Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެދުވަސްތައް އަނބުރާ ލިބި ދާނެބާ 5

Mimmi7 Level 210 Stories100 Comments100 Login
July 27, 2019 4 Mins Read
25 Comments

“އެނގޭތަ ދެންމެ މަންމައަށް އެ ގުޅި ކާކުކަން…” ހަރުކަށި ރާގެއްގައި ހައްވަ ޒާޔާއާއި ސުވާލުކުރިއެވެ. ޒާޔާ ނޭނގޭއޭ ބުނުމުގެ ގޮތުން ދެފަރާތަށް ބޯ ހޫރާލިއެވެ. “ދެންމެ އެ ގުޅީ ޒާޔާގެ ކޮލެޖުގެ ޕްރިންސިޕަލް… ޕްރިންސިޕަލް ދެއްކީ ޒާޔާ ކުރި ކަންތަކުގެ ވާހަކަ… ކީއްވެތަ އެކުއްޖަ ގޮނޑީގައި އިންދައި ވައްޓާލީ…އަދި ކުއްޖަކު ހަމަ އައިސް ޒާޔާގެ ގޮނޑީގައި އިށީނެއް ކަމަކު އެހެން ހަދާކަށެއް ނުވާނެއްނު… މަންމައަށް ހީވަނީ ޒާޔާ ރީތި ގޮތުގައި އެކުއްޖާ ކައިރީ ބުނެލި ނަމަ ވެސް އެކުއްޖާ ތަދުވާނެހެން…  ބައްޕައަކީ ޕްރިންސިޕަލްގެ ރަޙުމަތްތެރިއެއް ނޫންނަމަ މިކަންތައް ބޮޑު ބުލީގެ ކޭސް އަކަށް ވީސްކަންނޭގެ… އެކުއްޖާގެ ޕޭރެންޓު މައްސަލަ ޖައްސައިގެން ޕްރިންސިޕަލް މަންމައަށް އެ ގުޅީ…” ރުޅިގަދަ ވެގެން ގޮސް ހައްވާ ހިވަނީ ދެންމެ ދެންމެ މުޅިތަން  ރޯއެ ކޮށްލަފާނެހެންނެވެ.

“މަންމާ އެއީ އަހަރެންގެ ގޮނޑިއެކޭ އޭނާ ނުޖެހޭނެ އަހަރެންގެ ގޮނޑީގައި އިށިންނަން” “ކޮލެޖުގައި ނުހުންނާނެ ޒާޔާގެ އެއްޗެއް ތިއީތަ އަހަރެން ޒާޔާ ދަސްކޮށްދިން ކަންތަކަކީ…” ރުޅިގަދަވެގެން ގޮސް ހައްވައަށް ރޮވޭގޮތްވިއެވެ. “މިބުނީނުން އެއީ އަހަރެންގެ ގޮނޑިއެކޭ… އެ ކުއްޖާގަނޑާ ނުޖެހޭނެ އަހަރެންގެ ގޮނޑީގައި އިށީންނަން… އެހެން ނޫނަސް މިއީ މަންމައާއި ބެހޭ ކަންކަމެއް ނޫން… އަހަރެން އުޅޭނީ އަހަރެން ބޭނުން ގޮ…. ރަންގަޅަށް ޖުމްލަ ފުރިހަމަ ނުކުރެވިގެން އުޅެނިކޮށް ހައްވާ އެ އާއި ބާރު މިނުގައި އައިސް ޒާޔާގެ ކޯތާފަތް މަތީ އެތިފަހަރެއް އަޅުވާލިއެވެ.

“ހައްވާ… ކިހިނެތް ވެގެންތަ ތިއުޅެނީ…. އެއީ އަދި ކުޑަކުއްޖެކޭ… ހައްވާއާއި ނުޖެހޭނެ އޭނަ ގައިގާ ޖަހަން” މަންޒަރު ބަލަން ވާނުވާގެ ތެރޭގައި ހުރި ފަވާޒް ދުވެފައި އައިސް ހައްވާ ހުއްޓުވިއެވެ. “އެ ކީއްވެތަ ނުޖެހެންވީ… އެއީ މަގޭ ވެސް ދަރިއެކޭ… މަށަށް އޭނަ ގައިގާ ޖެހުމުގެ ފުރިހަމަ ޙައްޤު އޮންނަން ޖެހޭނެ… ފަވާޒް އަކަށް އަޑު ނީވޭތަ ދެންމެ ޒާޔާ މަށާއި ވާހަކަ ދެއްކިގޮތް… މަމީ އޭނާގެ މަންމައޭ… ޒާޔާ އެހާ ވަރުވެފައި ވެސް އެހެރީ ހަމަ ތި ފަވާޒްގެ ސަބަބުން… ޒަޔާ ބޭނުންވާހާ އެއްޗެއް ހޯދައިދީގެން ބުނީ ފަހުން ބުނިހާކަމެއް ކޮށްދީގެން  ގެންގުޅުނީމަ ވާގޮތް މިފެންނަނީ… ޒާޔާއަކީ މިހާރު ކުޑަކުއްޖެއް ނޫން އެވަރު އެނާއަށް ވެސް ވިސްނޭނެ” ޒާޔާ ދެކެ އައިއްސަ ހުރި ރުޅި ހައްވާ ބޭލީ ފަވާޒްއަށެވެ.

އިތުރަށް މައްސަލަ ބޮޑު ނުކުރަން ވެގެން ހައްވާ ރޮމުން ރޮމުން ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ. އަދި އެތެރެއަށް ވަނުމަށް ފަހު ދޮރު ތަޅުލިއެވެ. “ހައްވާ… މި ދޮރު ހުޅުވާބަ…އަދި އަހަރެން ވާހަކަ ދައްކާ ނުނިމޭއޭ” ފަވާޒް ދޮރުގައި ބާރު ބާރަށް ޓަކި ތަޅަންފެށިއެވެ. އެންމެ ފަހުން ހައްވާ ދޮރު ނުހުޅުވާނެކަން އެނގުމުން  ފަވާޒް ސޯފާގައި ބާރު ބާރަށް އޭނާގެ އަތުން ޖެހުމަށް ފަހު ގެއިން ނިކުންނަން ދިޔަ ވަގުތު ދޮރުމަތީގައި ދެންމެ ހިނގައިދިޔަ ކަންތައްތައް ބަލަން ހުރި ސަމާގެ ގައިގާ އަޅައިގަނެފަ ވެއްޓުނެވެ. ބިންމަތިން ތެދުވެ ގައިގާ ހުރި ވެލިތައް ފޮޅަލަމުން ފަރުވާކުޑަ ރާގަކަށް ސޮރީ ބުނެ ލުމަށްފަހު ސަމާއަށް ބަލާވެސް ނުލައި ފަވާޒް ގެއިން ނިކުމެގެން ދިޔައެވެ.

“ތޭންކްގޯޑް، ސަމާއާއި ކަން ހަމަ ނަސީބު… އެނގޭތަ މަންމައަށް ދެންމެ ބަސްޓުވީ އަހަރެން އެ ބަނާޔާ ދި ބަނާނާ ގޮނޑިން ވައްޓާލިކަން… އޭނާގެ ޕޭރެންޓުން މައްސަލަ ޖެއްސީޔޯ… ހުރެބަ މާދަން ކޮލެޖަށް ގޮއްސަ ރީތި ކުޅިއެއް ދައްކާލާނަން އެ ބަނާޔާއަށް… ހައު ޑެއާރ ޝީ ކޮންޕްލެއިން އެބައުޓް މީ” އަދިވެސް ޒާޔާ އުޅުނީ ބަދަލް ހިފޭތޯއެވެ. “ޒާޔާ ވަޓް ދަ ހެލް އިސް ރޯންގް ވިތް ޔޫ… ޒާޔާގެ މަންމަ އެދިޔައީ ޒާޔާގެ ސަބަބުން ރޮމުން… އަޅެ ހަމަ ޒާޔާގެ ހިތަށް އެއްވެސް އެއްޗެއް ނާރާތަ… ޒާޔާ ހީނުވޭ ކަމެއް ވެގެން އުޅޭހެން ވެސް… ތި ހަށިގަނޑު ތެރޭގައި އޮތީ ހިތެއްތަ ނުވަތަ ހިލަ ގަނޑެއްތަ… މަންމަ ރޮއްވާ ދެރަކޮށް ހަދާ ދަރިއަކަށް ސުވަރުގޭގެ ވަސް ވެސް ނުލިބޭނެ… އެންމެ ކުޑަމިނުން މާއަފަށްއެދުނީކީ ވެސް  ނޫނޭ” ސަމާ މިއޮތް ހުރިހާ އިރު ހިތު ތެރޭގައި ހިފަހައްޓައިގެން ހުރި ވާހަކަތައް ބޭރުކޮށްލިއެވެ.

“އޯހް ޕްލީޒް…. މިއަދު މިހާރު ވާވަރަށް ޑްރަމާ ބެލިއްޖެ… އަނެއްކާ ސަމާ މަށަށް ލެކްޗާ އަޅަން އުޅޭނެ ކަމެއް ނެތް…. މިހާރަކަށް އައިސް ސަމާ މާ މައްޗަށް އުދުހެން ފަށައިގެން ތިއުޅެނީ… ފިޔަތައް ކޮށާލަންވީ ދޯ… ހިޖުރަ ނޯޅީބަލަ… ކަލޭއަށް މިއޮތް ހުރިހާ ދުވަހު ކޮށްދިންހާއި ކަމެއް ކޮށްދީފައި އޮންނާނީ އަހަރެން” ޒާޔާ މޫނު ކުނިކޮށްގެން ހުރެ ބުނެލިއެވެ. “ޒާޔާ މިއޮތް ހުރިހާ ދުވަހު އަހަންނަށް ކޮށްދިން ކަންތައްތަކަށް ޝުކުރިއްޔާ… އެކަމަކު ދެން އަހަރެން ބޭނުމެއް ނޫން ޒާޔާއާއި ވާހަކަ ދައްކަން… ތިހާ ފޮނި އަދި އަމިއްލައެދުން ބޮޑު މީހެއް އަހަރެން ދުވަހަކު ވެސް ނުދެކޭން… ތި ގޮތަށް އުޅެގެން ޒާޔާއަށް ޙަޔާތުގައި ދުވަހަކުވެސް އުފާވެރިކަމެއް ނުލިބޭނެ…  ޒާޔާއަށް އުޅެވޭ ގޮތުންނާއި ކުރެވޭ ކަންތައްތަކުގެ ސަބަބުން ރޯންޖެހޭނެ ދުވަހެއް އަދި އަންނާނެ… މިހިސާބުން އަހަރެމެންގެ ގުޅުން މި ނިމުނީ” މީހެންކިޔާ ސަމާ އެގެއިން ނިކުމެގެން ދިޔައެވެ. އޭރު ވެސް ކަރުނަތައް ސަމާގެ ދޮން ކޯތާފަތުގައި ބޮސް ދެމުން ދިޔައެވެ. ސަމާ ދެރަވަނީ އެންމެ ކުޑައިރުށްސުރެ ފެށިގެން ވެސް އެއްކޮށް އުޅެމުން އައި ރަޙުމަތްތެރިޔާއާއި ދުރުވާންޖެހުމުންނެވެ. ރުޅިއަންނަނީ ހަމަ އެ ރަޙުމަތްތެރިޔާ ގެ ސަބަބުން ހައްވާ ރޯން ޖެހުމުންނެވެ.

ސަމާގެ މަންމަ ވަނީ ސަމާ ވިހެއުމުގެ ތެރޭގައި ނިޔާވެފައެވެ. އޭރު ސަމާގެ ބައްޕަ އަޙުމަދު ތުއްތު ތުއްތު ސަމާ ގޮވައިގެން ދިޔައީ އޭނާގެ އެންމެ ގާތް އަދި އެންމެ އިތުބާރު ކުރާ ރަޙުމަތްތެރިޔާ ހައްވާ ގާތަށެވެ. ހައްވާ ހިތްހެޔޮކަމާއި އެކު ސަމާ ބެލުމުގެ ޒިންމާ ނެގިއެވެ. ސަމާ ބޮޑުވެ ރަނގަޅު ސޯލިޙު ދަރިއަކަށް ވުމުގެ ފަހަތުގައި ވަނީ ހައްވާގެ އަތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ހައްވާ ސަމާއާއި ދޭތެރޭ ކަންތައް ކުރާލެއް ރަނގަޅު ކަމުން އޭނާ އަބަދު ވެސް ހައްވާ ދެކެ ވަރަށް ލޯބިވެއެވެ. ހައްވައްތަ ކިޔެއް ކަމަކު ސަމާ ދެކެނީ ހައްވާއަކީ އޭނާގެ މަންމަގެ ގޮތުގައެވެ. ވީމާ ހައްވާއާއި ދިމާލަށް މީހަކު ކިޔާނެހާއި އެއްޗެއް ކިޔަންދެން އޭނާ ބަލަން ހުންނާނީ ކިހިނެއް ހެއްޔެވެ.

“އައިއޭމް ޖަސްޓް ފެޑް އަޕް ވިތް ދިސް ލައިފް” ސަމާ ދިއުމުން ޒާޔާ އަމިއްލަ މީހާއާއި ވާހަކަ ދެއްކިއެވެ. އަދި އެ ބޮޑު ގޭގެ ތިންވަނަ ބުރީގައި ހުންނަ އޭނާގެ  ކޮޓަރިއަށްވަނެވެ. ޒާޔާގެ ކޮޓަރި ޒީނަތްތެރި ތެރި ކުރެވިފައި ވަނީ އޭނާ ބޭނުންވާ ގޮތަށެވެ. ފާރުތަކުގައި ލެވިފައިވަނީ ބޭބީ ޕިންކްއެކެވެ. ތަޅުންގަނޑު އެޅިފައިވަނީ ހުދުކުލައިގެ މުށިންނެވެ. އެނދުގައި އޮތް ކިންގްސައިޒްގެ މަޑު އަދި އޮށޯވެގެން އޮންނާން ފަސޭހަ ގޮދަޑިއެއްގަ ހުދުކުލައިގެ ބެޑްޝީޓެއް އަޅާފަވެއެވެ. ބާލީހާއި ރާޖާ ހުރީ މަޑު ފިޔާތޮށި ކުލައެއްގައެވެ. ކޮޓަރީގެ ކަނެއްގައި ޒާޔާ ކިޔަވަން ސްޓަޑީ ޓޭބަލް އެއް ހުއްޓެވެ. ސްޓަޑީ ޓޭބަލްގެ މަތިން ފާރުގައި ފޮތްތައް ބަހައްޓަން ވަތްގަނޑުތަކެއް ހަރުކޮށްފައި ހުއްޓެވެ. ފާޚާނަ ހުންނަނީ ކްލޯސެޓްގެ އެތެރޭގައެވެ. ޒާޔާގެ ކްލޯސެޓް ވެސް ކޮޓަރި ވަރުވެއެވެ. ކްލޯސެޓްގެ އެތެރޭގައި އޭނާގެ މޭކަޕް ސާމާނުތަކާއި، ހެދުންތަކާއި، ދަބަސްތަކާއި، ބޫޓުތަކާއި އަދި މިނޫންވެސް ބައިވަރު ސާމާނުތަކެއް ހުއްޓެވެ. ކޮޓަރި ތެރެއިން ބޭރަށް ނިކުމެވޭގޮތަށް ބެލްކަންޏެއް ހުއްޓެވެ. ބެލްކަނީގައި ވެސް ލެވިފައިވަނީ ފިޔާތޮށިކުލައިގެ ފަރުދާ ތަކެކެވެ.

ފެންވަރާއިގެން ނިކުމެ ހެދުމެއް ލުމަށް ފަހު ޒާޔާ އެނދުގައި އޮށޯވެލީ ވެފައި ހުރި ވަރުބައްޔެއްގެ ބޮޑު ކަމުންނާއި މިއަދު ހިންގައި ދިޔަ ކަންތައްތަކުގެ ސަބަބުން ސިކުނޑިއަށް ކުޑަ ލުޔެއް ދިނުމަށެވެ. ސައިޑް ޓޭބަލް މަތީގައި އޮތް ފޯނު ނެގުމަށް ފަހު ޒާޔާ ނަންބަރަކަށް ޑައިލް ކޮށްލިއެވެ. “ހަލޯ… ނައިރާތަ…” ފޯނުނެގުމުން ޒާޔާ ސުވާލު ކޮށްލިއެވެ. “އާން އަހަރެން… ކިހިނެތްތޯވީ” ނައިރާ ޖަވާބު ދިނެވެ. “މިއީ ޒާޔާ… ނައިރާ އެބަ ޖެހޭ އަހަންނަށް ވަރަށް ބޮޑު ކަމެއް ކޮށްދޭން…” “އެހެންތަ އެ އަނެއްކާ ކޮންކަމެއްތަ” “މިއުޅެނީ މާދަން ރޭގައި އަހަރެންގެ ފްރެންޑެއްގެ ބާރތުޑޭ އޮންނާތީ ހެދުމެއް ފަހާދޭށޭ ބުނަންވެގެން” ޒާޔާ ބުނެލިއެވެ. ނައިރާއަކީ ރާއްޖޭގައި ނަން މަޝްހޫރު ޑިޒައިނަރެކެވެ. “ތީމްއަކީ ޑިޒްނީ ޕްރިސޭސެސް… ދެން އަހަރެން މި ވިސްނަނީ ބެލްއަށް ވާން… އަހަންނަށް އެނގޭ މިހާ ވަގުތު ކުޑަތަން ވެފައި އޮތްވާއި ބުނީމާ ނައިރާއަށް ވަރަށް އުނދަގޫ ވާނެކަންވެސް… ބަޓް ސްޓިލް، ނައިރާ ޕްލީޒް އަހަންނަށް މިކަންކޮށް ދީބަ… ޕްލީޒް… ޕްލީޒް” ޒާޔާ މައުުސޫމް ރާގަކަށް އާދޭސް ކުރަންފެށިއެވެ. “އޯޯކޭ… އޯކޭ ޒާޔާ ބުނި ކޮންމެ ކަމެއް ވެސް އަހަރެން ކޮށްދޭނަަން” މަޑު ހުނުމަކާއިި އެކު ނައިރާާ ބުނެލިއެވެ. “ތެންކިޔު، ތެންކިިޔު ސޯ މަޗްް” ޒާޔާ އުފަލުން ގޮސް މަލެއްް ހެން ފޮޮޅުނެވެެ.

ފޯނު ކަނޑާލުމަށް ފަހު ދެން ޒާޔާ ގުޅީީ ޒިޔާންއަށެވެ. “ހޭޭ ބޭބީީ” ކުރިންް ވާހަކަަ ދެއްކީ ޒިޔާންއެވެެ. “ހާާއިި، މިގުޅީީ ޒިޔާން މާދަންރޭޭ ޕާޓީއަށް ދާއިރު ލާއެއްޗެއް ބަލާލަން ވެގެން…” ޒާޔާ ތުއި ގޮތަކަށް އަހާލިއެވެ. “އަހަރެން ވާނީ ޕްރިންސްް އަކަށް… އެކަމަކު…” އެހާ ހިސާބުން ޒިޔާންއަށްް އެ ޖުުމްލަ ފުރިހަމަ ނުކުރެެވުނެވެ. “އެކަމަކުު ކިހިނެތްްވީ…” ޒާޔާ ސުވާލު ކޮށްލިއެވެ. “ޒާޔާ ކީއްވެތަ އެެ ރިޔަޝާގެ ޗެލެންޖް އެކްސެޕްޓު ކުރީ… އޭޭނާ މޮޅުވިއްޔާ އަހަރެން ޖެހޭނީ އޭޭނާއާއި ކިސް ކުރަން… އެން ޔޫނޯ ހައޮޮ މަަޗް އައި ހޭޓް ހާރ” ޒިޔާން ވަރަށް ދެރަވެފަައި ބުންޏެވެެ. “ޑޯންޓް ވޮޮޮރީ، ޒިޔާންއާއި ނުނެހޭނޭ އެ ރިޔާާޝާގަނޑާއި ކިސް ކުރަންް… އަހަންނޭ މޮޅުވާނީ… އެހެން ނޫނަސް ޒިޔާންއަށް ހީވޭތަ އަހަރެންް ޒިޔާންގެ ތިި ތުންފަތަށް ކިސް ކުރުމުގެ ޗާންސްް އެހެންމީހަކަށް ދޭޭނެހެން… އެއީ މަަގޭ ހައްޤެއް… ތި ތުންފަތަށް ބޮސް ދިނުމުގެ ހުއްދަ އޮންނާނީ ހަމައެކަނި އަހަންނަށްް” ޒާޔާ މަސްތީ ރާގަކަށް ބުނެލިއެވެ. އެގޮތަށް ދެމީހުން ވާހަކަ ދައްކަން ތިއްބާ ޒާޔާގެ ކަންފަތުގައި އަޑެއްޖެހުނެވެ. މީހަކު ލަވަ ކިޔާއަޑެވެ. އެއަޑު އަންނަނީ ބެލްކަންޏާއި ދިމާލުންނެވެ. “ޒިޔާން އަހަރެން ދެން ދަނީ ބައި” ޒިޔާންގެ ޖަވާބަކަށް ބެލުމެއްނެތި ޒާޔާ ފޯނު ކަނޑާލިއެވެ. އަދި އެންދުން ތެދުވެ ބެލްކަންޏާއި ދިމާލަށް ދުއްވައި ގަތީ އެ ލަވަ ކީޔަމުންދާ އަޑަކީ ކޮން އަޑެއް ކަން އެނގޭތީއެވެ.

…ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Mimmi7

Level 210 Stories100 Comments100 Login

I am a girl who loves to read and write stories since I was a small girl. Now I am 15. I have a special interest on writing love stories hope you'll like all my stories??

Other Articles

Previous

ބުނެދޭށޭ ރުހެމޭ 60

Next

ބުނާށެ ލޯބި ނުވަނީހޭ……48

Next
July 27, 2019

ބުނާށެ ލޯބި ނުވަނީހޭ……48

Previews
July 27, 2019

ބުނެދޭށޭ ރުހެމޭ 60

25 Comments!

  1. Mimmi7 says:
    July 28, 2019 at 1:25 am

    Assalam Alaikum?? I hope u guys will lyk this part too… Feel free to comment n pls let me know if there are any mistakes ?????luv u all❤️❤️❤️

    1. Mimmi7 says:
      July 30, 2019 at 11:32 am

      Hehe… ??? Thihen nubuney nxt partga vx inshallah jiji ah first libeythoa Mimmi dua kuraanan ??

  2. jiji says:
    July 28, 2019 at 4:38 am

    Me first dhw??????..v rythi mi bai vec..next adhi miahvure vec dhigukohlaathi ingey..waiting ❤❤❤???

    1. Mimmi7 says:
      July 28, 2019 at 11:05 am

      Jiji ur vry lucky ?? abadhu first dhw libenee…. Thanks vrh ufaa vejje jiji ah mibai reethi veema ❤️❤️❤️? n ya nxt part miahvure dhigu kohlaanan….

    2. jiji says:
      July 28, 2019 at 6:20 pm

      Hehe..Mimmi esfeenaa alhaifiyyaa yageen dhn nulibeyne..LOL???

    3. Mimmi7 says:
      July 30, 2019 at 11:33 am

      Hehe ??? thihen nubuney nxt partga vx inshallah jiji ah first libeythoa Mimmi dua kuraanan ????

  3. Rai says:
    July 28, 2019 at 9:25 am

    Masha Allah varah reethi.When next???

    1. Mimmi7 says:
      July 28, 2019 at 11:14 am

      Thanks Rai???nxt part inshallah vrh avahah up kohlaanan ??❤️Ly

  4. Anonymous says:
    July 28, 2019 at 11:32 am

    My story miee readers ge medhu maafolhuvan liyaa story eh tha thivaru thanfukeh bodu myhaaru????

    1. Mimmi7 says:
      July 28, 2019 at 12:56 pm

      Sorry… I couldn’t understand what ur trying to say ?if u didn’t lyk my stry dhn I am sry?? pls tell me what I should improve ??n ya one more thing Mimmi ehvx reader akaa may nufolhuvan… I am just being friendly with them… That’s it

    2. Sher_07 says:
      July 30, 2019 at 7:57 am

      Excuse me why are u being so rude and also plzz dhevana faharaku vess balailaagen comment kurun Edhen coz mi site ah Varah Baivaru meehun vadhey so comment kurumuge kurin thankolheh balailaagen ehen meehun get feelings ah balaafa comment kohfiyya rangalhu vaane??

  5. Mimmi7 says:
    July 28, 2019 at 12:57 pm

    Maa*

  6. Nayyikko? says:
    July 28, 2019 at 7:54 pm

    Zaayaa Vrh rude komme akas?.. and btw Vrh Salhi ?
    Still waiting for the next part ❤️?

    1. Mimmi7 says:
      July 28, 2019 at 7:56 pm

      Dhw Zaaya is really rude adhi Kuriah oii thaanga faharehga Zaaya rangalhu vx vedhaane let’s see what happens ?? ❤️❤️?

  7. Meekkomee says:
    July 29, 2019 at 12:26 am

    Varah reethi ????? ❤️❤️??whn is next part Mimmi7?????

    1. Mimmi7 says:
      July 29, 2019 at 8:00 am

      Thnxxxxxx?? nxt part vrh avahah inshallah…. ??

  8. Ryn says:
    July 29, 2019 at 8:54 am

    V. Salhi ingey mives.. Good luck ❤️❤️❤️

    1. Mimmi7 says:
      July 29, 2019 at 9:42 am

      Thnx vrh ufaa vejje Ryn ah mibai vx Reethi veema????

  9. Cute heart ❤️❤️❤️❤️❤️ says:
    July 29, 2019 at 10:02 am

    Mashaa Allah mi part ves obi eyy buniyas hehe good job besto❤️❤️❤️❤️????

    1. Mimmi7 says:
      July 29, 2019 at 11:09 am

      Shukuru vrh bodah❤️❤️?

  10. Shadha^_^ says:
    July 29, 2019 at 11:40 am

    Mi story varah reethi…..
    Waiting for the next part?
    I hope“ Zaaya” ragalhu vaane kamah ☺️

    1. Mimmi7 says:
      July 30, 2019 at 11:09 am

      Thanks Shadha???? nxt part inshallah vrh avahah up kohlaanan… Let’s see what happens with zaayaa??

  11. Sher_07 says:
    July 29, 2019 at 10:31 pm

    Love it keep it up♥️❤️

  12. Naiiikkko says:
    July 31, 2019 at 6:48 pm

    Still waiting for the next parrttt…??‍♀️and miss u alot❤❤?

    1. Mimmi7 says:
      August 1, 2019 at 1:30 pm

      Awwwwn my darlin miss u toooo?????vrh ufaa vejje thihaa dhuru hure vx stry kiyaalaafa comment kohleema??? miss u more and LYSM❤️❤️❤️❤️

Comments are closed.

Next Episodeއެދުވަސްތައް އަނބުރާ ލިބި ދާނެބާ 6←


All Right Reserved!