Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޝާޒްލީން-1

FLOWER ? Level 1
June 11, 2019 2 Mins Read
10 Comments

ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. ރަށުގެ އެއްފަތުގައި ހުރި ގޭގައި މޫރިތިވި ކީރިތި ޤުރުޢާންގެ އަޔާތްތަށް ކިޔަވަމުން ދިޔައީ ނުހަނު ފަރިތަކަމާއި، ތަޖްވީދުގެ ހަމަތކަށެވެ. ސޫރަތަކަށްފަހު ސޫރަތެއް ކިޔަވަމުން ދިޔައެވެ. ޤުރުޢާން ކިޔެވުމަށް މަސްއޫލްވެފައި އިން ޝާޒްލީން ސިހުނީ ޢިޝާ ނަމާދު ބަންގި ގޮވުމުން ނެވެ. ”ޝާޒް ދަރިފުޅާ ނަމާދަށް” ޝާޒްލީންގެ މަންމަ ޝާޒްލީންއަށް ގޮވަން ފެށިއެވެ.”މަންމާ މި ދަނީ.” ޝާޒްލީން ޖަވާބު ދިނެވެ. ރަށުގެ އެއްފަރާތެއްގައި ގޭ ހުރުމުގެ ސަބަބުން ގެއަށް ބަންގި ގޮވާ އަޑު އިވެނީ ވަރަށް މަޑުންނެވެ.ނަމަވެ ސް ޝާޒްލީން އަށް އެކަން ދެނެގަންނަން އެހާ ވަގުތެއް ނުނަގައެވެ. އެއީ އަބަދުވެސް ޝާޒްލީންގެެ އިސްކަން ދޭ ކަމެކެވެ. އިސްލާމް ދީނާއި މެދު ޝާޒްލީންގެ ހިތުގައި ވަރަށް ބޮޑު ޝައުޤެށް އުފެދި ފައިވެއެވެ.

އިރުކޮޅެށްފަހުން ބަންގި ގޮވާ ނިމުނެވެ.ޝާޒްލީން އޭނާގެ ކޮޓަރިއަށް ވަދެ ނަމާދު ކޮށްލިއެވެ. އެއަށްފަ ހު އޭނާގެ ކަޅު ދަަބަސް ހިފައިގެން ސްޓަޑީ ޓޭބަލް ކާރިއަށް އައެވެ. އެއަށްފަހު ގޮނޑީގައި އިށީނދެވެ. އެ ފޮތުން ދެތިން ސަފްހާ އެއްލުމަށްފަހު އޭނާ ބޭނުން ވާ ސަފްހާ ނެނގިއެވެ. އަދި އެ ފިލާވަޅު ހަދަން ފެށިއެވެ. ފިލާވަޅުތަށް ހަދާ ނިމުނު އިރު އަށެށް ޖަހައި ފަނަރަ މިނެޓް ހިނގާފިއެވެ. އާންމު ކޮން ޝާޒްލީންް ރޭގަނޑުގެ ކެއުމަށް އިންސާފް ކުރަނީ އަށްގަޑި ތިރީސްވީމައެވެ. އުމުރުން ދިހަ އަހަރުގެ ޝާޒްލީން ކޮޓަރި ތެރެއަށް ނަޒަރު ހިންގާ ލިއެވެ. ތަންވަސް ބޮޑު ކޮޓަރިއެކެވެ. ހަތަރު ފާރުގައި ދަނބު ކުލަ ލެވިފައި ވިއިރު އެއްކަނެއްގައި އެނދު ބެހެއްޓިފައި ވެއެވެ. އެނދުގަަ އި ކަޅު ކުލަ ހުއްޓެވެ. ޕްލޭން ދަނބު ކުލައިގެ ބެޑްޝީޓެށް އެނދުގައި އެޅިފައި ހުއްޓެވެ. ނަމަވެސް ބާލިސްތަކުގައި ދަނބުކުލައިގެ ކުދި މާ ތކެެެއް ހުއްޓެވެ. އެނދުގެ ކަނާތް ފަރާތުގައި ބޮޑު ހަތަރު ބައި ލީ ކަޅު ކުލައިގެ އަލަމާރިއެށް  ހުއްޓެވެ. އަނެއްފަރާތުގައި ކަޅު ކުލަ އާއި ދަނބު ކުލައިގެ ސްޓަޑީ ޓޭބަލް އެށްް ހުއްޓެވެ.

މުޅި ކޮޓަރިއަށް ނަޒަރު ހިންގާލުމަށްފަހު އެތާ އިން ސައިޑް ޓޭބަލް މަތިން ލެޕްޓޮޕް ނެގިއެވެ. އަދި ޕާސްވޯޑު ޖެހުމަށްފަހު ލެޕްޓޮޕް ހުޅުވާލިއެވެ. އެއާއެކު ޝާޒްލީންގެ ރީތި ފޮޓޯއެށް އެރިއެވެ. އެއީ އޭނާ އުފަންދުވަހު ނަގައިފާ ވި ފޮޓޯއެކެވެ.ދެން ހު ޅުވާލީ ބިރުވެރި ފިލްމެކެވެ. އޭގައި 70އެޕިސޯޑް އިނދެވެ. މިހާރު ޝާޒްލީން ވަނީ ވިހި ވަރަކަށް އެޕިސޯޑު ބަލާ ނިންމާފައެވެ.އެހެންކަމުން ދެން ބަލަން އިދީ އެކާވީސްވަނަ އެޕސޯޑެވެ. އެހެން ކަމުން އެކާވީސް ވަނަަ އެޕސޯޑް ހުޅުވާލިއެވެ.

”އަހަރެންނަށް އެހީ ވެދީ.. އަހަރެން މީ އިންސިއެ ށް… ނޫން އެކަމެސް އެހީ ވެދީ… އަހަރެންނަށް އިނގޭ އެ ހިތްވަރު ހަމައެކަނި ހުރީ ހައިކަލްގެ ގައިގަކަން…. ޕްލީޒް އަހަންނަށް އެހީ ވެދީ އޭރަށް ހައިކަލް ބޭނުން ކަމެއް ކޮށްދޭނަން…” ފިލްމުން އިވެމުން ދިޔައީ ޖިންނިއެށްގެ އަޑެވެ. ”އަހަރެން ކިހިނެއް ކަލޭއަށް އެހީވާނީ……؟” ހައިކަލް ބުނެލި އެވެ. ” އަހރެން މި ބުނާ ތަނުގައި އެ ފޮތް އޮންނާނެ ދޭ އެ ބަލާ އެހެންނޫނީ…” އެ ހިސާބުން ލެޕްޓޮޕުގެ ޗާޖް ދިޔައެވެ. އެޔާއެކު ކޮޓަރީގެ އެއް ފާރާތެއްގައި ހަރު ކުރެވިފައި އިން ގަޑިއަށް ބަލާލއެވެ.

އާނއެކެވެ. މިހާރު ގަޑިން އަށްގަޑި ބައި ވެގެން ބޮޑުވެއްޖެވެ. އޭރެ މަންމަަ ކޮޓަރި ދޮރުފަތުގައި ޓަކި ތަޅަމުން ދިޔައެވެ. ”މަންމާ މި ދަނީ..” ޝަޒްްލީން މިހެން ބުނުމަށްފަހު ކޮޓަރިން ބޭރަށް ނިކުތެވެ.އޭރު އޭނާގެ ގަދަ މުށިކުލައިގެ އިސްތަށިގަ ނޑު ވަނީީ މިނިވަން ކޮށްފައެވެ. ލައިފާ ވަނީ ކަޅު ކުލައިގެ ޓޮޕް ކޮޅަކާއެކު މަޑު ނޫ ކުލައިގެ ޖިންސެ ކެވެ. ”އާދެވިއްޖެ ދޯ.” ޝާޒްލީން ފެނުމާއެކު ޝިިފްލީީީން ބުނެލިއެވެ.”ދޮންތި ކޮން އިރަކު އައީ…؟” ޝާޒް ލީން ގޮސް ޝިފްލީންގެ ގައިގާ ބައްދާލިއެވެ.”މަންމަ ނުބުނަންތަ ޝާޒް ކައިރީ؟” ޝިފްލީން ސުވާލު ކުރީ އޭނާގެ މަންމަ ކަމަށް ވާ ޝާހިދާ އާއެވެ.”މަންމަ ހަނދާނެތުނީީ..” ޝާހިދާ ވެސް ހީލަމުން ބުނެލިއެވެ. އޭރު ޝާހިދާ މޭޒު މަތީގައި ތަށިތަށް އަތުރަން ހުއްޓެވެ.”ދަރިފުޅު މެން ކާން ވީނު..” ޝާހިދާާ ހުރިހައި ތަށިތަކުގެ މަތި ނަގަމުން ބުނެލިއެވެ.

*** *** *** ***              ”މޯމީ… ލެޕްގެ ޗާޖް ހުސްވެއްޖެ…” ޝިޔާން ބުނެލީ ބޭބީ އަޑަކުންނެވެ. ކަން ެއެހެން ވިއިރު ޝިޔާން އަކީ އުމުރުން ދިހަ އަހަރުގެ ފިިރިހެން ކުއްޖެކެވެ.”ދެން ޗާޖް ކޮށްބަލަ… މިރޭ ތި އެޕިސޯޑު ތަަކެއް ބަލަނެ ކަމެއް ނެތް…” ނީނާ ރުޅި އަންނަމުން ބުނެލިއެވެ. މިހާރުގެ ފިރިހެން ކުދޮންގެ އާދައެވެ. ލޮޕްޓޮޕް ބޭނުންވެގެން ލެޕްޓޮޕެއް ގަނެ ދިނުމުން އުޅެނީ ހަމަ އޭގެން ވެސް ބިރުވެރި ފިލްމު ތަކާ ވާހަކަތަށް އަޑުު އަހަ އަހައެވެ. މިހެން އުޅެނިކޮން ބިރުވެރި ކަމެއް ދިމާ ވީމަ ހަދާނީ ކިހިެއް ހެއްޔެވެ؟ ”ދެން ދާނީ ޔާން ނިދަން..މާދަން ސްކޫލް ދުވަހެއް………” ނީނާ ބުނެލިއެވެ.

ޝިޔާންވެސް ހޫމް އަޅުވާލަމުން ކޮޓަރިއަށް ދިޔުމަށް ހިނގައި ގަތެވެ.ނަމަވެސް ހުއްޓެން މަޖްބޫރު ކުރުވީ ޝިޔާންގެ ނަމުން މީހަކު ގޮވާލުމުންނެވެ.ބިރުވެރި އަޑަކުނެވެ. ސިހިފައި ފަހަތް ބަލާލިއެވެ. އޝިޔާންއަށް ލިބުނީީ ކުއްލި ޝޮ ކެކެވެ.

⭐ ނު.ނި.މޭ ⭐

Share Article

Follow Me Written By

FLOWER ?

Level 1

Other Articles

Previous

ހިތި ހަނދާން 10

Next

ފެވިފާ ތިނަން ވެޔޭމިހިތުގާ 7

Next
June 11, 2019

ފެވިފާ ތިނަން ވެޔޭމިހިތުގާ 7

Previews
June 11, 2019

ހިތި ހަނދާން 10

10 Comments!

  1. jiji says:
    June 11, 2019 at 5:32 am

    Anehhn goahehnuun..tryping mistakes faahaga v..evec v kudakoh..Flower dear If yuh try yuh can avoid those mistakes ingey…waiting fr the next part ingey???????????❤❤❤❤❤???????????????

    1. FLOWER ? says:
      June 11, 2019 at 12:50 pm

      Thank u.. handhaan nethigen chek nukohlevi up kurevuny ☺

  2. Ibsha says:
    June 11, 2019 at 8:41 am

    Varah reethi vaane kamah feney..Mi part ves varah reethi

    1. FLOWER ? says:
      June 11, 2019 at 12:51 pm

      Thank u

  3. Rai says:
    June 11, 2019 at 9:58 am

    over roll varah reethi story. Ekam thankolheh dhigu kohlaafa typing mistakes rangalhu kohleema hama habbu vane. waiting 4 the next part curiously.

  4. SCARLET❤ says:
    June 11, 2019 at 1:05 pm

    Hey stry v reethi.. bt typing mistakes eba huri.. nxt time rangalhu kollyma ok vaane.. vv reethi ingey stry

  5. NO USERNAME says:
    June 11, 2019 at 1:11 pm

    NICE INGE

  6. Dhonthee says:
    June 11, 2019 at 8:57 pm

    Furathama part ves hama vvvv reethi ingey??????? Typing mistakes hurikan faahaga kollevunu…. Ekamakuves vaahakige first part hama vvvv salhi ingey flower???????? I just love it?????❤️❤️❤️❤️???????Take care and I love you so much?????❤️????????

  7. Shaazleen says:
    June 15, 2019 at 5:27 pm

    V reethi mi part vx curiously waiting for next part

  8. Yyyy says:
    June 17, 2019 at 6:55 am

    V.. Obi…… But avaskohlaafa next part nerelaba
    …… Pls Pls Pls ????

Comments are closed.



All Right Reserved!