Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
aira
ލޯބި

އައިރާ (3…..ވަނަ ބައި)

layaaly Level 1100 Comments10 Stories
May 4, 2019 4 Mins Read
19 Comments

“އީން ހިނގާ ގެއަށް ދާން.މިހާރު އިރުއޮއްސެން އެއުޅެނީ”އައިރާ ބުނެލިއެވެ.”އާން ހިނގާ ދާން”އީން ބުނެލިއެވެ.އަދި އައިރާ އާއި އީން އެކީ ގެއަށް ދާން ހިނގައިގަތުނެއެވެ.

**********************************************************************************

“ދަރިފުޅާ ޒަވާ. ކޮބާ ތިއްތިބެ”ޒަވާ ފެނުމާއެކު ޒިހާދު އެހިއެވެ.” ތިއްތިބެ އަދި ގެއަށް ނާދޭ”ޒަވާ ބުނެލިއެވެ.”އެހެން. ދަރިފުޅު  ދެބަލަ ބައްޕަ އަލަމާރިން ނަގާފަހުރި ހެދުންތަކެއް ހުނާނެ.އެތާ އެނދުމަތީ ބާއްވާފަ އޮތް ދަބަހަށް އަޅާލަދޭން.”ޒިހާދު ބުނެލިއެވެ.”ބައްޕާ. އަނެއްކާ ތަނަކަށް ދާންވެގެންތަ؟”ޒަވާ އަހާލިއެވެ.”ހޫމް…މާދަން ފަތިހު މިއުޅެނީ ބައްޕަ ފަހުން ގަތް ރިސޯރޓް ހަދާނިމިފައިވާތީ އެތަން ބަލާލަން ދާންވެގެން. ތިންވަރަކަށް ދުވަސް އެތާހުރެފަ އެނބުރި އަންނާނަން.އަމް.. މަންމަ އަދިވެސް ނާދޭދޯ.ކޮންއިރަކު  ބޭރަށް ދިޔައީ” ޒިހާދު ބުނެލިއެވެ.”މަންމަ ހަވީރު ބޭރަށް ދާން ނިނުންނަނިކޮށް ދުށިން.އެދިޔަގޮތަށް އަދި ނާދޭ”‘ޒަވާ ޖަވާބުދިނެއެވެ. “މިހާރު ގަޑިން އެހުރީ އެގާރަ ޖަހާފަވިއްޔަ.މުސްކުޅިވަމުންދާ އިރުވެސް މީހާ އިސްލާޙު ވާކަށް ނޫޅެ” އަމިއްލަ ނަފްސަށް އިވޭވަރަށް ޒިހާދު ބުނެލުއެވެ. “ބައްޕާ އެއްޗެކޭ ބުނިންތަ؟”ޒަވާ އެހިއެވެ.”ނޫން މިބުނީ މާދަން ފުރަންވާއިރަށް އަވަހަށް ހޭލަންޖެހޭނޭ”  ހިނިތުންވލަމުން ޒިހާދު ބުނެލިއެވެ. ޒަވާ އަވަސްވެ ގަތީ އޭނަ ބައްޕަ އެދުނު ކަންތަށް ކޮއްދިނުމަށެއެވެ.

ޒަވާ އެތަނުން ދިޔުމުން ޒިހާދު ހަމަޖެހިލަމުން ސޯފާގަ ޖައްސާލިއެވެ.އިރުކޮޅޅެއްގެ ތެރޭ ފުން ޙިޔާލަކަށް ޒިހާދު ގެނބިގެން ދިޔައެވެ.

ޒިހާދަކީ މުއްސަނދި ބައްޕަ އަކާއި މަންމައެއްގެ ހުރި ހަމައެކަނި ދަރިއެވެ.މައިންބަފައިންގެ ރަނގަޅު ތަރުބިއްޔަތަކުން ބޮޑުވެގެން އައި ޒިހާދު ވީ ހަރުދަނާ މީހަކަށެއެވެ.އެހެންނަސް އުފާވެރި ދިރިއުޅެމުން އައި ޒިހާދުގެ މައިންބަފައިން އެކްސިޑެންޓެއްގައި މި ދުނިޔެއާއި އަލަވަދާއު ކިޔެއެވެ.ލިބުނު ފުން ހިތާމައެއްގެ ސަބަބުން ޒިހާދު ދިޔައީ ރާއްޖެއިން ބޭރަށެއެވެ.އެހެން އުޅުމުގެތެރޭގައި ޒިހާދު އަށް އަޒްލީމާ ފެނި އޭނަދެކެ ލޯބި ވެވުނެއެވެ. ޒިހާދަކީ ރީތި ފިރެހެނެއްގެ އިތުރުން މުއްސަނދި ފިރެހެނެއްކަމުން އެ ލޯބި އަޒްލީމާ ޤަބޫލުކުރިއެވެ.އެއީ ކޮންމެހެން ޒިހާދުދެކެ ލޯބިވާތީކީއެއް ނޫނެއެވެ.މުއްސަނދި ދިރިއުޅުމެއް އުޅުމުގެ ނިޔަތުގައެވެ. އަޒްލީމައާއި ކައިވެނި ކުރުމަށްފަހު ޒިހާދުގެ ދިރިއުޅުން ބަދަލުވެގެންދިޔައެވެ. އެކައިވެންޏަށް ތިން ކުދިން ލިބިފައިވެއެވެ. އެއީ ޒައިން، ޒަވީން އަދި ޒަވާ އެވެ. އެހެންނަސް އެއީ ހިތި ދިރިއުޅުމެކެއެވެ.ޒިހާދުއަށް ވޭނާ ހިތްދަތިކާމާއި އެކަނިވެރިކަން ފިޔަވާ އިތުރު އެއްޗެއް އަޒްލީމާ ފަރާތަކުން ނުލިބުނެއެވެ. ތިންކުދިންނަށް ލޯބިދީ ވަރަށް ހިތްވަތާއި ބުރަސައްކަތުން ދަރިންނަށް ރަނގަޅު ތަރުބިއްޔަތެއް ޒިހާދު ދިނެއެވެ.ވޭތު ވެގެން ދިޔަ ސައްބީސް އަހަރުތެރޭގަ ވެސް އަޒްލީމާ ވަރިނުކޮށް ކެތްކޮއްލާގެން އެހުރީ ދަރިންނަށް މަންމައެއްގެ ލޯބި މުހިއްމުވާނޭކަން އިނގޭތީއެވެ.ޒިހާދުދެކެ ލޯބިނުވާއިރު ބަނޑުއަޅަ ވިހެއި ދަރިން ދެކެވެސް އަޒްލީމާ ލޯތްބެއް ނުވެއެވެ.އަޒްލީމާގެ އުޅުން އިސްލާހުވޭތޯ ބަލަން އެތަށް މަސައްކަތެއްކުރިއެވެ. އަދި އެތަށް އާދޭހެއް ޒިހާދު ކުރިއެވެ.ނަމަވެސް އެކަމަށް އަޒްލީމާ ދިނި ބީރު ކަންފަތެކެއެވެ. ދަރިންނަށް ބައްޕައަކާއި މަންމައެއްގެ ލޯބި ދިނީ ޒިހާދެއެވެ. ކުރީގައި އެހިތުގައި އަޒްލމާއަށް ލޯބިވިޔަސް މިހާރު އެލިތުގައި ވަނީ ނަފްރަތު އުފެދިފައެވެ.

އިރުކޮޅެއްފަހުން ސިޓިންރޫމް އެތެރެއަށް ވަދުނު ޒަވީން ފެނުމާއެކު ޒިހާދުއިށީންދެ އިން ސޯފާއިން ވަގުތުން ތެދުވިއެވެ.”ޒަވީން. ކޮންތާކުން ތިއައީ؟” ހަރުކަށިއަޑަކުން ޒިހާދު ބުނެލިއެވެ.އެއާއެކު ޒަވީން އެހުރިތާ ހުއްޓިލިއެވެ.”ޒަވީން…ޒަވީން އަށާއޭ މި ސުވާލުކުރަނީ.” ދެތިން ފިޔަވަޅުކުރިއަށް އަޅާލަމުން  ޒަވީން ކުރިމަތީގައި ހުއްޓިލަމުން ޒިހާދު ބުނެލިއެވެ.އެހެންނަސް ޒަވީން އެސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ހަނު ހުއްޓެއެވެ. އެއީ ޒަވީންގއ އާދައެކެއެވެ. ޒިހާދު ރުޅިއައިސް ހިތްހަމަނުޖެހޭ ކޮންމެފަހަރަކު ޒަވީން ހަނު ހުރެއެވެ.”ޒަވީން ޖަވާބު ނުދިނަސް މަށަށް އެނގޭ ޒަވިން ތިއައި ތަނެއް. ހީނުކުރާތި ބައްޕަ ޒަވީން އުޅޭގޮތް ނުބަލާނޭކޭ. ބައަޕަގެ ކޮންމެ ދަރިއެއް އުޅެގޮތް ވަރަށް ރަނގަޅަށް ބައްޕަ ބަލަން” ޒިހާދު ބުނެލިއެވެ. އެއާއިއެކު ޒަވީން ދެލޯ ބޮޑު ކޮއްލައިގެން ހުރެ ޒިހާދު ދިމާލަށް ބަލާލިއެވެ. “ޒަވީން ކޮންވައްތަރަކަށްތަ ތިއުޅެނީ؟ ގައިމު މަގޭގެ ދަރިއެއް އެއީ  ޒައިން އެކަމަކު ނޫޅޭ ޒަވީން އުޅޭ ފާޑާކަށް. މިހާރު އުމުރުން ތިހުރީ 22 އަހަރުވެފަ. މިހާރުތީ ޒުވާން ފިރެހެނެއް. އެންމެކުޑަމިނުން ގައިގަ ޒިންމާދާރު ސިފައެއް ހުންނަނީކީ ނޫން. ވަޒީފާއަކަށް ދިޔުމެއްނެތި މުޅިމާލެ ކުޑަކޮށް ތިއުޅެނީ ކަސްބީ އަންހެނަކާއެކީ. އެނޫން އަންހެނެއް މިއޮއް ބޮޑު ދުނިޔެއިންވެސް ނުލިބުނީތަ؟ އެއަންހެނާ ކާރިން ދުރުވޭ ޒަވީން” ޒިހާދު ބުނެލުއެވެ.”ބައްޕާ އަޅުގަނޑަށް އަޅުގަނޑު ލޯބިވާ މީހަކާ އެކީ އުޅުނަ ދީބަލަ”ޒަވީން ބުނެލިއެވެ.” ޒަވީން ބުނަން ރަނގަޅު ވާހަކައެއް. އެއަންހެނާދެކެ ލޯބި ނުވިއްޔާ ރަނގަޅުވާނީ. އެއަންހެނާ އެއީ ޒަވީންގެ ދިރިއުޅުމަށް ވިހަލާން އައިސްފައިވާ ވިހަގަދަ ހަރުފައަކަށް ވުރެން ނުބާ ހަރުފައެއް. އެއަންހެނާ ކާރިން ދުރުވޭ” ޒިހާދު ބުނެލިއެވެ.

ޒަވީންއަކީ ތޮބީޢަތުގައި ވެސް ރުޅިގަދަ ކުޖެކެއެވެ. ދުވަހަކުވެސް އޭނަގެ ބައްޕަދިމާލަށް އެއްޗެކޭ ނުބުނާ ޒަވީން ބޭއިޙުތިޔާރުގައި ބުނެވުނެއެވެ.” ބައްޕަވެސް ތިއުޅެނީނުން މަންމަ ކޮންމެ ވައްތަރަކަށް އުޅުނަސް އިނދެގެން. ހަމަ ލޯބިވާތީނުން. މަންމަ އުޅެނީ ވަކި ރަނގަޅަށް…………..” ޒަވީންގެ ވާހަކަ ފުރިހަމަ ނުވަނީސް ޒަވީންގެ ކަންކަށިމައްޗަށް ޒިހާދު އަތުގެ ހޫނު ހަމަލާއެއް އެރިއެވެ. ޒިހާދު ޖެހިލެއް ބާރުކަމުން ޒަވީންގެ ކަންފަތް ބަށްގަންނަ ގޮތް ވިއެވެ. ޒަވީން އިސްއުފުލާފައި ޒިހާދު ދިމާލަށް ބަލާލިއެވެ. އޭރު ޒިހާދުގެ ލޮލުން އަލިފާން ކަނިބުރައެވެ. މިވޭތުވެދިޔަ 22 އަހަރު ތެރޭގަ ޒިހާދު އެހާ ރުޅިއައިސްފަ ވަނިކޮށް ޒަވީން ނުދެކެއެވެ. އަދި ރުޅިއައިސަގެންނަމަވެސް އަތްއިސްކޮށްފައެއް ނޯންނާނެއެވެ.

“ޒަވީން……..ތިހެން ބުނާއިރަކު ލަދެއްނުގަނޭތަ؟މަށޭ ކަލޭމެން ކުޑައިރު މަންމައެއްގެ ލޯތްބަކާއި ބައްޕައެއްގެ ލޯބި ދީގެން ބަލާ ބޮޑު ކުރީ. އެއްއިރެއްގަ ކަލޭމެނަގެ މަންމަ އަޒްލީމާ ދެކެ މަ ލޯބިވިއެއްކަމަކު މިހާރު އެ ލޯބި ނަފްރަތަށް ބަދަލުވެއްޖެ.ތިމީހުންނަށް މަންމަ އެއްގެ ލޯބި ބޭނުންވާނެތީވެ އެ ލޯބިން މަޙުރޫމް ނުކުރަންވެގެން އޭނަ ކޮންމެގޮތަކަށް އުޅުނަސް ދެލޯ މަރާލައިގެން ކެއްކޮއްލައިގެން ހުންންނީ. މިހާރު 26 އަހަރު ވެތުވެގެން އެދިޔައީ. އަދިވެސް އެއުޅުން އިސްލާހު ކުރާކަށެއް ނޫޅޭ ނޫނީ އިސްލާހު ކުރަން ބޭނުންވެސް ނުވަނީ. ކަލޭމެން މަންމަ ހުއްޓަސް އެއީ ނެތް މީހެއް ފަދަ. ޒަވީން އަދި ދިރިއުޅުމަކީ ކިހާވަރެއްގެ ބުރައެއްޗެއް ކަމެއް ނޭންގޭނެ. ދިތިއުޅުމެއް ފެށީމަ އޭގެ ބުރަ ކަން އެނގޭނި. ދިރިއުޅުމުގައި އެކިއެކި ގޮންޖެހުންތަކާއިވެސް ކުރިމަތިލާން ޖެހޭނެ. އަހަރެން އެއްވެސް ގޮތަކަށް ބޭނުމެއްނޫން އަހަރެން މި ކުރާފަދަ ހިތާމައެއް އަހަރެންގެ އެއްވެސް ދަރިއަކު ކުރާތަން ދެކޭކަށް. ޒަވީންމެންނަށް އިޙުސާސްނުވާނެ ރެއާއި ދުވާލު އަހަރެން ކުރަމުންދާ ހިތާމައެއް. މި ހިތާމާގެ ސަބަބުން މުޅި ހަށިގަނޑުގައި ވޭން އަޅާ. މި އަޅާ ވޭން ދުލަކުން އަދި ލިޔުމަކުންވެސް ބަޔާންނުކޮށް ދެވޭހާ ވޭންގަދަ. ތަނެއް ޒަޙަމުވުގެން ހަށިގަނޑުގަ އަޅާ ވޭނަށް ވުރެން ހިތުގަ އެޅާ ވޭން މާ ގަދަ.” ކުރެހިފައިވާ އަޑަކުން ޒިހާދު ބުނެލިއެވެ. ޒަވީން އޭނަގެ ބައްޕަގެ ޙާލާމެދު ހިތުގަ ހަމްދަރުދީ އުފެދުނެއެވެ. ޒަވީން ކުއްވެރިއެއްފަދައިން އިސްޖަހާލީ އޭނަގެ ބައްޕަ ހިތުގައި ޖައްސާލެވުނިއްޔޭ ހިތައްއެރުމާއެކީގައެވެ. “ޒަވީން ދިރިއުޅުން މި ގޮތަށް ހަލާކުވެގެން ދާތަން ބަލާކަށް އަހަނެއް ނުހުންނާނަން. ޒަވީން ތި ގޮވައިގެން އުޅޭ އަންހެނާކާރިން ދުރުވޭ” ޒިހާދުގެ އަޑަށް ބާރުލަމުން ބުނެލިއެވެ. ޒަވީން އޭނަގެ ރުޅި ކޮންޓްރޯލުން ނެއްޓެން ފެށުމުން ޒިހާދު ކުރިމަތީ އެންމެ ސިކުތެއްވެސް މަޑުކުރުމެއް ނެތި އެތަނުން ދިޔައެވެ. ކޮޓަރިރެތެއަށް ވަދުމާއެކު ކޮޓަރީގެ ދޮރު ބަންލާފަ ޖެހިއެވެ. އޭރު ޒިހާދު ޒަވީންއަށް ގޮވަމުން ގެންދިޔައެވެ.

ޒަވީން ލާފައިވާ އެއްޗެތި ބޭލުމަށްފަހު ދާވަށިގަނޑަށް ލިޔެއެވެ. ހެދުންއަޅުވާ ހަރުގަ އަޅުވާފައި އޮތް ތުވާލި ހިފައިގެން ފާހާނާ އަށް ވަދުނެއެވެ. ފެނަމާގަނޑު ދޫކޮށްލުމާއެކު ތަޒާ  އެތަށްހާސް ފިނި ފެންތިކިތަށް ޒަވީންގެ އޮމާން ހަށިގަނޑުގައި ބޮސް ދެމުންދިޔައެވެ. އެފިނި ތާޒާ ފެންތިކިތައް ޒަވީންގެ ހިތާއި ރޫހަށް ހަމަޖެހުން ހޯދާދިނުނަށް އެޙީތެރިވިއެވެ. ސިކުނޑީގައިވާ ބުރަކަން ފިލިމުން   ތުވާލި ޒަވީންގެ އުނަގަނޑުގައި ވަށްލައިގެން ފާހާނާއިން ނިކުތެއެވެ. ތުވާލި ހަރުގައި އަޅުވާލުމަށްފަހު ނިދަންލާ ސޯޓުގަނޑު ލިއެވެ. ޒަވީން ގޮސް ހުއްޓިލީ ޑރެސިންޓޭބަލް ކުރިމަތީގައެވެ. ކުރިމަތިން ފެންނަނަން ހުރި އޭނަގެ ސޫރައާއި ދިމާލަށް ބަލާލިއެވެ.

ޒަވީންއަކީ ރީތި ޒުވާން ފިރެހެނެކެއެވެ. ރީތި ދިގު އިސްކޮޅާ، ބާމަތިފުޅާ ހަށިގަނޑުގެ އިތުރުން ހަށިގަނޑު ރީތިވަރަކަށް ބޮޑީބިލްޑް ކޮއްފައިވުމުން ފިރެހެންވަންތަކަންހުރެއެވެ. ގުދުރަތުން  މޭމަތީގައި އެންމެ ލޯލިކޮޅެއްހާ ހިސާބުވެސް ނުހުރެއެވެ.ލިބިފައިވާ ބޯ އެސްފިޔަތަކުގެ ހިޔަލުގެދަށުގައިވާ މަޑު މުށި ކުލައިގެ ކަޅީގެ ސަބަބުން އަންހެންކުދިންގެ ހިއްތައް ކަތިލާނެކަން ޔަޤީނެއެވެ.މީގެ އިތުރުން ކަޅުކަންގަދަ ބޯ ބުމަޔާއި މަޑުފިޔާތޮށި ކުލައަރާ ތުންފަތް ޒަވީންގެ ހަތެތެސްކަން މޫނާއި ގުޅެއެވެ. ތުނބުޅިއާއި މަތިސްމަސް ތުނިކޮއްލާފައި ހުރުމުން އެރީތިކަން އިތުރުކޮއްދެއެވެ. ލިބިފައިވާ ރޭގަނޑެއްފަދަ ކަޅުކަންގަދަ ފަންއިސްތަށިގަނޑު ބޯވެއި އިސްތަށިގަނޑު ހުންނަނީ ކަނދުރާއަށް ވުރެން ކުޑަ ތަންކޮޅެއް މައްޗަށް ދިގުކޮއްލާފައެވެ. މިހުރިހާ ސިފައެއްގެ އިތުރުން މޫނު އޮމާންވެފައި ދޮންކޮށް ހުރުމުގެ ސަބަބުން ބޮޑަށް ވައްތަރީ ބޭރު ކުއްޖަކާއެވެ.

ޒަވީން ގަޔަށް ޓީޝާރޓެއް މަހާލުމައްފަހު ކޮޓަރިން ނިކުތެއެވެ. ކޮފީއެއް ބޯންވެގެން ޒަވީން ގޮސް ބަދިގެއަށް ވަދެ އައިސް އަލަމާރި ތެރޭން ނެސްލޭ ކޮފިދަޅެއް ނަގާ ކަނޑަން އުޅެނިކޮށް އެތަނަށް ޒިހާދު އައެވެ.

“ޒަވީން ކާރި ކުރިންވެސް ބުނިން ދޯ ޒަވީން ގޮވާގެން ތިއުޅޭ އަންހެނާކާރިން ދުރުވާށޭ. ޒަވީން އޭނައާއެކު އުޅެން ބޭނުން ނަމަ މީ ބައްޕަ ނޫން ކަމަށް ނިންމާގެން މިގެއިން ނިކުންނަން ޖެހޭނީ. މިގޭގަ އުޅެން ބޭނުންނަމަ ޒަވީން ޖެހޭނި ދެން މަ ބޫނާ ގޮތް ހަދަން. އަހަރެން ބުނާ އަންހެންކުއްޖަކާ ޒަވީން އިންނަންޖެހެނީ” ޒިހާދު ހަރުކަށި ކަމާއެކު ބުނެލިއެވެ. ޒަވީން އޭނަގެ ބައްޕަ ދިމާލަށް ބަލާލީ ޤަބޫލު ކުރަން ދަތި ނަޒަރަކުންނެއެވެ.ޒަވީން ބޯން ނެގި ކޮފީދަޅު ނުބޮއި އެހުރި ގޮތަށް އަައިސްއަލަމާރިއަށް ލިއެވެ. އަދި ޒިހާދު އިތުރު އެއްޗެކޭ ބުނުމުގެކުރިން އެތަނުން ނިކުމެގެން ގޮސް އޭނާގެ ކޮޓަރިއަށް ވަދުނެއެވެ.

ޒަވީން ދިޔަކަން ޔަޤީންވުމުން ޒިހާދު ފުންނޭވާއެއް ލިއެވެ. އޭނަ ބުނާގޮތަށް ކަންކުރުމުން ފައިދާކުރާނީ ޒަވީން އަށެއެވެ. ޒަވީން މިހާރު ޒިހާދުދެކެ ކިތަންމެ ހިތްހަމަނުޖެހުނަސް ފަހުން އެކަމާ އުފާކުރާނެއެވެ. ޒިހާދު ކުރިކާހަލަ ހިތާމައެއް އޭނަގެ އެއްވެސް ދަރިއަކު އެކަހަލަ ވޭނީ ހިތާމައެއް ބަރުދާސްތު ކުރަމުން ދާކަށެއް ޒިހާދު ނޭދެއެވެ.

**********************************************************************************

ފަތިހުގެ ހާ ގޮވާ އަޑަށް އަރާމް ނިދީގައި އޮތް އައިރާއަށް ހޭލެވުނެއެވެ. މޯޅިއަކަށް ދެމިލުމަށްފަހު ތުވާލިގަނޑާ ހެދުނަށްލާ އެއްޗިތި ހިފާގެން އައިރާ ކޮޓަރިން ނިކުތެއެވެ. އަދިވެސް ރަނގަޅަށް ނިދި ފިލާފަ ނުވާތީ އައިރާ  ފާހާނާ ދިމާލަށް ދެވުނީވެސް ލޯމަރާގެން ހުރެއެވެ. ފާހާނާ ދޮރުމައްޗަށް އެރިކަން ޔަޤީންވުމުން އައިރާ ފާހާނާ ތަޅުގައި ހިފިއެވެ. ނަމަވެސް ފާހާނާ ތަޅުލާފައި ހުރޔމުން ދޮރެއް ނުހުޅެވުނެއެވެ. އައިރާ ކުޑަކޮއް ލޯ ހުޅުވާލިއެވެ. “ފައީ. ނިކުމޭ ހަމަ މިހާރު” އައިރާ ބާރަކަށް ބުނެލިއެވެ.”ނުނިކުންނާނަން. އަހަރެން ދޯ ކުރިއަށް ފާހާނާއަށް ވަދުނީ. ދެން ދޮޮންތަ ހުރޭ ” ހެމުން ފައިޒީން ބުނެލިއެވެ. “ފައީ މަޖަލެއެއް ނޫން އިނގޭ. ހަމަ އިނގޭދޯ މިގަޑީ މި އަހަރެން ފާހާނާ އަށް ވަންނަ ގަޑިކަން. މިހާރަކަށް އައިސް ތި ކަން އިނގިހުރެ މަށަށް އުނދަގޫކުރަން ތި ވަންނަނީ. ނިކުމޭ ހަމަ މިހާރު” އައިރާ ރުޅިއައިސްހުރެ ބުނެލިއެވެ.”ގޭގަ ބޮޑު މީހާއޭ ކިޔާފަ ހުރިހާކަމަކަށް އަމުރުކުރާކަށެއް ނުޖެހޭނެ އިނގޭ. ހާދަ ފޫހިވޭ ދޮންތަ ކިޔާ މީހުންދެކެ.” ފައިޒީން ބުނެލިއެވެ. އައިރާ އައި ރުޅީގައި ފާހާނާ ބޮކި ނިއްވާލިއެވެ.” ދޮންތާ ބޮކިދިއްލަބަލަ ވަރަށް އަނދިރިއޭ. ޕްލީޒް ބޮކި ދިއްލަބަލަ. މިނެޓެއްތެރޭގަ ހަމަ މި ނިކުންނަނިއްޔޭ. ޕްލީޒް ދޮންތާ ބޮކި ދިއްލަބަލަ” ފައިޒީން އާދޭސްކުރަން ފެށުމުން އެންމެފަހުން އައިރާ ބޮކި ދިއްލާ ދިނެއެވެ.

އިރުކޮޅެއްފަހުން ފައިޒީން އުނަގަނޑުގައި ތުވާލިއޮޅާލައިގެން ފާހާނާއިން ނިކުތެއެވެ.ފައިޒީން އަތް ގޮށި ފުރާހުރި ފިނި ފެން ކުރިމަތީގައި ނިދި  ޖެހިޖެހި ހުރި އައިރާ މޫނުގައި އުނގުޅާލިއެވެ. ފިނިފެން އައިރާ މޫނުގައި ޖެހުމާއެކު ލޮލުގައިވާ ނިދި އަސަރު ވަގުތުން ފިލާދިޔައެވެ. ” ފައިޒީން………….” ފައިޒީން ދިމާލަށް އައިރާ ހަޅޭލަވާގަތުނެއެވެ.” ދޮންތައެއްނުން ފުރަތަމަ ފެށީ. ބޮކި ނިއްވާލީމެއްނުން” އައިރާ ދިމާލަށް އެއްލޯ މަރާލަމުން ފައިޒީން ބުނެލިއެވެ. އައިރާ ފައިޒީން ދިމާލަށް ލޯ އަޅާލައިގެން ހުރެ ފާހާނާ ތެރެއަށް ވަދުނެއެވެ. އައިރާ ފާހާނެއަށް ވަދުމުން ފައިޒީން ހެމުން ހެމުން އޭނާގެ ކޮޓަރިއަށް ދިޔައެވެ

(ނުނިމޭ)

############################################################################################

{ރަމަޟާން މުބާރިކް…}

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

layaaly

Level 1100 Comments10 Stories

I love to write story.([email protected]) this is my gmail ID.

Other Articles

Previous

ލޯބި ވީމޭ ސިއްރު ސިއްރުން (27)

Next

މާޒީ (ބާރަވަނަބައި)

Next
May 4, 2019

މާޒީ (ބާރަވަނަބައި)

Previews
May 3, 2019

ލޯބި ވީމޭ ސިއްރު ސިއްރުން (27)

19 Comments!

  1. ib@ says:
    May 4, 2019 at 12:41 pm

    Me first dhw.vvv salhi keep it up the good work dear.maasha allah this story is one of my favourite story.good luck for the next part dear

    1. layaaly says:
      May 4, 2019 at 2:58 pm

      thanks a lot.

    2. ib@ says:
      May 4, 2019 at 3:08 pm

      your welcome my lovely dear

  2. Anonymous says:
    May 4, 2019 at 1:07 pm

    Varah kuh gina….. rangalhu kohlahchey

    1. layaaly says:
      May 4, 2019 at 3:01 pm

      ok. good. kuh huriyaa bunanvaane ingey. dhen faharakun kuh madhukuraanan. i will try my best.

  3. ib@ says:
    May 4, 2019 at 1:16 pm

    Ramazan mubaarik to u too

    1. layaaly says:
      May 4, 2019 at 3:02 pm

      ramazan mubaarik ib@ dhooni.

    2. ib@ says:
      May 4, 2019 at 3:05 pm

      thanx layaaly

    3. ib@ says:
      May 4, 2019 at 3:07 pm

      layaaly sis aa gmail in tlk kureveynetha

  4. jiji says:
    May 4, 2019 at 7:35 pm

    Salhi ingey ekm kuda kuda typing mistakes eba huri ???❤????????????..correct this email next time ingey✨????❤❤good luck layaaly

    ~Ramadan kareem ~

    1. jiji says:
      May 4, 2019 at 7:36 pm

      *Correct those

    2. layaaly says:
      May 13, 2019 at 4:13 pm

      sry lalun replay kurevunii im too buxy

  5. Am?? says:
    May 4, 2019 at 9:23 pm

    Varah reethi mi part masha allah nd layaaly ah ves ramaxaan mubarik

    1. layaaly says:
      May 13, 2019 at 4:14 pm

      thanks n sry lahun replay kurevuniima

  6. Noone says:
    May 7, 2019 at 5:17 pm

    Wadhunewe. Miee goas goii, miee kuhbaheh , rangalhu gothaky wanewe. Rangalhu kohlun edhen

    1. layaaly says:
      May 13, 2019 at 4:13 pm

      okk thanks

  7. jiji says:
    May 7, 2019 at 6:10 pm

    Dear whn next????bxy nooniyyaa avahah up kurahche?…waiting

  8. Anonymous says:
    May 10, 2019 at 1:28 pm

    Kobaatha next part haadaha duvaheh vejje rangalhu dhn livy yah vee varu nuviyya i understand buxy kan ekm free v ma avahah up kohladehceu dear

  9. layaaly says:
    May 13, 2019 at 4:12 pm

    pending ga negenge keeve kameh up nuvanii

Comments are closed.

Next Episodeއައިރާ (4….ވަނަ ބައި)←


All Right Reserved!