ގިނަދުވަސްވެގެން ފާރުތަކުގައި މަކުނުވާއަޅާ ފުރިފައިވާއިރު ތަޅުންގަނޑުން ބޮޑުބައެއް ކަޅުވެފައިވެއެވެ. ކަޅު ދޭތެރެތަކުން ކަޅު ރަތްކުލަ ފެންނަމުންދިޔަގޮތުން މީހެއްގެ ލެއިން ބިންގަނޑު ފެވިފައިވާހެން ހީވެއެވެ. ދުމުގެ ވަހާއިއެކުވެގެން އެތަނުގެ ތެރޭގައި ދުވަމުންދިޔައީވެސް ލޭގެ ނުބައިވަހެވެ. އެތެރެއަށް ދަމާލި ދެތިން ނޭވާއާއިއެކު ހައިޒަލް އޯކާދެމިގަތްއިރު ބޮލުގައި ރިއްސައިގަތީ ކެތްނުވާވަރަށެވެ. ބޮލުގައި އަޅަން ފެށި ރިހުމާއިއެކު މޭމައްޗަށް ބާރުވެގެންދިޔައިރު ހައިޒަލްގެ ހޭވެރިކަން ނެތޭގޮތްވިއެވެ. އޭރު ލޯމައްޗަށް އަނދިރިވަމުން ދިޔަގޮތުން ހީވަނީ އޭނަގެ ލޮލުގެ ފެނުން ވަކިވާން އުޅޭހެންނެވެ. ވަށައިގެންވާ މާހައުލު އެނބުރިގަތްހެން […]
ދުވެފައި ސިޑިން އަރައިގެން ގޮސް ކޮޓަރިއަށް ވަން ގޮތަށް ނަދާ އަޔާޒްއަށް ގުޅިއެވެ. ނަމަވެސް އަޔާޒް ފޯނެއް ނުނެގިއެވެ. އެއް ގަޑި އިރު ތެރޭ އަށް ފަހަރަށް ގުޅުމުންވެސް އަޔާޒް ފޯނެއް ނުނެގިއެވެ. ފުރަތަމަ ފަހަރަށް ނަދާ ގުޅުމުން ފޯންގެ އަޑު ކަނޑާލައިގެން އިން އަޔާޒް، އިރުއިރުކޮޅާ ދިއްލެމުން ދިޔަ ފޯންގެ ސްކްރީނަށް ބަލަން އިނެވެ. އެއީ ނަދާ ގުޅުމުން ގަސްތުގައި އަޔާޒް ފޯން ނުނެގި ފުރަތަމަ ފަހަރެވެ. ނަދާއާ ވާހަކަ ދައްކަން އަޔާޒް ބޭނުން ނުވަނީއެވެ. […]
ޒައިކުގެ ދެލޯ ހޯދަމުން ދިޔައީ ޝިފާއެވެ. އެތައް ބަޔަކު އެއްވެފައިވާ ތަނަކުން އެންމެ މީހަކު ހޯދުމަކީވެސް އުނދަގޫ ކަމެކެވެ. ވާހަކަ ދައްކަމުން ދިޔަ އެކުވެރިންތައް ދޫކޮއްލުމަށްފަހު އެކި ތަންތަން ހޯދަން ފެށިއެވެ. އެއްކައީގައި ހުރި ތަނބެއް ކައިރީ ޝިފާ ހުރިތަން ފެނުމުން ޒައިކު ހިނގައިގަތީ ޝިފާ ކައިރިއަށް ދިއުމަށެވެ. ކުއްލިއަކަށް ފިޔަވަޅު ހުއްޓުމަކަށް އައީ ފުރަގަހުން ޝިފާ އުނަގަނޑުގައި އަތްއަޅުވާލި ފިރެހެނަކު ފެނިފައެވެ. އެއީ ކާކުކަން ޒައިކުއަށް އެނގުމުން ވަގުތުން ގޮސް މިއެންމެންގެ ކުރިމަތީ ބޭރަށްނެރެ މޫނުމަތީ […]
އަހަރެން އެނބުރި އަންނާނަން (9 ވަނަ ބައިގެ ތެރެއިން..) ކޮންމެއަކަސް އަހަރެންނަށް އެކަނިވެރިކަން އިޙްޞާޞް ވާން ފަށައިފިއެވެ. ޒައިދާންއާއި އިނދެގެން ހުއްޓަސްމެއެވެ. ކަންބޮޑުވުމާއި، ހިތާމަތަށް ބޮޑުވާން ފަށައިފިއެވެ. ތުއްތައާއި މަންމައާއި މިކަމާއިބެހޭ ގޮތުން މަޝްވަރާކުރާކަށް އަހަރެންނަކަށް އެހާ ފަސޭހައެއް ނުވިއެވެ. ޒައިދާން މަންމަ ގުޅާއިރުވެސް ޒައިދާން ގޭގައި ނޫޅޭވަގުތު ގިނަކަން ޒައިދާން މަންމައަށްވެސް އެނގެއެވެ. އެހެނަސް އަހަރެމެން ދެމީހުންގެ ދެމެދަށް އައިސްގެން އުޅޭ ހަމަހިމޭންކަމުގެ އިޙްޞާޞްއެއް މަންމައަކަށް ނޭނގެއެވެ. +++++++++++++++++++++++++++++++++++++++++++++++++++ އަހަރެން އެނބުރި އަންނާނަން (10 ވަނަ […]
އެނދުގައި އޮށޯވެލާގެން އޮތް ޒިޔާން ގެ މޫނު މަތިން ކަމަކަށް ވިސް ނަން އޮތްކަން ހާމަވެގެން ދެއެވެ. ” އެ ލޮލުގެ ނަޒަރު… އެ ފަން އިސްތަށިގަނޑު … އަލިކަންގަދަ ހަންގަނޑެއް…. އަސްލުވެސް ރީތިކަމުގެ ރާނީއެއް… ވަރަށްވެސް ފުރިހަމަ…” މިފަދަ ހިޔާލުތަކުން ޒިޔާންގެ ސިކުންޑި ފުރާލެވިފައި ވީއިރު އެ ދެލޮލުގެ ނިދި ވަނީ އެ ދެލޮލާ ވަރަށް ދުރުގައެވެ. އެ ފުރަތަމަ ބައްދަލުވުމުންވެސް ޒިޔާންގެ ހިތުގައި އެ ސޫރަ ފަވާލެވިފައިވެއެވެ. ” ޒިޔާން ނުނިދަންތަ..” ކޮޓަރިޔަށް ވަދެގެން […]
އެއީ ޝާޔާއެއް ނޫނެވެ. ޔަޤީނެވެ. އެއީ ޝާޔާއެއް ނޫނެވެ. ******************************** ހެލްތު ރޫމް ބޭރުގައި އަހަރެން އިނީ ކަންބޮޑުވެފައި ހުރި މާއިން ކައިރީގައެވެ. ދެއަތް މޮޑެމުން އަހަރެން ދެފައި ތަޅުވަމުން ދިޔައިރު ހުއްޓާނުލާ އަދިވެސް ކުރުސި ކިޔަމުން ގެންދިޔައީމެވެ. ޝާޔާގެ މޫނުގެ އެއްފަޅި ބަދަލުވިގޮތް އަހަރެންގެ ސިކުނޑީގައި ބިންވަޅުނެގުނެވެ. އޭނާގެ އެއްލޯ ރަން ކުލައަކަށް އެރިއިރު ކަޅި ބޮޑުވެފައި ކަޅުކަން ގަދަވިއެވެ. މޫނުގެ އެއްފަޅީގައި އަޅިކުލައިގެ ހުޅުނބުތަކެއް ފަޅާ ޝާޔާގެ އަނގައިން ފެންނަން ހުރި ދަތްތައް ވެސް […]
އޮފީސް ނިއްމާލުމަށްފަހު ރޭގަނޑު ގެއަށްގޮސް. ފާޙާނާއަށްވަދެ ވަރަށް ފިނިފެނުން ފެންވަރަން ފެށިއެވެ. ގަޑި އިރެއް ވަންދެން ފިނިފެނުން ފެންއަންނަމުން ދިއަ މާގަނޑު ދަށުގައި ހުއްޓެވެ. އެފިނިފެނުގެ ސަބަބުން ހިތުގައިވީ ރުޅިވެރިކަމާ، ނަފްރަތާ، ހިތާމަ ފިލާ ދިޔަގޮތްވެސް ނޭނގުނެވެ. ރީތވެލައިގެން ބޭރަށް ނުކުމެ ބެލްކަންޏާ ދިމާއަށް ހިނގައިގަތެވެ. ޒައިކް އަޅަމުންދިޔަ ފިޔަވަޅު ހުއްޓުމަކަށް އައީ ފެނުނު މަންޒަރަކުންނެވެ. ބެލްކަނި އެއްފަރާތަކަށް ހުރި މޭޒުމަތި ވަނީ ކެއުން ތައްޔާރުވެފައެވެ. މުޅި ހިސާބުގަނޑުގައި ވަނީ އުއްބައްތީގެ ރީތިކަމެވެ. އުއްތައް ވިރެމުން ދިޔައިރު […]
މީ އަޅުގަނޑު މިސައިޓަށް ލިޔާ ފުރަތަމަ ވާހަކަ!….. މި ވާހަކަަޢިގެ ފުރަތަމަ ޕާޓު ވީހާވެސް އަވަހަށް އަޕް ކުރާނަމެވެ…. ކިޔުންތެރިން މިވަހަކައަށް އިންތިޒާރު ކުރާނެކަމަށް އުމްމީދުކުރަމެވެ..
”ތެންކު ޔޫ ސޯ މަޗް.. ފޯ ދިސް އެކުސްޕެންސިވް ގިފްޓް…” އަނިލް އަށް އައިރީން އުފަލާއެކު ޝުކުރު އަދާ ކުރިއެވެ.”ދާކަްށް ނުވޭ..” އަޒާން ފޫހި ވާން ފެށުމުން އަހާލިއެވެ.”އުހުން.. ހިނގާ މި އައިރީން އާ ޖެހިއްޖާ ނިމުނީ ކަންތައްް ” އަނިލް ވެސް އެއްލޯ މަރާލަމުން ބުނެލިއެވެ. ”އަނިލް އަންނަޗޭ މިރޭ ކާން…” އައިރީން ބުނެ ލިއެވެ.”އިރާދު ކުރެވިއްޔާ އަންނާނަން…” އަނިލް ހީލަމުން ބުނެލިއެވެ. ”ދަނީޔޭ” އަޒާން ބުނެލިއެވެ. ”ހޫމް” އައިރީން ހޫމް އޭ ބުނެލިއެވެ. އަޒާން […]