އަތުގައި އޮތް ޓެސްޓް ކިޓަށް ބަލަހައްޓައިން ހުރި ޒޯހާގެ ލޮލަށް ޖަމާވި އުފާވެރިކަމުގެ ކަރުނަތަށް ނިކަން އަވަހަށް އަތުން ފުހެލިއެވެ. އެ ފިޔާތޮށި ތުންފަތްމައްޗަށް ރީތި ހިނިތުންވުމެއް ވެރިވެގެން ދިޔައީ އިޙްތިޔާރަކާ ނުލައެވެ. ރަތް ކުލައިގެ ދެ ރޮނގު އެއިނީ ސާފުކޮށް ފެންނާށެވެ. އެންމެ އުއްމީދު ކޮށްގެން ހުރިކަންތަށް ފުރިހަމަ ވުމުން މާތްﷲގެ ހަސްރަތަށް ހިތުގެ ފުންމިނުން ޝުކުރުދެންނެވުނެވެ. ކިޓު ސިންކުގެ އެެއްފަރާތުގައި ބާއްވާލަމުން ޒޯހާ އަވަަހަށް އަތްދޮވެލިއެވެ. ލޯގަނޑުން ފެންނަން ހުރި އަމިއްލަ ސޫރައަށް ނަޒަރު […]
ރާދިންގެ ސިކުނޑީގައި ” އެހެން ނޫނީ ކޮންމެވެސް އެހެން ކުއްޖެއް އަހަރެން އަތުން ރާދް އަތުލަފާނެއެއްނު” މި ޖުމްލަ ހަރުލިއެވެ. ކިތެއްމެ ހަނދާންކުރަން ބޭނުން ނުވިޔަސް އެޖުމްލަ އަޑުއިވުމުން ރާދިން އަށް އަންޖަލް މަތިން ހަނދާންވިއެވެ. އަންޖަލް ރާދިން އާއި އަވްލީން އާއި ދެމީހުން ދުރުކުރުވި ގޮތެވެ. ނަމަވެސް މިފަހަރު އެއްވެސް އަންޖަލް އަކަށް އަވްލީން އާއި ރާދިންގެ ދެމެދަށް ވަނުމުގެ ފުރުސަތެއް ރާދިން އެއް ނުދޭނެއެވެ. “ކިހިނެތްވީ ރާދް؟ ރުޅިއައީތަ އަނެއްކާ؟” ރާދިން އެއްޗެކޭ ނުބުނެ […]
”އަމް…..އާރަވް…..” އާރަވްގެ މޫނުމަތީގައި ވީ ނުލަފާ ހިނިތުންވުމެކެވެ. އާރަވްއޭ ބުނުމުން ޝާޔަންއަށް އެއީ ކާކުކަން ދެނެގަންނާކަށް މާ އުނގަދޫ ކަމަކަށްނުވިއެވެ. ”ޝާޔަން ކިހިނެއް؟….ކޮބާ ނައިލް؟…..ބައިދަވޭ އަމް ހިޒް ބެސްޓް ފްރެންޑް އިނގޭ…..ޝާޔަންއަށް ވެސް އެވަރު އިނގޭނެދޯ މިހާރު…..ހެހެހެ….އެނީވޭސް އިޓްސް ރިއަލީ ނައިސް ޓޫ ފައިނަލީ މީޓް ޔޫ….ވަރަށް ދުވަސްވެއްޖެ މިދުވަހަށް އިންތިޒާރުކުރާތާ…..” އާރަވްގެ ޖުމްލަތަކުގައި ވީ ދެވަނަ މާނަ ދެނެގަންނާކަށް ޝާޔަންއަކަށް ނޭންގުނެވެ. އާރަވް ޝާޔަންއިން ޖޯއްޔާއި ޖެހިގެން އިން ޖޯލީގައި އިށީނެވެ. ޝާޔަން އެތަނުން ދާން […]
“މާޒް، ހާދަ ދުވަހެއް ކޮށްލާފަ؟ ކައި ކައިރިއަށް ޖައްސާލާފަ ދޯ؟” މެނޫ ދިއްކޮށްލަމުން އަހަރެންނާއި ދިމާއަށް ޝީން ހިނިތުންވެލިއެވެ. އަހަރެންވެސް ހިނިތުންވުމަކުން ފުއްދާލީމެވެ. ……….. “ސްޕައި” އޭ ބުނުމުން ނަމުގައި އެއީ ވަރަށް މަޖާ ކަމެކޭ ހީވެދާނެއެވެ. އެއީ މުޅިން ދޮގު ހީއެއްވެސް ނޫނެވެ. ނަމަވެސް…. “ބްރޯ ކެތްލަވާބަލަ. ޔަނާ… ހާދަ ސަޅި ބިޓެކޭ” އަހަރެން މަޑުމަޑުން ރުކާންގެ ކޮނޑުގައި ޖަހާލީމެވެ. ކަލެއަށް ރަނގަޅުވާނޭ ބުނާފަދައަކުންނެވެ. “ކައެ ތީ ކާކުތަ ރީތި ހަޑި ބިޓުން ކިޔަން.” ބަދަލުގައި […]
ހަމްޒާއަކީ އަންޖަލްގެ އެއްބަފާ ބޭބެކަން އެނގުމުން ރައިހާނާއަށް ހަމަޖެހެމެއް ލިބުނެވެ. އަންޖަލްއަށްޓަކައި އޭނާގެ ލޯބި ގުރުބާން ކުރާކަށްދެން ނުޖޭހެނެކަން އެނގުމުން ރައިހާނާއަށް ކެއްތެރިކަމާއެކު ހަމްޒާ ހޭއަރާނެ ވަގުތަކަށް އިންތިޒާރު ކުރިއެވެ. ވަގުތާއި ހާލަތުގެ ގޮތުން އަންޖަލް ގާތު ހަގީގަތް ހާމަކުރަން ރައިހާނާ ޖެހިލުންވިއެވެ. ވިޝާހްއާ ރީހާން ގާތުން އަންޖަލް އެދުނީ އަދި އެހަށް ސިއްރުކޮށްދިނުމަށެވެ. ހަމްޒާ ރަނގަޅުވުމުން އަންޖަލްއަށް ކިޔާދޭނަން ކަމަަށް ރައިހާނާ ބުންޏެވެ. މެންދުރު ވާން އުޅެނިކޮށް ޑަކްޓަރު އައިސް ހަމްޒާ ހޭއެރި ވާހަކަ ބުނުމުން […]
ނިދިފައޮތް އަވްނީއަށް ހޭލެވުނު އިރު ކުރިން އެތާ ތިބި މީހުން ނެތެވެ.އަވްނީ އެންމެ ހައިރާންވީ ބޭރަށް ނުކުމެވޭނެހެން އޭނަ އިން ކޮޓަރީގެ ދޮރު ހުޅުވާފަހުރުމުންނެވެ. އަވްނީ ނިކުންނަށް ދިޔަގަޑީ އޭނައަށް އޭނަގެ ފޯނުފެނުމުން ގަޑި ބަލާލިއެވެ.މާ ގިނަ ވަގުތު ނުވާކަން އެނގުމުން އަވްނީއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ޢަވްނީ ބޭރަށް ނިކުތްއިރު ކުޑަކޮށް ވާރޭ ވެހެމުން ދިޔައެވެ.ހުރެވުނީ ގެއާ ކައިރި ހިސާބެއްގައިކަން އެނގުމުން އަވްނީ ތެމިގެން ވެސް ގެއަށް ދާން ދިޔައެވެ. ****** އަވްނީއަށް ވީ ގޮތެއް ނޭނގި […]
ފަތިހުގެ ފިނި ފިނި ވަގުތެވެ. އަތިރިމައްޗަށް ބީއްސާލާ މޫދުގެ ރާޅުތައްދަނީ ދޮންވެލި ފަސްގަނޑުގައި މަޑުމަޑުން ބޮސްދީފައެވެ. އިރުއޭގެ ވަޒީފާ އަދާކުރަމުން ދުނިޔެއަށް އަލިކަން ފޯރު ކޮށްދެމުން އާދެއެވެ. އުދުހޭ ދޫނިސޫފާ ސޫފީގެ އަޑުތަށް މަޑުމަޑުން އިވެމުންދެއެވެ. އިރުއަރަމުން އެދާ ވަގުތުގައި ދައްކުވައިދެނީ ގުދުރަތީ ރީތިކަމުގެ ވަރަށްވެސް ފުރިހަމަ މިސާލެކެވެ. ގުދުރަތުގެ މިފުރިހަމަ މަންޒަރުތަކަށް ގެއްލިފައިހުރި ޝާމްގެ މޫނުމަތީ ގައިވީ ފެންނަ ކޮންމެ މީހެއްގެ ހިތްތައް ކަތިލާފަދަ ފުރިހަމަ ހިނިތުންވުމެކެވެ. އޭނާއަށް ގުދުރަތުން ދެއްވާފައިވާ ރީތިކަމަކީ އެކަމައްކައްޓަކައި އޭނާއަށް […]
އަހަރެންގެ ހިތް ނުތަނަވަސް ވާން ފަށައިފިއެވެެ. ކީއްވެ ކަމެއް ނޭނގެއެވެ.އަހަންނަަށްް މީހަކުދެކެ ލޯބިވެވެިއްޖެވެ. އެއީ ކާކު ހެއްޔެވެ؟ އަހަންރެންގެ ހިތުގައި އޭނައަށްޓަކައި އިހްސާސްތަކެށް އެބަވެއެވެެ. ފުން ހުޔާލުތަކެއްގެ ތެރޭގައި އިން އިޝާ ސިހުނީ މަންމަ ގޮވާލުމުންނެވެ. ސިހުފައި ކަހަަލަ ގޮތަކަށް ފަހަތް ބަލާލިއެވެ.”އިޝާ…” މަންމަ ގޮވާލިއެވެ.” ދަރިފުޅު ކޮން ހިޔާލެއްގަ.. މަންމަ ދަރިފުޅު ގާތު ބުނަމެންނު ދޮންބެ އާމެދު ނުވިސްނާށޭ…ދޮންބެ ދަރިފުޅާށް ކިތަންމެ ވަރަެށް ކުރިއަސް ތިހުންނަނީ މަޑުން…. މަންމައަށް އިނގޭ ދަރިފުޅު ތީ ވަރަށް ކެތް […]
“ކޮބާތަ ތިބުނަންއުޅޭ ބޮޑު ވާހަކަ؟”އަނެއްކާވެސް އިޔާޝާ އެހިއެވެ.”އިޔާޝާ އަށް ވެސް އިނގޭނުން އައިރާ އަކީ މިހާރު ބޮޑުވެފަ ހުރި އަންހެން ކުއްޖެއްކަން. އޭނާގެ ޒުވާންދުވަސްވަރު އެއްނުން މިއަކީ.ދެން”ދުރަށް ނަޒަރު ހުއްޓާލާގެން ހުރެ ފަޒީލް ބުނެލިއެވެ.”ހޫމް… ދެން ކީޔާފަ ތި ހުއްޓާލިއްޔޯ” އިޔާޝާ ބުނެލިއެވެ.”އައިރާ އިތުރަށް ކިޔަވަންވެސް ބޭނުންވޭނުން. ކިޔަވާގެންނޭނުން މިޒަމާނުގަ ރަނގަޅު ވަޒީފާއެއް ލިބޭނީވެސް.” ފަޒީލް ބުނެލިއެވެ. “އާން ތިކަން އޮތީ ތިހެންނުން. ދެން ކިހިނެތް ވީތަ؟”ފާޑަކަށް ފަޒީލް ދިމާލަށް ބަލާލަމުން އިޔާޝާ ބުނެލިއެވެ.”މިއަދު ޒިހާދު މަގާތު […]