“ހައިލާއަކީ ކިހާވަރެއްގެ މީހެއްކަން އިނގުނީމަވެސް ހައިޒަލް ހަމަ ތިވަރުވާނޭތަ؟ ރިހާނާ ވެއްޖެއްޔާ ހައިޒަލް ބެލި… އެކަމު އޭނައަށް އިނގުނީ ދަރިއެއްލާލައިފައި ފިލަން… އަލިފާންގަނޑުގެ ތެރެއަށް ދަރިއެއްލާލައިފައި އަމިއްލަ ފުރާނައާއިގެން ފިލާ ރައްކާވީ ލޯބިވާވަރު ބޮޑުކަމުންތަ؟ ދަރިކުލުނު ބޮޑުކަމުން މިވީހާ ދުވަހުވެސް ދުނިޔޭގައި ހުރިތޯވެސް ބަލާނުލީ… ދެންވެސް އުޅޭތި މަންމަ ވަރެއް ނެތިގެން…” ހައިޒަލް ހައިލާއާއި ދެކޮޅަށް އަނބުރާލަން އަލްހާން ބޭނުންކުރީ އެންމެ ނުބައި ހަތިޔާރެވެ. އޭނަ ގަތާލި ދޮގު ބަސްތަކުން ހައިޒަލްގެ ސިކުނޑިއަަށް ވިހަލީއެވެ. އެބަސްތަކުގެ ވިހަކަން ހައިޒަލް ސިކުނޑިއަށް އެންމެ ފުރިހަމަައަށް ވާސިލްވީކަން އިނގުނީ އެ ބަސްތައް އަޑުއަހާނެހާ ހިތްވަރުނެތިގެން ހައިޒަލް ހަޅޭލަވައިގަތްގޮތުންނެވެ.
“ހުއްޓާލާ… މަންމައޭ ކިޔައިގެން އިތުރަށް އެއްވެސް އެއްޗެކޭ ނުކިޔާތި…” ހައިޒަލް އަލްހާން ދިމާލަށް އެނބުރި ގޮތަށް އަޑުގަދަކޮށްގަދަތެވެ. އެވަގުތު ހައިޒަލްގެ ލޯމައްޗަށް ސިފަވެގެންދިޔައީ އޭނަ ރޮއެ ރޮއެ ހުއްޓާ ދުވެފައި ދުންތަކުގެ ތެރެއިން އަންހެނަކު ގެއްލިގެންދިޔަ މަންޒަރެވެ. ހައިޒަލް އަރުތެރޭ އަޑުތާށިވިއިރު ހަށިގަނޑުގެ ހަރަކާތް މަދުވެ ހުއްޓުން އެރިއެވެ.
”ނޫން…” ހައިޒަލް ސިކުނޑިގައި އެތައް ހާސް ބަރުދަނެއް ހުރި މަންޒަރުތަކެއް އައިސް ޖެހިގަތްއިރު ހައިޒަލްއަށް އެއްލެމުންކަހަލަގޮތަކަށް ފަހަތަށް ޖެހެވުނެވެ. އޭރު އަލްހާންގެ މޫނަށް ވެރިވެފައިވާ ހިނިތުންވުން ހައިޒަލްއަށް މަލާމާތްކުރާފަދައެވެ. ހައިޒަލް ފަަހަތަށް ޖެހެމުންދިޔަގޮތަށް ޑައިނިން ރޫމްއިން ނިކުމެ ދުވެފައި ސިޑިން އަރައިގެންދިޔައެވެ.
ހައިޒަލް ނިކުމެގެންދިޔުމާއިއެކު އަލްހާން ގޮނޑިއަށް ތިރިވިގޮތަށް ދެއަތުން ބޮލުގައި ހިފަހެއްޓެވިއެވެ.
“އަލްހާން ހައިޒަލްގެ ހަނދާންތައް އަންނަނީކީ ނޫންތަ؟ ދޮގުހަދާ ހައިޒަލްއަށް އޮޅުވާލައިގެން އުޅެވޭނީ ކިހާ ދުވަހަކު…” ރިހާނާ ހުރީ ފިނިވެފައެވެ. ހައިޒަލް ހޮސްޕިޓަލުން އެނބުރިއައިފަހުން ހައިޒަލްގެ ފަރާތުން ފެންނަމުންދާ ބަދަލުތަކުން ރިހާނާގެ ހިތުގައި ޝައްކުތައް އުފައްދާފައިވެއެވެ. އެދުވަހުން ފެށިގެން އޭނައަށް ހައިޒަލްގެ ފަރާތުން މަދުން ނަމަވެސް ފެންނަމުންދިޔައީ ޒެލްގެ އުޅުމެވެ. އެހަރަކާތްތަކެވެ. ހައިލާގެ ބަސްތަކުން ފަހުމްވިފަދައިން ހުރިހާކަމެއް ބޮއްސުންލާން އުޅޭކަމުގެ ކޮޅުމަތި ފެންނަން ފެށީކީ ނޫންބާވައެވެ؟
“މޮޅުއެއްޗެކޭ ކިޔައިގެން އަހަރެން ބޯހާސްކުރަން އުޅޭނޭކަމެއްނެތް… މިހުރިހާކަމެއްމިވަނީ ރިހާނާއާއި ހެދި… ހައިޒަލްއާއި މެދު ދަރިއެއްފަދައިން ދެކޭށޭ ބުނީމަވެސް ދޮން އަމަޔަކާއި ތަފާތެއްނެތެެއްނު… މީހަކު އެއްޗެކޭ ކިޔައިގެންވެސް އޭނައަށް ޝައްކެއްނުވީސްދޯ ރިހާނާ ރަނގަޅަށް ކަންތައް ކުރިނަމައެއް… ދެން އޭނަ މައިތިރިކުރަން އަހަރެން ޖެހޭނީ ހައިލާ ދުނިޔެއަށް ގެންނާކަށްނު… ނޫނީ ބުނަންވީ ހައިލާ މަރުވީ އޭނަ ސަލާމަތްކުރަން އުޅެނިކޮށޭތަ؟ ހައިލާ އަމިއްލަ ފުރާނަ ނުރައްކަލަށް ވައްޓާލީއޭތަ…” ރިހާނާގެ އަތްފޮޅުވާލަމުން އަލްހާން ތެދުވެ ރިހާނާގެ މޫނަށް ބަލާލީ އަލިފާނުގެ ނަޒަރަކުންނެވެ. އޭނަގެ މަސައްކަތުން އެންމެ ފަހުން އަތްދޮވެލަންޖެހޭނީ ރިހާނާގެ ސަބަބުންކަން ޔަގީނެވެ. ހައިލާ ފުރާނަނެތް ހަށިގަނޑުގައި ދޮގު ތުހުމަތެއް އަޅުވާއިގެން އޭނަ ހައިޒަލް މައިތިރިކޮށްލިޔަސް ހަޤީގަތް އިނގޭއިރަށް ހައިޒަލް ހަމައިން ނައްޓާނެއެވެ. ނަމަވެސް އެ ވާހަކަތަކަށްފަހު އިތުރު ކަންތައް ކޮނެނަގަން ހައިޒަލް ފަސްޖެހޭނޭކަމަށް އަލްހާންއަށް ޔަގީންވެއެވެ. އެކަމުން އޭނަގެ ހިތަށް ހިސާބެއްގެ ހަމަޖެހުމެއް ލިބިފައިވެއެވެ.
ހައިޒަލް ޓެރެސްއަށް އެރިގޮތަށް ހަރަކާތެއް ނެތިފައި ހުރިިއިރު އޭނަގެ ސިކުނޑިވެސް އޭރު އޭނަައަށް އަލްހާންގެ ބަސްތަކަކީ ހަޤީގަތެއްކަން އަންގައިދީފިއެވެ.
އޭނަގެ އުމުރުން ހައަހަރުވަންދެން މަންމަގެ މަގާމު ފުރަމުން އައިސްފައި މަންމަ އޭނަ އެއްލާލައިފައި ފިލީއެވެ. ދޮންމަންމައާއި ތަފާތެއްނެތެވެ. މިއަދު އަމިއްލަ ފައިމައްޗަށް ތެދުވެވުމަށްފަހު އޭނަ މަންމަ ހޯދަން އުޅެންވީ ކީއްކުރަން ހެއްޔެވެ؟ އެއީ އަލިފާންގަނޑުތެރެއަށް ރަހުމެއްނެތި އޭނަ ދޫކޮށްލައިފަައި ފުރާނަ ސަލާމަތްކުރަން ފިލި މަންމައެވެ. ވީއިރު އެއަންހެންމީހާގެ ހިތުގައި އޭނައާއިމެދު ކުލުނުގެ ޒައްރެއްވެސް ނޯންނާނެއެވެ. މަންމަ އެލަފްޒަކީ ހައިޒަލް ފޫހިވާ ލަފްޒަކަށްވިއެވެ. މަންމައާއި ދޮންމަންމަގެ ގޮތުގައި ތަފާތުކުރުމުގެ ބޭނުމަކީ ކޮބާހެއްޔެވެ؟ އޭނަގެ ދޮންމަންމަ ރިހާނާއާއި މަންމަގެ ތަފާތެއްނެތެވެ. ހައިޒަލްގެ ހިތުގެ ޒަހަމްތައް އާވެގެންދިޔައިރު މަންމައާއިމެދު ހިތުގެ އުފެދުނީ ނަފްރަތުގެ ދިލަހޫނެވެ. މަންމަގެ ލޯބި ނުލިބި ގަނެތެޅެންޖެހުނީތީ ކުށްވެރިކުރެވުނީ ބަނޑުއަޅާވިހޭ މައިމީހާއެވެ. އޭނަގެ މަންމައަކީ މައާފު ހައްގުވާވަރަށްވުރެ ބޮޑު އަނިޔާވެރިއެއްކަމަށް ނިންމުނެވެ. ހައިޒަލްއަށް ނުވިސްނުނީ އެ މަންމަ އޭނަގެ ފުރާނަ ސަލާމަތްކުރުމަށް އަމިއްލަ ހިތުގެ އަޑަށް ބީރުކަންފަތެއް ދެމުން ވީ ގުރުބާނީގެ ބޮޑުކަމެވެ. އޭނަ ދޫކޮށްލުމަށް މަންމައަށް މަޖުބޫރުވީ ސަބަބެވެ.
*** *** *** *** *** ***
ޝަލީން ޑްރެސިން ޓޭބަލްގެ ކުރިމަތީހުރެ ރީތިވިއެވެ. ގަޔަށް ހެޔޮވަރުކޮށްލައިފައިވާ ކަކުލާއި ހަމަޔަށް އަރާ ކްރީމްކުލައިގެ ހެދުންކޮޅު ޝަލީންއާއި ނުހަނު ގުޅެއެވެ. ހުދުކުލައިގެ ރޭދާއިން ޖަރީކޮށްފައިވާއިރު ކަރުން ފެށިގެން ތިރިއަށް ގޮށްފައްޗެވެ. ޝަލީން އިސްތަށިގަނޑުގައި ފުނާއަޅާލަމުން ފަހަތަށް ދޫކޮށްލިއެވެ. ކަޅިރަވަ ވަށައިގެން އަނދުން އަޅާލުމުން ލޮލުގެ ޖާދުވީކަން އިތުރުކުރުވިއެވެ. ތުންފަތުގައި ލިފްސްޓިކް ޖައްސަން ހުރެފައި ޝަލީން ފަސްއެނބުރިބަލާލިއެވެ. އޭރު ހައިޒަލް ކޮޓަރިއަށް ވަނީއެވެ. ކޯޓު ބާލަމުން ހައިޒަލް ވޯޑްރޯބް ތެރެއަށް ވަދެގެންދިޔައިރު ޝަލީންއަށް ބަލަހައްޓައިގެން ހުރެވުނީ އެރޭގެ ކަންތަކާއި ބެހޭގޮތުން ހައިޒަލްއާއި ސުވާލުކުރަން ބޭނުންވީވަރުންނެވެ.
“އައިމް ފައިން… އިނގޭ ޝަލީ ކިއުރިއަސްވާނެކަން… އައި ހޭވް ފީޓީއެސްޑީ… ދޭތެރެއަކުން އުނދަގޫތައްވާނެ…” ވޯޑްރޯބްއިން ނިކުމެގެން އަންނަމުން ހައިޒަލް ވާހަކަދެއްކިއެވެ.
“ޓެލްމީ…” ޝަލީން އަޑުއަހާ ހިތްވިއެވެ.
“މިހާރުތަ؟ ގަނޑި ޖެހެނީއެއްނު… ހިނގާ.. ދަމުން ކިޔައިދޭނަން…” އަތުގައި އަޅާފައި އޮތް ރޮލެކްސް ގަނޑިއަށް ނަަޒަރެއް އެއްލަމުން ހައިޒަލް ބުނެލިއެވެ. އަދި ކާރުގެ ތަޅުދަނޑި ނަގަމުން ބޭރަށް ހިނގައިގަތެވެ.
ކާރުގައި ދުއްވާފައިދަމުން ހައިޒަލް އޭނަގެ މާޒީގެ ބައެއް ވާހަކަތައް ޝަލީންއަށް ކިޔައިދިނެވެ. އުމުުރުން ސާދަ އަހަރުގައި އޭނައަށް ހުވަފެންތައް ފެންނަން ފެށިގޮތެވެ. ފަހުން ލޯމައްޗަށް މަންޒަރުތައް ތަމްސީލުވެގެން އަންނަފެށުމުން އެކަމުގެ އުނދަގޫތައް ތަހައްމަލްކުރަންޖެހުނުގޮތެވެ. އިޒްކާންގެ ފަރާތުން ލިބުނު އެހީތެރިކަމެވެ. ނަމަވެސް އޭނަގެ މަންމަގެ ވާހަކައާއި ހަނދާންތައް އައިވާހަކަ ޝަލީންއަށްވެސް ސިއްރުކުރިއެވެ.
*** *** *** *** *** ***
ހައިޒަލް ޓެރެސްއިން ފައިބައިގެން އަންނަނިކޮށް ފެނުނީ އަޒުރާ ސިއްރު ކޮޓަރިން ނިކުމެ ދޮރުލައްޕާލިތަނެވެ. ހައިޒަލްގެ ނިއްކުރިއަށް ރޫއެރިއެވެ. އޭނައާއި ޝާދީންއަށް ވަނުމުގެ ހުއްދަ ނެތް ކޮޓަރިއަކަށް އަޒުރާއަށް ވަދެވުނީތީ ހިތުގައި ސުވާލު އުފެދުނެވެ. އަޒުރާ ދެފަރާތަށް ނަޒަރު ހިންގާލަމުން ކުރިއަށް ހިނގައިގަތުމާއިއެކު އެރުނީ ހައިޒަލްގެ ކުރިމައްޗަށެވެ. އަޒުރާ ސިހުނުކަން އިނގުނީ މޫނަށް ވެރިވިކުލަވަރުންނެވެ. ވަގުތުން ތެޅިގަނެފައި އަތުގައި އޮތް ތަޅުދަނޑިފަތި ހެދުމުގެ ތެރެއަށްލާ ފޮރުވިއެވެ.
“އެ ކޮޓަރީގައި އޮތީ ކޯއްޗެއްތަ؟” އަޒުރާގެ ފަހަތުން ފެންނަން ހުރި ކޮޓަރިއަށް ނަޒަރެއްދެމުން ސުވާލުކުރިއެވެ. މިގޭތެެރޭގައި ހުރިހާ ބަޔަކަށް ވަދެ އުޅުމުގެ ހުއްދަ އޭނައަށް ލިބިފައިވާއިރު އެ ބަޔަށް ވަނުމުގެ ހުއްދަ ނެތީތީ އޭނަގެ ބޮލުގައި ރިއްސަނީކީ ވަކިވަރަކަށްނޫނެވެ. އަދި އެތަން ތަޅުލާފައިހުންނާތީ އެތަނަށް ވަދެގަންނަ ހިތުން އޭނަގެ ކެތްތެރިކަން ކޮޅުންލަނީއެވެ.
“އެއްޗެއްނޫނޭ ދަރިފުޅާ… ސާފުކޮށް ފޮޅާލަންވެގެނޭ ދައްތަ މިވަނީ…” އަޒުރާގެ މޫނުމަތިން ފެންވަރުވާލީ ކަންބޮޑުވުމާއި ހާސްކަމާއިއެކު ހައިޒަލް އެ ކޮޓަރިއަށް ވަދެފާނެއަތީ ހާސްވެފައިހުރިކަން ރީތިކޮށް މޫނުމަތީން ފާޅުވިއެވެ.
“ކީއްވެތަ އަބަދު އެކޮޓަރި ތަޅުލާފައި ހުންނަނީ…” ހައިޒަލް ހުރީ ފުލުފުލުގައި ސުވާލުކޮށްގެންވެސް އަޒުރާގެ ފަރާތުން ޖަވާބުހޯދަން ނިންމައިގެންނެވެ.
“މަންމަ ނުބުނޭތަ ދަރިފުޅުގެ ބައްޕަގެ އޮފީސް ސާމާނު ހުންނާތީއެކޭ… ބައްޕަ ނުރުހިލައްވާ ކަމެއް ދަރިފުޅު ނުކުރައްޗޭ… އަލްހާން ރުޅި އިސްކުރައްވައިފިއްޔާ ކިހާ ދެރަ… ތިރިއަށް ގޮސްލަން ދައްތަ މިދަނީ… ހަވީރު ސައިގެ ވަގުތުވެސް ގާތްވަނީއެއްނު…” އަޒުރާ އެއްނޭވާއިން ވާހަކަތައް އަމުނާލުމަށްފަހު ހައިޒަލްގެ ފަރާތުން ސަލާމަތްވާންވެގެން އަވަސް ފިޔަވަޅުތަކެއްގައި ހިނގައިގަތެވެ. ހައިޒަލްއަކީ ހުށިޔާރު ކުއްްޖެކެވެ. ކަމެއްގެ ހިލަންވެއްޖެނަމަ އެކަމެއް ހޯދަން މަސައްކަތްކުރާކަން މިހާތަނަށްވެސް އަޒުރާއަށް ފާހަގަކުރެވިފައިވެއެވެ. އެހެންނޫނަސް މިހާރު އެއީ 5 އަހަރުގެ ޒެލްއެއްނޫނެވެ. 27 އަހަރުގެ ފުރާފުރިހަމަވެފައިހުރި ޒުވާނެކެވެ. ކަންކަމަށް ލޯވެސް ހުޅުވޭނެއެވެ. އެހެންނޫނަސް ކަމެއް މާގިނަ ދުވަހަށް ސިއްރުކުރަން އުޅެފިނަމަ އެކަމެއް ހޯދުމަށް ޝައުގުވެރިވުމަކީ އިންސާނާގެ ތަބީއަތެވެ.
އަޒުރާ އަވަސްއަރުވާލާފައި ހުރެ ސިޑިން ފައިބަނިކޮށް ހެދުމުގެ ފަސްބަޔަށް އެރިފައި އަރިއަޅާލާގޮތްވިއެވެ. އެވަރުންވެސް ފިޔަވަޅުތަކަށް ބަދަލެއްގެނައުމެއްނެތި ހަލުވި ފިޔަވަޅުތަކެއްގައި އަޒުރާ ސިޑިން ފައިބައިގެންގޮސް ނިވާވެއްޖެއެވެ.
ޑިޒައިނަރ ސިޑީގެ ކުރެހުން އަޅާފައިވާ ރެއިލިންގައި ދެއަތުން ހިފަހައްޓާލައިގެން ހުރެ ހައިޒަލް ވަރަކަށް ވިސްނިއެވެ. ބައްޕަގެ ދިރިއުޅުމަށް ރިހާނާ ނޫން ދެވަނަ މީހަކު އައިރު އެކަމަށް ޝައްކުވާފަދަކަމެއްވެސް އެގޭތެެރެއިން ފެނިފައެއްނުވެއެވެ. ބައްޕަގެ ނަމާއި ގުޅުވައިގެން އެހެން އަންހެނެއްގެ ނަންކިޔޭ އަޑު އޭނަ ނުވެސް އަހައެވެ. ބައްޕަގެ ދިރިއުޅުމަށް މަންމަ އައީ ދެވަނަ އަނތްބެއްގެ ގޮތުގައި ބާވައެވެ؟ ނޫނީ ދުނިޔެއަށް މަންމައާއި ބައްޕަގެ ގުޅުން ނޭނގޭގޮތަށް ހެއްޔެވެ؟ އޭނަގެ ސެޓްފިކެޓްތައް ފަޅުފިލުވާލައިފައި ވަނީ ރިހާނާގެ ނަމުންނެވެ. ހައިލާއަކީ އޭނަ ދުވަހަކު އަޑުއެހިނަމެއްނޫނެވެ. ރިހާނާ އެންމެކުރިންސުރެ އޭނައަށް އަމާޒުކުރަމުން އައި ރުޅިވެރިކަމުގެ އަސްލަކީ އޭނަގެ މަންމައެވެ. އޭނައަކީ ބައްޕައާއި އެހެން އަންހެނެއްގެ ނިޝާނަކަށްވީކަމެވެ.
ހައިޒަލް ޑައިނިންރޫމްްއަށް ވަދެލިއެވެ. އޭރު އަޒުރާ އުޅެނީ އަވަންގައި ހުރި ކަޕްކޭކްތައް ނަގައި ކައުންޓަރު މައްޗަށް އެރުވުމުގައެވެ. ދެއަތަށް އަންގިލައްވައިގެން އަވަން ކައިރިއަށް ތިިރިވެ އޮތުމުން އަޒުރާއަށް ހައިޒަލް އެތަނަށް ވަތްކަމެއް ނޭނގުނެވެ.
“ދައްތައަށް ހައިލާ އިނގޭތަ؟ ހައިލާ އެއީ އަހަރެންގެ މަންމައެއްނު…” ހައިޒަލްގެ ބަސްތަކުން ސިހުނުވަރުން އަޒުރާގެ އަތުގައި އޮތް ޓްރޭ ދޫވިއެވެ. ކޭކުތައް އެކިދިމަދިމާލަށް ބުރައިގެންދިޔައިރު އަޒުރާ ހައިޒަލްއާއި ކުރިމަތީ މޭގައި އަތްއަޅާލައިގެން ހުރެއެވެ.
“ދަރިފުޅާ…” އަޒުރާގެ މޫނު ހުދުވެގެންދިޔައިރު ހަށިގަނޑު ތުރުތުރުއަޅައިގަތްލެއް ބޮޑުކަމުން ދޫހަރަކާތެއްވެސް ނުކުރެވުނެވެ.
“އަޒޫދައްތައަށްވުރެ ރަނގަޅަށް އިނގޭނީ ކާކަށް.. ދައްތަ މިގޭގައި ނޫޅޭ ހަނދާނެއް އަހަރެންނުވޭ.. ހޮސްޕިޓަލުން ދޫކޮށްލިއިރުވެސް ދައްތަ މިގޭގައި އުޅޭ… ދައްތަ ދަންނަންތަ މަންމަ.. މަންމަ މިގޭގައި އުޅުނުދޯ؟” ހައިޒަލްގެ ކޮންމެ ސުވާލަކާއިއެކު އަޒުރާގެ ނޭވާ ހާސްވިއެވެ. ހައިޒަލް ހޮސްޕިޓަލުން ދޫކޮށްލިފަހުން އޭނައަށް ކުރެވުނު ޝައްކުތައް ބިރުވެރި ހުވަފެނެއް ފަދައިން ސީދާވެއްޖެއެވެ.
“ދަރިފުޅާ މީހަކު އެއްޗެކޭ ކިޔައިގެންތަ ތިއުޅެނީ… ދަރިފުޅުގެ މަންމައަކީ ރިހާނާއެއްނު… ބައްޕައަކީ އަލްހާން… ކާކު ދެއްކި ވާހަކައެއްތިއީ…” މޫނުމައްޗަށް ނުރުހުމުގެ ކުލަވަރު ވެރިކޮޮށްގެން ހައިޒަލްއަށް އޮޅުވާލަން އަޒުރާ މަސައްކަތްކުރިއެވެ.
“ހުސްދޮގު… ކީއްވެތަ އެންމެން އަހަންނަށް ދޮގުހަދަނީ… އަހަންނަކީ ނުވިސްނޭ ކުޑަކުއްޖެއްނޫނޭ… ބައްޕަވެސް އޮޅުވާލީ… އިނގިހުރެ އެހީމަވެސް ދައްތަވެސް ދޮގު ހެދީ…” ހައިޒަލް ރުންކުރުވާގޮތްވީއިރު މޭޒުގައި އަތުން ޖެހިއެވެ. އޭނަގެ ދިރިއުޅުމަކީ އޮޅުންބޮޅުމުގެ ސިލްސިލާއެކެވެ. މިވީހާތަނަށްވެސް އުފަން މަންމައަކީ ކާކުކަމެއްވެސް އޭނައަކަށް ނޭނގެއެވެ. އޭނަ މަންމަ ހޯދަން ބޭނުމެވެ. މަންމައާއި ކުރިމަތިކުރަން ބޭނުންވާ އެތަށް ސުވާލެއް އެބަހުއްޓެވެ. އަލިފާންގަނޑުގެ ތެރެއަށް އަމިއްލަ ބަނޑުން އުފަންކުރި ދަރިފުޅު ދޫކޮށްލައިފައިދާހާ ހިތްހަރު މީހަކަށް މަންމަވީ ކީއްްވެގެންތޯ އަހަން ބޭނުންވެއެވެ. މިހުރިހާ ދުވަހު އޭނަގެ ހާލު ބަލައިނުލާ އުޅެންޖެހުނު ސަބަބަކީ ކޮބައިތޯ އޮޅުންފިލުވަން ބޭނުންވެއެވެ. މަންމަގެ ހިތުގައި މައިވަންތަކަމުގެ އިޙުސާސް ނެތީތޯ ސުވާލުކުރަން ބޭނުމެވެ.
“ސިއްރުކުރިކަމެއް ސިއްރުކޮށްފައި އޮންނާނީ ހައިޒަލްއަށް ރަނގަޅަކަށް… ދަރިފުޅާ.. ހެޔޮނުވާނެ ކަންކަން ކޮނެ ނަގަން ނޫޅޭ… އެއްބައިކަންކަން އިނގުމަށްވުރެ ނޭންގުން ރަނގަޅުވާނީ… ހަޤީގަތަކީ ދަރިފުޅަށް ކުރިމަތިލެވޭވަރަށްވުރެ ހިތި އެއްޗެއް…” އަޒުރާގެ ލޮލުން ފޭބިކަރުނަތަކާއި ހިތްދަތިގޮތަކަށް ލޯމަރާލިއެވެ. ހައިލާއާއިއެކު އެ ހަގީގަތް ވަޅުލުމަށްފަހު ކުރިއަށްދިޔުމަކީ މިހާރު އެންމެ ރަނގަޅުގޮތެވެ. މިހާރު އިނގިގެންވާނޭކަމެއް ނޯންނާނެއެވެ. ކަފުނުގައި އޮތް ހައިލާއެއް ދެން ނާންނާއެވެ.
އަޒުރާގެ ފަރާތުން އެއްވެސް ކަމެއް އޮޅުންނުފިލާނޭކަން ޔަގީންވެފައި އިތުރަށް މަޑުކޮށްލުމެއްވެސްނެތި ހައިޒަލް ޑައިނިންރޫމްއިން ނިކުތްގޮތަށް ސިިޑިން އަރައިގެންދިޔައެވެ. އެއާއިއެކު ތަނބެއްގެ ބިއްދޮށުގައި ފިލާހުރި ރިހާނާ ނަގޫރޯޅިއެއްފަދައިން އައިސް ޑައިނިންރޫމްއަށް ވަދެގަތެވެ.
“ހުންނަ ނުބައިކަން… ކަލޭދޯ ހައިޒަލް ގާތު ފާޑުފާޑު ވާހަކަ ދައްކަނީ… އޭރުވެސް ހިތަށް އެރިއޭ މީހަކު އެއްޗެކޭ ކިޔައިގެންނޭ ހައިޒަލްއަށް އިނގޭނީ… ބުނަން… މާ ޒާތްކޮޅު ބޮޑުކުރަންޏާ އެ ހައިލާ އޮތްތަނަށް ފޮނުވާލަން ޖެހިދާނެ….” ރިހާނާ އައިގޮތަށް ހިފަހައްޓީ އަޒުރާގެ ބުރުގަލުގައެވެ. ހިފައިދަމައިގަތްގޮތުން ކަރުދަށަށް ވާންވެގެން އަޒުރާ ތެޅިފޮޅިގަތެވެ.
“ނޫން… އަހަރެން ނުބުނަން… ހުވާކޮށްފައި މިބުނީ…” އަޒުރާ ސަލާމަތްވާންވެގެން ތެޅިގަތެވެ. ރުޅިގަދަވެއްޖެނަމަ ރިހާނާއަކީ ހަރުފައަކަށް ދޫނުކުރާވަރަށް ނުރައްކާތެރި މީހެއްކަން އޭނަ ދަނެއެވެ.
“އަޑުއިވުނީމަވެސް ދޮގޭހަދަނީ… ކަލޭ ހީނުކުރައްޗޭ ހައިލާ ދުނިޔޭގައި މަހާރަނި ހެދެވުނީމަ މިހާރުވެސް ހެދެވޭނެއޭ… ކަލޭގެ ތިއަނގަ ބަންދުކުރަންނޫންނަމަ އަހަރެން ކަލޭ މިގެއިން ބޭރުކުރާނެތާ ކޮންދުވަހެއް… ހައިޒަލްވެސް…. ބޮޑު އުނދަގުލެކޭ… މަރުވެގެންދަމުންވެސް އިނގުނީ މަށަށް އުނދަގުލެއް ޖައްސާފައި ދާން…” ރިހާނާ އަޒުރާގެ ބުރުގާގެ ކަނުގައި ހިފާ ދަމަމުން ޑައިނިންރޫމްއިން ނެރުނެވެ. ރުޅިންގޮސް ފިރިހެނެއްގެ ބާރު ރިހާނާއަށް ލިބިފައިވާފަދައެވެ. އަޒުރާގެ ބުރުގަލުގައި ހިފާ ދަމައިގަނެފައި އަޒުރާ ދުރަށް ހޫރާލައިފިއެވެ.
ކައިރިވަމުންދިޔަ ހީލްގެ އަޑާއިއެކު އަޒުރާ ޖެހުނީ އެވަގުތު އެތަނާއި އަރާހަމަވި އަންހެންކުއްޖެއްގެ ފައިދޮށަށެވެ. ޝާދީންގެ މޫނުމައްޗަށް ވެރިވި ނުރުހުމާއިއެކު ރިހާނާއަށް ނަޒަރެއް އެއްލަމުން އަޒުރާ ކައިރިއަށް ތިރިވިއެވެ.
“ދައްތާ އެއްވެސް ތަނަކަށް ތަދުވިތަ؟” ޝާދީން އަޒުރާގެ އަތުގައި ހިފައި ތެދުވަން އެހީތެރިވެދިނެވެ. އަޒުރާގެ އަތުގައި ހިފައިގެން ތެދުވެ އަޒުރާ ގަޔާއިކައިިރިކޮށްލައިގެން ހުރެ ރިހާނާއާއި ދިމާލަށް ޝާދީން ބަލާލިއެވެ. އެ ނަޒަރުން ފުރަތަމަ ފަަހަރަށް ރިހާނާގެ މައްޗަށް ފޫހިކަން ފެނުނެވެ.
“ގޭގެ ވެރިއެެއްކަމަކު މަސައްކަތުމީހުންނަށް އަނިޔާވެެރިވުމުގެ ހައްޤެއްް ނޯންނާނެ… ރީތިކޮށް ބުންޏަސް ދައްތަައަށް އަޑުއިވޭނެ… ވާހަކަދައްކާނީ އަނގައިން އަތަކުންނޫން…” ޝާދީން ވާހަކަދެއްކުނުގޮތުން ރިހާނާގެ އަނގަހުޅުވުނެވެ. މިވީހާތަނަށްވެސް އޭނަގެ ކުރިމަތީ ބަސްބުނުމަކީ ޝާދީންއަށް ކުރަން އުޅުނުކަމެއްނޫނެވެ. އޭނައަށް މަންމަ ނުކިޔާ އަޒުރާއަށް ދައްތައޭ ކިޔައިގެން ވާހަކަދެއްކުމުން ހިތަށް އުނދަގޫވިއެވެ. މިހުރިހާ ދުވަހު ޝާދީން އޭނައާއި ތަތްވެގެން އުޅުނުއިރު އުނދަގޫވީވަރަށްވުރެ ބޮޑަށެވެ.
“މަންމަގެ މައްޗަށް އޮންނަން ޖެހޭ ކުލުނު އެހެންމީހަކަށް ޖެހިގެން ތިއުޅެނީ ކީއްވެގެންތަ؟” ރިހާނާ އެސުވާލުކުރެވުނީ އަމިއްލަ ނަފްސާއިކަހަލަގޮތަކަށެވެ. ޝާދީން އެހެންމީހަކަށް ހެޔޮއެދޭ މަންޒަރުދެކޭކަށް ފަސޭހައެއްނުވިއެވެ. މަންމައަކީ އޭނައެވެ. ވީއިރު ލޯބިވެސްވާންޖެހޭނީ އޭނަދެކެއެވެ.
“މަންމަގެ ފަރާތުން ނުލިބުނު ލޯބި އެހެންމީހެއްގެ ފަރާތުން ލިބުމުން ކުލުނު ޖެހޭނީ އެހެން މީހަކަށްނު… ލޯބި ލިބޭނީ ލޯބިދޭން އިނގޭ މީހުންނަށް… ލޯތްބަކީ ގަދަބާރުން ހޯދޭނޭ އެއްޗެއްނޫނޭ.. ލޯބިވާން ނޭނގޭ މީހުންނަކަށް ނޭނގޭނެ…” ޝާދީން ބުމަގޮށްޖަހައިލައިގެން ހުރެ ވާހަކަދައްކަމުން ދަނިކޮށް ރިހާނާ އަޑުހަރުކޮށް ޝާދީންގެ ނަމުން ގޮވާލިއެވެ.
“ޝާދީން… މިހާރަކަށް އައިސް ކޮން ހިތްވަރެއް ލިބިގެން ތިއުޅެނީ… ބަސްދޫނުކޮށް ޒުވާބުކުރުމަކީ ޝާދީން ކުރިން ކުރިކަމެއްނޫން… ކާކު ކައިރިން މާވަރަކަށް ފިލާވަޅު ނަގަނީ…” ރިހާނާ ދަތްތައް ކާރުވައިލައިފިއެވެ. ޝާދީން ހާދަ ބަދަލުވެއްޖެއެވެ. ކުރިން އޭނަ ކުރިމަތީ ރޮއެރޮއެ ހުންނަ ކުއްޖާ މޮޅެތި ބަސްތައް ބުނެލަންފެށީއެވެ.
“ގައިމުވެސް މަންމަ ކައިރިއަކުން ނޫން.. އަޅުގަނޑުމެން ތަރުބިއްޔަތުކުރަން މަންމައަށް ވަގުތެއްނުވި… ވީއިރު ނުބައިކަންތައް ދަސްވުމުގައި ކުށްވެރިިވަނީ ކާކުކަން ވިސްނާލުމުންވެސް އިނގިދާނެ…” ޝާދީންގެ ރައްދުން ރިހާނާގެ އަނގަ ބަންދުވިއެވެ. ޝާދީން އިތުރަށް މަޑުކުރުމެއްނެތި ސިޑިން އަރަންފެށިއެވެ. އޭރު ތިރިއަށް ފައިބަން އައި ހައިޒަލް ހުރީ ފައިބަން ނޭނގި ހުއްޓުން އަރާފައެވެ. ޝާދީންގެ އެސިފަ ފެނި ހައިރާންވެފައެވެ.
ހައިޒަލް ފެނުމުން ރުޅިވެރިކަމުން ފިހެމުންދިޔަ ޝާދީންގެ ނަފްސަށް ފިނިކަމެއް ލިބުނެވެ. ހައިޒަލް ހެޔޮހާލުގައި ހުރިތަން ފެނުމާއިއެކު މިހުރިހާދުވަހު އޭނަގެ ހިތުގައިވީ އުނދަގޫކަން ފިލައިގެންދިޔަ ފަދައެވެ. އޭނަ އެވަރަކުން މާލެ އައީވެސް ހައިޒަލް ހެޔޮހާލުގައި ހުއްޓާ ދެކިލާހިތުންނެވެ. ކޮއްކޮއާއިމެދު ކަންބޮޑުވެ ތެޅެމުންދާ ހިތަށް ހަމަޖެހުމެއް ހޯދައިދެވޭތޯއެވެ.
މޫނުމަތިން ފެނުނު ކުލަވަރު ފޮރުވާލަމުން ޝާދީން ސިޑިން އަރަންފެށިއެވެ. ހައިޒަލްގެ ގާތުން އަޅާފައި ދިޔައިރު ޝާދީން ބަހެއްނުބުނިތާ އިސްއުފުލާ ބަލައެއްވެސް ނުލިއެވެ. ހައިޒަލް ފެންނަކަމަށް ހަދައިވެސް ނުލީއެވެ.
*** *** *** *** *** ***
ކޮޓަރިއަށް ވަތްގޮތަށް އެނދުމައްޗަށް ދަބަސް އެއްލާލަމުން ޝާދީން އެނދުމައްޗަށް ވެއްޓިގަތެވެ. އަރާމު ދާނުގެ އަރާމުކަން އިހުސާސްކުރަން އިރުކޮޅަކުއޮވެފައި ޝާދީން ފާހަނައަށް ވަދެ ތާޒާވެލިއެވެ. ހުދުކުލައިގެ ޓީޝާޓަކާއިއެކު ކްރީމްކުލައިގެ ކުރު ސޯޓްކޮޅެއް ލައިގެން ވޯޑްރޯބްއިން ނިކުމެ ހެޔަރ ޑްރެޔަރއިން އިސްތަށިގަނޑު ހިއްކާލިއެެވެ.
ބެކްޕެކްއިން ނެގި ސާމާނުތައް ދެއަތަށްއަޅައިގެން އޭނަ އަލަމާރިއާއިގާތަށް ލެފިލިއެވެ. އަލަމާރިތެރޭ ސާމާނުތައް ބެހެއްޓުމަށްފަހު ދޮރުފަތް ލައްޕާލަން އުޅެފައިވެސް ޝާދީންގެ އަތް އަލަމާރީގެ އެންމެ މަތީ ހަރުފަތަށް ގެންދެވުނެވެ. އެންމެ ބިއްދޮށަށް އިން ކުޑަފޮށި ނަގުމަށްފަހު އެ ފޮޓަށް ދިމާލަށް ބަލަހައްޓައިގެން ހުރުމަށްފަހު ޝާދީން ފޮށި ހިފައިގެން އައިސް އެނދުމަތީ އިށީދެލިއެވެ.
އެއީ ރިބަން އަޅައިގެން ވަރަށް ރީތިކޮށް ޖަރީކޮށްފައިވާ ފޮއްޓެކެވެ. ޝާދީން ފޮށީގެ މަތި ހިއްލާލަމުން ފޮށީގައިވާ ސާމާނުތައް ނެގިއެވެ. ކުދިކުދި ހަދިޔާތަކާއި ލޯބީގެ ލަފްޒުތަކުން ފަވާފައިވާ ކާޑުތަކެވެ. ކުޑަ ފޮއްޓަކަށް ލާފައިވާ ފައިގައި އަޅާ އެތިކޮޅު ނަގާ އަތްމަތީގައި ފަތުރާލިއެވެ. ކުދިކުދި ބޮލި ހިއްޕައިގެން ހަދާފައިވާ އެތިކޮޅުގައި އެންމެ ބޮޑަށް އިން ބޮލީގައި ޔަޒްދާންއާއި ޝާދީންގެ ނަން ކަނޑާނަގައިފައިއެވެ.
“ދުވަހަކުވެސް މީތިކޮޅު ފަޔާއި ވަކިނުކުރައްޗޭ… މި ޗެއިންކޮޅު ފަދައިން ޝަވާއާއި ވަކިނުވެ އަބަދަށްވެސް ގާތުގައި ހުންނާނަން…” އެ ޗެއިންކޮޅު ފައިގައި އަޅުވައިދެމުން ޔަޒްދާން ބުނެލި ބަސްކޮޅު ޝާދީން މިއަދުވެސް ހަނދާން އެބަހުއްޓެވެ. ޔަޒްދާންގެ ދުލުން ބޭރުވި ކޮންމެ ބަހެއް އޭނަގެ ހިތުގައި ކަނޑާނެގިފައިވަނީ ދުވަހަކު ފުހެވިގެންނުދާނޭގޮތުގައެވެ. އެ ހަނދާންތައް އަބަދަށްޓަކައި އޭނަގެ ހިތުގައި އާވެ އާވެ ހުންނާނެއެވެ. ދުވަހަކު ދުރަށްދެވުމެއްނެތެވެ.
“ކޮބާ ދާން އެދުވަހަކު އަހަންނަށް ވީ ވައުދު… ހަނދާންނެތީތަ؟ ކުށަކާއިނުލާ އަހަރެން ދޫކޮށްލައިފައި ދިޔައިރު ދާން އަހަރެންދެކެވީ ލޯބި ކޮބާ؟ އަހަރެން ދާންދެކެ ލޯބިވީ މިޙުރާންގެ ދަރިއެއްކަން އިނގިހުރެ… އަހަރެންގެ ބައްޕަދެކެ ކުރަމުން އައި ނަފްރަތު ފިލުވާލަން ދާން ބޭނުންކުރި ހަތިޔާރަކަށް އަހަރެންވާންޖެހުނީ.. އަހަރެން ހާދަ ލޯބިވީމޭ.. އަދިވެސް ވޭ.. ދާންއާއި ނުލާ އަހަރެންގެ ދިރިއުޅުން މިވަނީ ހުއްޓިފައިި… އެކަމަކު އަހަރެންނާއިނުލާވެސް ޔަޒްދާންގެ ދިރިއުޅުން ކިހާ އުފާވެރި….” އެއީ ޝާދީން ޔަޒްދާންއަށް އިއްވާލަން ބޭނުންވާ ޝަކުވާތަކެވެ. ޔަޒްދާންއާއިއެކު އޭނަގެ ދިރިއުޅުން ހުއްޓުނީއެވެ. އުފާތައް ވަކިވެގެންދިޔައީއެވެ. ލޯތްބަށް އޭނަ އެންމެ ބޭނުންވީވަގުތު ޔަޒްދާންގެ ލޯބިން ހިތް ފުރާލަދީފައި އޭނަގެ ހިތްހަލާކުކޮށް ރޮއްވާލައިފައި ވަކިވީއެވެ. ދުވަހަކު ހިތުން ފިލައިގެންނުދާހާ ވިހަ ބަސްތަކަކުން ކަޅިކުރި ތީރުތަކުން ހިތް ފޫދުއްވާލައިފިއެވެ.
މިފަސްގަނޑަކީ އޭނައަށްޓަކައި ސުންޕާ ފަސްގަނޑެވެ. ހުރިހާ އުފަލެއް ލިބިމެ ބީވެދިޔަ ތަނަކީ މިއީއެވެ. އޭނަ އެންމެ ލޯބިވި މީހާ އުމުރަށް ނިދާލައިފައިވާ ފަސްގަނޑެވެ. އޭނަގެ ހިތްހަލާކުކޮށްލި ލޯބިވެރިޔާ އުޅެމުންދާ ފަސްގަނޑެވެ. އޭނަގެ މާޒީގެ ހިތި ސޮފްހާތައް ވަޅުލެވިފައިވާ މަކާނެވެ.
ލޮލަށް ގިނަވި ކަރުނަތައް ފުހެލަމުން އެނދުގައި ވާހާ ސާމާނުތައް ފޮއްޓަށް އަޅާލަމުން ޝާދީން ފޮށި އިންތަނަށްލާ ރައްކާކުރިއެވެ. އެވަގުތު އިވުނު ދޮރު ޓަކީގެ އަޑާއިއެކު ޝާދީން ޓިޝޫއަކުން މޫނުމަތި ސާފުކޮށްލަމުން ގޮސް ދޮރުހުޅުވާލިއެވެ. އެއާއިއެކު ދޮރުހުޅުވާލި ބާރުމިނުގައި ދޮރު ޖަހާލަން އުޅުމާއިއެކު ހައިޒަލް ހުށިޔާރުކަމާއިއެކު ދޮރާއި ދޮރުފަތާއި ދޭތެރެެއަށް އަތްލައްވަމުން ޝާދީން ހުއްޓުވައިފިއެވެ. ޝާދީން ތުންފިއްތާލަމުން ދޮރުން ދޫކޮށްލިގޮތަށްގޮސް ސޯފާގައި އިށީނެވެ.
“ދޮންތާ…” ހައިޒަލް ގޮވާލިއިރު އެއަޑުގައިވީ އަސަރަކުން އިސްއުފުލާ ބަލާލުމަށް ޝާދީންގެ އަމިއްލަ ނަފްސުވެސް އޭނައަށް މަޖުބޫރުކުރިއެވެ.
“ދޮންތަ… ނޭނގެ މިއީ ހައިޒަލްގެ ދޮންތަކަމެއް؟” ޝާދީންގެ ޖުމްލަތަކުންވެސް ހައިޒަލް ދުރުކޮށްލިވަރު ހާމަވިއެވެ.
“ދޮންތާ… ޕްލީޒް…” ހައިޒަލް ޝާދީން ކައިރީ އިށީދެ އެއަތްތިލައިގައި ހިފެހެއްޓިއެވެ.
“ދޮންތަ ޕްލީޒް.. ތިވަރަށް އަހަރެން ދުރުކޮށްނުލާ…” ހައިޒަލް ޝާދީންގެ އަތުގައި ހިފަހައްޓައިލައިގެން އިނދެ އެ މޫނާއި ނަޒަރު ހަމަކުރިއެވެ.
“ދޮންތަތަ ހައި ދުރުކޮށްލީ… ހައިއެއް ނޫންތަ؟ ހައި ބުނެބަލަ އަދިިވެސް ދޮންތަ އަޑުއަހާނަމޭ.. ކީއްވެ ހައި ޝަލީންއާއި ކަައިވެނިކުރަން ޖެހުނީ.. ހައި ދޮންތައަށް ކަމެއް ސިއްރުކުރަނީދޯ…” ޝާދީން ހައިޒަލްގެ މޫނަށް ބަލަހައްޓައިގެން އިނދެ ބުނެލުމާއިއެކު ހައިޒަލް ވަގުތުން ސޯފާއިން ތެދުވިއެވެ. އިރުކޮޅެއްވަންދެން ޝާދީންއާއި ދިމާލަށް ބަލަހައްޓައިގެން ހުރެފައި ދެފަރާތަށް ކުރާލިކަނޑަންފެށިއެވެ.
“އަޅާނުލާ… ހައިގެ ނަޒަރުގައި ސިއްރުތައް އިނގެން ހައްޤުވާވަރު މީހެއް ނޫނެއްނު އަހަންނަކީ…” ޝާދީން ރުޅިވެރިގޮތަކަށް އިއްވާލުމަށްފަހު ދުންޖަހާފައި ބާރތްރޫމްއަށް ވަތްގޮތަށް ދޮރު ޖަހައިލައިފިއެވެ. ހައިޒަލްއަށް ފާރުގައި ބޯޖައްސާލެވުނެވެ. އޭނައަށް ޝާދީންއާއި ހަމަޔަށް އެވާހަކަތައް ގެނައުމަށް ފަސްޖެހެެވެނީ ސަބަބެއް އޮވެގެންނެވެ. އަލްހާންގެ ނުބައި އަމަލްތައް އިނގި ދޮންތަގެ ހިތަށް ސިހުމެއް ލިބެން ނޭނދޭތީއެވެ. ދޮންތަގެ ހިތް ބައްޕަގެ މައްޗަށް ކިލަނބުވާން ނޭނދޭތީއެވެ.
*** *** *** *** *** ***
ހައިޒަލް ކޮމްޕެނީއިން ނިކުތްގޮތަށް ކާރަށް އަރާ ދުއްވާލެވުނީ ފުދޭވަރަކަށް ބާރަށެވެ. އޭނަގެ އަމިއްލަ ނަފްސަށްވެސް ސަމާލުކަމެއްދިނުމެއްނެތި ވައިކަަފާފައި ދުއްވާފައި ދަނިކޮށް ކާރުގެ ކުރިމައްޗަށް މީހަކު ނިކުތެވެ. ހައިޒަލްއަށް ބުރޭކްއަށް ހިފައިލެވުނީ ކިރިޔާއެވެ. ވަކި ހިސާބަކަށް ކާރު މަތަވީއިރު ހައިޒަލް ވިންޑްސްކްރީއިން ބޭރުބަލާލިއެވެ. އޭރު ކާރުގައި ނުޖެހި ސަލާމަތްވީ މެދުއުމުރުގެ އަންހެންމީހާ އިނީ މަގުމައްޗަށް ހޫރިފައިވާ ސާމާނުތައް އެއްކުރާށެވެ. އެމީހާއަށް އެހީވާން ދާންވެގެން ކުޑަދޮރުގެ އަތްގަނޑުގައި ހިފާލައިފައިވެސް ހިޔާލު ބަދަލުވެގެން ހައިޒަލް އަތްގަނޑުން އަތްދޫކޮށްލައިފިއެވެ. އެމީހާއި އެހީވާން ހިތް ދެކޮޅުހެދީއެވެ. އެވަގުތު އެއަންހެންމީހާވެސް ފެނުނީ އޭނަ ދޫކޮށްލައިފައި ދިޔަ އަނިޔާވެރި މަންމަގެ ގޮތުގައެވެ. ހައިޒަލް ފަހަތަށް ކާރުދުއްވާލިއެވެ.
“ދަރިފުޅާ…” ދުއްވާފައިގޮސް ނިވާވި ކާރާއި ދިމާލަށް ބަލަހައްޓައިގެން ހުރެ ހައިރާ ކިޔާލިއެވެ. ދުރުންވެސް ކާރުގެ ނަންބަރު ޕްލޭޓްވެސް ހައިރާގެ ތޫނުލޮލަށް ފާހަގަކުރެވުނީއެވެ. ހައިރާގެ ހިތުގައި ރިއްސާލިއެވެ. ދަރިފުޅު ދުރުން ދެކިލައިގެން އޭނަ އުޅޭނީ ކިހާ ދުވަހަކު ހެއްޔެވެ. މިވީދުވަސްތަކުގައި ޑައިމެންޑްވޭލީ ކުރިމަތިން ދަރިފުޅުގެ ލިސާނެއް ފެނޭތޯ އޭނަ ހާދަ އިންތިޒާރެއްކުރިއެވެ. އިންތިޒާރަށް ނިމުމެއްއައިރު އެދަރިފުޅު އެދިޔައީ އޭނަގެ ހިތްހަލާކުކޮށްލައިފައެވެ. ނޭނގިހުރެނަމަވެސް މަންމައާއި މެދު އެހިތުގައި އެއްވެސް އިހުސާސެއް ލޯތްބެއްނުވާކަން އަންގައިދީފައެވެ.
*** *** *** *** *** ***
ޔަޒްދާން ކޮޓަރީގެ ދޮރު ލައްޕާލައިފައި ހިނގައިގަތްއިރު ދެލޯ ރަނގަޅަށް ހުޅުވާނުލެވެނީ މާ ދިގު އަރާމް ނިންޖަކަށްފަހު ހޭލެވުމުންނެވެ. މެރޫންކުލައިގެ ޓީޝާޓަކާއިއެކު ކަނޑުނޫކުލައިގެ ސޯޓެއްގައި ހުރިއިރު ނުހަނު ފިރިހެންވަންތައެވެ. ނުހަނު ކަންނެތްފިޔަވަޅުތަކެއްގައި ސިޑިން ފައިބަނިކޮށް ފިޔަވަޅުތައް ހަލުވިވީ ދަންނަ އަޑެއް ކަންފަތުގައި ޖެހިފައެވެ. ދުވެފައި ކަހަލަގޮތަކަށް ސިޑިން ފޭބިއިރު މަޑުޖެހުނީ ސޯފާގައި އިނދެފައި ތެދުވި މަންހަލް ފެނިފައެވެ.
“ދަރިފުޅު ތިއައީތަ؟ ބަލާބަލަ މިއިނީ ކޮންކުއްޖެއްތޯ… މިތާ ކައިރިން ފެނިގެން ގޮވައިގެން މަންމަ މިއައީ.. ދާންއަށް ފެނިގެން މަންއެއް ނުގެންނާނެވިއްޔަ…” ޑައިނިންރޫމްއިން ނިކުމެގެން އައި މިލީނާ ވާހަކަދެއްކިއެވެ.
“ދަރިފުޅުވެއްޖެއެއްނު މަން އެއްކޮށް މިގެއަށް ގެންނަން… މަންމަ ކިހާ ފޫހިފިލާނެ… މިއޮއް އައީ އެއްނު އަނެކަކު…. މަންމަ ހިތަށް އަރާ ދާންއާއި ޔާން މިތިބެނީ ކައިވެނިނުކުރަން ހުވާކޮށްގެން ބާވައޭ…” ސިޑިން ފައިބައިގެން އައި މަޔާން ފެނުމާއިއެކު މިލީނާ އާދައިގެ މަތިން އޭނަގެ ކަންބޮޑުވުން އިއްވާލައިފިއެވެ. ޔަޒްދާންގެ އުމުރުމަތިވަމުންދާއިރު ޒަވާޖީ ހަޔާތަކަށް ނުގޮސް ހުންނާތީ އެކަމާއި ކަންބޮޑުވެގެން އޭނަައަށް މިޙުރާންއާއި އެވާހަކަދެއްކުނު އަަދަދެއްނޭނގުނެވެ. މަންހަލް އެއާއިލާއަށް ޔަޒްދާން ތައާރަފުކޮށްދިނީ މީގެ ހަމަސްކުރިންނެވެ. އޭގެ ފަހުން މަންހަލް އެގެއަށް އައިސްފައިވަނީ ދެތިންފަހަރަކުއެވެ. އެވެސް މިލީނާ އެތައްފަހަރަކު ކިޔައިގެންނެވެ. އެއިންކޮންމެ ފަހަރަކު މިލީނާއަށް ފާހަގަވީ އެދެމެދުގައިވީ ގުޅުމުގެ ހީނަަރުކަމެވެ. މަންހަލް އެކަން މީހަކަށް ފާހަގަވެނުދިޔުމަށް ކުރާ މަސައްކަތާއި އެކުވެސް އެކަން އެންމެންނަށް ފާހަގަަވަނީ ޔަޒްދާން ބަހައްޓާ ދުރުކަމަކުންނެވެ.
“ސިސްވެސް އެބައުޅޭތަ؟ އަޅުގަނޑާއިމެދު ނުވިސްނާ މަންމަ ތުއްތުއާއި ސިސް މެރީކުރުވަން ވިސްނަބަލަ…” އެއިންކޮންމެ ވަގުތަކު ޝަލީންގެ ވާހަކަ މަންމަމެންނާއި ހަމަޔަށް ގެންނަން މަޔާންގެ ހިތް އެދެއެވެ. އެއާއިލާއަށް ފުރަތަމަ މާމަ ދަރިފުޅު އުފަންވާ ތައްޔާރުވަމުންދާއިރު އޭނައަށް އަދި ޖެހިފައިމިވަނީ ސިއްރުކޮށްލައިގެން ހުންނާށެވެ. އޭނަ މަޔާންގެ ހިތަށް ނުހަނު އުނދަގޫވާކަމެކެވެ.
“ދާންއާއި ޔާންގެ ކައިރިން ކުރިއެއްނުހޯދޭނެ މަން.. ދާންދޭބަލަ މަންހަލް ގޮވައިގެން ވާހަކަދައްކާލަން… ސައި ތައްޔާރުކޮށްލައިފައި މަންމަ ގޮވާލާނަން…” މިލީނާގެ ބަހަކަށް އިންތިޒާރުކުރަން ހުރި މީހެއްފަަދައިން ޔަޒްދާން ވަގުތުން ކުރިއަށް ހިނގައިގަތެވެ. މަންހަލްގެ މޫނުގެ ކުލަ ފަޑުވިޔަސް ހިނިތުންވުމަކުން އެކަން ފޮރުވާލަމުން ދުވެލައިފައި އައިސް ޔަޒްދާންއާއި އަރާހަމަކުރިއެވެ.
ދެޒުވާނުން އެއްހަމައެއްގައި ހިނގާލައިފައި ދިޔައިރު މަންހަލްގެ ނަޒަރު އެތައްފަހަރަކު ޔަޒްދާންގެ މޫނަށް ހުއްޓުނެވެ. އެއިން ކޮންމެފަަހަރަކުވެސް ޔަޒްދާންގެ ސަމާލުކަން އެހެންކަމަކަށް ދެވިފައި ހުންނަކަން ފާހަގަކުރެވި މަންހަލްގެ ލޯތެމޭގޮތްވިއެވެ. އެހެން އަންހެންކުދިން ފަދައިން ލޯބިވެރިޔާގެ ތޫނު ނަޒަރުތައް ހަމައެކަނި އެމޫނަށް ހުއްޓިފައިހުރުމަށް މަންހަލްވެސް އެދެއެވެ. ދެއަތްދެއަތާއި މޮޑެލައި މޮޑެލައި ހުރެވުނުއިރު ޔަޒްދާންގެ ދިގު އިނގިލިތައް އެެއިނގިލިތަކުގެ ތެރެއަށް މަހާލަން މަންހަލް ކެތްތެރިކަން ކުޑަވިއެވެ. ޔަޒްދާން އިސްނަގާނެނަމައެވެ. އެދެމެދުގައިވާ ނުފެންނަ ފާރު ވައްޓާލާ އޭނައަށް ކުޑަވެސް ލޯތްބެއް ދޭނެނަމައެވެ.
ދެޒުވާނުން މަޑުކޮށްލީ ލިވިންރޫމްއާއި ވަކީން ހަދާފައިވާ ކުޑަ ތަންކޮޅުގައެވެ. ހޯލެއްފަަދަ ދިގު ހިމަ ތަންކޮޅުގައި ފައިގަބައިގެންދާހާ މަޑު ކާރޕެޓްގަނޑެއް ދުއްވާލުމަށްފަހު އޭސީ ކޮށްލައިފައި ހުރުމުން ނުހަނު އަރާމެވެ. ވެހެމުންދާ ވާރޭގެ ސަބަބުން އަދި އެތަނުގައި ހިފާލައިފައި އޮތީ ހަށިގަނޑު ކަންނެތްކޮށްލައިފަދަ ފިނިކަމެކެވެ. ހުދުކުލައިގެ އަރާމް ސޯފާތަކުގައިވެސް ފިނި ހިފައިފައެވެ. ކުރިމަތީ ހުރި ބިއްލޫރި ބިތުން ފެންނަ އާރޯކަމުގެ ތަސްވީރަކީ ލޮލުގެ ފިނިކަންކަމުގައިވެއެވެ.
ފިނިހިފާފައިވާ ބިއްލޫރިގަނޑު ކައިރީ ހުއްޓެމުން ޔަޒްދާން ލޯގަނޑުގައި އަތްތިލަ ޖައްސާލިއެވެ. ވާރޭގެ ހިމަ ހިމަ ތިކިތައް ބިއްލޫރިގަނޑުގެ އަނެއްފަރާތުން ދެމެމުންދިޔައިރު ޔަޒްދާންގެ ހިޔާލީ ލޮލަށް ފެނިލީ ޝާދީންގެ ސޫރައެވެ. ޝާދީންގެ ހަނދާންތައް ހިތުގެ ތެރޭ ފޮނި ހީލިކެރުވުމެއް އުފެއްދިއެވެ. އެހަނދާންތައް ގަނޑުފެނުންކޮޅެއްފަދައިން ހިތް ދޮވެލަދިންއިރު ތުންފަތުގައި ހިނިތުންވުމެއް ކުޅެލިއެވެ.
ވާރޭވެހޭ ދުވަސްދުވަހު ވާރެއާއި ތެމުމަކީ ޝާދީން ނުހަނު ކުރާ ހިތްވާ ކަމެކެވެ. ކޮލެޖުގައި އުޅުނުއިރު އެއީ ޝާދީންގެ ކަށީގައި ހިފާފައިހުރި އާދައެކެވެ. ވާރޭއާއި ތެމިގެން ބަލިވެދާނެއަތީ ޔަޒްދާން ގަންނަ ބިރުގެ މައްޗަށް އެދުވަސްކޮޅު ޝާދީންގެ އުފާ އިސްކޮށްގެން އެތައްފަހަރަކު މިލީނާގެ ހިތްހަމަނުޖެހުމާއި ކުރިމަތިލާންޖެހުނެވެ. އެއިން ކޮންމެ ފަހަރަކު ޔަޒްދާން ޝާދީން ކުށްވެެރިކޮށް ރުޅިއަރުވާލާނެެއެވެ. އެދޮންމޫނު ރަތްވެ ފިހިގެންދާގޮތުންނާއި އެ މޫނަށް ޖައްސާލާ ވައްތަރުތަކުން ޝާދީން ރުޅިއަރުވާލުމަކީ ޔަޒްދާން ނުހަނު ކުރާ ހިތްވާ ކަމެކެވެ. ނަމަވެސް ދެވަނަ ފަހަރަށް ޝާދީން ރުއްސާލުންވާނީ ވަކަރެއް ފަޅާލުންހާ އުނދަގޫކަމަކަށެވެ. ޔަޒްދާންއަށް އެކަން ހަނދާންހުންނަނީ ކުޑަވަގުތުކޮޅަކަށެވެ. ވާރޭ ތެރޭ ދެލޯބިވެރިން އަރާރުންވި އެތަށް ވަގުތެއް އައެވެ. އެއިންކޮންމެފަހަރަކު ގަނޑުފެންގަނޑެއް ފަދައިން އެއަތުގެ ތެރެއަށް ޝާދީން ވިރުވާލުމުގައި އޭނަ ކާމިޔާބުކުރިއެވެ. އޭނަގެ ލޯބީގެ މައްޗަށް ޝާދީންގެ ރުޅިވެރި އަރާރުންވުންތައް ކުރި ހޯދި ދުވަހެއް ނައެވެ.
“ދާން.. އަހަރެން މިއަންނަ ވީކްގައި ފުރަން…” ދެތިންފަހަރަކު ވާހަކަދެއްކުމުންވެސް ޔަޒްދާންގެ ސަމާލުކަމެއް ނުލިބުމުން މަންހަލް އައިސް ޔަޒްދާން ގާތަށް ހުއްޓެމުން އިއްވާލިއެވެ.
“ދާން.. އަހަރެން އެބަ ވާހަކަދައްކަމޭ…” އެ ބަސްތައް އިވުނުކަމުގެ ލިސާނެއްވެސް ޔަޒްދާންގެ ފުށުން ނުފެނުނުއިރު މަންހަލް އިސްއުފުލާ ޔަޒްދާންގެ މޫނަށް ބަލާލިއެވެ. އޭރު ޔަޒްދާންގެ ތުންފަތްމަތީވީ ފުރިހަމަ ހިނިތުންވުން މަންހާގެ ހިތަށް ރިހުމެއްދިނެވެ. މިވީހާތަނަަށްވެސް ޔަޒްދާންގެ އެެފަދަ ފުރިހަމަ ހިިނިތުންވުމެއް އޭނައަށް ހަދިޔާކޮށްފައެއްނުވެއެވެ. ހިޔާލީ ދުނިޔޭގައި ޔަޒްދާންއާއިއެކު ރަނިކަންކުރާ އެހެންކުއްޖަކު ހުރީ ހެއްޔެވެ؟
މަންހަލް މަޑުމަޑުން ފަހަތަށް ޖެހެމުންގޮސް ދުރަށް ހިނގައިގަތްއިރުވެސް ޔަޒްދާންއަކަށް ހިލަމެއްނުވިއެވެ. މަޑުމަޑުން ޔަޒްދާންއާއި ދުރަށް ހިނގަމުންދިޔައިރު މަންހަލްގެ ހިމޭން ލޮލުގެ ތެެރެއިން ކަރުނަތައް ނީރަމުންދިޔައެވެ. ދުުރުކަމާއިއެކު ލޯބީގެ ކުލައެއްނުދައްކާ އުޅުމަކީ ފިރިހެނުންގެ ސިފައެއްކަމަށް އޭނަ އަމިއްލަ ނަފްސަށް ވިސްނައިދޭން އުޅުނަސް އަމިއްލަ ނަފްސުވެސް ދެކޮޅުހަދައެވެ. އޭނަގެ އާއިލާގެ ތެރެއިންނާއި އެކުވެރިންގެ ފަރާތުން ފެންނަ މަންޒަރު ހެއްކަކަށްވެގެން އޭނަގެ ހިތަށް އުނދަގޫވާވަރަށް ތުރާދެނީއެވެ. ޔަޒްދާންއާއިއެކުގައި ހޭދަވާ ކޮންމެ ވަގުތަކު އޭނައަށް އެކަނިވެރިކަން ނުހަނު ބޮޑަށް އިހުސާސްވެއެވެ. ޔަޒްދާން ކިތަންމެ ކައިރީގައިވިޔަސް އޭނަގެ ދުރުގައިވާފަދައެވެ. އެ އިހުސާސްތައް ހިތުން ނެރެލަން މަަަސައްކަތްކޮށްކޮށް އޭނަ ވަރުބަލިވެއްޖެއެވެ.
ޔަޒްދާންގެ ލޮލުން އޭނަގެ މައްޗަށް ކުޑަނަމަވެސް ލޯތްބެއް ފެންނާނީ ކޮންދުވަހަކުންހެއްޔެވެ؟ އެއަދާތަކުން ލޯބީގެ ޒައްރެއްނަމަވެސް ފެންނާނީ ކޮންދުވަހަކު ހެއްޔެވެ؟ އޭނަގެ ހިތް ނާއުއްމީދުން މިލަމުންދާއިރު ކެތްތެރިކަން ކޮންމެވަގުތަކުވެސް ކޮޅުންލައިފާނެފަދައެވެ. ހަތަރުއަހަަރަކީ ކުރު މުއްދަތެއްނޫނެވެ. ހަތަރުއަހަރުވާންދެން އޭނަ ކުރި މަސައްކަތް ކާމިޔާބުވާ ތަނެއް ނައެވެ. ނަމަވެސް އޭނަގެ ހިތުގައި ރަސްކަންކުރާ ޔަޒްދާންގެ ލޯބި ޔަޒްދާން ދޫކޮށްލާކަށް އެއްބަހެއްނުވެެއެވެ. ލޯބީގެ ކުލައެއް ނެތަސް އެއަތުގެ ފިރުމުންތަކަށް ހިތްއެދެއެވެ. ދުރަށް ދާކަށް ދުވަހަކު އެއްބަހެއްނުވެވޭނެއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
66 Comments!
Comments are closed.






sorry for the late update surprise eh gothah thankolheh kurin upkohlan huree.. time ah type nukurevigen lasvee.. type koh nimumaai eku mi up kohlee.. ummeedhu kuran mi partves kamudhaane kamah.. next part sunday night ga.. keep waiting… good night
Thanks
my pleasure
Vvv reethi mi part ingey❤️❤️ its very beautiful… Next part Sunday night ga up kodhdhechchey ingey dhiraa?? and good night dhiraa???? Sweet dreams
thanks dear.. keep waiting for sunday night
Thank you for the surprise part. Kiyaalaafa comment kohlaanan??
my pleasure
Wow. Vara reethi. Thanks dhiraaa.
thankss dear.. at anytime
Wow ?. Vvvv rythi mi part..? waiting for next part. ?
thankss dear… keep waiting for sunday night
Alhe naina and haizal ge bayeh neh mi part ga ekm ves varah reethi ibaaraiy thakaa adhi sifakurun thah varah reethi varah complicated love stories thakeh dho dhiraa mi vaahaka genesdhey gothaa medhu varah hih hama jehey and emme ufaavani hama gavaidhun up koh avas aruvaalaafa nuhuhnaathee keep it up love??♥️??
sorry.. next part ga edhemeehun ge long ep eh laanvegen mi part ga nugenaee… thankss dear.. aslu mi gothah kuriah mi dhevenee hai men kahala supportive readers dhiraa aai eku thibeema.. all thankss goes to you guys
Wow. Dhiraa u iressed me with this story. I love it. Good luck for next part dear. When is the next part.?????????????????????????❤????????????????????????????????????☺?????❤????????????
Actually its impressed ingey. Egadeega maa avas aruvaalafa liyuneema ehen vefa e inee.
so happy to see such a colourful comment thankss dear.. next part on sunday night insha allah.. hehehe its ok
OMG…thanks for da beautiful surprise dear???…Ma Sha Allah mi bai vec v v v furihama..Sifakohlaafa hurigoiy v kamudhey..Like, I can imagine each every scene???…ur hav a very gud talent dear…Also I hope u would be the best writer in esfiya In Sha Allah???..Keep going and reach the level as fast as u could..Ly more sis❤❤❤
thankss dear.. happy that you liked it so much.. thankss for the support.. ly too dear
Masha Allah varah reethi.Ekaku animals dheke loabive ekamves dhuruga ulhenmijeheny, Anekaage lomahchah dhalha dhahkaigen eynage hih halaaku kohlaigen.So Sad?????
I have experienced that pain
thankss dear.. keehkuraanee dhuniyeyge haalathu dhw… fahun ragalhuvedhaane… be strong dear
anekaku dheke loabive
Dhira
A writer in her teens writing so well!Truly impressive. A rare talent.I sincerely hope that you will continue to nurture it.Wish you all the best
59 vana bayah comment nukurevuneema vrh dhera vi
Sorry ingey vrh bodah.. ebay vx mibaybx vrh furihama vrh reethi
Waiting for sunday
????????
its okey dear.. varah ufaavehjje mi bayah comment kohleema… thankss dear.. really happy to see your comments keep waiting
Mee sothkorean drama scandel ge storyline change kollaigen egothah genesdhey vaahakaeh
Aslu e drama ekkoh beleema Ingeyne mee thedhekan
Yep. Maves beleemey.
dear.. first time hearing about the series you mentioned.. is it good… want to give a try to watch.. thankss for reading both
Yep Dhiraa, u must watch. Maybe u guys have the same idea?????????
thankss for the comment
Mee kdrama Scandel ge storyline in idea nagaigen liyaa story eh. E series ekkoh beleema Ingeyne.
South Korean drama dho?
But she will never agree. Ehen storis liyaa etha writers eba ulhey. But they won’t agree no matter what.
Idc drama storyline in ideas nagaigen write kurias. Nowadays every one does dat.
I ves hitha eri thkaha eche. ?But she writing style is vara kiyaahivaa gothah liyefa hunnanee. So the prob is no one agrees dho.
no dear its not.. its not copied from any movie series or story… and first of all i didnt watch a series named as scandal at all.. hope this clears the confussion
i believe that any author wont lie to his/her readers because they are more proffesional than that.. and readers point of view may be different i definitely understand that.. but if you have any confusion or some thing to clarify ask directly to me… i wont hesitate to tell the truth… and please trust other writer too.. cause they are doing such a hard work for the readers.. even though there in a busy schedule
Okay. Fine. Copy or not copy. We don’t mind. Go on with the story. Story is beautiful. We can watch and read too. Ur writing style is gud. Keep it up
thankss for being so understanding.. trust me.. if i watched it i will clearly say that i did.. im not such a shameless writer to lie to my readers.. thankss dear.. happy that you like it.. hope to meet you more often
Btw. I like ur story too. Keep writing. I also watched scandel. That too have similar scenes. But I don’t mind. ?
thankss dear.. happy to hear that you like it… and thankss for understanding
U’ve great talent gal. This story is way too nice. Eeko ves beleemey ebunaa drum eh, same kanthatha hurey dhen. But mi vaahaka maa rythi. ????
thankss dear.. really happy to hear that.. eeko but dhira nubalan.. aslu ehen buneeema kudakoh shock ga mi inee.. aslu nubalaa series akah vaathee..but its okey.. baeh kudin nah ehgoives vedhaane dhw.. every one is unique and their point of view too
We trust u. Kyp writing.
thankss dear.. happy to that i got readers who trust me
Sorry ingey. Dhiraa darls. But e drama mention nukurevununamaey hitha eba araa. Dhen ehgoh kanthathakeh huredhaane. Drama ves V obi. Mi story adhi maa boda ves beautiful. And touching. ❤️?♥️?
its okey dear.. im not mad ingey.. if i make you feel bad then forgive me.. feel free to comment to your heart extent. i will be happy to read.. im more happy that you brought it to me.. so even though i dont know much about that series i can do research and bring changes.. thanks Re
Best of luck. Dhiraa. V reethi mi vaahaka. Re ah sorry ingey. E dram ah vure mi vaahaka maaaaaaaaaaa reeeeeeeethi
thankss dear.. its okey Re.. im happy that you liked it and believed my word.. happy to know that you trust me
It’s, okay DHONTHI. ?
Rab ne bana Di jodi ga srk hadhaa gotha yoopeves hadhaa konmes dhivehi film akun. Jamsheedha yoope ulhey film eh ey, nameh neygey. Dhen mulhin eh gothakah nuviyas eyga eh goi kameh hurey. So that’s no problem. We understand that. Dhira write kuraa goi varah kamudhey. Hunaru ebahuri. Maasha Allah. IQ men liyaa kahala 18+ story eh liyaane kamah hope kuran one-day. Like mi zamaanaa gulhey gotha. Kyp writing. There’s magic in ur writing.
dhivehi filmy industry ah ves gosfa tha miothy mihaaru… hehehe.. thankss dear.. so happy to hear that.. your support motivates me alot.. im going straight in the path because of my dear readers… dear insha allah adhi ekahala vaahaka eh fenigendhaane IQ men haa professional veema.. eyrun mujathamau gulhuvaafa try kuraanan liyeveythw.. thankss dear.. really happy that you like my style of writing
Dhiraa❤️❤️ for your information Qwerty ge comment au reply koffa eynee dhonthi eiy noon ingey.. E kujjakau bunelan beynun pls dhonthi ge name use koggen comment nukuraashey… ?? Thihen hadhangnaa dhiraa dhonthi au kuraa trust gellidhaane.. So pls pls kindly I’m telling dhonthi ge name use koggen comment nukuraathi ingey???
Dhen aharen bunanvee masha dhonty kiyaa konme myhaku karee masha dhonty nukiyaashey dho. Ppl call me dat. Ehenve ehen jahaafa othee. Mashaka engifakaaves neh dhonthyge namuga myhaku kurin comment kuraa kamehves. Dhen dhonty kiyaa V Gina myhun ulheyne kanneyge. ?????? Vaki nameh kiyaigen writer ge ruhun hoadhaakah mashe noolhen. Ruhun libunas nulibunas mi vaahaka aharen kiyan. Reethivegen kiyaneeves. Ruhun libunas nulibunas ma jahaafa onnaanee myhun kiyaa ulhey nan
OK Dhonthy❤️❤️❤️ I m sorry.. Hereafter I will never complain?? Ok ennu dhw Dhonthy
happy that you solve it by your selves.. and dhonthy and i dont consider by names.. every reader is special to me.. really happy to see your comments
V reethi mi baives… Love it ????
thanks dear.. happy to hear
Kuraalika’dan feshumaky kobaatha?
I dont know…..
Btw stry is awesome ??
kuraalikadan feshun means huhtumeh nethi dhekolhah higan feshun… thankss dear.. im really happy to hear that
Varah reethi. Aneh part ah inthizaaru kurevenee eh noon.
heheh be patient dear
Waiting for next part..
mihaaru upkohlaafa ihnaanee dear.. kiyaalafa comment eh kohlahjjey
Salhi
thankss dear
salhi