެން ރަނގަޅުވާވަރު ވީ ތިން ދުވަސް ފަހުންނެވެ. ތިން ދުވަސް ސްކޫލަށް ނުދާތީވެ ބައިވަރު ފިލާވަޅުތައްވެސް ހުރީ ގެއްލިފައެވެ.

ސްކޫލުން ގެއަށް ގޮސް ފެންވަރާލައިގެން ކައިހަދައިގެން އަންޖަލް ދިޔައީ ރައިހާނާމެން ގެއަށެވެ.
ހުރިހާ ފިލާވަޅެއް ނަގައި ނިމުނުއިރު އަންޖަލްގެ އަތް އޮތީ ވާޅުވެފައެވެ. އޭނާ ފިލާވަޅު ހަދަމުން ދިޔަ ގަޑީ ތަފާތު އެކި ވައްތަރުގެ ކާއެއްޗިހި ރައިހާނާ އޭނާއަށް ގެނަސް ދިނެވެ. ޝައުފާވެސް އައިސް ދޭތެރެއަކުން ކޮންމެސް ކާއެއްޗެއް ދެއެވެ. ދެފަހަރެއްގެ މަތިން ރީހާން އައިސް އަންޖަލްއާ ރައިހާނާއަށް އުނދަގޫކުރިއެވެ. ކޮންމެ ފަހަރަކު ރައިހާނާ ޝައުފާއަށް ގޮވަން އަނގަހުޅުވާލުމާއެކު ދުވެފައި ރީހާން ދެއެވެ.

ހުކުރު ދުވަހުގެ ރެއެވެ. ސުނައިނާއާ މިރާޝް އަދި ހަމްޒާ ގްރީން ބެލްއަށް ދިޔައީ ތިން މީހުން އެކީ ރެސްޓޯރަންޓަށް ގޮސް އެކީ ނުކާތާ ގިނަދުވަސް ވުމުންނެވެ. ކާއެއްޗިއްސަށް އޯޑަރު ދީފައި ތިން މީހުންވެސް ތިބީ އޮލަ ވާހަކާގައެވެ.

ޝައުފާއާ ރާނިޔާއާ ގާތުން ހުއްދަ ހޯދުމަށްފަހު އަންޖަލްއާ ރައިހާނާ ރީހާން އަދި ވިޝާހް ގްރީން ބެލްއަަށް ރޭގަނޑުކާން ދިޔައެވެ.

ސުނައިނާއާ ވާހަކަ ދައްކަން ހުރި ހަމްޒާއަށް ރައިހާނާ ވަންތަން ފެނުމާއެކު ބަސްހުއްޓުނެވެ. އަނގަހުޅުވުނު ގޮތަަށް ލައްޕަން ނޭންގިފައި އިނދެވުނެވެ. ސުނައިނާއާ މިރާޝްތިބީ ދޮރަށް ފުރަގަސް ދީގެން ކަމުން އެމީހުން ޖެހުނީ ފަހަތަށް އެނބުރި ބަލާށެވެ.
“އެއީ އެއްކަލަ ކުއްޖާ ދޯ!” ރައިހާނާ ފެނުމުން ސުނައިނާއަަށް ވަގުތުން އެނގުނެވެ. ޝިމާންއާ ސަރްވާ ޕާޓީ އޮތްރޭ ވިިޑިއޯ ކޯލްއިން އޭނާއަށް ވަނީ ރައިހާނާ ފެނިފައެވެ.
“ސާބަސް ދޮންތައަަށް. އެއީ މަގޭ ސްޓޫޑެންޓުން ތަކެކޭ” ހަމްޒާ ބެލީ އަވަހަަށް ވާހަކަ އޮޅުވާލެވޭތޯއެވެ. ސުނައިނާއާ މިރާޝް އިތުރު އެއްޗެކޭ ނުބުނަނީސް ވިޝާހްއަށް ގޮވާ އަތުން ހަނަ އަޅާލިއެވެ.
“ހަމްޒާބެ!” ބައްތަރީސް ދަތްޕިލަ ފެންނަވަރަށް ހީލައިގެން ހުރެ ރީހާން ހަމްޒާ އިން ތަނަށް ދިޔައެވެ. ރީހާން ފަހަތުން އަނެއް ތިން ކުދިންވެސް ހިނގައިގަތެވެ. ރައިހާނާ ދިމާ ކުރާ ބެލުމަކުން އަންޖަލްއާ ދިމާއަށް ބަލާލިއެވެ. އަންޖަލް ދެލޯ އަޅާލަމުން ރައިހާނާ އަތުގައި ވިކައިގަތެވެ.

“ހަމްޒާބެ ގާލް ފްރެންޑްތަ އެއީ؟” ސުނައިނާއަށް އިނގިލި ދިއްކޮށްލަމުން ރީހާން އަހާލިއެވެ. ރީހާން އެހެން އެހުމުން ހަމްޒާ ލުއި ގޮތަކަށް ހީލިއެވެ. އަންޖަލްއަށް ވަށްކަޅިން ސުނައިނާއަށް ބަލާލެވުނެވެ. ހިތާހިތުން ދުއާ ކުރެވުނީ އެއީ ހަމްޒާ ރަށްޓެހިވެގެން އުޅޭ ކުއްޖާއަށް ނުވޭތޯއެވެ. އިސްޖަހައިގެން އިނގިލިތަކާ ކުޅެން އިން ރައިހާނާ އެންމެ ފަހަރަކުވެސް އިސްއުފުލާ ބަލާ ނުލައެވެ. ހަމްޒާ ފެނުމުން އޭނާއަށް ފާޑެއްގެ ގޮތެއް ވެއެވެ. އެންމެ ކުރިމަތީގައި ބޭޒާރުވާކަށް ރައިހާނާ ބޭނުމެއް ނޫނެވެ.
“ހުރިހާ ކުދިން މީ މަގޭ ދޮންތަ. ދޮންތަ މަގޭ ސްޓޫޑެންޓްސް އެންްްޑް ރީއްކޮ. ދެން މީނީ ދޮންތަބޭ” ހަމްޒާ އެކުދިންނަށް ސުނައިނާއާ މިރާޝް ތައަރާފުކޮށް ދިނެވެ. ރީހާންއާ ވިޝާހްގެ އަނގަޔަށް ގޮތެއް ހަދާލެވުނެވެ. އަންޖަލްއަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. މެއާ ދިމާގައި އަތްއަޅާލެވުނެވެ. ހިތާހިތުން ޝުކުރު ކުރެވުނެވެ.

“ޝީ އިޒް ބިއުޓިފުލް!” ރައިހާނާމެން މައްޗަށް އެރުމާއެކު ސުނައިނާ ހަމްޒާއާ ދިމާއަށް ބުންޏެވެ. “ހޫ؟” ހަމްޒާ މަސައްކަތް ކުރީ ނޭންގޭ ކަމަށް ހަދާށެވެ. “މި ސޮރު އަނގައިން އެއްބަހެއް ނުވާނެ. ދޮންތައަށް ހާދަ ހީވެއޭ އެ ގާލްވެސް ކޮއްކޮދެކެ ލައިކް ވާހެން” ހަމްޒާ އަނގަޔަށް އެޅި ފެންފޮދު ބުރުއްސައިގެން ނުދިޔައީ ކިރިޔާއެވެ. ސުނައިނާވެސް ދައްކާނީ އެކަހަލަ ވާހަކައޭ ހަމްޒާގެ ހިތަށް އެރިއެވެ.

ހަމްޒާ ކިތަންމެ ނުޖެހެން އުޅުނަސް ސުނައިނާއަށް އޮޅުވައެއް ނުލެވުނެވެ. ކޮއްކޮގެ ހިތުގައި ޚާއްސަ މަގާމެއް ދެވިފައިވި އަންހެއްކުއްޖަކީ ކާކުކަން އެނގުމުން އޭނާ އުފާވިއެވެ. ރައިހާނާގެ ހިތުގައިވެސް ހަމްޒާއަށް ޚާއްސަ މަގާމެއް ދެވިފައިވިކަން ސުނައިނާއަށް ދެނެގަނެވުނެވެ. ކޮއްކޮއަށް އުފާވެރި ހަޔާތެއް މިންވަރު ކުރައްވާތޯ ހިތާހިތުން ދުޢާ ކުރެވުނެވެ.

އެހެން ދުވަސް ދުވަހާ ޚިލާފަށް ރައިހާނާ އިނީ ވަރަށް ހިމޭނުންނެވެ. ސުވާލެއް ކުރިއަސް ދެތިން ފަހަރު ތަކުރާރުކޮށްގެން ނޫނީ ރައިހާނާއަށް އަޑުއިވޭ ކަމަކަށް ނުވެއެވެ. “ރައި! ވަޓްސް ރޯންގް؟” އެންމެ ފަހުން އަންޖަލް ބޮލަށް އުނދަގޫވެގެން އެހިއެވެ. “ނަތިން. ފާޑަކަށް ބޮލުގަ ރިއްސަނީ!” ރައިހާނާ ދެލޯ މަރާލަމުން މޭޒު މަތީ ބޯ އަޅާލިއެވެ. ހިތާ ސިކުނޑިއާ ހަނގުރާމަކޮށް އޭނާ ވަރުބަލި ވެއްޖެއެވެ. ލޮލަށް ޖަމާވި ކަރުނަތައް ރޮނގަކަށް ކޯތާފަތް މައްޗަށް ފޭބިއެވެ. “ރައި” އަންޖަލްއަށް ވައި އަޑުން ރައިހާނާއަށް ގޮވާލެވުނެވެ. ވިޝާހްއާ ރީހާންވެސް ކަންބޮޑުވެފައި ތިއްބެވެ. “ކީއްވެތަ ލޯބި އެހާ ވޭންދެނެވި އެއްޗަކަށް ވީ؟”މޭޒު މަތިން ބޯ ނަގަމުން ރައިހާނާ އެހިއެވެ. ތިން މީހުން ކުރެ އެކަކަަށްވެސް އެސުވާލަށް ޖަވާބު ދޭކަށް ނޭންގުނެވެ. “ޒިވާންގެ ކަމެއްތަ؟” ރީހާން ކުޑަކޮށް ހިތްހަމަ ނުޖެހިފައި ބުންޏެވެ. “ނޫން. ޒިވާން މިހިތުން ފުހެލިތާ ކޮން ދުވަހެއް. މިފަހަރު ލޯބި ވެވުނީ ވާން ނުޖެހޭ މީހެއް ދެކެ. ހީ ޑަސަންޓް ލަވް މީ. ސްޓިލް މައި ހާޓް ބީޓްސް ފޯ ހިމް. އަބަދު ހިތް އެދެނީ އެސޫރަ ބަލާލަން.” ރައިހާނާއަށް ގިސްލެވެން ފެށުނެވެ.
އަންޖަލްގެ ހިތުގައި ބިރުވެރި ކަމުގެ ރާޅުބާނީއެއް އުފައްދާލިއެވެ. އަނެއްކާ ރައިހާނާއަށް ލޯބިވެވުނީ ހަމްޒާދެކެ ބާއޭ ހިތަށް އެރިއެވެ. މެއަށް އަރާގަތް ދިލަ ތަދާއެކު ބާރަށް މޭގައި އަތް އަޅާލެވުނެވެ. ލޯތްބަކީ ވާ އެއްޗެއް ނޫންކަން އޭނާއަށް އެނގެއެވެ. އޭނާއަށް ހަމްޒާދެކެ ލޯބިވެވުނު ފަދައިން ރައިހާނާއަށްވެސް ހަމްޒާދެކެ ލޯބިވެވިދާނެނޫންހެއްޔެވެ.
ދެއްކުނީ ދައްކަން ނުޖެހޭ ވާހަކައެއްކަން ރައިހާނާއަށް ރޭކައިލީ މާފަހުންނެވެ. އޭނާގެ ހިތު ތެރޭގައި އެހުރިހާ އެއްޗެއް ވަންހަނާކޮށްގެން އުޅެފައި އެބޭރުކޮށްލެވުނީ އެންމެ ނުބައި ގަޑީގައެވެ. މަޑު މަޑުން ޝިޓްއޭ ބުނެވުނީ އެެހެންވެއެވެ.
“ދޮންތިއަށް ކާކުދެކެތަ ލޯބިވެވުނީ؟” ރީހާން ވަރަށް ސީރިއަަސްވެ ހުރެ އަހާލިއެވެ. ރައިހާނައަަށް ބަލާލެވުނީ އަންޖަލްއާ ދިމާއަށެވެ. އޭރު އަންޖަލްގެ މޫނު މަތިން ހާސްކަމާ ކަންބޮޑުވުން ފެންނަން ހުއްޓެވެ. ކުރެވުނު ކުށް އިހްސާސްވުމާއެކު ރައިހާނާއަށް އިސްޖަހާލެވުނެވެ. ހަމްޒާގެ ނަން ދުލަށް ގެންނާނެހާ ހިތްވަރެއް ނުލިބުނެވެ.
“ކައިރީގަ އެހެނަސް ވަރަށް ދުރުގަ ހުރީ. އަތް ފޯރާފަށުގަ އެހެނަސް އަތެއް ނުފޯރާ” ރައިހާނާ މާނަ ފުން ބަސްތަކެއް ބުނެލިއެވެ. “އެއްފަހަރު ލޯބީގަ ނާކާމިޔާބު ވެއްޖެ ދެވަނަ ފަހަރަށްވެސް އެހެން ވާކަށް ބޭނުމެއްނޫން. މި ނާޒުކު ހިތުގަ ނެތް އެހާ ހިތްވަރެއް.” ރައިހާނާގެ ބަސްތަކުން ދެން ތިބި ތިން ކުދިންނަށް ފުން އަސަރުތަކެއް ކުރިއެވެ. ރައިހާނާއަށް ލޯބިވެވިގެން އެއުޅޭ މީހަކީ ހަމްޒާކަން ޔަގީނާ ގާތަށް އަންޖަލް ދިޔައެވެ.
“ރައިހާނާ. ސްޓޮޕް ބީޓިން އެރައުންޑް ދަ ބުޝް އެންޑް ޓެލް އަސް ހޫ ދަ ހެލް އިޒް ހީ؟” ހިސާބަކަށް ހަރުކަށިކޮށް ވިޝާހް ބުންޏެވެ.
********
އަޒްހަދް ކޮޓަރީގެ ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. ދޭތެރެއަކުން ތުނިކޮށް ބަހައްޓާފައި ހުރި ތުނބުޅީގައި އަތް ހާކަލަައެވެ. އަނެއް ބައި ފަހަރު ނިއްކުރީގައި އަތް އަޅާލައިފާނެއެވެ. ފަހަކަށް އައިސް އޭނާގެ ހިތް އޮންނަީ އަބަދުވެސް ނުތަނަވަސްވެފައެވެ. ފޯނު ނަގާ މީހަކަށް ގުޅާލުމަށްފަހު އޭނާ އަވަހަށް ގެއިން ނުކުންނަން ދިޔައެވެ.

އަޒްހަދް ގޮސް އޭނާގެ ކާރުގައި މަޑުކޮށްލީ ބޮޑު ގެއެއްގެ ކުރިމަތީގައެވެ. ޒަމާނީ ފެންވަރަށް ހަދާފައި ހުރި އެއިމާރާތް ހުރީ ދިހަބުރިއަށް ނަގާފައެވެ. އޭނާ ކާރުން ފޭބިއިރު އަހަރުގެ ފިރިހިނަކު ގޭގެ ބޮޑު ގޭޓް ކައިރީ މަޑުކޮށްލައިގެން ހުއްޓެވެ. އަޒްހަދް ދިޔަ ގޮތަށް ގޮސް އެމީހާ ގައިގައި ބައްދާލިއެވެ. އެމީހާވެސް އުފަލާއެކު އަޒްހަދް ގައިގައި ބައްދާލިއެވެ. އެމީހާ ފަހަތުން އަޒްހަދް އެގެއަށް ވަނެވެ.
ފަސްވަން ފަންގިފިލާއަށް ލިފްޓު ހުއްޓުމާއެކު ދެމީހުން އެއްކޮށް ލިފްޓުން ފޭބިއެވެ. އަދި އެމީހާ ދިރިއުޅޭ އެޕްޓްމެންޓަށް ދެމީހުން އެކީ ވަނެވެ.
“އަނެއްކާ ކޮންފަދަ ކަމެއް ލައިގަނެގެން ތިއުޅެނީ؟” ސޯފާގައި އިށީންދެ ހަމަ ޖެހިލުމަށްފަހު އެމީހާ އަހާލިއެވެ. އަޒްހަދް ފުންނޭވައެއް ދޫކޮށްލުމަަށްފަހު މޫނު މަތީގައި ހުރި ދާތިކިތައް ރުމާއަކުން ފުހެލިއެވެ. އަޒްހަދް ދެން ބުނެލި ވާހަކައިން އެމީހާގެ ދެލޯ ބޮޑުވެގެން ދިޔައެވެ erektilemed.de.
“ޔަގީންތަ؟” އެމީހާ އަހާލިއެވެ. “މަށަށް އެއްހާސް ޕަސެންޓް ޔަގީން. ޒައިދް މަދެން ކިހިނެއްތަ ހަދާނީ؟ އެސޮރަށް މަވަކި ކުރަން ނޭންގުނަސް އެ މަންޖެއަށް މަ ފެނިއްޖެޔާ އެނގޭނެ.” އަޒްހަދް މޫނުގައި ދެއަތް އަޅާލިއެވެ. ޒައިދުއަށްވެސް ބޮލުގައި އަތް އަޅާލެވުނެވެ.
ޒައިދްއަކީ އަޒްހަދްގެ އެއްބަނޑު އެއްބަފާ ހުރި ހަމައެކަނި ކޮއްކޮއެވެ. އުމުރުން ސާޅިސް އާހަރު ވީއިއިރުވެސް ޒައިދް ހުރީ ހުއްސަރި ބަޔަށެވެ.
“ކޮންމެސް ދުވަހަކުން ބޭބެ އެމީހުންނާވެސް ކުރިމަތި ލާން ޖެހޭނެކަން އަހަރެން މާކުރިންވެސް ބުނީމެއްނު. މުޅި އުމުރަށް ފިލައިގެން ނޫޅެވޭނެއްނު! ރާނިޔާ ދައްތައަށް އެނގޭތަ؟” އަޒްހަދް ދެފަރާތަށް ބޯހޫރާލިއެވެ. ޒައިދްއަށް ޕިސްއޭ ބުނެވުނީ މިއަޮށްހާ ދުވަސްވީ އިރުވެސް އަޒްހަދް ރާނިޔާ އަނދިރި ގަނޑެއްގެ ތެރޭގައި ބަހައްޓާފައި ހުރުމުންނެވެ. *********
“އަދި ކިތައް މިނެޓް ފަހުން ރައިހާނާއަށް އެއީ ކާކުކަން ބުނެވޭނީ؟” ފަނަރަ މިނެޓު ފާއިތުވެގެން ދިޔައިރުވެސް ރައިހާނާއަށް ޖަވާބެއް ނުދެވުނެވެ. ބުނަން އަނގަ ހުޅުވާލާފައިވެސް ޖެހިލުން ވަނީއެވެ. “ސްޕިލް ދަ ބީންސް ދޮންތީ!” ރީހާންއަށް ވެސް ނީންދެވިގެން ބުންޏެވެ. އޭނާގެ ދޮންތި ދެވަނަ ފަހަރަށް ލޯބިވެވުނީ ކާކުދެކެތޯ ބަލަން އޭނާ ހުރީ ނިކަން ބޭނުންވެފައެވެ.
އަންޖަލްއަށް ދުޢާ ކުރެވެމުން ދިޔައީ އެމީހަކީ ހަމްޒާއަށް ނުވޭތޯއެވެ.
ކޮންމެ ގޮތެއް ވިއަސް ހެޔޮ ކަމަށް ރައިހާނާ އެއީ ކާކުކަން ބުނަން ނިންމިއެވެ. ދެލޯ މަރާލުމަށްފަހު ފުންކޮށް ނޭވައެއް ލިއެވެ. ލޯމަރާލާއަރަށް ހަމްޒާގެ ސޫރަ ހިތަށް ވެރިވުމާއެކު ރައިހާނާއަށް ހިނިތުންވެވުނެވެ. ވަރަށް ހިއްވަރުކޮށްފައި ރައިހާނާ އެއީ ކާކުކަން ބުންޏެވެ.
ހީވީ އެތަނުގައި ކުޑަ ބޮމެއް ގޮއްވާލިހެންނެވެ. ގަބޫލު ނުކުރެވިފައި ތިން މީހުންނަށް ރައިހާނާއާ ދިމާއަށް ބަލާލެވުނެވެ. ކޮންމެ މީހެއްގެ ލޯ ބޮޑުވެފައި އަނގަވަނީ ތަން މިނަށް ހުޅުވިފައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

އަވާ ސްޓޯރީ 1

Next

ލޯބި ވީމޭ ސިއްރު ސިއްރުން (27)

Next
May 3, 2019

ލޯބި ވީމޭ ސިއްރު ސިއްރުން (27)

Previews
May 3, 2019

އަވާ ސްޓޯރީ 1

37 Comments!

  1. Anonymous says:
    May 3, 2019 at 12:01 pm

    Alheyyyyy.. When is next part..Hama hureveny eh ves noon kiyaa hithun..Vrh Vrh Vrh reethi..and thank you soooo much for uploading this part..☺️

    1. Kiyara says:
      May 3, 2019 at 1:08 pm

      thank you anonymous. next part next thursdayga ISA

    2. Kaira says:
      May 3, 2019 at 3:16 pm

      Hadha lahun…

  2. eny says:
    May 3, 2019 at 12:02 pm

    varah varah salhi♥️ when next part….!!

    1. Kiyara says:
      May 3, 2019 at 1:09 pm

      thanks eny next part thursday ga ISA

  3. Mathu says:
    May 3, 2019 at 12:03 pm

    Salhi

    1. Kiyara says:
      May 3, 2019 at 1:10 pm

      thanks Mathu

  4. azuker says:
    May 3, 2019 at 12:31 pm

    desperately waiting so much pls upload varah avahah kohladhey thi…. i luv this story❤️❤️❤️❤️

    1. Kiyara says:
      May 3, 2019 at 1:11 pm

      thanks azuker. Liyevihjeyaamun thursday ge kuri up kohdheynan. ISA enme lasvegen thursdayga

  5. Twinkle? says:
    May 3, 2019 at 12:38 pm

    Alheyyyy… anko ah kihinehbaa vaany rai hamza ge nan bunyma… n hyvany hamza n anko ge dad ae ekaku hn dhw… alhe nxt part kn irakun… haaaaaadha ryhchey hama speechless masha allah…

    1. Kiyara says:
      May 3, 2019 at 1:13 pm

      thanks twinkle. alhe anko dhw. ISA anko ah dhera gotheh nuvaane. hingaa dhw anko ah vany kihinehtho balan

  6. maai says:
    May 3, 2019 at 12:52 pm

    Maasha allah…you are so talented….ifoo nagaafa esfiya in dhen enmne rythi kiyaara ge mi stry…i am so happy ehaa avahah up kolla dhinyma??????????….ummedhu kuran dhen ves avahah up kohdheyne kamah…????????❤❤❤❤❤❤❤❤mi stry ah gavaaidhun conment nukurevunas hurihaa ep eh kiyan..vvvvv molhu kujjeh thy…..keep it up dear….we all are with..u….??????⚘⚘⚘⚘⚘⚘⚘⚘
    Mi stry ah gina readers mi ah vure attract vaane kiyaa conment thakah salhi reply thakeh dhinyma???…ifoo kairin reply liyan dhaskuran v ennu???… its my oppinion ingey…???

    1. Kiyara says:
      May 3, 2019 at 1:15 pm

      thank u sooo much maai. varah ufaavehjje . hama liyevunu haa avahakah up kohdheveytho masakkai kuraanan. and ill try to improve my replies too ISA. 🙂

  7. Kiyara says:
    May 3, 2019 at 1:21 pm

    salam hurihaa readers. suprise!!!! miee alhuganduge faraathun hurihaa kudhinnah dhey suprise eh ingey. hueihaa kudhinnah ves mi bai kamudhiya kamah ummedhu kuran.
    dhen kihinehbaa vaany? rahihana kaakan bunyma anjal ah ekan balaa ganeveyne baa? reehan and visha ge reaction ahnnany kihineh ba? edhekudhin hamza aa nulaahiku close ehnnu dhw. will they tell him? wat will happen to hamza? will he accept rai? so many questions right? ISA next thursdayga i question thakuge answer libeyne. 🙂 🙂

    1. ??mrs cherry?? says:
      May 3, 2019 at 1:44 pm

      Faharehga anjal Hama dheravegen gos unexpectedly raihana dheke nafrathu kureven ves fashaafaane.. Eynage ikhthiyaarun beyruga..dhn thibi dhemyhun dhw..vishaah and reehaan shock ehga thibeynee.. Dhn vishaah ves raihana dheke rulhi aisfaane hamza dheke anjal loabi vaa kan engi hure raihana hamza dheke loabi v ey kiyaafa.. Dhn reehaan kanthah kuraane gotheh hama ehgothakah ves neynge..faharehga eyna raihana ah supportive vedhaane, faharehga raihana ge vaahaka aa medhu hiyyhama ves nujehidhaane.. Who knows? Hehe.. Ekam ehurihaa kameh baahvaafa ihah kihineh ingeynee rai bunaanee hama hamza ge name kameh? Eyna anjal ah dheraeh dheyn beynun nuvangnaamu hama ehn boy ehge name ehves hama bunelafaane ehnu.. So let’s see what happens next.. Vaahaka hama reethikamun hureveny eh ves noon.. Vrh salhi maa sha allah.. Keep up the good work kiyara.. The best writer in the world and my fav.. ☺️??????

    2. Kiyara says:
      May 3, 2019 at 3:47 pm

      Awwwn thanks mrs cherry. Haadha gina theories ey dhwww. Raihana bunaany kykeybaa? Even i am waiting ISA thursday ga answers libeyne kamah mi balany. Once again thank u mes cherry

  8. Raihaana says:
    May 3, 2019 at 1:46 pm

    Ehn meehekey bunaany… Majaa kollany ey e.. anyway.. stry vvvv salhi..

    1. Kiyara says:
      May 3, 2019 at 3:38 pm

      Thanks raihana. Hingaa dhw balama rai ge javaabaky kobai kan

  9. Kai says:
    May 3, 2019 at 1:54 pm

    Oh my! ???I don’t think raihaana Hamza ey bunaane ekey.. eyna friendship eah vure kuriah laanu.. anyway kiyaa mi part vx hama varah lwbi.. n btw who’s the guy as vishaah??? Kiyaa vx isco ge fan eh tha??????

    1. Kiyara says:
      May 3, 2019 at 3:41 pm

      Thanks kai. Lestsee dhw. Kiyara akah ves neynge vishah eii kon kuhjjeh kameh eii hama random guy eh. Yeahh bunevidhaane isco fan ekeyves. Aslu hama ekani isco fan eh noon football fan eh i am soo addicted to football ehenve cover pic ah ves football players leveny??

  10. 32 x32 says:
    May 3, 2019 at 2:23 pm

    32 dhaippila Verma eynage hunnaanedho 1024 dhaih

    1. Kiyara says:
      May 3, 2019 at 3:42 pm

      Ooops eii olhigen ehen liyevifa. Ekanthah faahaga kohlla dhinyma varah bodah thanks?

  11. Kaira says:
    May 3, 2019 at 3:14 pm

    Alhe avahah up kohdheebaaa… Btw vvv reethi mi part ves… Avas koh dhehchey plx….

    1. Kiyara says:
      May 3, 2019 at 3:44 pm

      Awww i ill try my best to upload avahah. Ekam mi dhuvaskolhu miee kiyara ge test dhuvaskolhu ehenvyma ehaa avahah upload kuran undhagoo vaane. Bt will try my best ISA

  12. Laalu says:
    May 3, 2019 at 4:01 pm

    V nice mi prt vx

    1. Kiyara says:
      May 4, 2019 at 11:46 am

      Thanks laalu

  13. jiji says:
    May 3, 2019 at 6:42 pm

    Kiyaa..hama bas huhtifa myny????????Anjal ah dhn kihineh baa vaany????but I think Hamzaa aky anjal ge beybe hn… ?????????⚽⚽????????❤❤waiting for the next part curiously..ly kiyaa

    1. Kiyara says:
      May 4, 2019 at 11:47 am

      Thanks jiji. Anjal ah dheragotheh nuvaane ISA. Hingaa dhw balama vaa goii. LY2♥️

  14. jiji says:
    May 3, 2019 at 6:53 pm

    Kiyaa! !!Um kihineh thr story up load vumah fahu cover pic change kuraany??☺?

    1. Anonymous says:
      May 3, 2019 at 7:23 pm

      Edit kuraanee?

    2. Kiyara says:
      May 4, 2019 at 11:48 am

      Edit ah gossa cover pic remove kohffa hama aa pic eh laany??

    3. jiji says:
      May 4, 2019 at 11:53 am

      ????Thanks kiyaa

    4. Kiyara says:
      May 4, 2019 at 11:06 pm

      Ure welcome darling

  15. me says:
    May 4, 2019 at 3:30 pm

    kiyaa… edit innany konthaaku

    1. Kiyara says:
      May 4, 2019 at 11:07 pm

      My stories ah dhaairuga ihnnane. 24h vumuge kurin edit kureveyny eah fahu nukureveyne

  16. Mishya says:
    May 7, 2019 at 7:32 pm

    V V reethi mi part ves..
    Waiting 4 the next part..

  17. Mishya says:
    May 7, 2019 at 9:59 pm

    V V reethi mi part ves..
    Waiting 4 the next par…

Comments are closed.

Next Episodeބުނާށެ ލޯބި ނުވަނީހޭ…..20←


All Right Reserved!