Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ބުނާށޭ ލޯބި ނުވަނީހޭ…..33

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
May 27, 2019 5 Mins Read
45 Comments

ހަމްޒާއަކީ އަންޖަލްގެ އެއްބަފާ ބޭބެކަން އެނގުމުން ރައިހާނާއަށް ހަމަޖެހެމެއް ލިބުނެވެ. އަންޖަލްއަށްޓަކައި އޭނާގެ ލޯބި ގުރުބާން ކުރާކަށްދެން ނުޖޭހެނެކަން އެނގުމުން ރައިހާނާއަށް ކެއްތެރިކަމާއެކު ހަމްޒާ ހޭއަރާނެ ވަގުތަކަށް އިންތިޒާރު ކުރިއެވެ. ވަގުތާއި ހާލަތުގެ ގޮތުން އަންޖަލް ގާތު ހަގީގަތް ހާމަކުރަން ރައިހާނާ ޖެހިލުންވިއެވެ. ވިޝާހްއާ ރީހާން ގާތުން އަންޖަލް އެދުނީ އަދި އެހަށް ސިއްރުކޮށްދިނުމަށެވެ. ހަމްޒާ ރަނގަޅުވުމުން އަންޖަލްއަށް ކިޔާދޭނަން ކަމަަށް ރައިހާނާ ބުންޏެވެ.
މެންދުރު ވާން އުޅެނިކޮށް ޑަކްޓަރު އައިސް ހަމްޒާ ހޭއެރި ވާހަކަ ބުނުމުން އެންމެންގެ މޫނު މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. ރައިހަނާގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ނީރާލިއެވެ. އެތައް ފަހަރަކު ހަމްދުކުރެވުނެވެ. ހަމްޒާ ހޭ އެރިއަސް ނިދާބޭސް ދީފައި އޮތުމުން އަދި އޮތީ ނިދިފައެވެ. ހޭލާނެކަމަށް ޑަކްޓަރު ބުނީ ހަވީރު ހަތަރެއް ޖަހާކަން ހާއިރުއެވެ. “ރައި ހިނގާ ދެން ގެއަށް ދާން. ހަމްޒާ ހޭލަން ވާއިރަށް ދެން ގެއަށްގޮސް ކައިގެން ރީތިވެ ހަދައިގެން އަންނާނީ. ބޭބެއަށް ފެންނަނީ ތިހުރިހާ ކުދިންވެސް ގެއަށް ގޮސްލަން” ރުހާމް އެދުނެވެ. އެކަކުވެސް ދާކަށް ބޭނުމެއް ނުވިއެވެ. އެހެނަސް ބައްޕަގެ އެދުމަށް ދެކޮޅު ނުހަދަންވެގެން ރައިހާނާ އެއްބަސްވިއެވެ. ޝިމާންއާ ސަރްވާވެސް ހާވީރު އަންނަންވެގެން ގެއަށް ދިޔައެވެ. އަންޖަލް އެއްގޮތަކަށްވެސް ގެއަށް ދާކަށް ބޭނުމެއްނުވިއެވެ. ގެއަށް ދިޔަސް ވަދެވޭނެ ގޮތެއްވެސް ނޯންނާނައެވެ. ސުނައިނާ އެދުނީ އޭނާއާ އެކީ އެމީހުން ދިރިއުޅޭ އެޕާޓްމެންޓަށް ދާށެވެ. މިރާޝް ހަމްޒާ ގާތު ބަހައްޓާފައި ސުނައިނާ އަންޖަލް ގޮވައިގެން ދިޔައެވެ.
ރައިހާނާ ފެންވަރައިގެން ނުކުމެ ލޯގަނޑު ކުރިމަތީގައި ހުއްޓލިއެވެ. އޭނާ ބޭނުންވަނީ ހަމްޒާ ލޯ ހުޅުވާލާއިރު ފެންނަ އެންމެ ފުރަތަމަ މީހަކަށް ރައިހާނާ ވާށެވެ. އަލަމާރީގައި ހުރި ހުރިހާ ހެދުންތަކެއް ނަގައި ލާނެ ހެދުމަށް ހޯދަންފެށިއެވެ. ކޮންމެ ހެދުމެއްވެސް ގައިގައި ޖައްސާލާފައި ކަމުނުގޮސްގެން އެނދުމައްޗަށް އެއްލާލަނީއެވެ. “ސުބުހާނާﷲ. ދަރިފުޅާ މީ ކޮންކަމެއް؟” ރައިހާނާއަށް ކާން ހިފައިގެން އައި ޝައުފާ ހައިރާންވީ ހުރިހާ ހެދުންތަކެއް އެނދުމައްޗަށް އަޅާާއިގެން އެހެދުންތަކުގެ ތެރޭގައި އިށީންދެގެން އިން ރައިހާނާ ފެނުމުންނެވެ. ފެންވަރައިގެން ނިކުތްގޮތަށް ބޯހާވައިލައިގެން ފެން ނުހިއްކާ އިނުމުން ރައިހާނާގެ އިސްތަށިގަނޑުން ފެންތިކި ތަޅަމުން ދިޔައެވެ. ގޭގައި ލާއިރު ލާއުޅޭ ކަހަލަ އަތްކުރު ޓީޝާޓެއް ލައިގެން ހުރުމުން އޭނާގެ ދޮންއަތް އޮތީ ހަމާއަށެވެ. “މަންމާ. ހެލްޕް މީ. މިތަނުން ރައިއާ އެންމެ ގުޅޭ ހެދުމެއް ބުނެބަ” ޝައުފާ އަތުގައި އިން ބަތްތަށި އަތުލާފައި މޭޒުމަތީގައި ރައިހާނާ ބެހެއްޓިއެވެ. ރައިހާނާ ދުލުން ނުބުނި ކަމުގައި ވިއަސް އެހިތުގައި އުފެދިފައިވާ ޖަޒުބާތުތައް ޝައުފާއަށް އެނގުނެވެ. ހިނިތުންވެލުމަށްފަހު ޝައުފާ ގޮސް ނެގީ ސަރްވާގެ ޕާޓީއަށް ރައިހާނާ ލީ ހެދުމެވެ. “މިހެދުން ލީމަ ރައި ވަރަށް ރީތި. ކައިގެން އާދެ ހެދުން އިސްތިރިކުރަން” ރައިހާނާ އަތަށް ޝައުފާ ހެދުން ލައިދިނެވެ. ރައިހާނާއަށް އެހެދުން އަތުތެރޭގައި ބޮނޑިކޮށްލެވުނީ ސަރްވާމެންގެ ޕާޓީގައި ހިނގާދިޔަ ކުޑަ ކުޑަ އެކްސިޑެންޓް ހަނދާންވުމުންނެވެ. ލުއިގިތަކަށް ހީލިއިރު އެލޮލުގައި ކަރުނަ ވިދަމުން ދިޔައެވެ. ރައިހާނާ ކުޑަވައި އިނގިލިން ކަރުނަ ފުހެލުމަށްފަހު ކާންއަވަސްވެގަތެވެ. ބަނޑުހައިވެފައި ހުރި ވަރު އިހްސާސްކުރެވުނީ ކާންފެށުމުންނެވެ.

ފެންވަރާއިގެން ނުކުތް ގޮތަށް ރީހާން އެނދުގައި ޖައްސާލީ ނިދާލަންށެވެ. އެއްވެސް ގޮތަކަށް ނުނިދައި ހުރުމުން އޭނާގެ ބޮލަށް ހުރީ ބަރުވެފައެވެ. ކާންގެނެސްފައި ހުރި ބަތްތަށި އިންގޮތަށް ބަހައްޓާފައި ރީހާން އޮށޯތެވެ. އެނދުގައި ޖެހުނު ކަމެއް ނޭންގެ ރީހާންއަށް ނިދިއްޖެއެވެ.

އަންޖަލް ފެންވަރައިގެން ނުކުތްއިރު ސުނައިނާ ހުރީ ނޫޑުލްސް ކައްކާފައެވެ. ސުނައިނާވެސް އޭރު ފެންވަރައިގެން ކާންއައިސް އިނެވެ. ލަދުން އިނދެ އަންޖަލް ކާންއިށީނެވެ. “ރައިހާނާތަ އެއީ ހަމްޒާ ރަށްޓެހިވެގެން އުޅޭ ކުއްޖާ؟” ސުނައިނާ އަހަން ނާހަން އިނދެފައި އަހާލިއެވެ. އަންޖަލް ވަގުތުން ކުށި އަރައިގަތެވެ. އަވަހަށް ކައިރީގައި އިން ފެންތަށިން ފެން ފޮދެއް ބޯލާފައި މީހާ ހަމައަކަށް އެޅިލިއެވެ. އިސްޖަހައިގެން އިނދެ ދެފަރާތަށް ބޯ ހޫރާލިއެވެ. ހަމްޒާ ރަށްޓެހިވީ އޭނާއާއޭ ބުނާނެ ގޮތެއް އަންޖަލްއަކަށް ނޭންގުނެވެ. “އަޅުގަނޑާ ރަށްޓެހިވީ” ތަށީގައި ސަމްސާ ކާއްތަމުން އެންމެ ފަހުން ބުނެލިއެވެ. ސުނައިނާއަށް ފުންނޭވައެއް ދޫކޮށްލިއެވެ. އަންޖަލްގެ ލޮލުން ވެއްޓުނު ކަރުނަތަކި ރީތިކޮށް ސުނައިނާއަށް ފެނުނެވެ. “ހެއި. އިޓްސް ނޮޓް ޔުއަރ ފޯލްޓް. ޑޯންޓް ކްރައި” ސުނައިނާ އަންޖަލް މަސަލަސްކުރަން މަސައްކަތް ކުރިއެވެ. “ހަމްޒާ ރުޅިއަންނާނެ” އަންޖަލް ބިރުގަތީ ހަމްޒާ އޭނާދެކެ ރުޅިއައިސްދާނެތީއެވެ. ސުނައިނާ އެކިއެއްޗިހި ކިޔައިގެން އަންޖަލް ހަމަޖެހުނެވެ. މުޅި ރޭ ހަތަރުދަމު ހޭލާ ތިބުމުން ސުނައިނާއާ އަންޖަލްއަށް ކައިގެން އޮށޯވެލިތަނުން ނިދުނެވެ.
ޝޯލްގައި އެންމެ ފަހު ޕިން ޖަހާފައި ރައިހާނާ އެނބުރެލިއެވެ. ގަޔަށް ދެތިން ފަހަރު ސެންޓު ބުރުވާލުމަށްފަހު އެންމެ ފަހުފަހަރަށް އަމިއްލަ ސޫރައަށް ބަލާލިއެވެ. އަޅި ކުލައިގެ ބަޓަފްލައި ހެދުމުގައި ރައިހާނާ ފެންނަލެއް ނުހަނު ފުރިހަމައެވެ. ލޮލުގައި އަޅާފައި ހުރި އަނދުނުން އެރީތި ބޮޑުދެލޯ އިހުނަށްވުރެ ރީއްޗެވެ. މެރޫން ކުލައިގެ ޝޯލް އަޅާފައި ހުރީ ރައިހާނާ ނުހަނު ގުޅޭ ގޮތަކަށެވެ. އެނދުމަތީ އޮތް ކަޅު ކުލައިގެ އަތްދަބަސް ކޮނޑުގައި އަޅުވަމުން ރައިހާނާ ކޮޓަރިން ނިކުތެވެ. އޭރު އޭނާގެ އިންތިޒާރުގައި ރީހާން ސޯފައިގައި ފޯނާއި ކުޅެން އިނެވެ. ކަޅު ކުލައިގެ އަތްދިގު ގަމީހެއް ލައިގެން ހަމައެކުލައިގެ ސްކިނީއެއް ލާފައި ގަމީހުގެ ކަރުގޮަށް އަޅުވާފައި ހުރުމުން ރީހާން އުމުރަށްވުރެ ދޮށިވައްތަރު ޖަހައެވެ. އިސްތަށިގަނޑުވެސް އޮތީ އެއްވަރަށް ރީތިކޮށް ފުނާއަޅާފައެވެ. ރައިހާނާ ކޮޓަރިން ނިކުމެ ގޮވާލުމުން ސޯފާއިން ތެދުވެ ހަށިފުރާ ނޭވައެއް ލާފައި ޖިންސްގެ ފަހަތު ޖީބާށް ފޯނުލާފައި ބޭރަށް ނުކުންނަން ހިނގައިގަތެވެ.

ރައިހާނާއާ ރީހާން ހޮސްޕިޓަލަށް ދިޔައިރު މިރާޝް ފިޔަވާ އެންމެން ތިއްބެވެ. އަންޖަލްއާ ސުނައިނާ ތިބި ގޮތުން އެދެމީހުން ތިބީ ދާދި ދެންމެއަކު ނިދާ ހޭލައިގެންކަން އެނގެއެވެ. ރީހާންގެ ނަޒަރު އެންމެ ފަހަރަކުވެސް އަންޖަލް ނޫން އެހެން ފަރާތަކަށް ނުހުއްޓެއެވެ. ނޫކުލައިގެ ކުރުތާ ހެދުމާ ކަޅު ޖިންސް އަންޖަލްއާ ނުހަނު ގުޅެއެވެ. އަޅާފައި އިން ކަޅު ކުލައިގެ ވަށްބުރުގާގެ ތެރެއިން އަންޖަލްގެ ދޮންމޫނު ފެންނައިރު ސާދަވިލޭރޭގެ ހަނދުފަދައެވެ. ނޭފަތު ކުރި ރަތްވެފައި ހުރިއިރު ދެކޮލަށްވެސް ހުރީ މަޑު ރަތްކުލައެއް އަރާފައެވެ. އަންޖަލްގެ މޫނު މަތިންފެންނަމުން ދިޔަ ހިތާމައިގެ އަސަރުން ރީހާންގެ ހިތްކަތިލެވެމުން ދިޔައެވެ.
ޑަކްޓަރުގެ ހުއްދައާއެކު އެންމެން ހަމްޒާ އޮތް ކޮޓަރިއަށް ވަނެވެ. އަންޖަލް ޖެހިލުންވެފައި ހުރިތަން ފެނި ރީހާންގޮސް އޭނާގެ އަތް އަންޖަލްގެ އަތްތެރެއަށް މަހާލިއެވެ. އަންޖަލްގެ އަތްތިލަ ގަނޑުފެންފޮދެއްހާ ފިންޏެވެ. ރީހާންގެ އެއަމަލުން އަންޖަލްއަށް ރީހާންއާ ދިމާއަށް ކަރުނަވީ ލޮލަކުން ބަލާލެވުނެވެ. “އެވްރީތިންސް ގޮންނާ ބީ އޯކޭ އޭންޖަލް” ކިރިޔާ އަންޖަލްއަށް އަޑުއިވޭ ވަރަށް ރީހާން ބުންޏެވެ. އަންޖަލް މަޑުމަޑުން ބޯޖަހާލީ އެކަމާ އެއްބަސްވުމުގެ ގޮތުންނެވެ.

ގައިގައި ބައިވެރު އެއްޗިހި ހަރުކޮށްފައި ހުރި ކަމުގެ އިހްސާސް ހަމްޒާއަށް ކުރެވުނެވެ. ބޮލުގެ އެއްފަޅީގައިވެސް ރިއްސަމުން ދިޔައެވެ. މީހުން ވާހަކަ ދައްކާއަޑުވެސް ނުސާފުކޮށް ހަމްޒާއަށް އިވެމުން ދިޔައެވެ. އެސްފިޔަތަޅުވާލުމަށްފަހު އުނދަގުލާއެކު ހަމްޒާ ލޯ ހުޅުވާލިއެވެ. އަނދިރިކަމުން އެއްވެސް ތަނެއް ސާފުކޮށެއް އޭނާއަކަށް ނުފެނެއެވެ. ވަރަށް އުނދަގުލުން ހަމްޒާ އަނގަ ހަރަކާތްކޮށްލިއެވެ. ކަރުބުޑުން އަޑު ނުކުންނަނީ ކިރިޔާއެވެ.
“ހަމްޒާ!” ހަމްޒާ ހޭލިކަން އެންމެ ފުރަތަމަ އެނގުނީ ރައިހާނާއަށެވެ. ދުވެލާފައި ގޮސް ރައިހާނާ ހަމްޒާ ކުރިމަތީ ހުއްޓިލިއެވެ. އޭރު ރައިހާނާގެ މޫނުގައި ހިތްތައް ކަތިލާފަދަ ހިނިތުންވުމެއް ހުއްޓެވެ.
ލުއިމިއުޒިކެއްހާ ރީތި އަޑެއްގެ ވެރިއަކު އޭނާއަށް ގޮވާލުމުން ހަމްޒާއަށް އެދިމާއަށް ބަލާލެވުނެވެ. ފަނޑުއައްޔެއްގެ ތެރެއިން ހިނިތުންވެފައި ހުރި އަންހެން ކުއްޖަކު ނުސާފުކޮށް ފެންނަމުން ދިޔައެވެ. އެނުސާފުކަމުގެ ތެރެއިންވެސް އެއީ އޭނާގެ ހިތްއެދޭ ބައިވެރިޔާކަން އެނގުމުން މަޑު މަޑުން އަތްއުފުލާލައި އެމޫނުގައި ފިރުމާލަން މަސައްކަތް ކުރިއެވެ.
ހަމްޒާގެ އަތްތިލަ މޫނުގައި ބީހިލުމާއެކު ރައިހާނާއަށް ދެލޯ މަރާލެވުނެވެ. ލޯމަރާލުމާއެކު ލޮލަށް ޖަމާވެފައި ހުރި ކަރުނަތައް ފޭބިއެވެ. އޭރުވެސް އެމޫނުގައި ހުރި ހިނިތުންވުން ފިލައިގެންނެއް ނުދެއެވެ.
“ލީމް” އުނދަގުލުން ނަމަވެސް ހަމްޒާ ބުނީ ލީމްކަން އެތާތިބި އެންމެންނަށްވެސް އެނގުނެވެ. ރައިހާނާވެސް ސިހިފައި ދެލޯ ހުޅުވާލެވުނެވެ. އެއަށްފަހު ދޮރާ ދިމާއަށް ބަލާލީ ލީމް ހުރިތޯއެވެ. އެހެނަސް އެތަނުގައި ލީމްއެއް ނެތެވެ. ދެވަނަ ފަހަރަށްވެސް އޭނާއާ ދިމާއަށް ބަލަން އޮވެ ހަމްޒާ ލީމްއޭ ބުނެލިއެވެ. އެއާއެކީ ރައިހާނާއަށް ސިހިފައި އެނދުން ތެދުވެވުނެވެ. ރައިހާނާއަށް ހީވީ ހިތުގައި މީހަކު ތޫނު ވަޅިއަކުން އަޅުވާލިހެންނެވެ.
ހަމްޒާއަށް ތަންތަން ސާފުކޮށް ފެންނަން ފެށީ އިރުކޮޅެއް ފަހުންނެވެ. އޭނާ ލީމްކަމަށް ހީކުރެވުނު ކުއްޖާއަކީ ލީމްއެއް ނޫނެނެވެ. އެއީ އޭނާ ނުވެސް ދަންނަ އަންހެން ކުއްޖެކެވެ. އޭނާއަށް ނުވެސް އެނގޭ ކުއްޖަކު އޭނާގާތު ހޮސްޕިޓަލުގައި މަޑުކޮށްގެން ކީއްކުރަނީ ހެއްޔެވެ. ހަމްޒާ ވަށައިގެން ނަޒަރު ހިންގާލިއެވެ. އޭނާގެ ދޮންތައާ ޝިމާން ފިޔަވާ އެތަނުގައި ދަންނަ އެކަކުވެސް ނެތެވެ. ހައިރާންކަމާއެކު ހަމްޒާއަށް ކޮންމެ މީހެއްގެ މޫނަށް ބަލަންފެށުނެވެ.
“ދޮންތާ.. ޝިމާން. ކޮބާ މަންމައާ ލީމް؟” ހަމްޒާ ކޮށްލި ސުވާލުން އެންމެންނަށްވެސް ހައިރާންކަން ލިބުނެވެ. ސުނައިނާއަށް ދެލޯ ބޮޑުކޮށްފައި ޝިމާންއަށް ބަލާލެވުނެވެ. ޝިމާންގެ މޫނު މަތިންވެސް ފެންނަމުން ދިޔައީ ހައިރާންކަމެވެ. ރައިހާނާއަށް އަނގަމަތީ އަތްއަޅާއިގެން ފަހަތަށް ޖެހިލެވުނެވެ.
ޝިމާން އެއްވެސް އެއްޗެކޭ ނުބުނެ ގޮސް ޑޮކްޓަރު ގޮަވައިގެން އައެވެ. އޭރުވެސް ހަމްޒާ ތަކުރާރުކޮށް އޭނާގެ މަންމައާ ލީމްއާ ބެހޭ ގޮތުން ސުވާލުކުރަމުން ދިޔައެވެ. ޑަޮކްޓަރުގެ އެދުމަށް ޝިމާންއާ ސުނައިނާ ފިޔަވާ އެންމެން ނުކުތެވެ. ދެތިން މިނެޓް ފަހުން ސުނައިނާއާ ޝިމާންވެސް ނުކުތެވެ. އެދެމީހުންނަށްވެސް ވާނުވާއެއް ނޭންގެއެވެ. މިރާޝް އެނބުރި ހޮސްޕިޓަލަށް އައީވެސް އެމީހުން އެހެން ތިއްބައެވެ.
ދިހަވަރަކަށް މިނެޓު ފަހުން ޑަކްޓަރު ނިކުމެފައި ދިން ޚަބަރަކުން ރައިހާނާ މޮޔަ ނުވީ ކިރިޔާއެވެ. ހަމްޒާގެ ސިކުނޑިއަށް ލިބުނު ގެއްލުމަކުން ވޭތުވެ ދިޔަ ހައަހަރުގެ ހަނދާންތައް އޭނާގެ ސިކުނޑިން ވަނީ ފުހެވިފައެވެ. ހިތްވަރުކޮށްގެން ހުރިނަމަވެސް ރައިހާނާއަށް ރޮވުނެވެ. އަންޖަލްވެސް ހުރީ ރޯންވެސް ނޭންގިފައެވެ. އޭނާ ވާންވީ އުފާކަމެއް ނޫނި ދެރަކަމެއްވެސް ނޭންގެއެވެ. ސުނައިނާއާ ޝިމާންވެސް ތިބީ ފާޑަކަށް ޝޮކްޖެހިފައެވެ. ޑަކްޓަރު އެދުނީ ހަމްޒާ އެދޭ ފަދައިން އޭނާގެ މަންމައާ ލީމް ގެނެސްދިނުމަށެވެ. ސުނައިނާ ވަރަށް ހިތްވަރުކޮށްފައި އޭނާގެ މަންމަ ނިޔާވެފައިވި ވާހަކަ ބުންޏެވެ. ޑޮކްޓަރު އެދުނީ އެހަށް އެކަން ހަމްޒާއަށް ނޭންގުމަށެވެ. އިތުރު ގޮތެއް ނެތުމުން ޝިމާން ލީމްއަށް ގުޅިއެވެ.
ޖެހިތާ ބުދެއްހެން ގޮނޑީގައި ރައިހާނާ އިނެވެ. ރޮއެފައި ގިނައިރު ވުމުން ކަރުނަތައްވެސް ހުރީ ހިކިފައެވެ. ދުވަމުން ކަހަލަ ގޮތަކަށް ލީމްއައިސް ވަންތައް ފެނުމުން ރައިހާނާއަށް މޫނު އަނެއް ފަރާތަަށް އަނބުރާލެވުނެވެ.
ހަމްޒާ އެކްސިޑެންޓްވި ޚަބަރު ލިބުމުން ކިތަންމެ ދާންބޭނުންވިއަސް ލީމް ނުގޮސް ހުރީ ހަމްޒާ ނުރުހޭނެކަން އެނގޭތީއެވެ. އެހެން ހުއްޓާ ޝިމާން ގުޅާފައި ހަމްޒާއޭނާއަށް އެދޭ ވާހަކަ ބުނުމުން އުފަލުން ފޮޅުނެވެ. ކުޑަގޮތަކަށް ރީތިވެލައިގެން އަވަހަށް އޭނާ ހޮސްޕިޓަލަށް އައެވެ. ޝިމާން އޭނާ ގާތު ހަމްޒާ އޮތް ކޮޓަރިއަށް ވަންނަން ބުންޏެވެ. ރައިހާނާ އަތްމުއްކަވާލާފައި ދެދަތްޕިލައަށް ބާރުކޮށްލެވުނެވެ.
ލީމް ފެނުމާއެކު ހަމްޒާއަށް ހިނިތުންވެވުނެވެ. އެހެނަސް ހިތަށް އޭނާ ހީކުރިހާ ހަމަޖެހުމެއް ނުލިބުނެވެ. ލީމް ދުވެލާފައި އައިސް ހަމްޒާގެ އަތްތިލާގައި ހިފާލިއެވެ. އޭރު އޭނާގެ ލޮލުގައި ކަރުނަ ވިދަމުން ދިޔައެވެ. “ހެރީ” ލީމްގެ އަޑުއިވުމުން ވެސް ހަމްޒާގެ ހިތަށް ތަސަައްލީއެއް ނުލިބުނެވެ.

5އަހަރު ފަސް…….

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ލޯބިވަން 5

Next

ނާއިންސާފު (ޓްރެއިލަރ)

Next
May 27, 2019

ނާއިންސާފު (ޓްރެއިލަރ)

Previews
May 27, 2019

ލޯބިވަން 5

45 Comments!

  1. jiji says:
    May 27, 2019 at 9:21 pm

    First dhw..will comment kiyaafa??????❣❣?????

    1. Kiyara says:
      May 28, 2019 at 6:01 pm

      Yesss darla

  2. Kiyara says:
    May 27, 2019 at 9:21 pm

    Salam all. Here is 33rd part of bunaashey loabi nuvanyhey…. Hurihaa kiyuntherinnah ves mibai kamudhaane kamah ummedhu kuran. Any guesses on what happened???? Next part Friday ga ISA

  3. no name says:
    May 27, 2019 at 9:26 pm

    Hey… me first dhoa…. alhey kihineth e vy haadha dhera eyy…

    1. Kiyara says:
      May 28, 2019 at 6:02 pm

      Dear mifaharu second dhw. Thanks

  4. My says:
    May 27, 2019 at 9:31 pm

    Me first dhw…. Mi Part Vrh reethi…alhey hamza an rai dhuru nukurahchey…

    1. Kiyara says:
      May 28, 2019 at 6:02 pm

      Dear mifaharu third dhww. Thanks and lets see what happens

  5. My says:
    May 27, 2019 at 9:32 pm

    Me first dhw…. Mi Part Vrh reethi…alhey hamza an rai dhuru nukurahchey
    …

  6. Rishma...? says:
    May 27, 2019 at 9:38 pm

    Wowww… v salhi mi storyge konme part eh vx… kiyaa ge hurihaa story eh vx v furihama… specially raastha… eagerly waiting for season 2 of raastha and next part of this story…

    1. Kiyara says:
      May 28, 2019 at 6:04 pm

      Thanks dear. Varah ufaavehjje rish comment kohllyma. In sha Allah raastha season 2 varah avahah gemesdheveytho try kuraanan.

  7. Mal? says:
    May 27, 2019 at 9:42 pm

    ??waiting for nxt part!!!! ??vara dharavi mi part kiyaafa. Akamaku Vv reethi part vas

    1. Kiyara says:
      May 28, 2019 at 6:05 pm

      Thanks dear. Alhey kiyara varah dheravehjje mal dheravyma. Ufaavaa kahala parts varah avahah geneveytho balaanan

  8. jiji says:
    May 27, 2019 at 9:44 pm

    Alhey..kihineh thi hedhy kiyaa….I’m so curious to knw wat’s gonna be happen nextu..plc hamZagreb visnun Alin libeyne goii hadhaaback kiyaa. …nd Friday ge kurin upload kohleveythw balaaathi plc????????????..luv yuh darla

    1. Kiyara says:
      May 28, 2019 at 6:06 pm

      Thanks dear. Mihaaru ihnnane dhen oii baa up kohllafa dhem vaagoi balama dhw. Luv ya 2

  9. Jungkook says:
    May 27, 2019 at 9:47 pm

    Alheyyyyyyyyyyyyy dhen noooooon kihineh evy hamzaa aai rai dhurunukohba ?????? I ah vess rovihje mihaaru dhen oi part ga rai aai hamzaa gulhuvaathi igey eyrun I Varah ufaa vaane ???? waiting 4 nxt prt

    1. Kiyara says:
      May 28, 2019 at 6:07 pm

      Thanks dear. Alheyy hingaa dhw balama dhen vaane goii

  10. BTS MY EVERYTHING ??? says:
    May 27, 2019 at 9:51 pm

    Varah reethi ekam sad rai and hamzaa dhurunukohba dhw….. Friday ge kurin up kodheveytho balaadhehchey

    1. Kiyara says:
      May 28, 2019 at 6:08 pm

      Thanks dear. Mihaaru ihnnane up kohllafa

  11. Lotus says:
    May 27, 2019 at 9:57 pm

    WAAAAT!!! kihine mi v??
    Story is now soo emotional and fabulous.. Keep going dear

    1. Kiyara says:
      May 28, 2019 at 6:09 pm

      Thanks dear. Aan dhw kihine mivy??

  12. Shua says:
    May 27, 2019 at 10:17 pm

    Alheyy kihine mi vyy… i really hope rai nd hamza vrh avahaa gulheyyne kama

    1. Kiyara says:
      May 28, 2019 at 6:10 pm

      Thanks dear. Kuda kuda inthizaareh kohlla ingey

  13. shif says:
    May 27, 2019 at 10:37 pm

    alhey don’t do this to rai… and anehkaa leem hamzaa ge hayaathah nugeneba…. vv reethi hama hee vx nukuraagothah kanthahthah vanee ekamu hama vv salhi

    1. Kiyara says:
      May 28, 2019 at 6:10 pm

      Thanks dear. Lets see dhw

  14. Ibsha says:
    May 27, 2019 at 11:30 pm

    Varah reethi

    1. Kiyara says:
      May 28, 2019 at 6:11 pm

      Thanks dear

  15. Dhonthee says:
    May 27, 2019 at 11:45 pm

    Alhey hamzage handhaan thau dhiyaeetha?????????So sad???Dhen fas aharu fahun vaane gothaka dheytherey dhonthi au visneny?????
    Anyways mi part is awesome ingey kiyaaraa????and pls pla raihaanaa au dhera gotheiy nahadhachchey???And kiyaaraa au ingeytha???Mee dhonthi mi site in enme kiyaa hithun kiyaa vaahaka?????? Varah loabi vaahaka eiy mee?????Take great care❤❤❤❤And love you so much❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. Kiyara says:
      May 28, 2019 at 6:13 pm

      Thanks dear. Yea hamaza ge memory loose vefa ehury dhen kihineh vaane baaey kiyara ves mi hithah aranu. And varah ufaavehjje dhonthe ah mi vaahaka kamu dhiyeema tc and luv ya 2

  16. Kalhu handi says:
    May 28, 2019 at 12:12 am

    Omg. Kihineh mi v. Heekuri gothaa thafaathu dho. Aharen heekuree hamza nukulhedhey meehakah vaanee kamah. Doc kee ekahala ehcheh viyya. Dhn kihineh baa vaanee? ? story v reethi. ❤️?

  17. Kalhu handi says:
    May 28, 2019 at 12:13 am

    Omg. Kihineh mi v. Heekuri gothaa thafaathu dho. Aharen heekuree hamza nukulhedhey meehakah vaanee kamah. Doc kee ekahala ehcheh viyya. Dhn kihineh baa vaanee? 5 aharu fahun .? story v reethi. ❤️?

    1. Kiyara says:
      May 28, 2019 at 6:14 pm

      Thanks dear. Naseebennu hamaza disable myhakah nuve hama ekani memory loosvikan. Lets see dhw

  18. ??? says:
    May 28, 2019 at 12:22 am

    Alhey kihineh thi hedhiiii????

    1. Kiyara says:
      May 28, 2019 at 6:31 pm

      Aan dhw

  19. Kitty says:
    May 28, 2019 at 12:53 am

    Alheyy haadha dherakoh evy… Rai ah Haadha asareh kuraaneyey… Kiyaa plx hamza aa rai vaki nukohba??… And e leem ah zivaan dhy.. Anyways story is very beautiful.. Can’t wait for the next part dear.. Avahah up kohla dhehchey ingey dear ???????

    1. Kiyara says:
      May 28, 2019 at 6:31 pm

      Thanks dear. Mihaaru ihnnane up kohllafa

  20. Sisis says:
    May 28, 2019 at 1:29 am

    5 years fahun..they might even get married ??or kids ves hure dhaane..btw story Varah reethi❤️

    1. Kiyara says:
      May 28, 2019 at 6:32 pm

      Thanks dear. Thives vedhaane gotheh dhww hingaa dhw balan

  21. Wer says:
    May 28, 2019 at 1:35 am

    Story reethi Gina story thakuga hunnany accident vegen memory handhaan nethifa. This story also like this.

    1. Kiyara says:
      May 28, 2019 at 6:33 pm

      Thanks dear. Ehentha? Kiyara ah adhi nufeney ehnva stroy eh. Aslu thafaath kohllan vegen migithah hedhy

  22. aaff says:
    May 28, 2019 at 5:12 am

    Varah reethi igey story…?? Kiyaa cmnt kohfa huri iru faahaga kurevey insha Allah kurukohlaafa ISA liyefa hunna kan..migothah nuliyene kanneyge…just telling igey,.. waiting for next part??????❤️?❤️?

    1. Kiyara says:
      May 28, 2019 at 6:35 pm

      Thanks dear ingey. Kiyara varah try kuran ehen nuliyeveytho kurin ves kuhjjakun thihen bunelaafa in. Varah ifaavehjje anehkkaves bunela dhinyma

  23. BTS for life! says:
    May 28, 2019 at 9:43 am

    Alheyyyyyy…. Kihineh e vy? 5 yrs later??? Wow! Haadha reehchey mi part ves!! I’m very curious ingey…. Waiting for the next part!

    1. Kiyara says:
      May 28, 2019 at 6:35 pm

      Thanks dear ingey. Mihaaru ihnnane epart up kohllafa

  24. azker says:
    May 28, 2019 at 2:17 pm

    Nooooooo??????why kiyaa?????thi hen nuhadhaa….please don’t end the story like this☹️☹️☹️

    1. Kiyara says:
      May 28, 2019 at 6:36 pm

      Heii azker don’t be sad. Vaahaka nimeyiru azker ufaavaane ehenvyma adhi ehah inthizaaru kohlla ingey

Comments are closed.

Next Episodeބުނާށެ ލޯބި ނުވަނީހޭ…..34←


All Right Reserved!