Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ފެވިފާ ތިނަން ވެޔޭމިހިތުގާ 8

Rym Level 210 Stories100 Login
June 25, 2019 5 Mins Read
10 Comments

ކުޑަ ހިނދު ކޮޅަކަށް ނަމަވެސް އެލީނާ އޭނާގެ ހިތާމަ ތަކުގެ މަތިން ހަނދާންނެތުނެވެ. ޢެލީނާ އެރޭ ޕާޓީއަށް ލާނެ ރީތި ހެދުމެއް ހޯދުމަށްޓަކައި އެދުވަހުގެ ހަވީރު ގަޑީގައި ފިހާރަތަށް ބަލަން އީޝަލްއާއި އެލިނާ ނިކުތެވެ. ހަފްތާ ބަންދު ދަވަހެއް ކަމުން މަގުމަތި ފެންނަނީ ވަރަށް ހަލަބޮލިކޮށެވެ. އެކި ފުރާއިގެ ކުދިންނާއި މީހުން ފެނެއެވެ.އެންމެންވެސް ދިޔައީ ބަންދު ދުވަހަކަށް ވުމުން އާއިލާ ނުވަތަ އެކުވެރިންނާއެކީ ހިތްހަމްޖެހޭ އުފާވެރިވަގުތު ކޮޅެއް ހޭދަ ކުރެވޭތޯއެވެ. ޢީޝަލް ހުރީ ކާރެއް ނުލިބި ގިނައިރު ވާތީވެ ދްރައިވަރުންނާ ދިމާލަށް ކުދި ކިޔާލަ ކިޔާލައެވެ. ޢެލީނާ މެންގެ އޮންނަ ކާރު އޮތީ ގަރާޖުގައި ކަމުން އޭގައި ދެވޭކަށްވެސް ނެތެވެ.
ކާރެއް ލިބޭ ވަރުވީ އެތަނުގައި މަޑުކޮށްގެން ތީބޭތާން ވިއްސަކަށް މިނިޓު ފަހުންނެވެ. ކާރެއްގަ ދިޔަ ނަމަވެސް މަގުމަތި ތޮށްޖެހިފައި ވުމުގެ ސަބަބުން އެމީހުންގެ މަންޒިލަށް ފޯރުނީ ވެސް ފުދޭވަރަކަށް އިރު ފަހުންނެވެ. “ކޮންތަނެއްމީ” ކާރު ހުއްޓުމަކަށް އައުމުން އެލީނާ ސުވާލުކުރީ އެއްވެސް ފިހާރައެއް ފެންނަން ނެތުމުންނެވެ.

“އަހަންނަށް އެނގޭ އެލީއަށް ޕާފެކްޓް ޑްރެސްއެއް ހޯދަން. އޭނާގެ އަތުން ހެދުމެއް ނުލިބިއެއްނުދާނެ. ހީ އިޒް ދި ބެސްޓް” އީޝަލް ހިނިއައިސްފައި އިނދެ ބުންޏެވެ.

އުސްކޮށް ހުރި އިމާރާތެއްގެ ތެރެއަށް އީޝަލް ގެ ފަހަތުން އެލީނާ އައިސް ލިފްޓަށް އެރިއެވެ. ނުވަވަނަ ފިތަށް އޮބާލުމާއެކު އޭނާ ހިމޭނުން ހުރީ ލިފްޓު ހުއްޓުމަކަށް އަންނަންދެނެވެ. ހުޅުވިގެން ދިޔަ ލިފްޓުގެ ދޮރުން އެލީނާ ގޮވައިގެން އީޝަލް ނުކުމެ ފެންނަން ހުރި ދެ އެޕާޓްމެންޓުން އެއް ދޮރުގެ ބެލް އަޅާލިއެވެ.

“ހޭ ” ދޮރުހުޅުވާލި ޒުވާނާއަށް އީޝަލް ބުނެލިއެވެ.

“މީތަ ޝެލްގެ ފްރެންޑަކީ ” އެޕާޓްމެންޓަށް އީޝަލްއާއި އެލީނާ ވަނުމުން އެ ޒުވާނާގެ ނަޒަރު ދަތުރުކޮއްލީ އެލީނާއަށެވެ.

“ޝީ އިޒް މައި ބެސްޓް ފްރެންޑް… މޯ ލައިކް އަ ސިސްޓާ… ސޯ ނޯ ފަނީ ބިޒްނަސް އިނގޭ” އީޝަލް އިންޒާރުގެ ގޮތަކަށް ކުރިމަތީ ހުރި ޒުވާނާއަށް ބުނެލިއެވެ.

“ޢެލީ!… މީ އާން… ރިއަލް ނޭމް ޔުއާން. ހީ އިޒް އަ ޑިޒައިނާ. ގްރޭޓް އޮން މޭކްއޮވާސް….. ޕްލަސް ދޮންތަބެގެ ކޮއްކޮ މީ” އެ ޒުވާނާގެ ކުރު ތަޢާރަފެއް އީޝަލް ދިނެވެ. ޢެލީނާ ހިނިތުންވެލިއެވެ. ބަދަލުގައި ޔުއާންވެސް ރީތި ހިނިތުންވުމެއް އެލީނާއަށް ހަދިޔާކުރިއެވެ.

ފެންނަން ހުރި ސޯފާތަކަށް އިޝާރާތްކޮށް ޔުއާން އެދުނީ ހަމަޖެހިލުމަށެވެ. އޭނާ ކުކީޒް ތަށްޓަކާއި ކޯކުތަށިތަކެއް ގެނެސް ކޮފީ މޭޒުގައި ބެހެއްޓިއެވެ. އަދި
ޢީޝަލްއާއި އެލީނާއާއި ވާހަކަދައްކަންފެށިއެވެ. ޢެލީނާއަށް އަށް ބޭނުންވަނީ ކޮންކަހަލަ ހެދުމެއްތޯ އޮޅުން ފިލުވިއެވެ. ޢެލީނާގެ ރީތިކަން ފާޅުވާނޭ ފަދަ ހެދުމެއް ރަނގަޅު ވާނެކަމަށް އީޝަލް ބުނެލިއެވެ. ކުލައާ މެދު ގޮތެއް ނިންމަންވާއިރަށް އެލީނާ އެދުނީ ޕާޓީގެ ކުލަ ކަމުގައިވާ ރަތް ކުލަ އަދި ކްރީމް ކުލައަށް އިސްކަން ދިނުމަށެވެ.

“ޢާން… ދެން ޑިޒައިންތައް ދައްކަބަލަ” ކެތްމަދުވެފައި އިން އީޝަލް ބުނެލިއެވެ.

ތަފާތު ހެދުންތައް އެލީނާ ލިއެވެ. ދިގު ހެދުން ތަކަކީ އޭނާއަށް މާ ކަމުދާ ހެދުންތަކަކަށް ނުވިއަސް އެ ހެދުމުގައި އަމިއްލަ ސޫރަ ފެނުމުން އެލީނާ އަށް އެ ސޫރަ ކަމުދިޔައެވެ. އަންހެންވަންތަކަން އިހުސާސް ކުރެވިގެންދިޔައެވެ. މިވަގުތަށް އޭނާ ބޭނުންވަނީ ހުރިހާ ޚިޔާލުތަކުން މިންޖުވާށެވެ. ސިކުނޑިއާއި ހިތަށް ލިބިފައިވާ ނުތަނަވަސްކަން އެއްފަރާތްކޮއްލާ ހިތްހަމަޖެހޭ ކަމެއްކޮށްލާށެވެ. އެ ފުރުޞަތު އީޝަލްގެ ސަބަބުން ވަނީ ތަނަވަސްވެފައިއެވެ. ޢީޝަލް އާއި ޔުއާން ގެ ރަހަތަށް ވަރަށް ތަފާތެވެ. ދެ މީހުންގެ ޒަމާނީ ޚިޔާލު ވަރަށް ގުޅެއެވެ. ދެ މީހުން ވެގެން އެލީނާއަށް ހެދުމެއް ފައިނަލް ކުރިއެވެ. ކްރީމް ކުލައިގެ މަތިން ރަތްކުލައިގެ ބޯޑަރުއެޅި ލޭސްފޮތިން ފަހާފައިވާ ހެދުމެކެވެ. ހެދުން ހުރި އެލީނާގެ ފައިތިލައާހަމައަށެވެ. ރީތި ގޮތަކަށް ކުދި ރޫތަކެއް ވަނީ ތިރިން ޖައްސާފައިއެވެ. ބުރަކަށީގެ ބަޔަކާއި މޭމަތިން ބަޔަކާއި ދިގު ދެއަތް އޮތީ ލޭސް ފޮތިންނެވެ. އެލީނާގެ ރީތި ބައްޓަމާއި އޭނާގެ ހިމަ އުނަގަނޑު އެ ހެދުމުގައި ފާޅުވެއެވެ.
އެލީނާގެ ކަޅުކަން ގަދަ ރާޅު ބާނީ އިސްތަށިގަނދޑު ވަނީ ދޫ ކުރެވިފައިއެވެ. އެ އިސްތަށިގަނޑު އެލީނާގެ މޫނުގައި ބީހޭއިރު އޭނަ އާ ދިމާލަށް ބަލަން އިންނަ ކޮންމެ މީހެއް އެ ރީތި ކަމުގެ ސިހުރުގައި ޖައްސައެވެ.ގުދުރަތުން އެލީނާއަށް ލިބިފައިވަނީ ފިރިހެނުންގެ ހިތްތަކާއި ކުޅެެލެވޭހާ ރީތި ކަމެވެ. މުށި ކުލައިގެ ތޫނު ކަޅިރަވައެކެވެ.ދިގު ދިގު އެސްފިޔަތަކެވެ. ފިޔާތޮށިކުލައިގެ ތުންފަތެކެވެ. ހަމުގެ ކުލައަލިވެފައި މޫނު އެހާ އޮމާނެވެ. ޢެލީނާގެ އެންމެ ރީތި ސިފައަކީ އޭނާގެ ކަޅުކަންގަދަ ރާޅުބާނީ އިސްތަށިގަނޑާއި ހަިލާއިރު ދެ ކޮލަށް އެޅޭ އަޑިކޮޅެވެ. ކޮންމެ ޒުވާން އަންހެން ކުއްޖަކު ވެސް ލިބުމަށް ހިތް އެދޭ ހުރިހާ ސިފަތަކެއް އެލީނާ ވަނީ މިލްކުކޮށްފައެވެ. ހިމައުނަގަނޑުގައި ވަނީ ހެދުމާ ގުޅޭކަހަލަ ހިމަ ބެލްޓެއް އަޅާފައެވެ. އަރާފައި ހުރީ ރަތް ކުލައިގެ ހީލްއަކަށެވެ. ޢޭގައި ރަންކުލައިގެ ކުދި އެސްތަކެއް ރީތި ޑިޒައިނަކަށް ހަރުކުރެވިފައިވެއެވެ. ޢެ ހެދުން ލައިގެން ހުރިއިރު އެލީނާ ހީވާނީ ޕަރީއެއް ހެނެވެ. ޢެހާވެސް ލޯތްބެވެ.

“ޢެލީ!… ޔޫ ލުކް ޕާފެކްޓް” ނިކަން ބޮޑަށް ހިނިއައިސްފައި ހުރި އީޝަލް ބުނެލިއެވެ. ޙުދު އެލީނާ އަށް ވެސް އެ ހެދުން ވަރަށް ރީތިވިއެވެ.

“ޢެލީ!… ތި ހެދުމުގައި ހީވަނީ ހަމަ ޑޯލްއެއްހެން. ސޯ ބިއުޓިފުލް… އޯ! އައި ވޯންޓް ޔޫ ގާލް… ހުރިހާ ހެދުންތައް ލައްވާފައި ފޮޓޯ ނަގާ ހިތްވެއްޖެ” އީޝަލްގެ ކޮނޑަށް އަތްވައްޓާލައިގެން ހުރެ ޔުއާން ބުނެލިއެވެ. އެ ދެ ޒުވާނުންގެ ތައުރީފުތަކުން އެލީނާ އުފާވިއެވެ. ދުވަސްތަކަކަށް ފަހު އެލީނާގެ ހިނިތުންވުން ފެނުމުން އީޝަލްއަށް ހިތްހަމަޖެހުން ލިބުނެވެ.

“ތެންކިއު” ކުލުނުން ފުރިގެންވީ ބަލާލުމަކުން އީޝަލްއަށް ބަލާލާފައި އެލީނާ ބުނެލީ ވަރަށް އަސަރާއެކުއެވެ. ” ނޮޓް ފެއާރް އެލީ…. އަމް ހިއަރް ޓޫ ހުރިހާ ލަވް އަށް ޝެލްއަށް ތިދެނީ ” ދެރަވާ ކަމަށް ހެދެމުން ޔުއާން ބުނެލިއެވެ. ޢީޝަލް އާއި އެލީނާ ގެ ހިނިގަނޑު ދިޔައީ ފަޅާއިގެންނެވެ. ޔުއާން އެހެން ބުނެލި އިރު އެ މޫނުމަތީގައި ވީ ކުލަވަރު އެ ދެ އަންހެން ކުދިންނަށް މަޖާވީއެވެ.” ޖޭ ބޮކި ޖޭ ވާން ފެށީ ދޯ…..” މަޖާވެލާފައި ބުނެލިއެވެ. ޢަދި އީޝަލް ޔުއާންގެ އިސްތަށިގަނޑު ހާވާއިލީ ޔުއާން ހިތްހަަމަނުޖޭހޭނެ ކަން އެނގި ހުރެއެވެ. ކަން ވީ ވެސް އެހެނެވެ. ” އީޝަލް!!!” ބޯ ރީތި ކުރަމުން ޢަކުރުތަކަށް ދަމާފައި ޔުއާން އީޝްލްގެ ނަން ކިޔައިލިއެވެ. އޭރު އެ ދެމީހުން ޖަހާ ސަކަރާތް ބަލަން ހީލަ ހީލާ އެލީނާ ހުއްޓެވެ.

“އަހަރެންގެ ބެސްޓީ ވެޑިން ޕާޓިއިން އެންމެ ރީތިވާނީ” އުފާވެލާފައި އީޝަލް ބުނެލިއެވެ. ޢެލީނާއާއި އާއި ޔުއާންއަށް ހިނިތުންވެވުނެވެ. ޢީޝަލް ބުނިހެން ޔުއާންއަކީ އޭނާ ކުރާ މަސައްކަތުގައި ހުނަރު ހުރި މޮޅު ޒުވާނެއްކަން އެލީނާއަށް ޤަބޫލުކުރެވުނެވެ.

ޢީޝަލްއާއެކު އެލިނާ ގެއަށް އައިއިރު އޭނާ ހުރީ ވަރަށް ހިތްހަމަޖެހިއެވެ. ގެއަށް ވަނުމުގެ ބަދަލުގައި އީޝަލް އެނބުރި ދިޔައީ އެލީނަ ގާތު މާދަންރޭ 6 ޖާހާއިރު އީޝަލް މެންގެއަށް އައިސް ދިނުމަށް އެދިފައިއެވެ. ޢެލީނާއަކީ ސްކޫލް ދައުރުގައި ޕާޓް ޓައިމް ޖޮބެއްގެ ގޮތުގައި މޭކަޕް ކޮށްދީ އުޅުނު ކުއްޖެއް ކަމުން ސެލޫން އިން މޭކަޕް ކުރުމުގެ ބަދަލުގައި އީޝަލް ބޭނުން ވީ އެލީނާ ލައްވާއ މޭކަޕް ކުރުވާށެވެ. މާދަންރޭ ދާނެ ކަމަށް ވައުދުވަމުން އެލިނާ އެނާގެ އަތުގައި ހުރި ކޮތަޅުތައް ހިފައިގެން ކޮޓަރިއަށް ވަނެވެ. ހެދުން ސްޓޭންޑުގައި ހެދުން އަޅުވާލިއެވެ. ޢަދި ބޫޓުވެސް ހަލާކު ނުވާނެހެން ކަބަޑު ތެރެއަށްލިއެވެ. އެއަށް ފަހު ހޫނު ކޮފީ ތައްޓެއް ހިފައިގެން އެލީނާ އެރީ ޓެރެސްއަށެވެ.

އެލީނާ ޓެރެސްއަށް އެރި ވަގުތަކީ ވާރޭވެސް އޮއްސައިލި ވަގުތެވެ. ވާރެއަށް އެއްވެސް ފަރުވަލެއް ނުދީ އެލީނާ އެތާއިން ކުޑަ ޓޭބަލްމަތީ ކޮފީ މަގު ބެހެއްޓުމަށްފަހު ރެއިލިންގް ކައިރިއަށް ހުއްޓުނެވެ. ޢޭރު ވާރޭ ތިކިތަށް ދިޔައީ އެލީނާގެ ލޫޅާފަތި ހަށިގަނޑުގައި އެއްވެސް ހުރަހެއް ނެތި ބޮސްދެމުންނެވެ. ފިލްމެއްގެ މަންޒަރެއްފަދައިން އެލީނާގެ ލޯ ކުރިމަތީ ސިފަވެގެން ދިޔައީ އޭނާއާއި ކިޔާން މި ކަހަލަ ވިއްސާރަ ދުވަސްދުވަހު ޖަހާ ސަކަރާތެވެ. ލޯބިން ކޮށްލާ ސަމާސާތަކެވެ. އެ އުފާވެރި ހަނދާންތަށް އާ ވުމުން އެލީނާއަށް ބޭއިހްތިޔާރުގައި ހިނިތުންވެވުނެވެ. ނަމަވެސް އެ ހިނިތުންވުން ދެމިގެން ދިޔައީ މަދު ސިކުންތު ކޮޅަކަށެވެ. އެލީނާ އެ ބޯ ވާރޭތެރޭ އެކަނި އިނދެ އަމިއްލަ ނަފްސާ ވާހަކަ ދައްކަންފެށިއެވެ. އަދި ހަމަ އެހެންމެ އޭނާގެ ކަށި އިނގިލީގައި ކިޔާން އަޅުވައިދިން ރިހި ކުލައިގެ އަނގޮޓީގައި އެލީނާ ފިރުމައިލިއެވެ. އޭގައި ވަނީ ކިޔާން ގެ ނަން ކަނޑާ ނަގާފައިއެވެ.

” ކީއްވެތަ އަހަރެން…. ކީއްވެތަ އަހަރެން ލޯބިވާ އެންމެން އަހަރެން ދޫކޮށްފަދަނީ…. އެންމެ ފުރަތަމަ ތުއްތަ އަހަރެން މުޅި އުމިރަށް އެކނި ކޮށްލާފައ ދިޔައި ، އޭގެ ފަހުން އަޒާން އަމިއްލަ ނަފްސަށް ވެރެ ބޮޑަށް އަހަރެން އަޒާންދެކެ ލޯބިވިން އެކަމަކު އަޒާންވެސް އަހަރެން ދޫކޮށްލީ…. އޭންމެ ފަހުން ކިޔާން ، ކިޔާންވެސް ހަމަ އަހަރެން ދޫކޮށްލީ…. ކިހާވަރަކަށް އަހަރެން ކެތްތެރިވާންޖެހޭތަ… ކިހާވަރަކަށް އަދި ހިތްވަރު ކުރީމަތަ އަހަންނަށް ދުނިޔޭން އުފަލެއް ލިބޭނީ…. އަހަރެންގެ މި އެކަނިވެރިކަން ފިލުވައިދޭނެ މީހެއް ހަމަ ނެތީތަ…” އެލީނާ ދިޔައީ ހިތާމައިން ރޮމުންނެވެ.

އެލީނާ މިއޮއްހާ ދުވަހު އަމިއްލަ ހިތުގައިވީ ޝަކުވާތަށް ބޭރު ކުރަމުން ދިޔައީ އަސަރާއެކިއެވެ. ޢެ ވެސް ވެހެމުން ދިޔަ ބޯ ވާރޭގައި އިނދެއެވެ. ޓައިލްސްތަށްމަތީ ދެކަކޫ މައްޗަށް ތިރިވެ އިނދެ އެލީނާ ހިތްދަތިކަމާއެކު ރޮމުން ޝަކުވާ ކުރަމުން ދިޔައިރު ހީވަނީ ވެހެމުން ދިޔަ ބޯވާރޭއާއި ޝަކުވާ ކުރަ،މުންދިޔަހެނެވެ.

އެލީނާގެ އެ ވޭނީ ރުއިމުގެ އަޑަކީ އެއްވެސް މީހަކަށް އަޑުއަހަން ފަސޭހަވާނެފަދަ އަޑެއް ނޫނެވެ. ޢެހާވެސް އެ ރުއިމުގައި އަސަރުގަދައެވެ. ވޭންގަދައެވެ.

އެކަމަކު ދެން އިތުރަށް ކެތްކުރާނެ ގޮތެއް އަހަންނަކަށް ނުވިސްނޭ… އަހަރެން އެންމެ ލޯބިވީ ދެ މީހުންވެސް އަހަރެން ދޫކޮށް ދިޔައިރު ދެވަނަ މީހާވެސް އަަހަރެން ދޫކޮށް ހިނގައްޖެ…. އަހަރެންގެ އަނދިރި ދުނިޔެއަށް ކުޑަވެސް އަލިކަމެއްް ގެނެސްދިން ފަރާތް ދިޔާމަ އަހަރެން އަނެއްކާވެސް އެ އަނދިރި ދުނިޔެއަށް އަހަރެން ދާން ވީތަ… އެކަމަު ދެން އިތުރަކަށް އެ އަނދިރި ދުނިޔެއަށް ދާ ކަށެއް އަހަރެން ބެނުމެއް… އަހަރެން އިތުރަކަށް….” އެލިނާގެ އަޑު ކުރެހިގެންދިޔައެވެ. ޢަނެއްކާ ވެސް އެިވެން ފެށީ އެލިނާގެ ގިސްލުމުގެ އަޑެވެ.

ޢަހަރެން އިތުރަށް މި ދުނިޔޭގައ އުޅޭނީ ކިހިނެތް… އުފާވެރިކަން އެ ބަސްދެކެ ވެސް ބިރުގަނޭ…. އެ ލަފްޒަކީ އަހަރެންގެ ހަޔާތުގައި ދީދީފައި ފޭރިގަންނަ އެއްޗަކަށް ވެއްޖެ. ދުނިޔޭގެ ހުރިހާ އެއްޗެއް ގަނެވޭހާ ތަނަވަސްކަން ހުރެވެސް އަހަރެނގެ އަތުގައި އެއްވެސް އެއްޗެއް ނެތް ހަޔާތުގައި ހުސް ކަން ނޫން އެއްޗެއް ނެތް….. ތުއްތަ އާ އަޒަން ވެސް އަަހަރެންގެ ހަޔާތުން ދިޔައީ ނޭނގި ހުއްޓާ… މި އެކަނިވެރިކަ،ާފަޅުކަުގައި ހުއްޓާ ކިޔާންވެސް އަހަރެންގެ ހަޔާތަށް އައީ އަނެއްކާވެސް ކުޑަ ހިނދުކޮޅެއްގ އުފާވެރިކަން ދޭން… އަކަމް ކުރީ ފަަރަށް ވުރެ މިފަހަރު….. އިޓް ހާޓްސް ތައުޒަން ޓައިމްސް މޯ… ވީއިރު މި ދުނިޔެއިން އަހަރެން ކެތްމިކުރަނީ ކޯއްޗެއް ހޯދަން….. މި ދުނިޔޭގައި އަހަންނަށް ހިތާމ ނޫން އެއްޗެއް ނުވޭ..”

” ބަޓް އިޓްސް އިނަފް ނައު އައި ހޭޓް ދިށް ވޯލްޑް…. އައި ހޭޓް ދަ ފެކްޓް އައި އެވާ ލަވްޑް ޔޫ ، އުފާވެރިކަންދެކެ ވެސް އަހަރެން ނަފްރަތު ކުރަން… އުފާވެރިކަމާދެން ގާތް ވާން ވެސް ބޭނުމެއް ނޫން ލޯޓްބަކި އަހަރެންނަށް ނެތް އެއްޗެއްކަން މިހާރު ގަބޫލް ކޮށްފިން ” އެީނާ ޝަކުވަކުރަމުން ދިޔައީ ވަކި މީހަަކަށް އަދު އިއްވާ ކަށެއް ނޫނެވެ. ނަމަވެސް އޭނާގެ ހަލބޮލިވެފައިވާ ހިތަށް ހަމަޖެހުމެއް ލިބޭތޯއެވެ. ބޯ ވަރޭއާ އެކުވެގެން އެ ކަރުނުތަށް ފޮހެވުނަސް އެ ހިތަށް ލިބިފައިވާޒަހަމްތަށް ފިލާނެހެއްޔެވެ؟ ވީއިރު އެ ކަރުނަތަކަށް މިރޭ ނިމުމެއް އަންނާނެބާއެވެ.

އެހެންއިންނަތާ އެތަށް އިރެއް ފަހުން މާ ފިނި ބޮޑުވާތީވެ ހޫނު ފެނުން ފެންވަރައިގެން އެލީނާ ނިދަން އެރިއެވެ. މާގިނަ އިރު ތަކެއް ނުވެ ނިދީގެ ފޮނި މީރުކަމުގެ ތެރެއަށް ގެނބުނެވެ. މާ ބޮޑަށް ވަރުބަލިވެފައި ވުމުގެ ސަބަބުން އެލީނާ އަށް އަވަހަށް ނިދުނީއެވެ. ޢެހެން ނޫންނަމަ އެލީނާ މުޅި ރޭ ވޭތު ކުރީހީ ވިސްނުމާއި ފިކުރު ކުރުމުގައިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Rym

Level 210 Stories100 Login

A girl who loves to read and write stories. I also love to read the lovely comments from my readers. Negative comments are also welcome

Other Articles

Previous

އަސްލާން 10

Next

ލޯތްބެއްގެ ފެށުން 6

Next
June 25, 2019

ލޯތްބެއްގެ ފެށުން 6

Previews
June 25, 2019

އަސްލާން 10

10 Comments!

  1. jiji says:
    June 25, 2019 at 6:11 am

    Me first dhw..kiyaafa commenteh kohlaanan ingey rym??

    1. Reem says:
      June 25, 2019 at 12:23 pm

      Congratulations on being first jiji…. waiting for you comment

  2. jiji says:
    June 25, 2019 at 9:56 pm

    Kudhi kudhi mistakes ebhuri..Ekm mi bai anehhn v rythi…whn next??❤???????????

    1. Reem says:
      June 25, 2019 at 10:03 pm

      Thank you jiji ❤?will try to correct the mistakes liyevunu haa avahakah nxt prt up kohla dheynan

  3. @Ikleel says:
    June 26, 2019 at 5:37 pm

    Reethi

    1. Reem says:
      June 26, 2019 at 8:25 pm

      Thank you

  4. Kitty says:
    June 28, 2019 at 10:52 am

    Varah reethi mi bai ves Masha allah keep up the good work dear ?

    1. Reem says:
      June 28, 2019 at 2:15 pm

      Thank you

  5. Mrs. Chocolate says:
    July 13, 2019 at 7:38 pm

    Kn irakun next part dear.. Avahah up kohladhehchey

    1. Reem says:
      July 14, 2019 at 8:35 pm

      Very sorry dear midhuvaskolhu school busy kamun Reem ah stry up nukureveny ekm mi week ga 1 part namaves up kureveythoa balaanan

Comments are closed.

Next Episodeފެވިފާ ތިނަން ވެޔޭމިހިތުގާ 9←


All Right Reserved!