Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވަފާތެރި މަވީމޭ ލޯބިން.. 7

Hawwu (Layaa) Level 6100 Comments10 Stories500 Comments100 Login100 Stories
June 25, 2019 5 Mins Read
18 Comments

“ކަމްލާ..” ޝިޔާޒް ދެތުންފަތް ފޫއަޅުވާލާފައި އެނަން ނިކުތީ އެވަގުތު އެތާންގައި ތިބި އެންމެނަށްވެސް އަޑުއިވޭވަރަށެވެ. ފާތުން ގެ އިތުރުން ޝާނީއާއި ރަމިޒާގެ ނަޒަރު ޝިޔާޒް އަށް ހުއްޓިފައިހުރުމުން ނޫން ކަމަށް ހަދާފައި ކިހިނެއްވީހޭ ބުނާފަދައަކުން ދެކޮނޑު އަރުވާލަމުން ފަޔަށް ބާރުލާފައި އަވަހަށް ގޮސް ކޮޓަރިއަށްވަނީ ވަގަކު ވައްކަންކޮއްގެން ފިލާބީދައިންނެވެ.

“ކަމްލާ ކަލޭދޯ.. އަހަރެން ފަހަތުން ނެއްޓެން ނޭންގިގެންތަ ތިޔައުޅެނީ.. އޭން.. ކަލޭގެ ފަހަތުން ނުނެއްޓޭ އެފިރިހެނާއާއެކުގަ ރަށުގަ އޮތްނަމަ ވެއްޖައީހެންނު.. އާއެހެންޏާ ދާ ކޮންމެތާކުން އައްޓަން މަހެއްހެން ތަތްވެފަ ވިއްޔާ އިންނަނީ.. އެކަމަކު އެހެނެއް ނޫންދޯ މިވީ މިހުރިހާ ދުވަހު އޭނަ ގެންގުޅިފަވެސް އަހަރެން ފެނުނީމަ އަދިވެސް ހިތާވަނީދޯ.. ހުއް.. ކިތަންމެ ބޭނުންވިޔަސް މަށެއް ނުލިބޭނެ.. މިފެށޭމަހުގަ އަހަރެންގެ ކައިވެނި ކުރެވޭނެ ހޫރުލް އީނެއްފަދަ އަހަރެންގެ ހިތުގެ ރާނީޔާ.. ހުރޭ އެދުވަހުން ދައުވަތު އަރުވާނަން.. ” ކޮޓަރިއަށް ގޮސް ވަދެވުމާއެކު ޝިޔާޒް ހުރިހާ ރުޅިއެއްބޭލީ ކަމްލާއަށެވެ. ހުރިހާ ދުވަހު ފޮރުވާފައިވާ ހަގީގަތް އެންމެ ސިކުންތެއްގެ ތެރޭގައި ހާމަވެދާނެތީ ޝިޔާޒްގެ ހިތް ނުތަނަވަސް ވެއެވެ. ކަމްލާގެ ހަނދާންތަށް ވުމުން ނުވަތަ ފެނުމުން އެވާގޮތް ބުނަން ހުދު ޝިޔާޒްވެސް ވަނީ ނުކުޅެދިފައެވެ. ކިތަންމެ ހިތް ނޭދުނަސް ކަމްލާއާއި އެކުގައި ހޭދަކުރެވުނު ދެހަފްތާއެއްހާ ދުވަސް ހިނދުރީގައި ހަރުލާފައިވަނީ އެހެންވެއެވެ. ލީޝް އާއެކުގައި މުޅިދުވަސް ހޭދަކުރިނަމަވެސް އެހާ ގާތްކަމަކާއި ހިތްހަމަޖެހުމެއް ޝިޔާޒް އަށް ނުލިބެއެވެ. ވުމާއެކު އެއީ ހައްތަހާވެސް ކަމްލާގެ ސުންޕާކަމުން ވާކަންތައްތަކެއް ކަމުގައި ޝިޔާޒް ދެކެނީ ކަމްލާގެ ހިޔާލުވެރިވުމުން އެވާ އިހްސާސް ނޭންގުމާއެކު އޭގެ މައްޗަށް ރުޅިއިސްކޮށްގެނެވެ.

**********

“އެސޮރު ހާދަ ބާރަކަށް އެދިޔައީ.. ކޮން ކަމްލާއެއްގެ ވާހަކަތަ އެކީ.. ލީޝް ނޫން އެހެން އަންހެން ކުއްޖަކު ގައިމު އެސޮރުގެ ހަޔާތަކަށް ގެނެސްފައިނުވޭ.. ވީއިރު އެކާކުބާ؟ ހާދަ ފާޑަކަށޭ އެހުރީވެސް އަނެއްކާ.. އެހެންޏާ އުޅޭގޮތެއްނޫން އެޔަކީ..” ފާތުން ވާހަކަ ދައްކަމުން ދިޔަ ނަމަވެސް ރަމީޒާ ވަނީ ވިސްނުމެއްގެ ތެރޭގައި ބަނދެވިފައެވެ. ދަރިފުޅުގެ އުޅުމަށް ކުއްލިއަކަށް މިއައި ބަދަލުގެ ސަބަބުން އޭނާވަނީ މުޅިން އޮޅުން ބޮޅުން ގަނޑެއްގެ ތެރޭގައެވެ. ޝިޔާޒް ދިޔަ ދިމާއަށް ބަލަން އިން ޝާނީވެސް ދެފަރާތަށް ބޯހޫރާލުމާއެކު ދެބުމަ ގޮއްޖަހާލެވުނީ އެހެންޏާ ނުފެންނަ މަންޒަރެއް އޭނާގެ ދޮންބެގެ ފުށުން ފެނުމުންނެވެ. ގެއަށް ވަންނަގޮތަށް އެންމެ ފުރަތަމަ ލޯބިވާ ކޮއްކޮ ކޮބާތޯބަލާ މިހާ މިއަދު ކުރިމަތީގައި އިންދާ އިގްނޯ ކޮއްލާފައި ދިއުމުންނެވެ.

ވާހަކައިގަ އިން ފާތުން ކަމްލާ ގުޅުމާއެކު ދަނީކަމުގައި ބުނެފައި އަވަހަށްދިޔައީ ކަމްލާމެންބަލާ ޔުނިވަރސިޓީއަށެވެ. ކަމްލާއާއި ނަޝާގެ މޫނުމަތީގައި އުފާވެރިކަން ފެނި ފާތުންގެ ތުންފަތުގައި ކުޅެލީ ތަފާތު ހިނިތުންމެކެވެ. ދެކުދީންނަށްވެސް ނަސޭހަތްދެމުން ގެއާދިމާއަށް ދުއްވަމުންދިޔަ ކާރުފާތުން މަޑުޖައްސާލީ ފޯނަށް މެސެޖްއެއް އައުމުންނެވެ. މެސެޖް ކިޔާލުމާއެކު ފާތުންގެ މޫނުމަތި އުޖާލާވުމާއެކު ހިނިތުންވުން ފުންވެގެންދިޔައެވެ.

ގެއަށް ގޮސް ކަމްލާ ވަންއިރު ކުރިމަތީގައި ހުރި ހާމިދުފެނުމާއެކު އުފަލުން ބައްޕާ އޭ ކިޔާ ބައްދާލިއެވެ. ފަހަތުން ވަދެގެން އައި ފާތުން ހިނިތުންވެހުރެ ނަޝާގެ އަތުގަ ހިފައިގެން ގޭތެރެއަށް ވަނީ ނަޝާވެސް އެއުފަލުގައި ބައިވެރި ކުރުވަމުންނެވެ.

*********

އެތަށްއިރަކު އޮފީހުގައި ހޭދަކުރުމަށްފަހު ގެއަށް އައިސްވަން ހަނީފްގެ ނިއްކުރީގައިވަނީ ރޫގިނަވެފައެވެ. އެހެން ދުވަސްތަކާއި ހިލާފަށް މިއަދު އޭނާގެ ބޮލުގައިވެސް ރިއްސާހެން ހީވެއެވެ. ކޮޓަރިއަށްގޮސް ވަންއިރު ޑްރެސިންގ ޓޭބަލްގެ ގޮނޑީގައި ލޯގަނޑަށް ނަޒަރުހުއްޓާލައިގެން ހިޔާލަކަށް ގެއްލިފައި އިން ރަމީޒާ ފެނުމުން ހަނީފްއަށް ހައިރާންވެފައި ބަލާލެވުނެވެ.

“ރަމީ.. ރަމީ..” ދެފަހަރަކު ގޮވާލި ނަމަވެސް ރަމީޒާގެ ހިލަމެއްނުވުމުން ހަނީފް ގޮސް ރަމީޒާގެ ގޮނޑުގައި އަތްޖަހާލުމާއެކު ސިހިފައި ބަލާލިއެވެ. އޭރު އެމޫނުމަތީގައި ވި ނުތަނަވަސްކަން ހާންމައަށް ހުރީ ފެންނާށެވެ.

***********

އާދުވަހަކަށް އިރު ފެނުންތޮޅިލީ އެތަށް ބައެއްގެ ދިރިއުޅުން ބަދަލުކޮށްލަމުންނެވެ. މިނިވަންކަމާއި މަޖުބޫރީއެވެ. އުފަލާއި ހިތްހަމަޖެހުން ނުވަތަ ހިތާމައާއި ހިތްދަތި ކަމުންނެވެ. މިއީ ދުނިޔޭގެ އާދައެވެ. ނަމަވެސް އެއިން އެއްވެސް ހާލަތެއް މެދުވެރި ނުވެ އާދައިގެ ދިރިއުޅުމެއް އުޅޭމީހުންވެސް މަދެއްނޫނެވެ. އާދައިގެ މަތީން ކަމްލާއާއި ނަޝާ ފަތިސްނަމާދަށް ފަހުގައި ކޮފީ ތައްޔާރުކޮށްގެން ބޭރުގައިވާ ހަޓްއަށް ނިކުތީ ކިޔެވުމާގުޅޭގޮތުން ވާހަކަ ދައްކަމުންނެވެ. އެވަގުތު ގޭގެ ގޭޓްކައިރީގައި މީހަކު ހުރިހެން ހީވެގެން ކަމްލާ ބަލާލިނަމަވެސް ދާދި އަވަހަށް އެމީހަކު ނިވާވެއްޖެއެވެ.  ފެނިލި އެންމެ ފެނިލުމަކުންވެސް އެއީ ކާކުކަން ކަމްލާގެ ދެލޮލަށް އޮޅޭގޮތެއްނުވިއެވެ. “ޝިޔާޒް މިތާންގަ ކީއްބާ އެކުރަނީ..؟” ހިޔާލަށް ގެއްލިފައި އިން ކަމްލާ ހޭވެރިކަންވީ ނަޝާ އޭނާގެ އަތުގައިހިފާ ތަޅުވާލުމުން ނެވެ. ދެކުދިން އެކީގައިހެން އައިސް އިށީންދެލިއިރު ފާތުން އާއި ހާމިދުވެސް ދެކޮފީހިފައިގެން އައިސް އެކުދިންނާއި ބައިވެރިވެލި އެވެ.

“ދަރިފުޅޭ.. މިއަދު މެންދުރު ކެއުމަށް އެބައޮތް ދައުވަތެއްލިބިފަ. އެއީ މަންމަގެ ވަރަށް ގާތްދެމަފިރިން އެހެންވެ މަންމަ ބުނިން މަންމަގެ މިކުޑަ ކުޑަ އާއިލާ ކެއުމުގަ ބައިވެރި ވާނޭ.. އެންމެ ރަނގަޅު ދޯ..” ފާތުން ކަމްލާއާއި ނަޝާއާ ކުރިމަތިލަމުން ބޭރަށް ދާންއޮތްކަން ހިއްސާކޮށްލިއެވެ. “އެންމެ ރަނގަޅު މަންމައަށް ހަމަފެނިލައްވާ ގޮތެއް. ދޯ ނަޝާ..” ނަޝާއަށް ދޯދެމުން ކަމްލާއެހެން ބުނުމާއެކު ނަޝާ ވެސް އެއްބަސްވަމުން ބޯޖަހާލިއެވެ. އާއިލީ ކޮފީއަށްފަހު ހާމިދު އޮފީހަށް ދިއުމަށް ތައްޔާރުވާން ދިޔައިރު ތިން އަންހެނުން ބަދިގެއަށްވަނީ ހެނދުނު ނާސްތާ އަވަހަށް ތައްޔާރު ކޮށްލުމަށެވެ.

*********

“މަންމާ އަޅުގަނޑު މިދަނީ ތައްޔާރު ވެލައިގެން އަންނަން.. “ކޮފީމަގު ޒިންކަށް ލުމަށްފަހު ނިކުންނަމުން ޝާނީ ގޭގެ ބޮޑުފެންޑާ ސޯފާގައި އިން ރަމީޒާއަށް ބުނެލިއެވެ. ނެގިމަޑުވެފައި އިން ރަމީޒާ ބޯޖަހާލުން ފިޔަވާ އިތުރުކަމެއް ނުކުރެއެވެ. ނަމަވެސް ޝާނީއަށް އެއިން ކަމެއް ރޭކާނުލީ މާބޮޑަށް ހިތްއަވަސްވެފައި ހުރުމުންނެވެ. އަމިއްލަ ކުންފުންޏެއް ނަމަވެސް އަލަށް ދާދުވަހަށް ވުމުން ހަމަ ހިތްނުތަނަވަސް ވާގޮތް ވަނީއެވެ.

އެންމެ ފުރިހަމައަށް ތައްޔާރު ވެލެވުމާއެކު ޝާނީ ކުރިމަތީގައި އިން އިސްކޮޅު ލޯގަނޑުން އޭނާ ސޫރަ ބަލާލިއެވެ. ޓާކިޝް ބުލޫކުލައިގެ ގަޔަށް ދޫ ކަކުލާއި ހަމައަށްހުރި ހެދުމާއެކު އައިސްބްލޫ ލެގިންސް ޝާނީއާއި ވަރަށް ގުޅެއެވެ. ހެދުމުމެދެއްހާ ހިސާބުގައި އަޅާފައިވާ ހިމަ ބެލްޓްގެ ސަބަބުން އިތުރަށް ފުރިހަމަ ކަމަށް އޭނާއަށްވެސް ފެނުނެވެ. ގަޔަށް ސެންޓް ބުރުވާލަމުން ކަޅުކުލައިގެ އަތްދަބަސް ކޮނޑުގައި އަޅުވާލުމަށްފަހު ކައިރީގައި އިން ހައިހީލް އަށް އަރަމުން ޝާނީ އަވަހަށް ނިކުތީ މިހާރު ހުރިހާ މިހުންވެސް ކާމޭޒުދޮށުގައި ތިބޭނެތީއެވެ. އަނެއްކާ މިއަދު ދާނީވެސް ބައްޕަ އާއިއެކުގައި ކަމުން ވަގުތު ސަލާމަތް ކުރަން ޖެހޭނެތީއެވެ.

**********

ބޭކެޑް ބީންސް އާއި ބަރަބޯ މަސްހުނީގެ މީރުވަހުން ނޭފަތް ދަމާލުމާއެކު އެތެރެއަށް ވަތް ހާމިދު މުޑިއެރީ އޭނާ ބަލާދާން ނިކުތް ފާތުން އާއެވެ. ދުރުގައި މަންޒަރުބަލަންތިބި ކަމްލާ އާއި ނަޝާ އެކުއެކީހެން ކަރުކެހިލުމާއެކު ލާނެތް ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވާލުމުން “އޫން”އޭ ބުނެ ފާތުން ހާމިދު ގޮވައިގެން އަވަހަށް ކާމޭޒުދޮށަށް އައީ ވަގުތު ކުޑަތަން ވަމުން އަންނާތީއެވެ. ކަމްލާ އާއި ނަޝާ އެކަކު އަނެކެއްގެ މޫނަށް ބަލާލަމުން ހިނިތުންވެލާފައި މަންމަމެންނަށް ވަގުތު ދެމުން ކޮޓަރިއަށް ދިޔައީ ފެންވަރާ ތާޒާ ވެލުމަށެވެ.

*******

ފެނަވާރާލައިގެން ނިކުމެ އޮފީހަށްދާން ތައްޔާރުވި ޝިޔާޒްގެ މޫނުމަތީގައި ވަނީ ނުރުހުންވުމުގެ ކުލަވަރުތަކެވެ. މިއަދު ހެނދުނު އޭނާ އަށް އެފެނުނު މަންޒަރުން ހިތުގައި ރުޅިވެރިކަމުގެ ބާނިތައްވަނީ އިތުރުވެފައެވެ. ކަމްލާ އެހާ ހިތްހަމަޖެހިގެން އުފަލިގައި އުޅޭތަން ދެކެންވެސް މިއަދު ޝިޔާޒްއަށް އުނދަގޫވާފަދައެވެ. އެހާވެސް ބޮޑަށް ޝައިޠާނާވަނީ އޭނާގެ ބޮލަށް ސަވާރުވެގެންފައެވެ.

ގޭން ސައިވެސް ނުބޮއެ އޮފީހަށް އައި ޝިޔާޒްއަށް މޮއަދު ހަމަ އެއްގޮތަކަށްވެސް ރަނގަޅަށް އެއްފަހަރުން ކަމެއް ކުރެވޭގޮތެއް ނުވެއެވެ. އިރު އިރުކޮޅާ ކަމްލާގެ ހިނިތުންވެފައިވާ މޫނު އޭނާއަށް ސިފަވަނީއެވެ. އަނެއްކާ މިއަދު މަންމައާއި ބައްޕަގެ މޫނުމަތީންވެސް އޭނާއަށް ފެނުނީ މާކައެދެވޭ ކުލަވަރެއް ނޫނެވެ. އެންމެ ލޯބިވާ ކޮއްކޮވެސް އޮފީހަށް ދިޔައިރު އެންމެ ފަހަރަކުވެސް ފެނިވެސް ނުލައެވެ. ޝިޔާޒްގެ ދެތުންފަތް ފޫއަޅުވާލާފައި މަޑު އާހް އެއް ނިކުތްއިރު ހުރިހާ ރުޅިވެރިކަމެއް ކަމްލާއަށް ނިސްބަތް ކޮއްލިއެވެ.

“ކަމްލާ އާހެދި ހުރިހާ ކަމެއްމިވަނީ ޔަގީން.. ފާޑަކަށް މާލެއައިސް އަހަރެން ފަހަތުން ނުނެއްޓިގެން ތިޔައުޅެނީ ކީކޭ ހިތަށް އަރައިގެންތަ.. މިއަދު މުއްސަނދިކަމެއްގަ ހުއްޓަސް މާދަމާވެސް ކަމްލާގެ ބައްޕަ ނެތްދުވަހަކުން ތިޔަ ހުރިހާ ކަމެއް ގެއްލިދާނެ.. އެހެންވީމަ އަހަރެންނާއި އެއްފެންވަރަށް އާދެވުނީޔޭ ހިތާ ނޫޅޭތި.. އަހަރެންގެ ހަޔާތުގެ ބައިވެރިޔާވެސް އެއީ ފައިސާގެ މަތީގަ އުދުހޭ މީހެއް..ޙަހަހަ..” މޮޔައެއް ފަދައިން ޝިޔާޒް ހީލިއެވެ. ނަމަވެސް އޭނާގެ މޫނުމަތީގައިވާ ކުލަވަރުތަކުން ރުޅިއައިސްފައި އެކަނިނޫންކަން ހާމަވެގެން ދެއެވެ. އެއްފަހަރު ދެބުމަގޮއްޖަހާލީޔާ އަނެއްފަހަރު ލޯކައިރި ފުހެލާނެއެވެ.

*********

މެންދުރު ނަމާދު ކޮއްލައިގެން ނިކުތް ކަމްލާގެ ހިތް ނުތަނަވަސް ވަމުން ދިޔައީ ކީއްވެގެން ކަން ހުދު އޭނާ އަށްވެސް ނޭންގެއެވެ. ކޮންމެވެސް ބޮޑުކަމެއް ދިމާވާން އުޅޭ ހައްތަހާވެސް ހީވަނީއެވެ. ނަމަވެސް އެއްވެސް މީހަކާއި އެކަން ހިއްސާކުރަން ބޭނުން ނުވުމުން ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވައިގެން އިނީއެވެ.

“ޕޮއް..” ހިޔާލަށް ގެއްލިފައި އިން ކަމްލާ ސިހުނީ ނަޝާއައިސް ކަންފަތްދޮށުގައި އަޑެއް ލައްވާލުމުންނެވެ. މޫނުމަތީ ކުލަވަރު ބަދަލުކޮއްލަމުން ހިނިތުންވުމާއެކު ނަޝާއާއި  ދެކުދިން އެކީގައި ވާހަކަ ދައްކަމުން ސިޑިން ފެއިބި އިރުގައި ފާތުން އާއި ހާމިދު އެދެކުދިންގެ އިންތިޒާރުގައި ތިއްބެވެ. “ހިނގާދަމާ..” ހިނިތުންވުމާއެކު ފާތުން ތެދުވެ ދިއުމަށް އިޝާރާތް ކޮއްލުމުން ނަޝާގެ އަތުގައި ހިފައިގެން ކަމްލާވެސް މަޑުމަޑުން ހިނގައިގަތެވެ.

އައްސޭރި ގޭޓުން ކާރު ނިކުތުމާއެކު އަނެއްކާވެސް ކަމްލާގެ ހިތަށް އުނދަގޫވާންފެށީ އެޔެއްމިއެއް ބަލާފައެއްނޫނެވެ. ވަގުތުން އަތުގައިވާ ފޯނަށް ނަޒަރު ހުއްޓާލުމާއެކު ދަތުރުދުއާ ކިޔާލީ ހިތަށް ހަމަޖެހުމެއް ހޯދުމަށެވެ.

********

“ރަމީ މިހާރު އެމީހުން އަންނަން އުޅޭނެ ތިޔަހެން އިނީމަ ކަމަކު ނުދާނު ދޭބަލަ އަވަހަށް ތައްޔާރުވެލައިގެން އަންނަން އަހަރެން މިދަނީ ސިޓިންގ ރޫމް އަށް ޝާނީ ވެސް ނަމާދު ކޮއްލައިގެން އެބަނިކުމޭ..” އޮފީހުގައި އިނދެފައި ފާތުން އަންނަކަން ޝާނީ ހަނދާން ކޮއްދިނުމުން ގެއަށް އައި ހަނީފް ލޯތްބާއެކު އޭނާގެ އަނބިމީހާ އާއި ވާހަކަދެއްކިއެވެ. ރަމީޒާ އެހާ ނެގިމަޑުވެފައި އިންނަންޖެހުނީ ހަނީފް އާހެދިއޭވެސް ބައެއްފަހަރު އޭނާ ހިތައްއަރައެވެ. މިހާރުދެން ކިރާނެކަމެއްނެތެވެ. ކޮންމެ ގޮތެއްވިޔަސް ދަރިންގެ ދިރިއުޅުން ރަނގަޅުކުރަން ބޭނުން ނަމަ ހުރިހާ ކަމެއްވެސް ހިއްސާކުރަން ޖެހޭނެއެވެ. ހޫމް އަޅުވާލަމުން ރަމީޒާވެސް ފަނޑުހިނިތުން ވުމަކާއެކު ތެދުވެ ތައްޔާރު ވާންފެށީ ފާތުންމެންނަށް އެފަދަ މޫނަކާއެކުގައި ބައްދަލު ކުރަން ބޭނުން ނުވުމުންނެވެ.

*********

ބޯގޮވާފައި ހުރިމީހަކުހެން އިން ނަމަވެސް ކޮންމެހެން ހަދާފައި ލަންޗްބްރޭކަށް ގެއަށްދާން ޝިޔާޒް ނިންމިއެވެ. އޭނާގެ މަޤްސަދަކަށްވީ ކޮންމރހެން ހަދާފަވެސް ދެވަނަ ފަހަރަށް ކަމްލާއަށް އެގެއަށް އަންނަން ނުކެރޭނޭ ވަރުކުރުމެވެ. މަސައްކަތްތައް މަޑު ޖައްސާލާފައި ތެދުވި ޝިޔާޒްގެ ފޯނު ރިންގްވާންފެށީ އެވަގުތުގައެވެ.

*********

ގޯލްޑަންވިއު ގޭޓުން ކާރުވަނުމާއެކު އެގޭގޯތީގެ ބޮޑުކަން ހާމަވެގެންދިޔައެވެ. ނަޝާ ވަށައިގެންވީ މާހައުލަށް ނަޒަރު ހުއްޓާލައިގެން އިންވެސް ކަމްލާގެ ހިތް ހީވާނީ ދެންމެދެންމެ ބޭރަށް ނިކުމެދާނެ ހެންނެވެ. ދެއަތް ދެއަތާއިމޮޑެމޮޑެ ހުއްޓާ ގޭގެ ޕޯޓިކޯ އަށް ކާރު މަޑުކޮށްލުމާއެކު ފާތުންގެ އަޑު އިވިގެން ދިޔައެވެ. “ހިނގާ ފައިބަމާ އެހުރީ ހަނީފްބެއާއި ރަމީޒާއްތަ.. އެއީ މިގޭގެ އިސްވެރިން އަދި ތިބޭނެ އެމީހުންގެ ދެކުދިން ޝާނީ ޢާއި ޝިޔާޒް..” ފާތުން އެހެން ބުނުމާއެކު ކާރުން ފައިބަމުންދިޔަ ކަމްލާގެ ހިތް ހުއްޓުނުފަދައެވެ. ތަޤްދީރު އޭނާއާއި މިކުރަނީ ކޮންފަދަ ސަމާސާއެއް ބާއެވެ. މިހުރިހާއިރު ހިތްނުތަނަވަސް ވެގެން މިދިޔައީ މިގޮތަށް މިކަން ދިމާވާންކަން ކަމްލާގެ ހިތަށް އައީ އެވަގުތުގައެވެ. ނަމަވެސް ކެތްތެރިކަން ހިތަށް ދެއްވުން އެދޭހާލު ފާތުން އާއި ހާމިދުގެ ފަހަތުން ނަޝާއާއި އެކުގައި ހަނީފްމެން ތިބި ދިމާއަށް ކަމްލާދިޔައީ އިސްޖަހާލައިގެންނެވެ.

“ހަނީފް.. ” ކޮނޑާ ކޮނޑު ޖައްސާ ސަލާމް ކޮއްލަމުން ހާމިދު ހަނީފްއާއި ސަލާމްކޮއްލުމާއެކު ފާތުން ގޮސް ރާމިޒާގައިގަ ބައްދާލަމުން ހާލުއަހާލީ އިސްލާމީ ރިވެތިސަލާމުން ސަލާމް ކޮއްލުމަށް ފަހުގައެވެ.

“މިހުރީ އަހަރެމެންގެ ދެކުދިން.. މީ ކަމްލާ ދެން މިހުރީ ނަޝާ.. ފާތުން ދެކުދިން ވަކީން ތައާރްފް ކޮށްދެމުން ކަމްލާއެއީ ހާމޮދު ދަރިފުޅު ކަމުގައި ބުނެލިއެވެ. ނަމަވެސް އެއީ މިހާރު ތިމަންނާގެވެސް ދަރިއޭ ބުނެލީ އެހާ އަވަހަށެވެ. އެވަގުތު ނިކުމެގެން އައި ޝާނީ ކަމްލާމެން ފެނުމާއެކު އައިސް ސަލާމް ކޮއްލަމުން ކުރިން ދިމާވިގޮތުގެ ވާހަކަ އެކުދިންގެ މައިންބަފައިންނާ ހިއްސާކުރިއެވެ.

ކާމޭޒުދޮށުގައި އޮލަވާހަކައިގައި ތިބިނަމަވެސް ކާންނުފަށާ އެންމެން މަޑުކޮއްލީ ހަނީފް ޝިޔާޒް އެބައަންނަކަމުގައި ބުނެލުމުންނެވެ. ކަމްލާ އަށް އެކަމުން އުނދަގޫވީނަމަވެސް އެއިން ކަމެއް މޫނުމަތީން ދައްކާނުލާ ހުރެވުނީ ޝާނީގެ ވާހަކަ ތަކުންނެވެ. ކަމްލާ ހީކުރިވަރާ އަޅާބަލާފައި ޝާނީވީ މާބޮޑަށްވެސް ގާތް އެކުވެރިގޮތެއް ގެންގުޅޭ ފަރާތަކަށެވެ.

ކާގެ ބައިގެ ދޮރުމަތީން މީހެއްގެ ހިލަން ވުމާއެކު ބަލާލި ހަނީފް ގެ ދެބުމަ ގޮއްޖެހިގެން ދިޔައިރު ރަމީޒާ އަށްވެސް ވީ ހަމަ އެފަދަ ގޮތެކެވެ.

ނުނިމޭ

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hawwu (Layaa)

Level 6100 Comments10 Stories500 Comments100 Login100 Stories

އަބަދުވެސް ވާހަކަ ކިއުމާއި އެއްވަރަށް ވާހަކަ ލިޔާހިތްވޭ.. އެހެންވެ މިސައިޓްގެ ގިނަވާހަކަތަކެއް ކިއުމަށްފަހު ހިތަށްއެރީ ކުރިން ލިޔެފައިހުރި ވާހަކަތަށް އަޕްކުރަން.. އެކަމަކު ފަހުން ވިސްނާލާފަ ސައިޓަށް އާ ލަޔާ) ހައްވި( ގެ ވެސް މުޅިން އާ ވާހަކަތަށް އެސްފިޔައިގެ ޒަރީއާއިން ތިޔަކިއުން ތެރިންނަށް މިގެނެސްދެނީ.. އުންމީދުކުރަން ހުރިހާ ކިއުންތެރިން ފަރާތުންވެސް ބިނާކުރުވަނިވި ފާޑުކިއުންތަކެއް ލިބޭނެ ކަމަށް.. ??? Email:[email protected] Instagram: hawwu_gallery

Other Articles

Previous

ލޯތްބެއްގެ ފެށުން 6

Next

ބުނެދޭށޭ ރުހެމޭ 45

Next
June 26, 2019

ބުނެދޭށޭ ރުހެމޭ 45

Previews
June 25, 2019

ލޯތްބެއްގެ ފެށުން 6

18 Comments!

  1. jiji says:
    June 25, 2019 at 9:12 pm

    Eyy layaa jiji first dhw..kiyaafa comment eh kohlaanan ingey???

    1. Hawwu (Layaa) says:
      June 25, 2019 at 9:13 pm

      Haha yes dear laya ah vurevess kurin thiothee comment kohlaafa?

    2. jiji says:
      June 25, 2019 at 9:14 pm

      ….???Dhogeh vaa nuuney dhw

  2. Hawwu (Layaa) says:
    June 25, 2019 at 9:12 pm

    Salaam all dear readers.. miothee vaahakaige 7 vana Bai indha Allah dhen in Bai buraasfathi dhuvahuge reyga up kohla dheynan.. *?

  3. jiji says:
    June 25, 2019 at 9:47 pm

    Layaa❤❤❤..alheyy vv rythi mi bai vec??????????????????..
    Dhn kihineh baa dhw vaany..V curious…
    Waiting fr da next??????????????????

    1. Hawwu (Layaa) says:
      June 26, 2019 at 1:55 am

      Umm thankyou my dear jiji ? .. keep waiting..

  4. Ibsha says:
    June 25, 2019 at 10:15 pm

    Varah reethi

    1. Hawwu (Layaa) says:
      June 26, 2019 at 1:54 am

      Thank you ?

  5. Aisha says:
    June 26, 2019 at 6:09 am

    Varah reethi .,?

    1. Hawwu (Layaa) says:
      June 26, 2019 at 7:17 am

      Thankyou ?

  6. Zar@ says:
    June 26, 2019 at 7:12 am

    Wow…. Waiting

    1. Hawwu (Layaa) says:
      June 26, 2019 at 7:16 am

      ?

  7. ayer says:
    June 26, 2019 at 5:10 pm

    wow ..varah reethi

  8. Bts lover says:
    June 26, 2019 at 5:34 pm

    Wow

  9. Bts lover says:
    June 26, 2019 at 5:34 pm

    Wow waiting

  10. Aisha says:
    June 28, 2019 at 7:09 am

    Koba vaahaka. Avahan up kohdhyba pls

    1. Anonymous says:
      June 28, 2019 at 9:09 pm

      Buraasfathi duhige reyves gohsi miadhu mee hukuru dhuvahuge rey….

      ???????????????????????
      ???????…..

      Avahah up kojdeeba pls mirey up kodeeba

      Layaa ge stry ham v reethi.nd layaa thy school g ulhey kuhjehthr ahaaly igey….
      .. …..dont mind

  11. Anzum says:
    July 4, 2019 at 12:44 pm

    Koniraku tha vaahaka up kohdheyni…vaahaka thiha lahun up kuranya kiyuntherin gehleyni..

Comments are closed.

Next Episodeވަފާތެރި މަވީމޭ ލޯބިން.. 8←


All Right Reserved!