Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ބުނާށެ ލޯބި ނުވަނީހޭ……48

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
July 27, 2019 5 Mins Read
55 Comments

ޝައުފާ ސިޓިން ރޫމްގައި އިން އިރު އިނީ ފުން ވިސްނުމަކަށް ގެއްލިފައެވެ. ރުހާމްގެ ނިންމުމާމެދު ވިސްނާ ވިސްނާ އޭނާގެ ސިކުނޑިވަނީ ގޮވާފައެވެ. ލޯބިވާ ދަރިފުޅުގެ ހަޔާތް ބަރުބާދުވާކަށް އޭނާއެެއް ނޭދެއެވެ. ރީހާން ގެއަށް އައިސް ވަނީ ޝައުފާ އެއިން ގޮތަށް އިންދައެވެ. ރީހާން އައިސް އެންމެ ފުރަތަމަވެސް ހޯދީ ރައިހާނާއެވެ. އޭރު ރީހާންގެ މޫނު މަތީގައި ރުޅިވެރިކަން ފެންނަން ހުއްޓެވެ.

އެނދުގައި ބަންޑުން އޮތް ރައިހާނާއަށް ސިހުން ގެނުވީ ބާރަކަށް މީހަކު ދޮރުގައި ތަޅައިގަތުމުންނެވެ. ދެލޯ ފުހެމުން އަމިއްލަ ނަފްސު ހަމައަކަށް އަޅުވަމުން ރައިހާނާ ގޮސް ދޮރު ހުޅުވިއެވެ. ރައިހާނާ ދޮރު ހުޅުވިކަމެއް ނޭންގެ ވައިސޫރިއެއް ހެން ރީހާން ކޮޓަރިތެރެއަށް ދެމި ގަތެވެ. ލެވުނުހާ ބާރެއް ލާފައި ދޮރު ލެއްޕިއެވެ. ރީހާން ގެ މޫނު މަތިން ފެންނަމުން ދިޔައީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ. ދެލޯ ރަތްވެފައި ހުރިއިރު ރުޅިގަދަވެގެން ގޮސް ކަތުރު ކަށިގަނޑު ތުރުތުރު އަޅަމުން ދިޔައެވެ. ދެއަތް ވަނީ ބާރަށް މުއްކެވިފައެވެ. “ކޮން މޮޔައެއް ވެގެންތަ ތިއުޅެނީ؟ ޑޭމް އިޓް ރައިހާނާ ހަމަ ޖެހޭތަ ބެރޭކްއަޕްވާން. ހަމަ އެކަނި ހަމްޒާބެގެ ހިތެއް ނޫނޭ ތި ހަލާކު ކުރީކީ އަމިއްލަ ހިތްވެސް. ކީއްވެތަ ބައްޕަ ގާތު ހަގީގަތް ނުބުނެވިގެން ތިއުޅެނީ. އޯހް އެނގިއްޖެ! ތީ ބައްޕަގެ ރަންދަރި އެހެންވީމަ ބައްޕަ ބުނާ ގޮތް ހަދަން ޖެހޭނެތާ! ބަސްއަހާ ދަރިއެއްކަން ބައްޕައަށް ދައްކަން ޖެހޭނެތާ!” ރުޅި އައިސްފައި ހުރި ވަރުން ކިޔޭ ނުކިޔޭ އެއްޗެއްވެސް ރީހާންއަކަށް ނޭންގެއެވެ. ހިތަށް އެރިހާ އެއްޗެއް ރައިހާނާއާ ދިމާއަށް ކިޔަމުން ދިޔައެވެ. މީގެ ކުރިން ދުވަހަކުވެސް ރީހާން އެފަދަ ގޮތަކަށް ރައިހާނާއާ ވާހަކަ ދައްކާފައެއް ނުވެއެވެ. ޒަޚަމުވެފައި ވި ރައިހާނާ ގެ ހިތް އިތުރަށް ޒަޚަމްވިއެވެ. އެންމެ ބޮޑަށް ހިތުގައި ޖެހުނީ ރީހާން އޭނާގެ ނަމުން އޭނާއާ މުޚާތަބު ކުރުމުންނެވެ. ލޮލުން ހޯސްލާފައި ކަރުނަ ފައިބަމުން ދިޔައެވެ. ދިފާއުގައި ބުނާނެ އެއްެވެސް އެއްޗެއް ދުލަކަށް ނައެވެ. ދެފަރާތަށް ބޯހެލުވުން ފިޔަވާ އިތުރު ހަރަކާތެއް ނުގެނެވުނެވެ. ރީހާން ކިޔާނެހާ އެއްޗެއް ކިއުމަށްފަހު ރައިހާނާއަށް ބަލާލުމެއްވެސް ނެތި ކޮޓަރިން ނުކުމެގެން ދިޔައެެވެ. ރައިހާނާ ކޮޓަރީ ދޮރުމަތީ ހުރި ޝައުފާއަށް ރީހާން ކީ ހުރިހާ އެއްޗެއް އަޑުއިވުނެވެ. ރީހާން އެގޮތަށް ވާހަކަ ދެއްކުމުން ޝައުފާވެސް ހުރީ ގަނޑުވެފައެވެ. ޝައުފާ ރައިހާނާ ކޮޓަރިއަށް ވަންއިރު ބިންމަތީގައި ދެކަކޫ ޖަހައިގެން ހިތު ޖެހިފައި ރޯން ރައިހާނާ އިނެވެ. ރައިހާނާ އެހާލުގައި އިންތަން ފެނުމުން ޝައުފާގެ ހިތަށް ފުން އަސަރުތަކެއް ކުރިއެވެ. ހިތާހިތުން ރުހާމްއަށް އެއްޗިހި ކިޔުނެވެ. ޝައުފާ ލަސްފިޔަވަޅު ތަކެއްގައި ގޮސް ރައިހާނާ ގާތު އިށީނެވެ. ރޯންއިން ރައިހާނާއަށް އެތަނަށް އިތުރު މީހަކު އައިކަމުގެ ހިލަމެއްވެސް ނުވިއެވެ.

ކޮޓަރީ ދޮރު ބާރަށް ޖަހާފައި ރީހާން ފާރަށް އަތުގެ ދެތިން ހަމަލާއެއް ދިނެވެ. އިސްތަށިގަނޑު ތެެރެއަށް އަތް މަހާލަމުން ގޮސް އެނދުގައި އިށީނެވެ. ރައިހާނާ ދިމާއަށް އެއްޗިހި ކިއުނީތީ ރީހާން ދެރަވިއެވެ. ރައިހާނާ ހިތުގައި ޖެހިފައި ހުއްޓާ އިތުރަށް ހިތުގައި ޖައްސާ ރޮއްވާލެވުނީމައެވެ. މޫނުގައި އަތް އަޅައިގެން ރީހާން ދެފަރާތަށް ބޯހޫރާލިއެވެ. ސިކުނޑި ހީވަނީ ފަޅައިގެން ދާން އުޅޭހެންނެވެ.

ކުޑަކުއްޖެއް ފަދައިން ހަމްޒާ އަޒްހަދް ގާތު ރޮމުން ދިޔައެވެ. އޭނާގެ އެއްވެސް ކުށެއްނެތި ރައިހާނާ އޭނާ ދޫކޮށްލާފައި ދިއުމުންނެވެ. ލޯބިވާއިރުވެސް ލޯބިނުވާ ކަމަކަށް ބުނެ އަމިއްލަ ނަފްސާ ހަމްޒާއަށް އޮޅުވާލީމައެވެ. ބޮޑުވެފައި ހުރި ފިރިހެންދަރި ކަރުނަ އަޅާ ރޯތަން ބަލަން އަޒްހަދްއަށްވެސް ވީ އުނދަގޫ ކަމަކަށެވެ. ހަމްޒާއަށް ވިސްނޭނެ ފަދައިން ނަސޭހަތް ދެމުން ދިޔައެވެ. “ދަރިފުޅާ ބައްޕައަށް ފެންނަނީ ދެން ދަރިފުޅުވެސް ރައިހާނާ މަތިން ހަނދާން ނައްތާލާފަ އާދިރިއުޅުމެއް ފަށަން. ބައްޕަ ދައްކާ ކުއްޖަކާ ދަރިފުޅު ކައިވެނި ކުރާނަންތަ؟” ހަމްޒާގެ އުމުރު ކައިވެންޏެއް ނުކޮށް ހިތާމަ ކުރުމުގައި ހުސްކުރާކަށް އަޒްހަދްއެއް ނޭދެއެވެ. ބައްޕަގެ އެދުމަށް ދެކޮޅު ހަދާނެ ހިތްވަރެއް ނެތުމާއި އެގަޑީ ހިތަަށް ކޮށްފައިވާ އަސަރުން ހަމްޒާ ބޯޖަހާލިއެވެ. ރައިހާނާއަށް އެހެން މީހަކާ އިނދެވެންޏާ އޭނާއަށްވެސް އިނދެވޭނެއެވެ. ރައިހާނާ ހީކުރަނީ ރައިހާނާ އޭނާ ދޫކޮށްފައި ދިއުމުން އޭނާގެ ދުނިޔެ ނިމުނީކަމަށް ހެއްޔެވެ. ނޫނެކެވެ. އެހެންނެއް ނުވާނެއެވެ. ހަމްޒާ ލޮލުން އަންނަމުން ދިޔަ ކަރުނަތައް ފުހެލިއެވެ. ހިތުގައި ނަފްރަތުގެ އަލިފާން ރޯވާން ފެށިއެވެ.

އިވުނު ވާހަކަތައް ގަބޫލު ނުކުރެވިފައި އަންޖަލްއަށް އިނދެވުނެވެ. ހަމްޒާ އެހާ ފަސޭހައިން ބަލި ގަބޫލު ކުރީހެއްޔެވެ. އިރުކޮޅަކު ގަނޑުވެގެން ގުރެފައި އޭނާގެ ކޮޓަރީއާ ދިމާއަށް ދުއްވައިގަތެވެ. އެއަށްފަހު ފޯނު ހޯދައިގެން އެންމެ ފުރަތަމަވެސް ރީހާންއަށް ގުޅިއެވެ. އަދި ބައްޕައާ ދޮންބެއާ ދެމެދު ދެކެވުނު ވާހަކަތައް ރީހާންއަށް ކިޔާދިނެވެ. “ވަޓް؟ ހަމްޒާބެ ހަމަ އެއްބަސްވީ އެހެން މީހަކާ އިންނަން؟ ވަޓް އިޒް ރޯންގް ވިތް ދެމް. ހުވާ މިބުނީ އެދެމީހުންގެ އެއްވެސް ގަޓެއް ނެތްތައް ލޮތްބަށްޓަކާއި ފައިޓް ކުރާކަށް. ސަހާދެއް އެއްވަރެއްގެ ދެމީހުން” ރީހާން ހިތްހަމަ ނުޖެހުނެވެ. އޭނާ ގަބޫލު ކުރާ ގޮތުގައި ލޮތްބަށްޓަކައި ހަނގުރާމަކޮށްގެން ނަމަވެސް ލޯބި ހޯދަން ޖެހޭނެއެވެ. ހަމަ މީހަކު އެއެްްޗެކޭ ބުނާއިރަށް ދުރުވާކަށް ނުޖެހެއެވެ.

ޝައުފާ އުނގުގައި ބޯއަޅައިގެން އޮތް ރައިހާނާއަށް އޮތީ ނިދިފައެވެ. ނިދާފައި އޮތެއްކަމަކު ގިސްލެވެމުން ދެއެވެ. ޝައުފާ ލޯބިން ރައިހާނާގެ އިސްތަށިގަނޑުގައި ފިރުމަމުން ދިޔައިރު ލޮލުން ކަރުނަ އާދެއެވެ. މަޑުމަޑު ނާނާއެއްގެ އަޑު ލައްވަމުން ދިޔައިރު ހީވީ ތުއްތު ކުއްޖަކު ނިންދަވަން އުޅުނުހެންނެވެ.

ރީހާން ރުޅިގަނޑު މައިތިރިވުމާއެކު ކޮޓަރިން ނިކުތެވެ. ރައިހާނާގެ ކޮޓަރިއަށް ގޮސް ދޮރު ހުޅުވާލިއިރު ފެނުނު މަންޒަރުން އޭނާގެ ދެލޯ ކަރުނުން ފުރާލިއެވެ. ތުންފަތުގައި ދަތް އަޅާލެވުނީ އެކަރުނަތައް ހިންދާލުމަށެވެ. ކޮޓަރިން ނުކުންނަށް އުޅެނިކޮށް ޝައުފާ ވައިޑަން އޭނާއަށް ގޮވާލިއެވެ. މައިވަންތަކަމުން ފުރިފައިވި އަޑުއިވުމާއެކު ކުޑަކުއްޖެއް ފަދައިން ރީހާން މަންމަ ގާތަށް ދިއައެވެ. “މަންމާ އައި އޭމް ސޯ ސޮރީ. އެގަޑީ ރުޅި އައިސްފައި ހުރިވަރުން ދޮންތިއާ ދިމާއަށް ހަޅޭއްލެވުނީ” ބޮޑުވެފައި ހުރި ފިރިހެން ދަރިއަކަސް އޭނާގެ ސަބަބުން މަންމަ ހިތުގައި ޖެހުނުހެން ހީވުމުން ރީހާންއަށް ރޮވުނެވެ. ކުޑައިރުވެސް ޝައުފާ ދެރަވިހެން ހީވެއްޖެނަމަ ރީހާންއަށް ރޮވެއެވެ. ޝައުފާ ކޮނޑުގައި ރީހާން ބޯއަޅާލުމާއެކު ރީހާންގެ ބޮލުގައި ޝައުފާ ފިރުމާލިއެވެ. އަދި ރީހާންގެ ނިއްކުރީގައި ބޮސްދިނެވެ. “ދަރިފުޅު ދޮންތިދެކެ ލޯބިވާތީއެއްނު އެއްޗިހި ކިއުނީ. ހަގީގަތުގަ މަންމަ ވަރަށް އުފާވެ ތިދެކުދިން ދެކުދިންދެކެ އެހާ ލޯބިވާތީ. މަންމައަށް އިނގޭ މަންމަމެން ނެތްދުވަހަކުންވެސް ދަރިފުޅު ދަރިފުޅުގެ ދޮންތި ބަލާނެކަން”

ލޯމަރައިގެން އޮތެއްކަމަކު ރައިހާނާ އޮތީ ހޭލައެވެ. ކޮއްކޮ އޭނާ ދެކެ ލޯބިވާވަރު އިހްސާސްވުމާއެކު ހިނިތުންވެވުނެވެ. އެހެން އެކެއްގެ ލޯބި ނުލިބުނަސް މަންމައާ ބައްޕަ އަދި ލޯބިވާ ކޮއްކޮ އޭނާދެކެ ލޯބިވާނެއެވެ.
އެންމެ ކުޑައިރު ފަދައިން ޝައުފާގެ ކޮނޑުގައި ބޯއަޅައިގެން ރީހާން ނިދާފައި އޮތްއިރު ރައިހާނާ އޮތީ އުނގުގައެވެ. އުމުރުން ކިތަންމެ ދޮށިވިކަމުގައި ވިއަސް އޭނާގާތު އެދެކުދިން އެއީ ކުޑަދެކުދިންނެވެ. ދުވަސްކޮޅަކުން ދެކުދިންވެސް އަމިއްލަ ދިރިއުޅުމެއް ފަށާނެއެވެ. އެހެން ހިތަށް އެރުމާއެކު ޝައުފާ ލޮލުން ކަރުނަ ނީރާލިއެވެ.

އޮފީހުން ގެއަށް އައި ރުހާމްއަށް ތިންމައިން ފެނުމާއެކު ހިނިތުންވެވުނެވެ. އޭނާގެ ދެކުދިން އަދިވެސް އެންމެ ތުއްތު ކުދިން ފަދައިން އެތިބީ މަންމަގެ ހިމާޔަތުގައި ނިދާފައެވެ. އޭނާގެ ހިތަށް އައީ އެދެކުދިން އެންމެ ކުޑައިރުގެ ދުވަސްތަކުގެ ހަނދާނެވެ. ބައެއް ރޭރޭ އޭނާ ގެއަށް އަންނައިރު އެކުދިން އެގޮތަށް ނިދާފައި ތިބޭނެއެވެ. އެކުދިންނަށް ހޭލެވިދާނެތީ ޝައުފާ ގުޑިވެސް ނުލާ އިންނާނެއެވެ. ރުހާމް އައިސް ދެކުދިން އެދަން ލައެވެ.
ރުހާމް ކޮޓަރިއަށް ވަދެފައި ޝައުފާ ގާތު އިށީންދިއެވެ. އަދި ރައިހާނާއާ ރީހާންގެ ބޮލުގައި ފިރުމާލިއެވެ. “މިދެކުދިންނާ ޝައުއަކީ އަހަރެންގެ ހަޔާތުގަ ލިބުނު އެންމެ ބޮޑު ކާމިޔާބީ. ތި ތިން މައިންްނާ ނުލައި އަހަންނަށް މިހާ ހިސާބަށް ނާދެވުނީސް. ޝައުއަށް ހީވޭތަ މަ މަގޭ ލޯބިވާ އަންހެން ދަރިފުޅަށް ދެރައެއް ދޭނެހެން؟” ޝައުފާއަށް ދޭނެ ޖަވާބެއް ނޭންގެއެވެ. ރުހާމް ރީހާންއަށް ވުރެ ބޮޑަށް ރައިހާނާދެކެ ލޯބިވާކަމަކީ އެންމެނަށްވެސް އެނގޭ ކަމަކެވެ. އެހެނަސް ދެކުދިން ތަފާތު ނުކޮށް ގެންގުޅެވޭތޯ ރުހާމް ބަލައެވެ. “މަށަށް އިނގޭ ޝައު ތިހިރީ މަދެކެ ހިތްހަމަ ނުޖެހިފަކަން. ރީއްކޮވެސް. އެކަމް އަހަންނަށް އިތުބާރުކުރޭ. ތޯތޯ މީހެއްގެ އަތްމައްޗަށް މަށެއް މަގޭ ރައިދުލެއް ނުކުރާނަން” ރުހާމް ރައިހާނާގެ ނިއްކުރީގައި ބޮސްދިނެވެ. ތޭވިސް އަހަރު ކުރިން އޭނާ ރައިހާނާ އެންމެ ފުރަތަމަ އަތަށް ލީ ވަގުތަކީ ހަޔާތުގައިވެސް އެންމެ އުފާވެރި ވަގުތުކޮޅެވެ. އެވަގުތުގައި ކުރެވުނު އިހުސާސް އެހެން އެއްވެސް ދުވަހެއްގައި ނުކުރެވުނެވެ. އެދަރިފުޅަށް ދުނިޔޭގެ ހުރިހާ އުފާވެރިކަމެއް ހޯދައިދޭން އޭނާ ބޭނުންވިއެވެ.
“އެކުދިންނަށް ގޮވަންވީނު؟ މިހާރަކު މަށަކަށް އެކުދިން އުފުލައިގެން އެނދަކަށް ނުގެންދެވޭނެ” ސަމާސާ ގޮތަކަށް ރުހާމް އެހެން ބުނުމާއެކު ޝައުފާއަށް ހީލެވުނެވެ. ޝައުފާ ބޯޖަހާލުމާއެކު ރުހާމް ރައިހާނާއަށާ ރީހާންއަށް ގޮވިއެވެ.
“ރައި. ރީއްކޮ. ތެދުވޭ. ތި ރީއްޗަށް ގޮސް އެނދުގަ ތިބެ ނިދާ” ރުހާމް ދެތިން ފަހަރު ގޮވައިގެންވެސް ރައިހާނާއާ ރީހާން ނުހޭލިއެވެ. ރިހާން ލޯ ހުޅުވަން އުޅޭކަހަލަ ގޮތަކަށް ހަރަކާތް ކޮށްފައިވެސް އޮތީއެވެ. “ރުހާމް ދެން މިހެން މިކުދިން ބައިތިއްބައި” ރުހާމް ދެކޮޅު ހެދުމެއް ނެތި އެކުދިންނަށް ނުގޮވައި ހުއްޓާލިއެވެ. “ރީހާންއަކީވެސް އަހަރެން އުއްމީދު ކުރިފަދަ ކުއްޖެއް. ބަސްއަހާ ކިޔަމަންތެރި ދަރިއެއް. މިކުއްޖާ ދޮންތިއަށްޓަކާ ކޮންމެ ފަދަ ގުރުބާނީއެއްވެސް ވެދާނެ” ރުހާމް ފަޚުރުވެރިކަމާއެކީ ބުންޏެވެ.

ސުނައިނާ ކޮއްކޮގެ ހާލާ މެދު ދެރަވިއެވެ. ހަޔާތުގައިވެސް ލޯބިވި ދެކުދިން އެކޮއްކޮގެ ހިތްހަލާކުކޮށްލީއެވެ. އަންހެން ކުދިންނަކީ ހާދަހާވާ އަނިޔާވެރި ބައެކެވެ. ގިނަ ފަހަރު އޭނާ އަޑުއަހަނީ ފިރިހެން ކުދިން އަންހެން ކުދިންގެ ހިތްހަލާކުކުރާ އަޑެވެ. އެހެނަސް އޭނާގެ ކޮއްކޮގެ ހިތް އެވަނީ އަނިޔާވެރި ދެ އަންހެން ކުދިން ގެ ސަބަބުން ހަލާކުވެފައެވެ. ހަމްޒާގެ ރަތްވެފައިވި މޫނާއި ދުޅަވެފައި ހުރި ލޯ ފެނުމުން ލިއާއަށްވެސް އަސަރުކުރިއެވެ. ހަމްޒާ ސޯފާގައި އިންދައި ގޮސް ހަމްޒާ ގާތު ކިހިނެއްވީތޯއެހިއެވެ. ލިއާގެ ސަބަބުން ހަމްޒާގެ ތުންފަތްމައްޗަށް ހިނިތުންވުން ވެރިވިއެވެ.

ރީހާންއަށް ލޯހުޅުވާލެވުނީ ކަރަށް ތަދެއް އަރައިގެންނެވެ. އުނދަގޫ ގޮތަކަށް ލޯ ހުޅުވާލިއިރު އަނދިރިކަމުން އެއްވެސް ތަނެއް ނުފެނެއެވެ. މިނެޓެއް ހާއިރު ފަހުން ލޯ އަނދިރިއަށް ހޭނުނެވެ. އޭނާއަށް އޮވެވުނީ ޝައުފާ ކޮނޑުމަތީ ބޯއަޅައިގެން ކަން އެނގުމުން ހީލެވުނެވެ. ޝައުފާވެސް އޭރު އެނދުގައި ލެގިލައިގެން ނިދާފައި އިނެވެ. ރައިހާނާވެސް އޮތީ ގަދަ ނިދީގައެވެ. ކަނދުރާގައި އަތް ކާއްތަމުން ތެދުވެވުނުހާ އެންމެ މަޑަކުން ރީހާން ތެދުވިއެވެ. ގިނައިރު އެއްގޮތަކަށް އިނުމުން އޭނާގެ ފައިވެސް ހުރީ އައްސިވެފައެވެ. އުނދަގޫ ގޮތަކަށް ކޮޅަށް ތެދުވެފާ މޯޅިއަކަށް ދެމިލިއެވެ. ރީހާންއަށް ހިނގައި ނުގަނެވިގެން އުޅެނިކޮށް ރައިހާނާ ތެދުވިއެވެ. ބޮލުގައި އެއް އަތުން ހިފަހައްޓައިގެން ރައިހާނާ ތެދުވިއެވެ. ގިނައިރު ރުއިމުގެ ސަބަބުން އޭނާގެ ބޮލަށް ވަނީ ބަރުވެފައެވެ. އޭސީ ޖައްސައިފައި އިނުމުން ހީވެސް ކަރުވައެވެ. އޮވެވުނު ގޮތުން ކޮޅަށް ތެދުވަން ރައިހާނާއަށް އުނދަގޫވިއެވެ. ރީހާންއަށް އެކަން އެނގިގެން ރައިހާނާގެ އެއް އަތުގައި ހިފައި ނެގިއެވެ. “ގަޑިން ކިހާއިރެއް؟” ރަނގަޅަށް ލޯ ނުހުޅުވާ އިނދެ ރައިހާނާ ނިދި އަޑަކުން އެހިއެވެ. ރީހާން ނޭންގެއޭ ބުނުމުން ކޮޓަރިން ނިކުންނަން ދިޔައެވެ. ނުކައި ހުރުމުން އޭނާ ހުރީ ބަނޑުހައިވެފައެވެ. ރީހާންވެސް ރައިހާނާ ފަހަތުން ނުކުތެވެ.
ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

އެދުވަސްތައް އަނބުރާ ލިބި ދާނެބާ 5

Next

ތިޔަ ލޯތްބާ ދުރަށް 5

Next
July 28, 2019

ތިޔަ ލޯތްބާ ދުރަށް 5

Previews
July 27, 2019

އެދުވަސްތައް އަނބުރާ ލިބި ދާނެބާ 5

55 Comments!

  1. Kiyara says:
    July 27, 2019 at 11:29 pm

    Salam everyone. Here’s 48th part of bunaashey loabi nuvanyhey. Hope u guyes enjoy reading this episode too. Next episode In Sha Allah before Thursday

    1. BarBie says:
      August 4, 2019 at 9:32 pm

      kiyaaraa… thursday aissa gossi.. adhives mi story ge 49th part up eh nuveyyyy.. e kyhve thaa?

  2. Meekkomee says:
    July 27, 2019 at 11:39 pm

    Woww varah reethi mi part ves ❤️❤️❤️❤️❤️?? ??? waiting for the next part ???

  3. azker says:
    July 27, 2019 at 11:43 pm

    Yeah me second dhw naf ah vure kurin…..story hama hands????

    1. Naf says:
      July 28, 2019 at 10:13 am

      Ok ok….lets see next time ..i ll beat yuh….in this story

  4. DHONTHY says:
    July 27, 2019 at 11:45 pm

    Alhey kiyara❤️❤️ Thank you buni dhuvahah vure kurin up kodhdhineema.. Vvv reethi mi part ves.. V emotional… Dhen Rai aai Hamza dhurunukuruvaa… Haadha loabin ulheyne dhekudhinney eiy… Hehe… Dhen oiy bayah waiting??

  5. azker says:
    July 27, 2019 at 11:49 pm

    *habeys*

  6. Mimmi7 says:
    July 28, 2019 at 12:07 am

    Yayyy finally the 48th part ?? I’ve been waiting eagerly for this… Kiyaalaafa comment kohlaanan

  7. Juwai Ner says:
    July 28, 2019 at 12:17 am

    Nahu Xaad

  8. AMAAN says:
    July 28, 2019 at 12:20 am

    Vvv rythi mi part ves….i cant wait to read next part…dhen rai aa hamza aa dhemyhun dhuru nukoh gulhuvabala plz…

  9. Mimmi7 says:
    July 28, 2019 at 12:25 am

    Awwwwn mi part vx Hama obi??? kiyamun dhiya iru heevanee loa mathin manzaru thah sifa vaahen…. Ehaa vx furihama adhi habeys❤️❤️❤️❤️? this is one of the best stories I’ve read on esfiya…. N i must say kiyaa ur superb…. Pls hamza aai rai duru nukurahchey…. I really lyk them??? n pls nxt part miahvure thankolheh dhigu kohlahchey?????Lysm❤️❤️❤️??

  10. އައިސް says:
    July 28, 2019 at 5:17 am

    Maa haasaru dhiguvanee

    1. Alla says:
      August 6, 2019 at 6:54 pm

      Dhw…ekam vx reethi dhn.

  11. jiji says:
    July 28, 2019 at 5:18 am

    Wow…v v rythi mi part vec..So hurt touching…really luv it..whn next

  12. Yerkko says:
    July 28, 2019 at 9:42 am

    Agreed

  13. Psycho says:
    July 28, 2019 at 9:44 am

    Wow obi…Best story I’ve ever read

  14. Story lover says:
    July 28, 2019 at 9:46 am

    Haadha reeche… Hamaza and Rai dhuru nukure…

  15. ??? says:
    July 28, 2019 at 9:48 am

    Thankolheh avahah next part up kohba…vl ????

  16. Broken says:
    July 28, 2019 at 9:51 am

    Hamza and Rai dhuru nukure… They are meant to be together… As someone who has experienced this, it really hurts… Plx thankolheh avahah next part up kohdhy…. ???

  17. Naf says:
    July 29, 2019 at 12:25 pm

    Kiyara.. When nxt part …,?thankolheh avahah up koh dhehchey …

  18. coxa says:
    July 29, 2019 at 1:16 pm

    btw im kinda confused can anyone tell me if niklaath is deaf or not like my sister told me like that but I never read a part she was deaf

    1. Naf says:
      July 29, 2019 at 8:58 pm

      She is not a deaf and also the story writer didnt mention wheather she is deaf or not …she is a normal women married to vishaah …

    2. Anonymous says:
      August 1, 2019 at 8:39 pm

      I think she isn’t deaf. Ekam talk nukurevey. Ulhey dhw ekahala kudhin ves Hama. Adu ivunas vaahaka dhekkumun mahroom vefa vaa kudhin.

  19. Mariyanbu? says:
    July 29, 2019 at 10:57 pm

    ???Alheyyy rai n hamza dhurunukurahchey kiyaa
    ?✨waiting aiting for the next part

  20. Sher_07 says:
    July 30, 2019 at 7:38 am

    Awesome

  21. ??? says:
    July 31, 2019 at 10:16 am

    Kiyaaaaaaa kon iraku next part up kurayaa?

  22. ???? says:
    July 31, 2019 at 1:52 pm

    Story 49th part kon iraku tha

  23. Ferh says:
    July 31, 2019 at 9:17 pm

    Next part….kon irakutha …..

  24. ??? says:
    August 1, 2019 at 7:36 am

    Kiyaaaaaaaaaaaaaaaaaaaaaaa…… Its Thursday…… Ttttttttttthhhhhhhhhhuuuuuuuurrrrrrrrrrrsssssssssssdddddddddaaaaaaaaaaaaaayyyyyyyyyyy…… ??????????

  25. Broken ?? says:
    August 1, 2019 at 11:18 am

    Hello kiya…. When can we expect the next part

  26. Naf says:
    August 1, 2019 at 11:33 am

    Haadhala lahey up kuraleh its thursday…????

  27. Noora says:
    August 1, 2019 at 10:12 pm

    Adhi thursday nujeheny kaneyge…readers ah onaa.y wait kuru..writer hiyfurey varu vunun genes dheyne 2 folhuvai

  28. Story reader says:
    August 1, 2019 at 11:35 pm

    Aslu vxx vaahaka up veythoa gadiiiraku 5 faharu esfiya ah vannan jehey….

  29. Yerkko says:
    August 2, 2019 at 10:08 am

    Hey story up kury ma ves pending ga hurey…. How would you know about it when you don’t even have a story….. And grade 10 ga ulhey kudhin vrh busy vaane…. That’s why it is taking so long

  30. Yerkko says:
    August 2, 2019 at 10:12 am

    And Noora try thinking from others point of view… May be its on pending….. And stop being so rude in the comments…

  31. Noora says:
    August 2, 2019 at 1:27 pm

    Hehe..
    U guys r so so…
    Pending ga huryma dhaw readers ge coment thakah reply nuvany ves…atleast rey kureveyne dhaw…

  32. Story reader says:
    August 2, 2019 at 6:14 pm

    10.ga ulhey thii vx eh vedhaane ….its ok…lets hope varah avahah up vaane kamah …..kiyara up kohlleveyne dhuvas bunela dhyfiyyaamh varah ragalgu

  33. Yerkko says:
    August 2, 2019 at 7:05 pm

    She maybe really busy… Or kihinei engeyny her tab, lap or phone whatever she used to sign in maybe broken

    1. Mimmi7 says:
      August 3, 2019 at 12:18 pm

      Yea… Ur vry right yerkko… Me being a writer myself, I can understand that it’s a vry difficult thing….. Stry liyefa submit kurumun vx vrh gina iru nagaane pendinga ….. N maybe kiyaa is sick or bzy… Or Hama yerkko buni hen maybe her phone is broken or somethin…. Aslu mihurihaa kameh enme rangalhah visneynee amilla stry eh liyaabayakah…. I have a stry ehnve I can understand….. Noora or whoever ur…. U don’t have 2 be so rude to others… ?? First u should learn 2 respect others… Mivaguthu kiyaa ah vaahaka up nukurevigen eulhenee keehve kameh aharemennah neygey…. So it’s better to keep quite n wait… Coz this stry is awesome n it’s worth waiting ??BTW kiyaa this part was super coooooool???I luv it….

  34. Noora says:
    August 2, 2019 at 8:43 pm

    What a jok ?????

  35. Azka says:
    August 2, 2019 at 9:59 pm

    Guys nikhaath is deaf it is all ready mentioned in some part…..anyway maybe kiyaa is very busy….hama gaimuves free ve gen hure vaahaka up nukosheh uhunnaane readers Should understand this???

  36. Yerkko says:
    August 3, 2019 at 7:32 am

    It’s not a joke you r….. I’ve tried being nice but I can’t wait to see you insult a Friend….if you can’t wait for her to upload her story than why are U even here.. idiot….( No offense)

  37. Sparkle girl says:
    August 3, 2019 at 3:08 pm

    Nicw

  38. ???? says:
    August 3, 2019 at 3:45 pm

    Hellooo..kiyaaraa…up kohhdhybaa..I can’t wait ….really exited about this story….

  39. Psycho says:
    August 3, 2019 at 11:21 pm

    Kiyaa next part up kurany kon iraku…????

  40. Yerkko says:
    August 3, 2019 at 11:29 pm

    Noora wait nukure venna vaahaka nukiyaa en….

  41. Akil says:
    August 4, 2019 at 5:18 pm

    koba tha next part.. avahah up kohla dheebaa

  42. liar says:
    August 4, 2019 at 6:32 pm

    Ehkala dhogu hadhaa Meehaa hama readers ge loluga adhun alhuvan dhethin part buni dhuvahah up kohfa back to being her true self.. thivaruge meehun vaahaka nuliyaany

  43. Reehaan says:
    August 4, 2019 at 9:36 pm

    when 49th part up kollaany?

  44. HaMzA says:
    August 4, 2019 at 9:37 pm

    when 49th part up kollaany?

  45. Mariyanbu? says:
    August 4, 2019 at 10:42 pm

    ?✨?Waitingggggg
    ??Whn next part up kurany??

  46. jiji says:
    August 5, 2019 at 6:35 am

    Kiyaaa…plxxx upload the storyy…Mihaaru kehkurevey v noon mi storyy kiyaa hithakunn..plx avahah upkohlaathi ingeyy..Cant wait????

  47. Meena says:
    August 5, 2019 at 12:41 pm

    I m eagerly waiting ..
    But not for the story..
    Kiyara dhaka bahanaa eh balan…molhu ehche bunaane yageenun ves..as usual..
    Mihaaru v foohi veje mi story kiyan..ok up nukuriyas

  48. ??? says:
    August 6, 2019 at 9:52 am

    Meena and liar…. Kiyaa Is probably busy… If you think she is a cheet than why do you even read her story ????

  49. Jasmine says:
    August 6, 2019 at 1:42 pm

    Liar and meena if you can’t wait it’s better you don’t read
    And please don’t be so rude
    Maybe kiyaa is busy you will understand if you are a writer. And thivarah aranyaa it is better you don’t read any story and I request don’t even try to comment like so rude.

Comments are closed.

Next Episodeބުނާށެ ލޯބި ނުވަނީހޭ….49←


All Right Reserved!