Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަލޯބި

ގުރުބާން…

Rishma...? Level 1
May 27, 2019 3 Mins Read
21 Comments

ފަތިހުގެ ފިނި ފިނި ވަގުތެވެ. އަތިރިމައްޗަށް ބީއްސާލާ މޫދުގެ ރާޅުތައްދަނީ ދޮންވެލި ފަސްގަނޑުގައި މަޑުމަޑުން ބޮސްދީފައެވެ. އިރުއޭގެ ވަޒީފާ އަދާކުރަމުން ދުނިޔެއަށް އަލިކަން ފޯރު ކޮށްދެމުން އާދެއެވެ. އުދުހޭ ދޫނިސޫފާ ސޫފީގެ އަޑުތަށް މަޑުމަޑުން އިވެމުންދެއެވެ. އިރުއަރަމުން އެދާ ވަގުތުގައި ދައްކުވައިދެނީ ގުދުރަތީ ރީތިކަމުގެ ވަރަށްވެސް ފުރިހަމަ މިސާލެކެވެ. ގުދުރަތުގެ މިފުރިހަމަ މަންޒަރުތަކަށް ގެއްލިފައިހުރި ޝާމްގެ މޫނުމަތީ ގައިވީ ފެންނަ ކޮންމެ މީހެއްގެ ހިތްތައް ކަތިލާފަދަ ފުރިހަމަ ހިނިތުންވުމެކެވެ. އޭނާއަށް ގުދުރަތުން ދެއްވާފައިވާ ރީތިކަމަކީ އެކަމައްކައްޓަކައި އޭނާއަށް އެތަކެއް އަންހެން ކުދިންނެއް ފިދާވާ ރީތިކަމެކެވެ. އެ އަޅިލޮލަށް ޓަކައި ފިދާވާ އެތަކެއް ކުދިންނެއް އުޅެއެވެ. އެ ހިނިތުންވުން އެންމެ ފަހަރަކު ދެކެލުމަށް މަރުދޭ އެތަކެއް އަންހެންކުދިންނެއް އުޅެއެވެ. މީހުންނަށް ނުފެންނަނީ އެރީތި ސޫރައިގެ ފަހަތުގައި ފޮރުވިފައިވާ ވޭންތަކާއި އުދާސްތަކެވެ. އެރީތި ލޮލުގައި ފޮރުވިފައިވި ލޭކަރުނަތެކެވެ. އެ ހިނިތުންވުމުގެ ފަހަތުގައި ފޮރުވިފައިވާ ހިތާމަތަކެވެ. އެކިއެކިކުލަތަކުން ކުލަޖެއްސިފައިވާ އޭނާގެ މާޒީއެވެ.

*******

ބިއްލޫރިކޮޅެއްފަދަ މޫދުގެ ލޮނުގަނޑު ކަފަމުންއައި ލާންޗުގެ މިސްރާބުހުރީ ކުރިމަތިންފެންނަން އޮތް ރަށް ކަމުގައިވާ ދ.ކުޑަހުވަދޫއާ ދިމާލަށެވެ. ލާންޗުގައި ހުރި ޝާމްއަށް ކެއްތެރި ކަމެއްނެތި އިންތިޒާރު ކުރެވެމުން ދިޔައީ ލާންޗު ރަށާއި ކައިރިކުރާނެ ވަގުތަކަށެވެ. އަތުގައިއޮތް މާބޮނޑިއާއި ޑައިމަންޑްޖެހި އަނގޮށްޓިއާ ދިމާލަށް ބަލާލެވޭކޮންމެ ފަހަރަކު އެ މޫނުމަތީގައިވި ހިނިތުންވުން ފުންވެގެން ދެއެވެ. އޭރުއެހިތުގައި ރަނިކަން ކުރަމުން ދިޔައީ އެ ހިތުގެ ރާނީ ސަނާގެ ހިޔާލްތަކެވެ. އެމޫނުމަތީގައިވި އުޖާލާ ކަމުގެ އަސްލަކީވެސްއެއީއެވެ. ސަނާއަކީ ޝާމްގެ އަބަދުގެވެސް އެންމެ ގާތް އެކުވެރިޔާއެވެ. އެހެން ގޮތަކަށް ބުނާނަމަ ބެސްޓްފްރެންޑެވެ. ގްރޭޑްއެކަކުން ފެށިގެން ދެމީހުންނަކީ އެކުގައި އުޅޭދެކުދިންނެވެ. އަބަދުވެސް ހުރިހާކަމެއްގައި ވެސް އެކަކުއަނެކަކަށް ވެވުނު ވަރަކުން އެހީތެރިވެދެވޭތޯ ބަލައެވެ. އެކުވެރިކަމުގެ ފުރިހަމަ މިސާލެކެވެ. ފުރާވަރަށް އަޅަމުން ދިޔައިރު ޝާމްގެ ހިތުގައި ދިޔައީ ސަނާއަށް ޓަކައި ގޮތް ނޭނގޭ އިހްސާސްތަކެއް އުފެދެމުންނެވެ. އަބަދު އެ ސޫރަ ދެކެލުމަށް ހިތްއެދެވެއެވެ. އަބަދު ކައިރީގައިވުމަށް ބޭނުންވެއެއެވެ. އޭނާއަށް ސަނާގެ ކޮންމެ އާދައެއް ކަމުދާން ފެށިއެވެ. މި އިހްސާސްތަކަށްދޭނެ ނަމެއް އޭނާއަކަށް ނޭނގުނެވެ. ނޭނގިހުރެ އެހިތް ސަނާއަށް ހަދިޔާ ކުރެވުނެވެ.

އޭނާއަށް މިވާހަކަތަށް ސަނާއާއި ހިއްސާކުރާކަށް ނުކެރުނެވެ. އެ ދެމެދުގައިވި އެކުވެރިކަމުގެ ގުޅުމަށް ބުރުލެއް އެރުމަށް އެހިތް ނޭދޭތީއެވެ. ނަތީޖާއަކަށްވީ ދެމީހުންގެ އޭލެވެލް ނިމުނުއިރުވެސް އޭނާއަށްއެވާހަކަ ސަނާކައިރީގައި ނުބުނެވުމެވެ. އޭގެ ތިންމަސްދުވަސް ފަހުންސަނާ ހަމަސްދުވަހުގެ ޓީޗިންކޯސްއެއް ހެދުމަށް މާލެދިޔައެވެ. ސަނާ ކޯސްފުރިހަމަކޮށްގެން އައީމައި ލޯބި ހުށައެޅުމަށް އަޒުމްކަނޑައަޅައިގެން ހުއްޓައި ޝާމްގެ އިންޖީނިއަރިންގެ ކޯސްހަމަޖެހި ފަސްއަހަރަށް ރާައްޖެއިން ބޭރަށްފުރަން ޖެހުނީއެވެ. ދެމީހުން އެތައްމޭލެއް ދުރުގައި ތިބިނަމަވެސް މީސްމީޑިއާގެ އެހީގައި އެރަހުމަތްތެތިކަން ދެމީހުންވެސް ބޭއްވިއެވެ. އެގުޅުމަށް ބުރުލެއް އެރުމުގެ ފުރުސަތެއް އެކަކުވެސް ނުދެއެވެ. ސަނާގެ ވާހަކަތައް ހުންނަގޮތުން އޭނާވެސް ޝާމްދެކެ ލޯބިވާހެން ހީވެއެވެ. ކޯހުގެ ބްރޭކަށް އައިސް ލޯބި ހުށައެޅުމަށް ޝާމްނިންމި އަސްލު ސަބަބަކީވެސް އެއީއެވެ.

ރަށަށް ލާންޗުކައިރިކުރުމާއެކު އެހިތްއަވަސްވެގެންދިޔައެވެ. އެހިތުގެ މަލިކާދެކެލުމަށް ދެލޯ ބޭގަރާރުވިއެވެ. އަވަސްއަވަހައް ފައިބައި ރަށުތެރެއަށް ނަޒަރު ހިންގައިލިއެވެ. ނަމަވެސް ކަންވީ އުންމީދުކުރި ގޮތަކަށް ނޫނެވެ. އެހިތުގެ މަލިކާއެއް ނެތެވެ. މާޔޫސްވި ނަމަވެސް އެކަން މޫނުމަތިން ނުދައްކައި އިސްތިގުބާލްގައި އައިސްތިބި އާއިލާ މީހުންނާއެކުގައި ގެއަށްދިއުމަށް މިސްރާބު ޖެހިއެވެ. އެ ވަގުތު އޭނާގެ ފޯނަށް ސަނާގެ މެސެޖެއްއައެވެ. އޭގައި ވަނީ އޭނާއަށް ޝާމް ލެފިތަނަށް ނުދެވުނީތީ މައާފަށް އެދި ، އަދި އޭނާ ވާހަކައެއް ބުނަން ބޭނުންވާ ވާހަކަ އާއި ރޭގަނޑު ބައްދަލުކުރުމަށް ބުނެފައެެވެ. މެސެޖު ފެނުމާއި އެކު އޭނާއަށް އުފަލުގޮސް ފުންމައި ގަނެވުނެވެ. އެއާއެކު މަގުމަތީގައި ތިބި މީހުން އޭނާއަށްބަލަން ފެށުމާއެކު ލަދުން އިސްދަށަށް ޖެހިއެވެ. އަދި ބޮލުގެ ފުއްކިބައިގައި މަޑުމަޑުން ޖަހާލިއެވެ. އޭނާއަށް ހީކުރެވުނީ އޭނާ ސަނާއަށް ލޯބިހުށައެޅުމުގެ ކުރިން ސަނާ ، އޭނާއަށް ލޯބިހުށައަޅަން އުޅެނީ ކަމަށެވެ. އަރާމްކުރުމަށް ކަމަށްބުނެ ކޮޓަރިއަށްވަދެ އޭނާދުވަހުގެ ބާކީބައި ހޭދަކުރީ ލޯގަނޑު ކުރިމަތީގައިހުރެ ސަނާއަށް ލޯބި ހުށައަޅާނެ ގޮތްތައް ޕްރެކްޓިސް ކުރުމަށެވެ. އެރޭގެ 8:30 ވީއިރު އޭނާހުރީ އަތިރިމަރީގައި ސަނާގެ އިންތިޒާރުގައެވެ. އޭރު އޭނާގެ އަތުގައި އޭނާ ސަނާއަށް ދިނުމަށްގަތް ރަތްފިނިފެންމާ ބޮނޑިއާއި އަނގޮށްޓިއޮތެވެ.

އޭނާ ކުރަމުންއައި އިންތިޒާރަށް ނިމުމެއްއައީ ފަހަތުން ފިޔަވަޅުތަކެއްގެ އަޑުއިވުމުންނެވެ. އޭނާއަށް ހައިރާން ކަމެއް ލިބުނީ މީގެކުރިން އޭނާ ނުދެކޭ ޒުވާނަކާއި އެކުގައި ސަނާ ހުރުމުންނެވެ. ސަނާ އެޒުވާނާއަށް ޝާމް ތައާރަފް ކޮށްދިނެވެ. “އިދާން.. މިއީ ޝާމް… އަހަރެންގެ ބެސްޓީ!!! ޝާމް މިއީ އަހަރެންގެ ވާންއުޅޭ ފިރިމީހާ އިދާން…” އޭނާގެ ފަހުޖުމްލައާއި އެކު ޝާމްއަށްް ހީވީ އޭނާގެ ކަންފަތް ކައިރީގައި މީހަކު ބޮމެއް ގޮއްވާލި ހެންނެވެ. އެހިތަށް އެތަށް ހާސް ތޫނު ކަށިތަކެއް ހޮރާލުމުން ކުރެވޭ ފަދަ އިހުސާސެއް އޭނާއަށް ކުރެވުނެވެ. ހިތުން ލޭކަރުނަ އޮހޮރެމުން ދިޔަ ނަމަވެސް އޭނާގެ މޫނުމަތިން އުފާވެރިކަން ދެއްކުމުގައި ކާމިޔާބު ކުރިއެވެ. ހިތިހިނިތުންވުމަކާއިި އެކުއެދެމީހުންނަށް މަރުހަބާކިއެވެ. އެހިތުގައި އެތައް ވާހަކަތަކަކާއި ޝަކުވާތަކެއްވިއެވެ. ނަމަވެސް އެއިން އެކައްޗެއްވެސް އެ ދުލަކާއި ހަމައަކަށްނައެވެ. ސަނާ އިދާންގެ މޫނަށް ބަލަންހުރެ އެދެމީހުންގެ ލޯބީގެ ފަސާނާ އިއްވަމުން ދިޔައެވެ. އެނާގެ ކޮންމެ ޖުމްލައެއް ދިޔައީ ޝާމްގެ ހިތައް ތޫނުތީރެއް  ފަދައިން ހެރެމުންނެވެ. އޭނާ އެންމެ ފަހަރަކު ޝާމްގެ މޫނަށް ބަލައިލި ނަމަވެސް އެ މޫނުމަތީގައިވީ އަސަރުތައް ފެނުނީހެވެ. ސަނާގެ ދެލޮލުން އޭނާއަށް ފެނުނީ އިދާން އަށްތަކައިވީ ތެދުވެރި ލޯތްބެވެ. އޭނާއަށް އިދާންއާނުލައި ނޫޅެވޭނެއޭ ބުނި ވަގުތު އެ ހިތަށް ތޫނު ހަންޖަރެއް ހަރާލިފަދަ އިހްސާސެއް ޝާމްއަށް ކުރެވުނެވެ. އިތުރަށް އެ ވާހަކަތައް އަދުއަހާނެ ހިތްވަރު އޭނާގައިން ހުސްވިއެވެ. ހަދިޔާއެއް ކަމަށް ބުނެ ގެނައި މާބޮނޑި ސަނާއަށް ދިނުމަށްފަހު އޭނާ އަނގޮއްޓިހިފައިގެން ދިޔައީ އިތުރަށް އެތަނުގައި ހުރުމަށް ނުކުޅެދުމުންނެވެ. އެރޭގެ ފަތިހުގެ ފްލައިޓުން އޭނާއެނބުރި މާލެގޮސް ހަމައޭގެ އަނެއް ދުވަހުގެ ފްލައިޓުން އޭނާ މެލޭޝިއާއަށް ދިއުމަށް ފުރިއެވެ.

*******

މިއަދު އޭގެ ތިން އަހަރުފަހުން އަނެއްކާވެސް އޭނާ އެހުރީ އެއަތިރިމަތީގައެވެ. އޭނާއަށް އޭނާގެ ލޯބި ގެއްލުނު މަންޒިލްގައެވެ. އެދެމީހުން އެކުގައި ހޭދަކުރި އުފާވެރި މަޖާވަގުތުތައް ފްލެޝްބެކެއް ގޮތަށް އޭނާއަށް ފެންނަމުން ދިޔައެވެ. ދެމީހުން އެކުގައި ސަކަރާތްޖަހައި މަޖާކޮށް އުޅުނު ދުވަސްތަކެވެ. އެއާއެކު ލޮލުން ވެއްޓުނު ކަރުނަތިއްކަކާއި އެކުވެސް އެ މޫނު މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އެއިން ކޮންމެ ހަނދާނެއްވަނީ އެހިތުގެ އެންމެ ފުންމިނުގައި ރައްކާކުރެވިފައެވެ. އެދުވަހު އޭނާއެތަނުން ދިޔައީ ލޯބިވާމީހާގެ އުފަލަށްޓަކައި އަމިއްލަ އުފާތަކާއި ލޯބި ގުރުބާން ކޮއްފައެވެ. އޭނާއަށްޓަކައި ލޯބީގެ ދެވަނަ ނަމަކީ ގުރުބާނީއެވެ.

Share Article

Follow Me Written By

Rishma...?

Level 1

Other Articles

Previous

ވެހޭ ވާރޭ ތެރެއިން…1

Next

ލޯބިވަން 5

Next
May 27, 2019

ލޯބިވަން 5

Previews
May 27, 2019

ވެހޭ ވާރޭ ތެރެއިން…1

21 Comments!

  1. Dhonthee says:
    May 27, 2019 at 8:52 am

    Wow just wow
    Mi vaahaka dhonthi au hama varah reethi ??????I just love it❤❤❤❤ Rishibbe ge faraathun adhi mikahala reethi vaahakathakeiy kiyaalan libeynekamau ummeedhukuran??????

    1. Rishibbe says:
      May 27, 2019 at 6:19 pm

      Tysm… inshaallah…

  2. Fai says:
    May 27, 2019 at 2:24 pm

    V salhi… mi Vhk liyunu meehaa ah v v v v v bodah shukuriyya…. I love it…. ??

    1. Rishibbe says:
      May 27, 2019 at 6:50 pm

      Tysm dear….. means a lot….??

  3. ...... says:
    May 27, 2019 at 3:33 pm

    varah reethi . rishibbe thee kudahuvadhoo meehehthA.

    1. Rishibbe says:
      May 27, 2019 at 6:51 pm

      Tysm dear?….. yes mee kudahuvadhoo meeheh….

    2. Rishibbe says:
      May 27, 2019 at 6:53 pm

      Tysm??… yes mee kudahuvadhoo meeheh

  4. Mal? says:
    May 27, 2019 at 4:55 pm

    Varah furihama and l totally read this story 10 times ? I just love this story ????

    1. Rishibbe says:
      May 27, 2019 at 9:12 pm

      Awwn…. thanks dear… . Means a lot….?

  5. sis says:
    May 27, 2019 at 5:18 pm

    Im in l9ve with the cover???

    1. Rishibbe says:
      May 27, 2019 at 9:11 pm

      Hehe… thanks dear…

  6. Kiyara says:
    May 27, 2019 at 7:11 pm

    Ma Sha Allah vaahaka varah reethi. Rishibbe ge ithuru vaahaka thakeh ves fennane kamah ummedhu kuran.

    1. Rishma...? says:
      May 28, 2019 at 3:08 pm

      Tysm kiyara… u nd ifoo are my favourite writers on esfiya…

  7. Ibsha says:
    May 28, 2019 at 5:03 am

    Varah reethi

    1. Rishma...? says:
      May 28, 2019 at 4:15 pm

      Thanks dear….?

  8. Kitty says:
    May 28, 2019 at 7:37 pm

    Alhey haadha sad story eh.. Shaam ah sana dhin nana.. Varah dhera vejje kiyaalafa.. But story hama varah reethi ingey.. Masha allah keep up the good work dear rishibbege ehn vaahakaeh varah avahah kiyaalan libeyne kamah ummeedhu kuran

    1. Rishma...? says:
      May 29, 2019 at 5:18 pm

      Thanks dear…. ???inshaallah….

  9. .... says:
    May 29, 2019 at 8:18 am

    V reethi!❤️Ithuru vaahaka thakeh kiyaalan libeyne kamah unmeedhu kuran

    1. Rishma...? says:
      May 29, 2019 at 5:20 pm

      Thanks dear… ??inshaallah…

  10. mysteriousreader says:
    May 31, 2019 at 8:13 am

    what a co-incidence???alhugaduge life aai v ehgoiy..thafaathy shaam ge magaamuga anhenkujjaku hurefa best friend akee alhugadahvun..keehkuraanee..alhugadu marry kohgen baby eh libunu dhuvahakee e sirru e bestfriend ge faraathun egigen dhiya dhuvas…adhives e relation ah deynjehey nameh alhugadakahves neygunu…maaxee…!!!vaahaka v chaalu…

  11. Bts lover says:
    June 20, 2019 at 6:39 pm

    Wow… @Rishma… ?
    You did a great job!!!!!!! ??????????
    Varah varah reethi mi part vs Masha Allah ????????
    Rishma ge faraathun mi Haa furihama Ehen vaahaka eh kiyaalan libeyne kamah ummeedhukuran ???????????????????????????????
    Best of luck dear??????????????

Comments are closed.



All Right Reserved!