Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތަދުވާ ހިތެއްގެ ވޭނުން އުމުރަށް އުޅެން މަވީހޭ.. (2)

shum Level 1
June 25, 2019 One Min Read
7 Comments

‎އިރު އަރައިގެން އައި ވަގުތެވެ. އިރުގެ ދޯދިތައް ކަނޑުގެ ސަތަހައިގައި ފެތުރިފައިވިއެވެ. ކާޅާއި ކޮވެލީގެ އަޑު މުޅި ފަޒާ ތެރޭގައި ހެނދުނުގެ މިއުޒިކެއް ފަދައިން އިވި އިވި ހުއްޓެވެ. ގޮނޑުދޮށަށް ބީއްސަމުން ދިޔަ މަޑު ރާޅުތައް އެ މިއުޒިކަށް އިތުރު ފުރިހަމަ ކަމެއް ގެނުވާ ހާލުގައެވެ. އެމަންޒަރުތައް ބަލަން ރަށުގެ ފުއްޓަރު ފަރާތުގައި ލީޒާ ހުރީ އާޝޯޚު ވެފައެވެ. އެއްވެސް ހުރަހެއް ނެތި އިރުގެ ރަންރީނދޫ ދޯދިތައް އޭނާގެ މޫނަށް އެޅިފައި ވެއެވެ. މަޑު ވައިރޯޅިތައް އެއްވެސް އިޒުނައަކާއި ނުލާ ގޮސް އެމޫނުގައި ބީހެމުން ދިޔައިރު ލީޒާ ހުރީ ލުއި ހިނިތުން ވުމެއްގައި ދެލޯ މެރިފއިވާ ހާލުގައެވެ.
‎ އުމުރުން 18 އަހަރުގެ ލީޒާ އަކީ އިރުއަރާ މަންޒަރާއި އިރުއޮއްސޭ މަންޒަރު އަދި ރޭގަނޑު ވެއްޖެނަމަ ތަރިތަކާއި ހަނދުގެ ޖާދުވީ ކުލަތައް ބަލަން ވަރަށް ޝައުޤުވެރިކަން ހުންނަ ކުއްޖެކެވެ. މިޒަމާނުގެ ކުދިން އެބުނާ ކަހަލަ “ނޭޗަރ ލަވަރ” އެކެވެ. އެހާމެ “އިމޯޝަނަލް” ކުއްޖެއް ވެސް މެއެވެ. ވާރޭ ކޮޅެއް ވެހިލައިފިނަމަ ތެމިނުލާ ހުންނަން ވެސް ލީޒާ އަށް އުނދަގޫ ވެއެވެ. ތެމިނުލެވޭނަމަ އަސްކަނިން ފައިބާ ފެނާ ކުޅެލަން ވެސް ލީޒާ ބޭނުން ވާނެއެވެ. އެކުގައި އުޅޭ ރައްޓެހިން މިފަދަ ސިފަތަކާ ހުރެ ލީޒާއަށް “ހީރޯއިން” އޭ ކިޔާ ހަދައެވެ.

“ހޭ ހީރޯއިން” ފެންނަމުން ދިޔަ ގުދުރަތީ ރީތި މަންޒަރުގެ މަސްތުގަ ޖެހިފައި ހުރި ލީޒާ ސިއްސައިގެން ދިޔައީ ފަހަތުން މީހަކު ގޮވާލި އަޑު އިވުމުންނެވެ. “އަންނާކަށް ނުވޭ އަދި” ފަހަތަށް ބަލާލަމުން ޖަވާބުގައި އޭނާ ވާހަކަ ދެއްކީ މޫނު މައްޗަށް ފޫހިކަމުގެ އަސަރުތައް ގެންނަމުނެވެ. އަދި ދެ ބުމަ ގޮށް ޖަހާލާފައި ތުން އަނބުރާލަމުން ބުންޏެވެ. “ތޫ އަންނަންދެން އިރު ނާރައެއް ނުހުންނާނެ ދޯ. މާ ނިދިގަދަ ވީމަ އެއްވެސް ކަމެއް ނުވާނެ” ލީޒާ ވާހަކަ ދެއްކީ އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާ އާ އެވެ. ތޫބާ އާއެވެ.

‎ތޫބާ އާއި ލީޒާގެ އުޅުން އުޑާއި ބިން ހައި ތަފާތެވެ. ލީޒާ އާއި ޚިލާފަށް ތޫބާއަކީ ކަންކަމުގައި ޖަޒްބާތަށް ވުރެ ބުއްދި އާއި ވިސްނުން އިސްކުރާ ވަރަށް “ޕްރެކްޓިކަލް މައިންޑް” އެއްގެ ވެރިއެކެވެ. ދެކުދިން ވެސް އުޅެ ބޮޑުވަމުން އައީ އެކުއެކީގައެވެ. މިޒާޖާއި އުޅުން ކިތަންމެ ތަފާތު ވިޔަސް އެދެމެދުގައި ވަނީ ވަރަށް ގާތް ރަހުމަތްތެރި ކަމެކެވެ. އެކަކު އަނެކެއްގެ އެހީއާ ނުލާ އެއްވެސް ކަމެއް ނުވާ ކަހަލަ އެވެ.

“ލިޒް ޕްލީޒް ޑޯންޓް ގެޓް ސްޓާރޓެޑް. ސަންރައިޒް ބަލަން އަންނަން ވެގެން މިއަދު ވަރަށް އަވަހަށް ހޭލައިގެން މި އައީ” ލީޒާގެ އަނގައިން އެހެން އެއްޗެކޭ ނުބުނެވެނިސް ތޫބާ އޭނާގެ ވާހަކަ ފެށިއެވެ. “މިގަޑީގަ ދެން ލެކްޗަރ ދޭން ނޫޅި. އަހަރެން އެބެއް ވަރަށް ބޮޑު ވާހަކަ އެއް ބުނަން ވެފަ” ތޫބާ ފެށީ މުޅިން އެހެން ވާހަކަ އެކެވެ. “ކިޔާބަ ކިޔާބަ” ގޮނޑުދޮށުގައި ހުރި ގަލެެއްގެ މަތީގައި ހަމަޖެހިލަމުން ލީޒާ ބުންޏެވެ.

Share Article

Follow Me Written By

shum

Level 1

Reader's feedbacks are always welcome.❤️

Other Articles

Previous

ވީރާނާވެފައިވީ ޙަޔާތް މަގޭ (1)

Next

އަސްލާން 10

Next
June 25, 2019

އަސްލާން 10

Previews
June 25, 2019

ވީރާނާވެފައިވީ ޙަޔާތް މަގޭ (1)

7 Comments!

  1. jiji says:
    June 25, 2019 at 6:17 am

    Next part dhigukohlaathi ingey..Btw rangalhu ingey mi bai❤..but is this 1 or 2???I am confused

    1. shum says:
      June 25, 2019 at 12:12 pm

      Part two. Mihaaru liza ge maazee e annani..
      Thank you for your feedback.?

  2. Azker says:
    June 26, 2019 at 11:00 am

    V. Salhi intro eh but kury…. Keep up the good work dear?????

  3. ??? says:
    June 26, 2019 at 2:31 pm

    V salhi BTW thankolheh kuru

    1. shum says:
      June 26, 2019 at 8:04 pm

      Next part dhigu vaane In sha Allah. And thank you for the compliment ?

  4. lily says:
    June 26, 2019 at 9:29 pm

    Varah reethi ingey …. so in it ..

    1. shum says:
      June 27, 2019 at 6:59 pm

      ?

Comments are closed.



All Right Reserved!