އައިރާ…( 9 ވަނަބައި)
“ކޮބާތަ ތިބުނަންއުޅޭ ބޮޑު ވާހަކަ؟”އަނެއްކާވެސް އިޔާޝާ އެހިއެވެ.”އިޔާޝާ އަށް ވެސް އިނގޭނުން އައިރާ އަކީ މިހާރު ބޮޑުވެފަ ހުރި އަންހެން ކުއްޖެއްކަން. އޭނާގެ ޒުވާންދުވަސްވަރު އެއްނުން މިއަކީ.ދެން”ދުރަށް ނަޒަރު ހުއްޓާލާގެން ހުރެ ފަޒީލް ބުނެލިއެވެ.”ހޫމް… ދެން ކީޔާފަ ތި ހުއްޓާލިއްޔޯ” އިޔާޝާ ބުނެލިއެވެ.”އައިރާ އިތުރަށް ކިޔަވަންވެސް ބޭނުންވޭނުން. ކިޔަވާގެންނޭނުން މިޒަމާނުގަ ރަނގަޅު ވަޒީފާއެއް ލިބޭނީވެސް.” ފަޒީލް ބުނެލިއެވެ. “އާން ތިކަން އޮތީ ތިހެންނުން. ދެން ކިހިނެތް ވީތަ؟”ފާޑަކަށް ފަޒީލް ދިމާލަށް ބަލާލަމުން އިޔާޝާ ބުނެލިއެވެ.”މިއަދު ޒިހާދު މަގާތު ބުނި އައިރާ އިތުރަށް ކިޔަވާނެ ފުރުސަތު އޭނަ ހޯދާދޭނަމޭ އަހަރެން މިކަމާ އެއްބަސް ހެއްޔޭ”ފަޒީލް ބުނެލިއެވެ.”ދެން ފަޒީލް ކީކޭތަ ބުނީ” ޝާއުޤުވެރިކަމާއެކު އިޔާޝާ އެހިއެވެ.”ދެން އަހަރެން ދޯ. އިޔާޝާ އަށް ވެސް އިނގޭނުން އައިރާއަކީ އަންހެންކުއްޖެއްކަން ކޮންމެ ކޮންމެ ތާކަށް އޭނައެއް ނުފޮނުވެވޭނެކަން. އަނެއްކާ އޭނަ އަހަރެމެންގެ ލޯމަތިން ފޮނުވާފަ އޭނައަށް ގޮތެއްވެއްޖެއްޔާ ކިހާ ދެރަދޯ. އެހެންވެ އަހަރެން އެކަމާއި އެއްބަހެއް ނުވަން” ފަޒީލް ބުނެލިއެވެ. “ދެން ތި ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތޭނުން” އިޔާޝާ ބުނެލިއެވެ.”ދެން އިޔާޝާ މިއެއް ނޫނޭ އަހަރެން ދައްކަން އުޅުނު ވާހަކަ އަކީ.” ފަޒީލް ބުނެލިއެވެ. އިޔާޝާ ފަޒީލް ދިމާލަށް ބަލާލީ ހައިރާން ކަމާއެކުގައެވެ.”އަޅެ މީހަކު އަޖާބެއް ނުވާނެތަ. މިއަދު ފަޒީލްއަށް ތިއިނީ ކިހިނެއްވެފަތަ؟. އާން ދެން އެންޏާވެސް ފަޒީލް އުޅޭ ގޮތެއް ނޫނޭނުން މީ.”އިޔާޝާ ބުނެލިއެވެ.”އިޔާޝާ.. އަހަރެން މިވާހަކަ ފަށާނެ ގޮތެއް ނޭންގިގެން މިއުޅެނީ” ފަޒީލް ބުނެލިއެވެ.”ސާބަސް ފަޒީލްއަށް. ދެންވެސް މާގިނަ ވާހަކަ ނުދައްކާ ތިބުނަން އުޅޭއެއްޗެއް ބުނެނިންމަބަލަ”ހިތްހަމނުޖެހި ހުރެ އިޔާޝާ ބުނެލިއެވެ. “ޒިހާދުވެސް ބުނީ ދޮގު ވާހަކައެއް ނޫނޭނުން. އައިރާ ކިޔެވުގެ ފުރުސަތު ލިބިފަ އޮއްވަ ގެއްލިގެން ގޮސްގެންނެއް ނުވާނޭނުންދޯ. އަހަރެން ގާތު ޒިހާދު ބުނީ އޭނަގެ ފިރެންދަރިފުޅާ އައިރާގެ ކައިވެނި ހަމަޖެއްސިދާނެހޭ އެހި. އެކަމު ބުނީ މަ ބޭނުމިއްޔާއޭ. މަ ބުނިން އޭނަ ގާތު މައެކަނި މިހާ ބޮޑުކަމެއް ނުނިއްމޭނޭ އިޔާޝާ އައިރާގާތު މިވާހަކަ ދައްކާފަ ޖަވާބެއް ދޭނަމޭ. އިޔާޝާ މިކަމާ އެއްބަސްތަ؟” އިޔާޝާ ދިމާލަށް ބަލާލަމުން ފަޒީލް ބުނެލިއެވެ.”އަހަރެން ކިކޭދޯ ބުނާނި.އަދިކިރިޔާއޭ އައިރާއަށް 18 އަހަރު އެވީ. އެހާއަވަހަށް މީހަކާއި ދެވަން ފަޒީލް ތި އެއްބަސްވީ” އިޔާޝާ ބުނެލިއެވެ.”އިޔާޝާ އައިރާ ކައިވެންޏެއް ކޮއްގެން ކޮންކަމެއްތަ އުނިވާނި. މިހާރު އައިރާއަކީ ޒުވަން އަންހެންކުއްޖެކޭ. ޒުވާންދުވަސްވަރޭ ގިނަ މީހުންނަށް މަގު އޮޅިގެން ދަނީވެސް. އައިރާ މީހަކާއި އިނީމަ އަހަރެން ނެއްތާގަވެސް އޭނަ ހިމާޔަތްކޮށް ރައްކާތެރިކޮއްދޭނެ މިހަކުވީނުން.ޒިހާދުވެސް މަގާތު ބުނި އޭނަ ދަރިފުޅާ އިނދެގެންވެސް އައިރާ ކިޔެވިދާނޭ. އެކަމުގަ އެއްވެސް ދަތިކަމެއް ނޯންނާނޭ.އިޔާޝަ ނިކަން ބުނެބަލަ އަހަރެން މިބުނީ ގޯސް ވާހަކައެއްތަ؟ އަހަރެންވެސް ބޭނުމެއްނުވާނެދޯ އައިރާއަކަށްދެރަގޮތެއް ވާކަށް. އައިރާއަށް ރަނގަޅަކަށް މިވާހަކަ މިދައްކަނީވެސް. އިޔާޝަ ނުޤަބޫލިއްޔާ އަހަރެންނެއްވެސް މިކަމާ އެއްޗެއް ބަނާކަށް ނެތިން” ފަޒީލް އޭނަގެ ވާހަކަ ކުރުކޮށްލިއެވެ.”ހޫމް.. ފަޒީލް ތިބުނީ އެއްޗެއް ގޯހެއްނޫން. އަހަރެން ތިކަމާ އެއްބަސް. އެކަމަކު އައިރާ ތިކަމާ ބުނަނި ކީކޭކަމެއް އަހަންނަކަށް ނޭންގޭ” ފުންވިސްނުމެއްގެ ތެރޭ އިނދެ އިޔާޝަ ބުނެލިއެވެ.”އިޔާޝަ ދޭބަލަ އެމަންޖެ ގޮވާގެން މިތަނަށް އާދެބަލަ” ފަޒީލް އެދުނެއެވެ. އިޔާޝާ ލަސްކުކޮށް އައިރާ ބަލާ ދިޔައެވެ.
ފަޒީލް އެދުނު ގޮތަށް އިޔާޝާ އައި އައިރާ ގޮވައިގެންނެއެވެ.”ދަރިފުޅާ އައިރާ މިތާ ޖޯލީގަ އިށީންދެބަ.” ފަޒީލް އެހެން ބުނުމުން އައިރާ ފަޒީލް އާއި ޖެހިގެން އިނ ޖޯލިގަ އިށިންދިއެވެ.އިޔާޝާ ވެސް އައިރާ ގާތު އިށީންދިއެވެ.”ބައްޕާ އަނެއްކާ ކަމެއްވީތޯ” އަދަބުވެރިކަމާއެކު އައިރާ އެހިއެވެ.”އާން ދަރިފުޅާ. ދަރިފުޅު ތީ ޒުވާންކުއްޖެއްނުން. ދަރިފުޅު އިތުރަށް ކިޔަވަން ބޭނުންވޭނުން. އިރާދަކުރެއްވީތި ދަރިފުޅަށް އެފުރުސަތު ލިބިއްޖެ.އެކަމް ޝަރުތެއްގެ މަތިން. ބައްޕައާއި މަންމަގެ ވަރަށް ބޮޑު އެދުމެއް އެބޮތް. ދަރިފުޅު ބައްޕަމެން މިއެދޭ އެދުން ފުރިހަމަކޮއްދިނުމަކީ ބައްޕަމެން އުފާވާނެ ކަމެއް”ފަޒީލް ބުނެލިއެވެ.”ތެދެއް ދަރިފުޅާ” އިޔާޝާވެސް ފަޒީލް ބުނި ބަހަށް ތާއީދުކޮށްލިއެވެ.” އާން ބައްޕާ. އަޅުގަނޑު ބައްޕައާއި މަންމަ ބުނާކޮންމެ އެދުމެއް ފުރިހަމަކޮށްދެނީ އުފަލާއެކު.ދެން ވެސް އަޅުގަނޑަށް ތި އެދުން ފުރިހަމަ ކޮށްދެވޭނެ.”ފަޒީލްމެން ބުނަންއުޅޭ އެއްޗެއް ނޭންގޭ ޙާލު އައިރާ އެކަމާ އެއްބަސްވީ އުފަލާއެކުގައެވެ.”ހާދަ ރަނގަޅޭ. ބައްޕައަށް އޭރުވެސް އިނގޭ ދަރިފުޅު ބައްޕަމެން އެދޭ އެދުމަކަށް ދެކޮޅެއް ނުހަދާނެކަން.ވަރަށް އުފާވެއްޖެ މިއަދު. ދަރިފުޅަށްވެސް އިނގޭނުން ދަރިފުޅުގެ މަންމައާއި ބައްޕައެއް ދަރިފުޅަށް ރަނގަޅުގޮތް ވާންކަން އަބަދުވެސް އެދެނީ. ދަރިފުޅުގެ ކައިވެނި ވަނީ ޒިހާދުބެގެ ދަރިފުޅާ ހަމަޖައްސާފަ. ދަރިފުޅުގެ މިކައިވެނި ކުރެވޭ ދުވަހަކީ މަންމައާއި ބައްޕަ އެންމެ އުފާވާނެ ދުވަސް.” ފަޒީލް ބުނެލިއެވެ. އައިރާއަށް އެހުރިހާ ލަފްޒެއް އަޑުއިވުނީ ހޮނުގުގުރިއެއްފަދައިންނެއެވެ.އެލަފްޒުތަށް އަޑުއިވުވުގެކުރިން އޭނަގެ ކަންފަތް ބީރުވިނަމައޭ އައިރާ ހިތަށް އެރިއެވެ. އައިރާ ވަކިވަކިން އޭނަގެ މަންމައާއި ބައްޕަގެ މޫނަށް ބަލާލިއެވެ. އެދެމީހުންގެ މޫނުމަތިން ފެންނަމުންދާ އުންމީދާއި އުފާވެރިކަންފެނި އައިރާއަށް ހިތްދިރުވާލިއެވެ. އަދި ގަދަކަމުން މޫނުމަށްޗަށް އުފާވެރިކަން ގެންނަމުން ބުނެލިއެވެ.”މަންމައާއި ބައްޕަ ތިބުނާ އެދުން ފުރިހަމަކޮށްދޭން އަޅުގަނޑުމިހުރީ ހަމަ ތައްޔާރަށް” ހީލަމުން އައިރާ ބުނެލިއެވެ.ފަޒީލް އާއި އިޔާޝާ ދެމީހުން އުފަލުން އައިރާ ގައިގަ ބައްދާލިއެވެ.ކިތަންމެ އެކަމާ ދެކޮޅު ހަދަން އައިރާ ބޭނުވިއެއްކަމަކު އައިރާ އެކަމާއި ދެކޮޅުހަދާކަށެއް ނުކެރުނެއެވެ.އައިރާގެ މައިންބަފައިންނަށްޓަކައި ވެސް އައިރާ އެކައިވެނި ކުރާނެއެވެ.
ކޮންމެދުވަހެއްވެސް ފަށަނީ އެއްބަޔެއްގެ ދިރިއުޅުމަށް އުފާވެރިން ދެނެސްދޭއިރު އަނެއްބައެއްގެ ދިރިއުޅުން ހިތާމަވެރިކޮށެއެވެ. މިއީ އަބަދުވެސް ދުނިޔޭދެ އުޞޫލެއެވެ.ފަޒީލް އެންމެފުރަމަވެސް އައިރާ ކައިވެންޏާއި އެއްބަސްވިކަމުގެ ޙަބަރު ދިނީ ޒިހާދުއަށެއެވެ. ޒިހާދު އެދުނީ މާދަން އޭނަ މަލެ ދާން ފުރާއިރު އޭނައާއެކު މާލެދަން އެންމެން ފުރުމަށެއެވެ. ހަފްތާއެއްފަހުން އައިރާ އާއި ޒަވީންގެ ކައިވެނި ކުރެވިގެންދާ ގޮތަށް ހަމަޖެއްސިއެވެ.ފަޒީލް އާއި އިޔާޝަ އެކަމާއި ހިތުން ރުހުމުން ޤަބޫލުވިއެވެ. އަދި ހަފްތާއެއްގެ ތެރޭގަ އައިރާ ކައިވެނި ކުރެވޭނެ ވާހަކަ އިޔާޝާ ގޮސް އައިރާ ގާތު ބުނީ އުފަލާއެކުގައެވެ. އައިރާއަށް އެއަޑު އިވުމުން ހިވީ ފައިދަށުން ބިންގަނޑު ކެނޑިގެން ދިޔަހެންނެއެވެ.އެހާއަވަހާށް އޭނާގެ ކައިވެނި ކުރެވޭނަކަމަކަށް އައިރާ ކުޑަމިނުން އުންމީދެއް ކޮއްފައެއް ނެތެއެވެ.އައިރާ ގަދަކަމުން އޭނަގެ ތުންފަތަމައްޗަށް ހިނިތުންވެރިކޮށްލިއެވެ. އެއީ އައިރާ ބޭނުން ވަނީ އޭނަގެ މައިންބަފައިން އަބަދުވެސް އުފަލުގަ ބަހަށްޓާށެއެވެ.
ހަވީރު ވަޤުތެއެވެ. އައިރާ ދިޔައީ އީން އުޅޭ ގެއަށެއެވެ. އައިރާ އީން އުޅެކޮޓަރީގަ ޓަކިޖަލިއެވެ. އެތެރެއިން އީން ވަންނާށޭ ބުނި އަޑު އިވުމުން އެތެރެއަށް ވަދުނެއެވެ. އީން ހުރީ ބޮލުގަ ހުޅިޖަހާށެއެވެ. އައިރާ ކޮޓަރިއަށް ވަންތަން ފެނުުމުން އައިރާ ދިމާލަށް ހީލިއެވެ އަދި އެނދުމަތީ އިށިންނަން ބުނެލިއެވެ. އިން ހުޅިޖަހާ ނިންމާލާފަ އައިސް އައިރާ ގާތު އިށިނިއެވެ.”އައިރާ…. އޭ. ހާދަ މަޑުން ތިނީ..”އިސްޖަހާގެން އިން އައިރާ ދިމާލަށް އީން ބުނެލިއެވެ. އެހެންނަސް އައިރާ ފަރާތުން ޖަވާބެއް ނައެވެ.”އައިރާ ބުނެބަލަ. ކިހިނެތްވެފަތަ ތިހިރީ؟”އީން ހާސްވެފަ ހުރެ ބުނެލިއެވެ.އައިރާ އެސިކުތުގަ އީން ގައިގަ ބައްދާލިއެވެ. އީން ކަންފަތުގަ އައިރާގެ މަޑު ގިސްލުމުގެ އަޑު އިވިގެން ދިޔައެވެ. އީން އައިރާ ދުރުކޮށްލަމުން ރަނގަޅަށް އައިރާ ދިމާލަށް ބަލާލިއެވެ. އައިރާ އޭނަގެ ކުރިމަތީ އަބަދުވެސް އެގުތަށް ރޮނީ ކޮންމެވެސް ބޮޑުކަމެއް ވީމައެވެ.”އައިރާ. ތިވެގެން އުޅެކަމެއް ބުނެބަލަ އޭރުންނޭނުން ހެލްޕެއް ވާން އިނގޭނީވެސް”ކަންބޮޑުވެފަ ހުރެ އީން ބުނެލިއެވެ.”ނޫން އީން އެއްވެސް ކަމެއް ނުވޭ.”ކުރެހިފައިވާ އަޑަކުން އައިރާ ބުނެލިއެވެ. “ކަމެއްނުވެ މީހުން ރޯނެތަ؟ އައިރާ އާދެސްކޮށްފަ ބުނަން ތި ވެގެން އުޅޭ ކަމެއް ބުނެބަލަ. އޭރުން ދޯ އެހީ ވާން އިނގޭނީވެސް” އެންމެ ފަހުން ރުޅިއައިސް ހުރެ އީން ބުނެލިއެވެ.”އީން މިކަމުގަ އީންއަށް ކޮށްދެވޭނެ ކަމެއް ނޯންނާނެ. އަހަރެން މައިންބަފައިންގެ އުފަލަށްޓަކައިވެސް މިކަން ކުރާނަން” އައިރާ ބުނެލިއެވެ.”ކޮންކަމެއްގެ ވާހަކައެއްތަަ ތިކިޔަނީ. ތި ބުނަން އުޅޭއެއްޗެއް ނިކަން ރީތިކޮށް ބުނެބަލަ” އީން އަޑަށް ބާރުލާފަ ބުނެލިއެވެ. “އާން އީން. މާދަން މާލެދާން ފުރަން. ހަފްތާއެއްފަހުން އަހަރެން ދެން ހުންނާނި މީހެއްގެ އަތްބެއްގެ ގޮތުގަ” އެހެން ބުނެލިއިރު އައިރާގެ ލޮލުން ހޯސްލާފަ ކަރުނަ ފައިބައިގަތެއެވެ. ދެން އިވިގެން ދިޔައީ އައިރާގެ ގިސްލުމުގެ އަޑެއެވެ.”ވަޓް.. އައި ކާނޓް ބިލީވް ދިސް. އެކަމަކު އައިރާ އަދި ކުއްޖަކާ ރައްޓިއްސެއްވެސް ނުވަމޭނުން. ދެން ކިހިނެތް މިކަން މިވީ. ޕްލީޒް ތެލް ދި ޓްރޫތް”އީންއަކަށްް އެވާހަކަތަށް ޤަބޫލެއް ނުކުރެވުނެއެވެ. އަދި އައިރާ ގާތު އާދޭސްކޮށްފަ އެދުނީ އެކަމުގެ ހަޤީޤަތް ކިޔާދިނުމަށެއެވެ.”އީން ޕްލީޒް ބިލީވް އިޓް..”އައިރާ އީންއަށް ކަންވީގޮތް ކިޔާދިނެއެވެ.”އެކަމް އައިރާ. އައިރައަށް ނުވެސް އިނގޭނުން އިންނަން ތި އުޅެނީ ކާކާ ކަމެއްވެސް. އަހަރެން އައިރާ މަންމައާއި ވާހަކަ ދައްކަންތަ؟”އީން އެހިއެވެ.”ނޫން އީން. އަހަރެންގެ މައިންބަފައިން އެހާ އުފަލުގަ ހުއްޓާ ދެރަކޮށްލާކަށް ނެތިން” އައިރާ ބުނެލިއެވެ.”މާދަން އައިރާ ފުރަންދޯ. ދެން ބުނެބަލަ އަހަރެން ކީއްކޮށްދެންވީ” އީން އެހިއެވެ.”އީން އަހަންނަށް ކަމެއްކޮށްދެން ބޭނުމިއްޔާ އަހަރެން ބުނާ ކަމެއް ކޮށްދެވިދާނެތަ؟”އައިރާ އެހިއެވެ.”އާން ބުނޭ” އީން ބުނެލިއެވެ.”އަހަރެން މާލެއަށް ފުރަން ބޭނުމީ ބުރުގާ އަޅާގެން. އީން.. އަހަންނަށް ބުރުގަލެއް ދެވިދާނެތަ؟”އައިރާ އެހިއެވެ.”އާން. ކީއްވެ ނުދެވެންވީ. މަޑުކުރެ މިއަންނަނީ” އީން އެހެން ބުނެފައި އެދުން ތެދުވިއެވެ.
އީން ގޮސް އޭނަގެ އަލަމާރި ހުޅުވާލިއެވެ.އީން ފަހުން ގަނެފަ އޮތް ކަޅުކުލައިގެ ޖިންސާއި ކަކުލުން ތިރިއަށް އަންނަވަރުގެ ކަނޑުނޫކުލައިގެ ޖިންސުފޮތީގެ ހެދުމެއް ނެގިއެވެ. އަދި އެހެދުމާއެކު އަޅަން ގަނެފަ އޮތް މޭރޫން ޝޯލެއްނެގިއެވެ.އަދި ކަޅުކުލައިގެ އާދައިގެ ބުރުގައެއް ވެސް ނެގިއެވެ. އެހުރިހާ އެއްޗެއް ފަތްޖަހާލާފައި އީން ކޮތަޅަކަށް ލިއެވެ.”އައިރާ. މަދަން ފުރާއިރު މިހެދުންލާ. މީ އަހަރެން އައިރާއަށް ދިން ހަދިޔާއެއްކަމުގަ ބަލާ އިނގޭ” އައިރާ އަތަށް ކޮތަޅު ދިއްކޮށްލަމުން އީން ބުނެލިއެވެ. އައިރާ އެކޮތަޅުގަ ހިފާފައި އީން އަށް ޝުކުރު އަދާކުރިއެވެ.”އައިރާ… އެބައޮތް ވާހަކައެއް ބުނަންވެފަ. އެކަމް ވަރަށްދެރަ އައިރާ ފުރާތީ. އަހަރެންވެސް މިއުޅެނީ މީހަކާއި އިންނަން” އީން ބުނެލިއެވެ.”އަސްލުވެސްތަ… ކޮންދުވަހަކުން؟”އައިރާ އެހިއެވެ.”3 ދުވަސް ފަހުން އިންނަ ގޮތަށް.އެކަމް އައިރާ ނެތީމަ ވަރަށް ދެރަވޭ”އީން ދެރަވެލާފައި ބުނެލިއެވެ.”އީން އެކަންޏެއް ނޫނޭ އަހަރެން ވެސް ދެރަވޭ” އެކަމާ އަިރާވެސް ދެރަވިއެވެ.”އައިރާ އަދި އެބައޮތް ހެޕީ ނިއުސެއް” އީން ބުނެލިއެވެ.”ކޮން؟” އައިރާ ސުވާލުކޮށްލިއެވެ.”އަހަރެންގެ އިންނަން މިއުޅޭ ކުއްޖާ އަދި އައިރާރަކަށް ތަޢާރަފެއް ނުކޮށްދެންދޯ. އަސްލު އައިރާއަށް ސަޕްރައިޒެއް ދޭންވެގެން އެހެން ހެދީ. އޭނައަކީ އެހެން ރަށު ކުއްޖެއް ވިޔަސް އެނަގެ އާއިލާ އެންމެން އަދި އޭނަވެސް ދިރިއުޅެނީ މާލެގަ. އަހަރެމެން މިކޮޅުގަ ކައިވެނި ކޮށްފަ މާލެ ބަދަލުވާނަން. މާލެ ދެވުން އެންމެ އަވަހަކަށް އައިރާ ގާތު ބުނާނަން އަދި އެދުވަހަކުން އަހަރެންގެ ފިރިމީހާ އައިރާއަށް ތަޢާރަފުކޮށް ދޭނަން. މަލޭގަ އުޅެންޏާ ދެމީހުންވެސް ދިމާވާނޭއެއްނުން” ހިނިތުންވެލަމުން އީން ބުނެލިއެވެ. އައިރާވެސް އުފަލުން ބޯޖަހާލިއެވެ.” މާދަން މާލެ ދެވުނީމަ އަހަންނަށް ގުޅާތި.”އީން ބުނެލިއެވެ. އައިރާ ބޯޖަހާލިއެވެ.އީންއަށް އަނެއްކާވެސް އައިރާ ޝުކުރު އަދާކުރިއެވެ.އަދި ދެމީހުން އެކަކު އަނެއްކަށް ސަލާންކުރިއެވެ. އައިރާ ގެއަށް ދިޔައީ ވަރަށް ހިތްހަމަޖެހިގެން ހުރެއެވެ. އީންއަށް ހުރިހާ ވާހަކަތަަކެއް ކިޔާދެވުމުން އައިރާ އެކަމާ ހުރީ ވަރަށް އުފާވެފައެވެ. އައިރާގެ ހިތަށް ކުޑަނަމަވެސް ހަމަޖެހުމެއް ލިބިގެންދިޔަހެން އައިރާއަށް ހީވިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
51 Comments!
Comments are closed.



me first dhw… kiyaalafa comment kohllanan ??
yeh. mifaharu first hoadhii dhw….
Zavyn ok vaanebaa e marriage ah! ? Curiously waiting for the next part ❤️ BTW this part is also great…. Keep it up Layaa
hehehe THANKS Shau. see u in school. HAPPY HOLIDAY.
Mi part ves varah reethi ingey
I really really appreciate your work
THANK U SOOO MUCH. donaa kiyma dheravaa vaahaka bunymehnun. ehen v ma dhonthi ingey kiyaanii.
WAITING FOR THE NEXT PART AND WHEN IS THE NEXT PART?
in shaa Allah liyevunu emeh avahakah up kohdheynan ingey.
Not bad….. When next part??????
THANKS. in shaa Allah livevunu emeh avahakah up kohdheynan ingey.
Masha allah Vvvvv reethi mi part ves.. Alhey i hope zavyn ehbas vaane kamab.. Can’t wait for the next part.. Much love ??????
THANK U SOOOOOOOO MUCH. hama zaveen ehbas nuve dhaaney nun. hehehe. hingaa dhw vaagoi balan
Maashaa Allah vvv reethi.your a great writer.next part avahah up kohdehcey dear.keep it up the good work.good luck
THANK U SOOOO MUCH. how r u?
Varah reethi..next part kiyaalan beynun varah avahah
THANK U SOOOO MUCH. in shaa Allah liyevunu emeh avahakah up kohdheynan ingey.
Isheendhieve eh noon.. Isheeneve
Dhen gaaih gandakah hury hus jumla nimmumuge massala thah.. Konme konme jumlaeh eve ah nimaakah nuheheyne..
U ended the sentence like
Nukerune eve.. It shud be nukeruneve..
Vaguthe eve.. It shoud be vagutheve..
No need of the extra alifu ubufili in such cases..
But there are those cases you need the alifu ebefili.. Like kuraane eve.. Itx correct that way.. Well hope you figure it out..
Ebefili*
THANK u SOOOOO much. ekala mistake varah ginavaane. hama handhaanetheny. i abadhu fasheyha akah egothah vaahaka dhakaathy. in shaa Allah next time i will correct those. darling haadha rangalhey thigothah mistakes faahaga koh dheythy. maa shaa Allah u varah molhu ingey. misite ga srory eh liyan v nun. i want see you srories. varah umeedhu kurevey u ge story eh m isyteun kiyaalan libeyne kamah. anyways THANKS.
I know baeh basthah vaahaka dhakkaa ulhey gothah liyeveny kan.. Like Vanumah Vadhuny liyeveny.. Isheenumah isheendhuny liyeveny… Dhen ekam eve sheve e vaahaka dhekkumuga beynun nukuraathy jehey kuh kamah mibalany..
Abt me writing stories.. Itx not my talent.. But you are talented.. So instead Imma hope to read your stories as ur fan
Now to comment on the storyline.. I’m curious about the future husband of Een.. Waiting for the next episode.. Btw how was your exams..
hehehe. my exam is good. kihineh u ge exam. rangalhutha?
Why did you assume I would have exams?
Alhamdulilahi Hama v baraabaru.layaaly kihineh thr????ly Nd Viber use kuranthr
alhamdhulilahi. good. i use viber. ekam mithaa number share kuraakah beynumeh noon. if u don’t mind can u give ur num.
When is next part ….dear varah salhi mi part ves maasha allah…konme part ehga comment nukuriyas up vaa irah kiyan…thank you …and adhi thankolheh kuruhenn shamm ah hyvany
THANK U SOOOO MUCH. in shaa Allah liyevunu emeh avahakah up kuraanan. but this is more than 1000 words.
Vv salhi ingey mi part…whn next part dear…Curiously waiting fr the next..plc upload soon ingey dear…nd mistakes rangalhukohlahchey ingey…luw yuuh????❣❣❤❤❤❤??????
THANK U SOOOO MUCH jiji, How r u
??Al’hamdhulliah..Fine…nd yuh
Alhamdhulillah i’m good.
Vv reethi mi part vas waiting for nxt part ???❤️❤️❤️❤️❤️❤️
THANK U SOOOO MUCH.
Dear avahah up kohdheeba ingey…can’t wait mihaaru vec…nuvec nidhun ehnve..plc upkohba????
Nxt prt kn irakn
Next part kn irahn
Hey.. please avahah up kohbr.. i’ curious to know what will happen next.. please.. ?♀️next part knirakun?????
sorry hurihaakudhin mi dhuvas kolhu buxy v. mihaaru mi liyanii,
7568829 layaaly mi number yah Viber in message kohfa bunema ibaa ge number deyshey buneba and layaaly eyna yah msg kuraairah name ga layaaly hahahha baindahchey
Hey it’s me iba
Alhey ibaa ge number eyna athuga indhe dhw. Iba can i askk aa question if u don’t mind .
Iba thy konn rashehge kuhjjeh tha?
Iba its me ishu
If yuh don’t mind Can I ask A question…. Ishaa thy kon rashu kuhjeh thr….just hama ahaaly…??
Jiji ves nubunamenu ehenve nubunaanan
Hehe..I don’t want to knw….Dhn ishaa thihaa bunan beynun nethiyyaa kykuran ehn kudhin kairi ahany..heheh..That’s why I vec ehy..Konme hn ingen beynun vegeneh noon…..nd don’t be rude dear ??????????
mihaaru innane gmail ID eh hadhaafa.([email protected]) this is my gmail ID.
More curious about why itx 53593
Layaaly kobaa aneh prt….
We r waiting….
❤❤❤❤❤❤❤
Vara reethi I love it
Vara reethi me part I love it
Airaa ge 10 vana part konirakun up kureveynee