“އަޅުގަނޑަކީ މީހެކޭ އަނތްބެކޭ ބައްޕާ….” ޝަލީން އަޑަށް ބާރުލައިފައި ބުނެލިއިރު ލޯމަރާ ބާރުކޮށްލެވުނީ ބައްޕަގެ ހޫނުއެތިފަހަރެއް މޫނަށް އަރާނެކަން ޔަގީންވެފައެވެ. އެއީ މިއަދާއި ހަމަޔަށް ޝަލީން އެއްވެސް މީހަކަށް ހާމަނުކުރަން ނިންމައިގެން ހުރި ހަގީގަތެއްކަމަކު ޝަލީންއަށް އެކަން ހާމަކުރަން މަޖުބޫރުވީއެވެ. އެއީ ރޭވެމުންދާ ކައިވެނި ހުއްޓުވެން އޮތް ހަމައެކަނި ހަތިޔާރެވެ. ޝަލީންގެ އެންމެ ފަހުގެ އުންމީދެވެ. ޝަލީންގެ ޖުމްލައާއިއެކު އިޝާރު ހުއްޓުން އެރުއްވިއިރު ހަށިގަނޑަށް ހަރަކާތެއް ގެންނަންވެސް ނުކުޅެދުނެވެ. ޝަލީންގެ މޫނަށް ބަލަހައްޓައިގެން ހުރީ ކަންފަތަށް އިވިލެއްވި […]
އައިރާމެން އަރާގެން އައި ޓެކްސީ މަޑުކޮށްލީ އުސްއިމާރާތެއްގެ ކުރިމައްޗަށެވެ.ޓެކްސީ އެމީހުން ބާލަފައި ދިޔަތަނާހެން ފަޒީލް އާއި ޒިހާދުވެސް އެތަނަށް ޓެކްސީއެއްގަ އައިސްފިއެވެ. ޒިހާދު އެދުނީ އޭނަގެ ފަހަތުން އައުމަށެވެ. ފަޒީލް އާއި ފައިޒީން ހިނގައިގަތީ އެމީހުން ގެނެސްފައި ހުރި ފޮށިތަށް އަތަށްލައިގެންނެވެ. އެމީހުންގެ ފަހަތުން އައިރާ އާއި އިޔާޝާ ވެސް ހިނގައިގަތެއެވެ.ޒިހާދު ގޮސް ކުރިމަރިން ފެންނަން ހުރި އުސް އިމާރާތުގެ ގޭޓުން ވަނެވެ. ގްރައުންޑް ފްލޯރ ހުރި ލިފްޓުގެ ފިތަށް ފިއްތާލުމާއެކު ލިފްޓްގެ ދޮރުފަތް ދެފަރާތަށް ކެހިގެން […]
މާދުރުނޫން ހިސާބެއްގައި މަޑުކޮށްލައިގެން ހުރި ޝިޔާޒް ފެނުމާއެކު “އެއީ އަހަރެންގެ ދޮންބެ” އޭ ބުނުމާއެކު އެދިމާއަށް މިސްރާބުޖެހިއެވެ. ދުރުގައި ހުރި ޝިޔާޒްގެ ލޮލުގައި ކަމްލާ އަޅައިގަތީ އެވަގުތުގައެވެ. އޭރު ކަމްލާގެ ނަޒަރަރުވެސް ވަނީ ޝިޔާޒްއަށް އަމާޒުވެފައެވެ. ނަމަވެސް ޝިޔާޒް ބަލާލުމާއެކު ކަމްލާ އަވަސް އަވަހަށް އެހެންދިމާއަކަށް ބަލަންފެށިނަމަވެސް އެހިތުގައި އެތަކެއް ޝަކުވާތަކެއް އެނބުރޭން ފެށިއެވެ. “ދޮންބޭ..” ޝާނީގޮސް ކައިރީގައި ހުއްޓިލަމުން ޝިޔާޒްގެ މޫނުމަތީގައި އަތްހޫރާލަމުން ގޮވާލިއެވެ. ދުރުގައި ތިބި ދެކުދިންނާދިމާއަށް އޭނާގެ ދޮންބެ ބަލަންހުރިކަން ޝާނީއަށްވެސް އެނގެއެވެ. […]
“ޒިން، ދިސް އިޒް ކްރޭޒީ.” ސައިކަލުގެ ކުރީގައި އިން ރުކާން އަހަރެންނާއި ދިމާލަށް ބުނެލިއެވެ. އަހަރެން ބަދަލުގައި ލާނެއް ހިނިތުންވުމެއް ވެދުންކޮށްލީމެވެ. އިސްކަންދަރު ސްކޫލް ގޭޓާއި ދިމާއަށް ބަލަހައްޓައިގެން އަހަރެމެން އެތާ ތިބޭތާ އެއިރުވެސް ދޮޅު ގަޑިއިރު ވެދާނެއެވެ. އަހަރެން އެކި މީސްމީހުންނަށް ޓެކްސްޓު ކުރަމުން ދިޔައިރު، ގަޑިއަށް ފަރުވާ ނުބެހެއްޓިއެއްކަމަކު އެއްވެސް ކަމެއް ނެތިފައި ރުކާން އިނީ ފޫހިވެގެން މަރުވާވަރު ވެފައެވެ. ޖިހާން ގެނެވުނުނަމަ ހުއްޓާނުލައި ކުސްތެޅީސް ކަންނޭންގެއެވެ. “ބްރޯ ކެތްލަވާބަލަ. ޔަނާ… ހާދަ ސަޅި […]
ދެލޯ މަރާ ތަގުޅިކޮށްގެން ހުރި އަޝްރާއަށް އިތުރު ސިހުމެއް ލިބިގެން ދިޔައީ ލުއްކެއްޖަހާ ނާއިލް އޭނަގެ އަތުތެރޭގައި ހައްޔަރުކޮށްލުމުންނެވެ. އެވަގުތު ދެލޯ ބޮޑުކޮށްލަމުން އަޝްރާއަށް ނާއިލްގެ މޫނަށް ބަލައިލެވުނެވެ. ނާއިލްގެ ދެލޮލުގައިވި އަސަރަކުން އަޝްރާއަށް ހިންދިރުވާލެވުނުއިރު ހިތަށް ބުނެދެން ނޭނގޭ ގޮތެއްވެގެން ދިޔައެވެ. ހިތުގެ ހިނގުން ބާރުވެ ނޭވާ ލާންވެސް ނޭނގިފައި އަޝްރާއަށް އެތޫނު ދެލޮލަށް ބަލަން ހުރެވުނެވެ. ހިނދުކޮޅަކަށް ދެމިގެންދިޔަ އެވަގުތުކޮޅުން ދެމީހުންނަށްވެސް ހަމަހޭވެރިކަންވީ ހިމަފޮދު ވާރޭ ތިކިތަކުގެ އިހުސާސްކުރެވުމުންނެވެ . ތެޅިގަނެފައި އަޝްރާ ދާން […]
” އާލިއާ… މިހާރު ތި ދަނީ މާ މައްޗަށް… އަހަރެން އުޅޭ ގޮތާ ނޫޅޭ ގޮތް އާލިއާއަށް އިނގެނީ ކިހިނެއް… އާލިއާ އެހެން އުޅޭތީ ކަން ނޭނގެ ދޯ… އަމިއްލަ ބޮލުން ފިލުވަން ވެގެން އަހަރެންގެ ބޮލަށް ތި ޖެހީ… ގޯހެއް ނޫން… ” ކޮޓަރީގެ ދޮރުން ނިކުމެ ނިކުމެ ހުރި އާލިއާގެ އަތުގައި ހިފާ އޭނާގެ ގަޔާ ދިމާލަށް އަތު ހުރި ބާރެއްލާފައި ދަމާލަމުން ދަތްކުނޑި ވިކާލައިގެން ހުރެ ރުހާން ބުނެލީ މަލާމާތުގެ ރާގަކަށެވެ. ރުހާންގެ ވާހަކަ ހުރި ގޮތުން އާލިއާއަށް ރޮވުނެވެ. ރުހާންއަށް އަދި އޭނާއަށްވެސް އެކަން ކުރެވުނީ އިޚްތިޔާރުން ބޭރުގައި ކަން އާލިއާއަށް އިނގެއެވެ. ނަމަވެސް އެކަން ގަބޫލުކުރަން ބޭނުންނުވީ އެވެ. ރުހާން ބުނިހެން އޭނާ މަސައްކަތް ކުރީ އޭނާގެ ބޮލުން އެކަން ފިލުވާލާށެވެ. ” ދޫކުރޭ ގައިން… ” އާލިއާ އޭނާ ރޮނީކަން ނޭނގުނަށްޓަކައި އަމުރުވެރި ރާގަކަށް ބުނެލިއެވެ. ނަމަވެސް ތުރުތުރު އެޅުމުގެ ސަބަބުން އާލިއާ ރޮނީކަން އަޑު އިވޭ ކޮންމެ މީހަކަށް ޔަގީންވާހާ ވެއެވެ. ރުހާންގެ އަތް ނައްޓުވާލުމަށް އާލިއާ ފޫނެތް ފަޔަކަށް ފެން ފުރަން ފެށިއެވެ. ރުޅިއައިސްފައި ރުހާންގެ މޭގައި ތަޅައިގަތީ އަތް ވާޅުވާ ގޮތް ވުމުންނެވެ. ” ދޫކޮށްލާށޭ… ” ރުހާންގެ މޭގައި އަޅާ ކޮއްޕާލަން މަސައްކަތް ކުރަމުން އާލިއާ ބުނެލީ ރުހާންއަށް ލޯ އަޅާލަމުންނެވެ. ނަމަވެސް ރުހާން އެންމެ ތަންފުކެއްވެސް ގުޑައި ނުލިއެވެ. […]
އާރަވްގެ އެމެސެޖު ފެނި ނައިލްއަތުން ފޯނު ދޫވެގެން ތިރިއަށް ނުވެއްޓުނީ ހަމަ ކިރިޔާއެވެ. ނައިލް އަދިވެސް އެއްފަހަރު އެމެސެޖް ކިޔާލިއެވެ. ނައިލްގެ ހާސްކަން ހައްތަހާ މިވީ އިތުރެވެ. ނަމަވެސް ނައިލް އެމެސެޖްގެ ވާހަކަ އެއްވެސް މީހެއް ކައިރީގައި ބުނާކަށް ބޭނުމެއް ނޫނެވެ. ޝާޔަން އެބުރިއަންނަ ދުވަހުން އާރަވް ކުރަން އުޅޭކަމެއްވެސް އިނގިދާނެއޭ ނައިލްގެ ހިތައްއެރިއެވެ. ޝާޔަން އެބުރި އަންނަދުވަހު އާރަވް ޝާޔަންއާއި ކައިރިވިޔަވެސް ނުދޭން ނައިލް އަޒްމް ކަޑައެޅިއެވެ. އޭގެ އަނެއްދުވަހު ޝާޔަން ފުރައިގެން ދިޔައީއެވެ. އެހެންކަމުން […]
ގޭޓު ހުޅުވާލުމާއެކު ލޯ ތަކަށް މަރުހަބާ ކިޔަނީ ފެހި ވިނަތަކުން ފުރިފައިވާ ބަގީޗާއެކެވެ. މި ބަގީޗާގެ މެދުން މަގެއް ހެދިފައިވަނީ ގެޔަށް ވަންނަ މެހެމާނުންގެ އިސްތިގުބާލުގައެވެ. ދެވަނައެއްނުވާނޭހާ ފުރިހަމަ ގުދުރަތުގެ ތަސްވީރެކެވެ. މާމެލާމެލި ފޮޅި ފުރިހަމަވެފައިވާއިރު އޭގެ ވަހުން މާހައުލު އެއްވަސްކޮށްލައެވެ. ދާދިދެންމެއަކު އަލްވާދާޢު ކީ ވާރޭ ވިލާތަށް ދުނިޔޭގެ ބިމަށް ހަދިޔާކުރި ޝަބްނަމް ތިކިތަށް އެ މާހައުލުގެ ހިތްގައިމުކަން ދެގުނަ ކޮށްދެއެވެ. ހިޔާދޭ ބޯ ގަސްތަކުން ފެށިގެން އެންމެ ކުދި ތިންފިޔައިގެ މާ ހިމެނޭ ވިނަގަސްތަކަށް […]
އެތައް އިރެއްގެ އިންތިޒާރީ އަކަށް ފަހު ކުއްޖަކު އައިސް ދޮރު ހުޅުވިއިރު ދަންވަރު އެއްގަޑި ބައިވެދާނެއެވެ. ވަދެގެން އައީ ލޫޅާފަތި، ދޮން އަންހެން ކުއްޖެކެވެ. ހުދު ހެދުމުގައި ހުރި އިރު އިސްތަށިގަނޑު އޮތީ ރީތިކޮށް ހުޅިއެއް ޖަހާފައެވެ. ބަލާބެލުމަށް ފަންސަވީސް އަހަރަށް ވުރެ ދޮށްޓެއް ނުވާނެއެވެ. ހަމަ ގައިމުވެސް ދިވެއްސެއް ނޫނެވެ. “ކަލޭމެންނަށް ހީވަނީ މަ މީ މިތާ ބަހައްޓަން ގެނައި އަސީރެކޭތަ؟ ބަލަ މަ ކުރަން ހުރި ކަންތައް މަދުވެގެނެއް ނޫޅެމޭ. ކިހާ ދެރަކަމެއްތަ؟ މަ […]