ްއަބަދުވެސް އިންތިޒާރު ކުރާނަން 2
ހަވީރުވަގުތެވެ. އިޝްވާ އާއި އޭނާގެ އެކުވެރި ޒިވާ ދިޔައީ ރަސްފަންނުގައި ހިނގަމުން އައިސްކުރީމް ބޮމުންނެވެ.މިއީ އަބަދުވެސް އެ ދެކުދިންގެ އާދައެވެ.އެ ދެކުދިން އެއްތަންވުމަށް ފަހު އަބަދުވެސް އޮންނާނީ މި ކަހަލަގެ ސަކަރާތެއްޖެހުމެވެ……… “އިޝް ބަލަ މިއޮއްކަމެއް!! އަންހެނެއް ފިރިހެނެއް ނޯވެ އިޝް ފެނުމުން ނުބަލާކަށް! ” އަޅެ ޒިވް ދެން އެއީ އަހަރެން ކުރާނެކަމެއްތަ؟ އެހެންވެއޭ އަހަރެން ބޭރަށްވެސް ނިކުންނަށް ހިތް ނުވަނީ!”އިޝްވާ ތުން ދަމާފައި ބުނިގޮތުން ޒިވާ އަށް ނުހީ އެއް ނީންދެވުނެވެ.. އިޝްވާ އަކީ އިސްކޮޅުން މާ ދިގުނޫނަސް ރީތި ކުއްޖެކެވެ.ހަމުގެ ކުލަ އަލި، ބޮޑު ކަޅު ކުލައިގެ ލޮލަކާއި ހިމަހިމަ ރީތި ނޭފަތެއްގެ އިތުރުން ބައްޓަން ރީތި ހަށިގަނޑެޢް ގުދުރަތުން އިޝްވާ އަށް ލިބިފައިވެއެވެ.ޢިޝްވާގެ ބައްޕަ އަކީ އިންގްލޭންޑް މީހެއްކަމުން، ރާއްޖޭގެ މީހުންނާ އިޝްވާގެ ސިފަތައް ތަފާތެވެ. ބައްޕަގެ ގިނަ ސިފަތަކެއް ލިބިފައިވީނަމަވެސް، މަންމަގެ ފަން ވަރުގަދަ އިސްތަށިގަނޑު އިޝްވާއަށް ލިބުމަކީ އެރީތިން އިތުރަށް ފުރިހަމަ ވެގެންދާކަމެކެވެ… ހަމަ އެފަދައިން ޒިވާ އަކީ ވެސް ހަޑި ކުއްޖެކޭ ނުބުނެވޭނެއެވެ. ޒިވާ އަކީ އިސްކޮޅުން އިޝްވާ އަށް ވުރެ ދިގުވެފައި ،ހަމުގެކުލަ އަލި އޮމާން ހަންގަނޑެއް ލިބިފައިވާ ކުއްޖެކެވެ. ހަމަ އެފަދައިނ ގުދުރަތުން ޒިވާ އަށް ލިބިފައިވާ ބުޅި އިސްތަށިގަނޑަކީ މީހުން އެންމެ އަޅައިގަންނަ އެއްސިފައެވެ..****
“އިޝް ޔޫ ނޯ ވަޓް؟ މިއަދު ތިއްތަ ރިސީވް ކުރަން ވެގެން އެއަޕޯޓަށް ގޮސް އުޅުނުއިރު،ވަރަށް ހޭންޑްސަމް ބޯއީ އެއް ފެނުނު. ހަމަ ހީވަނީ ބޭރުގެ މޮޑެލް އެެއްހެން. ހަމަ އަސްލުވެސް،.އޭނާ ފެނުމުން އަހަންނަށް ވެސް ހުރެވުނީ އަނގަލައްޕަން ވެސް ހަނދާންނެތިފަ!ތިއްތަ ކައިރިއަށް އައި އިރުވެސް އަހަންނަށް ނޭނގުނު!ބަޓް އޭނަ އާ އިޝްއާ މާ ގުޅޭ!ހަމަ އަސްލުވެސް!! ޒިވާ މަޖާވެލާފައި އިނދެ ބުނެލިއެވެ.”ޖަސްޓު ޝަޓް ޔުއާ މައުތް! ޒިވް!! ، އަހަރެން ނޫޅުން ތާކުން ފެންނަހާ ފިރިނަކު ރީތި ވެގެން އުޅޭކަށް.ދެން ޒިވް ވެސް ތިބުނީ ވިއްޔަ އޭނާ ވަރަށް ހޭންޑްސަމް އޭ، ހޮޓޭ…! އެކަހަލަގެ މީހުން އާއްމު ގޮތެއްގަައި ވަރަށް ފޮނި ވާނެ” އިޝްވާ ހިތްހަމަ ނުޖެހެފައި އިނދެ ބުނެލިއެވެ. އޭނާ އަށް ސްކޫލްގެ ދަޢުރުގައި ފިރިހެންކުދިންގެ ގޮތް ފާޑު އޭނާ އަށްވަނީ އިނގިފައެވެ.. އެތައް އަންހެންކުދިންގެ ދިރިއުޅުމާ އެމީހުން ވަނީ ކުޅެފައެވެ.އިޝްވާ އަކީ ކިތައްމެ ރީތި ކުއްޖެކަށް ވިޔަސް، އޭނަ އަކީ ފިރިހެން ކުދިންގެ ފަހަތުން ދުވެ ،ފޮނިގޮތައް އުޅޭ ކުއްޖެއްނޫނެވެ.އަދި ދުވަހަކުވެސް ފިރިހެން ކުއްޖާކާ އެކު ޒަވާޖީ ހަޔާތެއް ކީއްކުރަން އެފަދަ އެއްވެސް ގުޅުމެއް ފަށާފަކާ އެއްނޯންނާނެއެވެ. އޭނާގެ މައިންބަފައިންގެ އަގު ވެއްޓޭފަދަ ކަމެއް އޭނާ ކުރާކަށް ބޭނުމެއްނޫނެވެ.************************************************************************
ޒިވާއާއި އިޝްވާ ބޭރުތެރޭގައި އެތައް އިރެއްވަންދެން މަޖާ ކުރުމަށްފަހު،ދެކުދިން ވަކިވީ މަޣްރިބް ނަމާދު ބަންގިގޮވުމުން ގެއަށް ދިއުމަށެވެ.*****އިޝްވާ އަށް ގެއަށް ދެވުނުއިރު އޭނާ ގެއަށް އަންނާނެ އިރަކަށް،އޭނާ ގެ އިންތިޒާރުގައި މަންމައާއި ބައްަޕަ އިނެވެ.އެއީ އެމީހުންގެ އަބަދުވެސް އާދައެކެވެ. އިޝްވާ އަކީ އެދެމީހުންގެ ހަމައެކަނި ހުރި ދަރިއަކަށް ވުމުން ، އެދެމީހުން އިޝްވާ ގެންގުޅެނީ ރަން ދަރިއެއް ހެނެވެ. މުއްސަނދި އާއިލާއަކަށް ނިސްބަތްވިޔަސް އިޝްވާއަކީ މީހުންނަށް ހިތްހެޔޮ އަޚުލާގު ރަނގަޅު ދަރިއެކެވެ.**** އިޝްވާ އޭނާގެ ލޯބިވާ މައިންބަފައިން ފެނުމުން އަދަބުވެރިކަމާއެކު އެމީހުންގެ ކައިރިއަށް ދިއައެވެ.****”ދަރިފުޅާ އިޝް! ކޮންތާކު އުޅެފަތަ ތިއަައީ!!މެންގުރު ގެއިން ނިކުން ގޮތަށް އަދި ކިރިޔާ ތިއައީ! ތިހެން ދަރިފުޅު ކަންތައް ކުރީމާ މަންމަމެން ކަންބޮޑުވާނެކަމެއް ދަރިފުޅަށް ހަމަ ނޭނގެނީތަ!” އިޝްވާގެ މަންމަ އަރޫޝާ ހިތަހަމަ ނުޖެހިފައި ހުރެ ބުނެލިއެވެ.” ޗިލް މަމް.. ގޯސް ގޮތަކަށް އަޅުގަނޑެއް ނޫޅެމޭ! މެންދުރު ގޮސް އުޅުނީ ޒިވް މެންގޭގައި.. އެހެންނޫނަސް ހަވީރު ބޭރަށް ދާން އުޅުމުގެ ކުރިން ބައްޕަ ގެގާތުގައި ނަންގަނެފައި އަޅުގަނޑު ބޭރަށް ދިޔައީވެސް އެހެންނު ބައްފާ!؟” އިޝްވާ އޭނާގެ ސުވާލު އޭނާގެ ބައްޕަ ފިޔާޒު އާ އަމާޒު ކޮށްލިއެވެ. ހަޤީގަތުގައި ގިނަ އިރު ބޭރުގައި އުޅުމުން މަންމަމެން ކަންބޮޑުވާނެ ވަރު ހިތައްއަރާފަ، އިޝްވާ ދެރަވިއެވެ. އެހެނީ އޭނާގެ ފަރާތުން މަންމަމެން ދެރަވާނެފަދަ ކަމެއް ވުމަކީ އޭނާ އެއްވެސް ގޮތަކަށް ބޭނުންވާ ކަމެއްނޫނެވެ..******” ދަރިފުޅާ އިޝް! ބައްޕަ ބުނީމޭ ދަރިފުޅުގެ މަންމަގެ ގާތުގައި ދަރިފުޅު ބައްޕަ ގާތުގައި ދެއްކި ވާހަކަ ! އެހެންނޫނަސް ބައްޕަ އަށް އިނގޭ ބައްޕަގެ ރަންކޮޅު ބައްޕަމެން ލަދު ގަންނަފަދަ ގޮތަކަށް ނޫޅޭނެކަން!” ފިޔާޒު މަޖާ ގޮތަކަށް ބުނުމުން އެތާނގައި ތިބި އެންމެންނަށް ވެސް ހެވުނެެވެ.” ދަރިފުޅާ އިޝްކޮން އިރަކުތަ ބައްޕަގެ ވިޔަފާރި އާ ހަވާލުވާނީ، މިހަަރު ދަރިފުޅު ކިޔަވައިގެން އައިތާ 2 ހަފްތާ ވެއްޖެއްނު؟؟ ބައްޕަގެ އެދުމަކީ ވީހާވެސް އަވަހަށް ދަރިފުޅު އެކަމާ ހަވާލުވުން؟؟” ފިޔާޒު އޭނާގެ އެދުން އެވަގުތު ހާމަ ކޮށްލިއެވެ.” ނޯ ،ޑޭޑް އަދި އަޅުގަނޑަށް މާ އަވަސް ، އަދި ކުޑަ ބްރޭކަކަށް ފަހު އަޅުގަނޑު އެކަމާ ހަވާލުވާނީ، އެގޮތް ބައްޕަ އަށް އެންމެ ރަނގަޅު ތޯ؟” އިޝްވާ ބޭނުންވަނީ ކުޑަ ދުވަސްކޮޅަކު މަޖާ ކުރުމަށް ފަހު. އޮފީހަށް ނިކުތުމަށްް، ވުމުން އޭނާ އެދޭގޮތް ހާމަކޮށްލިއެވެ.” އެންމެ ރަނގަޅު އެކަމަކުު ދަރިފުޅު އެދުވަސް ތަކު ކީއްކުރަން ކަމަށް ތިވިސްނަނީ!” ފޔާިޒަކީ އެއްވެސް ކަމެއް، މަޖުބޫރުން މީހުން ލައްވާ ކުރާމީހަކަށް ނުވާތީވެ، އެމީހުން އެދޭގޮތަކަށް ކަންތައް ނިންމަވާ ހިތްތިރި މީހެކެވެ. އަމުދުން އޭނާ ގެ ލޮލުގެ ކޮއި ފަދައިން ލޯބިވާ ދަރިފުޅު ބުނާކޮންމެ ކަމެއް އޭނާ ކުރާނެއެވެ.***”ޑޭޑު، އަޅުގަނޑު ޒިވް އާ އެއްކޮށް ޒިވްގެ ރަށަށް ދާންވެގެން މިއުޅުނީ”އިޝްވާ ގެ ވާހަކައިން ހީވީ އެތަނަށް ކުޑަ ވަރެއްގެ ބޮމެއް ގޮއްވާލިހެނެވެ. “އިޝްވާ!!!” އަރޫޝާގެ އަޑު އެހާބާރަށް އިވުމުން އިޝްވާ ދިޔައީ ސިއްސައިގެންނެވެ.އިޝްވާގެ މުޅި ހަޔާތުގައި ވެސް އަރޫޝާ އެހާ ބާރަށް ނުގޮވައެވެ. ފިޔާޒު ވެސް ހުރީ އެނާގެ އަނބިމީގެ ރުޅިގަނޑު ފެނުމެން ބަހެއް ކިޔަންވެސް ނޭނގިފައެވެ..”އިޝްވާ ! ހަމަ ނޭނގެނީތަ އެނޫންތަނަކަށް ދާން އޭނނ!! އިޝްވާ އަކަށް ނުދެވޭނެ! އެނޫންތަނަކަށް ދާނަމަ މަންމަ ދަރިފުޅު ފޮނުވާނެ! އެކަމަކު އެ ކޫޑިން ކައިރިއަށް ދަރިފުޅެޢް ނުފޮނުވާނެ” ހަޤީގަތުގައި އަރޫޝާ ، އޭނާގެ ދަރިފުޅާ ދިމާ އަށް ބާރަށް އެއްޗެހި ކިޔުވުނީތީވެ،އޭނާ ދެރަވިއެވެ. ނަމަވެސް އެނާގެ މާޒީގެ ހަނދާންތައްވުމުން އޭނާގެ އިޙްސާސް ތައް ނުފޮރުވެވެނީއެވެ. އެކަޅު މާޒީ އޭނާގެ ދަރިފުޅަށް ކުރިމަތި ވެއްޖެނަމަ އޭނާ މޮޔަވެދާނެއެވެ.*****” މަމް ޕްލީޒް.މަންމަ އަށް އިނގޭނެ ޒިވް އަދި އޭނާގެ މަންމަމެން އަޅުގަނޑަށް ކިހާ ރަނގަޅުކަން. އަދި އަޅުގަނޑު މަންމަ މެން ލަދު ގަންނަން ޖެހޭފަދަ ކަމެއް ނުކުރާނެކަން” މަންމަ ރުޅި އައި ހަޤީގީ ސަބަބު ނޭނގޭ ހާލު އިޝްވާ އޭނާގެ މަންމަގެ ގާތުގައި އާދޭސްކުރަން ފެށިއެވެ.”ދަރިފުޅު ހަމަ ދާންވީ ދަރިފުޅު ބޭނުން ވާ ތަނަކަށް،” ފިޔާޒު ގެ ވާހަކައިން އަރޫެޝާ އަށް ސިހުމެއް ލިބުނެވެ.”އެކަމަކު ފިޔާޒު،\…..”އަރޫޝާ އަށް އެހިސާބަށް ބުނެވުނުތަނާ ހެން ފިޔާޒުގެ އަތުގެ ހަރަކާތުން އެވާހަކަ ނުދެއްކުމަށް އެދުނެވެ. އަދި އިޝްވާ އެ އެދުނު ކަމަށް އެއްބަސް ވުމަށް އެންގެވިއެވެ.*****”އެންމެ ރަނގަޅު! އެކަމަކު 2 ހަފްތާ އަށް ވުރެ ގިނަ ދުވަސް ނުނަގާތި!” ހިތާ ދެކޮޅަށް އަރޫޝާ އެއްބަސް ވީ އޭނާގެ ފިރިމީހާ ގެ ބަހަށް ކިޔަމަން ވުމުގެ ގޮތުންނެވެ” މަމް ! ތެންކިޔޫ ސޯމަޗް! އައި ލަވް ޔޫ މޯމް ޔެސް ! މަންމަ ބުނުއްވިގޮތައް 2 ހަފްތާ އަށް ވުރެ ގިނަ ދުވަހެއް ނުނަގާނަން” އިޝްވާ އަށް އުފަލުން އެނާގެ މަންމަގައި އޮޅުލައިގަނެވުނެވެ …އަރޫޝާ ވެސް އޭނާގެ ދަރިފުޅުގައި ފިރުމާލުމަށް ފަހު، ކުޑަކޮށް ދުރުވެލުމަށް ފަހު ،އިޝްވާގެ ނިތުގައި ބޮސްދިނެވެ.އަދި އަވަހަށް ވަގުތު ފާއިތުވުމުގެ ކުރިން ނަމާދު ކުރަން ދިއުމަށް އެދުނެވެ.****އިޝްވާ ދިޔަކަން ޔަގީންވުމުން އަރޫޝާ އޭނާގެ ފިރިމީހާގެ ގާތަށް ގޮސް ޝަކުވާ ކުރަންފެށިއެވެ.”ފިޔާޒު ! އަހަރެން ހިތްހަމަ އެއްޖުހޭ އެ ދަރިފުޅު އެތަނަށް ފޮނުވާކަށް!! ކޮންމެ ފަދަ ކަމެއްވެސް ވެދާނެ”ައަރޫޝާ އަށް ރޮވެން ފެށުނެވެ.”ބަލަ ،އަރޫ އަހަރެންނަން އިތުބާރެއް ނުކުރަންތަ! އަހަރެން ވަކި ބޭނުމެއްނުވާނެ ދޯ އަހަރަންގެ ދަރިފުޅަށް ދެރަގޮތެއް ވާކަން!”ދެން
އަރޫޝާ ގެ ގާތުގައި އަހަރެންނަށް އެތައްފަހަރަކު ބުނެވެއްޖި ކަންނޭނގެ ތި ކަންތައް ހިތުން ފުހެލާށޭ؟؟” ފިޔާޒު އަރޫޝާ ކައިރީ އެތައް ވާހަކަ އެއް ދެއްކުމުން ފަހުން އަރޫޝާ ހިތުން ރުހުުމުން އެކަމާ އެއްބަސްވިއެވެ. ނަމަވެސް ނޭނގޭ ބިރުވެރިކަމެއް އޭނާގެ ހިތުގައި ވިއެއެވެ**************.
ރޭގަނޑު ގަގުތެކެވެ.ޝިބާން އާ އޭނާގެ ބައްފަަ އާ އެއްބަނޑު އެއްބަފާ މީހެއްގެ ދަރިއެއްކަމައްވާ ރަޔާން އާ ދެމީހުން ތިބީ ސީ ހައުސް ތެރޭގައި ކޮފީ އަކަށް އިންސާފުކުރާންށެވެ. “ބާން! އެއްކަލަ އިފާ މީހަކާ އިނދެފިއެއްނު މިދިޔަ ހަފްތާގައި!” ރަޔާން ބުނެލިއެވެ.”ކޮން އިފާ އެއްތަ! ” ޝިބާން އަށް ރަޔާން ބުނީ ކީކޭކަން ނޭނގުނެވެ.”މާތް ކަލާކޯ ، ބާން އަށް އިފާ ނޭނގެނީތަ! ޕްސްޕްސް ބަލަ އެއީ ބާން ގެ ފުރަތަމަ ގާލް ފްރެންޑެއްނު؟؟ހޫމް! މިހާރު ވެސް ދުވާލަކަށް ފަސް ކުދިން ނަގައިގެން ދޯ ތި އުޅުނީ؟” ރަޔާން އަށް ދެފަރާތަކަށް ބޯހޫރާލެވުނެވެ. އެހެނީ އަދިވެސް ޝިބާންގެ އެއާދަ ނުކެނޑޭތީ އެވެ. މިވޭތުވެ ދިޔަ ދުވަސްތަކު ޝިބާން ގެ އުޅޫން އެންމެ ކަރިން ބަލަނީ ރަޔާންއެވެ..”ބްރޯ ދެން ތި އުޅުން ދޫކޮށްފައި. ކުއްޖަކާ އެކު ސީރިއަސް ކޮށް ލައިފް އެއްފައްޓަންވީނު!؟؟” ރަޔާން ދެއްކި ވާހަކަތައް އަޑުއެހުމަށްފަހު ޝިބާންގެ ފަރާތުން ލުއި ޙީލުމެއް ފިޔަވައި އިތުރު އެއްޗެއް ނުބުނެއެެވެ،” ދެން މި ރަޔައްޓެ ތި ނޫންވާހަކަ އެއް ނުދައްކާނެ! އަމް..މާދަމާ އޮފީހަށް ނިކުންނަން ވެގެން މި އުޅުނީ، ރަޔައްޓޭ ވާނެ އަހަރެންނަން ކަންކަން އޮޅުންފިލުވާދޭން” ޝިބާންބުނެލިއެވެ.”ބްރޯ ތީ ވެސް އެއްވެސް ކަމެއްނޫނެއްނު، އަހަރެން އަބަދުވެސް ބާން އާ އެެއްކޮށް ހުންނާނަން”ރަޔާން ޝިބާންގެ ބުރި ކަށިމަތީ ޖަހާލަމުން ބުނެލިއެވެ.
~ނުނިމޭ~
40 Comments!
Comments are closed.

Salhi
thanks ryn 🙂
Wowww???
thanks lata 🙂
*laya 🙂
Wowow varah salhi when next part
thanks for your support:)
umm! next part varah avahah up kohdheynan insha allah
Varah reethi mi part vs varah Masha Allah ????????????
thanks jiji 🙂
Btw ayer..Its not me ingey..Thats someone else using my name?..btw the story is really beautiful…Whn next dear…???❤❤
thanks jiji
next part saturday ga insha allah 🙂
Alheyy… Ishva ahh shibaan….. Monsta ahh ingey Brent Revera…. Omg cover fenifa nan ves nubalaa ky vess. Hehe story varah Ruthi ingeyy… ??
Rythi*
thanks monsta 🙂
Nice ? waiting for next part
thanks drax 🙂
insha allah varah avahah next part up kohdheynan
~salaam readers~
thanks for your support..
umm! mi pat ga vs mistakes hurehjenama faahaga kohlumaky ayer ge varah bodu edhumeh!! then i can improve those mistakes for next time right?. 🙂 🙂 🙂 🙂 🙂
insha allah next part varah avahah up kohdheynan
V reethi ❤️❤️?
thanks mal
Wowww?????
Varah reethi mi part vs???????Ayer Plxxx than kolheh avahah up kohdeythii??????????!
Curiously waiting for the upload of next part ????
@hate messi?
Messi dheke kommeheneh rulhi ayaeh kiyaafa nujehey dhw thi name use kuraakah….. ????
Thi noon name vs Hunnane dhw use kurven ?????
thanks for your support 🙂
next part next saturaday ga up kohdheynan insha allah.
heheh..
its okey azal. eki meehun use kuraany eki names ehnu.
and
messi aky ayer ge emme fav football player..:)
Wow! ??????????????
Varah Reethi mi part vs ?????
Shibaan Eii brent revera dhw…
Alhey Shibaan eii play boy eh thr????
Dhn khihinehthr Shibaan aa ishvaa dhimaa vaanii…… I mean ishvaa e ulheny raajje therey Rashakah dhaakah number and Shibaan e ulheny eyna ge offihah nikunaa kahnu??????….
I am curiously waiting for the upload of next part..
Lysm???????????????????????????????????
Aslu different koh dhw vaahaka thi genesdheynii ???????
I mean ishvaa vs Shibaan vs Eii rich dhemeehuneh nu ????… Aammu koh Gina meehun ge story ga hunnnaaniii kommeheneh vs ekaku rich rich koh!
I hope Varah vs mi story different vaanaekamah Ehen writers ah vure…
Aslu Ayer ge story line Varah vs habeas.. But typing errors thah ebahuri kommehs vara ah! It’s okey dear! First story aa balaafa varah vs reethiiiii?????????
Dhn kihinehbaa vaanii…..
Actually azal ge comments thaku hunnane typing errors thr??????sorry??????????
thanks azal 🙂
let c dhw emeehun dhimaa vaa goi balaan.
. nextpart insha allah next saturadayga,..
~~salaam readers~~
next part annahafthaage fahun up kureveyne vaahaka dhannavan….
i am really really sorry about this 🙁
. cuz ayer aky school dharivarakah veetheeve,next week aky school ga varah busy koh ulhey dhuvasvarakah veetheeve. vaahaka liyumah ehvs free time eh nulibeyne….
insha allah next part next saturdayga up kohdheynan. once again i am really sorry 🙁 :(..
and readers ge faraathun thidhevva supportah varah bodah shukuru adhaakuran…
It’s okey Ayer..
???
Ekam vs next Saturdayga story up kohdeythii.. ????????.
Curiously waiting.. ???
thanks ryn for understanding.
🙂
yeah! insha allah next part saturdayga up kohdheynan.:)
It’s okey Ayer…
Thanks reader’s un kairy buneladhineethee?❣️❣️❣️❣️?❣️❣️❣️?
Waiting waiting ????..
Lysm???????
thanks jiji 🙂
NEXT PART! VARAH SALHI!
thanks @jinni 101
insha allah next part next saturday ga genesdheynan.:)
i am sorry lahun up kureveytheeve 🙁
Honestly, this is amazing. PLEASE PLEASE POST THE NEXT PART SOOOOOOOOOOON. I CAN’T WAIT FOR SATURDAY!
@jinnie 101! i am really sorry dear
ayer school trip aku dhaan jeheytheeve vaahaka up nukurevenii. …ayer free vs vaani friday ge fahun,
and ayer vs beynumeh noon readers wait ga bahahtaakah. but …. 🙁
next part dhigukoh genesdheynan saturday ga insha allah
thanks for your support 🙂
It’s okey Ayer..????? I can understand..
@Ayer
Next part Plxxx than kolheh avahah up kohdhevidhaaanetha?
Seriously this part is amazing…. ??????
You and dhiraa wish is my favourite writter now in esfiya.. ????????????????????????????????
?????????????????????????
Varah reethi mi story vx….. Whn nxt part…. Im waiting for the next part…. Good luck??