ވާލޯބި އެނގޭނަމަ 24
ރާދިންގެ ސިކުނޑީގައި ” އެހެން ނޫނީ ކޮންމެވެސް އެހެން ކުއްޖެއް އަހަރެން އަތުން ރާދް އަތުލަފާނެއެއްނު” މި ޖުމްލަ ހަރުލިއެވެ. ކިތެއްމެ ހަނދާންކުރަން ބޭނުން ނުވިޔަސް އެޖުމްލަ އަޑުއިވުމުން ރާދިން އަށް އަންޖަލް މަތިން ހަނދާންވިއެވެ. އަންޖަލް ރާދިން އާއި އަވްލީން އާއި ދެމީހުން ދުރުކުރުވި ގޮތެވެ. ނަމަވެސް މިފަހަރު އެއްވެސް އަންޖަލް އަކަށް އަވްލީން އާއި ރާދިންގެ ދެމެދަށް ވަނުމުގެ ފުރުސަތެއް ރާދިން އެއް ނުދޭނެއެވެ.
“ކިހިނެތްވީ ރާދް؟ ރުޅިއައީތަ އަނެއްކާ؟” ރާދިން އެއްޗެކޭ ނުބުނެ އިންނަން ފެށުމުން އަވްލީން ހީކުރީ އަވްލީން ބުން އެއްޗަކުން ރާދިން ހިތްހަމަނުޖެހުނީކަމަށެެވެ.
“ނޫން އަހަރެން ލީން ދެކެ ރުޅިއެއް ނާއްނާނެއެއްނު ދެން. އެންޑް އެއްވެސް މީހަކަށް އަހަރެމެން ދެމީހުންގެ ދެމެދަކަށް ނުވަދެވޭނެ. ފެމެލީ މީހުންވެސް އޯކޭ ވާނެ.” ރާދިން އަވްލީންގެ އަތުގައި ހިފައިލަމުން ބުނެލިއެވެ.
“އޯކޭ. އެކަމް ފެމެލީ މީހުން އޯކޭ ނުވެއްޖެއްޔާ….” އަވްލީން އަދިވެސް އެމަޢުލޫއަށް ވާހަކަ ދައްކަންފެށުމުން ރާދިން އަވްލީންގެ އަގަ މަތީގައި އަތްއަޅައި އަވްލީން ހުއްޓުވިއެވެ.
“ދެން އިތުރަށް ތިވާހަކަ ނުދައްކާ މިގަޑީގަ. ހުރިހާ ކަމެއްވެސް ދާނީ ރަނގަޅަށް އިންޝާﷲ.” ރާދިން އަވްލީންގެ އަތަށް ފިތައިލަމުން ބުނެލީ އުއްމީދުން ފުރިގެންވީގޮތަކަށެވެ. އަވްލީން ވެސް ރާދިންގެ ބަހަށް އެއްބަސްވަމުން ބޯޖަހާލީ އިތުރަށް މިގަޑީގައި އެވާހަކަ ނުދެއްކުމަށެވެ.
“ބައިދަވޭ. ކުއްޖެއް ޑްރީމް ކެއަރ ހޮސްޕިޓަލްއަށް ޖޮބްއަށް އެޕްލައިކޮށްފަ އޮތްކަން މިއަދު އެނގިއްޖެ. ވަރަށް ލޯބި ކުއްޖެއް އެއީ. ލީން އަށް ކިހިނެތް ހަދަން ފެންނަނީ؟ އެކުއްޖާއަށް ހޮސްޕިޓަލްގަ މަސައްކަތްކުރަން ފުރުސަތުދޭންވީތަ؟” މާހައުލުގައިވީ ނުތަނަވަސްކަން ކަނޑުވާލަމުން ރާދިން އަވްލީން އާއި ދިމާކޮށްލުމަށް ބުނެލިއެވެ. ރާދިން މިއަދު ހޮސްޕިޓަލަށް ގޮސް އުޅުނުއިރު އަވްލީން އެހޮސްޕިޓަލްގެ ޖޮބަށް އެޕްލައިކޮށްފަ އޮތް އެޕްލިކޭޝަން ލެޓަރ އާއި އެއްޗިސް ވަނީ ފެނިފައެވެ. އަވްލީން ޑްރީމް ކެއަރ އާއި އަލުން ގުޅެން ބޭނުންކަން އެނގުމުން ރާދިން ވަރަށް އުފާވިއެވެ.
ރާދިން އެކުއްޖެއްގެ ނަން ނުބުންކަމުގައިވީ ނަމަވެސް އެދައްކަނީ އަވްލީންގެ ވާހަކަ ކަން އަވްލީން އަށް އެނގެއެވެ. ރާދިން އަށް ނޭނގި އެހޮސްޕިޓަލުން ޖޮބަށް އެޕްލައިކުރި ނަމަވެސް އެކަން ރާދިން އަށް މާގިނަ ދުވަސްތަކެއްވަންދެން ސިއްރު ނުކުރެވޭނެކަން އަވްލީން އަށް އެނގެއެވެ.
“ވެލް ލޯބި ކުއްޖަކަށްވިޔަސް ޕޮޓެންޝިއަލް ނެތިއްޔާ ނުދެވޭނެއެއްނު ފުރުސަތެއް. އެކުއްޖާއަކީ ހަމަ އެހާ މޮޅު ކުއްޖަކަށް ވަންޏާ ހަމަ ފުރުސަތެއްދޭންވީއެއްނު. އިޓްސް އަޕް ޓު ޔޫ.” އަވްލީންވެސް ރާދިންގެ ވާހަކަ އާއި ބައިވަމުން ޖަވާބު ދިނެވެ.
“އަހަރެންނަށް ވަރަށް ޔަގީންކަން އެބަހުރި އެކުއްޖާއަށް ފުރުސަތެއްދީގެން ރިގްރެޓްކުރަން ނުޖެހޭނެކަން. އެއީ ވަރަށް ރަނގަޅު މަސައްކަތަށް ވަރަށް ފަރުވާތެރި ކުއްޖެއް. އެހެންވެ އަހަރެން މިއަދު ނިންމާފަ އޮންނާނީ އެކުއްޖާއަށް ޑްރީމް ކެއަރ ހޮސްޕިޓަލުގައި މަސައްކަތްކުރުމުގެ ފުރުސަތު ދިނުމަަށް. އަހަރެން ވަރަށް ހެޕީ ވެއްޖެ ލީން އަހަރެންގެ ހޮސްޕިޓަލްގަ މަސައްކަތްކުރަން ނިންމީތީ. އަހަރެން ހިޔެއް ނުކުރަން އަސްލު ލީން ޑްރީމް ކެއަރ އާއި ޖޮއިން ކުރާނެކަމަކަށް. އެކަމްވެސް އަމް ހެޕީ އެބައުޓް ޔުއަރ ޑިޒިޝަން.” ރާދިން އޭނާގެ ނިންމުން އަވްލީން އާއި ހިއްސާކުރިއެވެ. އަވްލީން އަކީ މަސައްކަތަށް ފަރުވާތެރި ކުއްޖެއްކަމަކީ ރާދިން އަށް ޝައްކެއް އޮތް ކަމެއް ނޫނެވެ. މީގެ ކުރިންވެސް އަވްލީންގެ މަސައްކަތް ވަރަށް ގާތުން ރާދިން ވަނީ ބަލާފައެވެ. އަވްލީން އަކީ ބަލިމީހުންނާއި ގުޅޭ އޯގާތެރި ކުއްޖެކެވެ. ރާދިންގެ ވާހަކަ އަޑުއަހާފައި އަވްލީން ވަރަށް ހިތްހަމަޖެހުނެވެ.
“ވަރަށް ހެޕީ ވެއްޖެ ޑްރީމް ކެއަރ ހޮސްޕިޓަލްގެ ސީ.އީ.އޯ މިސްޓަރ ރާދިން އަހަރެންނަށް މިފުރުސަތު ދިނީމަ. އައި ޕްރޮމިސް ދުވަހަކުވެސް މި ނިންމުމާ މެދު ރާދް ފަހުން ހިތާމަކުރާކަށްނެޖެހޭނެ.” އަވްލީން އިނީ ހަމަ ރަނަގަޅަށް ވެސް ވަރަށް އުފާވެފައެވެ. ޑްރީމް ކެއަރގައި އަވްލީން މަސައްކަތްކުރަން ބޭނުންވާ ހަމަ އެކަނި ސަބަބަކީ ރާދިން އެ ހޮސްޕިޓަލްގައި އުޅޭތީ އެއްނޫނެވެ. އެކަމަކު އެހޮސްޕިޓަލަކީ ވަރަށް ރަނގަޅު ހޮސްޕިޓަލެއްކަން އަވްލީން ދެކޭތީއެވެ.
****************************
އެހެން ދުވަސްތަކާއި ހިލާފަށް މިއަދު އުޑުމަތި ބަނަވެފައި ވިއްސާރައިގެ ކުލަވަރު ފެންނަން ހުއްޓެވެ. ވިއްސާރަ ވިލާތަކުން އުޑުމަތި ބަނަކޮށްލާފައި އޮތް ގޮތުން ހީވަނީ ދެންމެ ދެންމެ ވާރޭވެހެން ފަށައިދާނެ ހެންނެވެ. ވައިބާރުކަމުން މަގުމަތީގައި ލޯހުޅުވާލައިގެން އުޅެންވެސް އުނދަގޫވާވަރުވެއެވެ. ވިއްސާރަ ވިލާތައް އިރު މައްޗަށް އެޅިފައި ހުރުމުން ދުނިޔެ މަތި ފެންނަނީ އަނދިރިކޮށެވެ.
ހޮސްޕަޓަލަށް ދިއުމަށް ތައްޔާރުވެގެން ބޭރަށް ނިކުމެހުރި އަވްލީން ހުރީ ރާދިންގެ އިންތިޒާރުގައެވެ. ރާދިން ހޮސްޕިޓަލަށް ގެންގޮސްދޭން އަންނާނެކަމަށް ބުނުމުން އަވްލީން ހުރީ ތަންކޮޅެއްކުރިއަށް ތައްޔާރުވެގެން ބޭރަށް ނިކުމެއެވެ. އެހެން ހުރިއިރު އިރުއިރުކޮޅުން އުޑު މައްޗަށް ބަލައިލައެވެ. ވިއްސާރައިގައިނުޖެހި ހޮސްޕިޓަލަށް ނުދެވޭނެއޭ އަވްލީންގެ ހިތަށް އަރަމުން ދިޔައެވެ. ރާދިން އަންނަން މާގިނައިރުވާން ފެށުމުން އަވްލީންގެ މޫޑު އިތުރަށް ހަރާބުވާގޮތްވިއެވެ. އެހާކުރިއަށް ތައްޔާރުވެގެން ނިކުތުމުންވެސް ރާދިން އަށް ގަޑިއަށް އާދެވުނުކަމަކަށް ނުވިއެވެ. އެންމެފަހުން ރުޅިއައިސްފައި އެކަނި ހޮސްޕިޓަލަށް ދިއުމަށް ހިނގައިގަތެވެ. މިފަދަ ވަގުތެއްގައި ޓެކްސީއެއް ލިބުމަކީ ވުމަށްވުރެ ނުވުން ގާތްކަމަކަށް ވާތީ ޓެކްސާއެއް ހޯދުމަށް ވަގުތު ބޭކާރުނުކޮށް އަވްލީން ހިނގައިގަތީ ގަޑިނުޖެހި ހޮސްޕިޓަލަށް ދާން ބޭނުންވެފައި ހުރުމުންނެވެ.
އަވްލީންމެން ގޭކައިރިއަށް ރާދިންގެ ކާރު އައިސްމަޑުކޮށްލިއިރު ބޭރުގައި އަވްލީން ފެންނަން ނެތުމުން ރާދިން ކުޑަކޮށް ހައިރާންވިއެވެ. މީގެ 15 ވަރަކަށް މިނެޓު ކުރިން އަވްލީން ތައްޔާރުވެގެން ބޭރަށް ނިކުމެ ހުރިކަމަށް ރާދިން އަށް މެސެޖުކޮށްފައި އިނެވެ. ނަމަވެސް އެގަޑީގައި ކާރު ދުއްވަން އިނުމުން ރާދިން އަށް އެމެސެޖަށް ރިޕްލައިއެއް ދެވޭގޮތެއްނުވިއެވެ. މަތުމަތީގައި ޓްރެޕިކް ބޮޑުކަމުން ރާދިން އަށް މާގިނައިރު ނެގީއެވެ. ކާރު އެއްފަރާތުގައި ޕާކުކޮށްލުމަށްފަހު ރާދިން އޭނާގެ ފޯނުނެގުމަށްފަހު އަވްލީންގެ ނަންބަރަށް ގުޅާލިއެވެ. ފޯން ރިންގްވީ ނަމަވެސް އަވްލީން ފޯނަށް ޖަވާބެއް ނުދެއެވެ. ދެވަނަ ފަހަރު ގުޅުމުން ފޯނު ބިޒީކޮށްލީއެވެ. ރާދިން ލަސްވުމުން އަވްލީން ރުޅިއައީކަން ރާދިން އަށް އެނގުނެވެ. އެހެންކަމުން އިތުރަށް ވަގުތު ބޭކާރުނުކޮށް ކާރު ދުއްވާލީ މަގުމަތިން އަވްލީން ފެންނާނެކަމުގެ އުއްމީދުގައެވެ. އޭރު ހިމަފޮދު ވާރޭކަނި ޖަހަމުން ދިޔައެވެ. ރާދިން ކާރުގައި ވަކި ހިސާބަކަށް ދިޔަތަނުން މަގު ހުރަސްކުރަން ދިޔަ އަވްލީން އޭނާގެ ލޮލުގައި އަޅައިގަތެވެ. ރާދިން އަވްލީންގެ ނަމުން ތަންކޮޅެއް ބާރަށްގޮވާލީ އަވްލީން ހުރި ހިސާބުން އެއަޑު ސާފުކޮށްއިވޭނެކަން އެނގޭތިއެވެ. އަދި އެވަގުތު މަގުމަތީގައި އެހާ ގިނަ މީހުންނެތުމުންނެވެ.
މަގުހުރަސްކުރަން ދިޔަ އަވްލީން އަށް ރާދިންގެ އަޑުއިވުމުން އަޑުއައި ދިމާއަށް ބަލައިލެވުނެވެ. ތަންކޮޅެއްދުރުގައި ރާދިންގެ ކާރު އޮތްތަން ފެނުމުން އަވްލީން އެދިމާއަށް ބަލަންހުރެ މަގުހުރަސްކުރުމަށް ހިނގައިގަތެވެ. ރާދިން އަށް ބަލަމުން މަގުހުރަސްކުރަން އުޅުނުއިރު ކުރިމަތިން އައި ކާރެއް އަވްލީންގެ ލޮލުގައި އަޅައެއްނުގަތެވެ. ނަމަވެސް ދުރުގައި އިން ރާދިން އަށް އަވްލީންގެ ކުރިމަތިން އަންނަމުންދިޔަ ކާރު ފެނުމުން އޭނާގެ ނޭވާ ކަރުތެރޭގައި ތާށިވިކަހަލަ އިހުސާސެއް ކުރެވުނެވެ. ކުރިން އަވްލީން އަށް ދިމާވި ފަދަ އެކްސިޓެންޑެއް އަލުން އަވްލީން އަށް ދިމާވާކަށް ރާދިން ބޭނުމެއްނުވެއެވެ. އެހެންކަމުން ވަގުތު ބޭކާރުނުކޮށް ކާރުން ނިކުމެގެން ބާރަށް އަވްލީން އާއި ދިމާއަށް ދުއްވައިގަތެވެ. ކާރުން ފައިބައިގެން ދުވަމުން އައި ރާދިން ފެނިފައި އަވްލީން ކުޑަކޮށް ހައިރާންވިއެވެ. ރާދިން އޭނައާއި ދިމާއަށް ދުވެފައި އަންނަނީ ކީއްވެ ކަމެއް އަވްލީން އަކަށް ނޭނގުނެވެ.
“ލީން ކުރިމައްޗަށް ބަލާބަލަ. ކާރެއް އަންނަނީއޭ އެއޮއް.” ދުވަމުން އައި ރާދިން އަވްލީން އަށް ގޮވައިލަމުން ބާރަށް ބުނެލިއެވެ. ރާދިން އެެހެން ބުނި އަޑުއިވުމުން އަވްލީން ކުރި މައްޗަށް ބަލައިލިއެވެ. އޭރު ކާރާއި އަވްލީން އާއި ދޭތެރޭގައި އެހާ ބޮޑު ދުރުމިނެއްނެތެވެ. ކުއްލިއަކަށް އެހާ ކައިރިން ކާރު އަންނަތަން ފެނުމުން އަވްލީން އަށް ކުރާނެ ހަރަކާތެއްވެސް ނޭނގުނެވެ. އިރުކޮޅަކަށް މުޅި މީހާ ގަނޑުވިކަހަލައެވެ. އަވްލީން އަށް އޭނާގެ ބޮލުގައި ބާރަށް ހިފެހެއްޓުނީ ބޮލަށް ބާރުކުރަން ފެށުމުންނެވެ. ކޮންމެވެސް ސަބަބަކާ ހުރެ އަވްލީން އަށް މިފަދަ އެހެން އެކްސިޑެންޓެއްގެ މަންޒަރު ސިފަވިއެވެ. ނަމަވެސް ސީދާއެއީ ކޮން އެކްސިޑެންޓެއްކަމެއް ނުވަތަ ކޮން އިރަކު ހިނގި އެކްސިޑެންޓެއްކަމެއް އަވްލީން އަކަށް ހަނދާނެއްނުވިއެވެ.
ދުވަމުން އައި ރާދިން އަށް އަވްލީންގެ އަތުގައި ހިފައިލުމަށްފަހު އޭނާއާއިވީ ދިމާއަށް ދަމައިގަނެވުނީ ހަމަ ކިރިޔާއެވެ. މިއަދު ރާދިންއަށް އެންމެ މިނެޓެއްވެސް ލަސްވި ނަމަ އަވްލީން އޮންނާނީ އެކާރުގެ ދަށުވެފައެވެ. ރާދިންގެ އަތުތެރޭގައި އޮތް އަވްލީން އޮތީ ދެންމެވީ ކަންތަކުގެ ސަބަބުން އަދިވެސް ސިހުމެއްގެ ތެރޭގައެވެ.
“މަގު ހުރަސްކުރާއިރު ކުރިއަށް ބަލައިގެން ކަމެއް ނޭނގޭތަ ހުރަސްކުރާނީ؟ ލީން އެހާ ފަރުވާކުޑަވަނީ ކީއްވެތަ ދެންމެ ލީން އަށް ކަމެއްވީ ނަމަ އަހަރެންނަށް ވާނެ ގޮތް އެނގޭތަ؟ ކުރިން އަހަރެންނަށް ލީން ގެއްލުނު ގޮތަށް އަލުން ލީން އަހަރެންގެ ހަޔާތން ވަކިވާކަށް އަހަރެންނެއް ނޭދެން.” އަވްލީންގެ މޫނުގައި ދެއަތުން ހިފަހައްޓައިލަމުން ރާދިން ބުނެލީ ހާސްވެފައި ހުރެއެވެ. އޭރުވެސް އަވްލީން އިނީ ބޮލަށް ދަތުވަތީ ބޮލުގައި އެއް އަތުން ހިފާއްޓައިލައިގެންނެވެ. އެހެންކަމުން ރާދިން ކީ އެއްޗެއް އަވްލީން އަކަށް މާބޮޑަށް ސާފުވާގޮތެއް ނުވިއެވެ.
އަވްލީން އެއްއަތުން ބޮލުގައި ހިފާއްޓައިލައިގެން އިން ގޮތް ފެނިފައި ރާދިން ހާސްވިއެވެ. ހުދު ރާދިން އަކީ ޑޮކްޓަރަކަށް ވުމުން އަވްލީން އެގޮތަށް ރިއެކްޓުކުރާ ސަަބަބު ރާދިން އަށް ކުޑަކޮށް ފަހުމްވިއެވެ.
“ލީން ކިހިނެއްވީ ބޮލަށް ތަދުވަނީތަ؟” ރާދިން އަވްލީންގެ މޫނުގައި ލޯބިން ފިރުމާލަމުން އަހާލިއެވެ. އަވްލީން ވެސް އޭނާގެ ބޮލުން އަތް ނަގަމުން ރާދިން އާއި ދިމާއަށް ބަލައިލިއެވެ.
“ރާދް އަހަންނަކަށް ނޭނގެ ކިހިނެއްކަމެއް އަހަރެންނަށް މިވަނީ. ހީވަނީ މީ ކުރިންވެސް އަަހަރެންނަށް ދިމާވި ކަހަލަ ކަމެކޭ. އެކަމް އެއްވެސް އެއްޗެއް ހަނދާނެއްނުވޭ.” އަވްލީން ރާދިންގެ މޭގައި މޫނު ފޮރުވާލަމުން ބުނެލިއެވެ. ރާދިންގެ ޝައްކު ޔަގީނަށް ބަދަލުވިއެވެ. އަވްލީންގެ ހަނދާނުން ފޮހެވިފައިވާ ބައި މަޑުމަޑުން އަވްލީން އަށް ކުލަ ނެތް ތަސްވީރުތަކެއްހެން ފެންނަން ފެށީއެވެ. ރާދިން އަށް އޭނާ ވާންވީ އުފާކަމެއް ނުވަތަ ދެރަ ކަމެއް ނޭނގުނެވެ. އަވްލީން އަށް ހުރިހާ ކަމެއް ހަނދާންވެ ހަގީގަތް އެނގުމުން އަވްލީން ކަންތައްކުރާނީ ކޮންގޮތަަކަށް ކަމެއް ރާދިން އަކަށް ނޭނގެއެވެ. އެހެންކަމުން ރާދިންގެ ހިތުގައި އަވްލީން އޭނާ ދޫކޮށްލައިފައި ދާނެކަމުގެ ބިރު އަބަދުވެސް އޮވެއެވެ. ނަމަވެސް އެހެން މީހުންގެ ކުރިމަތީގައި މިކަން ރާދިން ހާމައެއްނުކުރެއެވެ.
“ލީން ރިލެކްސް. އެހާ ބޮޑަށް ސިކުނޑިއަށް ބާރުނުކުރޭ. ލީން އަށް އެނގެއެއްނުދޯ ކުރިން ލީން އެކްސިޑެންޓެއްވިކަން. އެވާނީ އެކަންތައް ދެންމެ ލީން އަށް ހަނދާނަށް އައީ ކަމަށް. އެހާ ވަރަށް ދެން އެކަމާ ނުވިސްނާ.” ރާދިން އަވްލީން ހަމަޖައްސަން އުޅުނެވެ. މިވަގުތު އަވްލީން ލައްވާ އެއްވެސް ކަމެއް ހަނދާންކުރުވަން އުޅުމުން އަވްލީންއަށް އޭގެ ނޭދެވޭ އަސަރުކޮށްފާނެކަން އެނގޭތީ އިތުރަށް އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކަން ރާދިން ބޭނުމެއްނުވިއެވެ. ނަމަވެސް އެއްވެސް ހާލަތެއްގައި އަވްލީން އަށް ހަގީގަތް ސިއްރުކުރަން ރާދިން ބޭނުމެއްނުވެއެވެ. ހަގީގަތް އެނގުމަށްފަހު އަވްލީން ކޮންމެ ގޮަތެއް ނިންމި ނަމަވެސް ރާދިން އަވްލީންގެ ނިންމުމާއި ދެކޮޅެއް ނަހަދާނެއެވެ. ނަމަވެސް މިވަގުުތު އަވްލީން އަށް އެހުރިހާ އެއްޗެއް ކިޔާދެން އެންމެ ރަނގަޅު ވަގުތަށް ނުވުމުން ރާދިން އެ މައުލޫއަށް ވާހަކަނުދެއްކީއެވެ.
އުޑުމަތި ބަނަކޮށް އޮތުމަށްފަހު ވިއްސާ އޮއްސާލީ އަވްލީން އާއި ރާދިން އެގޮތަށް މަގުމަތީގައި ތިއްބައެވެ. އަވްލީން އަދިވެސް އިނީ ރާދިންގެ މޭތެރޭގައި މޫނުފޮރުވާލައިގެންނެވެ. ރާދިންވެސް އަވްލީންގެ ބޮލުގައި އޭނާގެ ދަތްދޮޅި އަޅުވާލައިގެން އިން އިރު ވެހެމުން ދިޔަ ވާރޭގެ ސަބަބުން އިސާހިތަކު ދެމީހުން ތެމި ފޯވިއެވެ.
“ލީން ހިނގާދެން ދާން މިހާރު ވާރެޔާ ތެމިފޯވީ މިއޮއް. މާގިނައިރު ވާރޭތެރޭގަ އިންނަންވެއްޖެޔާ ރޯގާޖެހިދާނެ.” ރާދިން އޭނާގެ ގައިގާ ބައްދާލައިގެން އިން އަވްލީން ކުޑަކޮށް ދުރުކޮށްލަމުން ބުނެލިއެވެ. ނަމަވެސް އެތަނުން ތެދުމުގެ ބަދަލުގައި އަވްލީން ކުރިއަށް ވުރެވެސް ބާރަށް ރާދިންގެ ގައިގާ ބައްދާލިއެވެ. އަވްލީންގެ ހޫނު ނޭވާ ރާދިންގެ މެއަށް އެޅެމުން ދިޔަ ގޮތުން ރާދިންގެ ހިއްސުތައް ހޭލައްވާގޮތްވިއެވެ. އޭރު ފިނިވުމުގެ ސަބަބުން އަވްލީންގެ ހަށިގަނޑުގައި މަޑުތުރުތުރެއްގެ އަސަރު ހުއްޓެވެ. ރާދިން އަވްލީން ކުޑަކޮށް ދުރުކޮށްލަމުން އެމޫނަށް ބަލައިލީ މަސްތުން ފުރިގެންވީ ގޮތަކަށެވެ. ވާރޭ ތިކިތައް އެދޮން މޫނުގައި ހަރުލާފައި ހުރިގޮތުން އިތުރު ފުރިހަމަކަމެއް ގެނުވައެވެ. އެ މޫނުގައި ބޮސްދީފައިދާ ވާރޭތިކިތަކާއި ދޭތުރޭގައި އެވަގުތު ރާދިން އަށް ހަސަދަވެރިވެވުނެވެ. މަޑުމަޑުން އަވްލީންގެ މޫނުގައި ދެއަތުން ހިފާއްޓައިލަމުން އެމޫނާއި މޫނު ކައިރި ކުރަމުން ދިޔައެވެ. އޭރު ރާދިންގެ ނަޒަރު ހުއްޓިފައިވަނީ ފިނިފެންމަލެއްގެ ފިޔައެއްފަދަ އެރީތި ތުނި ތުންފަތަށެވެ. ރާދިން ކައިރިވާން ފެށުމުން އަވްލީންގެ ހިތުގެ ތެޅުންވެސް އަވަސްވިއެވެ. އެސްފިޔަތައް ތިރިކޮށްލަމުން ދެލޯމަރައިލެވުނީ ރާދިންއަށް ފުރިހަމަ އެއްބާރުލުން ދެމުންނެވެ. އެއުފާރެވި ވަގުތުކޮޅުގެ ފޮނި މީރުކަން ދެލޯބިވެރިންވެސް ލިބިގަތީ އެކަމަކަށް ފެންބޮވައިގަނެފައި ތިބި ބައެއް ފަދައިންނެވެ.
***************************
ވިއްސާރަ ދުވަހަކަށްފަހު އުޑުމަތި މިއަދު އޮތީ ސާފުކޮށެވެ. އަރުގެ ރަން ދޯދިތައް ދުނިޔެ މައްޗަށް އެޅިފައިވާއިރު ބަލައިލަން ކިތައްެމެހާވެސް ހިތްގައިމެވެ.
އަވްލީން ބަދިގެތެރޭގައި އަވަދިނެތި އުޅެމުން ދިޔައީ ހޮސްޕިޓަލަށް ދިއުމުގެ ކުރިއަށް ސައި ހެދުމުގެ މަސައްކަތްކޮށް ނިންމާ ލުމަށެވެ. އަވްލީންގެ ހާލު މިހާރު ކުރިއަށްވުރެ ރަނގަޅުވެފައިވުމުން މަދު މަދުން ގޭތެރޭގެ މަސައްކަތްކޮށްއުޅެއެވެ. ކަމެއްނުކޮށް އަބަދު އަރާމުކުރަން އޮންނަން ވުމުން އަވްލީން މާފުހިވާގޮތްވެއެވެ. އަދި ޔާސިރާވެސް އަވްލީން ކަމެއް ނުކޮށް އަންނާތީ އަބަދު އެކަމާ ހަޅޭއްލަވައެވެ. ސައި ހަދައިނިމުމުން އަވްލީން އޭނާގެ ކޮޓަރިއަށް ދިޔައީ އަވަހަށް ތައްޔާރުވުމަށެވެ. ކުރިން ދުވަހު ކަންތައް ދިމާވިގޮތުން ރާދިންގެ އެދުމުގެ މަތިން ހޮސްޕިޓަލަށް ނުގޮސް އަވްލީން ގެއަށްއައީ އެވެ.
ހުދުކުލައިގެ އަތްދިގު ގަމީސްކޮޅަކާއި މެރޫން ކުލައިގެ ސްކިނީއެއްގައި ހުރިއިރު އަވްލީންގެ ހީވަނީ ހޫރު ޕަރީއެއް ހެންނެވެ. ގަމީހުގެ އަތް ލޭސްފޮތިން ފަހާފައި އިނުމުން އެ ދޮންއަތް އޮތީ ހާމައަަށެވެ. އިސްތަށިގަނޑު މައްޗަށް ނަގައި ޕޮނީ ޓެއިލްއެއްގޮތަށް އައްސައިލާފައި ހުރުމުން ވަރަށް ވެސް ފުރިހަމަ އެވެ. އެސްފިޔަތަކުގައި މަސްކަރާ ހޭކުމަށްފަހު ދެލޯ އައިލައިނާއިން ފައިވައިލުމުން އިރުނަށްވުރެ ކަޅުކަންގަދަކަމަށް ދައްކައެވެ. ސްކިނީގައި ހުރި މެރޫންގެ ޑާކް ޝޭޑްގެ ލިޕްސްޓިކެއް ތުންފަތުގައި ހާކައިލުމުން މޫނުމަތި އިތުރަށް ފުރިހަމަވިއެވެ. ހިތްހަމަޖެހޭވަރުވުމުން މުޅި ގަޔަށް ސެންޓު ބުރިވާލުމަށްފަހު އެންމެ ފަހު ފަހަރަށް ލޯގަނޑުން އަމިއްލަ ނަފްސަށް ބަލައިލުމަށްފަހު ބޭރަށް ދާން ހިނގައިގަތެވެ. އޭރު ރާދިން އަވްލީން ލަސްވެގެން ގުޅަނީއެވެ. ފޯނުނަގައި ކަންފަތުގައި ޖައްސާލަމުން މިދަނީ ކަމުގައި ބުނުމަށްފަހު އަވްލީން ފޯނު ބޭއްވިއެވެ. އަދި އަވަހަށް ބޫޓަށް އެރުމަށްފަހު ބޭރަށް ނިކުތެވެ. އޭރު އަވްލީން މެންގޭ ކައިރީގައި ކާރު ޕާކުކޮށްލައިގެން ރާދިން އަވްލީންގެ އިންތިޒާރުގައި ހުއްޓެވެ. މެރޫން ކުލައިގެ ގަމީހަކާއި ކަޅު ކުލައިގެ ސްކިނީއެއްގައި ހުރި ރާދިން ހީވަނީ ބޭރު މޮޑަލްއެއް ހެންނެވެ. އެހާވެސް ފުރިހަމައެވެ. އަވްލީން އަށް ކުޑައިރުކޮޅެއްވަންދެން ރާދިން އާއި ދިމާއަށް ބަލަން ހުރެވުނެވެ. ރާދިން އޭނަ އާއި ދިމާއަށް އަތް ހޫރާލުމުން އަވްލީން ދެފަރާތަށް ބޯހަލުވާލުމަށްފަހު ކުރިއަށް ހިނގައިގަތެވެ.
“ޔޫ ލުކް ގޯޖިއަސް ލަވް. ވަރަށް ސަޅި މިއަދު ހީވަނީ ހަމަ ރީތިކަން ހުސްކޮށްގެން ހުރި ހޫރު ޕަރިއެއްހެން.” ރާދިން އަވްލީން އަށް ތައުރީފްކޮށްލިއެވެ.
“ރާދް ވެސް ވަރަށް ހޭންޑްސަމް ހަމަ.” އަވްލީންވެސް އޭނާގެ ހިތުގައިވާ އެއްޗެއް ހާމަކޮށްލިއެވެ. އަދި ރާދިން ކާުރުގެ ދޮރު ހުޅުވާދިނުމުން ކާރަށް އަރައި ހަމަޖެހިލިއެވެ.
ހޮސްޕިޓަލުގެ ހުރިހާ މުވައްޒަފުންވެސް އަވްލީން އަށް ވަަރަށް ހޫނު މަރުހަބާއެއް ކިއެވެ. އެހާ ފަސޭހައިން ތަނުގެ މުވައްޒަފުންނާއި ގާތް ގުޅުމެއް އުފެދުމުން އަވްލީން ހުރީ ވަރަށް ހިތްހަމަޖެހިފައެވެ. އަލަށް ދިމާވި ބައެއް ހެންވެސް ހިޔެއްނުވެއެވެ. ފުރަތަމަ ދުވަހަށް ވުމުން އަވްލީން އަށް ކުރާނެ މާބޮޑުކަމެއް ނެތެވެ. ނަމަވެސް ދެތިން ބަލި މީހުން ބަލާލިއެވެ.
މެންދުރަށް އަޅަންދެން އުޑުމަތި ރީތިކޮށް އޮތުމަށްފަހު ވިއްސާރައިގެ އަސަރު ދުނިޔެ މައްޗަށް އަތްގަދަކޮށްލިއެވެ. އިރުގެ ދޯތިތަކުގެ މައްޗަށް ބޯވާރޭ ވިލާތައް އެޅުމުގެ ސަބަބުން ދުނިޔެ މަތި އަނދިކޮށްލިއެވެ. ބެލްކަނިން ބޭރު ބަލަން އިން ރާދިން އިނީ ފުން ވިސްނުމަކަށް ގެއްލިފައެވެ. އެހެން އިންނައިރު އަތުގައި އިން ކޮފީ މަގުން އެތިކޮޅުކޮޅު ބޮމުން ދިޔައެވެ. އަވްލީން އާއި ރާދިން އެއްބަސްވެފައި އޮތީ މިރޭ ރާދިން އޭނާގެ މައިންބަފައިން ގޮވައިގެން އަވްލީން މެން ގެއަށް ދެމީހުންގެ ކައިވެނީގެ ވާހަަކަ ދައްކަން ދިޔުމަށެވެ. ރާދިން އެކޭ އެއްގޮތަށް އަވްލީންވެސް ކައިވެނިނުކޮށް ގިނަދުވަހު ހުންނަން ބޭނުންނުވުމުން ދެމީހުން ނިންމީ އާއިލާ މީހުންނަށް ދެމީހުންގެ ގުޅުމުގެ ވާހަކަ އެންގުމަށްފަހު ވީހާ އަވަހަށް އިންނަން ބޭނުން ވާހަކަ އެމީހުން ގާތުގައި ބުނާށެވެ. އަވްލީން އަށް ނޭނގުން ނަމަވެސް ދެފަރާތު އާއިލާ މީހުންވެސް އެގުޅުމަށް އާބަސްދޭނެކަން ރާދިން އަށް އެނގެއެވެ. ނަމަވެސް ރާދިން އެންމެ ކަންބޮޑުވާކަމަކީ އަވްލީން އަށް ކުރީގެ ކަންތައް ހަނދާންވުމުން ދެން ކަންތައް ވާނެ ގޮތަކާއި މެދުއެވެ. މިހާރުވެސް އަވްލީން އަށް ހުރިހާ ވާހަކައެއް ހަގީގަތަށް ކިޔާދޭން ރާދިން ބޭނުންވެއެވެ. ނަމަވެސް އެކަމުގެ ސަބަބުން އަވްލީން އަށް ގެއްލުންވެދާނެކަން އެނގިހުރެ އަފަދަ ފިޔަވަޅެއް އަޅާކަށް ރާދިން ބޭނުމެއްނުވެއެވެ. އަވްލީން އަށް އެއްވެސް ކަހަލަ ގެއްލުމެއްވާނެފަދަ ކަމެއް ކުރަން ރާދިން ހުވަފެނުންވެސް ނުދެކޭނެއެވެ.
ބަރާބަރު 8 ޖެހިއިރު ރާދިން އޭނާގެ މައިންބަފައިން ގޮވައިގެން އަވްލީން މެން ގެއަށް އައެވެ. މިރުހާން ރާދިންގެ އާއިލާ އަށް ހޫނު މަރުހަބާއެއް ކީއިރު މޫނު ހަދައިގެން ހުރީ ޔާސިރާއެވެ. ކަންތައް މިދަނީ އެއްގޮތަކަށްވެސް ޔާސިރާ ބޭނުންވާގޮތަކަށް ނޫނެވެ. ނަމަވެސް ކަމެއްނުކޮށް މަޑުން ހުރުން ނޫން ގޮތެއް އޭނާއަކަށް ނެތެވެ. އަވްލީން އަށް ދެރައެއްލިބޭނެގޮތަށް އެއްވެސް ކަމެއް ކުރިއަސް މިރުހާންގެ ރުޅި އާއި ކުރިމަތިލާންޖެހޭނެކަން ޔާސިރާއަށް ހަމަ ރަނގަޅަށް އެނގެއެވެ. ނަމަވެސް ކަމެއް ނުކޮށް މަޑުން ހުންނާކަށްވެސް އޭނާ ބޭނުމެއްނުވެއެވެ. އަވްލީން އޭނާދެކެ ކިތައްމެ ލޯބިވާކަމަށް ހެދިގެން އުޅުން ނަމަވެސް ޔާސިރާގެ ހިތުން އަވްލީން އަށް ކުޑަވެސް ޖާގައެއް ދޭކަށް ޔާސިރާ ބޭނުމެއްނުވެއެވެ. އަވްލީން އުފަލުގައި އުޅޭތަން ބަލާކަށް ޔާސިރާ ހަމަހިލާބޭނުމެއްނުވެއެވެ.
“ޔާސިރާ ދޭބަލަ އަވްލީން ގޮވާގެން އަންނަން.” ރިޔާދު މެން ސޯފާގައި ހަމަޖެހިލައިގެން އިށީނުމުން މިރުހާން އެދުނީ އަވްލީން ގޮވާގެން އަންނަން ދިއުމަށެވެ. މިރުހާން އާއި ދިމާއަށް ކުޑަކޮށް ލޯއަޅާލުމަށްފަހު ޔާސިރާ އަވްލީންގެ ކޮޓަރި އާއި ދިމާއަށް ދިޔައެވެ. ކޮޓަރީގެ ތަޅުގައި ހިފާލިއިރު ކޮޓަރި ހުރީ ތަޅުނުލައެވެ. އެހެންކަމުން ޓަކި ޖަހާލުމެއްވެސް ނެތި ޔާސިރާ ކޮޓަރިތެރެއަށް ވަދެގަތެވެ. ޑްރެސިންޓޭބަލް ހުރިމަތީގައި ރީތިވާން އިން އަވްލީން ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް ކުޑަކޮށް ސިއްސައިގެންދިޔައެވެ. އެނބުލަބަލާލިއިރު އޭނަ އާއި ދިމާއަށް އަންނަ ޔާސިރާ ފެނި ކުޑަކޮށް ހައިރާންވާގޮތްވިއެވެ.
“ކޮންމެހެން މަށާ ދިމާލަށް ބަލާނެކަމެއް ނެތް ތިވަރަށް. މިރުހާން ބުނެގެން ނޫން ނަމަ އަހަރެން ކަލޭ އާއި ވައިވެސް ނޭޅޭނަން.” މައުސޫމް ގޮތަކަށް ޔާސިރާ އާއި ދިމާލަށް ބަލަން އިން އަވްލީންއަށް ޔާސިރާގެ ވިހަ ބަސްތައް އިވުުމުން އެރީތި ދެލޯ ފެންކަޅިވިއެވެ.
“ހޫން ދެން ރޯނެކަމެއް ނެތް ކޮންމެހެން އެހެންނޫނީ ކަލޭގެ ބައްޕަ ކުރިމަތީ މަވަރުގެ ނުބައި މީހެއް ނުހުންނާނެ.” ފެންކަޅިވެފައިވާ އަވްލީންގެ ދެލޯ ފެނުމުންވެސް ޔާސިރާގެ ހިތަށް އަސަރެއްނުކުރިއެވެ. އަދިވެސް އިތުރަށް އަވްލީންގެ ހިތުގައި ޖެއްސުން ނޫންކަމެއް ޔާސިރާ އަކަށް ނުކުރެވެއެވެ.
“މަންމާ ތިހެން ނުބުނެބަލަ. ތީ އަހަރެންގެ އުފަން މަންމައަށް ނުވިއަސް ކުޑައިރުއްސުރެއް އަހަރެން ދެކެނީ ތީ ހަމަ އަހަރެންގެ މަންމަ ކަމަށް. ދުވަހަކުވެސް މަންމަ ދެކެ ރުޅި އައިސް ނޫނީ ހިތްހަމަނުޖެހިގެންވެސް އެއްވެސް އެއްޗެއް ބުނެފައެއް ނޯންނާނެ. އަބަދުވެސް އަހަރެން ބަލަނީ މަންމަގެ ރުހުމާއި ލޯބި ހޯދޭނެގޮތަކަށް.” ހިތަށްކުރި އަސަރަކުން އަވްލީން އަށް އޭނާގެ ލޯތެރޭގައި ބޮނޑިވެފައިވާ ކަރުނަތައް ހިފަހައްޓައެއްނުލެވުނެވެ.
“ބަލަ މިރުހާންގެ ކުރިމަތީ އަހަރެން ކުށްވެރިކުރާނެ ގޮތެއް ނުފެނިގެންތަ ތިޔަ ކަރުނަތަށް ތިބައިލަނީ؟ ކަލޭ ބޭނުންވާ ގޮތަށް ހުރިހާ ކަމެއްވަނީ އެއްނު މިހާރު. ކުރިން ފަހަރު އެ ރާދިން އާއި ކައިވެނިނުކުރެވުނަސް އަނެއްކާވެސް އޭނާ އާއި ކައިވެނިކުރާކަށްނު ތިޔަ އުޅެނީ. މިފަހަރުވެސް ކުރިން ފަހަރުގޮތަށް ކައިވެންޏާއި ހަމައަށް ގޮއްސަ އެ ރާދިން ކަލޭ އަށް ދޯކާދޭނީ ކަންނޭގެ. އެއީ ކަލޭއަށް ލިބެންޖެހޭ އެއްޗަކީވެސް.” އައި ރުޅިމަތީގައި ޔާސިރާ އަށް ކިޔޭ ނުކިޔޭ އެއްޗެއްވެސް ނުވިސްނުނެވެ.
ޔާސިރާގެ ބަސްތައް އަޑުއިވުމުން އަވްލީން އަށް ލިބުނީ ޝޮކެކެވެ. ޔާސިރާ އެދައްކަނީ ކޮން ވާހަކައެއްކަމެއް އަވްލީން އަކަށް ނޭނގުނެވެ. ކަމެއް ހަނދާންކުރަން އުޅޭ ފަދަ ގޮތަކަށް އަވްލީން އޭނާގެ ބޮލުގައި ދެއަތުން ހިފަހައްޓާލިއެވެ. އޭރު ބޮލަށް ބާރުކުރާ ވަރުން ހީވަނީ ބޯފަޅައިގެން ހިނގައިދާނެ ހެންނެވެ.
ޔާސިރާ ލަސްވެގެން އެދިމާއަށް ދިޔަ މާޒިން އަށް އަވްލީން އާއި ދިމާއަށް ޔާސިރާ ކީ ހުރިހާ އެއްޗެއް އަޑުއިވުނެވެ. ޔާސިރާ އެފަދަކަމެއް ކުރުމުން މާޒިން ހުރީ ރުޅިގަދަވެފައެވެ. ކުރީގައިވެފައި އޮތް އެއްވެސް ކަމެއް އެފަދަގޮތަކަށް އަވްލީން އަށް ކިޔާދިނުމުން އަވްލީން އަށް ގެއްލުން ވެދާނެކަމަށް ޑޮކްޓަރުން ވަނީ ބުނުއްވާފައެވެ. ނަމަވެސް ޔާސިރާ އެފަދަގޮތަށް އަވްލީންގެ މާޒީ އަވްލީންގެ ކުރިމަތީގައި ނިއުޅާލުމުން މާޒިން ހުރީ ވަރަށް ހިތްހަމަނުޖެހިފައެވެ.
“މަންމާ…..” މާޒިންގެ ބާރު އަޑުއިވުމުން ޔާސިރާ ދިޔައީ ސިއްސާގެންނެވެ. ފަތަށް އެނބުރި ބަލައިލިއިރު ރުޅިއައިސް ރަތްވެފައިހުރި މާޒިން ފެނުމުން ވީގޮތް ޔާސިރާ އަށް ފަހުންވިއެވެ. ރުޅިމަތީގައި އޭނާއަށް މިބުނެވުނީ ކީކޭކަން ވިސްނާލެވުނީ އަދި ކިރިޔާއެވެ. ނަަމަވެސް އެއިން އެއްވެސް ކަމަކާ ދެރަވާކަމެއް އެމޫނުމަތިން ފާޅުވާކަށްނެތެވެ.
ސިޓިންރޫމުގައި ތިބި މިރުހާން މެންނަށްވެސް މާޒިންގެ އަޑު އިވިފައި ސިހުންގެނުވިއެވެ. މާޒިން އެހާ ބާރަށް ވާހަކަ ދައްކާނީ ކޮންމެވެސް ކަމެއް ވެގެންކަން އެމީހުންނަށް އެނގެއެވެ. އެހެންކަމުން އެންމެން ހަލުވި ފިޔަވަޅުގައި އަޑުއައި ދިމާއަށް ދިޔައެވެ.
ރާދިން މެންނަށް އަވްލީންގެ ކޮޓަރި އާއި ހަމައަށް ދެވުނުއިރު ބޮލުގައި ދެއަތުން ހިފަހައްޓާގެންހުރި އަވްލީން ވެއްޓެނީއެވެ. އެހެންކަމުން ރާދިން ދުވެފައިގޮސް އަވްލީންގެ ހަށިގަނޑުގައި ހިފަހައްޓާލިއެވެ. ރާދިން އަށް އަވްލީންގެ ހަށިގަނޑުގައި ހިފައްޓާލެވުނީ ހަމަކިރިޔާއެވެ. ހަބަރު ހުސްވެގެން އަވްލީން ރާދިންގެ އަތުތެރެއަށް ދުމުނެވެ.
=ނުނިމޭ=
17 Comments!
Comments are closed.



me first dho….haadha dhuvas fahunney thi up kolly ekamu mi part ves varah obiness to the maxxx….???
Yes dear you are first ?
Nd sorry for being late. Actually i was busy with ma work and studies thats why delay happened ?
me first dho….haadha dhuvas fahunney thi up kolly ekamu mi part ves hama obiness to the maxxx….???i love this part as well
Wowwww Varah Loabi???….. dhen ufan manma ah nuviyas manma ehge Loabi dhevi dhaanehnu dhw yaasiraa ah vess????? vaki ufan manma ah veemakaa noon dhw Loabi dheveynyki akam vess Varah reethi mi bai ???
Yh dhw donno why yasira is having that much prblm with leen ?
Anyway glad to know that you liked this part too ?❤️
Leen ah libifa thihuree hama fakkaa dhon niyandhureh ??❤❤ ( dhon mamma)??
Yah right dhw ?
Wow … Varah varah reethi
❤️?❤️
when next part
ey aami avleen anehkaa raadhin vaki nukurahchey
Ma Sha Allah. .vvv Salhi mi part vec… Curiously waiting fr the next…avahah up kohdhehchey ingey ???❤❤❤
Koniraku tha next part up kohleyenee……. Mi part ves Vrh ves Reethi……. Masha Allah….. Keep it up…… ???
Aami kobaa next part
Mi baeh writers akah neyngeyne vaahaka fashaafa nimmaakah
Hama vaki hisaabakah gossa huttaafaane
Vaahaka huttaafa ehbai writers bunaany balee ey nooney konmes bahanaa eh dhakane
Noonee habareh ves nuvaane
Vaahaka nuliyevenyaa nuliyanveenu
Boa halaaku Shahaadheh mibunee
Kobaa tha next part . Mihaaru next part kiyaa laa hithun hunathaa kon dhuvahe… ?
Kobaa tha next part….. Miharu next part kiyalaatha kondhuvahe tha me……. Year eh ga tha part eh kiyevanee…… Thi varu vanyaanum esfiya ga vaahaka nuliyevunee…. ??
Assluvess liyaavahaka eh nihmaidheyynama dhw varah kurukoh liyegen part thah up kuriyass mihaaru half year vaan dhany