ފަތިހުގެ ފިނި ފިނި ވަގުތެވެ. އަތިރިމައްޗަށް ބީއްސާލާ މޫދުގެ ރާޅުތައްދަނީ ދޮންވެލި ފަސްގަނޑުގައި މަޑުމަޑުން ބޮސްދީފައެވެ. އިރުއޭގެ ވަޒީފާ އަދާކުރަމުން ދުނިޔެއަށް އަލިކަން ފޯރު ކޮށްދެމުން އާދެއެވެ. އުދުހޭ ދޫނިސޫފާ ސޫފީގެ އަޑުތަށް މަޑުމަޑުން އިވެމުންދެއެވެ. އިރުއަރަމުން އެދާ ވަގުތުގައި ދައްކުވައިދެނީ ގުދުރަތީ ރީތިކަމުގެ ވަރަށްވެސް ފުރިހަމަ މިސާލެކެވެ. ގުދުރަތުގެ މިފުރިހަމަ މަންޒަރުތަކަށް ގެއްލިފައިހުރި ޝާމްގެ މޫނުމަތީ ގައިވީ ފެންނަ ކޮންމެ މީހެއްގެ ހިތްތައް ކަތިލާފަދަ ފުރިހަމަ ހިނިތުންވުމެކެވެ. އޭނާއަށް ގުދުރަތުން ދެއްވާފައިވާ ރީތިކަމަކީ އެކަމައްކައްޓަކައި އޭނާއަށް […]