Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ލޯބި ވީ މޭ އެހެނަސް 2

Rym Level 210 Stories100 Login
July 2, 2019 5 Mins Read
20 Comments

ލަސް ފިޔަވަޅު ތަކެއްގައި އައިސް ކިޔާރާ ޖިއާން ގާތު މަޑުކޮށްލަމުން ޖިއާންގެ އެ ރީތި މޫނަށް ބަލައިލިއެވެ. އެއީ އޭނާގެ ލޯބިވާ ފިރިމީހާއެވެ. އެ މީހަކާއެކީ މުޅި ހަޔާތް ވޭތު ކޮށްލަން ހިތް އެދުނު ބައިވެރިޔާއެވެ. ނަމަވެސް ކައިވެނި ކުރިތާން ސައުވީސް ގަޑި އިރު ނުވަނީސް މުޅި އުމުރަށް އޭނާ އެކަނި ދޫކޮށް ޖިއާންވަނީ ގޮސްފައެވެ. މާ ދުރަށެވެ. ކިއާރާ ލޯބިން ޖިއާންގެ އަތުގައި ބޮސްދީފައި އަދި އެހާމެ ލޯބިން ޖިއާންއަށް ގޮވައިލިއެވެ. އޭނާގެ އަޑު އިވުމުން ޖިއާން ލޯ ހުޅުވާނެކަމުގެ އުއްމީދުގައިއެވެ. ނަމަވެސް މީ ފިލްމެއް ނުވަތަ ވާހަކައެއްގެ މަންޒަރެއް ނޫނެވެ. މީ ހަގީގަތެވެ. ކިއާރާ އަނެއްކާވެސް ޖިއާންއަށް ލޯބިން ގޮވައިލިއެވެ. ލޯ ހުޅުވުމަށް އެދި އާދޭސް ކުރިއެވެ. ނަމަވެސް ޖިއާންއަށް އޭނާ އާދޭސްއަކުގެ އަޑު ނީވޭނެ ކަން ކިއާރާއަށް ޔަގީންވިއެވެ. ޖިއާން އެ އޮތީ ކޯމާއެއްގައި ވެސް ނޫނެވެ. ޖިއާންވަނީ މި ފަނާވެނިވި ދުނިޔެއާ އަބަދަށްޓަވާއި އަލްވަދާއު ކިޔާފައެވެ. އެންމެންގެ ހިތްތަށް ރޮއްވާލަމުންނެވެ. އެ ހިތި ހަގީގަތް އޭނަގެ ސިކުނޑީގައި ބާރުގަދަ ތޫފާނެއް ފަދައިން އައިސް ޖެހިގަތުމާއި އެކު ކިއާރާގެ ދުނިޔެވެސް އަނދިރި ވެގެންދިޔައެވެ. ކިއާރާ އެނދުގައި ބޯޖައްސާލި ގޮތަށް ރޯންފެށިއެވެ. އުމުރު ދުވަހުވެސް އޭނަ މިގޮތަށް އަޑުވީއްލާ ރޮއިފައެއްނެތެވެ. ކިއާރާއާއި ޖިއާންގެ އާއިލާއާއި އެކުވެރިން ކިއާރާ ވަށާލައިގެން ތިބެ އޭނަ އަށް ހިތްވަރުދޭން މަސައްކަތް ކުރިއިރު އެންމެން ތިބީ ފެންކަޅިވެފައެވެ.

އެންމެ ބޮޑަށް އަސަރު ކުރީ ޖިއާންގެ މަންމަ ޖީނާއަށެވެ. މަޔަކަކު އޭނާގެ އޭނާގެ ދަރިފުޅާ އަބަދަށްޓަކާއި ވަކިވުމުން ހާދަ އަސަރެއް ކުރާނެއެވެ. މޮޔައަކުހެން ރޮމުން ޖިއާންގެ ހަށިގަނޑު ތަޅުވަމުން ލޯ ހުޅުވުމަށް އެ ނިކަމެތި މަންމަ ދިޔައީ އާދޭސް ކުރަމުންނެވެ. ނަމަވެސް އެ އާދޭސްތަށް ޖިއާންއަށް ނީވޭނެކަން ޖީނާއަށް ރޭކާނުލާފަދެއެވެ. ލިބުނު ޝޮކެއްގެ ސަބަބުން ޖީނާގެ ހަމަ ބުއްދި ފިލާއިގެން ދިޔަފަދައެވެ. ވާނީވެސް އެހެންތާއެވެ. ޢާއިލާގެ ޢެންމެ ހަގު ކުއްޖާއަށް ވުމުން އެންމެން ވެސް ޖިއާންދެކެ ވަނީ އަމަށަކު ލޯތްބެއް ނޫނެވެ. ހާއްސަކޮށް ޖީނާ އެހެން ހުރިހާ ކުދިންނަށް ވުރެން ބޮޑަށް ޖިއާން ދެކެ ޖީނާ ލޯބިވިއެވެ. އެ ދަރިފުޅަކީ އެ ހިތުގެ އެއްބަޔެވެ. އެ ބަޔާއި ނުލާ އޭނާ އުޅޭނީ ފަހެ ކިހިނެތް ހެއްޔެވެ. އެ ލޯބި ދަރިފުޅާނުލާ އޭނާ މަރު ވެދާނެއެވެ. އެ ދަރިފުޅު ދެން އެނބުރި ނާންނާނެކަން ޖީނާގެ ސިކުނޑިއަށް ދޭހަވުމުން ޖީނާގެ ސިކުނޑިއަށް ކުރި ބާރެއްގެ ބޮޑުކަމުން ވަގުތުން އަރިއަޅާލައިފިއެވެ. ޖީނާ އާއި ދާދި ގާތުގައި ހުރި ވިޝާމް ހުޝިޔާރުކަމާއި އެކީގައި ޖީނާ ބިންމަތީގައި ޖެހުނަނުދީ ހިފަހައްޓާފައި، އަތްދަނޑިމައްޗަށް އުފުލާލި ގޮތަށް ގެންގޮސް އެތާއިން ހުސް އެނދެއްގައި ބޭއްވިއެވެ.

ޖިއާން ވަކިވެގެން ދިޔުމުން ޖިއާންގެ އައިލާއާއި ކިއާރާގެ އާއިލާއަށް ހީވީ ކުޑަވަރެއްގެ ގިޔާމަތެއް އައިހެންނެވެ. ޢެ އާއިލާގެ ކޮންމެ މެމްބަރެއްގެ އިތުރުން ޖިއާން ދަންނަ ކޮންމެ މީހެއްގެ ހިތުގައި އޭނާއަށް ދެވިފައިވާ މަގާމާއި ފުން ލޯތްބެއްގެ ސަބަބުން، ކަރުނަ ނާޅާ އެކަކު ވެސް ނެތެވެ. އެދުވަހު އުޑުމަތީގައި ވިލާތައް ހެދި ބަނަވި ގޮތުން އެންމެންގެ ހިތާމައިގައި ދުނިޔެވެސް ބައިވެރިވެ ހިތާމައިގެ ސާލެއް އޮޅައިލައިފިހެން ހީވިއެވެ. ޖިއާންގެ ގެ ހަށިގަނޑު ގެއަށް ގެނެސްފައި މޫނު ދައްކަން ބާއްވާފައި އޮތް އިރު، ހޮސްޕިޓަލުގައި އެ ރީތި މޫނުން ފެނުނުފަދަ އެއްވެސް ވޭނެއް، އުނދަގުލެއް ފެންނާކަށް ނެތެވެ. އިންތިހާ ދަރަޖައިގެ ހިތްހަމަޖެހުމާއި އެކު ނިދާލައިފައި އޮތީހެން ހީވެއެވެ. ތުންފަތް މަތީގައިވާ ހިތްގާއިމު ހިނިތުންވުމުން ވެސް ހިތްތައް ފިދާކުރާވަރުވެއެވެ. މަރުވެފައި އޮތްހެނެއްވެސް ހިޔެއްނުވެއެވެ. ހީވަނީ ހަމަ އެހެން އޮވެފައި ލޯ ހުޅުވަފާނެހެނެވެ.

ކިއާރާ އެންމެ ފަހުވަގުތާ ޖެހެން ދެން ވެސް ޖިއާންގެ ފުރާނަ ނެތް ހަށިގަނޑާ ދުރުނުވެ ހުރީ މިއީ އެ ރީތި ސޫރަ ފެންނާނެ އެންމެ ފަހު ފަހަރުކަން ޔަގީންވާތީއެވެ. ހިތް ފުރޭ ވަރަށް އެ ހިތްގާއިމު މޫނުގައި ބޮސްދިނުމަށް ކިއާރާގެ ހިތް އެދުނެވެ. ޖިއާންގެ ބަދަލުގައި އޭނާ އެތާ އޮންނަންޖެހުނަސް އޭނާ މާ އުފާވީހެވެ. އެއްވެސް ޝަކުވާއެއް ކުރުމެއް ނެތި އެކަން ކުރީހެވެ.

ޖިއާން އަބަދަށްޓަކާއި އޭނާ ދޫކޮށް އެ ދިޔައީ ކީއްވެ ހެއްޔެވެ. އޭނާ އެކަނިވާނެ ވަރު ޖިއާންއަށް އިހުސާސް ނުވަނީހެވެ. އެހާ ފަސޭހައިން ވިޝާމް އާ ކައިވެނި ކުރާށޭ ބުނެފިއެވެ. ޢެއް އިރެއްގައި އޭނާ ވިޝަމްދެކެ އާވާރާއެއް ހެން ލޯބި ވި ނަމަވެސް އެ ހިތުގައި ވިޝާމްގެ މައްޗަށް އޮތް ލޯބި ފަނޑުވެ އެ ހިތުގައި ޖިއާންގެ ނަން ރަންއަކުރުން ފެވިގެން ދިޔައީ އޭނާގެ އެއްވެސް ބާރެއް ނެތިއެވެ. އެއް އިރެއްގައި ޖިއާންއަކީ އޭނާ މި ދުނިޔެ މަތިންވެސް އެންމެ ނަފްރަތު ކުރި އިންސާނާއެވެ. އޭނާ ޖިއާންއާ ކައިވެނި ކުރަން އެއްބަސް ވީ ހަމައެކަނި ބައްޕަ މަރު ވުމުގެ ކުރިން އެދި ފައިވާ އެދުމަކަށް ވާތީއެވެ. ޖިއާންގާތު އޭނާ ލޯބި ވަނީ އެހެން މީހަކު ދެކެ ކަމަށާއި އެ ކައިވެނި ހުއްޓުވުމަށް އެދި ކިއާރާ އެތަށް ފަހަރަކު އާދޭސް ކުރިއެވެ. ނަމަވެސް ޖިއާން ކޮންމެ ފަހަރަކު ވެސް އޭނާ ކިއާރާދެކެ ވަރަށް ލޯބިވާ ވާހަކައާއި އޭނާ ކިއާރާ ދެވެން އޮތް ހުރިހާ އުފަލެއް ދޭނެ ކަމަށް ބުނެ އެތަށް ފަހަރަކު ވައުދު ވިއެވެ. ތަކުރާރުކޮށް އޭނާގެ ލޯބި ސާބިތު ކޮށް ދިނުމަށް ޖިއާން އެދެމުންދިޔައީ އެންމެ ފުރުސަތަކަށެވެ. އެ ލޯބި ސާބިތު ކޮށް ނުދެވުނުނަމަ އޭނާ ކިއާރާ މި ގުޅުމުން އަބަދަށްޓަކާއި މިނިވަން ކޮށްދޭނެ ކަމަށް ވައުދުވިއެވެ. ކިއާރާ ގަބޫލު ކުރި ގޮތުގައި އޭނާގެ ލޯތްބަށް ހުރަސްއެޅުނީ ޖިއާންގެ ސަބަބުންނެވެ. އެހެންކަމުން ދުވަހަކުވެސް ޖިއާންއަށް މައުފުނުކުރުމަށް ކިއާރާ ނިންމިއެވެ. ޖިއާންގެ އާދޭސް ތަކުގެ ސަބަބުން ކިއާރާ ޖިއާންއަށް ދިނީ ތިން މަހުގެ މުހުލަތެކެވެ. އެ ތިން މަސް ތެރޭ އޭނާއަށް ޖިއާންދެކެ ލޯބި ނުވެވުނުނަމަ ޖިއާން އޭނާ ދޫކޮށްލުމަށް ޝަރުތު ކުރަމުންނެވެ. ކިއާރާ ޔަގީންކުރީ އޭނާއަށް ވިޝާމް ނޫން އެއްވެސް މީހެއް ދެކެ ލޯބި ނުވެވޭނެ ކަމަށެވެ.

އެ ތިން މަސްތެރޭ ކިއާރާއަށް ޖިއާންގެ ރަނގަޅުކަން އިހުސާސް ވެގެންދިޔައެވެ. އޭނާދެކެ ލޯބިވާވަރާއި އަޅާލާވަރު އިހުސާސްވެގެންދިޔައެވެ. އޭނާގެ އެއްވެސް އިހުތިޔާރެއް ނެތި އެ ހިތް ދިޔައީ ޖިއާންގެ ލޯތްބާއި އޯގާތެރިކަމުގެ ސަބަބުން ޖިއާންއަށް ލެނބުމުންނެވެ. ދުވަހެއް ދުވަހަކަށް ވިޝާމްގެ ނަން ފަނޑުވަމުން ޖިއާންގެ ގެ ނަން ކިއާރާގެ އެ ޒުވާން ހިތުގައި ބިންވަޅު ނަގަމުންނެވެ. ތިން މަސް ނިމުނުއިރު ކިއާރާ ހީ ކުރި ގޮތާ ހިލާފަށް އެ ހިތުގައި ޖިއާންއާ މެދު އިހުސާސްތަކެއް ވަނީ އުފެދިފައިވެއެވެ. އޭރު ކައިވެންޔަށް އޮތީ ހަމައެކަނި ހަފްތާއެކެވެ. އެހެންކަމުން ކިއާރާ ނިންމީ ޖިއާންއަށް އެ ހިތުގެ ހާލު ކައިވެނީގެ ފުރަތަމަ ރޭގައި ބަޔާންކޮށް ދިނުމަށެވެ. ނަމަވެސް އެ ހިތުގެ ހާލު ބަޔާން ކޮށް ދިނުމުގެ ކުރިން ޖިއާން އެވަނީ އޭނާއާ މާ ދުރަށް ގޮއްސައެވެ. ކިއާރާ އެންމެ ދެރަވީ ޖިއާން އަޑުއެހުމަށް އެންމެ އެދެމުން ދިޔަ ލަފްޒުތަށް އަޑު އިވުމުގެ ނަސީބު ލިބުމުގެ ކުރިން ޖިއާން އަބަދަށްޓަކައި ލޯމަރާ ލުމުންނެވެ. ޢެ ލަފްޒުތަށް ކުރިން ޖިއާންގާތު ބުނެވުނު ނަމައެވެ. އޭނާ ލޯބިވާވަރު ބުނެނުދެވި އުޅެނިކޮށް ޖިއާން އަބަދަށްޓަކާއި އެ ދިޔައީއެވެ. ސަހަރޯއެވެ އެ ލަފްޒުތަށް ބުނެގެން ޖިއާން އަލުން ލޯހުޅުވާނަމަ އެތަށް ސަތޭކަ ފަހަރު ލަފްޒުތަށް ތަކުރާރު ކުރަން އޭނާ މިހިރީ ތައްޔާރަށެވެ. ހަމަ އެންމެ ފަހަރަކު ޖިއާން ލޯ ހުޅުވާނެނަމައެވެ. އެ ފިރިހެންވަންތަ އަޑުން ލޯބިވެޔޭ ބުނެލާނެ ނަމައެވެ. ނުވަތަ ކޮންމެސް ލާނެތް ކަމެއް ކޮށްލާނެ ނަމައެވެ. އެ އަތުގެ ހިމާޔަތް ދޭނެ ނަމައެވެ. ޖިއާންގެ އެ ލޮބުވެތި ފިރުމުންތަކަށް ކިއާރާގެ ހިތް އެދުނެވެ. ނަމަވެސް އެ ނަސީބެއް މިއަދު އޭނާއަކަށް ނެތެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ.

ޖިއާން ވަޅުލާ ވަގުތު ޖެހުމުން އެންމެ ފަހުފަހަރަށް އެ ލޯބިން ފުރިގެންވާ ނަޒަރަކުން އެ މޫނަށް ބަލާލަމުން ޖިއާންގެ ތަނަވަސް ނިތްކުރީގައި ކިއާރާ ލޯބިން ބޮސްދިނެވެ. ލޮލުން ކަރުނަ އޮހޭހާލު ޖިއާންގެ އަތުގައި ކިއާރާ ބޮސްދިނެވެ. އަދި ލޯބިވެޔޭ ބުނެލިއިރު އެ އަޑުގައި ބަޔާން ކުރަންދަތި އަސަރެއް ވިއެވެ. ހިތް މަތީގައި ހިލައެއް ބައިންދާއިގެން ކިއާރާ ޖިއާންގެ ފުރާނެނެތް މަސްގަނނޑު ވެލީގެ ދާނުގައި ވަޅުލޭވެތަން ދެކެން ހުއްޓެވެ. ޢެ ހިތްވަނި ކުދިކުދި ވެފައިއެވެ. އެ ވަގުތު ވެގެން ދިޔައީ ކިއާރާއަށް ވަރަށް ވޭންދެނިވި ވަގުތަކަށެވެ،

ޖިއާން ވަޅުލިތަނާހެން ތުނިތުނިކޮށް ވާރޭވެހެން ފެށިއެވެ. އެންމެން ގަބުރުސްތާނު ދޫކޮށްލާފައި ދާން ފެށުމުން ވެސް ކިއާރާ އެތަނުން ދާން އިންކާރު ކުރިއެވެ.

“ކިއާ، ކެތްކުރަން ވާނެ، ޖިއާން އިޒް ވިދް ﷲ ދުނިޔެއަށް އައިގޮތަށް ކޮންމެ ދިރޭ ފުރާނަ އެއްވެސް އަނބުރައި ދާންޖެހޭނެ ދުވަހެއް އަންނާނެ ކަމަށް ކިއާ ވެސް ގަބޫލު ކުރަމެއްނު، ކިއާގެ ރުއިމުން ޖިއާންގެ ފުރާނައަށްވެސް ދަތިކަން ލިބޭނެ، ވީއިރު ޑޯންޓް ކްރައި ސްވިޓްހާރޓް، ބީ ސްޓްރޯންގް، މިއީވެސް އިމްތިހާނެއް…” ކިއާރާގެ ބޭބެ ކިޔާންވެސް ފެންކަޅިވެފާއި ހުރި ހާލު ގައިވެސް ބޭބެއެއްގެ ވާޖިބު އަދާކުރިއެވެ. ކިއާރާ ގެނެސް މޭގައި ޖައްސާލަމުން ބުރަކަށީ ގަޔާއި، އިސްތަށިގަނޑުގައި ފިރުމައިލީ ލޯތްބާއި އެކީގައެވެ. ކިއާރާ ހިތްވަރުކުރިއެވެ. އެންމެ ފަހު ފަހަރަށް ޖިއާންގެ މަހާނަ އާއި ދިމާލަށް ކަރުނުން ފުރިފައިވާ ދެލޮލުން ބަލައިލުމަށްފަހު ކިޔާންގެ ފަހަތުން ކާރާއި ދިމާލަށް ހިނގައިގަތެވެ.

ރޯޒްމެހެލް ދިރުމަކީ، ރޫހަކީ ޖިއާންއެވެ އެވެ. ޖިއާން ނެތުމުން އެގެއަށް އާދަޔާ ޚިލާފު ފަޅުކަމެއް ވެރިވިއެވެ. އެމީހަކުގެ ކޮޓަރީގައި ބަންދުވެގެން ތިބޭ އިރު ކެއުމެއް، ބުއިމެއް އެހެންކަމެއްވެސް މުހިއްމެއް ނުވެއެވެ. ކިއާރާގެ އާއިލާ އާއި އެކުވެރިން އޭނަ އެކަނި ނުކޮށް، ހިތްވަރުދޭން އަބަދު ކައިރީގައި ތިބޭ އިރުވެސް ތެދުވެ އުޅެވޭނެ ހިތްވަރެއްވެސް ނުހުރެއެވެ. އޭނަ އޮންނަނީ އޮށޯވެ ލައިގެންނެވެ. ގާއިގަ ތެދުވެ އުޅޭނެ ހާ ހިތްވަރެއް ނެތީއެވެ. އޭނާ މިހާރު އުޅެމުންދަނީ ޖިއާންމެން ގޭގައިއެވެ. އެ ގޭ އެންމެން ވެސް ޖިއާންގެ އެ ކުއްލި ވަކިވުމުން ހިތްދަތިވެފައި ތިބިނަމަވެސް ވީވަރަކުން ދިޔައީ ކިއާރާއަށް އަޅާލަމުންނެވެ.

ކިއާރާ ފެންވަރާލައިގެން ހެދުން ބަދަލުކޮށްގެން އައީ އެނާގެ މަންމަ ފަޒީލާ މަޖުބޫރު ކޮށްގެންނެވެ. ކިއާރާ ހަމައެކަށް އެޅެންދެން ފަޒީލާ ބޭނުން ވީ އެ ދަރިފުޅު ގާތުގައި ވުމަށެވެ ފަޒީލާ ކިއާރާ އިސްތަށިގަނޑުގައި ފުނާ އަޅައިދިނެވެ. ކިއާރާގެ މޫނު ތާޒާކޮށް ފެނުނަސް ލޮލާއި މޫނު ވަނީ ދުޅަވެފައެވެ. ހީވަނީ އެތައް ދުވަހެއް ވާންދެން ބޮޑު ބައްޔެއްގައި އުޅުމަށްފަހު ތެދުވެއުޅޭ ކުއްޖެއް ހެންނެވެ. މިވަރުންވެސް ހިފަހައްޓައި ލެވެނީ ބޭހުގެ ބާރުގައެވެ. ފަޒީލާ ގަދަކަމުން ސޫޕް ބޯންދިނުމުން އިށީނދެލައިގެން އިންނާނެހާ ހިތްވަރު ލިބުނެވެ.

“މަންމާ….. ޖިއާން ވަކިވެގެން އެ ދިޔައީ އަޅުގަނޑު ޖިއާންދެކެ ލޯބިވާ ކަންވެސް ނޭނގި….. އަޅުގަނޑު….. ޖިއާން ދެކެ ލޯބިވެޔޭ…. ބުނެލާ އަޑު އަހަން ޖިއާން ހާދަ ބޭނުން ވިއޭ… އެކަމް އެ ނަސީބުވެސް ޖިއާންއަކަށް ނުލިބުނު…. ކޮންމެ ދުވަހަކު އަޅުގަނޑު ދިޔައީ ޖިއާންއަށް ރުޅިވެރިކަން ދައްކަމުން…. ނަފަރަތު ކުރާ ވަރު ހަނދާން ކޮށްދެމުން…. އެކަމް ޖިއާން ދުވަހަކުވެސް ޝަކުވާ ނުކުރޭ…. ސެލްފްލެސްލީ އަޅުގަނޑުދެކެ އަބަދުވެސް ލޯބި ވަމުން ދިޔައީ… އަޅުގަނޑަށް ޖިއާންދެކެ ހިތާ ފުރާނައިން ލޯބިވެވުމުން އަޅުގަނޑު ދޫކޮށް މާ ދުރަށް ޖިއާން ހިނގައްޖެ…. އައި ވިޝް އައި ޓޮލްޑް ހިމް ވަންސް ހައު އައި ފެލްޓް….. އެޓްލީސްޓް އައި ވުޑުން ހޭވް ޓު ފީލް ދިސް ގިލްޓީ…. ދިސް ގިލްޓް….. އިޓްސް ކިލިން މީ އެލައިވް…..” ކިއާރާ ހުއްޓަ ހުއްޓާފައި ބުނަމުން ދިޔައިރު ހިތް ރޮމުން ދިޔައެވެ. ކިއާރާގެ ދެ ލޯ އެކަމަށް ހެކިވިއެވެ.

ދަރިފުޅާ، ދެން އެވާހަކަ ދައްކައިގެން ހިތަށް ދަތިނުކުރުވަބަލަ ، އެމީހެއްގެ އަޖަލު ޖެހުނީމަ އެއްވެސް އިންސާނަކަށް އެކަމެއް ނުހިފެހެއްޓޭނެ. ކޮންމެވެސް ސަބަބެއް މެދުވެރިވާނެ، އެގޮތަށް ވާނެކަން އެގޭނެނަމަ ދަރިފުޅު ހިތުގެހާލު ޖިއާން ގާތު ކޮންމެ ހާލެއްގާއިވެސް ބަޔާން ކުރީސް ، މިހާރު ޖިއާން ވީ ހެވަންގައި، ދެން ހިތާމަނުކޮށްބަލަ، ޖިއާން ފުރާނައަށް ހަމަޖެހުމެއްނުލިބޭނެ ދަރިފުޅުމެން ހިތާމަކުރަންޏާ، ނުރޮއި، ކެތްކުރޭ ދަރިފުޅާ……” ފަޒީލާގެ ހަމްދަރުދީގެ ބަސްތަކުން ކިއާރާއަށް ބޮޑަށް ރޮވުނީ އެވެ.

=ނުނިމޭ=

Share Article

Follow Me Written By

Rym

Level 210 Stories100 Login

A girl who loves to read and write stories. I also love to read the lovely comments from my readers. Negative comments are also welcome

Other Articles

Previous

ހިތްވެސް ދިނީމޭ 2

Next

ކުށަކާ ނުލާ 9

Next
July 2, 2019

ކުށަކާ ނުލާ 9

Previews
July 1, 2019

ހިތްވެސް ދިނީމޭ 2

20 Comments!

  1. Reem says:
    July 3, 2019 at 7:57 am

    Salaam readers.Heres the second prt of the story avahah liyevyny ma up kohly❤? Hope you all will like this prt…. feel free to comment your views abt this prt and 8f theres any mistake pls let me know Enjoy reading

  2. Aff says:
    July 3, 2019 at 10:34 am

    V reethi…

    1. Reem says:
      July 4, 2019 at 6:17 am

      Thank you Aff ❤️☺️

  3. Muneesha says:
    July 3, 2019 at 1:55 pm

    Wowow varaaah salhi
    Ekm jian valhuli iruga kiara gaburusthaanuga huri vaahaka buneema v odd hingey but its my opinion
    When next part??

    1. Reem says:
      July 3, 2019 at 2:07 pm

      Thank you?❤ will correct it nxt time . Nxt part liyevunu haa avahakah up kohladheynan

  4. Mal? says:
    July 3, 2019 at 2:08 pm

    V reethi mi part vas me first dhoo??

    1. Reem says:
      July 3, 2019 at 2:53 pm

      Thank you Mal?❤ Not first but congrats on being 2nd

  5. Pinky says:
    July 3, 2019 at 5:25 pm

    Jian maruvee kn accident eh vegen kameh neyge. BTW v salhi vaahaka ?❤️?

    1. Reem says:
      July 3, 2019 at 6:28 pm

      Thank you Pinky ❤️? nxt time ekan rangalhu kohlaanan

  6. Reem says:
    July 3, 2019 at 6:31 pm

    Actually I wanted accident v goh bunedheyn thankolheh fahun ehn ve first and second part ga accident v goh mention nukury.

  7. Anonymous says:
    July 3, 2019 at 7:23 pm

    Can i translate this comment in dhivehi…??????

    Hehe…??
    Aslu reem beynunvany accident vee goiy tankoleh fahun bunedyn…❤???❤?
    Ehv furathama baigayaa 2 vana baiga accident vee goit tafseel nukuree….❤???❤?
    Varah reethi…….❤???❤?
    Btw sifakurun thankoleh bad…………❤???❤

    And writer ah bunelabln othy stry ga english bas beynun nukiraashey eyrun noon ehaa reaceh bt its my opinion…?so writer beynun goatkh kantah kurany???

    Insha allah alhuganduge dhua yaky iraadha kurehviyya miyah vure rangalhu stry eh liyevun.,?❤????….

    MAY ALLAH PROTECT YUH FROM EVIL EYES….❤???❤?

    MUCH MORE LOVES FROM ME DEAR……..

    HELP EH BEYNUN THR PROOF READ KURN…

    GUD LUCK

    1. Reem says:
      July 4, 2019 at 6:20 am

      Thank you Anonymous ❤️❤️ will try to correct my mistakes and improve myself

    2. jiji says:
      July 4, 2019 at 10:06 am

      Are yuh ib@…Dont mind..Hyvegn ahaaly..Yur tlking is same as ibaa..ehnve???

  8. jiji says:
    July 3, 2019 at 9:05 pm

    Ma Sha Allah❤❤❤…Mi bai vec v v rythi???…Sis yuh made me cry???..btw whn nextu…Curiously waitinn??????????????????lysm sis

  9. Reem says:
    July 3, 2019 at 9:28 pm

    Thank you jiji❤? nxt part liyevunu haa avahakah upnkohladheynan. Lym jiji ❤❤❤ .

  10. Dolly says:
    July 3, 2019 at 10:38 pm

    when next part??????Mi part vrh ves reethi

    1. Reem says:
      July 3, 2019 at 11:22 pm

      Thank you Dolly❤ mi story ge nxt prt genesdheyny dhn nxt week noon aneh week ga

  11. Lamko says:
    October 2, 2019 at 1:42 pm

    Mi part vx bunan neyngey haa varah varah vx reethi… Whn next part❤️❤️

  12. hudhaa says:
    October 19, 2019 at 2:12 pm

    i think this story needs to be improved …….

  13. ? queen ? says:
    January 10, 2020 at 10:36 pm

    When you are going to up next part plx Avas Koh up kohba

Comments are closed.



All Right Reserved!