ހައިޒަލްގެ ނަޒަރު ޓެރެސްއާއި ހަމަވިވަގުތުކޮޅު ކަޅު އެއްޗެހީގައި މޫނު ނިވާކޮށްގެން ހުރި ޒުވާނާ އަވަސް ހަރަކާތަކާއިއެކު ކޮންމެވެސް އެއްޗެއް ތިރިއަށް ދޫކޮށްލާމުން ވަގުތުން ނިވާވިއެވެ. ހައިޒަލްގެ ނަޒަރު ވަގުތުން ޓެރެސްއިން ތިރިއަށް ދަތުރުކޮށްލިއިރު ވައިކަފައިފައި ނައިނާއާއި ދިމާލަށް ވެއްޓެމުން އައި ތޫނު ބިއްލޫރިގަނޑު ފެނިފައި ހައިޒަލްގެ މެޔަށް ފެންއެއްޗެއް އަޅާލެވުނު ފަދައެވެ. ހިނދުކޮޅަކަށް ގަނޑުވެފައި ދުއްވައިގަންނަންވެސް ނޭނގިފައި ހުރެވުނުއިރު ސިކުނޑި ދިން ބިރުވެރި އިންޒާރާއިއެކު ދެވަނަސިކުންތުގައި ފަޔަށް ލެވުނުހާ ބާރެއްލައިފައި ގޮސް ނައިނާގެ ކުރިމަތީ ހުރަހަކަށްވަމުން ހުއްޓުނެވެ. އެއާއިއެކު ނައިނާގެ ހަށިގަނޑުގައި ހިފައިގަތްނަމުން ނައިނާގެ ފަހަތަށް ކޮއްޕާލިއެވެ. ބާރު ސްޕީޑެއްގައި ބިމަށް ތިރިވަމުންއައި ބިއްލޫރިގަނޑު ހައިޒަލްގެ ބޯމަތިންލާފައި ތިރިއަށް ފައިބައިގެން ދިޔައީ ހައިޒަލްގެ ގަމީސް ފޫދުއްވާލަމުން ކޮނޑުކަށިގަނޑާއި ދިމާލުން ބުރަކަށީގައި ކޫރުން އަޅުވާލައިފައެވެ. ބުރަކައްޓަށް އެރި ހަމަލާއާއިއެކު ހައިޒަލްގެ ހަށިގަނޑު ފަހަތަށް އެއްލިގެންދިޔައިރު އަރުތެރެއިން ބޭރުވި ވޭނީ އާހްއާއިއެކު ދެލޯ މަރާތަގުޅިކޮށްލީ ހަށިގަނޑުގައި އަޅަންފެށި ވޭނަށް ކެތްނުކުރެވިގެންނެވެ.
ބަރު ބިއްލޫރިގަނޑު ލޯވްންގެ މާބްލްމަތީ ޖެހި ކުދިކުދިވެގެންދިޔަ ބާރު އަޑުފަށްގަނޑާއިއެކު ނައިނާ ހަޅޭލަވައިގަންނަމުން ހައިޒަލްގެ ގައިގައި ހިފައިގަތްއިރު ހައިޒަލް އެހާލުގައި ހުރެވެސް ނައިނާގެ ހަށިގަނޑުގައި ދެއަތް ވަށާލަމުން ނައިނާއަށް ހިމާޔަތްދިނެވެ. އޭރު ހައިޒަލް ކޮނޑާއި ދިމާލުން ގަމީސް ތެމެމުންދިޔައިރު ލޯމައްޗަށް ފުސްވަމުންދިޔަގޮތުން ކޮންމެ ވަގުތަކުވެސް އަނބުރައިގަނެފާނެހެން ހީވެއެވެ. އެވަރުންވެސް ނައިނާގެ ކުރިމަތީ ނެތް ހިތްވަރު ނެރެގެން ހައިޒަލް ކެތްކުރިއެވެ.
“ނައި… އާރޔޫ އޯކޭ… އެއްވެސް ތާކަށް އަނިޔާވިތަ؟” ހައިޒަލް އެވަގުތުކޮޅުވެސް ހާސްވީ ނައިނާއާއިމެދުގައެވެ. އޭނަ އަމިއްލަ ހާލަށް ފަރުވާ ބެހެއްޓުމުގެ ބަދަލުގައި އުޅެވުނީ ނައިނާ ހުރީ އަނިޔާއެއް ނުލިބި ސަލާމަތުންކަމުގައިކަން ޔަގީންކުރެވޭތޯއެވެ. “ހައި އޯކޭތަ… ހާދަ ވަރަކަށް ދާހިއްލަނީ؟ ހައިޒަލްގެ ދަލުން ފެންވެރެމުންދިޔަ މޫނުގައި އަތްހިންގާލަމުން ނައިނާ ނުތަނަސްވެފައި ހުރެ ވާހަކަދެއްކިއެވެ.
“އަހަރެން އޯކޭއޭ… ހޫނު ގަދަކަމުންވެސް…” ހައިޒަލް ނައިނާ އޮޅުވާލަންވެގެން ވާހަކަ ބަދަލުކޮށްލަމުން އެއްއަތުން މޫނާއި ދިމާލަށް ވިހެލައިފިއެވެ. “ޔަގީންތަ އެއްވެސް ކަމެއްނުވާކަން… ބިއްލޫރިގަނޑު އައި ހައި އާއި ދިމާލަށް…” ނައިނާ އިރުކޮޅެއްވަންދެން ހައިޒަލްގެ ވާހަކަތައް ގަބޫލުނުކުރާފަދަ ނަޒަރަކުން ހައިޒަލްގެ މޫނަށް ބަލަންހުރެ ވާހަކަދެއްކިއެވެ. “ކަމެއްނުވެޔޭ ނައިނާ… ބިއްލޫރިގަނޑު ކުޑަކޮށް ޖެހިފައިދިޔައީ… ކަމެއްވިނަމަ އަހަރެން ކޮއްޅަކަށް ނުހުންނާނެދޯ…” ހައިޒަލްގެ ހަށިގަނޑުގައި އަޅަމުންދިޔަ ވޭނަށް ކެތްކުރަމުން ދަތްތަކަށް ބާރުކޮށްލައިގެން ހުރެ ވާހަކަދެއްކިއެވެ.
“ނައިނާ ދޭ އެތެރެއަށް… ސާފުކުރާ މީހާ ކައިރީ ބުނެލާތި ސްޓާރފުން އައުމުގެ ކުރިން މިތަން ސާފުކޮށްލަން… ގެއިން އިމްޕޯރޓެންޓް ފައިލްއެއް ނަގައިގެން އެބަ އަންނަން…” ހައިޒަލް ނައިނާ މޫނުގައި ހިފަހައްޓާލަމުން އަތުގައި އަޅުވާލެވިފައިވާ ކޯޓް ލެއިން ކަޅިވަމުންދިޔަ ގަމީސްމަތިން މަހާލަމުން ނައިނާގެ ބުނާ އެއްޗެއް އަޑުއެހުމެއްވެސްނެތި އަވަސް ފިޔަވަޅުތަކެއްގައި ކާރާއި ދިމާލަށް ހިނގައިގަތެވެ.
ހައިޒަލް ކާރަށް އެރިގޮތުން ހުންގާނުގައި ބޯއަޅައިލެވުނީ ހަށިގަނޑުން ވަރުދޫވެގެންނެވެ. ހަށިގަނޑުން ހުއްޓުމެއްނެތި ބޭރުވެމުންދިޔަ ލޭތަކުގެ ސަބަބުން ބޯއަނބުރާފަދަގޮތެއްވަމުންދިޔައިރު ހައިޒަލްގެ މޫނުމައްޗަށް އަނދިރިވެގެން ދިޔަހެން ހީވެއެވެ. އޭސީގެ ފިނިކަމުގައިވެސް ނިއްކުރިމަތިންނާއި ކަނދުރާދަށުން ބޭރުވަމުންދިޔަ ދާތިތަކުން ހަށިގަނޑު ފޯކުރަމުންދިޔައެވެ. އޭރު އެދެލޮލުން ފެންނަމުންދިޔައީ ވޭނަށް ކެތްކުރަމުންދާފަދަ އަސަރުތަކެކެވެ.
*** *** *** *** *** ***
ހޯސްލާފައި ފިނި ފެންތިކިތައް ފައިބަމުންދިޔަ ރެއިންޝަވަރުގެ ދޮށުގައި ފާރުގައި ނިއްކުރި ޖައްސާލައިގެން ހައިޒަލް ހުރީ ހަރަކާތެއްނެތް ބުދެއްފަދައިންނެވެ. ޝަވަރުން އޮހެމުންދިޔަ ފެންތަކުން ހައިޒަލްގެ ހަށިގަނޑުގައި ހިކިފައިވާ ލޭތައް ދޮވެވެމުންދިޔައިރު ހުދުކުލައިގެ މާބްލްމަތީ ލޭގެ ކޯރު ދެމެމުންދިޔައެވެ. ފިނިފިނި ފެންތިކިތައް އެ ހަށިގަނޑުގައި ބޮސްދެމުންދިޔައިރު އެ ފިނިކަމުންވެސް ހައިޒަލްއަށް އިހުސާސްވަމުންދިޔައީ އަލިފާނުގެ ހޫނުކަމެވެ. ކޮނޑުން ތިރިއަށް ބުރަކަށީގެ ދިގުމިނަށް ކަފައިގެންގޮސްފައިވާ ޒަހަމްގައި ފެންތިކިތައް ބޮސްދެމުންދިޔައިރު ހައިޒަލް އަރުތެރެއިން ބޭރުވަމުންދިޔަ ވޭނީ އާޙްތަކާއިއެކު ދޭތެރެއަކުން ލޯމަރާލަނީ އެތަނުގައި އުފެދެމުންދިޔަ ދިލަ ރިހުމަށް ކެތްނުކުރެވިގެންނެވެ. މިވަގުތުވެސް އެ ޒަޚަމުން ފައިބަމުންދިތަ ލޭތިކިތައް ރޮނގެއްގެ ގޮތުގައި ތިރިއަށްދެމެމުންދިޔައެވެ. *** *** *** *** *** ***
ނައިނާއާއި ހައިޒަލްގެ ގުޅުން މުލުން ލުހެލަން އަލްހާން އަޒުމްކަނޑައަޅުއްވައިގެން ހުންނެވިނަމަވެސް ދުވަހުން ދުވަހަކަށް އެގުޅުން ކުރިލާ ހެދެމުންދިޔައީ އަލްހާންގެ ކެއްތެރިކަން ކޮޅުންލައްވަމުންނެވެ. ހައިޒަލްއަށް ލިބުނު އަނިޔާއަށްފަހުވެސް ހައިޒަލްގެ ގޮތްދޫނުކުރުމާއި އަލްހާންގެ އިންޒާރުތަކުންވެސް ނުގުނޑާފަދަ އަޒުމް ފެންނަމުންދިޔަވަރަކަށް އަލްހާންގެ ރުޅިވެރިކަން ދެގުނަވަމުންދިޔައެވެ. އޭނަ ނައިނާއާއި އަމާޒުކޮށް އެއްލަމުންދާ ކޮންމެ ތީރެއް ހިފަން ހައިޒަލް ހުރުމަކީ އަލްހާންއަށް ގަބޫލުކުރެއްވޭފަދަކަމަށް ވަނީ ނުވެފައެވެ.
ބައްޕައާއި ދެމެދުގަައި ފެށިފައިވާ ފިނި ހަނގުރާމައިގައި ހައިޒަލް ގޮތްދޫނުކުރަން ހުރިނަމަވެސް ހިތުގައި ހިނގާ ބިރުވެރިކަން ކުޑައެއް ނޫނެވެ. ބައްޕަގެ ގޮތްދޫނުކުރެއްވުމާއި ބުނުއްވާ ކަމެއް އެ ބުނުއްވާ ގޮތަކަށް ކުރައްވާނެކަން ޔަގީންވެފައި ހައިޒަލްއަށް ނައިނާއާއި މެދު ވިސްނޭވަރުން ސިކުނޑިއަށް ހަމަޖެހުމެއް ނުލިބިއެވެ. ބައްޕަ މިވަގުތައް ހިމޭނުން ހުންނެވި ނަމަވެސް އެ ހިމޭންކަމުގެ ފަހަތުގައި ބައްޕަ ޖައްސަވަން ތައްޔާރުވެދާނެ މަޅިއަކަށް ފާރަވެގެން ހުންނަން އޭނަ ޖެހެއެވެ. ހިމޭންކަމަށްފަހު ދެން ބިންދާލާ ރާޅު މާ ބޮޑުވާނެކަން ހައިޒަލް ދަނެއެވެ. *** *** *** *** *** ***
ހަވީރުގެ ވަގުތު އަލްހާންއާއި އިޝާރުއާއި ބައްދަލުކުރީ އަލްހާންގެ ކެބިންގައެވެ. އާވިއަރަ އަރާ ހުރި ކޮފީތައްޓާއިއެކު ދެއެކުވެރިން ގަބައިގެންދާފަދަ ސޯފާތަކުގައި ޖައްސާލިގޮތަށް އެދެމެދުގައި އެތަށްވާހަކައެއް ދެކެވުނެވެ. އިޝާރުގެ ހިންގަމުންދާ ލޯރފާރމްއަކީ ބްލޫސްގެ ހިއްސާ އޮންނަތަނަކަށްވެފައި އަދި ބްލޫސްގެ ހުރިހާ ލީގަލްކަމެއް ބަލަހައްޓަނީ އިޝާރުގެ ލޯރފާާރމްގެ ދަށުންކަމަށްވާތީ ބޮޑަށް ދެކެވުނީ ދެއެކުވެރިންގެ ވިޔަފާރިއާއި ބެހޭ ވާހަކަތަކެވެ. ވިޔަފާރީގެ ވާހަކަތަކުން ވާހަކަ ކުރިފަޅުވަމުން އިޝާރު އެންމެފަހުން އޭނަ ދައްކަން ގަސްތުކޮށްއިން ވާހަކައަށް މިސްރާބު ބަދަލުކޮށްލިއެވެ.
“އަލްހާން ކައިވެނީގެ ވާހަކަދައްކާފައި ފަހުން ހަބަރެއްނުވާތީ އަހަރެން މިހުންނަނީ ކުރިއަށްދާންވީގޮތެއް ނުފެނިފައި… އެކަން ކިހިނެތްތަ އޮތީ؟” އިޝާރު އޮޅުންފިލުވިއެވެ.
“ޝަލީން ކައިވެނިކުރަން އެއްބަސްތަ؟” އަލްހާންގެ ސުވާލާއިއެކު އިޝާރުގެ ނިއްކުރިއަށް ރޫއަރައިގެންދިޔައެވެ.
“ޝަލީންއަށް ޖެހޭނީ އެއްބަސްވާން… އަހަރެން ކުރިމަތީ ގަދަކަމެއް ނުދެއްކޭނެ…” އިޝާރުގެ އަޑުގައިވީ ޔަގީންކަމެވެ. “ދަރިން މައިތިރިކުރަން އިޝާރު ބޭނުންކުރާ އުކުޅު އަހަންނަށްވެސް ބުނެދީބަލަ… އަހަންނަށް ލިބިފައި މިހިރީ ބޯހަރު ދަރިއެެއް… ހައިޒަލްއަކީ ދުވަހަކު އަހަރެންގެ ނިންމުމަކާއި ދެބަސްވީ ކުއްޖެއްނޫން… މިފަހަރު މިވެގެން އުޅޭގޮތެއް ނޭނގެ…” އަލްހާން މޫނުމަތިން ފެނިލި ހާސްކަމާއިއެކު އެއްއަތުން ނިއްކުރީގައި ހިފާލިއެވެ.
“ހައިޒަލް ދެކޮޅުހެދީތަ؟” އިޝާރު ސުވާލުކުރިއެވެ. “ހޫމް.. ފާޑެއްގެ އަންހެންކުއްޖަކާއިހެދި އޭނަ އެހެރީ މުޅިން މޮޔަވެފައި…” އަލްހާން ފަހު ޖުމްލަތައް ބުނެލިގޮތުންވެސް ހައިޒަލްއާއި ނައިނާގެ ގުޅުމާއިމެދު ނުރުހޭވަރު ހާމަވިއެވެ.
“އޭނަގެ ބައްޕަގެ ފިޔަވަޅު މަތިންތާ އޭނަވެސް ހިނގާނީ…” އިޝާރުގެ ދުލުން ބޭރުވި ޖުމްލައާއިއެކު އަލްހާން އިޝާރުގެ މޫނަށް ބަލާލީ ނުރުހިފައެވެ. އެއާއިއެކު އަތްމުށްކެވިގެންދިޔައިރު ވަގުތުން ދުރުބަލާލަމުން ފުންނޭވާއެއް ދޫކޮށްލިއެވެ.
“އަހަރެން ފަހަރެއްގައިވެސް ބޭނުމެއްނޫން ހައިޒަލް އެފަދަ ފިޔަވަޅެއް އަޅާކަށް… ޒުވާންކަމުގެ ޖޯޝުގައި ބިންގާއެޅޭ ގުޅުންތަކަކީ މާ ހަރުދަނާ ގުޅުންތަކެއްނޫން… އަހަރެންގެ ހުރި ހަމައެކަނި ފިރިހެންދަރި ތާކުން ތާކުން ނުޖެހޭ އަންހެންކުއްޖަކާއި ގުޅުމަކީ އަހަރެން ދުނިޔޭގައި ހުރެގެން ވާނޭކަމެއްނޫން…” އަލްހާން ވާހަކަދެއްކިއިރު އެ މޫނުމަތިން ފެނުނީ ކަމަކާއި ވިސްނަމުންދާފަދަ ކުލަވަރެކެވެ.
“ދަރިންގެ ކަންކަމަށް އަހަރެމެން ނުފޯޒުފޯރުވަނީ ދަރިންނަށް ރަނގަޅުގޮތްވާން އެދޭތީ… އަހަރެންގެ ޝަޔަމްއަށްވެސް މިއަދު ކުރިމަގެއް ލިބިފައި އެހުރީ ލައިޝާގެ ސަބަބުންނެއް ނޫންތަ… އޭނަ ކައިވެނިކުރަން އުޅަން އުޅުނު ކުއްޖާއާއި ކައިވެނިކުރިނަމަ މިއަދު އުޅޭ އުފާވެރި ދިރިއުޅުން އުޅެވިދާނެތަ…” އިޝާރު ގަބޫލުކުރާގޮތަކީ އެއީއެވެ. ދަރިންނާއި އެއްފެންވަރުގެ ބައިވެރިން ހޯދައިދިނުމަކީ ކުދިންގެ މުސްތަގުބަލް އުޖާލާވެެގެންދާނޭކަމެއްކަމުގައި އިޝާރު ދެކެއެވެ. “އިޝާރު ހާސްނުވާތި… އަހަރެން ހައިޒަލްގެ ރުހުން ހޯދާނަން… މިވީހާތަނަށްވެސް ހައިޒަލް ކަންކުރަމުން އައީ އަހަރެން ބުނާގޮތަށް… ދެންވެސް ކަންތައްވާނީ އެގޮތަށް…” އަލްހާންގެ އަޒުމްވަރުގަދަކަމާއިއެކު އޭނަގެ އަމާޒަށް ވާސިލްވާންކޮންމެ ފަދަ ކަމެއްވެސް ކޮށްފާނޭހެން އެވަގުތުކޮޅު ހާމަވިއެވެ. އޭނަ ހުއްޓުމެއްނެތި ހަމަލާދެމުންދާނަމަ އިސާހިތަކު ހައިޒަލް ހަތިޔާރު ބަހައްޓާނަފާނެއެވެ. އޭނަ އިންތިޒާރުކުރަނީ އެވަގުތަށެވެ. ހައިޒަލްގެ ކެތްތެރިކަންކޮޅުންލާނޭ ވަގުތަކަށެވެ.
*** *** *** *** *** *** ހ.ޑައިމެންޑްވޭލީ ކުރިމަތީކަހަލަގޮތަކަށް ޕާރކްކޮށްލައިފައިވާ ނޫކުލައިގެ ކާރުގައި ލެގިލައިގެން ހައިޒަލް ހުރީ މޮޑެލްއެއްފަދައިންނެވެ. ހުދުކުލައިގެ ގަޔަށް ހިފާފައިވާ ޓާޓަލް ނެކްއާއި އައިސްބްލޫ ސްކިނީގައި ހައިޒަލް ފެންނަލެއް ވަރަށްވެސް ފުރިހަމައެވެ. އަނދިރީގެ ތެރޭގައި އެ ދެލޯ ވިދަމުންދިޔައީ ކަނޑީގެ މިޔަފަދައިންނެވެ. އެއްއަތް ޖީބަށް ޖަހާލައިގެން އަނެއް އަތުން ފޯނު ކަންފަތުގައި ޖަހައިލައިގެން ހުރިއިރު ހައިޒަލް ދިޔައީ ނައިނާގެ ލަސްކަމާއިހެދި ކުދިކިޔަމުންނެވެ. “މިއަންހެންވެރިން ގޮވައިގެން ތަނަކަށް ދިޔުމަށްވުރެ ނުދިޔުން ރަނގަޅުވާނެ… ޔޫއަރ ޓޭކިން ޓޫ މަޗް ޓައިމް ފްރޮމް އެ ބިޒީ ޝެޑިއުލްޑް މޭން….” ހައިޒަލް ނައިނާއަށް ކުދިކިޔާލަމުން ކުޑަކޮށް ފޮނިވެލިއެވެ. “އެއްކަލަ ހައި… ކެތްތެރިވެބަލަ… މި ނިމުނީއޭ… ޖަސްޓް އެ ސެކް…” ލޯގަނޑު ކުރިމަތީ ފަރިބަލަން ހުރެގެން ޑްރެސިންޓޭބަލްމަތީ އޮތް ފޯނަށް ނައިނާ ވާހަކަދެއްކިއެވެ. ނައިނާ ރަތްކުލައިގެ ލިޕްސްޓިކްއިން ތުންފަތް ފަވާލަމުން ސެންޓްފުޅި ނަގާއި ހެދުމަށް ބުރުވާލިއެވެ. ޑްރެސިން ޓޭބަލްގެ ގޮނޑީގައި އިށީންނަމުން ފައިވާނަށް އަރަމުން ފައިވާނުގެ މަޅިގަނޑު އަޅުވާލުމަށްފަހު ލޯގަނޑުން ފެންނަމުންދިޔަ ސޫރައަށް ނަޒަރެއްދެމުން ކޮޓަރިން ނިކުތެވެ. ނައިނާ ސިޑިން ފައިބައިގެން އައީ ކަންފަތުގައި ޖައްސާލެވިފައިވާ ފޯނުން ވާހަކަދައްކަމުން އަތްދަބަސްތެރެއިން ކޮންމެ އެއްޗެއް ހޯދުމުގައި ހުރެއެވެ. ސިޑީގެ ވަކި ހިސާބަކަށް ފޭބިތަނާ ސިޑިބަރިއަށް އަލިވާގޮތަށް އިން ހޮޅުބުރި ކުއްލިއަކަށް ނިވިގެންދިޔުމާއިއެކު ނައިނާގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައިރު ސިހިފައިކަހަލަގޮތަކަށް ވަށައިގެން ބަލާލެވުނެވެ. މުޅި ސިޑިބަރިއާއި ދޮރާއްޓާއި ހަމަޔަށް ދެވެން އިންނަ ގޯޅި އަނދިރިކަމަށް ގެނބިފައިވާއިރު ނައިނާ ފޯންއިން އަލިއަޅުވާލައިގެން ހުރެ ސިޑިން ފައިބަންފެށިއެވެ. ވަކި ހިސާބަކަށް ނައިނާއަށް ފޭބުނުތަނާ އަނދިރީގެ ތެރެއިން އައި ނައި ތަނެއް ނޭގި އޭނަގެ ކުރިމައްޗަށްވާގޮތަށް މީހަކު ހުރަސްވިއެވެ. ނައިނާއަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނުއިރު މޫނު ނިވާކޮށްފައި ތިބި ހަތަރު މީހުން އައިސް އޭނަ ވަށާލީ ސަލާމަތްނުވެވޭނޭ ފަދައިންނެވެ. އެ މީހުންގެ ނަޒަރު ނައިނާއަށް ހުއްޓިފައިވީގޮތުން ނައިނާ ޖެހިލުންވާގޮތްވި ނަމަވެސް އެކަން ދައްކާކަށް ބޭނުމެއްނުވިއެވެ. ކޮނޑުގައި އަޅުވާލެވިފައިވާ އަތްދަބަސް ބިމަށް ދޫކޮށްލަމުން ނައިނާގެ އަތުގެ ހަމަލާ ކުރިމަތީ ހުރި މީހާގެ މޫނަށް އަރުވާލިއިރު ފައި ދަމާލަމުން އެ މީހާގެ ބަނޑަށް ހަމާލެއް އަމާޒުކޮށްލިއެވެ. އެވަގުތު ފަހަތުގައި ހުރި މީހާގެ އިޝާރާތާއިއެކު ދެފަރާތުގައި ތިބި މީހުން ނައިނާގެ ދެއަތުގައި ހިފަހައްޓާލިއިރު ނައިނާ ގަދަހަދާފައި އެމީހުންގެ އަތުތެރެއިން ސަލާމަތްވެވޭތޯ މަސައްކަތްކުރަންފެށިއެވެ. އެއާއިއެކު ފަހަތުގައި ހުރި މީހާ ނައިނާ ކައިރިވަމުން ނައިނާގެ ކަރުގައި ހިފާ ފިއްތާލިއިރު އޭނަގެ ޖީބުން ނެގި އިންޖެކްޝަން ނައިނާގެ ކަރުގައި ޖައްސާލިއެވެ. އިންޖެކްޝަންގެ ތޫނު ކަށި ނައިނާގެ ހަންގަނޑަށް ވަދެގެންދިޔުމާއިއެކު ނައިނާ ހަޅޭލަވައިގަތީ ކަރުފަޅައިގެންދާހާ ބާރަށެވެ.
ނައިނާގެ ހަޅޭކުގެ އަޑާއިއެކު ހައިޒަލްގެ ދެލޯބޮޑުވެގެންދިޔައިރު ހަށިގަނޑު ގަނޑުވެ ދުއްވައިގަންނަން ނޭނގިފައި އިރުކޮޅެއްވަންދެން ހުރެވުނެވެ. ސިކުންތެއްގެ ތެރޭގައި މޫނުން ފާޅުވި ނުތަނަވަސްކަމާއިއެކު ހިތްވެސް ތެޅިގަތްގޮތުން ބޭރަށް ފުންމާލަފާނެހެން ހީވިއެވެ. ހައިޒަލްގެ ހަށިގަނޑުގައި ހިނގާލި ބިރުވެރިކަމާއިއެކު ހަށިގަނޑުގައި ހުރި ބާރެއްލައިފައި ގެއާއި ދިމާލަށް ދުއްވައިގަނެވުނެވެ . ބާރުބާރަށް ގޭގެ ދޮރާށި ޖެހިގަތުމާއެކު ދޮރާށި ހުޅުވިގެންދިޔައިރު ފެނުނު މަންޒަރުން ސިކުނޑި ލުުހިގެން ނުދިޔައީ ކިރިޔާއެވެ. ހައިޒަލްގެ ބާރުގެ ހަޅޭކުގެ އަޑު ގޭގެ ހަތަރުފާރުތެރޭ ގުގުމާލިއިރު ބިރެއް ފެނިގެން ފިލާފަދައިން އެންމެން އެ މީހެއްގެ ސަލާމަތް ހޯދައިގެން ފިލައިފިއެވެ. ނައިނާގެ ކަރުގައި އިންޖެކްޝަން ޖައްސާލައިގެން ހުރިމީހާ ވަގުތުން އިންޖެކްޝަން އެއްލާލުމަށްފަހު ދުވެފައި ސިޑިން އަރައިގެންދިޔައިރު ހައިޒަލް ވަގުތުން އޭނަ އަތުކުރަން ދުއްވައިގަތެވެ. އެވަގުތު ނައިނާ އަރިއަޅަލައިގެން ވެއްޓެން ދިޔަތަން ފެނިފައި ހައިޒަލް ސިޑިމަތީ ހުރެފައި އުދުހިލައިފައި ކަހަލަގޮތަކަށް އައިސް ނައިނާގެ ހަށިގަނޑު ބިމުގައި ޖެހުމުގެ ކުރިން ހިފަހެއްޓިއެވެ.
“ނައިނާ…” ހާސްކަމުން ފުރިގެންވީ އަޑަކުން ހައިޒަލްއަށް ގޮވާލެވުނުއިރު ނައިނާގެ ހަށިގަނޑުގައި ހިފާ ތަޅުވައިގަނެވުނެވެ. މަޑުމަޑުން ނައިނާގެ ހަށިގަނޑުގެ ވަރުދޫވަމުންދާކަމުގެ އިހުސާސްކުރެވިފައި ހައިޒަލްގެ ހަށިގަނޑު ފިނިވެގެންދިޔައިރު ލިބުނު ޝޮކްގެ ބޮޑުކަމުން ލޮލަށް ކަރުނަތައް ބޮޑިވެގަތްއިރު ބާރުބާރަށް ނޫނެކޭ ކިޔާ ހަޅޭލަވައިގަނެވުނެވެ.
*** *** *** *** *** ***
ހުދުކުލައިގެ ސަނދުވާތަކުން ނިވާކޮށްލެވިފައިވާ އެނދުގައި ނައިނާ ބާއްވާލެވިފައި އޮތްއިރު ހައިޒަލް އިނީ ނައިނާގެ އަތުގައި ހިފަހައްޓާލައިގެންނެވެ. އޭރު ހައިޒަލް ކައިރީ ހުއްޓިލައިގެން ޒިވާން ހުއްޓެވެ. ދެޒުވާނުންގެ ނަޒަރު ހުއްޓިފައިވަނީ ނައިނާއަށެވެ.
“ހައި ޔޫ ޝުޑް ރިޕޯޓް ދިސް… އެކްސްޓަސީ އަކީ ރާއްޖޭގައި އިލްލީގަލް ޑްރަގްއެއް… އިޓް އިޒް ކޮންސިޑާރޑް އޭޒް އެ ޑޭޓް ރޭޕް ޑްރަގް… ނައިނާއަށް މިކަހަލަ ޑްރަގްއެއްދޭން މަސައްކަތްކުރުމުން އެ މީހެއްގެ އިންޓެންޝަން ވަރަށް ރަނގަޅަށް އެބަ އިނގޭ…” ޑޮކްޓަރ ޒިވާން އޭނަގެ އަތުގައި އޮތް އިންޖެކްޝަންއަށް ބަލަހައްޓައިގެން ހުރެ ވާހަކަދެއްކިއެވެ. އޭރު މިރޭ ފެނުނު މަންޒަރުން ލިބުނު ޝޮކްގެ ބޮޑުކަމުން ހައިޒަލް އިނީ ފާޑަކަށް ހިމޭންވެފައެވެ.
“ނައިނާ އިޒް ރިއަލީ ލަކީ… ގިނަމިންވަރެއް ލެއަށް އެތެރެވިނަމަ އިންދަ ވޯސްޓް ސީނާރިއޯ ޝީ ކުޑް ހޭވް ލޮސް ހާރ މެމޮރީ…” ޒިވާންގެ ޖުމްލައާއިއެކު ހައިޒަލްގެ އަތްމުށްކެވިގެންދިޔައެވެ.
“ވަރަށް ކުޑަ މިންވަރެއް އިންޖެކްޓްކުރެވިފައިވަނީ… ޝީ ވިލް ބީ އޯލްރައިޓް… އިފް އެނީތިންގް ގޯސް ރޯންގް ކޯލް މީ…” ޒިވާން ހައިޒަލްގެ ކޮނޑުގައި ޖަހާލުމަށްފަހު ނިކުމެގެންދިޔުމާއި ހައިޒަލްގެ ފުންނޭވާއެއް ދޫކޮށްލީ އޭނަގެ ހަށިގަނޑަށް އަތްގަދަކުރަމުންދިޔަ ރުޅިވެރިކަމުން ސަލާމަތްވޭތޯއެވެ. ޒިވާންގެ ޖުމްލަތަކުން އޭނަގެ ލޭހޫނުވެގެންދިޔައިރު މިވަގުތުވެސް އަލްހާންގެ ކުރިމައްޗަށް ދާން ބޭނުންވިނަމަވެސް ހައިޒަލް ކެތްތެރިވެލިއެވެ. އޭނައަށް އެޅޭ ކަތިފިޔަވަޅަކުން ބައްޕަގެ ރުޅިވެރިކަން އިތުރުވެއްޖެނަމަ ދެން ނައިނާ ކުރިމަތިލާންޖެހިދާނެ ނުރައްކާތެރިކަމުގެ ބޮޑުކަން އަންދާޒާވެސް ނުކުރެވެއެވެ. ބައްޕަގެ ހިތުގައި ނައިނާގެ މައްޗަށް ރަހުމުގެ ކުޑިފަށެއްވެސް ނުވާކަން މިރޭ ބައްޕަ ހާމަކޮށްދީފިއެވެ. “ބޭބީ… އައިމް ސޯ ސޮރީ… ޔޫ ހޭވް ޓު ގޯ ތްރޫ އޯލް ދީސް ބިކޯޒް އޮފް މީ… އަހަރެންގެ ލޯބި ނައިނާއަށް މިހާ ހިތި އެއްޗަކަށް ނުވާނެނަމަ…” ހައިޒަލް ނައިނާގެ އަތްތިލައަށް ބޮސްދިންއިރު ލޮލަށް ގިނަވި ކަރުނަތަކުން ނައިނާގެ އަތްތިލަ ތެމިގެންދިޔައެވެ. އެތައް ދުވަހަކަށްފަހު ހައިޒަލްއަށް ނައިނާދެކެ ލޯބިވެވުނީތީ އެވަގުތުކޮޅު އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ. އޭނަގެ ލޯބި ނައިނާގެ އުފާވެރި ހަޔާތަށް ނާމާން ވިލާގަނޑެއްގެ ހިޔަނި އަޅައިފިއެވެ. މިރޭ އޭނައަށް ނުހުރެވުނުނަމަ ނައިނާގެ އެންމެ ބޮޑު ހަޒާނާ އެ ނުބައި މީހުން ނަގާލީހެވެ. މުޅިއުމުރަށް ނައިނާގެ ހަނދާންތައް ސިކުނޑިއާއި ވަކިވެ ކުށްވެރިކަމުގެ ކަރުނަ މުޅިއުމުރަށް އޮހުރުވަން ޖެއްސީހެވެ.
އެދުންވެރިކަން ބައްޕަގެ ހިތުގައިވާ އިންސާނިއްޔަތުކަން ނަގާލެއްވިއިރު އަމިއްލަ އަންހެންދަރިއެއް ހުރެމެ އަންހެންކުއްޖެއްގެ ހިތުގެ އިހުސާސްތައް ދެނެގަނެވޭވަރަށްވުރެ އެ ހިތް ހަރުވެގެން ހިނގައްޖެއެވެ. ބައްޕަގެ ކިބައިގައިވާ އިންސާނިއްޔަތުކަން މުޅިން ފުހެވިގެން ހިނގައްޖެއެވެ.
*** *** *** *** *** ****
ހައިޒަލް ރޭގަނޑު ހަތަރުދަމު ނައިނާ ގާތު ހޭލައި އިނދެފައި ބެލްކަންޏަށް ނިކުމެލިއިރު އިރުއަރަން އުޅޭކަމުގެ ނިޝާންތައް އުދަރެހުން ފާޅުވަމުންދިޔައެވެ. މަޑުމަޑުން ދުނިޔެމަތި އަލިވަމުންދިޔައިރު ފަތިހުގެ ތެތް ފިނިކަން ކެނޑެމުންދިޔައެވެ. އާ ދުވަހަށް މަރުހަބާކިޔަމުން ވައިރޯޅިތަށް ގަސްތަަކާއި ސަމާސާކުރަމުންދިޔައީ މުޅި ފަޒާގެ ފަތިހަށް ފޮޅިފައިވާ ތާޒާ މަލުގެ މީރުވަސް ފަތުރަމުންނެވެ.
ހައިޒަލް ބެލްކަނީގެ ރެއިލިންގައި އަތްއަޅުވާލައިގެން ހުރިއިރު އެ މަންޒަރުތަކުން ހިތަށް އުފަލެއް ނުލިބުނެވެ. ނިންޖަށް ބަލިވެފައިވާ ލޮލާއި ތާޒާކަން ފަނޑުވެފައިވާ މޫނުމަތިން މިވަގުތުވެސް ފެންނަމުންދިޔައީ ކަމަކާއި ކަންބޮޑުވުމާއި ނުތަނަވަސްކަމުގެ އަސަރުތަކެވެ. ދުރަށް ނަޒަރު ހުއްޓާލައިގެން ހުރިއިރު ދޭތެރެއަކުން ތުންފަތުގައި ދަތްއަޅާލާ ގޮތުންނާއި ފުންނޭވާއެއް ދޫކޮށްލާގޮތުން ހިޔާލުތަކުން މިންޖުވާން ބޭނުންވެފައި ހުރިހެން ހީވިއެވެ. ހައިޒަލް އެހެންހުއްޓާ ފިނި ދެއަތުން ބަނޑު ވަށާލެވިގެން ދިޔައިރު ބުރަކަށީގައި އޮމާން މޫނު ޖައްސާލިކަން އިހުސާސްވީވަގުތުކޮޅު ވިހުރުވިގެންދިޔަ ފަން އިސްތަށިގަނޑު މޫނުމަތީ ކޭއްތިލައިފައި ދިޔައެވެ. އެވަގުތު ހައިޒަލް ފަސްއެނބުރިލަމުން ނައިނާ އެއަތުގެތެރެއަށް ގެނައެވެ. “ގޯޑް… އަހަރެން ހާދަ ހާސްވިޔޭ… ބޭބީ… އާރޔޫ އޯލްރައިޓް…” ހައިޒަލް ނައިނާގެ މަޑުމަޑު ކޯތާފަތުގައި އަތްބީއްސާލަމުން ބުނެލިއިރު އެ އަޑުގައިވީ ކަންބޮޑުވުމުގެ އަސަރެވެ. “ހައި…” އެވަގުތު ނައިނާ އެއްޗެކޭ ބުނަން އުޅުމާއިއެކު ހައިޒަލް ނައިނާގެ ތުންފަތުގައި އިނގިލި ހުރަސްކޮށްލަމުން އެކަން މަނާކޮށްލިއެވެ. މިވަގުތު ނައިނާގެ ސުވާލުތަކާއި ކުރިމަތިލާކަށް އޭނަ ތައްޔާރެއް ނޫނެވެ. “ނައި ޑިޒީވެ ހޮޑުލަވާކަހަލަގޮތެއް ވަންޏާ ބުނައްޗޭ އިނގޭ…” ހައިޒަލް ނައިނާގެ މޫނުގައި އެއްއަތުން ހިފަހައްޓައިލައިގެން ހުރެ ބުނެލިއެވެ.
“ހައި އައިމް އޯލްރައިޓްއޭ…” ނައިނާ އިތުރަށް ހައިޒަލްއާއި ގާތްވެލަމުން ހައިޒަލްގެ މޭގައި ބޯއަޅާލިއެވެ. ރޭގެ ސިހުން ނައިނާގެ ހިތާ ވަކިނުވެހުރިނަމަވެސް ހައިޒަލް އޭނަގެ ގާތުގައި ހުރުމުން ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބިފައިވެއެވެ. ނައިނާ ހައިޒަލްގެ އަތުގެ ތެރެއަށް އިނގިލިތައް މަހާލަމުން ލޯމަރާލީ އެ ހިޔާލުތަކުން ދުރަށްދާން ބޭނުންވެފައި ހުރެއެވެ. އެވަގުތު ހައިޒަލްގެ ދެއަތުން ނައިނާ ވަށާލެވިގެންދިޔައިރު ނައިނާއަށް ރައްކާތެރިކަން އިހުސާސްކުރެވުނެވެ.
“ހައި ދުވަހަކު އަހަރެން ދޫކޮށްނުލައްޗޭ…” ނައިނާ އިސްއުފުލާ ހައިޒަލްގެ މޫނަށް ބަލާލިއިރު އެ ޖުމްލައާއިއެކު ހައިޒަލް ކުޑަކޮށް ހުއްޓުން އަރާގޮތްވިއެވެ. އޭނަ ސިކުނޑި ހަލަބޮލިކުރަމުންދާ ހިޔާލުތަކާއިއެކު އެ ސުވާލަށް ދޭނޭ ޖަވާބެއްނޭނގުނެވެ. ބައްޕަ ރަހުމްކުޑަކަން ދުވަހުން ދުވަހަށް އިތުރުވަމުންދާއިރު ނައިނާ ހިފަހައްޓައިގެން އޭނައަށް ކެތްކުރެވޭނީ ކިހާ ދުވަހަކު ބާވައޭ ހިތަށް އެރިއެވެ. ފުރަތަމަ އޭނައަށް ބިރުދެއްކުމުގެ ގޮތުން ބައްޕަ އޭނަގެ ލޯކުރިމައްޗަށް މަންޒަރުތައް ދެއްކެވިޔަސް ބައްޕަ މިހާރު އަމާޒުހިއްޕަވާފައި ހުންނެވީ ނައިނާ ދުނިޔެއިން ނައްތާލައިގެން ނަމަވެސް ބައްޕަ ބޭނުންވެލައްވާ ގޮތަށް ކަންތައްވުމަށް މަގުފަހިކުރަން ރޭގެ ހާދިސާއިން ހާމަވެއްޖެއެވެ. ރޭގެ ހާދިސާާއާއިއެކު އޭނަގެ އަމިއްލަ ނަފްސުގެ އިތުބާރުނެތިގެން ދިޔައިރު އޭނައަށް ނައިނާއަށް ޔަގީންކަމެއްދެވޭނީ ކިހިނެތްހެއްޔެވެ. ހައިޒަލް ނައިނާގެ މޫނު އެ މޭގެ ތެރޭގައި ފޮރުވާލަމުން ނައިނާގެ ބޮލުގައި ތުންފަތް ޖައްސާލިއެވެ. އެހެންހުރިއިރު ނައިނާއާއި ވަކިވުމުގެ ހިޔާލު ހަތަރުފަރާތުން އައިސް އޭނަ ފިއްތާލަމުންދިޔަގޮތުން ހިތަށް ވޭނެއް ލިބުނުއިރު އެ ރީތި މޫނުން ފެނިލީ އިންތިހާ ދަރައިގެ ވޭނާއި ރިހުމެވެ. ނައިނާއަކީ އެ ހިތުގެ ހަމަޖެހުމަށްވާއިރު އޭނަ ދުވަހަކު ނައިނާ ދިޔަދޭކަށް ބޭނުމެއްނޫނެވެ. އޭނަގެ މާޔޫސީ ހަޔާތަށް ކުޑަވެސް އުންމީދެއް ލިބުނީ ނައިނާ އައިފަހުންނެވެ. އޭނަ ހިތްއެދޭ ލޯތްބެއް ދިން ފަރާތަކީ ނައިނާއެވެ. މުޅި ދުނިޔެއިންވެސް އޭނާ ހިތަށް އުފަލެއް ދެވޭނެ ހަމައެކަނި ފަރާތަކީ ނައިނާއެވެ.
*** *** *** *** *** ***
ޝަލީންއަށް އިޝާރުދެއްވި ތިންދުވަހުގެ މުހުލަތު ހަމަވުމާއިއެކު އިޝާރު އެންމެ ފަހުގެ ނިންމުން ނިންމެވިއިރު ޝަލީން ހުރީ ހިމޭންވެފައެވެ. އޭނަގެ އަމިއްލަ އުފާތައް ދިފާއުކުރުމުގައި ފެއިލްވެ ބައްޕައަށް އޭނައަށް ވީ ވައުދު ފުއްދަން އޭނަ ނުކުޅެދުނުއިރު އެކަމާއި ދެކޮޅުހަދަން ބުނާނެ އެއްޗެއްވެސް ޝަލީންގެ ހިޔާލަކަށް ނައެވެ. އިޝާރުގެ ނިންމެވުން އަޑުއިވުމާއި ޝަލީން ވޭނީގޮތަކަށް ލޯމަރާލިއިރު އެސްފިޔަތައް ފޫދުއްވާލައިފައި ކަރުނަތައް ކޯތާފަތްމައްޗަށް ފައިބައިގަތެވެ. އުފާވެރިކަން އޭނައާއި މުޅިއުމުރަށް އަލްވަދާއު ކިއީހެން ހީވިއެވެ. އޭނަ ކެތްކުރާނީ ކިހިނެތް ހެއްޔެވެ؟ މަޔާންވެސް އުމުރަށް އޭނައާއި ވަކިވެގެންދިޔަކަމުގެ އިހުސާސްކުރެވި ހިތް ފޮތިފޮތިވާވަރުވިއެވެ.
ބައްޕައަށް އޭނަވީ ވައުދު މިފަދަ ގޮތަކަށް ފުއްދަން ޖެހިދާނެކަމަށް ޝަލީން ހީވެސްނުކުރެއެވެ. މަޔާން އަންނާނޭކަމަށް އެންމެފަހު ވަގުތާއިޖެހެންދެން ޝަލީން އުއްމީދު ކުރިއެވެ. އޭނަ އަތުގައި ކައިވެނިކުރެވުނުކަމުގެ އެއްވެސް ހެއްކެއްނެތްއިރު އޮތްހާވެސް ގޮތަކީ އަނގަބަހުން އެކަމަށް އެއްބަސްވުމެވެ. ނަމަވެސް އުފަން ބައްޕަވެސް ހުރީ ހެއްކަކާއިނުލާ އޭނަގެ ވާހަކަތައް ޤަބޫލުކުރާ ފަދަގޮތަކަށް ނޫނެވެ. އޭނަގެ ވާހަކަތައްވެސް ޤަބޫލުނުކުރާހާ ބޮޑަށް ބައްޕަ އޭނަ ދުރުކޮށްލައިފިއެވެ.
*** *** *** *** *** ***
ކަޅުކުލައިގެ ސާލެއްފަދައިންވާ އުޑުމަތީ މިރޭ ފެންނަމުންދިޔަ ތަރިތަށް ގުނާލެވޭހާ މަދެވެ. ހަނދުނާރާތީ މިރޭ ދުނިޔެމައްޗަށް ވެރިވެފައިވަނީ ކަޅު އަނދިރިކަމެވެ. އުޑުމަތީގައި ބައިބަޔަށް އަޅިފުސްވިލާތައް ބެހިލައިގެން ތިބިއިރު ކޮންމެވަގުތަކުވެސް އެކުވެގަނެފައި ކެރީގެ ބޯހަމަލާ ބިމަށް އަމާޒުކޮށްލަފާނެހެން ހީވީއެވެ. ހަވީރުވަގުތު ޖެހެންފެށި ލުއި ވައިރޯޅިތައް މިވަގުތު ބާރުވެފައިވާއިރު ކުޑަދޮރުތަކާއި ފުރާޅުތަކުގައި ވައި އަޅުވާއަޑު އިވެމުންދަނީ ގައިން ހީބިނަގައިންގެންދާފަދަ ގޮތަކަށެވެ.
ރޭގަނޑުގެ ހިމޭންވަގުތު ހައިޒަލް ބްރިޖްމަތިން ހިނގާލައިފައި އަންނަމުން ފިނިވެގެންގޮސް ގަނޑުފެންކޮޅަކަށް ވަމުން އައި އަތްތިލަ ފަޓްލޫން ޖީބަށް ޖަހާލިއެވެ. އޭރު ވައިރޯޅިތަކުގެ ވޫސްއަޑާއިއެކު ރޭގަނޑުގެ ހިމޭންކަން ތޮރުފާލަމުންދިޔައީ ކުރިއަށް އަންނަން އޮތް ތޫފާނުގެ އިންޒާރުދެމުންނެވެ. ބްރިޖް މިރޭ ދިއްލާލެވިފައިވަނީ އޮރެންޖްކުލައިގެ ވަރަށްވެސް ފަޑުއަލިކަމަކުންނެވެ. އެތާހުރެފައި ބްލޫސްގެ ޓެރެސްއާއި ދިމާލަށް ބަލާލާއިރު ޓެރެސްގައި ހަރަކާތްކުރާ ގަސްތަކުގެ ހަރަކާތް ރީތިކޮށް ފެނެއެވެ. ބްރިޖްއަށް އަލިވާގޮތަށް އިން ހޮޅުބުރި ދެފަހަރަކު ކަނި ޖަހާލަމުން ނިވިގެންދިޔައިރު ބަސްބުނާހާ ހިނދު މުޅި ބްލޫސްގެ އިމާރާތް ނިވިގެންދިޔައީ މުޅި ތަން އަނދިރިކަމަށް ގަންބާލަމުންނެވެ. އެވަގުތު ބްލޫސްއާއި ދިމާލުން އަންހެންކުދިންތަކެއްގެ ތޫލި ހަޅޭކެެއްގެ އަޑުއިވިލިއެވެ. ހައިޒަލް ވަގުތުން ފޯނުން އަލިއަޅުވާލައިގެން ހުރެ ބްލޫސްގެ އިމާރާތާއި ދިމާލަށް ދުއްވައިގަތްއިރު އެމެޖެންސީ ލައިޓްތައް މަސައްކަތްނުކުރުމުން ހިތުގައި ހިނގައިގަތް ބިރުވެރިކަން ވަކި ކުޑައެއްނޫނެވެ. ކިތަންމެ ބޭނުންނުވިޔަސް ނުބައި ވަސްވާސްތައް ސިކުނޑި ވަށާލެވިގެންދިޔައެވެ.
އަނދިރިކަން ފުންވަމުންދިޔައިރު ބައެއް ދިމާލުގައި ލައިޓްތައް ޖައްސައިލައިގެން މުވައްޒަފުން އަންހެންކުދިންގެ ހިތްތަށް ހަމަޖައްސައިދޭން މަސައްކަތްކުރަމުންދިޔައެވެ.
“ހުސެން… ކީއްވެތަ ކަރަންޓް ކެނޑުނީ… އިމަރޖެންސީ ލައިޓްތައް ވޯރކްނުކުރަނީ ކީއްވެގެންތޯ ބަލާލަބަލަ… އެލެވޭޓަރ ހުސްކުރަން ސްޓާފުންނަށް އަންގާ…” ހައިޒަލް އެވަގުތު ފެނުނު ސްޓާރފަކާއި ވާހަކަދެއްކިއެވެ. ކުއްލިއަކަށް ކަމެއް ހަނދާންވެގެންކަހަލަގޮތަކަށް ހައިޒަލް ހުއްޓުން އެރިއިރު ސިކުންތުކޮޅެއްގެ ތެރޭގައި ބިރުވެރިކަމުގެ ލިޝާންތަކުން އެ މޫނު ފެންވަރުވާލިއެވެ. ނައިނާ އިރުކޮޅެއްކުރިން ލިފްޓަށް އަރަމުން މެސެޖްކުރިކަން ހަނދާންވެފައި ހަށިގަނޑުގައި ހިނގައިގަތް ބިރުވެރިކަމާއިއެކު ހިތް ތެޅިގަތީ ދިރޭ ރަހަފޮދެއް ފަދައިންނެވެ. ހައިޒަލްގެ ހިތް ބާރުބާރަށް ތެޅިގަތްއިރު ކެތްތެރިކަން ކުޑަވެފައި ހުރި ކަހަލަގޮތަކަށް އެމަރޖެންސީ ސްޓެއަރ ކޭސްއާއި ދިމާލަށް ދުއްވައިގަނެވުނެވެ. އެންމެ ހަލުވި މިނުގައި ސިޑިބަރިން އަރައިގެންދިޔައިރު ހައިޒަލް ހިތް ނޭނގޭ ބިރަކުން ތެޅުނެވެ. ސިޑީގެ ވަކި ހިސާބަކަށް ދިޔަތަނާ ޓެރެސްއާއި ދިމާލުން ނައިނާގެ ބާރު ހަޅޭކުގެ އަޑު އިވިފައި ހައިޒަލްއަށްވީގޮތެއްވެސް ނޭނގުނެވެ. ސިކުންތުކޮޅެއްގެ ތެރޭ ބޮޑު ސިޑިބަރި ގިރާކޮށްލަމުން ޓެރެސްއަށް އެރިއިރު ފެނުނު މަންޒަރަކުން ހައިޒަލްގެ މޫނު ހުދުވެގެންދިޔައެވެ. ހިނދުކޮޅަކަށް ހުއްޓުން އެރިއިރު ބިރުންގޮސް ހިތް ހުއްޓުނީހެން ހީވިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
39 Comments!
Comments are closed.






May allah bless us and accept our deeds in ramadan. and let the provision of thqwaa assist through the months to come… EID MUBARIK
Masha Allah v reethi ?keep it up koniraku next part up kuraanee ??
thankss dear.. next part on thursday
EID MUBAARAK dhiraa wish
And this part v nice ingey
eid mubaarak dhonthee… and thankss
Haadha reehchey mihaar❤❤❤❤..Maasha Allah v molhu sifa kurun
thanks dear
Masha Allah v riithi mi part vx. N Dhiraa & all other readers eid mubaarak may Allah bless you all. Kon irakuntha nxt part???
Umm koo alhe habareh veba vibr in igey.any ways story vvv reethi dhiraa sis ves habareh veba pls
eid mubaarak koo and thankss… next part on thursday
thankss iba.. gmail ah vadhevunuhaa avahah habareh vaaanan ingey
Thi bafaa thah thee Insaaniyathuge kanfulhehves neiy dhe janavaarutha haadha foohseh veyey edheythi eulheny vahtharakun hai nattaalaa raahjeyn beyrah nai govaigen eyrun dhe bafaa thibeyne raakani maskevifa anyways vaahaka varah reethi waiting for the next part eid mubaarak dhiraa???☕
thankss dear and eid mubaarak… alhaan aai ishaar ah adhi nuvisnenee dharin ge ufalakee faisaa noonkan… hai kairee bunanvee dho shalee men hedhi hen nai aai marry kuraashey… hehehe…
Vaahaka varah reethi. thanks ??? Eid Mubarak dhira..
eid mubaarak yaal and thank you
Mioh kameh hama obi noave keep it up dhiraa ????and the eid mubaarak dhiraa ah ves adhi ehen Huriha kudhinnah ves ?
eid mubaarak hai and thankss for the motivation
alheyy.. nooooo noo no nai.. hai plz save her.. hai.. plz plz.. hai fummaalaafa viyas.. nai and hai salaamai kurachey dhiraa.. EID MUBARAK
eid mubaarak dear. hai kairee bunelaanan ingey nai save kurahjjey..
V salhi mi part as usual.. komme part ehga comment nukuriyas kiyan.. next part avahah up kohdheeba
thankss dear.. varah ufaavehjje konme part ehves kiyaathee… and im glad to meet the female lead of my story from the comment log… hehehe… next part thursdayga.. keep waiting
alhe naina fakyrah v kihineh.. alhe plz terrace in vahtaa nulahcheyyy… mihaaru mey falhaafa hiyy nikunnan ulhey eba… v reethi.. v emotional…. hama kurimthy sifa vey… i love yuh stories… plz read my story and give a comment.. nd point out the mistakes i have to correct???????????? EID MUBARAK ?
hingaaa dho vaagotheh balamaa.. thankss dear.. and eid mubarak… cute lips ge first story dho… kiyaafa comment eh kohlaanan ingey
yh my first story.. i will start writing a new story soon.. but neige bunaakah.. seedha kon dhuvahaku kameh..LYSM…..THANKS FOR UR SUPPORT dhiraa wish???????????
As usual mi prt vex vrh reethi maa shaa allah…keep up ur good wrk….waiting 4 the nxt prt
thankss dear..
Salhi inge mi part vec as usual..Dear yuh ar so so talented assu jiji hykuri v vure..plc upload next part soon ingey dear..Luw yuh
????♥♥
thankss dear.. lets wait for thursday night…
Story kithamme haavx reethi ekam mi kiyamun dhaairu heevanee hama city hunter ge copy eh hen..
thankss dear.. vedhaane hai ge dad naina beynun kohgen blackmail kuraa thankolhu kiyaafa thihen heevanee kamah… but ehen inas genesdheefaivaa goih completely different vaane..and mi story line ves… story unfold vamun dhaavarakah ekan igemun dhaanee… but if you feel that way i will try to bring some changes
Maashaa allah vrh reethi mi part vx??..bt nainaa ah gotheh nuhadhachey plx..n eid mubaarak to all
eid mubaarak shine… and thankss.. hingaa dho naina ah vaa gotheh balamaa
Vv reethi mi part vas?? and a happy eid mubaarak ?
Eid mubaarak and thankss mal
♥️♥️♥️♥️ Eid Mubarak to all readers
?Dhiraa wish adhi vec vhk up nuvanythr
no
Dhiraa sis miadhu up nukurany tha ?
no