އޮފީސް ނިއްމާފައި ގެއަށްް ވަދެގެން ދިޔަ އަޔާންގެ މޫނުމަތިން ރުޅިވެރިކަން އިންތިހާއަށް ފެންނަމުން ދިޔައެވެ. އަޔާންް ސިޑިން އަރައިގެން ދިޔަ ގޮތަށް ގޮސް ކޮޓަރިއަށް ވަދެ ޓައީ ނައްޓާލައި ލައިގެންްހުރި ގަމީސް ބޭލުމަށްފަހު އެނދު މައްޗަށް އެއްލައިލިއެވެ. އަޔާންގެ ކަސްރަތީ ހަށިގަނޑުގައި ދާތިކިތަށް ވިދަވިދާ ހުއްޓެވެ. ކޮޓަރީގައި ހުރި މޭޒެއްމަތީ ބަހައްޓާފައި ހުރި ޑާރޓު ތަކުން ޑާރޓެއް ނަގައި ޑާރޓު ބޯޑާއި ދިމާލަށް އެއްލިއެވެ. ޑާރޓްް ގޮސް ޑާރޓު ބޯޑުގައި ހަރުކޮށްފައި އިން ޒޯޔާގެ ފުޓޮއަށް ޖެހުނެވެ. އަޔާން ޑާރޓު ބޯޑާއި ގާތްވެލައި ޒޯޔާގެ ފުޓޮއަށް ބަަަލައިިލިއެެވެ. ” ޒޯޔާ …. ހީނުކުރަށްޗޭ އަހަަރެން ޒޯޔާ ތިހާ ފަސޭހައިން ދޫކޮށްލާނޭ …. ވެއިޓް އެންޑު ވޮޗް … ވަޓް އައި ކޭން ޑޫ … ޒޯޔާ ފާރޫޤް … ލެޓްސް ބިގިން …”
ޒޯޔާ އޮފީހުގެ ދޮރުމަތީ ހުއްޓިލުމަށްފަހު ކުރިއަށް ބަލައިލިއެވެ. ” މުޑުދާރު އަންހެނާ އަހަރެން ކަލޭ ދެކެ ލޯތްބެއް ނުވޭ …” ޒޯޔާއަށް ދެލޯ މަރާ ލެވުނެވެ. އަޔާން ބުނި އެ ޖުމުލަ ޒޯޔާގެ ކަންފަތް ދޮށުގައި ގުގުމަމުން ދިޔައެވެ. ޒޯޔާ ދެލޯ މަޑުމަޑުން ހުޅުވައިލިއެވެ. ” އަޔާން އަހަރެންނަށް މާފްކުރޭ … އަޔާން އަހަރެން ދެކެ ކިތަންމެ ރުޅިއައި ކަމުގައި ވިޔަސް އަހަރެންނަށް އަޔާންގެ ކުރިމައްޗަށް ދާންޖެހޭނެ … މިއީ އަހަރެން ހަމައެކަނި އަހަރެންގެ ދަރިފުޅަށްޓަކާ ހިޔާރު ކުރި ދިރިއުޅުމެއް … މި ދިރިއުޅުމުގައި އަހަރެންގެ ހަޔާތުގައި އަޔާންއަށް ޖާގައެއް ނެތް .. ”
ޒޯޔާ ގޮސް ލިފްޓަށް އަރާ ދެވަނަ ފުލޯ އަށް ފިއްތައިލިއެވެ. ހިތާ ހިތުން އަޔާންގެ ކުރިމައްޗަށް އަރަން ނުޖެހޭނެ ނަމައޭ ދުއާ ކޮށްލިއެވެ. ޒޯޔާ ލިފްޓްގެ ދޮރު ހުޅެވުމާއެކު މަޑުމަޑުން ނިކުންނަމުން މުޅި ތަނަށް ވަށައިގެން ބަލައިލެވުނެވެ. އަޔާންގެ ހިލަމެއް ނުވުމުން މަޑުމަޑުން ގޮސް އޭނާގެ ކެބިންއަށް ވަނަ ދޮރު ހުޅުވައިލިއެވެ. ” ގުޑް މޯނިން ޒޯޔާ …” ނާވީން ޒޯޔާ ފެނުމުން ރީތި ހިނިތުންވުމަކާއެކު ބުނެލިއެވެ. ” ޒޯޔާ ނާވީންއަށް އަދަބުވެރި ކަމާއެކު ޖަވާބު ދާރީ ވިއެވެ. އަދި ގޮސް އޭނާއަށް ހާއްސަ ކޮށްފައި ހުންނަ ޑެސްކު ކައިރިއަށް ގޮސް އިށީނެވެ. ޒޯޔާ އޭނާއަށް ކުރަންޖެހޭ ކަންކަމައިގެން ކުރިއަށް ދިޔައެވެ. ނަވީން އިރު އިރު ކޮޅާ ސިއްރު ސިއްރުން ޒޯޔާއާއި ދިމާލަށް ބަލައިލައެވެ. ދެމީހުން ސިއްސައިގެން ދިޔައީ ނަވީންގެ މޭޒުމަތީ ހުރި ލޭންޑުލައިން ފޯން ރިންގު ވާން ފެށުމުން ނެވެ. ނަވީން ފޯންނަގައި ހަލޯ އޭ ބުނެލިއެވެ. އިރު އިރު ކޮޅާ އާހޫ އަޅުވާލުމަށްފަހު ފޯން ބޭއްވިއެވެ. އަދި ތެދުވެ ގޮސް ޒޯޔާ ގާތު ހުއްޓިލިއެވެ. ” އެސްކިޔުޒް …. އަޔާން ސަރގެ ކެބިންއަށް އާދެބާ އަހަރެންނާއެކު … ” ނަވީން އެހެން ބުނެލާފައި ނިކުތުމުން ޒޯޔާ މަޑުމަޑުން އިން ގޮޑިން ތެދުވިއެވެ.
ތެޅި ތެޅި އޮތް ހިތަކާއެކު ޒޯޔާ މަޑު ފިޔަވަޅު ތަކެއް ގައި ގޮސް އަޔާން ގެ ކެބިން އަށް ވަނެވެ. އަޔާން ބޮޑު ގޮޑީގައި އިށީދެގެން އިންއިރު ނަވީން ގޮސް އަޔާން އިން މޭޒުގެ ކުރިމަތީގައި ހުރި ގޮޑީގައި އިށީނެވެ. ޒޯޔާއަށް އަޔާން ފެނުމާއި އެކު ހިތުގެ ހިނގުން އިތުރަށް އަވަސްވެގެން ދިޔައެވެ. މޫނުމަތިން އެ އިހުސާސް ތަށް ފޮރުވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ” ނަވީން … އަހަރުމެންގެ ލަންޑަންގެ ކުލައިންޓަކާ އޮތް ބައްދަލުވުމަކަށް ބައިވެރިވަން ނަވީން މިއަދު ހަވީރު ފުރަންޖެހޭނެ .. ސޯ ޔޫ ކޭން ގޯ އެންޑް ބީ ރެޑީ ފޯރ ދެޓް .. އެންޑު ޔޫ ޒޯޔާ … ނަވީންގެ ކަންތަކާ ހަވާލު ވާންވާނެ … ނަވީން މިކޮޅަށް އަންނަންދެން … ސޮރީ އަދި އިއްޔެ ދޯ އިސްޓާޓް ކުރީ .. ބަޓް އަވިލް ގިވް ބޯނަސް ފޯރ ދިސް … ” އަޔާން ވާހަކަ ނިއްމާލިއިރު އޭނާގެ ތުންފަތްމަތީ މަކަރުވެރި ހިނިތުންވުމެއް ވިއެވެ. ޒޯޔާ ހުރީ ބުނާނެ އެއްޗެއް ނޭގިފައެވެ. އެއްފަހަރު އޭނާ ސޫރަދެކެން ބޭނުމެއް ނުވެއޭ ބުނާއިރު މިހާރު އެ އުޅެނީ ކިހިނެއް ވެގެން ހެއްޔެވެ. އަޔާން ޒޯޔާއަށް ބަލާލިވަގުތު ދެމީހުންގެ ހަތަރު ކަޅި ސީދާ ވެގެން ދިޔައެވެ. އަޔާންގެ އެތޫނު ނަޒަރުން ޒޯޔާގެ ހިތުގައި ރާޅުބާންޏެއް ދަތުރު ކޮށްލިއެވެ.
” އޯކޭ … ދެން އަވިލް ގޯ ހޯމް އެންޑް ވިލް ގެޓް ރެޑީ ފޯރ އިޓް …..” ނަވީން ގޮނޑިން ތެދުވަމުން ބުނެލިއެވެ. އަޔާންއަށާއި ޒޯޔާއަށް ހަމަބިމަށް އާދެވުނީ އެވަގުތު އެވެ. ނަވީން ދާން ހިގައިގަތުމުން ޒޯޔާވެސް ނަވީން ފަހަތުން އެތަނުން ނިކުންނަށް ހިނގައިގަތެވެ. އަޔާން އެދެމީހުން އެތަނުން ދާންދެން ބަލަހައްޓައިގެން އިނުމައްފަހު އިންތަނުން ތެދުވެ ގޮސް މަގުމަތި ފެންނަގޮތަށް ހަދާފައި ހުރި ލޯ ގަނޑުން ބޭރަށް ބަލަހައްޓައިގެން ހުއްޓެވެ. ” ޒޯޔާ … ވައި…. ވައި ޔޫ ކޭމް ބެކު … ” އަޔާންގެ އެއް އަތް މުއްކަވާލާފައި ހުރިވަރުން އެ އަތަށް ލޭއަރާލާފައި ވިއެވެ.
” ޒޯޔާ .. ޒޯޔާ ..” ނަވީންގެ ފަަހަތުން ކެބިންއަށް އައިސް ވަން ޒޯޔާއަށް ނަވީން ދެ ފަހަރަކު ގޮވާލިއެވެ. ޒޯޔާ ހިޔާލު ތަކުގައި ގެއްލިފައި ހުރިވަރުން ނަވީން ގޮވިކަން ރޭކާވެސް ނުލިއެވެ. ތިން ވަނަ ފަހަރު ގޮވައިލުމުން ޒޯޔާ ސިހިފައި ލައްބައޭ ބުނެލިއެވެ. ” ވަޓް ހެޕެންޑް ޓު ޔޫ …” ނަވީން ޒޯޔާއަށް ފުުންކޮން ބަލައިލަމުން ބުނެލިއެވެ. ” ނަތިން … ” ޒޯޔާ ރީތި ހިނިތުންވުމެއް ހަދިޔާ ކުރަމުން ނަވީން އަށް ޖަވާބު ދިނެވެ. ” އާރ ޔޫ ސްކެއާޑް … ޒޯޔާ އައި ނޯ …. ޔޫ ކޭން ޑޫ އިޓް.. ސަރ ބައެއް ފަހަރު ރުޅިގަދަ ވިޔަސް އެނެއް ބައި ފަހަރު ވަރަށް ރަނގަޅު ވާނެ … އަހަރެން އަށްނައްވާއިރަށް ޒޯޔާ އަށް ވަރަށް ރަނގަޅަަށް ސަރ އާއެެކު މަސައްކަށް ކުރަން ދަސްވާނެ … ސޯ ޗިލް …” ނަވީން އެއްޗެހި ހިފައިގެން ދާން ނިކުތުން ޒޯޔާ ރީތި ހިނިތުން ވުމަކާއެކު ސޭފް ޖާރނީ އޭ ބުނެލިއެވެ. ނަވީންވެސް ބަދަލުގައި ހިނިތުން ވެލިއެވެ. ނަވީން އަށް ދިޔުމުގެ ކުރިން ޒޯޔާގެ ފަރާތުން އެ ރައްދުވި ހިތުންވުމުގެ ސަބަބުން އޭނާގެ ހާސްކަން އެކަން ފިލައިގެން ދިޔައެވެ. ޒޯޔާގެ އެރީތި މައުސޫމް ސޫރަ އެންމެ ފުރަތަމަ ފެނިލުމުންވެސް ނަވީންގެ ހިތުގެ ހަމަހިމޭންކަން ނަގާލައިފިއެވެ.
ރީނާގެ ހަރަކާތްތަަކަށް ގެއްލިފައި އިން ފަޔާޒަށް ހަމަބިމަށް އާދެވުނީ ކައިރީގައި އޮތް މޯބައިލް ފޯން ރިންގުވާން ފެށުމުން ނެވެ. އަވަސް އަވަހަށް ފޯން ނަގައި ކަންފަތުގައި ޖަހާލަމުން ފަޔާޒް ވާހަކަ ދައްކަން ފެށިއެވެ. ” ފަޔާޒް .. އަހަރެން ފަޔާޒް އާ ކުރަން ހުރި ބައިވަރު ސުވާލު އަބަހުރި … އެކަމަކު…..” ފޯންގައި ވާހަކަ ދައްކަމުން ދިޔަ ފަޔާޒް އަށް ބަލަމުން ދިޔަ ރީނާގެ ހިތުގައި އުފެދެމުން ދިޔަ ސުވާލުތަކަށް ފަޔާޒްގެ ފަރާތުން ޖަވާބަކަށް ރީނާ ބޭނުންވިއެވެ. ނަމަވެސް ފަޔާޒް އާއި ވާހަކަ ދައްކަން ފަށަން ރީނާ ޖެހިލުން ވިޔެވެ.
” މަންމީ ކީއްވެ ޒާންގެ ބައްޕި ނެތީ….. ” ޒޯޔާ ގައިގައި ބައްދައިލައިގެން އޮތް އަޒާން ޒޯޔާ އާއި ސުވާލު ކޮށްލިއެވެ. އަޒާން ކުއްލިއަކަށް އެ ސުވާލު ކުރުމުން ޒޯޔާ ހައިރާންވެ އަޒާން އާއި ދިމާލަށް ބަލައި ލިއެވެ. އެ މައުސޫމު މޫނުމަތިން އެ ސުވާލުގެ ޖަވާބު ބޭނުންވާ މިންވަރު ހާމަ ވެގެން ދިޔައެވެ. ” ޒާން ކުލާހު ހުރިހާ ކުދިންގެ ބައްޕި ތިބޭ .. ކޮބާ ޒާންގެ ބައްޕި ….” ޒޯޔާ އޮތީ ބުނާނެ އެއްޗެއް ނޭގިފައެވެ. އަޒާން އަކީ އަދި ކުޑަ ކުއްޖެކެވެ. އަޔާންގެ ވާހަކަ އަޒާން އަށް ކިޔައިދޭނެ ގޮތެއް ޒޯޔާއަށް ވިސްނުމަކަށް ނައެވެ. ޒޯޔާ މިފަަހަރުވެސް ހިޔާރު ކުރީ ހަމަހިމޭންކަމެވެ. ނަމަވެސް ޒޯޔާގެ ދެލޮލުން ކަރުނަ ފާއްދާލިއެވެ. އަޔާން ގެ މިޖާޒަށް އައިސް ހުރި ބަދަލުގެ ސަބަބުން އަޔާން އާއި ކުރިމަތިލަން ޒޯޔާ ޖެހިލުން ވެއެވެ. އެހިޔާލު ތަކުގައި އޮއްވައި ޒޯޔާ އަށް ސިހުން ގެނުވީ މަޑުމަޑު އަތެއް ޒޯޔާގެ ކޯތާ ފަތުގައި ބީހުމުންނެވެ. ” މަންމީ … ނުރޮއި … މަންމި ރޮންޔާ … ކޮށްކޮ ދެރަވޭ … ސޮރީ މަންމީ …” އަޒާން ޒޯޔާގެ ކަރުނަ ތަށް ފޮހެ ދެމުން ބުނެލިއެވެ. ޒޯޔާ އަޒާން ބޮލުގައި ފިރުމައިލިއެވެ.
” ޒޯ … ކިނެއްވެފަ ތިއިނީ … ” ކޮފީ ތައްޓެއް ހިފައިގެން ބެލްކަންޏަށް ނިކުން ރީނާއަށް ބެލްކަނީގައި ހުރި އުދޯއްޔަށް ދެފައި ނަގައިގެން އުޑުމައްޗަށް ބަލަހައްޓައިގެން އިން ޒޯޔާ ފެނި ސުވާލު ކޮށްލިއެވެ. ޒޯޔާ އެވަގުތު ނޭފަށް އެތެރެއަށް ދަމާލިއެވެ. ރީނާއަށް ޒޯޔާ ރޮނީ ކަން ނަގައި ގަނެވުނެވެ. ” ޒޯ .. ޒޯ ރޮނީ ދޯ …..” ޒޯޔާ ކައިރީ އައިސް އިށީން ރީނާ ބޮލުގައި ބައްދާލައިގެން އިތުރަށް ޒޯޔާއަށް ރޮއި ގަނެވުނެވެ. ” ޒޯ .. ކިހިނެއް ވީތަ ބުނެބާ … ” ރީނާ ހާސްވެ ސުވާލު ކޮށްލެވުނެވެ. ” ރީ .. ޒާން .. ޒާން މިއަދު ވެސް އަޔާން ވާހަކަ އެހި … އަހަރެން ކިހިނެއް ޒާން ގާތު ބުނާނީ … ޒާން އެހި ކޮބާހޭ .. އޭނަގެ ބައްޕަ …. އަހަރެން ވެސް ބޭނުމޭ ޒާންއަށް ޒާންގެ ބައްޕަ ހޯދަދޭން އެކަމަކު … އެކަމަކު … ރީ … އަހަ ރެން ނަށް … އަޔާން ފެނިއްޖެ ….” ޒޯޔާ އެންމެ ފަހުން ބުނި އެއްޗަކުން ރީނާއަށް ދެލޯ ބޮޑު ކޮށްލެނެވެ. ” ކީކޭ … އަޔާން …” ރީނާ ބުނަން އުޅުން އެތި ފުރިހަމަ ނުވަނީސް ޒޯޔާ ވާހަަކަ ދައްކަން ފެށިއެވެ. ” އާ ރީ… އަޔާން އާ އަހަރެން ބައްދަލު ވެއްޖެ … އެކަމަކު އެއީ މިހާރު އަހަރެން ދަންނަ އަޔާން އެއް ނޫން … އަހަރެން ގެ ޔާން މުޅިން ބަދަލު ވެއްޖެ … ޔާން އަހަރެނަށް ނަފްރަތު ކުރޭ … އަހަރެންދެކެ ފޫހިވޭ …. އަހަރެން ކިނެއް ހަދާނީ …..” ޒޯޔާ ރޮމުން ރީނާ އާއި ވާހަކަ ދައްކަމުން ދިޔައިރު ރިނާ އިނީ ބުނާނެ އެއްޗެއް ނޭގިފައެވެ. ” ކޮންތާކުން …. ކިހިނެއް ….” ރީނާ އަށް ސުވާލު ކޮށް ލެވުނެވެ. ޒޯޔާ ރީނާއަށް އަޔާން އާއި ބައްދަލު ވީ އަދި އެދެމެދު ދެއްކެވުނު ހުރިހާ ވާހަކަ އެއް ކިޔައި ދިނެވެ.
ރީނާ އަށް ޒޯޔާ ގައިން ދޫކޮށް ލައި ބޮލުގައި ދެއަތުން ހިފަހައްޓައި ލެވުނެވެ. ތަގުދީރުގެ ނިޔާ ނިކަން ދެކިބަލާށެވެ. އެތަށް އަހަރު ތަކަކަށް ފަހު އެނެއްކާވެސް އެދެ މީހުނާއި ކުރީގެ އެ މާޒިއްޔާ އެއްތަން ކުރެއްވިއްޔެވެ. އަޔާން އެނެއްކާ ޒޯޔާއަށް ދެރަގޮތެއް ހަދާފާނެ ތީ ރީނާ ބިރުގަތެވެ. ” ޒޯ … ޒޯ ތިވަޒީފާ ދޫކޮށްލާ … އެނެއްކާ އޭނަ ޒޯ އަށް ދެރަގޮތެއް ހަދާފާނެ … ” ރީނާ ހާސްވެ އިނދެ ބުނެލިއެވެ. ” ނޫން ރީ … މިފަހަރު އަހަރެން ބިރުން ފަހަތަކަށް ނުޖެހޭނަށް … އަހަރެން ނާއި އެކު ރީ … ވާހާ ހިނދަކު ޒޯ ހިތްވަރު ކުރާނަށް … އަހަރެން އަދި ޖަވާބު ބޭނުންވާ އެތަށް ކަމެއް އަބަހުރި އެކަން ކަމުގެ ޖަވާބު އަހަރެން ހޯ ދަން ބޭނުން …. ރީ ޕުލީސް ” ރީނާގެ ދެއަތުގައި ބާރަށް ހިފައި ލަމުން ޒޯޔާ ބުނެލިއެވެ. ރީނާ ޒޯޔާއަށް ބަލައިލީ ޒޯޔާ ކުރާ ކޮންމެ ކަމެއް ގައި އަބަދުވެސް ދެގޮތެއް ނުވެ ދެމިހުނާނެ ކަމުގައި ބުނަމުންނެވެ.
ފަތިހުގެ ފިނި ވައިރޯޅި ތަށް ފަޒާގައި ދައުރު ކުރަމުން ދިޔައެވެ. އެ ބޮޑުގޭގެ ޓެރެހުގައި ރީތި ގޮތަކަށް އަތުރާފައި ހުރި ޕޮޓު ތަކުގައި އިންދާފައި ހުރި ގަސްތަކުގައި ފޮޅިފައި ހުރި މާތަކުގައި ޝަބްނަމް ތިކިތަށް ރަސްކަން ކުރަމުން ދިޔައެވެ. ޓެރެސް ރެއިލިންގައި ބަޑު އަޅުވައި ލައިގެން އެއްއަތުން ކޮފީ ތަށީގައި ހިފަހައްޓައިލާފައި ހުރި އިރު ޖިމް ހަރުވާޅަކައި ކޮޑު ދެފަރާތުން ވައްޓާލާފައި އޮތް ތުވާލީގެ ސަބަބުން އެ ވަގުތު އޭނާ އެ ހުރީ ހަމަ ދެންމެ ކަސްރަތު ކޮށްފައި ކަން އެނގެއެވެ. ނިތްކުރި މައްޗަށް ވެއްޓިފައި ހުރި އިސްތަށި ތަށް އިރު އިރު ކޮޅާ ވަޔާ ވިހުރި ލައެވެ. ” އަޔާ …..” އޭނާގެ ފަހަތުން ކޮފީތައްޓެއް ހިފައިގެން އައި ފަޔާޒް ގޮވައިލިއެވެ. ފަޔާޒް އައިސް އަޔާން ގާތު ހުއްޓެމުން އަޔާންގެ މޫނަށް ބަލަލިއެވެ. ” ލަންޑަނަށް ދާ ވާހަކަ ބުނީ މެންނު … ނުދަންތަ … ” ފަޔާޒް ކޮފީ ތަށިން ކޮފީ ފޮދެއް ބޯލަމުން ބުނެލިއެވެ. “އައި ހޭވް ވެރީ އިމްޕޯޓެންޓް ތިންގް ޓު ފިނިޝް ހިޔަރ ….” އަޔާންގެ މޫނުމައްޗަށް ބަދަލު ހިފުމުގެ ކުލަވަރު ވެރިވެގެން ދިޔައެވެ.
ޒޯޔާ މިއަދު އޮފީހަށް ދާންޖެހުނީ ތަންކޮޅެއް އަވަހަށްށެވެ. ނަވީން ނެތުމުން މި ދުވަސް ކޮޅު އެ ގޮތަށް ކަންތަން ކުރަން ނަވީން އެދިލެއް ވީމައެވެ. ޒޯޔާ ސައިން ވެލުމައްފަހު ގޮސް ލިފްޓަށް އެރިއެވެ. ދާން ވީ ފޮލޯ އަށް ފިއްތައި ލުމައްފަހު ފޯން ވައިބުރޭޓް ވީ ހެން ހީވުމުން ފޯނު ހޯދަން ދަބަސް ހާވަން ފެށިއެވެ. އެވަގުތު ލެއްޕެން ދިޔަ ލިފްޓް ހުޅުވުނެވެ. ޒޯޔާ އެކަމަށް އެހާ ބޮޑަށް އަޅައެއް ނުލައެވެ. އަޔާން ލިފްޓަށް ވަދެ ހަމަޖެހިލަމުން ހެލޯ ޒޯޔާ އޭ ބުނެލިއެވެ. އެ އަޑު އެހާ ގާތުން އިވިމުން ޒޯޔާ ސިހިފައި އަޔާން އަށް ބަލައިލިއެވެ. އެ ވަގުތު އަޔާން ނުލަފާ ގޮތަކަށް ހީލަމުން ޒޯޔާއާއި ދިމާލަށް ބަލައިލިއެވެ. ޒޯޔާ ހަމަޖެހިލަމުން ކުޑަ ކޮން އަޔާން އާއި ދުރުވެލަން އުޅުން ވަގުތު ކުއްލިޔަކަށް ލިފްޓަށް ގުޑުން އަރައި ލިފްޓްގެ ބޮކި ނިވުނެވެ. ޒޯޔާ ހަޅޭއް ލަވައި ގަތުމަށް ފަހު ކައިރީ ހުރި އަޔާން ބޮލުގައި ބައްދައި ގަތެވެ. އަޔާން އަށް ބޭއިހުތިޔާރުގައި ޒޯޔާގައިގައި ހިފަހައްޓައި ލެވުނެވެ. އެވަގުތު ދެހިތުގެ ހިގުން އަވަސް ވެގެން ދިޔައެވެ.
_ ނުނިމޭ _
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
63 Comments!
Comments are closed.




Ashly yeyy yuh uploaded the story dhw…
Thanks ingey..Btw me first dhw..will comment After reading ingey ash….?????♥♥♥❤❤❤
Yeah you’re first ??❤️❤️❤️❤️❤️
Ashly yeyy yuh uploaded the story dhw…
Thanks ingey..Btw me first dhw..will comment After reading ingey ash….?????♥♥♥❤❤❤
Alhe haadha dhuvas kollaafa thi up kolly.. btw stry is awesome as always.. luvv it..
Yesh naseebehnu dhw inaa sis ah vure kurin First hoadhun kan.hehe?????
Thank you scarlet …. ❤️❤️
V reethi❤❤❤❤haadha dhuvas kohfa up kohlee…nxt part koh dhuvaheh ga?
Thank you azuna … Next part liyelevun haa avahakah up kohlaanah
????????????????????????????????❤❤❤❤❤❤❤❤❣❣❣❣❣❣❣❣❣❣???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️❤️♥️❤️♥️♥️❤️♥️❤️♥️❤️♥️♥️❤️♥️❤️♥️❤️♥️❤️♥️♥️❤️♥️❤️♥️❤️♥️❤️♥️♥️❤️♥️❤️♥️❤️?????????????????????????????????????????????????????? thank you bts v ?????????????????????????☺️☺️☺️☺️☺️☺️☺️☺️?????????????????????????????????????????????????????????????????????????????????????
dhn ehaa gina dhuvas nukoh up kurahchey ash
Yeah … I will upload soon
Boluga EY??????…boluga bahdhaigaheyther?????
Yeah .. next time that won’t happen ???
Masha Allah…… ❤️❤️ Mi part ves Vrh Reeth ashly….. ??Can’t wait to see what’s gonna happen Dear… ❤️❤️❤️ Koniraku next part up kohdheeba dear?????? ❤️❤️❤️❤️
Thank you aminath …. Next part varah avahah up kohlaanah igey♥️♥️♥️♥️♥️
Aww. I was waiting for this part… v nice mi story. Pls avaha up kohladhechey dhn??
Ehaa Gina dhuvas fahun up kohlevui thi varah bodah sorry igey …. Thank u for keep waiting …. Of course varah avahah dhen in part up kohlaanah ???
Yeyyyyyyyyyyyyyyy ??????????????up kohdhinythi Varah bodah Shakur…. Hehe mi prt vess Varah reethi hehe whn the nxt prt.???? ?????????
Kamzam mitha junkook … ? … next part soon I will upload
OMG finallyyyy…. haadha dhuwaheh wejje yey mi part ah inthizaaru kuraathaa… awahah zoya n ayaan gulhuwalaa n ayaan ah angaa eynage dhari ehkan azaan aky… ❤❤❤❤❤
Ehaa avahah ayaan ah ingeyne kameh neiy kudakoh thalhuvaalan vaane maa fonivegen ulheythee??
Thank you Maya …. Thank you for keep waiting …. Thank you for your opinion …. One day ayaan will know about azaan … But … ???????
Yeah Noor … I also thought about that ?
maya ehaa avahah story ninmaalaakah nuvaane eh nun….
Konn iraku next part dear??
Avahah up koh dhehchey… 🙂
Soon dhooni
Readers maayoos kollaafaves up kohdhineethee varah bodah thank-you Ashly dhoonee???? ummeedhu kuran mivaahaka nimendhen kiyaalan libeyne kamah varah reethi vaahaka eh mee❤❤?? waiting for the next part
Aan vaahaka nimeh dhen up kohdhey na iraadha kureh vihya
OMG finally up v ????????????and mi part vx varah reethi ????????waiting for the next part ?????ly ❤️?❤️❤️❤️❤️
Thank you axee…. ????❤️❤️❤️
Mi vaahakaaga abadhu vx liyefa innany boluga bahdhaali vaahaka. Y
Aan ei aslu ash men rashuga e gothah kiyaathi liye vent … Dhen ragalhu kohlaanah ????
next part thankolheh avahah up kohdhehchey.v interesting .
Thank you malu
Boluga bahdhaalaafa in than rangalhu kohlahchey..heheh..might part vec v v rythi ingey ..next part dhigukohdhehchey inge adhi miahvure…Keep it up ash..Luw yuh darlinn ?????????❤❤❤????????
Yeah I will … And next time that won’t happen ?????
Mi part varah lobi. Dhen next part avahah up kohlachee?????????????
Thank you Jasmine …. ????
Mi part ah wait kurathaa Kon dhuvaha finally I read this part ❤️❤️❤️❤️❤️Vv reethi mi part vas waiting for next part ???..
… Varah Gina dhuvas fahun dhw mi up kodhevuni …. sorry for that … Nd thank you for keep waiting …. Thank you ash ge vaahaka kamudhiya e ma ??????
Liyan nukerenya huttalaba. Dhamakun badi eh thi jahanu
I will write and I can … Nd also I have other works too …. So plxxx don’t get mad on me …. ?
Dhamakun badieh namaves Ashly eba jahaatha dhw
asluves dho …… ehen meehun nah evaru ves nuvegen vaahaka medhakun huhtaafa filanee
Ash liyan vaguthu libuni ma liyan … Ash rashu ga dhuvas kolhehga ulhefa mi ai so … It is difficult … But this is my hobby … ???? Reader’s
Thank you for supporting me
asluves dho …… ehen meehun nah evaru ves nuvegen vaahaka medhakun huhtaafa filanee
Thank you ashoo for understanding me … ?
Ashly kon irakun thr vhk up koh dheny.. waiting for the next prt…avahah up kohdhehchey..plx plx plx??????
Sunday or Monday ?
Eagerly waiting for the Next Part…
Plx upload soon
Masha allah v reethi ☺ waiting for the next part
Thank u reader …. ?
Liyaa varu eba feney.
Mahaku 1 faharu part eh
Emeehaka liyavey varaka Emeehaku liyaanee……. Everyone will not get get much free time……… Saafu ah ehaa varha free time libumas then thibey meehun ah nulebives light dhaane……. Anyway Ashley mi part ves velrh Reethi……..vrh ves dhigu inthizaareh mi part ah dolly kuree…… Masha Allah Ashly…Keep it up dear…. ❤️❤️❤️❤️when next part up kohleyenee dear❤️❤️Can’t wait for what’s gonna happen dear❤️❤️❤️
Emeehaka liyavey varaka Emeehaku liyaanee……. Everyone will not get that much free time……… Saafu ah ehaa varha free time libumas then thibey meehun ah nulebives higidhaane ……. Anyway Ashley mi part ves vrh Reethi……..vrh ves dhigu inthizaareh mi part ah dolly kuree…… Masha Allah Ashly…Keep it up dear…. ❤️❤️❤️❤️when next part up kohleyenee dear❤️❤️Can’t wait for what’s gonna happen dear❤️❤️❤️
Dolly ah kihineh engeny ma ehaa free kameh. Time akee hoadheema libey ehcheh. Mahaku ehfaharu thats too much.
Mihaaru mi Tuesday.. where is the nxt part..?? kiyaa hithun hama nuhereveny..Plx Plx PLx up kohbala ash.. vhka gavaaidhun up nukurevenyya vhka nuliyaany…. I think ehh readers hadhaa hn miyoh reethi vhka stop vaany kanneyge.. so SAD ash.. plxx up ash.. ??????
Alhey dhen kondhuvahakuntha up kuraany???
July 5 ga up vaany
Ashhhh….alhe mifaharu thankolheh avahah upload kohdhehchey….nd dont stop writing stories……
Kon irakun tha vahaka up vaany ash?