“ހެއި ކަމްލާ..” ނަޝާގެ މައުސޫމްކަމުން އޭނާގެ އަވައިގަ ޖެހިގެން އައި މިކާލްއަށް އެވަރުންވެސް ގޮވާލަން ކެރުނީ ކަމްލާއަށެވެ. “މިވަރުން ދަންޏާ ކަމްލާ ހީކުރާނީ އަހަރެން އޭނަޔާ އަޅައިގަނެގެން އުޅެނީޔޭ.. އާގް.. އެކަމަކު ދެންމީދަ މަންޖެއަށްވެސް ވަކި ގޮވާލާކަށް މަށަކަށް ނުކެރޭނެ..” ހިތަށް ވެރިވެގެން ދިޔަ ވަސްވާސްތަކާއެކު މިކާލް ހަމަ ރަނގަޅަށްވެސް ރަކިވާގޮތް ވިއެވެ. ނަމަވެސް އެކަން ނުދައްކާން ވާހަކ އޮޅުވާލިއެވެ.
“ދުވަން ނިކުމެއުޅެނިކޮށް ދެކުދީން މިދިމާއަށް އައިތަން ފެނުނީމަ ހިތަށްއެރީ މިހާހެނދުނާ ކީއްކުރަނީބާއޭ..؟” ހަގީގަތުގަވެސް މިކާލް ހުރީ ދުވަން ނިކުމެ ކަމުން ނިކަން އަވަހަށް ވާހަކައެއް ހަދާލިއެވެ. “މީހަމަ ސަންރައިޒް ބަލާލަން ކަމަށް.. އަދި ހަމަ ކޮންމެދުވަހަކުވެސް މޯނިންގް ރައިޑް އަކަށް ދާތީ ނިކުމެލީ ދޯ ކަންމި..” މިކާލް އާއި ހިލާފަށް ނަޝާއަށް މިކާލް ފެނުމުން އެރި ޖޯޝާފޯރީގައި ޖަވާބުދެމުން ކަމްލާއަށް ދޯދިނެވެ. އެވަގުތު ކަމްލާވެސް ހިނިތުންވުމަކާއެކު ބޯޖަހާލިއެވެ.
“ދެން މިހިސާބުގަ މަޑުކޮއްލަމާހިނގާ ދޯ.. މިހާރު އިރުގެ ދަޅަވެސް އެބަ ފެނެއެއްނު..” ދުރުނޫން ހިސާބެއްގައި ކަމްލާމެން ކައިރީގައި ހުރި މިކާލް ފެނުމާއެކު ޝިޔާޒްގެ މޫޑު ގޯސްވުމުން އިތުރަށް އެދިމާއަށް ދާކަށް ބޭނުމެއް ނުވިއެވެ. ހަގީގަތުގައިވެސް މިހާރު ޝިޔާޒްގެ ހިތުގައި މިކާލްއާއި ދެމެދު ހަސަދަ އާއި ރުޅިވެި ކަމުގެ ހުޅުރޯވާގޮތް ވެއްޖެއެވެ. ހަމަ އެހެންމެ ނަންނޭންގުނު ނަމަވެސް އެފިރިހެން މީހާއަކީ ކަމްލާގެ ކާކުތޯ ސުވާލުކުރުމުގެ ޝައުގުވެރިކަން ހިތުގައި އުފެދިއްޖެއެވެ.
“ނޫން މަށެއްނޫޅެން އެއީ ކާކުތޯބަލާކަށް. އެހެން ނޫނަސް އެއީ އަހަންނާ ކޮންބެހޭކަމެއް.. ކަމްލާއަކީ އިރެއްގަ އަހަރެންގެ ކަމަކަސް އޭރުވެސް އަހަރެންގެ ހިތް އޮތީ ލީޝްއަށް ހަދިޔާކުރެވިފަ. އެވަގުތު ޖެހުނު މައްސަލައެއްގެ ގޮތުން ފޫހިފިލުވާލަން އަހަރެންގެ ހަޔާތަށް ކަމްލާ ގެނަޔަސް ދެންއިތުރަށް އެފުރުސަތެއް ނުލިބޭނެ. ދެމަސްފަހުން އަހަރެންގެ ހިތުގެ މަލިކާ އަހަރެންގެ ހަޔާތުގެ ބައިވެރިޔާއަށް ހަދާނަން..” ގޮތް ނިންމަން އުނދަގޫވަމުން ދިޔަނަމަވެސް ޝިޔާޒް އޭނާގެ ނަފްސަށް ވިސްނާދެމުން ގެންދިޔައެވެ.
***********
އެތަށް އިރަކު ކޮޓަރީގައި ވިސްނަން އޮވެފައި ލީޝް ބޭރަށްނިކުމެ ޝޮޕިން ކުރާން ފެށިއެވެ. އަދި ކައިރީގައި ހުރި ސެލޫންއަކަށް ވަދެ ރީތިގޮތަކަށް ބޯކޮށާލުމާއެކު އެއްކޮށް ކަޅުކޮށްލިއެވެ. މިހާރު ބަލާލިކޮންމެ މީހަކަށްވެސް ލީޝް އޮޅޭނޭކަން ގައިމެވެ. ހިފާފައި ހުރި ކޮޓަރިއަށް އާދެވުމާއެކު ފެންވަރާ ތާޒާވެލައިގެން ދިގު ސްކާޓަކާއި އެކު އަތްކެނޑި ޓޮޕްކޮޅެއް ގަޔަށް މަހާލުމާއެކު ގަނެގެން ގެނައި އެއްޗެހި ޕެކްކޮށްލަމުން އޭގެއާއެކުގައި ލާންގަނެފައިވާ އޮޅަބޮއްޓާއި ހަމަޔަށްއަރާ ޖިންސްފޮތީގެ ޖެކެޓް ގަޔަށް ހެޔޮވަރުކޮށްލަމުން އަމިއްލަ ސޫރައަށް ލޯގަނޑުން ބަލާލިއެވެ. ” ޔަގީން މިހާރު ޝިޔާޒްއަށްވެސް އަހަރެން އޮޅޭނެ..” ހިތާހިތާ ލީޝް ކިޔާލިއެވެ. އޭރުވެސް ކެނޑިނޭޅި ނިޔާޒްދިޔައީ ލީޝްގެ ފޯނަށް ގުޅަމުންނެވެ. ނަމަވެސް އެކަމަކަށް އޭނާގެ ފަރުވާލެއްނެތެވެ. ފޮށިތަންމަތި ޕެކް ކޮށްލެވުމާއެކު ރީތިގޮތަކަށް ބޯހަދާލަމުން ދައްޗަކުން ހައްޔަރުކޮށްލިއެވެ. އަދި އޭނާ ގެންގުޅޭ ރޭބަން އަވިއައިނު ލޮލަށް ހެޔޮވަރު ކޮށްލަމުން ނިކުތީ ޓެކްސީއަކަށްވެސް ގުޅާފައެވެ.
ލީޝްގެ ހަބަރެއްނުވުމުން ގެއަށް އައި ނިޔާޒް އަށް އޜނާގެ އަންހެނުން ދިން ހަބަރަކުން ގޮތް ހުސްވާގޮތްވިއެވެ. ލީޝް އޭނާ ނުލާހަމަ ފުރަނީހެއްޔެވެ.؟ ނުވިތާކަށް އޭނާއަށް އޮޅުވާލުމަށްފަހު ގެއަށްއައިސް އަންހެނުން ނާއިވެސް ބައްދަލުކުރީ ހެއްޔެވެ.؟ ނަމަވެސް ހިތަށް ތަސައްލީއެއްލިބުނީ އޭނާއާއި ލީޝްގެ ގުޅުން ހާމަނުކުރުމުންނެވެ.
ކައުންޓަރާއި ތަޅުދަނޑި ހަވާލުކޮށްލުމަށްފަހު ޓެކްސީއަށް އެއްޗެހި އެރުވުމަށް އުޅުނު ލީޝް ކައިރިންދިޔަ ނިޔާޒް ފެނުމުން ހައިރާންވިއެވެ. ނިޔާޒްއަށްވެސް އެހާ ކައިރިންފެނުމުންވެސް އޭނާއެއް ނޭގުނީމައެވެ. ވުމާއެކު މަންމަ މެންނަށްވެސް ވާނީހަމަ އެވަރޭ ހިތަށް އެރުމާއެކު ލީޝްގެ ތުންފަތް މަތީގައި ހިނިތުންވުމެއް ކުޅެލިއެވެ.
***********
ކުރަން އައި މަސައްކަތްތައް ނިމުމާއެކު ލަސްނުކޮށް ޝިޔާޒް ނޭނުންވީ އަވަހަށް މާލެ ދާށެވެ. ނަމަވެސް ވިއްސާރައިގެ ސަބަބުން ދެވޭގޮތެއް ނުވިއެވެ. ނަޝާއަށް މިކަންވީ ލިބުނު އިތުރު ފުރުސަތަކަށެވެ. ވުމާއެކު ތުއްތުކުއްޖެއްހެން ވާރެޔާތެމި މަޖާކޮށް ސަކަރާތުގައި ވަގުތު ހޭދަކުރަމުން ގެންދިޔައެވެ.
ދެދުވަސް ފަހުން ފުރާންވެފައި ވަނިކޮށް ވިއްސާރަވުމުން ނަޝާހުރީ ނިކަން އުފާވެފައެވެ. ކަމްލާގެ ސަބަބުން މިކާލް މިހާރު ރަހުމަތްޔެރިއެއް ގޮތުގައި އެގެއަށް ޒިޔާރަތްކުރުމާއެކު ނަޝާއަށް ބަލާލާ ތަފާތުނަޒަރު ފާހަގަވެފައި ވާތީއެވެ. ވުމާއެކު ކަމްލާގެ ފުރުން ލަސްވުމަށް އޭނާއަށް އެދެވުނެވެ.
“ދަރިފުޅާ ފިކުރުބޮޑުނުވޭ.. ނަކަތުން ހަތެއް އަށެއްގައި އާންމުކަމެއް މިގޮތަށް ވިއްސާރަވުމަކީ.. ދެދުވަހެއްތެރޭގަ ޔަގީނުންވެސް ފުރޭނެ. ދަރިފުޅު އައުން ލަސްވެގެން ފާތުންދައްތަ ރޭގަވެސް ބައްޕައާ ވަރަށް ޝަކުވާކުރި..” ސިޓިންގް ރޫމް ކުޑަދޮރުކައިރީ ވެހެމުންދާ ވާރޭއަށް ނަޒަރު ހުއްޓައިލައިގެން އިން ކަމްލާއާއި އޭނާގެ ބައްޕަ ހާމިދު ވާހަކަ ދެއްކުމުން ހިނިތުން ވެލިއެވެ. އެވަގުތު އޭނާގެ ހިޔާލުގައިވި މާޒީގެ ހަނދާންތަށް ފޮރުވާލަމުންނެވެ.
ކޮންމެ ފަހަރަކުވެސް ބޯކޮށް ވާރޭވެހޭނަމަ އެމަންޒަރުބަލަން ކަމްލާއަށް ހުރެވެނީ އެހެންވެއެވެ. ޝިޔާޒް އޭނާމަތިން ހަދާން ނައްތާލިނަމަވެސް މިއަދާއި ހަމައަށްވެސް ކަމްލާގެ ހިތުގައި ރަސްކަން ކުރަމުން ދަނީ ޝިޔާޒް އަށްވީމައެވެ. އެހާ ހިތްދަތިގޮތަކަށް ދޫކޮށްލާފައި ދިއުމުންވެސް މެއެވެ.
**********
ލީޝްއައިސް ގެއަށް ވަނުމާއެކު އޭނާގެ މަންމަ ދަރިފުޅަށް އައިސްފައިވާ ބަދަލާމެދު ސުވާލުކުރިއެވެ. އަދި އެހާދިގުކޮށް ހެދުންލުމުން ޝިޔާޒްއަށް ކަމުނުގޮސްދާނޭ ބުނެ ޝަކުވާކުރިއެވެ. އަދި ކުރިންވެސް ހުރިގޮތް ކަމުދާތީވެ ޝިޔާޒް ލީޝްއާއި ގުޅުނީކަމުގައިބުނެ އެތަކެއް ވަސްވާހެއް ދިނުމާއެކު ނިކަން އަވަހަށް ލީޝްގެ ބޮލަށް ޝައިޠާނާ ސަވާރުވިއެވެ. އަސްލު ލީޝްގެ މަންމެންގެ މަޤްސަދަކީ ޝިޔާޒް އާއި ލީޝް ގުޅުވުމަށްވުރެ ޝިޔާޒްމެންގެ ވިޔަފާރި ހަލާކުކޮށްލުންކަން ހަދާންކޮށްދިނުމުން ލީޝްއަށްވެސް އެކަން ގަބޫލުކުރެވޭ ގޮތްވިއެވެ. ވުމާއެކު ދެން އޭނާ ދިމާކުރާނެ އެތަނުގެ މުއައްޒަފަކާމެދު ލީޝް ވިސްނާލިއެވެ. ނިޔާޒްއާއި ދެންއިތުރު ގުޅުމެއް ބާއްވަން އޭނާގެ ހިތް އެއްގޮތަކަށްވެސް އެއްބަހެއްނުވިއެވެ.
*********
ހޮނިހިރު ދުވަހުގެ އިރު ފެނުންތޮޅިލީ ހިތްގައިމު ދުވަހެއްގޮތުގައެވެ. ދެދުވަސްވާންދެން ވެހުނު ވާރޭގެ އެއްވެސް އަސަރެއްނުވާ ރީތި ނަލަ ދުވަހެއް ގޮތުގައެވެ. ރެއިންސުރެ ކަމްލާއަށް އިނދެވެނީ ފިކުރުބޮޑުވެފައެވެ. ދިރިއުޅޭތަން ބަދަލު ކުރަންޖެހުމާއެކު ޝިޔާޒް އަބަދުހެން ނުފެނުނު ނަމަވެސް އޭނާއާއި އެއްފަސް ގަނޑަކަށް އުޅެންދާން ޖެހުމުންނެވެ. ނަމަވެސް ބައްޕައަށްޓަކާ މިފަހަރު އެފިޔަޅުނަގަން ކަމްލާހުރީ ނިންމައިގެންނެވެ. ކޮންމެގޮތަކަށް ދިރިއުޅުމުގެ ނައު ބަދަލުވެގެން ދިޔަ ނަމަވެސް ހިތްވަރާއެކު އޭގެ ހުންގާނުގައި ހިފައިގެން ހުރުމަށެވެ.
ހެނދުނު ހަތެއްޖަހާއިރު ލާންޗް ނައްޓާލަން ބުނެފައި އޮތުމާއެކު ގިނަބަޔަކު ހަގަޑިބައި ގައި އައިސް ލާންޗްގައި އެމީހުން ބޭނުންވާ ޝީޓްއެއްގައި އިށީންދެއްޖެއެވެ. ކަމްލާމެން ސައިބޮއެގެންދާން ނޫނީ ނާހިދާ ހިތްހަމަ ނުޖެހުމުން އާދެވުނީ ހަތެއްޖަހަން ވަރަށް ކައިރިވެފައި ވަނިކޮށެވެ. އޭރު ކަމްލާމެން ދެބަފައިން ފިޔަވާ ހުރިހާމީހުން ތިބީ ލާންޗްގައެވެ. ވުމާއެކު އަވަސް އަވަހަށް ނަޝާއާއި ނާހިދާގެ ދެމަފިރިންނާއި ސަލާން ކޮށްލަމުން ކަމްލާމެން ލާންޗަށްއެރިއެވެ. މެދެއްހާހިސާބުގައި އިން ހުސްދެޖާގައި ގައި ހަމަޖެހިލުމާއެކު ލާންޗްގެ ދަތުރު ފެށިގެން ދިޔައެވެ. އޭރުވެސް ނަޝާމެން ބަނދަރުގައި ހަނާއަޅަމުން ވަދާއުގެ ސަލާމް ކުރަމުން ގެންދެއެވެ.
މީހަކަށް ބެލުމެއްނެތި ކަމްލާބެލީ އަވަހަށް ހެޑްސެޓް ޖަހާލުމާއެކު ގުރުއާން ޖަހާލެވޭތޯއެވެ. އަދި އޭގެ ކުރިން ދަތުރުދުއާވެސް އޭނާ ކިއެވެ. ބައިގަޑިއެއްހާ އިރުވެގެން ދިޔައިރުވެސް ކަމްލާއިނީ މޫދަށް ނަޒަރު ހުއްޓާލައިގެން ޤުރުއާން އަޑުއެހުމުގައެވެ. ނަމަވެސް އެހާގިނައިރު އެގޮތަށް ނީންދެވުމުން ހަމަޖެހިލާ ޝީޓްގައި ލެނގިލަމުން ކުރިމަތީގައި ތިބިމީހުނަށް ނަޒަރު ހިންގާލިއެވެ. އެއާއެކު ހީވީ ކަމްލާގެ މެއަށް ފިނިފެން އެއްޗެއް އޮއްސާލިހެންނެވެ.
މިހުރިހާއިރު ކަމްލާ އަމިއްލަ ދުނިޔޭގައި އިން ނަމަވެސް އެމީހުން ލާންޗަށް އެރިއިރުއްސުރެ ޝިޔާޒް އިނީ ކަމްލާގެ ހަރަކާތްތަކަށް ފާރަވެރިވެއެވެ. ކިތަންމެ ހިތްނުރުހުނު ނަމަވެސް ކަމްލާ މާލެދާ ސަބަބެއް އޭނާ ހޯދަން ބޭނުންވެއެވެ. އަދި ކައިރީގައި އެއިނީ ބައްޕަތޯ އަހަން ބޭނުންވި އެވެ. ނަމަވެސް ޝިޔާޒްގެ ދޫއެކަމަށް ވަނީ މަނާވެގެންފައެވެ.
ކަމްލާ ބަލާލުމާއެކު ޝިޔާޒް އޭނާގެ ފޯނާއިކުޅެންފެށުމުން ކަމްލާވެސް ހިތްވަރުކޮށްލާފައި އަނެއްފަރާތަށް އެނބުރިލިއެވެ. ޝިޔާޒް ކައިރީގައި އިން ޝާނީ އޭރުވެސް އިނީ ލަވައިގެ މަސްތުގައިޖެހި ފޯނަށް ގެއްލިފައި ކަމުން އޭނާއަށް އެއިން އެވެސް ކަމެއް ރޭކާވެސް ނުލައެވެ.
“އެހާވަރުން ފިލަން އުޅުމުންވެސް އެއިނީ ކުރިމަތީގަ.. ޔާ ﷲ މިއަޅާއަށް ކެތްތެރިކަން މިންވަރު ކުރައްވާށި..” އަނެއްފަރާތައް އެނބުރުނު ކަމްލާ ހިތާހިތާ ކިޔާލިއެވެ. އޭރުމާލެއާއި ވަރަށް ގާތްވެފައި ވުމާއެކު ހާމިދު އެހަބަރު ފާތުންނަށް ދިނެވެ. ބޭރަށް ބަލަންއިން ކަމްލާވެސް އޭރު އަޖައިބުވެފައި ބަލަން އިނީ ދާދިކައިރިން ދެފަރާތުން ފެންނަމުންދިޔަ ރިޒޯޓަށެވެ. ” މިފަރާތުގަ އެއޮތީ ވާދޫ. ދެއަނެއްފަރާތުގަ ހިއްކާފައި ހަދާފަ އެއޮރީ ދަ ކްރޮސް ރޯޑް އެޓް މޯލްޑިވިސް ކިޔާ ރަށެއް.. އެވެސް ތަރައްގީ ކުރަމުންދާ ރިޒޯޓެއް..” ޝައުގުވެރިވެފައި ބަލަންއިން ކަމްލާއަށް އޭނާގެ ބައްޕަ ކިޔާދިނެވެ. ބަދަލުގައި ކަމްލާވެސް ހިނިތުން ވެލިއެވެ.
މާލެއައިސް ލެފިއިރުވެސް ކަމްލާ އިތުރަށް ޝިޔާޒްއާއި ދިމާލަށް ބަލާވެސް ނުލިއެވެ. ނަމަވެސް ލޯއެކަމަށް އެދި ނުގޮވާތީއެއް ނޫނެވެ. ކަމްލާބޭނުންވީ ކެތްރިވާން ކަމުގައި ވާއިރު ހިތްބުނާގޮތަށް އަމަލުކުރީއެވެ.
މާލެއާދެވުމާއެކު ފާތުން އޭނާގެ ޑްރައިވާރާއެކު ކަމްލާމެން ބަލާއައިސް ހުރިތަން ހާމިދު ކަމްލާއަށް ދައްކާލިއެވެ. އެވަގުތު ފާތުންވެސް ހަނާއަލުމާއެކު އެދިމާއަށް އައެވެ. މާލޭފަސްގަނޑުގައި ފައިޖެހުމާއެކު ނަޝާއާއި ޝިޔާޒް ބަލާއައިސް އޮތް ކާރުގައި ދިޔައިރު ކަމްލާއަށް މިފަހަރު އެދިމާ ބަލާނުލާ ނުހުރެވުނެވެ. ނަމަވެސް ހިނދިރުވާލެވުނީ އެއީ އޭނާ އާއި އެއްފަންތީގެ މީހެއްނޫނޭ ހިތުގެ އެއްކަނުން ގޮވާލުމުންނެވެ. އެއީވެސް ހުދު ޝިޔާޒް ކަމްލާއާއި ދިމާއަށް ބުނެލި ބަހެކެވެ. ލޮލަށް ޖަމާވި ކަރުނަތަށް ތުންފަތުގައި ދަތްއަޅާލަމުން ހިންދާލީ ކައިރީގައިތިބި މީހުނަށް އެކަން ހާމަވިޔަ ނުދިނުމަށެވެ.
“މީތަ އެމަންޖެ.. މާޝާﷲ..” ފާތުން އައިސް ކަމްލާގާތްކޮށްލަމުން އަހާލުމާއެކު ހާމިދު ބޯޖަހާލިއެވެ. ފާތުން ވެގެންދިޔައީ ކަމްލާ ހީވެސްނުކުރާހާ އަޙްލާޤް ރަނގަޅު ހެޔޮމީހަކަށެވެ. ދެވަނަ މަންމައެއް ލިބިޖެކަން ކަމްލާގެ ހިތް އެއްބަސްކުރުވިއެވެ.
އައްސޭރިގޭގެ ބޮޑު ގޭޓް ހުޅުވުމާއެކު ކާރުއެތެރެއަށް ވަދެގެންއައެވެ. އެވަގުތު ގޯތިތެރޭގައިވާ ބަގީޗާގަސްތަށްފެނި ކަމްލާގެ ދެލޯ ބޮޑުކޮށްލެވުނެވެ. ލިލީ އާއި ލެވެންޑާއެވެ. ލިލެކްއާއި އޯކިޑެވެ. ޓިއުލިޕް އާއި ލޮޓަސްގެ އިތުރު ފިނިފެންމަލުގެ ވެސް ފަސްކުލައެއް އެގޭގެ ބަގީޗާއިން ފެންނަން ހުއްޓެވެ. ބަގީޗާއާއި މާދުރުނޫން ހިސާބެއްގައިވި އަނބާއި ޖަނބުރޯލު ގަސްތަކުގައި މޭވާތަށް ބަރާވެފައި އޮތްތަން ފެނުމުން ކަމްލާގެ އަނގަހުޅުވިގެންދިޔައެވެ. ހުވަފެނުގައިވެސް އެފަދަތަނެއް ކަމްލާދެކެފައި ނުވެއެވެ. ޖަނބުރޯލުގަހުގައި ފެއްސާއި ރަތުގެ އިތުރުން ހުދު ޖަނބުރޯލު ހުރުމުން އެކަމާއި ކަމްލާ ސުވާލުކޮށްލުމުން ފާތުން ޖަވާބުދިނެވެ.
“ދަރިފުޅޭ އެއީ ގަސް ފޯދެމުން އައި އިރު ގޮފިގުޅުވައިގެން ހެއްދީމަ ވެފަހުރިގޮތް.. ބަލާލަން ވެސް ކިހާރީތިދޯ..” ފާތުންގެ ޖަވާބު ލިބުމާއެކު ކަމްލާއަށް ބޯޖަހާލެވުނީވެސް އެދިމާއަށް ބަލަމުންނެވެ.
ގޭގެ ޕޯޓިކޯގެ ތެރެއަށް ކާރުވަނުމާއެކު ފާތުން އައިސް ކަމްލާގޮވައިގެން ގޭތެރެއަށް ވަނުމަށް ހިނގައިގަތީ އަމިއްލަ ދަރިއަކު ފަދައިންނެވެ. ގޭތެރެއަށް ވަދެވުމާއެކުވެސް ކަމްލާ ހުއްޓުން އަރާގޮތްވީ އެގޭތެރޭގެ ސާފްތާހިރުކަމާއިއެކު ތަނުގައިހުރި އަގުބޮޑެތި ފަރުނީޗަރުތަށް ރީތިކަމުންނެވެ. ގޭތެރޭގައި އިންޑޯ ގަސްތަށް ބޮޑެތި ރުނބާތަކުގައި ހުރިއިރު ފެންނަލެއް ކިތަންމެހާ ހިތްގައިމުވެފައި ހިތްފަސޭހައެވެ. އެގެއަކީ ތިންބުރިއަށް ހަދާފައި ހުރިގެއަކަށްވެފައި ކަމްލާއަށް ހާއްސާ ކޮޓަރި ހުރީ ދެވަނަ ފަންގިފިލާގައެވެ. އެންމެ ތިރީބައިގައި ހުންނަ ސިޓިންގް ރޫމްގެ އިތުރުން ގޭގައި ގެންގުޅޭ މީހުންގެ ހަތަރުކޮޓަރިއާއި ބަދިގެބައެވެ. ނަމަވެސް ދެވަނަ ފަންގިފިލާގައި ހަކޮޓަރިހުރިއިރު އެއްކޮޓަރި ހާއްސަކުރެވިފައިހުރީ ސްޓަޑީ ރޫމްގެ ގޮތުގައެވެ. އަދި ބާކީ ހުރި ކޮޓަރިތަކަކީ ފާތުންއާއި ހާމިދުގެ ކޮޓަރިއާއި ކަމްލާގެ ކޮޓަރީގެ އިތުރުން ހުސްކޮށް ހުރި ކޮޓަރިތަކެއްކަން ފާތުން އޮޅުންފިލުވައި ދިނެވެ. އަދި ހަމައެހެންމެ ތިންވަނަ ފަންގިފިލާގައިވެސް ހަތަރު ހުސްކޮޓަރިއާއި ބޮޑު ޓެރަހެއްވެސް ހުންނާނޭކަމަށް ބުނެ ފާތުން ކަމްލާ އަރާމްކޮށްލުމަށް ކޮޓަރިއަށް ފޮނުވީ ޙާދިމްއައިސް ކަމްލާގެ ދަބަހާއި ފޮށި ކޮޓަރިއަށް ލައި ދިނުމުންނެވެ.
ކޮޓަރިއަށް ގޮސްވަތް ޝިޔާޒްގެ ބޮލުގައި އިންތިހާއަށް ރިއްސަމުންދިޔއީތީ އޭނާ ހުރީ ހިތްހަމަނުޖެހިފައެވެ. ހަގީގަތުގައިވެސް ޢޭނާހުރީ ކަމްލާއާއި ދެން ދުވަހަކުވެސް ބައްދަލުނުވާނޭ ކަމަށެވެ. ނަމަވެސް ކަމްލާ ފެނުމާއެކު އުނދަގޫތަކެއްވެސް އެބަވެއެވެ. ނަމަވެސް އެކަމަށް ހިތް އެއްބަހެއްނުވަނީއެވެ. ދެކޮޅަށް ހިނގާލަ ހިނަގާލަހުރި ޝިޔާޒްގެ ފޯނު ރިންގްވީ އެވަގުތުގައެވެ. ފޯނުގެ ސްކްރީން ފެނުމާއެކު ހިނިތުންވެލީ އިންތިޒާރުކުރަމުންދާ މީހަކު ގުޅުމުން ވާއުފަލާއި އެއްގޮތަށެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.






Heii sis I’m first dhw…kiyaafa comment eh kohlaanan ingey dear❤?
Yah Hama assluvess first layaa ahvurevess kurin veeyaa thi comment kohlee???
Hehe…assu vec dhw eheney mivy???
Hehe…assu vec dhw eheney mivy???
Assalaam alaikum. Kihunehtha hurihaa kudhin.. miothee. Vaahaka up kohlaafa hurihaakudhinvess kiyaalaafa rangalhukohalan fennakameh oinama hihsaakohladhehchey ingey.. ly all..?
Woah..Amazing story dear…keep it up darlinn…waiting fr the next part curiously…
Luw yuh more ???❤❤❤
Ohh thankyou jiji ?
Wonderful ❤️❤️❤️??????????????????… Mi part vx varah varah reethi ingey Layaa ❤️❤️❤️????????????… Story kuriah dhany varah interesting gothakah ?????????… Sifakurunthah varah furihama ?????????… Sorry ingey last part ga comment vx kohnulevun ???… I was too busy ???… Ekamaku story kiyaalin ???… Keep going ❤️❤️❤️????????????… Curiously waiting for the next part ???… Lots and lots of love ❤️❤️❤️????????????????????????…
Ohh dhoonyaa aee massalaeh nuney busydhuvassthahvess Annane. Comment nayass kiyaalikan enguneema varah ufaavey..?❤️ and thidhey support abadhuvess appreciate kuran thankyou so much my dear?❤️❤️
Wow ??????????????
Awesome ????????
Keep it up ??????
Waiting curiously for the upload of next part ?????