ނާއިންސާފް 19
އަޔާޒްގެ ފަހަތުން ގޮސް އަހަރެން ސޯފާގައި ޖައްސާލީމެވެ. ރިފާޝާ ހުއްޓުނީ ސްކްރީން ކައިރީއެވެ.
“މީ މިހާރު އަހަރެމެން ސްޕައި ކުރާ ދެމީހުން.” އަހަރެންނަށް ހީވީ މީހަކު އަހަރެން ބުރަކަށީގައި ޖެހީ ހެންނެވެ. ދެލޯ އަތަށް ނައީ ކިރިޔާއެވެ.
“ޖިހާން އެން އިބާނާ؟” ޤަބޫލު ކުރާނީވެސް ކިހިނަކުން ހެއްޔެވެ.
ލިބުނު ސިހުމާއިއެކު ސްކްރީން ކައިރިއަށް ދެވުނީ އިޚްތިޔާރުންވެސް ބޭރުގައެވެ.
“ޔާހް… ސޮރީ ޒިން، އެކަމަކު އެމްއެމްއޭ އަށް ބަޔަކު، މިދިޔަ މަހު ރިޝްވަތު ދީ، ފައިސާތަކެއް ހޯދައިފާވާކަމަށް ސާފު ހެކި މިއޮތީ..” އަޔާޒް އައިސް އަހަރެން ކައިރީ މަޑުކޮށްލަމުން، ބޮޑު ފައިލެއް ދައްކާލިއެވެ. އަހަރުމެން، ޕޮލިސް ސީކްރެޓް އެޖެންސީގައި ގެންގުޅޭ ކަހަލަ ކުޑަ ފައިލެއް ނޫނެވެ. ކެމިސްޓްރީ ފޮތްފޮތް ގުނަގުނައި ގުނަކޮށްލީމާ ވާވަރު ވާނެއެވެ. ދަސްކުރަން ހުރި އެއްޗިހި މަދު ކަމަށް އެ ކިޔާކަށް އަހަރެން ނުހަދަމެވެ.
“މިކަމުގަ ޖިހާން، އަހަރުމެންގެ ކޯޑު ނަމުން ނަމަ، ޕޮލިސް ސަސްޕެކްޓް ދޭއް….”
“ތިޔަށް ވުރެ ތާހިރު ވީސް ޅެން ބައިތެއް ކީ ނަމަވެސް..” ޖިހާންގެ ވާހަކައިގެ މެދުތެރެއިން އަހަރެން ބުނެލީމެވެ. މިމީހުންގެ މިހިރަ ބޮޑެތި ފޯރމިއުލަރތައް ދަސްކުރަން ވެއްޖިއްޔާ އަހަރެން މަރުވެދާނެއެވެ. މުޅިން ބޯ ހަލާކެވެ.
“އޯކޭ އޯކޭ… ތިހެންވިއްޔާ ‘އޭނަ’ ގެ އަތެއް މީގަ ވޭތޯ ޔަގީން ކުރަން މިއުޅެނީ… ހެއްކަކަށް އޮތީ ހަމައެކަނި، އެ އަންހެން ކުއްޖާޔާ ފޯނުން ދައްކާފައި ހުރި ވާހަކަ… އެޔަކުން ޔަގީނެއް ނުކުރެވޭނެ ދޯ…” ކޮމްޕިޔުޓަރ ކައިރިއަށް ޖެހިލަމުން އަޔާޒް ބުންޏެވެ. އަޔާޒް ކަހަލަ ރުޅި މަޑު، އަހަރެންގެ ޢަމަލުތަކުން އުނދަގޫ ނުވާ މީހަކާ ޖެހުން ކަންވެސް ހަމަ ނަސީބެވެ. މިހާރުވެސް ރިފާޝާ އެހުރީ ބޮލަށް ތުރާވެފައިކަން ޔަގީނެވެ.
އަޔާޒް އެޅުވީ، ފޯނު ލައިނުން ބަޔަކު ދައްކާފައިވާ ވާހަކަކޮޅެކެވެ. އިތުރަށް އަހަން ނުޖެހި އެއީ ކޯޗެއްކަން އަހަރެންނަށް ފަހުމްވިއެވެ. އެހެން ނޫނަސް، އެ ދެ އަޑަކީ އަހަރެންގެ ކަންފަތުން އެތަށް ފަހަރަކު އަހާ ބާ ކޮށްފައި ހުރި އަޑުތަކެވެ.
“ޖޭ ލޯބި، ޒަލް ބުނީ އެކޮޅުން އޯކޭ ވެއްޖެޔޯ…. އެކަމަކު އަދަދު މާ ކުޑަޔޯ..” އެއީ އިބާނާ ނޫން ދެވަނަ އެހެން މީހެއް ނޫނެވެ. އަދި މީނަ އުޅެނީ ޖިހާންވެސް ގޮވައިގެން ހެއްޔެވެ. ޖިހާންވެސް ދެން އުޅޭ ނުތާހިރު ގޮތެކެވެ. އަހަރެން ހީކުރީ، ޝިއުގަނޑެއް ގޮވައިގެން އުޅެނީ ވަރަށް ލޯބި ވާތީ ކަމަށެވެ. ހަނދާނަށް އައީ އެއްދުވަހެއްގައި، އަހަރެން އެލީޒާގެ ވާހަކަ ދެއްކުމުން، ޕްލޭޔަރެކޭ ކިޔާ ޖޯކު ޖެހި މަންޒަރެވެ. ތިމާ މީހާއަށް އުޅެވޭ ގޮތް ތާހިރު ކަމަށް ހެއްޔެވެ. މިމީހުން ދެފުށްކެހެރި ކަމުންވެސް ދިރިއުޅެވެން އެބެތްހެއްޔެވެ. ފިރިހެނުންގެ ނަމަށްވެސް ހުތުރެވެ.
“ލަވް ހާދަ ހާސްވެފަ… އޯކޭ ވާނޭ… ބުނެފީމެއްނު މަ މީ އެކްސްޕަރޓްއެކޭ… ނަގާ ވަރު ގިނަކޮށްލީމަ، އެމީހުންނަށް ގިނައިން ދެވިދާނެއްނު.. އަނެއްކޮޅުން ލަވް ބުނީމެއްނު، ދޮންތަގެ ބޭންކް އެކައުންޓުން ނަގާނަމޭ، ދެން ފަހަރަކުން…” އެއީ ހަމަ ޖިހާން ހެއްޔެވެ؟ ހަމަ އެ އަޑެވެ. އެ ރާގެވެ. ތަފާތަކީ އަހަރެން ދަންނަ ޖިހާންގެ މައުސޫމް ކަން ނެތުމެވެ. އަހަރެން ހިތުން އެއީ ހެއްދެވި އެންމެ ޤަވާއިދީ މީހާއެވެ.
“ކޭ… ބާއްވަނީ… މިރޭ ދިމާވާނެއްނު..”
އަހަރެންނަށް ވަދެވިފައި މިހުރީ ހަމަ ރަނގަޅު ތަނަށެވެ. މާލޭގައިވެސް، އެތެރެ އެތެރެއިން ފަނި ހަދާލާ މީހުން ފުނިފުނިން އުޅޭކަން ދަންނަމެވެ. ނަމަވެސް، އެކުވެރިންގެ އަނދިރި ފަރާތް، ހީވެސް ނުކުރާހާ ވުމުން، ދެން ބުނާނީވެސް ކީކޭ ހެއްޔެވެ.
“މި އަންހެން ކުއްޖާ… މީނަޔާ ދެކޮޅަށް ބައިވެރި ހެކި އެބަހުރި.. ކުރިން އެޅުވި އެއްޗާއެކު ތިން ފޯނު ކޯލް… އަދި ސީސީޓީވީ ފުޓޭޖެއްވެސް އެބައިން… ސިޑްނީގަ އުޅެ އުޅެފަ ރާއްޖެ ބަދަލުވީ..”
“މަ ނުބުނަމެއްނު އިބާނާ މަށަށް ކިޔައިދޭށެކޭ..” އަހަރެން ރިފާޝާގެ ވާހަކަވެސް މެދު ކަނޑާލީއެވެ.
ދެން މީ ކިހާ ދެރަކަމެއްހެއްޔެވެ. މިއުޅޭ އަންހެން ކުދިންނާ، އެމީހުންގެ ޢަމަލުތަކެވެ. އެމީހުން ކޮންމެ ގޮތަކަށް އުޅުނަސް އަހަރެންނަށް ވަރިހަމައެވެ. މައްސަލައަކީ އަހަރެންގެ ގާތް މީހުން ގޮތްގޮތަށް އުޅޭތީއެވެ.
“އޯކޭ… މިހާރު އާ ޕްލޭންއެއް ހަދަން ޖެހިފަ އޮތީ..” ގޮތަކަށް އަހަރެންނާއި ދިމާއަށް ބަލައިލަމުން ރިފާޝާ ބުނެލިއެވެ. ހީވާގޮތުން، އަހަރެންނަށް ނުރުހޭ އަންހެން ކުދިންގެ ލިސްޓަށް ދެ ނަން ހަމަވީއެވެ. ފުރަތަމަ ނަމަކީތޯއެވެ. އެއްކަލަ އަހަރެންގެ ފޮނި އީންގަނޑެވެ. ކުރާނީވެސް ކީތްހެވެ.
މަޝްވަރާކޮށް ޕްލޭން ހަދާލަން ރިފާޝާއާއި އަޔާޒް ނުހަނު މޮޅެވެ. އަހަރެންނަށް ޖެހުނީ އެމީހުން ދެއްކިހާ ވާހަކައެއް އަޑުއަހާށެވެ. ޙަޤީގީ މަސައްކަތެއް ލިބުނީ އެ ޕްލޭން ހަދާ ނިމުމުންނެވެ.
ސްޓަރ ޑަސްޓް ހޮޓެލް، މަޢާފްކުރާށެވެ. އަހަރެން އެތަނުގެ ސެކިޔުރިޓީ ހެކް ކޮށްލީ، ފާޑަކަށް މަޖުބޫރު ވެގެންނެވެ. ޖިހާންގެ މައުލޫމާތު ލިބޭނެ އެއަށްވުރެ މޮޅު ގޮތެއް ނެތުމުންނެވެ. އެހެންނޫނަސް، އެތަނުގެ ސެކިޔުރިޓީ ދަށްކަމުން އެތަން ހެކް ކޮށްލުން ވީ ހަމަ މެޓަޔަކަށެވެ.
“މިޔަދަށް ދެން ހނގާ ނިންމާލަން…” ހެކްކޮށްނިމުމުން އަޔާޒް ބުނެލިއެވެ. އަހަރެންނަށް އަރުވާލެވުނީ ކޮނޑެވެ. މިތަނުގައި އެއްވެސް ޑެސިޝަންއެއް ނެގުމަކީ އަދި އަހަރެން ކޮށްފައިވާ ކަމެއް ނޫނެވެ. ރިފާޝާ ބޯ ޖަހާލަމުން އެއްބަސްވެލުމުން، އަޔާޒް ދޮރާ ދިމާއަށް ދިޔައެވެ.
“މަޑު…. މާޒިން އަދި ސޮއި ނުކުރެއެއްނު..” ރިފާޝާ ބުންޏެވެ. އަހަރެންނާއ ދމާއަކަށްވެސް ނޫނެވެ. އަދި އަހަރެން އެއްޗެއްގައި ސޮއވެސް ކުރަންޖެހޭ ހެއްޔެވެ. އަޅެ ފިންގަރ ޕްރިންޓުނަގާނަމަވެސް ކީތްހެވެ.
އަޔާޒް އައިސް މޭޒުމަތީ އޮތް ފައިލަކުން ގަނޑުތަކެއް ހިފައިގެން އައިސް އަހަރެންނަށް ދނެވެ. އަދި ފުރަންވީ ތަންތަން ދެއްކިއެވެ. އަހަރެން ސުވާލެއް ކުރީ، އެކަމެއް ނމުނީމައެވެ.
“މީ ކީތް ކުރާ އެއްޗެއް…” އަހަރެން އެހީމެވެ. އެ ގަނޑުތަކަށް އިޝާރާތް ކޮށެވެ.
“އޯހް… މިތަނަށް ވަނީމަ ސެލެރީ ލިބޭނެއްނު… ސެލެރީގެ ބަދަލުގަ އަހަރުމެންނަށް ލިބޭނީ ހިއްސާ…. ކޮންމެ ކާމިޔާބީއާއެކު، އެ އިތުރު ވާނެ… އެހެންމަ މިތާ އުޅޭނީ ބޮޑެތި ޝެއަރ ހޯލްޑާރްސް ހުސްވެސް..” އަޔާޒް ކޮންމެވެސް ވަރަކަށް ކިޔައިދިނެވެ. ޤަބޫލުނުކުރެވިގެން ބަލާލާ ފަދަ ގޮތަކަށް ބަލާލަމުން އަހަރެން ބޯޖަހާލީމެވެ.
…………….
“ކައެ ގައިމު މައެ ދައްތަ އިންލޯ އާ ކަމެކޯ.”އަހާލަންވެސް ހަނދާންވީ، އެކި ވާހަކައިގައި ލޯންޗު ގޮސް މާލެއަށް ކައިރި ކުރިތަނާއެވެ. ކަންކަން އޮޅުން ފިލުވާލެވުނީހީވެސް އަހާލަން ހަނދާންވި ނަމަތާއެވެ. ހަމަ ބަދު ނަސީބީއެވެ.
ކުޑަކޮށް ދިމާކޮށްލާ، ކަންކަން އޮޅުން ފިލުވާލަން ބޭނުންވި ނަމަވެސް، ލެފުމުން، އަހަރެމެން ވަކިވީއެވެ. ކޮންމެވެސް ތަނަކަށް ދާންވެފައި އޮތުމުން އަޔާޒްއަށް މަޑުކުރެވެން ނެތީޔޯއެވެ. ގެއަށް ދާހިތް ނެތުމުން، އަހަރެން މިސްރާބުޖެހީ ހޮޓެލްއާއި ދިމާއަށެވެ. ގޭގައި އެއްވެސް މީހަކު ނޫޅޭނެތީ ދިއުމުގެ މާނައެއްވެސް ނެތެވެ. އެހެން ނޫނަސް ގެޔެކޭ ހޮޓެލްއެކޭ އަހަރެންނަށް ހުރި ތަފާތަކީ ކޮބާ ހެއްޔެވެ.
…………….
ކޮޓަރިޔަށް ވަންކަމެއް ނޭންގި، މީހަކު ދޮރުގައި ޓަކިޖެހިއެވެ. އެހެންޏާ އަންނަ ރުޅހި ނައީ، ރަނގަޅު މޫޑެއްގައި ހުރުމުންނެވެ.
“އޭ ބްރޯ.. ކޮން އިރަކު މާލެ ވަޑައިގެންނެވީ؟” ވީ އުފަލުން އަހަރެން ފާރަށް ދޮރު އެއްލައިލަމުން، ލުވެއިޒްއަށް އެތެރެއަށް ވަންނަން ޖާގަ ދެއްކީމެވެ.
“ރޭގަ… ދެފަހަރަކު އައިސިން ކައެ ހޯދަން…. އުޅޭ ކަމަކަށް ނުވޭ..” ލުވެއިޒް ގޮސް، ސޯފާއަށް ޖެހިގަތެވެ. އަބަދެކޭވެސް އެއްގޮތަށެވެ. ކަންނެތް މީހާގަނޑެކެވެ.
“ކަޑަ ކަމެއްވެގެން މި އުޅެނީ..” ސީރިއަސް ގޮތަކަށް ބަލާލުމުން، އަހަރެންނަށް ލިބުނީ ނުރައްކަލުގެ ސިގުނަލެވެ. ޢާންމުކޮށް ސީރިޔަސް މީހެއް ނަމަވެސް އެ ގޮތަށް ސީރިއަސް ވީތަން، ލުވެއިޒްގެ ފަރާތުން ފެންނާނީ، ކަންކަން ގޯސްވާނެ ވަރަކަށް ގޯސްވީމައެވެ. ވިސްނަން ވީ ގޮތެއްވެސް އަހަރެންނަކަށް ނުވިސްނުނެވެ.
ދޮރުގައި ޓަކި ޖަހާލި އަޑު އިވުނީ، އެއްޗެކޭ ނުބުނެވި އުޅެނިކޮށެވެ. އަހަރެން މަޑުމަޑުން ހިނގާފައި ގޮސް ދޮރުހުޅުވާލީމެވެ.
“ލުވެއިޒް ބުނެގެން މި އައީ…” ޝާންގެ މޫނުމަތިންވެސް ފެނުނީ ހަމަ އެހާސްކަމެވެ. އަވަހަށް އެތެރެއަށް ވަންނަން ތަން ދެއްކުމަށް ފަހު އަހަރެންވެސް ގޮސް އެމީހުން ކުރިމަތީ ޖައްސާލީމެވެ. ކިޔަން އެ އުޅެނީ ކީކޭހެއްޔެވެ. އިނގޭނީވެސް ލަސްނުކޮށް ކީމަ ނޫންހެއްޔެވެ.
“ދޮންތަ…..” ވާހަކަ ދައްކަންފެށީ ޝާންއެވެ. އަނެއްކާ ޝާނާއަށް ކިހިނެއްވީހެއްޔެވެ. ބޮޑުކަމެއް ނުވެ ލުވެއިޒް އެވަރަކަށް ހާހެއްނުވާނެއެވެ.
“ޝާނާއަށް ކިހިނެއްވީތަ؟” ވާހަކަ ކުރިއަށް ނުދިޔުމުން އަހަރެންނަށް ޖެހުނީ އަހާށެވެ.
“ބައްޕަ…. ބައްޕަ ބުނީ، މަހެއްތެރޭ، އިންނަންޏާ އިންނާށޯ… އެހެންނޫނީ…..” ލިބުނު ޚަބަރުން ލިބުނު ހައިރާންކަމަށް ވުރެ، އަހަރެން އަޑު އަހަންބޭނުންވީ ފަހު ބަޔެވެ. ވާނެ ގޮތެވެ. އަހަރެންނަށް އެނގިފައިވީ ގޮތުން އަޒީމްބެ އަކީ، ވަރަށް ހިތްހެޔޮ ރަނގަޅު މީހެކެވެ. އެއްވެސް ކަމަކަށް މަޖުބޫރު ކުރުވާކަމެއް ނުދެނަހުރީމެވެ.
“އެހެންނޫނީ…. އެހެންނޫނީ……… އިސާކްއާ އިންނަންވީއޯ..” ބުނަން ނުބުނަން ހުރެފައި، ޝަޔާން ޖުމުލަ ފުރިހަމަ ކޮށްލިއެވެ. އެއިރުވެސް ލުވެއިޒް، ތަނަކަށް ޖަހާފައި އިން މޮހޮރެއްހެން ހުއްޓިފައި އިނެވެ. ހަތް އަހަރު އެކުގައި އުޅުނު، ބައިވެރިޔާއާ ވަކިވާންޖެހުމުން، ހިތަށް އަސަރު ނުކުރާނޭ މީހަކު ވާނެހެއްޔެވެ. އީން އަހަރެންގެ މިލްކަކަށް ނުވާއިރުވެސް، ނުފެނި ހަފްތާއެއްވުމުން ވަނީ އަހަރަކަށެވެ.
“ޒިން….. މަށަކަށް އޭނަޔާ ނުލައި ނޫޅެވޭނެ… އޮތީ އެންމެ ގޮތެއް.. މި މަހު އިނުން… އެކަމަކު ކިހިނެއް ހުރިހާ ކަމެއް ހަމަޖައްސާނީ…. އެއްކޮޅުން ޝާ… ސަރުކާރު އެންމެ މަތީ އެކެއްގެ ދަރި… ދެން މަ.. މަޝްހޫރު ރިސޯރޓް ބިސްނަސް ގެ، ހެއަރ… ކުޑަ ޕަރޓީއަކުން ނުވެސް ފުދޭނެ… ކިހިނެއ މަ ކުއްލިއަކަށްދިގު ޗުއްޓީއެއް ހުސްކުރާނީ.. އަދި..” ލުވެއިޒްގެ އަޑުގައިވީހާސްކަމެވެ.
ކައިވެންޏެއް ކުރުމަކީ، ދެން މާ ބޮޑު ކަމެއް ނޫނޭ ހީވެދާނެއެވެ. އެންމެންނަށް އެއީ ހީކުރާހާ ފަސޭހަ ކަމެއްނޫނެވެ. ހަމަ ގައިމުވެސް، ލުވެއިޒްއަށް ފަސޭހައެއް ނުވާނެއެވެ. ވަލީމާ ބާއްވާނެ ރިސޯޓުން ކޮޓަރި ބުކް ކޮށްފައި ތިބި މީހުންނަށް އެމީހުން އެއްބަސް ވާ ތަނެއް ހޯދައިދިނުމާއި އެކު، މިވަގުތު ތިބި މީހުންވެސް ޖެހޭނީ ބަދަލު ކުރާށެވެ. ރަށުގައި ހެން ރައްޔިތުންނަށް ދައުވަތު ކާޑު ބަހާލުމަކުންވެސް ނުފުދޭނެއެވެ. ރާއްޖޭގައި ހެއްދެވިއްޔާ ހެއްދެވިހާ ޢިއްޒަތްތެރިޔަކަށް ދައުވަތު ދޭންޖެހޭއިރު، ބިސްނަސްގެ ހިއްސާދާރުންގެ ގޮތުގައި ތިބޭ، އެހެން ޤައުމުތަކުގެ މީހުން ނުގެނެސް ވެސް ނުވާނެއެވެ.
“ނޭންގެ، ކިހިނެއްވެގެން ކަމެއް އެހެން އެ ބުނީކީ. ދޮންތަޔަށް އަދި އެންމެ ތޭވިސް…. އެކަމަކު، އިސާކްއާ އެއްކޮށް މީހަކު ދިރިއުޅެން ހެޔޮ ނުވާނެ…” ޝާން ބުނެލިއެވެ. އަބަދު ތަޅާފޮޅިއެއް ކަމަކު، ޝަޔާންވެސް ޝާނާދެކެ އިންތިހާއަށް ލޯބިވެއެވެ.
ފަންސަވީހުގެ ކުރިން ކައިވެންޏަކަށް ދާން ލުވެއިޒް ބޭނުން ނުވާކަން އަހަރެންނަށް އިނގެއެވެ. ދިރިއުޅުމެއް ފެށޭނީ، ރަނގަޅަށް ބިސްނަސްގެ ކަންކަން ދަސްވެ، ދިރިއުޅުން ހަމައަކަށް އެޅުމުން ކަމަށް ޤަބޫލު ކުރާތީއެވެ. އެކަމަކު ޝަޔާން އެބުނާހެން، އިސާކް ކައިރިއަށް ޝާނާ ފޮނުވަން ހެޔޮނުވާނެއެވެ.
އަހަރެން ކައިރީ އިސާކްއަކީ ކާކުތޯ ނާހާށެވެ. އަހަރެން ދަންނަ އެންމެ މޮޅު ކުޅުންތެރިޔާއެވެ. މިޔާ މެންނަށްވެސް، އޭނަގެ ކޯޗަކަށް ނުވެވޭނެ ކަންނޭންގެއެވެ. އުޅުން ކިތަންމެ ގޯހަކަސް، ޝާ، ދެކުނީ އެއީ ބޭބެއެއް ކަމުގައި ކަން ޔަގީނެވެ. އަޒީމްގެ ދައްތަ، ޔޫރަޕް މީހަކާ އިނދެގެން ލިބުން ދަރިއެއްވީމައެވެ. އިސާކްގެ ދޮށީ އަންބަކީ، ކްރިސްޓިއަނަކަށް ވުމުން، ޝާ ކަހަލަ ކުއްޖެއްގެ ދިރިއުޅުން ވާނީ ހަލާކެވެ. އަޒީމްބެއަށް އެވަރުވެސް ނުވިސްނުނީހެއްޔެވެ.
ޝަޔާން އެދެމުން ދިޔައީ، ލުވެއިޒް ޝާނާއާއި ގުޅުމަށެވެ. އަހަރެން، ލުވެއިޒް އެދޭގޮތެއް ހެދުމަށް ބުނި ނަމަވެސް، ނުސީދާކޮށް ބާރު އެޅެމުން ދިޔައީ ޝާ އާއި ގުޅުމަށެވެ. ލުވެއިޒް، އަދި އެ ނިންމުން ނިންމަން ތައްޔާރު ނޫންކަން އިނގެއެވެ. ނަމަވެސް.. ނަމަވެސް ދިރިއުޅުމުގައި ކަންކަން ދިމާވަނީ، ގޮތްނިންމަން ފަސޭހަ ގޮތްގޮތަކަށް ނޫނެވެ. އެއްކޮޅުގައި ދިރިއުޅުމެވެ. އަނެއްކޮޅުގައި ބުރަދަނެއް ނެތް އެތައް ހުވަފެން ތަކެވެ.
………….
“އިށީންދޭ..” އަދަބުވެރި ކަމާއި އެކު ބުނެލަމުން، ކޮންސީޖް، އަހަރެމެންނަށް ގޮނޑި ދައްކާލިއެވެ. މާ ގިނައިރެއް ނުވެ އިތުރު މީހަކު އައިސް ފަހަތުން އައުމަށް ބުންޏެވެ.
މުޅި ދުވަސް، ޚިޔާލު ބަދަލު ކުރުމުގައި ހޭދަ ކުރުމަށް ފަހު، އެރޭ އަހަރެމެން ތިން މީހުން، ދިޔައީ އަޒީމްބެގެ، އެންމެ މަޝްހޫރު ހޮޓެލްއަށެވެ. ޝަޔާންގެ ފަރާތުން އެނގުނު ގޮތުގައި ބަޔަކާއި ބައްދަލު ކުރާނަމަ، އަޒީމް، ބައްދަލު ކުރާނީ އެތަނުންނެވެ.
މަތީ ފްލޯރގެ، ސޯފާގައި އިށީންދެލަމުން، އަހަރެން ވަށައިގެން ބަލައިލީމެވެ. އަނެއްދެމީހުން އައިސް އައިސް ބާ ކޮށްފައި ވިޔަސް އަހަރެން، އެތަނަށް އައި އެއީ ފުރަތަމަފަހަރެވެ. ފަރުމާ ކޮށްފައި ވިލެއްނުހަނު ފުރިހަމަ ނަމަވެސް، މާ ބޮޑު ހައިރާން ކަމެއް ނުލިބުނީ، މުއްސަނދި ދިރިއުޅުމަށް ހޭނިފައިވިލެއް ބޮޑުކަމުންނެވެ. މަހެއްގެ ދެ ކޮޅުން ޤައުމަކަށް ނުގޮސް ހިތުގައި ވިންދު ނުޖަހާއިރު، މި ފޮނި މާޒިންއަށް ފަސްތަރީގެ ހޮޓަލެއްގައި ނޫނީ، ނޭވާ ނުލެވޭނެއެވެ. އާނއެކެވެ. ހަމަ އެހާވެސް ފޮނިކަން ބޮޑީއެވެ.
ލުވެއިޒްއަށް ވެފައި ހުރި ވަރު ފެނިފައި މީހަކަށް ހެވޭހާވެއެވެ. ކަމުގެ ސީރިޔަސްކަން އެނގޭތީ، އަހަރެންނަށް ނުހެވުނީއެވެ. ސީރިޔަސް އޭ ބުނަން މި ޖެހުނީ، އަޒީމްބެ އަކީ، ނިންމާ ނިންމުމެއް ބަދަލު ކޮށްއުޅޭ މީހަކަށް ނުވާތީއެވެ.
ފިނިވެފައި ވި، ލުވެއިޒްގެ އަތުގައި އަހަރެން ހިފާލީ، ހިތްވަރު ދިނުމުގެ ގޮތުންނެވެ. މިހާވަރަށް ލުވެއިޒް ހާސް ވަނީ ކީއްވެކަމެއްއަހަރެންނަށް މާ ބޮޑަކަށް ނޭންގުނެވެ. ދެން ކައިވެނި ކޮށްލީމާ ނިމުނީ ނޫޫޫންހެއްޔެވެ. އެނގުނު ވަރަކުން ފުއްދާލައިގެން އަހަރެން ހުރީއެވެ. އެހޭ ކަހަލަ ހާލަތެއް ނޫންވީމައެވެ. އަހަރެން އަނގަ ހުޅުވާލައިފިއްޔާ، ކޮންމެ ފަދަ ޖުމުލައެއްވެސް ނިކުމެދާނެއެވެ.
ފިލާވަޅެއްވެސް، ދަސް ވެއްޖެވެ. ލޯތްބޭ ކިޔާ، މި ކުޅިވަރަކީ، ކުޅެވޭ ކަހަލަ ކުޅިވަރެއް ނޫނެވެ. ޕަބްޖީއަށް ވުރެ މޮޅަށް ދެވިހިފާއިރު، ސިނގިރޭޓުހާ، ދުރުވާން އުނދަގުލެވެ. ދެން އަހަރެން ކިޔާހާ އެއްޗެއް ޤަބޫލު ކުރާނެ ކަމެއް ނެތެވެ. ތަޖުރިބާއެއްވެސް ހުރި މީހެއް ނޫނެވެ. ގެންގުޅެވެނީ، ފާޑެއްގެ ޚިޔާލީ އީންއެކެވެ.
…………….
“ވަރަށް އުންމީދު ކުރިން ލުވެއިޒް، ބައްދަލު ކޮށްލަން އަންނާނެ ކަމަށް… އުފާވެސް ވެއްޖެ.” ވަދެގެން އައި އަޒީމްގެ އަޑަށް އަހަރެމެން ތިން މީހުންވެސް ބަލައިލީމެވެ. ލުވެއިޒް ފަނޑު ހިނިތުންވުމެއް ދިނެވެ.
“ގޮތެއް ނިންމިއްޖެ؟” އަހަރެމެންނަށް ކުރިމަތި ވާ ގޮތަށް އިން ސޯފާގައި އިށީނުމަށް ފަހު، އަޒީމް ފުން ނަޒަރަކުން ލުވެއިޒްއަށް ބަލާލިއެވެ. ލުވެއިޒް މަޑުމަޑުން އިސްޖަހާލީއެވެ.
“ބައްޕާ….. ދޮންތަ އަދި ބޭނުމެއްވެސް ނޫނެއް ނޫންތަ.. ގްރެޖުއޭޓް ވީ އިހަށް ދުހު… އަދި ޖޮބް ނުވެސް ފަށާ” ޝަޔާން ބުނެލިއެވެ.
“މީ އަހަރެންގެ ނިންމުން.. ލުވެއިޒް ގޮތެއް ނިންމާ. މިހާރު ވަރަށް ދުވަހު ކެތްކުރެވިއްޖެ… އުމުރު ދުވަހު އަހަރެންގެ އަންހެން ދަރިފުޅު ރަށްޓެހިވެގެން އުޅޭކަށް މަ ބޭނުމެއް ނޫން.. މިއަންނަ ހަފްތާ ހޮނިހިރުގެ ކުރިން، ރަންކިޔުމުގެ ކަންތައް ނިންމަން ޖެހޭނެ..” އަޒީމްގެ ރާގު މުޅިން ބަދަލުވެގެން ދިޔައެވެ. އެ މަޑުމައިތިރި މީހާޔާ ހަރުކަށި ގޮތް ނުވެސް ގުޅެއެވެ. އިތުރަށް މަޑުކުރުމެއް ނެތި، އަޒީމް ދިޔައީއެވެ.
ލުވެއިޒް އެއްޗެކޭ ނުބުނާތީ އަހަރެމެންނަށް ޖެހުނީ އެ ތަނުގައި ތިބޭށެވެ. ޝާން ދެފަހަރަކު ބުނުމެންވެސް ލުވެއިޒް ދާކަށް ނޫޅުނެވެ.
“މާޒިން……” ކުރެހިފައިވި އަޑަކުން ލުވެއިޒް ގޮވާލުމުން އަހަރެން ލުވެއިޒްއަށް ބަލައިލީމެވެ. “އެކުވެރި ކަމުގެ ޙައްޤުގައި އަހަރެން ބުނާ ގޮތް ހަދައިދީ…”
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
32 Comments!
Comments are closed.




Me first
Yep….. Congra sis
Ummmm
Reethi mi part ves
But my luvaiz crying ??????????
And that maaxin he language ???????? very funny
Waiting for next part
Hehe…. Drax nuroe… Faharehhga Hama drax ge aslu nan kiyaa kujjakaa ves ship kurevidhaanehhnu.. THANKU
Me sec dhw???..btw kiyaafa comment eh kohlaanan??????
Yep… Congra n thanks
Masha allah. Hey monsta.. Mi prt vc vrh reethi. Ehera Maaxin eh ge vaahaka dhehkumei dhw. Lol??
Oh poor luvaix dhw.. Alhey shifu ah vc roven eboolhe kanneynge. ? Wating for next part..
Hehe… Thankss shifu…. Varah vure moyaee eyy Maaxin…. Lol… Alhey nurohhcheyy… Wait for it.. insha Allah.. sixthga
namanama maaxin gaathu nubunaathi shaa aa innan eyrah maaxin ah vaany kihineh maaxin ge hithuga vany een
Hehe. Let’s hope she that ntn happen bad…. Maaxin akyy ehn myhun bunaahaa kamehh kuraa myhehh noon… But maaxin innaanamey bunefiyyaa October annandhn jeheyny wait kurann.. eighteen years veema ehnu indheveyny… You’ll see what happens…. THANKS
Maaxin….keevvve thihen thihedhiii….shaa aa neennnaathi pls…..uhuuun……uhuuuuunnnn………….uhuuuuuunn…uhhhhuuuuuunnnn…….. …???????????????????????????????????????????????????????????……maaxin aharendheke loabivaairu…..keevvve…….aaahh…keevvve hey…buney. …maaxin buney….keevvve aharen dheke loabivaairu shaa yaa innanv…..pls maaxin….???????????????? …….ehn nahadhabaa…..
Alheyy. Een love maaxin so much dhw. ??. Een alhe furathamainunves maaxin accept kuri nama. N don’t blame Maaxin. Lets team up and kill luveiz if heask something that would separate em. ??❤️
Maazinu..yuh ge talking??????..my favvv brww maazinn????☺☺☺???…Btw monsta the story is fabulous..Nd yuh became one of my fav nw..so Curious to knw watss gonna be happen next…Ly to the moon N back???❤❤❤???????????
Omg thanks jiji. Liyevun haa avahakah up kohdheynan Insha Allah ❤️
Omg.. mihaaru inthizaaru koh koh.. adhi nuves kiyan.. engey ekamu reethi vaane kan.. hehe.. Next part avas kollahchey
Sorry abt that. Schl kankamuga hama midhuvaskolhu busy iy. Monsta aanmukoh lite ulhenyy reygandu. Mihaaru schl ahh dhaa gadi avas veema nuliyevenyy. Vyvarakunn up kohdheynan Insha Allah. THANKS
Kon kamaku edhen eulheny??
Hehe. You’ll see. Next episode ga. ???
Vrh vrh salhi hama ?., you are the best.. kobaatha e foni foni Een gandu alhe hehe.. waiting ingey
Hehe. Mi episode ga een ge scene ehh neii dhww. Next episode ga maaxin n een ge scene ehh genesdheynan Insha Allah. THANKUU
When is next part??
Adhi yageen kohh bunaakahh neynge. Sixth ga Insha Allah
And v reethi mi part ves
Thanksss. ??
Monsta which Grade are u from??☺️☺️??????
Nine ???
Ohh one year dhw meekkomee kudha ee…??☺️☺️Hehehe
hehe.. So, meekkomee grade eight……
Vvv salhi
THANKSSS
Monsta did u use hangout??
Hehe no. ???