Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ބުނެދޭށޭ ރުހެމޭ 48

Saraa Level 910 Stories100 Comments100 Login500 Comments500 Login
July 3, 2019 6 Mins Read
77 Comments

ދެލޯބިވެރިން ކަރުނުން ފުރިގެންވީ ނަޒަރަކުން އެކަކު އަނެކަކުގެ މޫނަށް ނަޒަރު ހުއްޓާލައިގެން ތިބިއިރު އެ މަންޒަރު ދެކެން ތިންވަނަ ފަރާތެއް ހުރިކަމެއް ނޭނގުނެވެ. މަޑުމަޑުން ރެސްޓް ރޫމްގެ ދޮރުލެއްޕިގެންދިޔައިރު ދުރުވަމުންދިޔަ ބަރު ފިޔަވަޅުތަކުގެ އަޑުއިވިފައި ޝަލީން ވަގުތުން މަޔާންގެ އަތްދަށުން ވީއްލިގެން ރެސްޓްރޫމްއިން ނިކުންނަން ހިނގައިގަތްއިރު އެ މޫނުމަތިން ނުތަނަވަސްކަން ފާޅުވިއެވެ. ރެސްޓްރޫމްއިން ނިކުތްއިރު ދިގު ހޯލްވޭގައި އެ މީހެއްގެ ނިޝާނެއްވެސް ނެތެވެ. ނަމަވެސް މިރޭ އެދެމީހުން ދެއްކި ވާހަކަތައް ތިންވަނަ ފަރާތެއްގެ ކަންފަތާއި ހަމަޔަށް ފޯރައިފިކަން ޝަލީންއަށް ޔަގީންވިއެވެ. ނޭނގުނީ އެދެމީހުންގެ ހަރަކާތްތަކަށް ފާރަވެރިވެގެން ހުރީ ކާކުކަމެވެ.

*** *** *** *** *** ***

ރޭގަނޑު ނިދާގަނޑި ކައިރިވުމާއިއެކު ޝަލީން ފެންވަރައިލައިގެން ނިކުމެގެން އައިރު ސޯފާގައި ލެޕް ހިފައިގެން އިން ހައިޒަލްގެ ނަޒަރު އެމޫނަށް ހުއްޓުނެވެ. ޝަލީންގެ ދޮންމޫނުމަތީ ފެންތިކިތައް ވިދަމުންދިޔައިރު އިސްތަށިގަނޑުން ދުވަމުން ދިޔަ ލުއިވަސް ކޮޓަރިތެރެއަށް ފެތުރިގެންދިޔައެވެ. ހައިޒަލްގެ ލޯމައްޗަށް ހިނދުކޮޅަކަށްވެސް ސިފަވެގެންދިޔައީ ނައިނާއެވެ. ޝަލީން ހައިޒަލްއާއި ބަހެއް ބުނުމެއްނެތި ޑްރެސިން ޓޭބަލްގެ ގޮނޑީގައި އިށީދެ އިސްތަށިގަނޑުގައި ފުނާއަޅަންފެށިއެވެ.

“ބަލީތަ؟” ހައިޒަލް ވާހަކަދެއްކިއަޑު އިވިފައި ޝަލީން ބަލާލީ ހައިރާންވެފައެވެ. އެއީ ހައިޒަލް އިސްނަގައިގެން އޭނައާއި ވާހަކަދެއްކި ފުރަތަމަ ފަހަރަށްވާނެއެވެ.

“ވޮމިޓްކުރިއަޑު އިވުނީމަ އަހާލީ…” ޝަލީންގެ ހައިރާންކަމުގެ ނަޒަރު އެމޫނަށް ހުއްޓިފައިވާކަން ފާހަގަވެފައި ހައިޒަލް އޮޅުންފިލުވައިދިނެވެ.

“ނޫން…” ޝަލީން ކުރުޖަވާބެއްދީފައި އޭނަ ކުރަމުންދިޔަ މަސައްކަތް ކުރަންފެށިއެވެ. އިރުކޮޅެއްވަންދެން ދެޒުވާނުންގެ ދެމެދަށް ވެރިވި ހިމޭންކަމަށްފަހު ޝަލީން ގުޑްނައިޓްއޭ ބުނެލަމުން އެނދާއި ދިމާލަށް ހިނގައިގަތެވެ. އެނދަށް އެރިގޮތަށް ކުއިލްޓުން ހަށިގަނޑާއިއެކު މޫނުވެސް ޝަލީން ފޮރުވާލައިފިއެވެ. އޭގެ އިރުކޮޅެއްފަހުން ޝަލީން ނޭފަތްދަމާލިއަޑު އިވިފައިި ޝަލީން ރޮނީކަން ހައިޒަލްއަށް ނަގައިގަނެވުނެވެ. ހައިޒަލް ޝަލީންގެ ރުއިމުގެ އަޑު އަޑުއަހަން ހުރެފައިވެސް އެއްޗެކޭ ބުނުމެއްނެތި ސޯފާގައި ދިގުދެމިލައިފިއެވެ. މިވީހާތަނަށްވެސް ދެމީހުންގެ އަމިއްލަ ކަންތަކާއިމެދު ސުވާލުކޮށް ހެދުމަކީ ދެމީހުންކުރެ އެކަކުވެސް ކުރިކަމެއް ނޫނެވެ.

ހައިޒަލް ސޯފާގައި އޮށޯވެލައިގެން އޮތްއިރުވެސް ދޭތެރެއަކުން ޝަލީންއާއި ދިމާލަށް ބަލާލެވެއެވެ. މިރޭ ޝަލީންއާއި މަޔާންއާއި ދެމެދު ދެކެވުނު ވާހަކަތައް އަޑުއިވިފައި އޭނަގެ ހިތުގައި އޮތް ރުޅިވެރިކަމުގެ ހުޅުކޮޅު ކުޑަވެގެން ހިނގައްޖެއެވެ. އޭނައާއި ޝަލީންގެ ތަފާތަކީ ކޮބާހެއްޔެވެ؟ ދެމީހުންނަކީވެސް މަޖުބޫރުވެގެން ހިތުގެ މަންޒިލާއި ދެކޮޅަށް ދަތުރުކުރަމުންދާ ދެ މުސާފިރުންނެވެ.

*** *** *** *** *** ***

ޕްރޮސިކިއުޓަރ އޮފީހުގެ ޒުވާން ޕްރޮސިކިއުޓަރުން މީޓިންއެއްގައި ތިބިއިރު އެންމެންގެ މޫނުމަތިން ފެންނަނީ ސީރިޔަަސްކަމެވެ. ސެކްޝަން ހެޑް ޕޯޓިއަމް ދޮށުގައި ހުރެ ވާހަކަދައްކަމުންދިޔައިރު މިއަދު ވާހަކަ ދެކެވެމުންދިޔައީ މިވީހާތަނަށް ނުނިމިފައި ހުރި ކޭސްތަކާއި ބެހޭގޮތުންނެވެ. ހެޑް އޮފް ސެކްޝަން ބައެއް ކޭސްތަކުގެ މައުލޫމާތު ހިއްސާކުރަމުން ކަރުދާސްތައް ކޮންމެ ބައިވެރިއަކަށް ހަވާލުކުރިއެވެ. އެއީ ކޮންމެ އަހަރަކުވެސް ބާއްވާ ބައްދަލުވުމެކެވެ. އެންމެން އެކީގައި ކޭސްތަކާއި ބެހޭގޮތުން ވާހަކަދައްކާ ކޭސްތައް ނެގުމުގައި ލަފާ ހޯދައެވެ.

ހެޑް އޮފް ސެކްޝަންގެ ވާހަކަކޮޅު ނިމި މަޝްވަރާގައި ބައިވެރިވުމާއިއެކު ޕްރޮސިކިއުޓަރުން ކޭސް ފައިލްތައް ނަގާ ކިޔަންފެށިއެވެ. އެއާއިއެކު ދެމީހުން ދެމީހުންގެ ދޭތެރޭ ވާހަކަތައް ބަދަލުކުރެވެންފެށިއެވެ.

މަޔާން އެއްވެސް ކަމަކަށް ސަމާލުކަންދޭހިތް ނުވެފައި އިނދެވެސް ފައިލްއެއް ހުޅުވައިލައިގެން ކިޔަންފެށިއެވެ. އެއީ 1998 ވަނަ އަހަރު ހިނގާފައި އަލިފާނުގެ ހާދިސާއެއްގެ ރިޕޯޓްތަކެވެ. މަޔާން މަޑުމަޑުން ކުރިއަށް ދަމުން ދިޔަވަރަކަށް އެ ކޭސްއާއި މެދު ޝައުގުވެރިވިއެވެ. ވަގުތުން އަތްއުފުލާލަމުން ޗީފްއަށް އިޝާރާތެއްދިނެވެ.

“ސަރ… 1998 ވަނަ އަހަރު އޭ.އެޗް.އިންޑަސްޓްރީސް އަަލިފާނުގެ ހާދިސާގެ ކޭސް ނަގަން އަޅުގަނޑު ބޭނުން…” މަޔާން އަދަބުވެރިކަމާއިއެކު ޗީފް ރިޔާޒާއި ވާހަކަދެއްކިއެވެ. އޭރު ޗީފް ރިޔާޒްގެ ނިއްކުރިއަށް ބައެއް ރޫތަށް އަރާފައިވެއެވެ.

“ފައިލް ރަނގަޅަށް ނުކިޔަންތަ؟ ތިއީ ސޯލްވްޑް ކޭސްއެއް… ކޭސް ނިމުނީ އެއީ ގުދުރަތީގޮތުން ހިނގި ހާދިސާއެއްކަމަށް ކަނޑައެޅިގެން…” ރިޔާޒް ވާހަކަދެއްކެވިއިރު އެންމެންގެ ނަޒަރުތައް މަޔާންގެ މޫނަށް ހުއްޓިފައިވެއެވެ.

“މިގޮތަށް ނިމިފައި ހުރި ކިތަންމެ ކޭސްއެއް ފަހުން ބެލުމުން ބަދަލުވެފައި އެބަހުރި… އަސްލު ކުށްވެެރިން ހޯދިފައި އެބަތިބި… އަޅުގަނޑު ފަހަރެއްގައިވެސް ކުރީގެ ބޭފުޅުންގެ ޤާބިލިއްޔަތުކަމަށް ޝައްކުކުރައްވަނީކީ ނޫން… މި ކޭސްގައި ޝައްކުއުފެދޭ އެތަށް ކަމެއް އެބަހުރި… 15 މީހުން މަރުވި ހާދިސާއަކަށްވާތީ ކޮންމެހެންވެސް ބަލަން މުހިންމުކަމެއްކަމަށް އަޅުގަނޑު ދެކެން…” ރިޔާޒް އަތްއުފުލާލައްވަމުން މަޔާންގެ ވާހަކަ ހުއްޓުވާލައިފިއެވެ.

“ސޯލްވްކޮށްފައި ހުރި ކޭސްތަށް އަލުން އިންވެސްޓިގޭޓްކުރާކަށް އަހަރެމެންނަށް ވަގުތެއް ނެތް… މިތަނަށް އަންނަ ކޭސްތައް ދުވަހުން ދުވަހަށް އިތުރުވަމުންދާއިރު ވީހާވެސް ގިނަވަަގުތު އެ ކޭސްތަކަށް ދޭން އެބަޖެހޭ… މަޔާންއަކީ ގާބިލް ޕްރޮސިކިއުޓަރެއް ވީއިރު އެހެން ކޭސްއަކާއިގެން ކުރިއަށްދިޔުން ރަނގަޅުވާނެ….” ރިޔާޒް ހަރުކަށިގޮތަކަށް ވާހަކަދެއްކެވިއެވެ.

“ތިހެން ބުނެ މިފަދަ ކޭސްތައް ދޫކޮށްލުމަކީ އަޅުގަނޑުމެންގެ އުސޫލަކަށްވެގެންނުވާނެ… ފަަނަރަ މީހުން މަރުވުމަކީ ކުޑަކަމެއް ނޫން… ހާދިސާގެ އަސްލު ސަބަބު އަޅުގަނޑުމެން ހޯދަން އެބަޖެހޭ…” މަޔާން ވާހަކަދެއްކުމާއިއެކު ރިޔާޒް ހިތްހަމަނުޖެހިފައިވާގޮތަކަށް މަޔާންގެ ނަމުންގޮވާލިއެވެ. އޭރު އެންމެން ތިބީ ނޭވާ ހިފަހައްޓާލައިގެންނެވެ. ރިޔާޒްގެ ހަރުކަށިކަމާއި މަޔާންގެ ގޮތްދޫނުކުރުން އެކުވެގެން ނިކުންނަ ނަތީޖާ ދެކެން ޖެހިލުންވެފައެވެ. އޮފީސް ތެރޭ މަޔާން “ޑެޓާރމައިންޑެޑް”ގެ ގޮތުގައި ނަންވެފައިވަނީ ސަބަބެއްނެތިއެއް ނޫނެވެ. މަޔާން ނިންމުމެއް ނިންމައިފިނަމަ އެކަމެއް ބަދަލުކުރުމަކީ އުނދަގޫކަމެކެވެ. ގޮތުގައި ހިފަހައްޓައިގެން މަޔާންއަށް ލިބިފައިވާ ނަތީޖާ މިވީހާތަނަށްވެސް ނުހަނު ފޮންޏެެވެ.

“ހާދިސާގެ އަސްލު ސަަބަބު ކޮމްޕެނީތެރޭ ރޯވި އަލިފާންގަނޑެއް… މަޔާންއަށް އޮޅުންފިލައިފިތަ؟ އިތުރަށް މިވާހަކަ ނުދެއްކިއްޔާ ރަނގަޅީ…” ރިޔާޒް ރުޅިދުރުވެގެން ވާހަކަދެއްކެވިގޮތުން މަޔާންއަށްވެސް ހިމޭންވާން މަޖުބޫރުވިއެވެ. ރިޔާޒް އިތުރަށް ރުޅި ދުރުވެދާނެއަތީ އެހެން ކޭސްއެއް ހުޅުވާލައިގެން އިންއިރުވެސް ވިސްނުނީ އެ ކޭސްއާއި މެދުގައެވެ. ފުރަތަމަވެސް ކިޔާލައިފައި މަޔާން ޝައުގުވެރިވި ކޭސްއަކާއި މިނޫނީ އަދި ދިމާވެފައެއް ނެތެވެ. ކޮންމެވެސް ސަބަބަކާއިހެދި އޭނައަށް އެ ކޭސް ހާއްސަވެ އެ ކޭސްއާއި ބެހޭގޮތުން އިތުރަށް އިނގެން ބޭނުންވަނީ ކީއްވެގެންކަމެއް ނޭނގެެއެވެ. މަރުގެ މައްސަލަތަކަށް އޭނަ ފޯރިހުންނާތީ ބާވައެވެ؟

*** *** *** *** *** ***

ޝަލީން މިއަދު ޑިއުޓީއަށް ދިޔަގޮތަށް ފުރަތަމަވެސް އުޅެގަތީ ޑޮކްޓަރަށް ދެއްކޭތޯއެވެ. ކެޝުއަލްޓީއަށް ދެއްކުމާއިއެކު ހަދަން ދިން ބްލަޑް ޓެސްޓް ހަދާފައި ޝަލީން ލެބޯޓްރީއިން ނިކުތީ ޓެސްޓްގެ ނަތީޖާ ލިބޭނޭ މެންދުރު އެކެއްޖަހާއިރުކަމަށް ލެބް ޓެކްނީޝަން ބުނުމުންނެވެ. އެއީ ޝަލީންގެ ޑިއުޓީ ނިމޭ ގަނޑިއަށްވުމާއިއެކު ޝަލީން ނިންމައިގެން ހުރީ ޑިއުޓީ ނިމިގެން ގެއަށް ދަމުން ނަތީޖާ ނަގައިގެންދިޔުމަށެވެ.

އެއްގަނޑި ބައިވާން އުޅެނިކޮށް ޝަލީން ޑިއުޓީ ނިންމާލުމަށްފަހު ގެއަށްދަމުން ރިޕޯޓް ނަގަން ލެބްއަށް ވަދެލުމާއިއެކު ލެބްގައި އިން ކުއްޖާ ރިޕޯޓްވީ ޑޮކްޓަރ ރާދާ އަތުގައިކަމާއި ރާދާ ބައްދަލުކުރަން އެދޭ ވާހަކަ ބުނެލިއެެވެ. ޝަލީންގެ ހިތުގައި ސުވާލުއުފެދުނެވެ. ޑޮކްޓަރ ރާދާއަކީ ގައިނީއަކަށްވާއިރު އޭނައާއި ބައްދަލުކުރަންޖެހޭ ސަބަބެއް ޝަލީންއަކަށް ނުވިސްނުނެވެ.

ޝަލީންގެ ހިތުގައި ސުވާލު އުފެދިފައި ހުރެ ރާދާގެ ކޮންސަލްޓޭޝަން ރޫމްއަށް ވަދެލިއިރު ރާދާއިނީ ގޮނޑީގައި ލެގިލައިގެން ޝަލީންގެ ރިޕޯޓްސް ބަލާށެވެ. ޝަލީން ފެނުމާއިއެކު ވަދެ އިށީނުމަށް އެދުނީ ނުހަނު ބޮޑަށް ހިނިތުންވެލައިގެން އިނދެއެވެ.

“ވައިރަލް ފީވަރ އެއްދޯ…” ޝަލީން ރާދާއާއި ސުވާލުކޮށްލިއެވެ. އެއާއިއެކު ރާދާ ދެފަރާތަށް ބޯހޫރާލިއިރު އެ މޫނުމަތީވި ހިނިތުންވުން އިތުރަށް ފުންވިހެން ހީވިއެވެ.

“ނޫނޭ… އުފާވެރި ހަބަރެއް ދޭން އޮތީ… ކޮންގްރާ ޝަލީން ޔޫއަރ ޕްރެގްނެންޓް…” ޑޮކްޓަރ ރާދާގެ ޖުމްލައާއިއެކު ޝަލީންއަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގަތްހެންނެވެ. އޭސީގެ ފިނީގައިވެސް ޝަލީންގެ މޫނު ދަލުން ފެންވެރުނެވެ. ބޭއިހްތިޔާރުގައި ބަނޑުގައި އަތްޖައްސާލެވުނުއިރު ވާންވީ އުފާކަމެއް ނޫނީ ދެރަކަމެއް ޝަލީންއަކަށް ނޭނގުނެވެ.

ޝަލީންގެ ސިކުނޑި ހިނދުކޮޅަކަށް މަސައްކަތްކުރުން ހުއްޓާލުމަށްފަހު އަލުން މަސައްކަތްކުރަންފެށިއިރު ހިތާއި ހިތުން އަމިއްލަ މޮޔަކަމާއިމެދު ކުދިކިޔުނެވެ. އޭނަ ބަލިކަމަށް ހީކުރި ހުރިހާ ކަމަކީ އެކަމުގެ އަލާމާތްތައް ކަން އޭނައަށް ނަގައިވެސް ނުގަނެވުނީއެވެ. ކޮންމެ ފަހަރަކުވެސް ދުވަހަށްވެފައި މިފަހަރު ލަސްވެގެންދިޔުމުންވެސް އޭނައަށް އެކަން ފާހަގަނުކުރެވުނީ އެއްވެސް ކަމެއް ނުވިސްނޭފަދަ ހާލަތެއްގައި އެދުވަސްކޮޅު ހުރުމުންނެވެ.

އޭނަގެ ބަނޑުގައި އުފެދެމުން އެދަނީ މަޔާންގެ ނިޝާނެވެ. އޭނަގެ އެތެރެހަށީގައި ވިންދުންޖަހަމުން އެދަނީ މަޔާންގެ ލެއެވެ.

*** *** *** *** *** ***

ވިންޓަރބްރީޒްގެ ޗެރީވަކަރުން ހަދާފައިވާ ބިޔަ ދޮރު ހުޅުވާލައިފައި ވަތް ޝަލީން ސޯފާގައި އިށީދެ އޭނަގެ ފައިގައި ލައްވާފައިވާ ބޫޓްކިބަ ވަކިކޮށްލަމުން އެއްފަރާތެއްގައި ހުރި ރެކްގެ ތެރެއަށް ލިއެވެ. ރިފޯޓްއާއި އަތްދަބަސް ހިފައިގެން މައްޗަށް ދިޔުމުގެ ކުރިން ޝަލީންގެ މިސްރާބު ބެހެއްޓީ ޑައިނިންރޫމްއަށެވެ. ބިއްލޫރި ކާމޭޒުމަތީ އަތްދަބަހާއި ރިޕޯޓް ބޭއްވުމަށްފަހު ޝަލީން މޭޒުމަތީ ހުރި ބިއްލޫރި ކޫލަރުން ފެންތައްޓެއް އަޅަމުން މޭޒަށް ލެގިލައިފިއެވެ.

އެވަގުތު ދާދި ކައިރިން ހީލްއެއްގައި މީހަކު ހިނގާފައި އަންނަ އަޑުއިވިގެންދިޔައިރު ފަންކާގެ ވަޔާއިއެކު މޭޒުމަތީއޮތް ރިޕޯޓް ވަޔާއި ހޫރިގެން ދޮރާއި ދިމާލަށް ދިޔައެވެ. ޝަލީން ވަގުތުން ރިޕޯޓް ނަގަން ދޮރާއިދިމާލަށް ދިޔައިރު އޭގެ ކުރިން ދޮރާއި އަރާހަމަވި ރިހާނާ ގުދުވެލަމުން ރިޕޯޓް ނަގައިފިއެވެ. ޝަލީންގެ މޫނު ވަގުތުން ހުދުވެގެންދިޔައެވެ.

“ޕްރެގްނެންސީ ޓެސްޓް ޕޮޒިޓިވް… ޝަލީ ނުވެސް ބުނަމެއްނު ކޮންއިރަކު އިނގުނީ؟ ރިހާނާ ރިޕޯޓްކިޔާލަމުން އިސްއުފުލާ ބަލާލަމުން ޝަލީންއާއި ސުވާލުކޮށްލިއެވެ.

“މިއަދު…” ޝަލީންގެ އަރުތެރެއިން އަޑުނިކުތީ އުނދަގުލުންނެވެ.

“ހާދަ އުފާވެެރި ހަބަރެކޭ… ހައިޒަލްއަށް އިނގޭތަ؟ އަލްހާންއަށް ކޮންމެހެންވެސް މިހަބަރު ދެއްވަން ވާނެ…” ރިހާނާގެ މޫނަށް ގަދަކަމުން ވެރިކުރުވި އުފާވެރިކަމުގެ ކުލަވަރާއިއެކު ޝަލީންގެ ހަށިގަނޑުގައި ބައްދާލިއެވެ. އޭރު ޝަލީން ހިމޭންވީއިރު ބުނާނެ އެއްޗެއް ދުލަކަށް ނައެވެ. އެ ހަބަރު އިނގިގެން ހައިޒަލް އުފާނުވާނެކަން އޭނައަށް ދުވާލުގެ އިރު ފެންނަފަދައިން އިނގެއެވެ. ރިހާނާ މީޓިންއަކަށް ދާންޖެހިގެން ތަންކޮޅެއް ކުރިން ދިޔުމުން ޝަލީންގެ ހިތަށް ކޮންމެވެސް ވަރަކަށް ހަމަޖެހުމެއްލިބުނެވެ. ރިހާނާގެ ކުރިމަތީ އެންމެ ވަގުތުކޮޅަކުވެސް މަޑުކުރަންޖެހުނުނަމަ އޭނަގެ މޫނުގެ ކުލަވަރުފެނި ކަންކަން ރަނގަޅު ނޫންކަން ރިހާނާ ނަގައިގަތީހެވެ.

ޝަލީންގެ ބޯހާސްވާގޮތްވީއިރު އެއްޗެހި ބަދަލުކުރުމެއްވެސް ނެތި ބަގީޗާއަށް ނިކުމެލިއެވެ. ކުލަކުލައިގެ ފިނިފެންމާ ގަސްބޮނޑިތައް ކައިރީ ބަހައްޓާލައިފައިވާ ބެންޗްގައި އިށީދެ ޝަލީން މަޔާންއަށް މެސެޖެއް ލިޔުނެވެ. މަޔާން ފުރައިގެންދިޔަފަހުން ކަންތައްވެގެންދިޔަގޮތާއި އޭނައަށް މަޖުބޫރުވެގެން ހައިޒަލްއާއި ކައިވެނިކުރަންޖެހުނުގޮތް ތަފްސީލުކޮށް ލިޔުނެވެ. މަޔާންގެ ފުރައިގެންދިޔުމުގެ ކުރިން ދެޒުވާނުން ސިއްރުން ޕެންޓްހައުސްގައި ބައްދަލުކުރި ރޭގެ ހަނދާނެއް އޭނަ ބަނޑުގައި އުފެދެމުން އަންނަކަމަށް ލިޔުނުއިރު އެ މެސެޖް ފެނުމާއިއެކު މަޔާން އޭނަގާތަށް އަންނާނޭކަމަށް ޝަލީން ޔަގީންކުރިއެވެ.

*** *** *** *** *** ***

އިރުއޮއްސިގެން އައިރު ވިންޓަރބްރީޒްގެ ނޯކަރުން އަވަދިނެތި ހަރަކާތްތެރިވަމުން ދިޔައީ މިރޭ ބޭއްވޭ ހާއްސަ ފަރިއްކޮޅަށް ސުފުރާ ތައްޔާރުކުރުމުގައެވެ. މޭޒުމަތީ ތަށިތައް ފާޑުވެރިކަމާއިއެކު އެތުރެމުންދިޔައިރު ކާކޮޓަރިތެރޭ ހިފާލައިފައިވަނީ ތަށިތަށްޓާއި ސަމުސާތަށް ތެޅޭ އަޑެވެ. މަޑުމަޑުުން ރޭގަނޑުގެ ކެއުން ސުފުރާމައްޗަށް އަރުވަމުން އައިރު ކާއެއްޗެހީގެ ބަނޑުފުރޭހާ މީރުވަހުން މުޅިތަން އެއްފަސްވިއެވެ. ސީލިންގްގެ މެދުން ތިރިއަށް އެލިފައިވާ ވިދުންގަދަ ޗާންދަލިޔާއާއި ބިތްތަކުގައި ހަރުކޮށްފައިވާ ލެންޓަންތަކުގެ ހިތްގައިމު ރަން އަލިން އެތަންވަނީ އުޖާލާވެފައެވެ. ނޯކަރުން މޭޒުމަތީ އަތުރާލެވިފައި އުއްބައްތިތައް ދިއްލާލާ ބޮޑެތި ވާސްތަކުގައި ތާޒާ މާތަކަށް ދާންދެން ޖަހައިލައިފިއެވެ.

އަށެއްޖެހިތަނާ އިޝާރު އަޔާނާއާއި އެކީ ދުރުވިގޮތަށް އަލްހާންގެ ދެމަފިރިންނާއިއެކު ލިވިން ރޫމްއަށް ވަދެވަޑައިގަތެވެ. އޭރު ޝަލީންއާއި ހައިޒަލްވެސް މަޖުބޫރުވެގެން އެކުއެކީ އައިސް ގޮނޑިތަކުން ގޮނޑިއެއްގައި އިށީދެއްޖެއެވެ. މިރޭ ބޭއްވޭ އާއިލީ ބައްދަލުވުމުގެ ހަބަރު އިނގުނީއްސުރެ ޝަލީންގެ ހިތަކަށް ހަމަޖެހުމެއްނުލިބެއެވެ.

އޭނަގެ ސިއްރު ފާޅުވެގެންދާން މިއުޅެނީ އޭނަ ހީކުރިވަރަށްވުރެވެސް އަވަހަށެވެ. އެކަން އިނގިގެން ހައިޒަލްގެ ބޮލުގައި އިތުރު ޒިންމާއެއް އަޅުވާކަށް ޝަލީން ބޭނުމެއްނުވެއެވެ. އޭނަ ނިންމައިގެން ހުރީ މަޔާންއަށް އެކަން އެންގުމަށްފަހު ހައިޒަލްއަށް ހަގީގަތް އޮޅުންފިލުވައިދީފައި ހައިޒަލްގެ ދިރިއުޅުމުން ދުރަށްދާށެވެ. ނަމަވެސް މިފަހަަރުވެސް އޭނަގެ ޕްލޭނާއި އެއްގޮތަށް ކަންތައް ނުދާނޭކަމުގެ ކޮޅުމަތި ފެންނަންފަށައިފިއެވެ.

ތަށިތަކުގެ މަތިތައް ހިއްލަންފެށުމުން ކުޅުދިޔާވާފަދަ މީރުވަސް މުޅިތަނަށްފެތުރިގެން ދިޔައެވެ. އެންމެން ކެއުމަށް އިންސާފުކުރަމުންދިޔައީ ނުލާހިކު އުފާވެރި މާހައުލެއްގައެވެ. ވަކީން ހާއްސަކޮށް އިޝާރުއާއި އަލްހާން ހިނިތުންވެލައިގެން ތިބިއިރު ހުރިހާ އުފަލެއް ލިބިފައިވާފަދައެވެ.

“ދެއާއިލާއެކީ މިގޮތަށް ފެނުމުން ހިތަށް ހަމަޖެހުން ލިބޭވަރު ބުނެދޭކަށް ނޭނގެ… އަހަރެމެންގެ ކުދިންގެ ސަބަބުން އަހަރެމެން ގުޅުން އިތުރަށް ބަދަހިވުމަކީ ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުން…” އިޝާރު ނުހަނު ބޮޑަށް ހިިނިތުންވެލައިގެން އިނދެ ޝަލީންއާއި ހައިޒަލްއަށް ނަޒަރު ހިންގާލަމުން ވާހަކަދެއްކެވިއެވެ.

“ތިކަމުގެ އުފާވެރިކަން މިރޭ ފާހަގަކުރުން އޮތީ އެހެން އުފަލަކާއިއެކު… އިޝާރު މާގިނަ ދުވަސްތަކެއްނުވެ އަހަރެމެން މުސްކުޅިވެދާނެ…” އަލްހާން މޫނުމަތި މިރޭ އަލިވެފައިވާވަރުން ދެލޯވެސް ދިއްލިފައިވާހެން ހީވެއެވެ. އެ ޖުމްލަތަކާއިއެކު އިޝާރު އަލްހާންގެ މޫނަށް ބަލާލެއްވީ އެ ޖުމްލަތަކުން އަލްހާން ދޭހަކޮށްދޭން އުޅުނު މާނަ ނަގައިގަންނަން ނުކުޅެދުމުންނެވެ.

“އިޝާރުއަށް ސާބަސް… މިދައްކަނީ އަހަރެމެންގެ ޝަލީގެ ވާހަކައެއްނު…” ރިހާނާ އެ ހަބަރު އިއްވާލުމާއިއެކު އެންމެންނަށް އީދެއް އައިފަދައެވެ. އެންމެން މަރުހަބާ ކިޔަންފެށުމުން ހައިޒަލް ޖޫސްތަށި ބޮއިބޮއި އިނދެފައި ކޮށި އަރައިގަނެގެން ކެއްސަންފެށިއެވެ. ހައިޒަލްއަށް ލިބުނު ޝޮކްއާއިއެކު ރުޅިވެރި ކަމާއި ސުވާލުގެ ނަޒަރަކުން ޝަލީންއަށް ބަލައިލިއެވެ. އޭރު ޝަލީންއަށް އިނދެވުނީ ނޭވާ ހިފަހައްޓާލައިގެންނެވެ.

“ދަރިފުޅާ ރިނީ އެބުނީ ތެދެއްތަ؟ ދަރިފުޅު މަންމަ ގާތު ނުވެސް ބުނަމެއްނު… ހާދަ އުފާވެރި ހަބަރެކޭ… މަރުހަބާ މަންމަގެ ދަރިފުޅާ…” އިޔާނާ ގޮނޑިން ތެދުވެގެން އައިސް ޝަލީންގެ ހަށިގަނޑުގައި ބައްދާލިއެވެ. އޭރު ޝަލީން ހަރަކާތެއްކޮށްލުމެއްނެތި އިނީ ބުދެއްފަދައިންނެވެ. ޑައިނިންރޫމްއަށް ވެރިވެފައިވާ ފަނޑުއަލިކަން ޝަލީންގެ މޫނުމަތި ފެންވަރުވަމުންދިޔަ ކުލަތައް އެހެން މީހުންނަށް ފޮރުވުމުގައި މަދަދުވެރިވިއެވެ.

ގޮނޑި ދުރަށްކޮއްޕާލި އަޑާއިއެކު ހައިޒަލް ބަހެއްވެސް ބުނުމެއްނެތި ގޮނޑިން ތެދުވެ ޑައިނިންރޫމްއިން ނިކުންނަން ހިނގައިގަތެވެ. އިޝާރުއާއި އަލްހާންއަށްވެސް އެކަކު އަނެކަކުގެ މޫނަށް ބަލާލެވުނެވެ.

“ކުއްލިއަކަށް އިނގުނީމަ ވީގޮތެއްކަމަށްވާނީ… އަލްހާންއާއި އިޝާރު އުޅުއްވިވަރުން ހައިޒަލް ލަދުގަތިއްޔާ ދެރައެއްނު… ޝަލީވެސް މިއިނީ މަލެއްހެން މޯޅިވެފައި….” ތަނަށް ވެރިވެގެންދިޔަ ނުތަނަވަސްކަން ކަނޑުވާލަމުން ރިހާނާ ލުއި ލުއިކޮށް ހިނިތުންވެލައިފިއެވެ.

އެވަގުތު ޝަލީންވެސް މަންޒަރު ރީތިކޮށްލަންވެގެން އަލްހާންމެންގެ ފަރާތުން ހުއްދަ ނަގައިގެން ހައިޒަލްގެ ފަހަތުން ދިޔުމުގެ ބަހަނާގައި ލިވިންރޫމްއިން ނިކުމެއްޖެއެވެ.

“އަލްހާން މަޑުމަޑުން ކަންކަން ހަމަޔަކަށް އެޅެމުންދާކަމުގެ ހެއްކެއްނޫންތަ؟” އިޝާރު އަލްހާންއާއި ދިމާލަށް ބަލާލެއްވިއިރު އެ މޫނުމަތިން ނުތަނަވަސްކަމުގެ ނިޝާނެއްވެސް ފެނިއެއްނުލެއްވިއެވެ. ދެއެކުވެރިން އުފާފާޅުކުރައްވަމުންދިޔައީ ކަމުގެ ހަގީގަތް އެއްވެސް ވަރަކަށް ނޭނގިތިބެއެވެ.

*** *** *** *** *** ***

ހައިޒަލް ބެލްކަނީގެ ރެއިލިންގައި އަތްއަޅުވާލައިގެން ހުރިއިރު ދެއަތްތިލައަށް ބާރުކުރަމުންދިޔައެވެ. ދަތްކުނޑިވިކާލެވޭ އެންމެ ބާރަށް ދަތްކުނޑިވިކާލައިގެން ހުރިއިރު ރުޅިމައިިތިރިނުކުރެވިފައި ހުރިކަން ހާމަވަނީ އެ ދޮން މޫނު ރަތްވަމުންދިޔަ ގޮތުންނެވެ. ލޮލަށް ރަތްކުލަ ފާއްދަމުންދިޔައިރު ކަރުގެ ނާރުތައްވެސް ފުއްޕާލައިފައިވެއެވެ. އެ ލޮލުގައި އެކުލެވޭ އިންތިހާ ދަރަޖައިގެ ރުޅިވެެރި އަސަރުތަކާއިއެކު މުށްކަވާލެވިފައިވާ އަތަށް ބާރުކޮށްލައިގެން ހުރީ ތަދުވާހާ ބާރަށެވެ.

ރުޅިންގޮސް އަމިއްލަ ނަފްސު ކޮންޓްރޯލްނުކުރެވިފައި ހުރިއިރު މިވަގުތުވެސް ޝަލީން ވަރިކުރަން ބޭނުންވިއެވެ. އެންމެންގެ ތެރޭ ފަޞީހަތްކުރަން ހިތް އެދުނެވެ. ނަމަވެސް އެހެން ފަހަރުތަކާއި ހިލާފަށް އަންހެނުންޓަކައި ހަރުކަށިވެފައިވާ ހިތް އެހާ ރަހުމްކުޑަވުމަށް ދެކޮޅު ހެދިއެވެ. ނައިނާ އޭނަ ބަދަލުކޮށްލީ ހާދަ ބޮޑަކަށެވެ. ނައިނާ ސިކުނޑި ހިސޯރުކޮށްލިގޮތަށް ޝަލީންއަށް ރަހުމުކުރަން ސިކުނޑި މަޖުބޫރިވިއެވެ. ނައިނާއަށް ހާއްސަ ފަރާތަކަށް އޭނަގެ ފަރާތުން ކުޑަވެސް އަނިޔާއެއްދޭން ހިތް ނުރުހުން ފާޅުކުރިއެވެ. އެހެންނޫންނަސް އޭނަގެ ނިންމުންތައް ގުޅިފައިވަނީ ނައިނާގެ ފުރާނައާއެވެ.

“ކާކުގެ ދަރިއެއް؟” ޝަލީންގެ ފިޔަވަޅުގެ އަޑުއިވިފައި ހައިޒަލް ފަސްއެނބުރިބަލާލުމެއްވެސް ނެތި ބުނެލިއިރު އެއަޑުގައި ހަރުހަށިކަމެއްވިއެވެ. ޝަލީންގެ ދޫހަރަކާތްކުރަންވެސް ނުކުޅެދުނެވެ. ދެލޯބޮޑުކޮށްލައިގެން ހުރިއިރު އެތަށް އެއްޗެއް ހިތަށް އަރާ ފޭބިއެވެ.

“އަހަރެން މިއަހަނީ ޝަލީންގެ ބަނޑުގައި ތިއޮތީ ކާކުގެ ދަރިއެއްހޭ؟” ހައިޒަލްގެ ކަތުރު ކަށިގަނޑަށް ބާރުވެގެންދިޔައިރު ޝަލީންއާއި ދިމާލަށް އެނބުރުނުގޮތަށް ހަޅޭލަވައިގަތެވެ. ހައިޒަލްގެ ހަރުކަށި އަޑުން ކޮޓަރިތެރެ ގުގުމާލިއިރު ޝަލީންއަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ.

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Saraa

Level 910 Stories100 Comments100 Login500 Comments500 Login

I enjoy reading story since childhood.......Interested in writing since grade 7.

Other Articles

Previous

ކުށަކާ ނުލާ 9

Next

ބަދަލު ވި ހަޔާތް 1

Next
July 3, 2019

ބަދަލު ވި ހަޔާތް 1

Previews
July 2, 2019

ކުށަކާ ނުލާ 9

77 Comments!

  1. dhiraa wish says:
    July 3, 2019 at 12:04 am

    dear readers im so sorry for the late update… there was some problems with the network so i have to wait till connection is back.. i have uploaded it as soon as i can.. hope everyone will like this part too… feel free to comment.. next part on thursday night

  2. mulla says:
    July 3, 2019 at 12:05 am

    me first dhw… kiyaalafa comment kuraanan

    1. dhiraa wish says:
      July 3, 2019 at 4:06 pm

      congratulations on being first

  3. Aff says:
    July 3, 2019 at 12:07 am

    ❤️

    1. Aff says:
      July 3, 2019 at 12:49 am

      V reethi story… ???

    2. dhiraa wish says:
      July 3, 2019 at 4:09 pm

      thankss dear

  4. Hai says:
    July 3, 2019 at 12:17 am

    Hama bunaane ehcheh ves nethifa mi hury varah varah reethi finally things are getting back on the track dho haizal ah atleast truth igunas hih hama jeheyne dhira u knw what u r just awesome igey varah varah reethi ?????

    1. dhiraa wish says:
      July 3, 2019 at 4:11 pm

      thankss dear.. dhen madu madun hamayakah elhemun dhaanee.. thankss a lot for your support.. im so happy to see your comments ofently

  5. mulla says:
    July 3, 2019 at 12:32 am

    v salhi mi part vx… ????? hai n nainaa gulhuvabe dhn eyrun vaahaka maa reethi vaane ❤? gud nyt …

    1. dhiraa wish says:
      July 3, 2019 at 4:12 pm

      thankss dear.. naina aai gulhun e ee hai ge aih mathee oih kamehnu

  6. Areen says:
    July 3, 2019 at 12:32 am

    Vrh loabi mi vaahaka from 1 episode to this it was awsome.?really can’t wait to knw what’s gonna happen next.?btw your a gud writer keep it up dear..love it❤❤

    1. dhiraa wish says:
      July 3, 2019 at 4:13 pm

      thankss dear.. it means a lot to me.. im glad that you liked it.. keep waiting for upcoming parts to know more..

  7. Azuna says:
    July 3, 2019 at 1:06 am

    Haadha reechey mi vaahaka❤❤❤❤❤Mee mihaar ehme inthizaar kurevey vaahaka

    1. dhiraa wish says:
      July 3, 2019 at 4:14 pm

      thankss dear.. im so happy to hear that

  8. Positive thoughts says:
    July 3, 2019 at 1:17 am

    Masha Allah ❤️? it’s going the way I imagined…. Hehe.. midhiya part avves comment kurin ekam neiy comment jahaafa eh… Waiting impatiently ?

    1. dhiraa wish says:
      July 3, 2019 at 4:17 pm

      thankss dear.. kureege ep kiyaalaafa guess kohlee dho.. comment nufenunas kiyaalikan iguneema varah ufaaavehjje.. 49 vana bayaj kudakoh inthizaaru kohlaa

  9. ??‍? says:
    July 3, 2019 at 1:24 am

    Ahlhey vvvv rythi mi part❤️❤️❤️ Waiting for the next part??.

    1. dhiraa wish says:
      July 3, 2019 at 4:18 pm

      thankss dear… keep waiting for thursday night

  10. *M@!* says:
    July 3, 2019 at 2:10 am

    Maashaa allah❤❤❤❤?????

    1. dhiraa wish says:
      July 3, 2019 at 4:18 pm

      thankss dear

  11. Munni says:
    July 3, 2019 at 2:21 am

    Haadhahaava salhi ey mi part vx enme
    Salhi vaahaka mee?

    1. dhiraa wish says:
      July 3, 2019 at 4:20 pm

      thankss dear.. varah ufaavehjje ehaa bodah kamudiyaima

  12. Sid says:
    July 3, 2019 at 2:40 am

    Mibaives ehaame furihama. Varah reethi. Masha Allah dhira ge hunaruverikan varahves furihama ah dhahkuvaidhey vaahaka eh. Dhen oiyh bayah inthuzaarukuran. Ummeedhukuran avahah kiyaalan libeyne kamah

    1. dhiraa wish says:
      July 3, 2019 at 4:22 pm

      thankss dear.. varah ufaavehjee comment kiyaalaafa.. insha allah buni dhuvahah up kohlaanan

  13. nanaa says:
    July 3, 2019 at 7:09 am

    nice❤️❤️❤️

    1. dhiraa wish says:
      July 3, 2019 at 4:22 pm

      thankss dear

  14. Laalu says:
    July 3, 2019 at 8:02 am

    V tuff ingey dr… Hama fab dhn avahah saliy devorce kohlaashey buney hai gaathu…. Eagerly waiting for the nxt prt luv ya❤️❤️❤️❤️❤️❤️❤️❤️❤️❤️❣️❣️

    1. dhiraa wish says:
      July 3, 2019 at 4:24 pm

      thankss dear.. hai gaathu bunaanan ingey thihen.. keep waiting…. ly too

  15. Sha?? says:
    July 3, 2019 at 8:14 am

    Wow awesome… Haizal ah ingunee I knew it… Story hama habeys?????? waiting for next part

    1. dhiraa wish says:
      July 3, 2019 at 4:26 pm

      thankss dear.. guess kohleetha vaane goih.. varah ufaa vehjje vaahaka reethiveema.. keep waiting

  16. In@ says:
    July 3, 2019 at 9:01 am

    U made me so curious……

    1. dhiraa wish says:
      July 3, 2019 at 4:26 pm

      hehehe.. keep waiting for next ep

  17. Mary says:
    July 3, 2019 at 10:14 am

    Alhe haadha reehchey avass kohbala next part kiyaahithun moya vaavaru vey

    1. dhiraa wish says:
      July 3, 2019 at 4:27 pm

      thankss dear.. kudakoh kehkohlaa thursday ah

  18. Narugiss says:
    July 3, 2019 at 10:16 am

    Haadha reehcheyy

    1. dhiraa wish says:
      July 3, 2019 at 4:28 pm

      thankss dear

  19. Varah reethi says:
    July 3, 2019 at 10:59 am

    Adhikiriyaa vaahaka mi feshunee

    1. dhiraa wish says:
      July 3, 2019 at 4:28 pm

      yeah.. miulheny hama ragalhahves feshen

  20. shaa says:
    July 3, 2019 at 11:07 am

    wow..vvvv reethi mi part ves.Waiting for next Part

    1. dhiraa wish says:
      July 3, 2019 at 4:29 pm

      thankss dear.. keep waiting for thursday night

  21. Vkook says:
    July 3, 2019 at 11:36 am

    Boringgggggggggg???

    1. dhiraa wish says:
      July 3, 2019 at 4:30 pm

      dear can you tell me the reason why it is boring so that i can improve

  22. Kelaa says:
    July 3, 2019 at 11:54 am

    “Winter breezege cherry VAKARUN hadaafaiva bodu dhoru hilhuvaalumaffahu” mifada sifakurun thakakee ORUDHOO vaahathaku gai buneulhey goh. Miee tharujamaaeh mihaaru yageen

    1. dhiraa wish says:
      July 3, 2019 at 4:35 pm

      reader please dont judge the whole story by reading one phrase.. as i mentioned before its not a translation or a copy and im not a urudhoo story reader.. so there is no way me translating those since i have never read those.. that phrase was in my head from long time ago.. when i was first interested in this.. hope you got cleared..

    2. އަހަރެން says:
      July 3, 2019 at 6:07 pm

      hey dude thihaa urudoo vaahaka ehge tharujamaa akaa vahthariyya alhaanukiya molhu meehaa bunebala mee knvaahaka ehge tharujamaa ehkan… do u neet dnkeyo ari???????

  23. Hama bunelee says:
    July 3, 2019 at 1:49 pm

    Vaahaka vrh reethi ekm naina ge name change kohla dheyn v nun.. main role akaa e name ehaa nugulheythee hama bunelee

    1. True that says:
      July 3, 2019 at 2:43 pm

      Yes aslu vx main role akah nugulhey dhw

    2. dhiraa wish says:
      July 3, 2019 at 4:37 pm

      sorry dearss.. i can understand your point.. ekm vaahaka mi hisaabah aumah fahu dhira ah varah undhagoo vaane nan badhalukuran.. hope you will understand

    3. dhiraa wish says:
      July 3, 2019 at 4:37 pm

      thanks dear.. ufaavehje kamudhiyaima

    4. Hama bunelee says:
      July 4, 2019 at 4:47 pm

      Yeah its okey.. ?

    5. dhiraa wish says:
      July 4, 2019 at 4:52 pm

      dear thankss for being so understanding

  24. azker says:
    July 3, 2019 at 3:48 pm

    V.furihama amazing story….keep up the good work????♥️♥️♥️♥️♥️

    1. dhiraa wish says:
      July 3, 2019 at 4:38 pm

      thankss dear.. with the support of you all.. insha allah i will be going with this.

  25. ަައާތު says:
    July 3, 2019 at 4:08 pm

    dhen varah foohi shaleenves, emmenah olhuvaa laigen, mi haizalves adhi havaalu vaane dhariyaa ves , mayaan akah msg fenun kamakahves nuvaane.

    1. think says:
      July 3, 2019 at 6:09 pm

      dww.. bt keeh kuraanee liffe is cmplicated lets c how auther is going to slve it

    2. dhiraa wish says:
      July 4, 2019 at 4:45 pm

      aathu.. lets wait and see how the story continues.. hence its a heartbreaking love story im just bringing the complications which the characters face

  26. azker says:
    July 3, 2019 at 6:25 pm

    Every story has a happy ending I’m sure this will too…..have a faith in dhiraa

    1. dhiraa wish says:
      July 4, 2019 at 4:47 pm

      azker thankss for the support.. insha allah i wont bring a disappointing end to this

  27. Xyz says:
    July 3, 2019 at 7:49 pm

    Mi bai varah varah reethi. So very much looking forward for next part. Keep up the good work

    1. dhiraa wish says:
      July 4, 2019 at 4:49 pm

      thankss dear.. keep waiting for tonight

  28. jiji says:
    July 3, 2019 at 8:38 pm

    Dhiraa???…..Mi part vec vv rythi…I donno hw to describe aslugavec???????❤❤❤..Its amazing,Beautiful,Cute, Marevellous etc;??????????????????…Nd yuh made me curious ingey..jiji ge kehtherikan kolhunlany ey mihaaru??????..hehe..Btw I’m curiously
    Waiting for the next enge..Luw yuh to da moon N backu?????????????????❣❣❣❣??????????????

    1. azker says:
      July 3, 2019 at 10:20 pm

      Hey jiji azker aa rulhy tha.???????????

    2. dhiraa wish says:
      July 4, 2019 at 4:51 pm

      wow… such a colorful comment.. dear what am i supposed to say.. thank you for your support dear.. your one of my best reader.. its no nice to meet you oftenly.. jiji kudakoh kehkolaa.. hehehe.. luv you

  29. Mal? says:
    July 3, 2019 at 8:49 pm

    Mi part varah reethi ❤️❤️

    1. dhiraa wish says:
      July 4, 2019 at 4:51 pm

      thankss dear

  30. jiji says:
    July 4, 2019 at 10:03 am

    Nuuney darlinn..thihn heevec nukurey enge?..Shua kairii sis ge haalu ahaanulaa dhuvaheh nudhaane..Sis hangouts use kohba..So we can tlk???..Ok!!

  31. azker says:
    July 4, 2019 at 1:21 pm

    Aslu mi dhuvas kolhu varah busy 15 ga moc exam ovey v.time hoadh gen story ves mikiyany but i will talk to you….????

    1. jiji says:
      July 4, 2019 at 2:22 pm

      Okks.No prob?

    2. dhiraa wish says:
      July 9, 2019 at 10:16 pm

      good luck azker

  32. ASH says:
    July 4, 2019 at 6:34 pm

    I am dying to read next part.. next week our Moc vex starting so vvvv limited time.. but also I am seeking time only this story.. v nice story.. keep it up??

    1. dhiraa wish says:
      July 4, 2019 at 7:48 pm

      dear mihaaru upkohlaifin.. best of luck for your exams do well

  33. Shaa says:
    July 4, 2019 at 7:00 pm

    Today is Thursday

    1. dhiraa wish says:
      July 4, 2019 at 7:48 pm

      dear mihaaru upkohlaifin

  34. Heyo edhey says:
    July 4, 2019 at 7:18 pm

    Vaguthu ge beynun heyo gothuga hifaasheve. Beykaaru vaahaka liyan heydha kurumah vure dhe dhuniyeinves savaabaa dharuma libenivi kankan kurunmathee dhemithibey bayakahvamaathoa eve

    1. dhiraa wish says:
      July 4, 2019 at 7:52 pm

      varah ragalhu naseyhatheh… heyohithun gabool kohffin.. ekm ehjeh ithuru kohlan beynun.. konme meehakeeves alhukanthakaai zinmaathah adhaakurumah fahu hobby akah konmeves kameh kuraanee meeheh.. alhugadhuves mi kan kuranee e gothah.. vaguthu vaavarakun.. kiyavaa kujakah vaathee kiyevumu beyrun libey kuda vaguthu kolhuga

  35. Aiish says:
    July 4, 2019 at 8:12 pm

    Ehgothakaves hasadha verivegen jassaalan beynun vegen ulhumeh noon magsadhakee. Heyo baheh bunelumakee ves sodhagaatheh. Iraadhakurevviyyaa thi liyuntheriyaa ah maa raskalaange heyo visnun dhevvaashi. Adhi rangalhu ilmuveriyaku ariahun mikamaa gulhey gothun ahaa olhun filuvaanekamah ummeedhukuran. Hama gaimuves thikahala vaahaka liyumaa kiyumakee ves rangalhu kameh noon.

    1. dhiraa wish says:
      July 4, 2019 at 8:16 pm

      i blv on u… dhiraa ehvx haalehga nubunan aish thidahkanee gwws vaahaka ekey yeh… dhiraa bunee alhukamuge ehhfaraathun vaguthu heydakurumah haraan kamakah nuvaa knme kameh kurumah furusathu oih vaahaka.

Comments are closed.

Next Episodeބުނެދޭށޭ ރުހެމޭ 49←


All Right Reserved!