Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މާޒީ (ނަވާރަވަނަބައި)

InaaSh Level 210 Stories100 Comments
May 27, 2019 5 Mins Read
26 Comments

”އަމް…..އާރަވް…..”
އާރަވްގެ މޫނުމަތީގައި ވީ ނުލަފާ ހިނިތުންވުމެކެވެ. އާރަވްއޭ ބުނުމުން ޝާޔަންއަށް އެއީ ކާކުކަން ދެނެގަންނާކަށް މާ އުނގަދޫ ކަމަކަށްނުވިއެވެ.
”ޝާޔަން ކިހިނެއް؟….ކޮބާ ނައިލް؟…..ބައިދަވޭ އަމް ހިޒް ބެސްޓް ފްރެންޑް އިނގޭ…..ޝާޔަންއަށް ވެސް އެވަރު އިނގޭނެދޯ މިހާރު…..ހެހެހެ….އެނީވޭސް އިޓްސް ރިއަލީ ނައިސް ޓޫ ފައިނަލީ މީޓް ޔޫ….ވަރަށް ދުވަސްވެއްޖެ މިދުވަހަށް އިންތިޒާރުކުރާތާ…..”
އާރަވްގެ ޖުމްލަތަކުގައި ވީ ދެވަނަ މާނަ ދެނެގަންނާކަށް ޝާޔަންއަކަށް ނޭންގުނެވެ. އާރަވް ޝާޔަންއިން ޖޯއްޔާއި ޖެހިގެން އިން ޖޯލީގައި އިށީނެވެ. ޝާޔަން އެތަނުން ދާން ކިތަންމެ ބޭނުންވިއަސް މަޑުކޮށްލައިގެން އިނީ އާރަވް ދައްކަންއުޅެނީ ކޮންވާހަކަ އެއްތޯ ބަލާލުމުގެ ބޭނުމުގައެވެ.
”ސޯ ޝާޔަން ކިހިނެއް؟…..”
”އަލްހަމްދްލިﷲ ރަގަނޅު ހަމަ……އާރަވް އޯ؟…”
”އަމް ޑުއިން ގްރޭޓް…..ސޯ ޝާޔަންއަށް ނައިލްއާ ބެހޭގޮތުން މިހާރު ކިހާވަރަކަށް އިނގޭ…..ހަމަ ގައިމުވެސް އަހަންނަށްވުރެ ބޮޑަށް ނައިލްގެ ހަގީގަތް އިނގޭ މީހެއް ނުހުންނާނެ…..ޝާޔަންއަށް އަދި ހަމަ ގައިމުވެސް ނައިލްއެއީ ކިހާވަރެއްގެ ކާކު ކަމެއްވެސް ނޭންގޭނެ…..އަހަރެން ކިޔާދީފާނަން ޝާޔަން ބޭނުމީޔާމުން…..”
ޝާޔަންގެ މޫނަށް ނަޒަރު ހުއްޓާލަމުން އާރަވް ބުނެލީ ނުލަފާ ހިނިތުންވުމަކާއިއެކުގައެވެ.
”ނައިލްއާ އެކުގަ ދުވަސްތައް ހޭދަވާ ވަރަކަށް އިންޝާﷲ ނައިލްގެ ގޮތްވެސް އިނގިދާނެ…..އާރަވް ނުކިޔާދިނަސް އަހަންނަށް އޯކޭ…..އަހަރެން އަހަން ބޭނުންވާ އެއްޗެއްވިއްޔާ އަހަރެން ސީދާ ނައިލްގާތުގަ އަހާލަފާނަން…..އެހެންނޫނަސް ނައިލްގެ ޕާސްޓް އަހަންނަށް އެހާ މުހިއްމެއްނޫން…..”
ޝާޔަން ރީތި ހިނިތުންވުމަކާއި އެކުގައި ބުނެލިއެވެ. އާރަވްގެ މޫނުމަތީގައި ވީ ހިނިތުންވުން ވަގުތުން ފަޑުވެގެން ދިޔައީ ޝާޔަންގެ ވާހަކަ އަޑުއަހާފައެވެ. ޝާޔަން ހީވަނީ އެއީ ސީދާ އާރަވްއަށް ޖެއްސުމަށް ބުނި އެއްޗެއް ހެންނެވެ.
”އެހެންތަ؟….ޕާސްޓް ހަމަ އިންޕޯޓެންޓްއެއް ނޫންތަ؟….އެވަރިހަމަތަ ނައިލްއަކީ އަންހެން ކުއްޖަކަށް އެބިއުސް ކޮށް ކުއްޖަކު މަރާލާފަ ހުރި މީހެއް ވިއަސްވެސް؟….”
އާރަވްގެ ވާހަކައިގެ ރާގު މުޅިން ބަދަލުވެގެން ދިޔައެވެ. އާރަވްގެ ވާހަކައިގެ ރާގު ހުރި ގޮތުން ޝާޔަން ކުޑަކޮށް ބިރުގަންނަ ގޮތްވެސް ވިއެވެ.
”އާން އަހަރެން ބޭނުމެއްނޫން ބަލާކަށް……ދެން އިތުރަށް އަހަރެން އާރަވްއާ ދައްކާނެ ވާހަކައެއް ނެތް…..އަހަރެން ގެއަށްވެސް ދާން ވެއްޖެ……ދަނީ އޭ ދެންމި…..”
ޝާޔަން ޖޯލިން ތެދުވަމުން މަޑުމަޑުން ހިނގާގަތީ އެތަނުން ދާން ބޭނުންވެފައި އިނީމައެވެ. ޝާޔަން ހިނގަން ބޭނުންކުރާ ދަޑިގަޑު ބިންމަތީގައި ޖައްސަމުން މަޑުމަޑުން ކުރިއަށްދިޔައެވެ. ނަމަވެސް ހާސްވެފައި ހުރިވަރުން ދެވޭދިމާއެއްވެސް ޝާޔަންއަކަށް ނޭންގެއެވެ. ކުރިއަށް ދިޔަ ޝާޔަން ގޮސް ޖެހުނީ ކުރިމަތީ މަޑުކޮށްލައިގެން ހުރި ޒުވާނާގެ ގައިގައެވެ.
”އަމް ސޮރީ….”
ޝާޔަންއަށް ލިބުނު ކުށްލި ސިހުމާއިއެކު ބުނެލެވުނެވެ.
”އިޓްސް ނޮޓް އޯކޭ…..އަހަރެން އަދި ދައްކަންހުރި ވާހަކަތައް ދައްކައެއް ނުނިމެއޭ…..އެހެންވީމަ ޝާޔަންވެސް ނުޖެހޭދޯ އަދި ދާކަށް…..ޝާޔަންއަށް ދެވޭނީ އަހަރެން ބުނީމަ…..”
އާރަވް ޝާޔަންއާއި ދިމާއަށް ރުޅިވެރި ނަޒަރަކުން ބަލާލަމުން ހިފީ ޝާޔަންގެ އަތުގައެވެ. ޝާޔަންއަށް ބިރުންގޮސް ނުރޮވުނީ ކިރިޔާއެވެ. ޝާޔަންއަށް ލޮލަށް ނުފެންނަ އިރު އަދި އާރަވްގެ ކިބައިން ސަލާމަތްވާން ހަދާނެ ގޮތެއްވެސް ޝާޔަންގެ ވިސްނުމަކަށް ނައެވެ. މިފަދަ ހާލަތް ތަކުގައި އަމިއްލަ ނިކަމެތި ކަމާއިމެދު ޝާޔަން ކިތަންމެ ހާވެސްދެރަވެއެވެ. ޝާޔަންގެ ލޮލަށް ފެންނަ ނަމަ މިހެނެއް ނުވީސްއޭ ޝާޔަންގެ ހިތައްއެރިއެވެ.
”ހަމަ މިހާރު އަހަރެންގެ އަތުން ދޫކޮށްލާ…..އާރަވް ކިހިނެއް ވެގެންތަ ތިއުޅެނީ؟….”
ޝާޔަންވެސް އެހާ ފަސޭހައިން ބަލި ގަބޫލުކުރާކަށް ބޭނުމެއްނޫނެވެ. ނަމަވެސް އާރަވް ޝާޔަންގެ އަތުން ދުކޮށްލާ ކަހަލަގެ ހިޔާލެއް ނުކުރިއެވެ. ޝާޔަން ބަލާކަށް ނުހުރެ އަތުގައި އޮތް ހިނގާ ދަނޑިގަޑު ހޫރާލީ އާރަވްގެ ގައި ޖެހުމަށެވެ. ނަމަވެސް އާރަވް ހުޝިޔާރުކަމާއިއެކު އޭގައި ހިފާ ދުރަށް ހޫރާލިއެވެ.
”ޑޯންޓް ޓެސްޓް މައި ޕޭޝެންސް ލަވް……”
އާރަވް ޝާޔަން އަތުގައި ހިފާ ގަޔާއި ދިމާއަށް ދަމާލީ ދެބުމަ ގޮށްޖަހައިލަމުންނެވެ. ޝާޔަން ލުއިފަތެއްހެން އައިސް ޖެހުނީ އާރަވްގެ ގައިގައެވެ.
”ހަމަ މިހާރު ޝާޔަންގައިން ދުކޮށްލާ….”
އެއިވިގެންދިޔައީ ޒީނާގެ އަޑުނޫން ދެވަނަ އަޑެއްނޫނެވެ. ޒީނާ އައިސް ޝާޔަންގެ އަތް އާރަވްގެ އަތުން ނައްޓާލީ ރުޅިވެރިކަމާއިއެކުގައެވެ. ޒީނާ ޝާޔަންއާއި އާރަވްގެ ދެމެދަށް ވަދެހުރި އިރުގައި ޝާޔަންހުރީ ޒީނާގެ އަތުގައި ހިފަހައްޓައިލައިގެނެވެ.
”މިހާރު ތީ ކާކުތަ މިދޭތެރެއަށް ވަންނަން……”
”މީ ކާކުތޯ ބަލާކަށް ނުޖެހޭ……އަހަރެން ޕޮލިހަށް ނުގުޅަނީސް ހަމަ މިހާރު މިތަނުން ދޭ…..ނޫނީ ޝާއިންއާ ނައިލްއާ އެންމެން އައީމަ މަންޒަރު ރީއްޗެއް ނުވާނެ…..”
އާރަވްއާއި ދިމާއަށް ޝަހާދަތް އިނގިލި ދިއްކޮށްލަމުން ޒީނާބުނެލިއެވެ.
”އޯކޭ ފައިން……އަވިލް ސީޔޫ އެރައުންޑް ޝާޔަން…….”
އާރަވް ދާން ހިނގާގަންނަމުން ފަސްއެބުރި ބަލާލަމުން ޝާޔަންއާއި ދިމާއަށް ބުނެލިއެވެ. އާރަވް ގޮސްއޮބާލަން ދެން ޒިނާހުރީ އެދިމާއަށް ބަލަހައްޓައިގެންނެވެ. ދެން ޒީނާ ޝާޔަން ގޮވައިގެން ގޮސް އެތަނުން ޖޯއްޔެއްގައި ބޭންދިއެވެ.
”ތޭންކްސް ޒީ……”
ޝާޔަން ހިނިތުންވެލަމުން ބުނެލިއެވެ. ޒީނާ ޝާޔަންގެ ކިބައިން ކުރެވުނު ހުރިހާކަމަކަށް މާފަށްއެދުނީ ދެރަވެފައި އިނދެއެވެ. ދެން ދުވަހަކުވެސް ޝާޔަންއަށް އޮޅުވާލައި ދޮގުނަހަދާން ޒީނާ ވައުދުވިއެވެ. ޒީނާ ދެން ކުރީގެ ދިރިއުޅުމަށް އަބުރާ ދާކަށް ބޭނުމެއްނޫނެވެ. ޒީނާއަށް މިހާރު ހެޔޮ ވިސްނުން ވިސްނިއްޖެއެވެ. ޝާޔަންވެސް ހެޔޮ ހިތުން ޒީނާއަށް މާފުކުރީ އެހެންވެއެވެ. ނައިލް އެތަނަށް އައި ޝާޔަންއާއި ޒީނާ ވާހަކަދައްކަން ތިއްބައެވެ. ނައިލް އައުމުން ޒީނާ ނައިލްއަށް ހިނިތުންވުމެއް ރައްދުކުރަމުން ދިޔައީއެވެ.
”ޒީނާ ހާދަ ޗޭންޖް ވެފަ ހުރިހެން ހީވެއޭ؟….”
ނާއިލް ޖޯލީގައި އިށީންނަމުން ބުނެލިއެވެ.
”ހޫމް ޒީ އެދިޔައީ މާފަށްވެސް އެދިފަ…..އެހެންނޫނަސް ޒީ އެދިޔައީ އަހަރެން މީހެއްގެ ފަރާތުން ސޭވް ވެސް ކޮށްފަ….”
ޝާޔަން ދާދި ދެންމެ ހިނގާދިޔަ ހުރިހާ ވާހަކައެއް ނައިލްއަށް ކިޔާދިނީ ޖެހިލުންވެއިނދެއެވެ. އާރަވްގެ ސަބަބުން ޝާޔަންއަށް ކަމެއްވިނަމަ ނައިލްއަށް އަމިއްލަ ނަފްސަށް ދުވަހަކުވެސް މާފްނުކުރެވުނީހެވެ.
”ޝާޔަންދެން އެކަނި އެއްވެސް ތާކަށް ނުދަށްޗޭ…..އާރަވްގެ ކަންތައް މިހާރު މާ މަށްޗަށް އެދަނީ…..މިކަމަށް އަވަސް ހައްލެއް ނުހޯދާ ދެން ލަސްކުރެވޭކަށް ނެތް……އަހަންނެއް ނޭދެން އަހަރެންގެ ޕާސްޓްގެ ސަބަބުން ޝާޔަންއަށް އެއްވެސް ގެއްލުމެއް ލިބޭކަށް….މިއަދު ޝާޔަންއަށް ކަމެއް ވިނަމަ…..”
ނައިލްގެ ވާހަކަ މެދުކެޑުނީ ޝާޔަން ވާހަކަ ދައްކަން ފެށުމުންނެވެ.
”އެކަމް އަހަންނަށް އެއްވެސް ކަމެއް ނުވެއޭ…..ނައިލް ހާސް ނުވެބަލަ…..ދެން އެކަނި އެއްވެސް ތަނަކަށް އިހަށް މިދުވަސްކޮޅުގަ ނުދާނަން….ނައިލް އެހާވަރަށް ހާސްނުވެބަލަ…..”
ޝާޔަން ބުނެލީ ނައިލްގެ ހިތްހަމަ ޖައްސާލުމަށްޓަކައެވެ. ޝާޔަންގެ އަތްތިލަނަގާ ނައިލްގެ ތުންފަތް ޖައްސާލިއެވެ. ޝާޔަންއާއި އެކު ކުޑަ ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު ނައިލް ދިޔައީ ޝާޔަން ގެއަށް ލާށެވެ. ޝާޔަންގެއަށް ވަދެގެން ދިއުމުން ނައިލްގެ މިސްރާބުހުރީ ގެއާއި ދިމާއަށެވެ. އަނިލްއާއި ވާހަކަ ދައްކައިގެން ނައިލް ބޭނުމީ އާރަވްގެ ކަންތަކަށް އަވަސް ހައްލެއް ގެންނާށެވެ. އެހެންކަމުން ނައިލްގޮސް އަނިލްއަށް މިއަދު ދިމާވި ހުރިޙާ ކަމެއްވެސް ކިޔާދިނީ ހާސްވެފައި އިނދެއެވެ. އަނިލް ވަރަށް ވިސްނުމަށްފަހު ނިންމީ ރިޔާޒްއާއި ވާހަކަ ދައްކައިގެން ޝާޔަންގެ ލޮލުގެ އޮޕަރޭޝަނައަށް ވީހާވެސް އަވަހަށް ފުރުވާށެވެ. އޭރުން އާރަވްއަށް ޝާޔަންއަށް ހަމަ ގައިމުވެސް ދުވަސްކޮޅަކަށް އުނދަގޫ ކުރާކަށް ނުކެރޭނެއެވެ. ނައިލްއަށްވެސް ބައްޕަގެ ހިޔާލު ވަރަށް ކަމުދިޔައެވެ. އަނިލް ވަގުތުން ރިޔާޒްއަށް ގުޅާއެގެއަށް ގެނައި އެވާހަކަ ދެއްކުމުގެ ބޭނުމުގައެވެ. ނަމަވެސް އާރަވްގެ ވާހަކަ ނުބުނީ ރިޔާޒް ހާސް ވާނެވަރު އިނގޭތިއެވެ. އަނިލް ވާހަކަ ގެންދިޔަ ގޮތުން ރިޔާޒްއަށް ވެސް ފެނުނީ ފެށޭ ހަފްތާގައި ޝާޔަން ގޮވައިގެން ބޭރަށް ދާންފުރާށެވެ. ރިޔާޒްގެ މިކުށްލި ނިންމުމާއި މެދު ޝާއިންމެންވެސް އެއްވެސް ސުވާލެއް ނުކުރީ އެންމެންވެސް ޝާޔަންއަށް އަވަސް ޝިފާއެއް ލިބުމަށް އެދޭތީއެވެ. ޝާއިންއަށް ވެގެން ވާނަމަ ހަމަ މިހާރުވެސް ޝާޔަން ގޮވައިގެން ފުރަންވީއެވެ. ނައިލް ހުރީ ޝާޔަން އަވަހަށް ފުރަން އުޅޭތީވެ އެކަމާ ހިތްހަމަ ޖެހިފައެވެ. އޭރުން އާރަވްގެ ކިބައިން ޝާޔަން ކުޑަ ދުވަސްކޮޅަކަށް ނަމަވެސް ސަލާމަތްވާނެއެވެ. ދުވަސްތައް ފާއިތުވަމުން ގޮސް ޝާޔަން ފުރާ ދުވަސްވެސް އައިސް ޖެހިއްޖެއެވެ. އެދުވަހުގެ ފަހުން އަދި އާރަވްގެ އެއްވެސް ހަބަރެއްނުވެއެވެ. އާރަވް އެހާ ފަސޭހައިން ބަލި ގަބޫލުނުކުރާނެ ކަން ނައިލްއަށް އިނގެއެވެ. އެރޭ ޝާޔަންގެ އާއިލާގެ އެންމެން ފެހިވިނަ ގެއަށްއައީ އަނެއްދުވަހު ފުރާތީވެ ރޭގަނޑުގެ ކެއުމަކަށެވެ. ޝާޔަންއާއި އެކީގައި ރިޔާޒް ޝާޒިޔާ އަދި ޝާއިންވެސް ދެއެވެ. އެހެންކަމުން އަނިލް ނިންމީ އެމީހުން އެބުރިއަންނަންދެން ރަޝާ އެގޭގައި ބަހައްޓާށެވެ. ނާއިރާއަށް ބައްޕަގެ އެ ނިންމުން ވަރަށްވެސް ކަމުދިޔައެވެ. ކައިނިމިގެން ނައިލް ހުރީ ކޮޓަރީގެ ބެލްކަނީގައި ޝާޔަންގެ އިންތިޒާރުގައެވެ.
”އަން ދޮންބެގެ ގާރލް މިހިރީ…….”
ޝާޔަން ގޮވައިގެން އައިސް ވަތް ނާއިރާ ބުނެލިއެވެ.
”އޯކޭ…..އަލް ގިވްޔޫ ގާއީސް ސަމް ޕްރައިވަސީ…..”
ނައިލްއަށް އެއްލޯ މަރާލަމުން ނާއިރާ އެ ކޮޓަރިން ނިކުމެގެން ދިޔައީއެވެ.
”ސޯ ޝާޔަންގެ ފަސްޓް ޓައިމް ދޯ މި ކޮޓަރީގަ….ހެހެހެ…..ދެން މާދަން ދަނީ ދޯ ތި؟….އަލް މިސް ޔޫ ސޯ މަޗް ލަވް……”
ނައިލްގެ ކައިރީގައި ހުރި ޝާޔަންގެ ކޮލުގައި ފިރުމާލަމުން ނައިލް ބުނެލީ ނިކަން ލޯބިންނެވެ.
”އަސްލު ނައިލްދޯ މިކަންތައް އަވަސްކުރީ؟….މިބުނީ އަހަރެންގެ ޓްރީޓްމެންޓްގެ ކަންތައް…..އިޓްސް ކޯޒް އޮފް އާރަވް ދޯ؟…..”
ޝާޔަން ކޮށްލީ ނައިލްއާއި ވަރަށް ކުރަން ބޭނުންވެފައި ހުރި ސުވާލެކެވެ.
”ހޫމް…..މުޅިއަކުން ދޮގު ވާހަކައެއް ނޫންތީއެއް……އިޓްސް ކޯޒް އޮފް އާރަވް….”
”އިންޝާ ﷲ އަހަރެން އެބުރި އަންނާނީ ލޮލަށް ފެންނަ މީހެއްގެ ގޮތުގަ…..އޭރުން ނައިލްގެ މޫނަށް ހިތް ފުރެންދެން ބަލާލެވޭނެ އިންޝާ ﷲ……”
ޝާޔަން އިތުރަށް އާރަވްގެ ވާހަކަ ދައްކާކަށް ބޭނުމެއްނޫނެވެ. ނައިލް ޝާޔަންއާއި ދިމާއަށް ބަލާލީ ލޯބިން ފުރިގެން ވާ ނަޒަރަކުންނެވެ. ނައިލް ޝާޔަންގެ އޮނަގަނޑުގައި ހިފަހައްޓައިލައިގެން ހުރި އިރުގައި ޝާޔަންވެސް ހުރީ ނައިލް ލައިގެން ހުރި ގަމީހުގެ ދެފަރާތުގައި ހިފަހައްޓައިލައިގެނެވެ.
”އޯކޭތަ މި އައިނު ނެގިއަސް ވެސް…..އަދި ޝާޔަންގެ ލޯވެސް އަހަންނެއް ނުދަކެން ވިއްޔާ….”
ޝާޔަންގެ ޖަވާބަކަށް އިންތިޒާރު ކުރުމެއްނެތި ނައިލް މަޑުމަޑުން ޝާޔަންގެ އައިނު ނެގިއެވެ. ޝާޔަން ލޮލުގެ ކަޅި އެކި ދިމަދިމާއަށް ގެންދަމުން ދިޔައި ނައިލްގެ ސީދާމޫނަށް ބަލަން ނޭންގިގެންކަން ނައިލްއަށް އިނގުނެވެ. ނައިލް ކުޑަ އިރުކޮޅަކު ޝާޔަންގެ މޫނަށް ބަލަން ހުރެފައި މަޑުމަޑުން ޝަޔަންގެ ނިތަށް ބޮސްދިނެވެ. ޝާޔަންދެ ދެލޯ މެރިގެން ދިޔައީ ނައިލްގެ މި ހަރަކާތުންނެވެ. ދެން ނައިލް މަޑުމަޑުން ޝާޔަންގެ ދެލޮލަށް ބޮސްދިނެވެ. ދެން ނައިލް ކޮށްލިކަމަކުން ޝާޔަންއަށް ނައިލްގެ ގަމީސް ދެއަތަށް ބޮޑިކޮށްލެވުނެވެ.
ނާއިރާ ކޮޓަރިން ނިކުމެގެން މިސްރާބުޖެހީ ތިރިއަށް ދިއުމަށްޓަކައެވެ. ނަމަވެސް ކުށްލިއަކަށް ނާއިރާގެ އަތުގައި މީހާކު ހިފައިގެނެސް ބެހެއްޓީ ފާރުކައިރީގައެވެ. ޝާއިން ދެއަތް ނާއިރާގެ ދެފަރާތުން ފާރުގައި ވިއްދާލަމުން ނާއިރާއާއި ދިމާއަށް ބަލާލިއެވެ.
”ޝާއިން…..”
ޝާއިން ބަލަން ހުރިގޮތުން ނާއިރާއަށް ލަދުން އިސްޖަހައިލެވުނެވެ. ޝާއިން އިރުޅަކު އެހެން ނާއިރާއާއި ދިމާއަށް ބަލަން ހުރެފައި މަޑުމަޑުން ނާއިރާގެ ކޮލުގައި ބޮސްދިނެވެ. ނާއިރާގެ ހިތް ތެޅެމުން ދިޔައީ ނުހަނު ބާރަށެވެ. ދެންމެ ދެންމެ ފައިގެ ހުޅުން ވާގި ދޫވެދާނެހެން ވެސް ހީވާފަހަރު އާދެއެވެ.
”އަހަރެން އެބައޮތް ވަރަށް ބޮޑު ވާހަކައެއް ބުނަންވެފަ……އަހަރެން ފީލް ކުރާގޮތަށް ފަހަރެއްގަ ނާއިރާއަށް ފީލް ނުވެވެސް ދާނެ…..އެކަމް ވެސް ދެން ލަސް ކުރާކަށް ބޭނުމެއްނޫން…..އަސްލު މިއަށް ވުރެ ރަގަނޅު މާހައުލަކު މިވާހަކަ ބުނަން ބޭނުމީ….މިކަމާ ވަރަށް ވިސްނިން…..ފުރުމުގެ ކުރިން ބޭނުން ނާއިރާއަށް މި ވާހަކަ އިނގެން…..”
ޝާއިންގެ ވާހަކަ މެދުކަޑާލަމުން އަނެއްކާވެސް ކުރިއަށް ގެންދިޔައެވެ.
”އައި ލަވް ޔޫ ނާއިރާ…….”
ޝާއިން ކޮންމެ ބަހެއް ވަކިވަކިން ބުނެލީ މަޑުމަޑުންނެވެ.
”މިހާރު ޖަވާބެއް ނުދިނަސް އޯކޭ…..އަހަރެން އެބުރި އަންނައިރު ޖަވާބު ލިބޭނެކަމަށް ހީކުރަން……ދެން އިހަށް ހިނގާ ތިރިއަށްދަމާ ނޫނީ އަހަންނަށް ނީ ތިހާ ކާރީގަ ހުންނަ އިރުގަ ކޮންޓްރޯލް ކޮށްލައިގެން ހުންނަން ވަރަށް އުނދަގޫ….”
ނާއިރާގެ ކަންފަތާއި އަނގަ ކައިރި ކޮށްލަމުން ޝާއިން މަޑުމަޑުންބުނެލިއެވެ. ނާއިރާ ދެލޯމަރައިލައިގެން އިސްޖަހައިލައިގެން ހުރީ ޝާއިންއާއި ދިމާއަށް ބަލާލަން ނުކެރިގެންނެވެ. ޝާއިންއާއި ނާއިރާ ތިރިއަށްދިޔަ އިރުވެސް ޝާޔަންއާއި ނައިލް ތިރިއަށްނާދެއެވެ.
”ހިނގާދަމާ ދޯ….މަންމަމެން ތިބޭނެ ލަސްވެފަ މިހާރު…..”
ޝާޔަންގައި ބައްދާލައިގެން ހުރި ނައިލް ޝާޔަންއާއި ދުރުވެލަމުން ބުނެލިއެވެ. ޝާޔަންއާއި ދުރުވަން ނައިލް އެއްގޮތަކަށް ވެސް ބެނުމެއްނޫނެވެ.
”އަލް މިސްޔޫ ސޯ މަޗް ލަވް…..”
ނައިލް އަނެއްކާވެސް ޝާޔަންގެ ނިތަށް ބޮސްދިނެވެ.
”ރޮމޭންސް ކުރަންވީ ޓައިމް އޯވާ……މިހާރު މިއައީ ޝާޔަން ބަލާ….”
ނައިލް ކޮޓަރީގައި ޓަކި ޖަހާލަމުން ވަދެގެންއައި ނާއިރާ އައިސް ޝާޔަންގެ އަތުގައި ހިފައިލަމުން ބުނެލިއެވެ.
”ހެހެހެ…..އާން ނީ ދޭބަ އިނގޭ ޝާޔަންއާ އެކީގަ…..ދޮންބެ އެބަދަން……”
ނާއިރާ އާ އޯކޭ އޭބުނަމުން ޝާޔަން ގޮވައިގެން ދިޔައީއެވެ. ނައިލް ފޯނަށްބަލާލީ މެސެޖެއް އައުމުންނެވެ. ނުދަންނަ ނަންބަރަކުން އައިސްފައި އިން އެ މެސެޖް ނައިލް ހުޅުވާލިއެވެ.
”ނައިލް ހީކުރީ ކީކޭ ކަމަށް؟….ހެހެހެ…..ޝާޔަން ރާއްޖޭން ބޭރަށް ދިޔައީމަ މި ހިސާބުން މިކަންތައް ނިމުނީ އޭތަ؟….އެހެނެއް ނުވާނެ އިނގޭ….އަލް ބީ ޑެސްޕަރޭޓްލީ ވެއިޓިން ފޯ ހަރ ރިޓާން……ޝާޔަން އެބުރި އަންނަ ދުވަހަކީ ނައިލްގެ ހަޔާތުގާ އަންނާނެ އެންމެ ހިތާމަވެރި ދުވަސް ކަމުގަ ހަދާނަން…..މާރކް މައި ވޯޑްސް ނައިލް……އަހަރެން ޝާޔަން އަންނަން ދެން އިންތިޒާރުކުރާނަން….އެވަރިހަމަ ކިތަންމެ ދުވަހެއް ވިއަސްވެސް….އަލް ސީ ޔޫ އެރައުންޑް ނައިލް…..”
އާރަވްގެ އެމެސެޖް ފެނި ނައިލްގެ ފޯނުއަތުން ދޫވެގެން ނުވެއްޓުނީ ކިރިޔާއެވެ.
(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

InaaSh

Level 210 Stories100 Comments

Other Articles

Previous

ނާއިންސާފު (ޓްރެއިލަރ)

Next

ވާލޯބި އެނގޭނަމަ 24

Next
May 27, 2019

ވާލޯބި އެނގޭނަމަ 24

Previews
May 27, 2019

ނާއިންސާފު (ޓްރެއިލަރ)

26 Comments!

  1. jiji says:
    May 27, 2019 at 9:46 pm

    ??????❤❤❤?????☝☝✨✨✨???First baa

    1. InaaSh says:
      May 28, 2019 at 7:52 pm

      Yup first… ?

  2. naa11 says:
    May 27, 2019 at 10:19 pm

    second dho ekamu nice??❤❤???

    1. InaaSh says:
      May 28, 2019 at 7:52 pm

      Jazakillah khairan ?

  3. naa11 says:
    May 27, 2019 at 10:19 pm

    second dho ekamu nice??❤❤???obi ingey

    1. InaaSh says:
      May 29, 2019 at 3:41 am

      Jazakillah khairan ?

  4. Mal? says:
    May 27, 2019 at 10:42 pm

    V reethi ? third me dhoo??

    1. InaaSh says:
      May 29, 2019 at 3:41 am

      Jazakillah khairan ?

  5. Ibsha says:
    May 27, 2019 at 11:18 pm

    Wow varah reethi

    1. InaaSh says:
      May 29, 2019 at 3:42 am

      Jazakillah khairan ?

  6. Ibsha says:
    May 27, 2019 at 11:18 pm

    Wow varah reethi

    1. InaaSh says:
      May 29, 2019 at 11:29 am

      Jazakillah khairan ?

  7. ??Doll¥?? says:
    May 27, 2019 at 11:19 pm

    Masha Allah…….. Vrh ves Reethi mi part ves……. When next part????Keep it up dear…. ??

    1. InaaSh says:
      June 1, 2019 at 4:52 pm

      Jazakillah khairan?

  8. jiji says:
    May 27, 2019 at 11:35 pm

    Alhe v rythi..dhn kihineh baa dhw vaany..waitingssss ???????????????✨✨✨

    1. InaaSh says:
      May 29, 2019 at 11:29 am

      Jazakillah khairan ??

  9. Jee says:
    May 28, 2019 at 12:23 am

    Varah nice. Waiting for the next part. ?

    1. InaaSh says:
      May 29, 2019 at 11:30 am

      Jazakillah khairan ?

  10. ??Doll¥?? says:
    May 28, 2019 at 9:57 pm

    Alhey Vrh Reethi….. Masha Allah…… Can’t wait for what’s gonna happen next….. ❤️❤️❤️ Avahah up kohdheeba next part inaash plx❤️❤️❤️

    1. InaaSh says:
      May 29, 2019 at 11:30 am

      Jazakillah khairan ? insha allah soon ?

  11. Reader? says:
    June 1, 2019 at 3:02 pm

    Mi part wes hama habeys

    1. InaaSh says:
      June 1, 2019 at 4:53 pm

      Jazakillah khairan ?

  12. ފާތުމަތު says:
    June 1, 2019 at 3:02 pm

    Ashikiriya mi part mi kiyaalewuny.. hehe next part kiyaalan awahah miulheny… ?

    1. InaaSh says:
      June 1, 2019 at 4:54 pm

      ?

  13. Amin says:
    June 1, 2019 at 3:03 pm

    V nice

    1. InaaSh says:
      June 1, 2019 at 4:54 pm

      Jazakillah khairan ?

Comments are closed.

Next Episodeމާޒީ (ވިހިވަނަބައި)←


All Right Reserved!