ބުނާށެ ލޯބި ނުވަނީހޭ…..20
ހިއްވަރުކޮށްފައި ރައިހާނާ އެއީ ކާކުކަން ބުންޏެވެ.
ހީވީ އެތަނުގައި ކުޑަ ބޮމެއް ގޮއްވާލިހެންނެވެ. ގަބޫލު ނުކުރެވިފައި ތިން މީހުންނަށް ރައިހާނާއާ ދިމާއަށް ބަލާލެވުނެވެ. ކޮންމެ މީހެއްގެ ލޯ ބޮޑުވެފައި އަނގަވަނީ ތަން މިނަށް ހުޅުވިފައެވެ.
“ވިޝާހް އައި ލަވް ޔޫ އައި ލަވް ޔޫ ސޯ މަޗް. އެނގޭ ވިޝާހް އަހަރެން ދެކެނީ ހަމަ އެކަނި ފްރެންޑެއް ގޮތުގަކަން. އެކަމުވެސް އަހަރެންގެ ބަސްނާހާ ހިތް ވިޝާހްއަށް ފޯލްވީ. ވިޝާހް އަހަރެން ރިޖެކްޓް ކުރިއަސް އޯކޭ. އެކަމް ޕްލީޒް ބީ މައި ފްރެންޑް!” ސީދާ ވިޝާހްގެ ލޮލަށް ބަލަހައްޓައިގެން އިނދެ ރައިހާނާ ބުންޏެވެ. އޭނާގެ އަތް އޭރު ވަނީ ވިޝާހްގެ އަތުތެރެއަށް ލެވިފައެވެ. ލޮލުން ކަރުނަ ވިދަމުން ދިޔައެވެ. ރައިހާނާ އެހަދަނީ ދޮގުހެންވެސް ހީނުވެއެވެ. އެހާވެސް އަސްލެވެ. ވިޝާހް ހުރީ ހަދާނެ ގޮތެއް ނޭންގިފައެވެ. އޭނާ ލޯބިވަނީ އަންޖަލްދެކެ ކަން އެނގޭ ހަމައެކަނި ފަރާތަކީ ރައިހާނާއެވެ. ވީއިރު ރައިހާނާ އޭނާދެކެ ލޯބިވީ ކީއްވެހެއްޔެވެ؟ ވިޝާހްއަށް ބަލާލެވުނީ އަންޖަލްއާ ދިމާއަށެވެ. އަންޖަލްވެސް ހުރީ އަނގަ ހުޅުވުނު ގޮތަށް ލައްޕަން ނޭންގިފައެވެ.
“ވިޝާހް ޕްލީޒް ސޭ ސަމްތިން” ރައިހާނާ ވިޝާހްގެ އަތުގައި ހިފައި ތަޅުވާލިއެވެ. ވިޝާހްއަށް ކުރެވުނުހާވެސް ކަމަކީ ރައިހާނާގެ އަތް އޭނާގެ އަތުން ނައްޓާލުމެވެ. ރައިހާނާގެ ހިތް ދެވަނަ ފަހަރަށް ހަލާކުކުރާކަށް ވިޝާހް ބޭނުމެއްނޫނެވެ. ޒިވާންގެ ދޯކާގެ ސަބަބުން ރައިހާނާ އުޅުނު ގޮތް އެންމެ ކައިރިން ފެނުނު އެކަކީ އޭނާއެވެ.
އަންޖަލް ކުއްލިއަކަށް ގޮނޑިން ތެދުވެފައި ރީހާންގެ އަތުގައި ހިފައި އޭނާ ނެގިއެވެ. އެއަށްފަހު ރީހާންގެ އަތަށް ދަމަމުން ތިރިއަށް ފޭބިއެވެ.
އަންޖަލްއާ ރީހާން ފޭބިކަން ޔަގީން ކޮށްފައި ރައިހާނާ ފުންނޭވާއެއް ދޫކޮށްލިއެވެ. އޭރުވެސް ހުއްޓުން އަރާފައި އިން ގޮތަަށް ވިޝާހް އިނެވެ.
“އޭންޖަލް ކީއްތިކުރީ؟” ތިރިއަށް ފޭބުމާއެކު ރީހާން އެހިއެވެ. “ވިޝާހްެއާ ރައި އެކަނި ޓޯކް ކުރަން ޗާންސް ދިނީނު. މިއޮށް ހުރިހާ ދުވަސް ވީއިރުވެސް މަށަށް ކީއްވެތަ ނޭންގުނީ؟” އަންޖަލް މަޑު މަޑުން އޭނާގެ ބޮލުގައި ޖަހާލިއެވެ. “ދެޓްސް ބި ކޯޒް ޔޫއާރ ޓޫ އިނަސެންޓް” އަންޖަލްއާ ދިމާއަށް ބަލާލަމުން ރީހާން ހީލިއެވެ. ރީހާންއަށް އިރުކޮޅެއް ވަންދެން އަންޖަލްއަށް ބަލަހައްޓައިގެން ހުރެވުނެވެ.
އަންޖަލް މަޑުކޮށްގެން ހުންނަން ފެށުމުން ރީހާން ހިނގައިގަތެވެ. “ހަމްޒާބެ މެން ކައިރިއަށް” ރީހާންއާ އަންޖަލް ހަމްޒާމެން ތިބިތަނަށް ދިޔައިރު އެމީހުން ކައި ނިމިގެން ނިކުންނަނީއެވެ. ރީހާން ތަންކޮޮޅެއް ބާރަށް ހަމްޒާއަށް ގޮވާލުމުން ހަމްޒާ ފަހަތަށް އެނބުރި ބަލާލިއެވެ. އަދި ސުނައިނާމެން ގާތު ދާށޭ ބުނުމަށްފަހު ރީހާންއާ އަންޖަލް ގާތަށް ދިޔައެވެ.
“ކޮބާ ވިޝާހްއާއި ރައިހާނާ؟” ރީހާންމެންގެ ފަހަތުންވެސް ރައިހާާނާއާ ވިޝާހްގެ ހިލަމެއް ނުވުމުން ހަމްޒާ އަހާލިއެވެ. އަންޖަލްއާ ރީހާންއަށް އެކަކު އަނެކަކަށް ބަލާލެވުނެވެ. ހަމްޒާ ދެބުމަ އަރުވާލީ ކިހިނެއްވީހޭ އަހާފަދަ ގޮތަކަށެވެ.
ރީހާން އެއްޗެއް ބުނަން އަނގަ ހުޅުވާލި ވަގުތު ވިޝާހްގެ މެސެޖެއް އޭނާގެ ފޯނަށް އައެވެ. ކާއެއްޗިހި އައިސިކަމާށާއި އަންޖަލް ގޮވައިގެން ކާން އައުމަށެވެ. “ރީއްކޮމެން ދޭ ކައިގެން އަންނަން ހަމްޒާބެ ބޭރުގަ މަޑުކޮށްލާނަން” ބޮޑު ކަމެއްވެއްޖެކަން ހަމްޒާއަށް ރޭކާލިއެވެ. އޭނާ ބޭނުންވީ އެކުދިން ކައިނިމުމުން ވީ ގޮތް އޮޅުން ފިލުވަންށެވެ.
ކޭގަޑީ އެކަކުވެސް އަނގައިންނެއް ނުބުނެއެވެ. ދޭތެރެއަކުން އަންޖަލްއާ ރީހާންގެ ނަޒަރު ވިޝާހް އަދި ރައިހާނާއަށް ހުއްޓެވެ. އެދެ ކުދިންވެސް ތިބީ ވިޝާހް ދިނީ ކޮން ޖަވާބެއް ތޯ އެނގެން ބޭނުންވެފައެވެ.
ބިލްދެއްކުމަށްފަހު ހަތަރު ކުދިން ރެސްޓޯރަންޓުން ނުކުތެވެ. ސައިކަލް މަތީ އިށީންދެލައިގެން ފޯނާ ކުޅެންއިން ހަމްޒާ ފެނުމުން ރައިހާނާގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައެވެ. އެންމެ ފުރަތަމަވެސް އޭނާއަށް ބަލާލެވުނީ ވިޝާހްއަށެވެ. ވިޝާހް އިސްޖަހައިގެން އިން އިރު ކޮންމެސް ކަމަކާ ވަރަށް ވިސްނާކަން އެނގެއެވެ.
“ވަޓްސް ގޮއިން އޯން؟” އެކުދިންގެ މެދުގައިވި ނުތަނަވަސްކަން ފާހަގަ ކުރެވުމުން ހަމްޒާ އަހާލިއެވެ. ރީހާންއާ އަންޖަލް ވިޝާހް އަދި ރައިހާނާއަށް ބަލާލިއެވެ. “ހިނގާ ރަސްރަންނަށް” ވިޝާހްގެ ފަހަތުން އެންމެން ހިނގައިގަތެވެ. ހަމްޒާ ހުރީ ވެގެން އުޅޭގޮތެއް އެނގެން ބޭނުންވެފައެވެ.
ހުކުރުދުވަހުގެ ރޭ ކަމުން ޒުވާން ފުރައިގެން ކުދިން ފުދޭވަރަނަށް ރަސްރަނީގައި ގިނައެވެ. ޖޯޑު ޖޯޑަށް އެކި ދިމާ ދިމާލުގައި ޒުވާނުން ތިއްބެވެ. އެއްބަޔަކު ފޯރީގައި ގޮތް ގޮތަށް ފޮޓޯ ނަގަމުން ދިޔައިރު އަނެއްބަޔަކު ބެންޗު ތަކުގައި އިށީންދެގެނެ ވާހަކައިގައި ތިއްބެވެ.
ވިޝާހް ގޮސް ހުއްޓުނީ ތަންކޮޅެއް މީހުން މަދު ހިސާބެއްގައެެވެ. ދެކޮޅު ބަލާލާފައި ރައިހާނާ ކުރި މައްޗަށް ވާގޮތަށް އެއް ފައި މައްޗަށް އިށީނެވެ. އެމަންޒަރު ފެނުމުން އަންޖަލްއަށް އަނގަމަތީގައި އަތް އަޅާލެވުނެވެ. ރިހާންއަށް މަޑު މަޑުން ވާއުއޭ ބުނެވުނެވެ. އެސްފިޔަ ޖަހާލަންވެސް ނޭންގިފައި ހަމްޒާއަށް އެމަންޒަރު ބަލަން ހުރެވުނެވެ.
“އައި ލަވް ޔޫ ޓޫ ރައި. އަހަރެންވެސް ރައި ފަދައިން އެކުވެރިކަން ގެއްލިދާނެތީ ބުނަން ނުކެރިފަ މި ހުންނަނީ. ތި ލޮތްބަށް އެދިގެން ހުންނަތާ ވަރަށް ދުވަސްވެއްޖެއް. ކުރިން ރައި ތަޅުވާލެވުނީތީވެ ވަރަށް ބޮޑަށް ސޮރީ. ވިލް ޔޫ ބީ މައި ގާލް ފްރެންޑް؟” އަސަރާއެކު ވިޝާހް ރައިހާނާއަށް ލޯބި ހުށަހެޅިއެވެ.
ހަމްޒާއަށް ހީވީ އޭނާގެ ހިތުގައި މީހަކުހިފައި ޗިސްކޮށްލިހެންނެވެ. ހިތަށް ލިބުނު ބަޔާން ކުރަންދަތި ހިތްދަތިކަމުގެ ސަބަބުން މޭގައި އަތް އަޅާލެވުނެވެ. ލޮލަށް ކަރުނަ ޖަމާވާން ފެށުމާއެކު ދެލޯ މަރާ ބާރުކޮށްލެވުނެވެ.
ކަރުނަވީ ލޮލަކާއެކު ރައިހާނާ ބޯޖަހާލިއެވެ. ދުވެލާފައި ގޮސް ވިޝާހް ގައިގައި ބައްދާލިއެވެ. ރައިހާނާގެ ކަރުނައިން ވިޝާހްގެ ގަމީސް ތެމެމުން ދިޔައެވެ. ވިޝާހްވެސް ރައިހާނާ ގައިގައި ބައްދާގެން ދެލޯ މަރާލިއެވެ.
“އޯނނ. ދޭއާ ސޯ ކިއުޓް” އަންޖަލް ލޯބި ގޮތަކަށް ބުނެލިއެވެ. އޭނާ ހުރީ ވަރަށް އުފާވެފައެވެ. ރައިހާނާއަށް ވިޝާހް ފަދަ ބައިވެރިޔަކު ލިބުމުންނެވެ.
“އުހުމް އުހުމް ލަވް ބާރޑްސް. ބައިވަރު މީހުން އެބަތިބި ބަލަން. ނޭންގެ މާދަމާ ޚަބަރަށް ނާރާނެކަމެއްވެސް” ރީހާން ކަރުކެހިލުމާއެކު ވިޝާހްއާ ރައިހާނާ ދުރަން ޖެހިލިއެވެ.
އަންޖަލް ގޮސް ރައިހާނާ ގައިގައި ބައްދާލުމަށްފަހު މަރުހަބާކިއެވެ. ރީހާން ވެސް އެދެޒުވާނުންނަށް މަރުހަބާކިއެވެ.
ހަމްޒާ ގަދަކަމުން ހިނިތުންވެލިއެވެ. “ވިޝާހް އަންގާވެސް ނުލަމެންނު. ކޮންގްރާ އިނގޭ. ވެލް އައި ހޭވް ޓު ގޯ ނައު” އެންމެ ސިކުންތެއްވެސް މަޑުނުކޮށް ހަމްޒާ ދިއެވެ.
“ވިޝާހް ހަނދާންކުރާތި! ދޮންތިއަށް އެންމެ ފަހަރަކު ހާރޓް ކުރިއަސް ކުޅިވަރު ދައްކާލާނެއް” ރީހާން ލޯއަޅާގެން އިނދެ ވިޝާހްއަށް އިންޒާރެއް ދިނެވެ. “އޯނނ. މައި ލިޓިލް ބްރޯ ސޯ ސްވީޓް” ރީހާން އޭނާދެެކެ ލޯބިވާވަރު އެނގުމުން ރައިހާނާއަށް އުފަލުން ރީހާން ގައިގައި ބައްދާލެވުނެވެ.
މަންޒިލެއްނެތް މުސާފިރެއް ފަދައިން އެއްވެސް މިސްރާބެއް ނެތި ހަމްޒާ ސައިކަލު ދުއްވަމުން ދިޔައެވެ. ބާރު ސްޕީޑުގައި ދުއްވަމުން ދިޔައިރު އެއްޗެއްގައި ޖެހިދާނެތީ އެކަމަށް އެއްވެސް ފަރުވާލެއް ނެތެވެ. ރައިހާނާ ދުވެލާފައި ގޮސް ވިޝާހް ގައިގައި ބައްދާލިގޮތް ސިފަވުމާއެކު ހަމްޒާއަށް ސައިކަލް ބުރަކި ޖައްސާލެވުނެވެ. ސިކުނޑިއަށް އެރި ދިލަ ތަދާއެކު ދެންމެ ދެންމެ ވެއްރިދާނެހެންވެސް ހީވިއެވެ. ހިތްވަރުކޮށްފައި އަނެއްކާވެސް ހަމްޒާ ސައިކަލް ދުއްވާލިއެވެ. މިފަހަރު އޭނާގެ މިސްރާބް ހުރީ އަމިއްލަ ގެއަށެވެ.
އަންޖަލް ގެއަށް ލާފައި ރައިހާނާާއާ ރީހާން ވިޝާހްއާ އެކީ ވިޝާހް މެންގެއާ ހަމައަށް ދިޔައެވެ. ވިޝާހްއާ ވަދާއުގެ ސަލާންކޮށްފައި ރީހާން އަދި ރައިހާނާ ދެކުދިން ގެއަށް ދާން މިސްރާބް ޖެހިއެވެ.
ކޮޓަރިއަށް ވަން ގޮތަަށް ވިޝާހް އެނދުމައްޗަށް ވެއްޓިގަތެވެ. އޭނާގެ ބޮލުގައި ހީވަނީ މަރުތޭލަކުން ތަޅާހެންނެވެ. ރައިހާނާގެ ކަރުނަވީ ދެލޮލާއި އާދޭހަށް ބީރުކަންފަތެއް ދޭކަށް އޭނާއަކަށް ނުކެރުނެވެ. ހަގީގަތުގައި ރައިހާނާ ބުނީ ދޮގު ވާހަކައެއްވެސް ނޫނެވެ.
*******
“ވިޝާހް އައި އޭމް ސޮރީ. މަށަށް އެނގޭ ވިޝާހް އަންކޮދެކެ ލައިކް ވާކަން އެކަމް މީ ނޫން ޗޮއިސްއެއް މަށަކަށް ނެތް. އައި ހޭވް ފޯލަން އިން ލަވް ވިތް ހަމް..ޒާ” ޖެހިލުންވެފައި އިނދެ ރައިހާނާ ބުނެލިއެވެ. “ދެން ކީއްވެ މަށޭ ބުނީ؟” ރައިހާނާ ހަމްޒާދެކެ ލޯބިވާއިރު އޭނާއޭ ބުނީ ކީއްވެބާއޭ ވިޝާހް ހިތަަށްއެރިއެވެ. “ބިކޯޒް އަންކޮ ލަވްސް ހިމް. ލޮތްބަކީ ވަރަަށް ފާޑެއްގެ އެއްޗެއް. އަންކޮ ލޯބިވަނީ ހަމްޒާދެކެކަން އެނގިހުރެ އަހަންނަށް ހަމްޒާދެކެ ލޯބިވެވުނީ. އެކަމް މަށެއް ބޭނުނެއްނޫން މަގޭ ސަބަބުން އަންކޮއަށް ހަމްޒާ ގެއްލޭކަށް. އައި ނޯ ވިޝާހްވެސް އަންކޮދެކެ ލޯބިވާކަން. ބަޓް ވީ ހޭވް ނޯ އަދަރ ޗޮއިސް އެހެންނު؟ ލޯބިވާހާ މީހަކު ނުއެއް ލިބޭނެ. އެކަމް އިފް ވީ ޓްރޫލީ ލަވް ދެމް ވީ ހޭވް ޓު ސެކްރިފައިސް އަވަރ ލަވް ފޯ ދެމް. ވިޝާހް ބޭނުންވަނީ ގަދަކަމުން އަންކޮގެ ލޯބި ހޯދަންތަ؟ ނޫނީ ހަމްޒާއެކީ އުފަލުގަ އަންކޮ އުޅެންތަ؟” “ކޮންމެ މީހަކާއެކީ ވިއަސް އަންޖަލް އުފަލުގަ އުޅޭތަން ދެކެން ބޭނުމީ!” “ގުޑް. އެހެންވީމަ ލެޓް އަސް ޕްރިޓެންޑް ވީއަރ އިން ލަވް. އެންޑް ސެޓް އަންކޮ އެންޑް ހަމްޒާ. އައި ޖަސްޓް ވޯންޓް މައި ބެސްޓްފްރެންޑް ޓު ގެޓް އޯލް ދި ހެޕިނެސް ޝީ ޑިޒާރވްސް. މަށަށް ޔަގީން ހަމްޒާ އަންކޮއަށް ދެރަގޮތެއް ނުހަދާނެކަން. އައި އޭމް ނޮޓް ސެއިން ވިޝާހްއަކީ ގޯސް މީހެކޭ. އެކަމް ހަމްޒާ ކަހަލަ ދެވަނަ މީހަކު އަންކޮގެ ލައިފްއަކަށް ނާންނާނެ. ވީ ކޭން ޕްރިޓެންޑް ފޯރ ދި ސޭކް އޮފް އަވަރ ލަވްޑް ވަންސް. ވިޝާހް އޯކޭ ނޫނިއްޔާ މަގޭ އެއްވެސް މައްސަލައެއް ނެތް. ބަޓް ތިންކް އެބައުޓް އޮންކޮ އެންޑް ހާރ ހެޕިނަސް. ވިޝާހް ބޭނުން ގޮތެއް. މިރޭ ގެއަށް ދިއުމުގެ ކުރިން ބޭނުން ޖަވާބެއް” ވިޝާހްއަށް ވިސްނާދޭ ފަދައަކުން ރައިހާނާ ބުންޏެވެ. ވިޝާހްއިނީ ބުނަންވީ ކީކޭ ކަމެއް ހަދަންވީ ކިހިނެއް ކަމެއް ނޭންގިފައެވެ. ރައިހާނާ އެދެއްކީ މުޅިން ދޮގު ވާހަކައެއްވެސް ނޫނެވެ. އޭނާ ވަރަށް ވިސްނާފައި ގޮތެއް ނިންމިއެވެ. “ރައި. އައި އޭމް ވިތް ޔޫ.” ވިޝާހް އޭނާގެ އަތް ތެރެއަށް ރައިހާނާގެ އަތްތިލަ ލިއެވެ. އަންޖަލްއަށްޓަކައި އޭނާގެ ލޯބި ގުރުބާން ކުރިން ވިޝާހް ހުރީ ތައްޔާރެށެވެ. އަންޖަލް އުފަލުގަ ހުރިއްޔާ އޭނާ ހުންނާނީ އުފަލުންނެވެ. ޝުކުރުވެރި ނަޒަރަކުން ވިޝާހްއާ ދިމާއަށް ބަލާލަމުން ރައިހާނާ އޭނާގެ އަތަށް ބާރުކޮށްލިއެވެ. އެއަށްފަހު މަޑު މަޑުން ބޯ ޖަހާލިއެވެ.
********
ވިޝާހް އެނދުން ތެދުވެގެން ގޮސް ފާޚާނައަށް ވަނެވެ. ސިކުނޑިއަށް ލުޔެއް ލިބޭތޯ މާގަނޑު ދަށަށް ވަދެ މާގަނޑު ދޫކޮށްލިއެވެ. ރޭގަނޑުގެ އެވަގުތު ފިނިފެން ގަޔަށް އެޅެން ފެށުމުން މީހާ ހަމައަކަަށް އެޅޭހެން ހީވިއެވެ. ފިނިފެން އެޅެން ފެށުމުން ބޮލަށް އަރާމުވިއެވެ.
ރައިހާނާ ހުރީ ކޮޓަރިއަށް ނުވަދެވިފައެވެ. ދޮރު ލައްޕާ ތަޅުލެވުމާއެކު އެކީހެން އޭނާގެ ބަޑި ފަޅައިގެން ދިޔައެވެ. ދޮރުގައި ލެގިގެން ބިމަށްތިރިވެވުނެވެ. ބޭރަށް އޭނާ ރޯ އަޑު އިވިދާނެތީ އަނގަމަތީ އަތް އަޅާލެވުނެވެ. ހިތް ފުރެންދެން ރައިހާނާ ރޯލިއެވެ. އޭރު އޭނާގެ ރީތި ދެލޯ ހުރީ ރަތްވެފައެވެ. މަޑު މަޑުން އިން ތަނުން ތެދުވެ ފޮތްތައް ލާފައި ހުރި ހަރު ކާއިރިއަށް ގޮސް ފިޔާތޮށު ކުލައިގެ ފޮތެއް ނެގިއެވެ. ބަލާބެލުމަށް އެ ފޮތް ވައްތަރީ ޑައިރީއަކާއެވެ. ޕެން ހޯލްޑާއިން ގަލަމެއް ނަގައިގެން އެނދުމަތީ ރައިހާނާ އިށީނެވެ. އަދި ކަކޫ މަތީ ފޮތް ބައިވައިގެން އިނދެ އަވަސް އަވަހަށް ކޮންމެސް އެއްޗެއް އޭގައި ލިޔަމުން ގެންދިޔައެވެ. ދޭތެރެއަކުން ނޭފަތް ދަމާލައެވެ. އަނެއްބައި ފަހަރު ލޯ ފުހެލައެވެ. ހިތްހަމަ ޖެހޭ ވަރަށް ލިޔެވުމުން ރައިހާނާ އެ ފޮތް ލައްޕާލާފައި ކުރިން ވެސް އޮތްތަނަށް ލިއެވެ. ޑައިރީ ލިއުމަކީ ރައިހާނާ އާންމުކޮށް ކުރާ ކަމެއް ނޫނެވެ. ނަމަވެސް މިރޭ ލިބުނު ހިތްދަތި ކަމުގެ ސަބަބުން ލިޔެވުނީއެވެ. ފޯނު ނަގައި ތެންކިޔޫއޭ ޖަހާ ވިޝާހްއަށް މެސެޖެއް ފޮނުވާލުމަށްފަހު ނިދިން ތައްޔާރުވިއެވެ.
ސުނައިނާއާ މިރާޝް ތިބީ އެމީހުންގެ ދިރިއުޅުމާ ބެހޭ ގޮތުން މަޝްވަރާ ކުރާށެވެ. މިރާޝް މިހާރު އުޅޭ ވަޒިފާ މާ ބުރަވެފައި އެކަށީގެންވާ މުސާރައެއް ނުލިބޭތީ އެ ވަޒިފާއިން ކެނޑިގެން އަމިއްލަ ވިޔަފާރިއެއް ފަށަން ވެގެން އެކަމާ ބެހޭ ގޮތުން މަޝްވަރާ ކުރާށެވެ. މިރާޝް ކިޔެވީ ބިޒްނަސް ކަމުން އެކަން ކުރުމަކީ އޭނާއަށް މާ އުނދަގޫ ކަމެއް ނޫނެވެ. ދެމީހުންނަށްވެސް ސިހުން ލިބުނީ ވަރަށް ބާރަށް ހަމްޒާ ކޮޓަރީ ދޮރު ޖެހުނު އަޑު އިވުމުންނެވެ. އެމީހުންނަށް އިތުރު ހަރަކާތެއް ނުކުރެވިގެން އުޅެނިކޮށް އެއްޗިހިތަކެއް އުކާލި އަޑުއިވުނެވެ.
ހަމްޒާ ހީވަނީ މޮޔަވެފައިވާ މީހެއްހެނެވެ. އިސްތށިގަނޑުވަނީ އެއްވެސް ތަރުތީބެއްނެތި ހާވާލާފައެވެ. ދެލޯ ރަތްކަމުން މީހަކު ބިރުން ފިއްކަނޑާގެން ދާނެއެވެ. އަތު ޖެހުނު އެއްޗެއް ނަގާ އަތުގެ ކޮޅަށް ހޫރާލަނީއެވެ. މުޅި ކޮޓަރިތެރެއަށް ހީވަނީ ތޫފާނެއް އަރާފަވާހެންނެވެ. އެނދުގައި އޮތް ބެޑްޝީޓާ ބާލީސްތައްވެސްވަނީ ބިންމައްޗަށް އުކާލާފައެވެ. އެންމެ ބާލީހެއްގައިވެސް އުރައެއް ނެތެވެ. ދޮރު ހުރީ ތަޅު ނުލާކަމުން ސުނައިނާ އައި ގޮތަށް އައިސް ދޮރު ހުޅުވާލިއެވެ. ހަމްޒާހުރި ގޮތް ފެނުމުން އެ ހިތް ކުދިކުދި ނުވީ ކިރިޔާއެވެ.
ބޮލުގައި ހިފަހައްޓައިގެން ހުރެ ހަމްޒާ ބިންމައްޗަށް ތިރިވިއެވެ. މެއަށް ބާރުކުރަމުން ދިޔައީ ކެއްނުވާ ވަރަށެވެ. ދެންމެ ހާޓެޓޭކެއް ޖެހިދާނެހެން ހީވަމުން ދިޔައެވެ. ސުނައިނާ އައިސް ހަމްޒާ ގާތު އިށީނެވެ. ކުޑަ ކުއްޖެއް ފަދައިން ސުނައިނާގެ އުނގުގައި ހަމްޒާ ބޯ އާޅާލިއެވެ. “ދޮންތާ. ޔު ވާރ ރައިޓް އައި ލަވްޑް ހާރ. އެތައް އަހަރެއް ފަހުން އަހަންނަށް ކުއްޖެއްދެކެ ލޯބިވެވިއްޖެ. މި ފަހަރުވެސް އެލޯބި ނުލިބެނީސް އަހަރެން އަތުން އެ ލޯބި ބީވެއްޖެ. ދޮންތާ އަހަރެން ހީކުރީ ރައިހާނާވެސް ލޯބިވި ކަމަށް. އެ ރީތި ދެލޮލުން އަހަންނަށް ބަލާލާ ގޮތާ. އަހަރެން ފެނުމުން އިސްޖަހާލާ ގޮތުން. އެއީ ހުސްކުށްހީ ތަކެއް. މިފަހަރުވެސް އަހަރެން އަމިއްލައަށް މާ އަވަހަށް ގޮތް ނިންމުނީ. ރައިހާނާއަކީ ސްޓޫޑެންޓެއްކަން ހަނދާނައްތާލާ ލޯބިވެވުނީ. ދޮންތާ އަހަރެންގެ ނަސީބުގަ ލޮތްބެއް ނެތް.” ކުޑަ ކުއްޖެއް ފަދައިން ހަމްޒާ އޭނާގެ ދޮންތަ ގާތު ޝަކުވާ ކުރަމުން ދިޔައެވެ. އެތައް އަހަރެއް ފަހުން އޭނާގެ ހިތުގައި ކުއްޖެއްގެ ނަން ލިޔެވުނު ނަމަވެސް އޭގައި ކުލަ ނުޖެއްސެނީސް ފޮހެވިގެން ގޮއްސިއެވެ. ޒަޚަމްވެފައިވީ އޭނާގެ ހިތަށް ފަރުވާ ލިބިފައި ކުރިއަށް ވުރެ ބޮޑަށް އެހިތް ޒަޚަމް ވެއްޖެއެވެ. ދުވަހެއްގެ ކޮޅުންވެސް މި ފަހަރު އެ ހިތަށް ފަރުވާލިބޭނެ ކަމެއް ނޭންގެއެވެ.
ސުނައިނާ ހަމްޒާގެ ބޮލުގައި ފިރުމަމުން ދިޔައެވެ. ކޮއްކޮއަށް ލިބިފައިވި ހިތާމައިން އޭނާއަށްވެސް ނުހަނު އަސަރުކޮށްފިއެވެ. މީގެ ހަވަރަކަށް އާހަރުކުރިން ތަކުރާރުވި ކަންތައް ތަކުރާރުވެދާނެތީ އޭނާ ހުރީ ބިރުންނެވެ. އެބިރު މިއަދު އެވަނީ ހަގީގަތަކަށް ވެފައެވެ.
އެހެން އޮވެގެން ހަމްޒާއަށް ނިދުނެވެ. ނިދީތެރޭގައި ކޮންމެސް އެއްޗެކޭ ކިޔަމުން ދިޔައެވެ. ސުނައިނާ މަޑު މަޑުން އެތާ ކައިރީ އޮތް ބާލިސް ނަގާ ހަމްޒާ ބޯދަށަށް ލާފައި ތެދުވިއެވެ. ނިއްކުރި މައްޗަށް ވެއްޓިފައި ހުރި އިސްތަށިކޮޅު މައްޗަށް ހިއްލާލަމުން ހަމްޒާގެ ނިތުގައި ބޮސްދިނެވެ.
ބިން މައްޗަށް އުކާލެވިފައި ހުރި ހަލާކުނުވާ އެއްޗިހި ނަގާ އެހުންނަ ތަނެއްގައި ބެހެއްޓިއެވެ. ހަމްޒާއަަށް ހޭލެވި ދާނެތީ އޭނާ އުޅުނީ ވަރަށް މަޑުންނެވެ. ކޮޓަރިތެރެ ކުޑަކޮށް ހަމައަކަށް އަޅުވާލަމުށްފަހު ހަމްޒާ އެއޮތް ގޮތަށް ބާއްވާފައި ވަރަށް ބަލައިގެން ސުނައިނާ ކޮޓަރިން ނިކުތެވެ.
ދަންވަރު އެކެއް ޖެހިއިރުވެސް އަންޖަލްއާ ރީހާން ތިބީ މެސެންޖާއިން ވާހަކަ ދައްކާށެވެ. ދެމީހުންވެސް ހުސް ދެއްކީ ވިޝާހްއާ ރައިހާނާގެ ވާހަކައެވެ. ރައިހާނާއާ ވިޝާހްގެ ގުޅުން މަސައްކަތް ކޮށްފިނަމަ މުޅި ސްކޫލުންވެސް ފާހަގަ ކޮށްލެވޭ އެންމެ ގުޅޭ ޖޯޑަށް ވާނެ ކަމަށް އަންޖަލް ބުންޏެވެ. އެކުވެރިޔާއަށްޓަކައި އަންޖަލް އުފާ ކުރާއިރު އޭނާއަށްޓަކައި ރައިހާނާއާ ވިޝާހްވީ ގުރުބާނީގެ ހިލަމެއްވެސް އަންޖަލްއަކަށް ނުވެއެވެ. އޭނާ ހީކޮށްގެން ހުރީ ރައިހާނާއާ ވިޝާހް ތިބީ އުފަލުން ކަމަށެވެ. އޭނާއަށް ނޭންގުނު ކަމާކީ އެދެކުދިންނަށްޓަކައި އޭނާ އުފާ ކުރާއިރު އެދެކުދިން އެ މުޅި ރޭ ހޭދަކުރަމުން ދިޔައީ ކަރުނައިގެ ތެރޭގައިކަމެވެ.
ވިޝާހްއާ ރައިހާނާގެ ހިތް ވަނީ ކުދި ކުދިވެފައި ކަމެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
36 Comments!
Comments are closed.






Alhe I thought Thursday ga kamah.. bt thanks.. kiyaalaafa comments kollaanan
Liyevunyma mi up kohlly. Raihana ge comment varah beynun.
Hey me first dhw.. bt reyga busy veema forget vy comment kollan.. btw stry vvvvvv salhi.. bt eyoh vy gotheh dhw.. anekkaa vishah ah Rai dheke loabi nuvevijjeya rangalhu.. I think reehan likes angal kanneyge.. curiously waiting for the nxt prt..
Salam. Thursday ge kurin liyevunyma mi up kohlly! Soo hows the twist? Varah gina kudhinnah guess kurevifa kanneynge ohnnany mihen kan vaaanyves dhw! Lets see what happens to them in future. ISA next part enme lasvegen next friday ga
Varah salhi …kiyaa tan kolheh avas kohla dheynvaabe can’t wait to know what will happen next
Thanks shamm. Vyhaaves avaskureveytho balaanan. Ekam time vy varakunnu dhw genesdheveyny. ISA friday ah vure laheh nuvaane.
Mee two same as you @shamm❤ varah salhi story dhaa goyy adhi thankolheh dhigu koh genes dhen vaane igey
Thanks riff. Miah vure dhigukoh liyan varah time beynun vaane. This is more than 1500 gaigandakah 2000 words. Bt iill try to make it longer than this ISA. Ekam eyrah up kurevey dhuvas las vedhaane. ??
Alheyy kiyaa??????…kihineh thi hedhy???hamza nd rai❤❤❤??????…Vishaah nd anjal gulhuvaba…alhe haadha emotional ey mi part aslah hama mibunany…vvv ufaa vehje buni dhuvahah vure kurin upkohla dhinyma??????..Ly u sooooooo much kiya sis
~Ramadan kareem~
Thanks jiji. Let’s see dhw. Ly2 dear.
Ramadan Kareem
varah salhi??
Thanks shua♥️
alheyyy kiyaa kihine thi hedhiii??? hamza nd rai ah….. plx plx e dhemyhun gulhuvaabaa…
Aan dhw kihineh evy? Hingaa dhw balamaa dhen vaane gotheh
Waaaat??? Mi v kihine?? Sooooo heart breaking.. but yo story is just fabulous.. this ep asarugadhakamun hama commet eh nukollaa nuhurevunee.. so emotional..
Waiting for the nxt ep
Thanks lotus. Dhw Raihana kuraa kanthah. Kiyara ves mihury varah dheravefa raihana hedhi gothun ekam kykuraany dhw?
Awning kiya komme faharu keehvetha sham Thi rohvanee vvvvv bodah rovihjje Ekam vx happy adhi vane Kamal ummedh kuran
Waiting for the next part mi ep. Vx salhi ?????✌?️✌?✌?✌????????
Thanks shambbx. Alhey varah dheravehjje kiyara aa hedhi sham ron jehunyma. Yeah adu gandakah fahu usgandeh ahnnaney buney dhwn ekam baeh faharu hama naaun ves ekashygen vey dhww. Hingaa dhw balama mi kudhin happy veytho
Woww.. maasha allah.. v reethi.. anko and reeko.. hamza and rai.. alhe kiyaa.. kihineh thihedhee.. alheyyy.. curiously waiting
Ramadan kareem kiyaa and all readers
kiyaa your the best writer in the whole universe…. thenme kiriyaa may athah naiy…. i luv ur story so much… ramadhan kareem kiyaa and all readers
Um thy I men ge friend azker sis thr..if not swry inge mihn ehunyma?
Ramadan Kareem to everyone…
yes im that girl??…. varah gina dhuvas thakeh vejje dho habareh nuvaathaa??i was busy with my exams…. ramadhan kareen jiji dear…
Ramadan kareem u too..nd yeah sis login vefa iny maa I thought dhn story liyan fashany ey..10 nimmaafa liyahchey???..hehe…jiji menah vec exams fesheyne vv avahah…so maadhama kanneyge habareh veleveyny???
Um sis ol ga thr..hehe..Anyway mii aneh 5 minutes craft video balan thr❤????
V v v nice???
yes i do watch it often
i have a suprise actually but fahun dho
Nooney thihen bunyma thi surprise aky kobaa thw balan vv beynun vehje ??..buneba alhe
all good things to those who wait dear
kiyeh koh tha thi ulheny???
Nothing hama 5 minutes craft ge video eh balan othy dear?dhn sis bunan beynun nethiyyaa kykuraany?
alhe if i tell u it wont be a suprise…ur just trying to spill it out of my mouth….smart thinking
Alhe jiji guess kuran thr..dhimaa vehjihya sis bunache??????…Um sis story write kuran fashany dhw
maybe or maybe not