މެންދަމުގެ ހަމަހިމޭންވަގުުތެެވެެ. ލޯތައް މެރި މަޑުދާންތަކުގައިވާ ހަށިގަނޑުތައް އަރާމު ނިދިން އުފާ ހާސިލްކުރަމުން ދިޔަ ނަމަވެސް ނިދިވަނީ ރަޔަން އާއި ރުޅިވެފައިކަލައެވެ. ބެލްކަނީގެ ހުރި އުދޯލީގައި އިން ރަޔަންގެ ނަޒަރު ހުއްޓަފައިވަނީ ކަޅުކުލައިގެ ސާލެއް ލެވިފައިވާ އުޑަށެވެ. އަބަދުމެ ތަރިތަކުން އެ އުޑުފުރާލެވިފައިވީީ ނަމަވެސް މިރޭ ތަރިތައްވެސް ކަޅު ވިލާތަކުގެ ފަހަތުގައި ފިލާތިބިިިިިިިިިކަހަލައެވެ. ތަރިތައްވެސް ރަޔަންގެ ހިތާމަތަކުގައި ބައިވެރިވަނީ ކަންނޭގެއެވެ. ” ވައި އުލްވީ… ވައިި… ޓެލްމީ..” މާހައުލަށް ވެރިވެފައިވާ ހަމަހިމޭންކަން ގެއްލިގެން ދިޔައީ ރަޔަންގެ ހިތާމަވެރި އަޑުންނެވެ. އެކަަނިި އިދެ ރަޔަން އެބަސްތައް ތަކުރާރު ކުރަމުން ދިޔައެވެ. މަޑުމޮޅިިކަން އެކުލިވިފައިވާ އެ އަސަރުގަދަ އަޑު އިިވޭ ކޮންމެ މީހެއްގެ ހިތަަށްްވެެސްް އަސަރުކުރާނެކަަން ހަމަގައިމެވެ. ރަޔަންއަށް ސިހިފަައި ފަހަތަށް ބަލާލެވުނީ މީހަކު އޭނަގެ ކޮޑުމަތީގައިި އަތް ބާއްވާލުމުންނެވެ. “ބައްޕާ. ނުނިދަންތަ. ކޮބާ މަންމަ.” އެހާ ދަންގަޑިއެއްގައި ރަމީޒު އެތަނަށް އައުމުން ރަޔަންއަށް ބުނެވުނީ ހަމައެކަނި އެގޮތަށެވެ. ” މަންމަ އޮތީ ނިދާފަ. ކޮޓަރީގައި ހުރި ފެންޖަގު ހުސްވެފައިވާތީ ބައްޕަ ފެން ބޯން ބަދިގެއަށް ގޮސްއަށް ކޮޓަރިއަށް ދާން އުޅުނުތަނާ ފެނުނީ ދަރިފުޅުގެ ކޮޓަރީގައި ލައިޓް ޖައްސާފަ ހުއްޓާ. ބައްޕަ ހީކުރީ ރައުލް ހޭލާ އުޅެނީ ކަމަށް އެހެންވެ ބަލާލަން އައީ. ދަރިފުޅާ. މިހާ ދަންގަޑީގަ ކުޑަަ ކުދިންއުޅޭ ކޮޓަރީގެ ބެލްކަނީ ދޮރު ހުޅުވާފަ ބަހައްޓާކަށް ނުވާނެ. ހިގާ ކޮޓަރިއަށް.” ރަމީޒު އޮޅުންފިލުވައި ދިނެވެ. ބަހެއް ބުނުމަކާއި ނުލައި ރަޔަން ، ރަމީޒުއާއިި އެކީ ކޮޓަރިއަށް ދިޔައެވެ. ކުޑަ އެދުގައި ލޯބިގޮތަކަށްް ނިދިފައި އޮތް ރައުލް ފެނުމުގެ އުލްވީގެ ހަދާންތައްް އާވިކަލައެވެ. ރަޔަންއަށް ލޯމަރާލައިފައި ފުންނޭވާާއެެއްް ލެވުނީ ބޭއިހްތިޔާރުގައެވެ. މިއަދު އެ ކުޑަކުޑަަ ފުރާނައިގެ ހައްގުގައިވެސަ ރަޔަން ކެތްތެރިވާން އެބަޖެހެއެވެ. “ދަރިފުޅާ ރަޔަން ހުކުރުން ފައިބައިގެން މާދަން ނާސިރުބެމެންގެއަށްް ދާންވާނެ. މިފަހަރު މަންމަވެސް ދާނެ. ނާސިރުބެގެ ދަރިފުޅު ނާޔާ ކިޔަވައިގެން ރާއްޖެ އައުމުގެ އުފަލުގައި ބާއްވާ ކެއުމަކަށް އަހަރެމެންނަށް ދައުވަތު ދީފަވަަނީީ އެހެންވެ.” ރާމިޒު ދަމުން ރަޔަންގެގާތުގައި ބުނެލިއެވެ. ރަޔަންވެސް ބޮލުގެ އިޝާރާތުން އާއެކޭ ބުނެެލަމުުންް އެނދުގައިި އޮށޯތީ ނިދާލުމުގެ މަގުސަދުގައެވެ.
“ނާޔާާ. އަދިވެސްް ނުނިމޭތަ. މިހާރު ބައްޕަމެން އަންނަންއުޅޭނެ ނިކަންް އަވަހަށް އާދެބަލަ މަންމަމެންނަށް އެހީވާން” ސުފުރާމަތި ތައްޔާރުކުރުމުގައިި އަވަދިނެތިވެ އުޅުނު ލީނާ ނާޔާ ލަސްވާާާތީީ އޭނައަށް ގޮވައިލާފައި ބުނެލިއެވެ. އިފްރާ ތަށިތަކަށް ޖޫސްއެޅުމުގައި އުޅުނެވެ. ” ޕިސް ޕިސް. މި ނާޔާ ކަމެއްކުރަން ޖެހިއްޖެނަމަ އެހާ ގިނައިރު ނަގާނެ. އެކަނި ގެއެއްގައި ނާޔާއަކަށް ނޫޅެވޭނެ ތިިހާާ ތަތްވެގެން.” ނާޔާ ބަދިގައަށް ވަނުމުން ލީނާ ކުދިކިޔަންފެށިއެވެ. ” އޯހޯ މަންމާ ނާއްކޮ ލާންވި ހެދުމެއް ނޭގިގެންނޭ އުޅުނީ. އެހާ ގިނަ ހެދުންތަކުގެ ތެރޭ އެންމެ ހެދުމެއް ޗޫސް ކުރަންވީމަ އުދަގޫވާނެ އެއްނުން.” ނާޔާ ހަމަޖެހިލާފައި ބުނެލިިގޮތުން ލީނާއާއި އިފްރާއަށް ހެވުނެވެ. ” ނާއްކޮ. އަދިވެސް ތިބޭބީގޮތްގަޑު ދޫކޮށްލާާާާާކަށް ނުވޭތަ.”އިފްރާ ހެވިފައި ނާޔާގެ އަތުގައި ހިފާލަމުން ބުނެލިވެ. އެންމެނަށް އެއްފަހަރާ ސިރޓިންރޫމާދިމާއަށް ބަލައިލިވުނީ ގޭގެ ދޮރުގެ ރަގަބީލުގެ އަޑަށެވެ. ތިންމީހުން އެއްފަހަރާ ސިޓިންރޫމަށް ނުކުތް ނަމަވެސް އިފްރާ ހަލުވިކަމާއެކު ގޮސް ދޮރު ހުޅުވީ ނާސިރު އައީކަމަށް ހީކޮށެވެ.
ރީތިި އިސްކޮޅެއްް ލިބިފައިވާ އެ ޒުވާން އަންހެން ކުއްޖާ ރަޔަންއާއި ދިމާއަށް ބަލަހައްޓައިގެން ހުރި ގޮތުން ރަޔަންއަށްވެސް ބަލަންހުރެވުނީއެވެ. ގަދަަ ނޫކުލައިގެ ތަބިއްކައްޓާ ހަމައަށް އަންނަ ހެދުމާއި އެކީ އަޅާފައާވީ މަޑު ނޫކުލައިގެ ޝްޯލް ގައި އެ ޒުވާން އަންހެން ކުއްޖާ ވަރަށްވެސް ރީއްޗެވެ. މަޑު ފިޔާތޮށި ކުލައެއް ޖައްސާލެވިފައިވާ އެ ހިމަ ތުންފަތް މަތީގައިވި ހިނިތުންވުން އެ ކުއްޖާގެ މޫނަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. “އިފޫ ކިހިނެއްވީ.” ހުއްޓުން އަރާފައި އިފްރާ ހުންނަން ފެށުމުންް ލީނާ އިފްރާގެ ގާތަށް އައިސް ވާހަކަ ދެއްކިއެވެ. އިފްރާއަށް ބަހެއްް ނުބުނެވެނީސް ލީނާއަށް ދޮރުމަތީ މަޑުކޮށްލައިގެން ތިބި ރަމީޒުގެ ކުޑައާއިލާ ފެނުނެވެ. ނާސިރުއާއި ރަމީޒު އޮލަވާހައެއްގައި ތިބި އިރު ރަނާ ތުއްތު ކުއްޖަކު ދެއަތުގެ ތެރޭގައި ލޯބިކޮށްލައިގެން ހުއްޓެވެ. ދެން ހުރި ޒުވާނާ ހުރީ އިފްރާގެ ކުރިމަތީގައެވެ. ” ރަނާ، ރަމީޒު. އަވަހަށް އާދޭ. ނަސީރުވެސް ދޯ. އެމީހުން ގާތުގެއަށް ވަންނަންވެސް ނުބުނެ ވާހަކަ އަޅުވައިގެން އެ ހުންނަނީ ވިއްޔާ.”ލީނާ އެމީހުންވަންނަން އެއްކައިރި ވެލަމުން ވާހަކަ ދެއްކިއެވެ. އެންމެން ވަދެ ސޯފައިގައި ހަމަޖެހިލިއެވެ. އިފްރާ ހުރީ އެއްޗެއްް ބުނަން ނުކެރިފައެވެ. ” ރަނާއްތާ. މީތަ ރެޔިބެގެ ބޭބީ. ماشاءاللہ ހާދަ ލޯތްބޭ. އަޅެ ދީބަ ނާއްކޮ އަތަށް.” ނާޔާ ރައުލް އާއި ކައިރިވަމުން ބުނެލިއެވެ. ރަނާ ހެވިފައި ނާޔާގެ އަަަަަަަތަަށް ރައުލް ދިނެެވެ. ” ހިގާ ކާންދާން.” ލީނާ އެހެން ބުނުމުން އެންމެން އެކީ ކާމޭޒުކައިރިއަށް ގޮސް ހަމެޖެހިލިއެވެ. ނާޔާ އުގުމަތީގައި ރައުލް ލޯބި ގޮތަކަށް ނިދާފައި އޮތެެވެެ. ރަޔަންގެ ކުރިމަތީގައިި އިންނަން ޖެހުމުން އިފްރާ އިނީ ފިނިވާގޮތްް ވެފައެވެ. ރަޔަން އިނީ އެގެއިން ނުކުމެވޭނެ އިރެއްގެ އިންތިޒާރުގައެވެ. ސުފުރާމަތި މުއްސަދިކަމުން ރަނާއަށް އެއްޗެއްް ނުބުނެ ނީދެވުނެވެ. ” ހާދަ ގިނަ ބާވަތްތައް ތައްޔާރުކޮށްފައި. ވަރަށް މީރުވަސް އެބަދުވާ.” ވަރަށް މުހިއްމު ވާހަކައެއް ބުނަން އެބައޮތްކަމަށް ނާސިރު ބުނުމުން އެންމެންގެ ސަމާލުކަން ހުއްޓުނީ ނާސިރަށެވެ. ” ރަޔަން. މީ އިފްރާ. އިފްރާ އަކީީ ނަރުހެއް. އިފްރާ މީ ރަޔަން. ރަޔަން އަކީ ޕައިލެޓެއްް.” ނާސިރު އިފްރާއާއި ރަޔަން އެކަކު އަނެކަކަށް ތައާރަފްް ކޮށްދިނެވެ. ވާނުވާނޭގޭ ހާލު ދެ ޒުވާނުންވެސް އެކަކު އަނެކަކަށް ބަލައިލުން ފިޔަވައި އިތުރަަކަށް ވާހަކައެއް ނުދައްކައެވެ. ” ތި ދެކުދިންނަށްވެސް އެގޭނެ ފަދައިން މިި ބައްދަލުވުން މި ބޭއްވުނީ ތި ދެކުދިންގެ ކައިވެނީގެ ވާހަކަ ދައްކަން. ބޭބެއަށް އެގޭ ރަގަޅަށް ނޭގޭ މީހަކާއި ކައިވެނި ކުރަން ޖެހުމުން ދެ ކުދިންނަށް ފަސޭހައެއް ނުވާނެ. އެކަމަކު މި ކައިވެނިން ތިި ދެކުދިންނަށްވެސް ރަނގަޅު މުސްތަގުބަލެއް ފެނިގެން ދާނެެ ان شاء اللہ.” އިފްރާއަށް އިދެވުނީ ބުނާނެ އެއްޗެއް ނޭގިފައެވެ. ދެވަނަ ކައިވެންޏެއް ކުރަން އެއްބަސްވި ނަމަވެސް މިހާ އަވަހަށް ކަންކަން ނިމިދާނެކަމަށް އިފްރާ ހިތައްވެސް ނުގެނެއެވެ. ރަޔަންގެ ހާލުވެސްވަކި ރަނގަޅެއް ނޫނެވެ. ރަޔަންގެ ހިތުުގަައިި ފުރަތަމަ ފަހަރަށް ރަމީޒާއިމެދު ޝަަކުުވާާތައް އުފެދުނެވެ. ރަޔަންއަށް އޮޅުވައިލައި އެތަނަށް ގެނައީ އޭނަގެ ކައިވެނީގެ ވާހަކަ ދައްކަން ހެއްޔެވެ. ތަގުދީރުގެ ރޭވުމުގައި އެކުލެވިގެންވަނީ ނާއިންސާފާއި ހިއްދަތިކަން ކަމުގައި ރަޔަންއަށް އިހުސާސް ކުރެވެމުންދިޔައެވެ. ފުރަތަމަ ކައިވެނިން ލިބުނީ ހިތްދަތިކަމާއި ވޭނެވެ. ދެވަނަ ކައިވެނި ކުރެވެން މިއުޅެނީ އޮޅުވާލުމެއްގެ ތެރޭގައެވެ. ރަޔަން ރަމީޒާއި ދިމާއަށް ބަލައިލީ ޝަަކުުވާާއިިންް ފުރިގެންވި ނަޒަރަކުންނެވެ. ތަނަށްވެރިވެފައި އިން ހަމަހިމޭންކަން ނަގައިލީ ލީނާއެވެ. ” ދެކުދިން ކައިނިމިގެން ވާހަކަދައްކާލަން ޓެރެސްއަށް ދާންވީނުން. ލީންތަ ދެކޭގޮތުގައި ކައިވެންޏެއް ކުރާއިރު ދައްކަންޖެހޭ ވަރަށްގިނަ ވާހަކަ ހުންނާނެ.” ލީނާގެ ނިންމުމަށް ރަމީޒުއާއި ރަނާވެސް ތާއީދުކުރިއެވެ.އިފްރާއާއި ރަޔަންއަށް އެއްފަހަރާ އެކަކުއަނެކަކާ ދިމާއަށް ބަލައިލެވުނު ނަމަވެސް ދެމީހުންކުރެ އެކަކުވެސް އަގަޔަކުން ނުބުނެވެ. އިފްރާގެ ކައިވެނީގެ ސަބަބުން ނާޔާ އުފާވިނަމަވެސް ނަކީލްގެ ވާހަކަ ދެން ހިއްސާކުރެވޭނީ އެ ކައިވެންޏަށް ފަހުންކަން އިހުސާސްވުމުން ނާޔާ ދެރަވެސްވިއެވެ. ނާޔާއަށް ނަކީލްއާއިމެދު ވިސްނާލެވުނެވެ. ނަކީލްއަވަހަށްް ކައިވެނިކުރަން ބޭނުންވާއިރު ދެން އަވަހަށް ކައިވެނި ނުކުރެވޭނެކަން ނަކީލް ގާތުގައި ބުނާނެގޮތަކާއިމެދު ނާޔާއަށް ވިސްނެންފެށުނެވެ. ހަމައެކަނި ކާހިތްކެޑުނީީ ރަޔަންއާއި އިފްރާއެއް ނޫނެވެ. ނާޔާގެހިތްވެސް ވަނީީ ނުތަނަވަސްވެފައެވެ.
30 Comments!
Comments are closed.

V reethi ???? whn is next part ??????
Thanks for the beautiful comment
Insha Allah soon
?❤
Ohh this time second dho???
Wow??? awesome vvv reethi mi part vess ?????????? you are the best story writer ❤️❤️❤️ when next part ❓ I can’t wait long please please please avahah upp kolachey ??????? mihaa reethi story eh nukiyaeh nuhureveyne ????? waiting for next part ???????
Thanks for the beautiful comment. I may not be the best story writer now but In Sha Allah I will b one day. Next part soon. Dhen faharakun first ah comment koh lachey ?❤
Masha Allah.Varah reethi.When next part
Faathii Flower thee kon rashehge kuhjehtha
Thanks for the beautiful comment. Public place ehga rasheh nubuneveyne. I can say I’m from Huvadhoo Atoll.
Thanks for reading and commenting hope to see ur comment in all the episodes. Hope u wont feel bad becx I didnt say my island.
Next part soon.?❤
Sorry
Omg again a new story which is awesome ??? waiting for next part curiously
I like the name’s a lot mostly nakeel so beautiful name
Can’t wait sis ???????
Please write till end please ???
Thanks for the beautiful comment.
Hope to see ur comment in all the episodes. Insha Allah ekkoh liyaanan ?❤
Varah reethi , masha Allah keep it on I can’t wait for the next part
Thanks for the beautiful comment.?❤
WOW SO NICE ??? keep waiting gor next part
Thanks for the beautiful comment ?❤
Wow .. Vrh reethi mi part ves. Ma Shaa Allah. Kyp it up ingeyy..
Thanks for the beautiful comment ?❤
V Reethi.. Next part ah foni inthizaareh
Thanks for the beautiful comment. Insha Allah soon
This part is also amazing
Keep it up
Thanks for the beautiful comment ❤?
Very beautiful ????…Whn next part dear??????..waiting fr the next?????????
Thanks for the beautiful comment. In Sha Allah soon ❤?
Ttt vov
Hey dear kobaa tha next part❓can’t wait to read this wonderful story ????? please please please please please fast ??
?
??
???
????
?????
??????
???????
????????
?????????
??????????
???????????
????????????
?????????????
????????????
???????????
??????????
?????????
????????
???????
??????
?????
????
???
??
?
?
??
???
????
?????
??????
???????
????????
?????????
??????????
???????????
????????????
?????????????
??????????????
???????????????
???????????????????????????????
??????????????
?????????????
????????????
???????????
??????????
?????????
????????
???????
??????
?????
????
???
??
?
Aleyy Kobaatha story ? are you OK dear ❓And when next part ❔please please mihisaabun ninmaa nlachey
when next part?
aley kobaatha vaahaka
Story nimuneetha
Waiting ???☹️☹️????????????????????