Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ނާއިންސާފް 17

Monsta Level 310 Stories100 Comments100 Login
June 19, 2019 5 Mins Read
23 Comments

އަހަރެން ކޮޓަރި ދޮރު ހުޅުވާލާފައިވެސް ނެގި ފިޔަވަޅު ހުއްޓާލީމެވެ. އެތެރެއަށް ވަން އަންހެން ކުއްޖާފެނިފައެވެ. އެއީ އެލީނާ ނޫން ދެވަނަ އެހެން މީހެއް ނޫނެވެ. އެއްކަލަ ކާލިން މަންޖެއެވެ.

ރީތިކޮށް ބޯ ގަތާލާފައި، ޔުނީފޯރމްގައި ހުރި އިރު، އެލީނާ ފެންނަލެއް މާ ފުރިހަމައެވެ. އެކަމަކުވެސް ކުރާނީ ކީތްހެއްޔެވެ. އެލީނާ އަކީ އަހަރެންގެ މީހެއް ނޫނެވެ.

އެލީނާއަށް އަހަރެން ފެނުމުގެ ކުރިން އަވަސްއަވަހަށް އަހަރެން އެތެރެއަށް ދެމިގަތީމެވެ. އެނދުގައި އޮށޯވެލެވުމާއި އެކު ޚިޔާލުތައް އައިސް ބޯ ފުރާލިއެވެ. އީންގެ މާޒީގައި ވީ ކިހިނެއްހެއްޔެވެ. އީންއާ ކާލިންއާ އޮތީ ކޮން ގުޅުމެއް ހެއްޔެވެ. އީންއަށް ކާލިން އެހާ މުހިންމު ވަނީ ކީއްވެ ހެއްޔެވެ.

ކާލިން އަހަރެންގެ އީން އަތުލީ ކީއްވެ ހެއްޔެވެ؟ އީން އަކީ އަހަރެންގެ ހައްޤެކެވެ. އެހެންމީހަކަށް އީންއެއްނުލިބޭނެއެވެ. ލިބޭކަށް ނުޖެހޭނެއެވެ. މާޒިން އެހެން މީހަކަށް އީންއެއް ނުވެސް ދޭނަމެވެ.

އެނދުގައި އިރުކޮޅަކު އޮވެފައި އަހަރެން، ތެދުވެގެން ގޮސް ދަބަހުން އީންގެ ފޯނު ނެގީމެވެ. އެއިރުވެސް އައިސްފައި ހުރި އާ މެސެޖުތައް އެތައް ބައިވަރެވެ. އިރުކޮޅަކު އެއަށް ބަލަން ހުރެފައި، ޖިންސު ޖީބަށް ފޯނު ލުމަށް ފަހު، ގޮސް ލޯގަނޑު ކުރިމަތީ ހުއްޓިލީމެވެ. އެއަށްފަހު ފުން ނޭވާއެއް ދޫކޮށްލީމެވެ. އީންއެވެ. އީން ހީކުރީ މިހާ ފަސޭހައި އަހަރެންގެ ކިބައިން ބެޗޭނެ ކަމަށްހެވެ. ތީ މުޅިން ކުށްހީއެކެވެ.

ކޮޓަރިން ނިކުތީ ވަރަށް ގަޓުގައެވެ. ނަމަވެސް އީން ކުރިމައްޗަށްވެސް ނުދެވުނެވެ. ދެން މަންމަ ކުރިމައްޗަށް ޖެހުނީމަ ވާނީވެސް އެހެންނޫންހެއެއްޔެވެ. އެއްކަލަ ބޮޑު ލެކްޗަރެވެ. ކުރި އެންމެ ސުވާލަކަށްވެސް ޖަވާބު ނުދިން ނަމަވެސް އެ ނަސޭހަތް ނުދީ ދުލެއްވެސް ނުކުރިއެވެ. އެހާއިރު އީން ނުގޮސް މަޑުކުރިކަންވެސް ހަމަ ނަސީބެވެ.

މިޝްކާގެ ކޮޓަރި ދޮރު ހުޅުވާލުމާއި އެކު ދެމީހުން އެއްފަހަރާ އަހަރެންނާއި ދިމާއަށް ބަލައިލިއެވެ. ކަމެއް ނުވާކަމަށް ޖައްސަން އުޅުން އެކްޓު މުޅިންހެން ފެނަށް ދިޔަނަމަވެސް މިޝްކާ، ނޭންގި ހުރެ އަހަރެން ސަލާމަތް ކުރިއެވެ.

“ދޮންބެ… އެންމެ ރަނގަޅު ވަގުތުގައޭ ތި އައީ… މި ސުވާލު ނުހެދިގެން މިހާރު ފުޅިފުޅިފުރާ ތެޔޮ ބޭލިފަ ހުންނާނީ… ތީ ވަރަށް މޮޅު މީހެއްނު. އަވަހަށް ވަޑައިގެން” މިޝްކާ ހިތުން އަހަރެން މީ ވަރަށް މޮޅު މީހެކެވެ. ކިހާ ބޮޑު ޖޯކެއްހެއްޔެވެ.

“ތި ކޯޗެއްތަ ތި ހަދަނީ؟” އަހަރެން ގޮސް ގަސްދުގައި މިޝްކާއާއި އީންއާއި ދެމެދަށް ޖެހިގަތީމެވެ. ދުވަހަކު ގޭގައި ނޫޅުނު ގޮތަކަށް އުޅޭތީ، ހަމަ ޔަގީނުންވެސް މިޝްކާ ހުންނާނީ އަންތަރީސްވެފައެވެ. ހަމަ އަސްލުވެސް މި އީންއަކާއ ދިމާވި ފަހުން، އަހަރެންގެ ހުރި ނުލަފާކަންވެސް ގުނަގުނައިން އިތުރުވެއްޖެއެވެ.

“ރޯ ނުބައި ފޯރމިއުލަރއެއް ބޭނުންކުރީމަ ވާނީ މިހެނެއްނު.. ސާބަސް ކައެމެންނަށް..” އެމީހުން އުޅުނީ  ހެދި ސުވާލުގެ ޖަވާބު މާކިން ސްކީމްއާއި އެއްގޮތް ނުވެގެންނެވެ. ގޮތަކަށް ހިފުނު ޔަހުޔާ ކަޅުކާޅެއް ނަމަވެސް، އަހަރެން އެ ހެދުނީތީ ފަހުރުވެރި ވެލީމެވެ.

“މިޝް މެން މިހާ ގަމާރީ ކީއްވެކަން މަށަށްއިނގެއޭ” މާ މޮޅު މީހަކަށް ވެގެން އަހަރެން ބުނެލީމެވެ. ހަމަ އެއާއި އެކު ދެމީހުން އެއްފަހަރާ އަހަރެންނާއި ދިމާއަށް ބަލައިލިއެވެ.

“ތިހެން ކިޔަވާއިރު އަނގަޔަށް ކާ އެއްޗެއް ލައިގެން އުޅެބަލަ…. ކޮންމެ އެއްޗެއްވިޔަސް.. ބްލެކް ކޮފީ އިޒް ދަ ކީ..” އަހަރެން އެހެން ބުނެލުމުން މިޝްކާ މަލާމާތުގެ ނަޒަރަކުން އަހަރެންނަށް ބަލައިލިއެވެ.

“ނޫނޭ.. ބުނަގަ އެކްސްއެލް އިޒް ދަ ކީ އޭ.” މިޝްކާ ކޮއްޅަށް ތެދުވަމުން ބުނެލިއެވެ.

“ވަޓްއެވަރ، އެލީ ބޭނުމީ ކޯޗެއް؟” އަހަރެންނާއި ވާހަކަ ދެއްކި ގޮތާއި ދިމާ އިދިކޮޅަށް މިޝްކާ ބުނެލިއެވެ. ނިކަން ރީތިކޮށް ހީލާފައި ބަހުރުވަ ވެސް ރީތިކޮށެވެ.

“ދެން އެހާ ފައިދާ ވަންޏާ ބްލެކެއްނު ބޯލަންވާނީ.” އެލީނާ އެހެން ބުނެފާނެއެކޭ އަހަރެން ހީވެސް ނުކުރަމެވެ. އަނެއްކާ މި އަންހެން ކުދިން ކަޅު ކޮފީއެއް ދަމާލައިގެން ގޮތެއް ނުވާނެ ކަމެއްވެސް އަހަރެންނަކަށް ޔަގީނެއް ނޫނެވެ.

އަހަރެން ހުރީ މިޝްކާ ދާނެ އިރެއްގެ އިންތިޒާރުގައެވެ. އެކަމަކު މިޝް ދޮރު ލެއްޕިކަމެއް ނޭންގި ވާހަކަ ދެއްކީ އީންއެވެ.

“ދީ ފޯނު..” ކޮންމެއަކަސް އެލީނާއަށް ބުނަން އެނގުނީ ދެ ބަހެވެ. ޗަކް ބުނާހެން އަހަރެންވެސް އަޑުއަހަން ބޭނުމީ ތިން ލަފްޒެވެ.

“އެޔެއް ދެން ނުލިބޭނެ..” އަހަރެން އަމުރުވެރިކޮށް ބުނެލީމެވެ.

“ދެން މާޒިން ޕްލީޒް. މަންމަމެން ގުޅާނެޔޭ، އެޓްލީސްޓް ސިމް ދީ” އަހަރެން ގޮތް ދޫނުކުރާނެކަން އެލީނާއަށްވެސް ދަސްވީ ކަންނޭންގެއެވެ.

ކައިރީގައި ހުރި ޑްރެސިން ޓޭބަލްގައި ހުރި ފޮށިން ޕިންއެއް ނެގުމަށްފަހު އަހަރެން އެލީނާގެ ފޯނު ނަގާ އަތުގައި ބާއްވާލީމެވެ. އެލީނާ ދަހިވެތި ނަޒަރަކުން އެއަށް ބަލައިލިއެވެ. ކިތަންމެ ވަރަކަށް ބެލިއަސް މިއެއް ނުލިބޭނެއެވެ. އަޅެ އީން އަހަރެންނާއި ދިމާއަށް ބަލާލާނެނަމައެވެ. އެންމެ ނަޒަރަކުންވެސް، ހިތުން ރުހުމުން އަހަރެން އީންގެ މީހަކަށްވާނަމެވެ.

“އީން… ޕްލީސް ކިޔައިދީބަ….” އަހަރެންނަށް ވާހަކަ މެދުކަނޑާލަން ޖެހުނީ މިޝްކާ އައިސް ވަދުނީމައެވެ. އަހަރެން ކޮއްޅަށް ތެދުވީ ދާށެވެ. އިތުރަށް އެތާ މަޑުކުރާނެ ބޭނުމެއް ނެތީމައެވެ.

“އޭ، ތީ…. އެލީގެ ފޯނެއް ނޫންތަ؟” ހުއްޓެން ޖެހުނީ މިޝްކާ ބުނެލި އެއްޗަކުންނެވެ. އަނެއްކާ އަނެއްކަންތަކެވެ.

“ނޫން..” އަހަރެން މަސައްކަތް ކުރީ ކުރު ޖަވާބަކުން ފުއްދާލެވޭތޯއެވެ.

“އެކަމަކު ދޮންބެ ގެންގުޅެނީ އެކްސްމެކްސް އެއް ނޫންތަ” މި އަންހެންވެރިންނަށް ސާފު ޖަވާބެއް ދޭން ނޭންގޭތާނގާ، މީހަކު ސާފު ޖަވާބެއް ދިނުމުންވެސް ފުދޭކަމަކަށް ނުވާނެއެވެ. އަހަރެން އަޅާނުލާ އެތަނުން ނިކުތީއެވެ. ޙަޤީގަތުގައި، ދޭނެ އިތުރު ޖަވާބެއްނެތީއެވެ.

………….

މުޅި ހަފްތާހެން ވޭތުވެ ދިޔައީ ސްކޫލްގައެވެ. ހަމަ ޖެހިލައިގެން ނިދާލަން ކަމަށް ހތުލައިގެން، ބުރާސްފަތި ދުވަހުގެ ރޭ އޮށޯތް ތަނާހެން، އަޔާޒްގެ މެސެޖު ލިބުނެވެ. އެރޭ އެގާރަ ގަޑި ބައިގައި ދާންޖެހޭނެ ވާހަކައެވެ. ދެން އެއީވެސް މީހުން، އެކަހަލަ ތަންތަނަށް ދާ ގަޑިހެއްޔެވެ.

ނުނިދޭނެތީ ކޮންމެވެސް ވަރަކަށް ރުޅި އާދެވުނު ނަމަވެސް އަހަރެން ރެޑީވެލީމެވެ. މިބުނީ އާދައިގެ މަތިން ކަޅުޓީޝާޓެއް ލީ ވާހަކައެވެ.

ގަޑިއަށް އަޔާޒް އަހަރެން ބަލައި އައެވެ. ދުއްވަ ދުއްވާފައި އަހަރެމެން ގޮސް މަޑުކޮށްލީ ފާލަމެއް ކައިރގައެވެ. ކޮން ނަންބަރެއް ކަމެއް އަހަރެންނަކަށް ނޭންގެއެވެ. އެކަހަލަ ބޭކާރު އެއްޗެހި ދަސްކުރަން އަހަރެންގެ އަތުގައި ވަގުތެއްނެތެވެ.

ލޯންޗެއް ކައިރީ އެއްކަލަ އަންހެން ކުއްޖާ ހުއްޓެވެ. އަދި ދާހާ ތާކަށް މީނަ ގެންދަންޖެހޭހެއްޔެވެ. އަހަރެމެން ގޮސް ލޯންޗަށް އެރީމެވެ. ނަސީބަކުން މިފަހަރު ދުއްވަން އިނީ އެހެން މީހެކެވެ.

“ސޮރީ ޒިން، އެކަމަކު މިނޫން ގޮތެއް ނެތް..” އެއްވެސް ރަށެއް ނުފެންނަ ހިސާބަކަށް ދެވުނު ފަހުން، އަޔާޒް ބުންޏެވެ. އެބުނީ ކީތް ކަން ސާފު ނުވަނީސް، ފަހަތުން، ރިފާޝާ އަހަރެންގެ ކަނު ބަނދެލިއެވެ. ނަސީބަކުން، އަޔާޒް އަހަރެން ކުރާ ސުވާލުތަކަށް ޖަވާބުދެއެވެ.

އަޔާޒް ބުނި ގޮތުގައި، ތަނުގެ ލޮކޭޝަން އާއި، ތަން ބޭރުން ފެންނަ ގޮތުގެ އެއްވެސް މައުލޫމާތެއް، އަދި، އަހަރެންނަކަށް ނުލިބޭނެއެވެ. އެގޮތުގައި ފަނަރަ ވަރަކަށް މިނިޓު ދުއްވުމަށް ފަހު، ލޯންޗު މަޑުކޮށްލިއެވެ. ބިރު ނުގަތެއް ކަމަކު، ޖަހަމުން ދިޔަ ބޮޑެތި ރާޅާއި އެކު، ލޯންޗު ހެލެމުން ދިޔައެވެ. އިރުކޮޅަކުން ވަރަށް ގަދަ އަޑެއް އިވެން ފެށިއެވެ. ކުރިންވެސް އިވިފައިވުމުން ހެލިކޮޕްޓަރެއް ކަން އެނގުނެވެ.

ރިފާޝާ އަހަރެންގެ ކަނު މޮހެލިއެވެ. އަހަރެންނަށް ޖެހުނީ އެމީހުންނާއި އެކު، ވަރަށް ހާލުން، އެ ހެލިކޮޕްޓަރަށް އަރާށެވެ. އެރުމާއި އެކު އަނެއްކާވެސް އަހަރެން ކަނު ބަނދެލިއެވެ. މި މީހުން އަހަރެން ގެންގުޅެން އުޅެނީ މީހަކު ކިޑްނެޕް ކުރާ ބީދައިންނެވެ.

ދެން އަހަރެންގެ ކަނު މޮހާލީ، ލޭންޑުކޮށްފައެވެ. ފޭބުމަށް ފަހު އަހަރެން ވަށައިގެން ބަލައިލީމެވެ. ހުރެވުނީ ބޮޑު ކްރޫސް ޝިޕެއްގަކަން އެނގުނީވެސް، ފުދޭވަރަކަށޭ ބުނާވަރަށްވުރެ ގިނައިރު ވިސްނުނު ފަހުންނެވެ.

އަޔާޒްމެންގެ ފަހަތުން ގޮސް އަހަރެން އެރީ ލިފްޓަކަށެވެ. އެވަގުތު، އެތަނުގެ ތެރޭގައި އަސްލު ނަމުން މުޚާތަބު ނުކުރުމަށް އަޔާޒްއެދުނެވެ.

އަހަރެމެން ދިޔައީ ތިރިއަށެވެ. މީހުން މާ ވަރަކަށް ބަލާތި އަހަރެންނަށް ވަރަށް އުނދަގޫވިއެވެ. އަހަރެން ހަމަ އެހާ ރީތީ ހެއްޔެވެ. ނޫނީ އަހަރެން މިމީހުނަށް ފުރޭތައެއްގެ ސިފައިގައި ފެންނަނީހެއްޔެވެ.

އަހަރެން ވަނީ ބޮޑު ޖިމެއް ކަހަލަ ތަނަކަށެވެ. ޓްރެއިން ކޮށްދޭށޭ ކިޔާފައި ބަހައްޓާފައި ހުރީ ބިޔަ ފިރިހެނެކެވެ. ނުފުއްޕާ ހުރި އެންމެ މަހެއްވެސް ނެތެވެ. ހަމަ ބަރާބަރު ހަލްކެކެވެ.

ކުރަން ޖެހުނު ގިނަ އަރޓްތައް، ކުރިންވެސް ހުރީ އަހަރެންނަށް ދަސްވެފައެވެ. ދަސް ކުރަން ޖެހުނީ ވަރަށް މަދު ކަމެކެވެ. ހީކުރެވުނު ގޮތާއި ޚިލާފަށް އިރު އެރުމުގެ ކުރިން އެބުނާ ޓެސްޓް ޓްރެއިނިން ނިންމާ ލެވިއްޖެއެވެ.

ދެން އަހަރެން ދިޔައީ އަޔާޒްއާއި އެކު މައްޗަށެވެ. ކޮޓަރިތަކެއް ހުރި ފްލޯރއަކަށެވެ. އަޔާޒް އަހަރެންނަށް ކޮޓަރިއެއް ދެއްކުމުން، އަހަރެން އެތަނަށް ވަދެ ފެންވަރާލާ ނަމާދުކޮށްލާ ހެދީމެވެ.

ހަމައެކަނި އެޖެންސީ އަކަށް ވުރެ އެތަނުގެ ފެންވަރު އުޅެނީ މާ މަތީގައެވެ. އަހަރެން އެންމެ ހިތް ހަމަ ޖެހުނީ ކާން ހުރި އެއްޗެހި ރަނގަޅުވީމައެވެ. ހުކުރު ނަމާދަށް އަހަރެންނަށް މާލެ ދެވުނެވެ. ހަމަ އެއްކަލަ ގޮތަށްކަނު ބަނދެގެންނެވެ.

ދެން އެތަނަށް ދާން ޖެހުނީ، ހޮނިހިރު ދުވަހުގެ ރެއެވެ. އީދުގެ އެއްވެސް ހަރަކާތެއްގައި ބައިވެރި ނުވާތީ، އަހަރެންނަށް އެރޭވެސް އެހެން ރޭރެއެކޭ އެއްގޮތެވެ. ދެތިން ރޭ އެތަނަށް ދެވުނު ފަހުން އެބަންނަ ކަނަށްވެސް އާދަވެއްޖެއެވެ.

ފިސިކަލް ޓްރެއިނިން ނިންމާލެވުމުން، ދެން އަހަރެންނަށް އެކި އެކި ޑިވައިސްތަކާއި ބެހޭ މައުލޫމާތު ލިބުނެވެ. އެކި އެކި ކެމެރާ ހަރުކުރާނެ ގޮތާއި، އޭގެން ފެންނަ މަންޒަރު ބަލާނެ ގޮތްތަކެވެ. އޭގެ އިތުރުން އެމީހުން ފާޑެއްގެ އިންޖެކްޝަނެއްވެސް ޖެހިއެވެ. އޭތި ޖެހުމުން އަތުގެ ކުޑަހުޅު ކައިރި ބަނޑުފަރާތުގައި، ނޫފެހި ކުލައެއްގެ އެއްޗެއް ދިއްލިފައި އިނދެއެވެ. އަހަރެން ލޮކޭޝަންއާއި ޚިޔާނާތްތެރި ވެއްޖިއްޔާ އެކަންވެސް އެމީހުންނަށް އިނގޭނެޔޯއެވެ.

އެމީހުންގެ ބައެއް އެއްޗެހި އަހަރެންނަށް އެމީހުން ދިނެވެ. ބޭނުންނަމަ މީހަކަށް ބަޓުނުވާނެހެން ޓެސްޓުކޮށްލިޔަސް ހެވޭވެސް ބުންޏެވެ. އެފަހަރު ގެއަށް ދިޔަ ދަތުރު އެއީ ފުރަތަމަ ފަހަރަށް އަހަރެން ލޯ ނުބަނދެ ގެންދިޔަ ފަހަރެވެ. ލޮލަށް ފެނުނު ނަމަވެސް، ދެވޭތަނެއް، ދެވޭ މަގެއް އަހަރެންނަށް ކުޑަކޮށްވެސް ނޭންގެއެވެ. އެމީހުން އެއޮތް ހާ ދުވަހު ބަން ކަނަކީ މުޅިން ބޭކާރުކަމެކެވެ.

……………

ޖެހިގެން އައި ހަފްތާގެ ހޮނިހިރު ވިލޭރޭ، އެކްސްޓްރާ ކްލާސް ނިންމާފާ އަހަރެން ދިޔައީ ގެއަށް ދާށެވެ. ފިހާރައެއްގެ ތެރެއަށް ވަން އެލީނާ ފެނުނީ އެވަގުތެވެ. ހިތަށް އައި ޚިޔާލުން އަހަރެން ވަރަށް ބާރަށް ގޮސް، ކޮޓަރިއަށް ވަނީމެވެ. ތެޅެމުން ފޮޅެމުން، ފޮރުވާފައި އޮތްތަނުން އެމްއެސްއޭ އިން ގެނައި ފޮށި ނެގީމެވެ. އެ ހުޅުވަންވެސް އަހަރެންނަށް ޖެހުނީ ވަގުތު ތަކެއް ބޭކާރު ކުރާށެވެ. ފިންގަރ ޕްރިންޓް ނެގުނީ، ކޮން އިނގިއްޔެގެ ކަން ނޭންގިގެންނެވެ.

އެ ފޮށީގެ އެތެރޭގައި ތަރުތީބުކޮށް ބަހައްޓާފައި ހުރި ކުދި ކުދި ބިއްލޫރި ފޮށިތަކުން ފޮށްޓެއް އަތަށް ނަގައިގެން އަހަރެން ބަލައިލީމެވެ. މަދޮށްޓަކަށްވުރެ ސައިޒުން ބޮޑުނުވާނެ ވަރުގެ ކުޑަކުޑަ ބޯޅަތަކެކެވެ. އަހަރެން އޭގެން އެކަތި ނަގާ، ބާކީ ހުރި އެއްޗެހި ރައްކާކޮށްފައި، ދާން ހިނގައިގަތީމެވެ.

ސައިކަލުގައި ވަރަށް ބާރަށް ގޮސް މަޑުކޮށްލިއިރު، އަހަރެން އެންމެ ބިރުގަތީ، އެ ފިހާރައިގައި އީން ނުހުރެފާނެތީއެވެ. އަހަރެންގެ ނަސީބު ހަމަ ރަނގަޅީއެވެ. އެހެން ދެ އަންހެން ކުދިންނާއި އެއްކޮށް ސަކަރާތް ޖަހަމުން، އެ ފިހާރަތެރޭ ހޭވެން އީން އުޅުނެވެ.

މާ ގިނައިރު މަޑު ކުރާކަށްވެސް ނުޖެހުނެވެ. އީން ފިހާރައިން ނުކުތެވެ. އަހަރެން މަޑުމަޑުން އެލީނާގެ ފަހަތުން ދާން ފެށީމެވެ. ޖައްސާފައި ތިބި ދެކުދިން ދާ ޚިޔާލެއްވެސް ކުރީ ގެއާއި ވަރަށް ކައިރި ވެފައި ވަނިކޮށެވެ.

އެމީހުން ދިޔުމުން އަހަރެން ބާރަށް ހިނގާފައި ގޮސް، އަތުގައި އޮތް އެތި އީންގެ ޖެކެޓުގެ ކޮނޑުގައި ތަތްކޮށްލީމެވެ. އެ ކެމެރާ ތައްޔާރު ކޮށްފައިވާ ގޮތުން، ފަސޭހައިން ތަތްވިއެވެ. އީންއަށް ފެނުމުގެ ކުރިން އަހަރެން، ފިހާރައެއް ތެރެއަށް ދެމިގަތީމެވެ. އެނގުނުނަމަ އީން އަހަރެން ކަތިލީސްކަން ޔަގީނެވެ.

އެއްޗެއް ނުގަނެ ނުދާންވެގެން އެކްސްއެލް ދަޅެއް ގަނެގެން، އަހަރެން ދެން މިސްރާބު ޖެހީ ގެއާއި ދިމާއަށެވެ. އެއިރުވެސް އަހަރެންނަށް ބެލެމުން ދިޔައީ ފޯނަށެވެ. އީންގެ ލޮކޭޝަން ލިބުމުން، ދެން ނުބަލާ ހުރެވޭނީވެސް ކިހިނަކުން ހެއްޔެވެ. އީންގެ ލޮކޭޝަންއެއް ނޫނެވެ. އީންގެ ޖެކެޓުގެ ލޮކޭޝަންއެވެ.

ފޯނަށް ގެއްލިފައި ހުރެވުނު ވަރުން، ހޮޓެލްގައި ތިބި މީހުންކިޔަމުން ދިޔަ އެއްޗިހި އަޑެއްވެސް ނީވުނެވެ. އަސްލު އަޑު އިވުނެވެ. ގެޓު ނުވީއެވެ.

“ސަރ، ލިފްޓުން ކަރަންޓު….” ބުނިމީހަކަށް ބުނެވުނީ އެހިސާބަށެވެ. ލެއްޕެން ދިޔަ ލިފްޓުދޮރުގައި އްތ ޖައްސާލެވުމާއި އެކު ކޮންމެވެސް ގޮތެއްވިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Monsta

Level 310 Stories100 Comments100 Login

Other Articles

Previous

ދުޝްމަން – 1

Next

ވެވުމުން ލޯބި 2

Next
June 20, 2019

ވެވުމުން ލޯބި 2

Previews
June 19, 2019

ދުޝްމަން – 1

23 Comments!

  1. Keep going JLN says:
    June 19, 2019 at 11:49 pm

    Story reethi hama varah..
    Ekamaku i don’t know why he aa eleena aa varah nugulhenee hama.. anehkaa bathalaa eii eleenaa tha…dont mind ingey …mashah hama heevaa ehchehveema dhn bunelee hama..
    BTW mashah emme reethi story meee..you are the best hama.?

    1. Monsta says:
      June 20, 2019 at 5:09 pm

      Thankss a lot. Een ge character asluvess hunnaane varah stubborn gothehh. You’ll see eii kivvekannves

  2. Luc!f3r says:
    June 20, 2019 at 3:09 am

    Vaahaka hama chill.. Waiting for next episode

    1. Monsta says:
      June 20, 2019 at 9:46 am

      Thanks

  3. drax says:
    June 20, 2019 at 1:38 pm

    Oh sister it’s getting more interesting
    Maaz underestimate girls relationship with coffee?????????
    And mishka she is outstanding ?????
    Love this part tooooooo?????????????????

    1. Monsta says:
      June 20, 2019 at 5:13 pm

      Why is mishka out standing now??? Btw maaxin ge gamaarukan ves drax miothii underestimate kohhfa ehhnu. Drax noonakass een akiives coffee adict ekey

  4. Neko says:
    June 20, 2019 at 1:57 pm

    E soru gayah current jehuniii thaa??????????????neko ge een konthaakah baa mi dhiaii…..witin 4 nxt ephisode

    1. Monsta says:
      June 20, 2019 at 5:16 pm

      Thankss neko. Yep maaxin gayahh karantu jehuny ??? varah vure balaifen ulhenngnaa. Lol. mirey busy vaanehnu, so friday kommes irakun up submit kuraanan Insha Allah.

  5. jiji says:
    June 20, 2019 at 9:15 pm

    Alhe vv salhi Ingey mi part vec..vvv curious. .waiting fr the next ingey ?????

    1. Monsta says:
      June 20, 2019 at 10:17 pm

      Thanks ??

  6. Luc!f3r says:
    June 21, 2019 at 12:31 am

    drax ge luveiz.. Neko ge Een oa… Ehenviyya mashah Maazin tha?.. Or is he taken ??

    1. jiji says:
      June 21, 2019 at 7:51 pm

      Hehe…monsta maaxin nagaifiyehnu..
      Haadha dhera ey..hihi…dhn Luc!f3r nagaa rukaan..lol…e majaa ingey..???????

    2. Luc!f3r says:
      June 22, 2019 at 12:44 am

      Ahaha.. I see

    3. Monsta says:
      June 22, 2019 at 4:56 pm

      Hehe. Hama asluves jiji thedhekey thibuny. ☺️☺️☺️ Monsta ge Maxin. ??

  7. ?Shifna?Shifoo? says:
    June 21, 2019 at 1:44 pm

    Wow. Monsta ge vaahaka hama salhee ey.. Maaxin ah kihinei thr evee. Waiting 4 next part….

    1. Monsta says:
      June 22, 2019 at 4:58 pm

      Hehe thankss buddy. Pending ga ingeyy. Insha Allah varah avahah kiyaalan libeyne.

  8. jiji says:
    June 21, 2019 at 10:30 pm

    Hei monster kobaathr story???..Submit kohfin thr..up nuvaathy…Um yeah… hangouts use kurangna ID dhyba..
    Dhn I’ll add yuh..just wanna tlk ey..ehnve???

    1. Luc!f3r says:
      June 22, 2019 at 12:48 am

      Thedheh monsta.. Up kollytha.. Up kolliyya angaalachchey latest episode comment section ga.. Eyrun Inthizaaruge guitar jaha jahaa thibeveyny??

    2. jiji says:
      June 22, 2019 at 8:03 am

      ???Hehe dhw

    3. Monsta says:
      June 22, 2019 at 5:00 pm

      Yepp submit kohfinn reyga. Insha Allah libeyne varah avahah kiyaalann. Alhe hangouts ves use ehh nukuraneyy. ??

    4. jiji says:
      June 22, 2019 at 5:11 pm

      Dhn buneba sis use kuraaa ehcheh ehnvihyaa..Eyrunnehnu ingeyny?☹

    5. Monsta says:
      June 22, 2019 at 6:16 pm

      Viber, insta, umm messenger ezzamaanehga use kurin, not any more ???

    6. jiji says:
      June 22, 2019 at 9:09 pm

      Alhe dhn kihineh tlk kuraany…lets us wait dhw ehn gotheh fehnan dhn??

Comments are closed.

Next Episodeނާއިންސާފް 18←


All Right Reserved!