ފާލަމަށް ފެރީ ގާތްކުރުމާއި އެކު ދަބަސް ކޮނޑުގައި އަޅުވާ ލައިގެން ފެރީން ފޭބީމެވެ. ދަތުރުވެރިންގެ އިސްތިގުބާލުގައި އެމީހުންގެ ގާތް ތިމާގެ މީހުންނާއި ބައެއް ރަޙުމަތްތެރިން އައިސް ތިއްބެވެ. މާހައުލަށް ނަޒަރު ހިނގާލުމުން ފެންނަނީ އުފާވެރިކަމެވެ. އުފަން ވަޒަނަށް އާދެވުނު ނަމަވެސް އަހަންނަށް ކުރެވުނީ ބީރައްޓެހި އިޙުސާސެކެވެ. ދާނެވަކި ދިމާއެއް ނޭނގިފައި ހުއްޓާ މާދުރުން ފިރިހެންވަންތަ ހިނގުމެއްގައި ބައްޕަ އަންނާނަން ފެނުނެވެ. އަހަރެން ބައްޕައާއި ދުރުގައި އުޅޭތާ މިހާރު ސަތާރަ އަހަރު ވެއްޖެއެވެ. ނަމަވެސް ބައްޕަ ދެކެ އަހަރެން […]
ގަބޫލު ނުކުރެވިފައި އަޝްފާންއަށް އިނދެވުނީ މައިހާއަށް ބަލާށެވެ. އަޝްފާން އެއްޗެއް ނުބުނެ ގިނަ އިރުވާން ފެށުމުން މައިހާއަށް އުނދަގޫ ވިއެވެ. “އަޝްފާން މިހާރު ބޭނުން ނުވަންޏާ އޯކޭ…” އިސް އުފުލާ އަޝްފާންގެ މޫނަށް ބަލަން ނުކެރިގެން މައިހާ މަޑުމަޑުން ބުނަން ފެށިއެވެ. ނަމަވެސް ކުރިއަށް ނުގެންގޮސް ހުއްޓާލީ މައިހާގެ އަތް ތިލައިގައި އަޝްފާން ހިފާލުމުންނެވެ. “އަހަރެންގެ ހިތުގަ މައިއަށް އޮތް މަގާމު އަދި ބަދަލެއް ނުވޭ… ހިއެއް ނުވޭ ދުވަހަކުވެސް ބަދަލު ވާނެ ހެނެއް” އަޝްފާން ބުންޏެވެ. […]
“ނައި… ޕްލީޒް ބީ މައިން… އައި ލަވް ޔޫ… ހައިޒަލްގެ ލޯބި ހަނދާންނައްތާލާވަރަށް ލޯބިދޭނަން…” އެއީ ކޮންމެ ކުއްޖެއްވެސް އަހާލަން ބޭނުންވާނޭ ލަފްޒުތަކަށްވިޔަސް ނައިނާއަށް އެ ބަސްތައް އަޑުއިވުނީ ހޮނުގުގުރިއެއް ފަދައިންނެވެ. އޭނަގެ ކަންފަތްދަށުގައި ގުގުރިއެއް ޖެހިފަދައެވެ. ދެލޯބޮޑުކޮށް ލެވިގެންދިޔައިރު ސިހިފައި ފަހަތަށް ފިޔަވަޅެއް އަޅާލެވުނީއެވެ. އެވަގުތު ކޯރިޑޯއިން ހިނގާލައިފައި އައި ހައިޒަލްއަށް ސާފުކޮށް އެޖުމްލަތައް އަޑުއިވުނެވެ. ހައިޒަލްގެ ފިޔަވަޅުތައް ބިމަށް ތަތްވިއިރު ފާރަށް ލެގިލެވުނީ ގައިން ވަރުދޫވެދާނެހެން ހީވެގެންނެވެ. އެޖުމްލަތަކުން އޭނަގެ ހުރިހާ އުފަލެއް އަނދާއަޅިއަށް […]
ޒިޔާންގެ ޖަވާބަކަށް ބެލުމެއްނެތި ޒާޔާ ފޯނު ކަނޑާލިއެވެ. އަދި އެންދުން ތެދުވެ ބެލްކަންޏާއި ދިމާލަށް ދުއްވައި ގަތީ އެ ލަވަ ކީޔަމުންދާ އަޑަކީ ކޮން އަޑެއް ކަން އެނގޭތީއެވެ. ***************************************************** ބެލްކަނީގެ ފަރުދާ ކަހާލުމަށްފަހު އަވަސްއަވަހަށް ބޭރު މަގުމައްޗަށް ޒާޔާ ބަލާލީ އެމީހެއްގެ މޫނު ބަލާލުމަށެވެ. އޭރު އޭނާގެ ގެޔާ ދިމާލުން ތިރީގައި މީހުންތަކެއް އެއްވެފައި ތިއްބެވެ. އަދި އެމީހުންގެ ތެރޭގައި ގިޓާއެއް ހިފައިގެން ލަވަކިޔަން އޭނާ ހުއްޓެވެ. އޭނާ ހުރީ ޒާޔާއަށް ފުރަގަސް ދީގެން ކަމުން […]
އަހަންނަށް ރަނގަޅަށް ހޭވެރިކަންވީއިރު އެކަކުވެސް ފެންނާކަށް ނެތެވެ. މަޑުމަޑުން ތެދުވެގެން އަހަރެން ބަދިގެއާ ހަމައަށް ދެވޭތޯ މަސައްކަތް ކުރީމެވެ. ތަންތާ ލައްގަންނަމުން ނަމަވެސް އަހަންނަށް ބަދިގެއާ ހަމައަށް ދެވުނެވެ. ބަދިގޭގައި އޭރު ބައްޕައާ ވާހަކަދައްކަން ހުރީ ދެވަނަ މީހެއްނޫނެވެ. އެއީ އަހަންނަށް ކޮންމެރެއަކު އުދަގޫކުރާ ހިޔަންޏެވެ. އަހަރެން ކުރި އުންމީދުތައް ފުޑުފުޑުކޮށްލި މީހާއެވެ. އަހަރެން ބައްޕަގެ ވާހަކަތައް އަޑުއަހަންހުރީ ރޮވިފައެވެ. އަހަރެންގެ ކުޑަކުޑަ ހިތް ފުޑުފުޑު ވެގެންދިޔައެވެ. ‘ރާއިފާ އަށް ކަމެއް ވެއްޖެއްޔާ ކަލޭ ޖެހޭނެ ޒިންމާވާން، […]
ސްޕެޝިއަލް ފޯ ނަޒްހާސް ރިއަލް ….. ”ކީއްކުރަން. ތިކިޔާ ފޮތެއް ނުދިނަސް ކަލޭ އާ މަ ކައިވެނި ކޮއްފާނަން. އެއީ ޝަރުތެއްގެ މަތިން. މަ ށަށް ދުވަހަކުވެސް އައިޒާއޭ ކިޔާފަ ގޮވައިގެން ނުވާނެ.” ނިޔާޝްގެ ފިޔަަވަޅުު ތައް ވަގުތުުންް ހުއްޓުނެވެ. ޑިއުޓީއަށް ދާން ވެސް ފޫހި ވިއެވެ. ޖީބުގައި އޮތް ފޯނު ނަގައި ޕޮލިސް ސްޓޭޝަން ގުޅައި މިއަދު ނުދެވޭނެ ވާހަކަަ ބުނެލިއެވެ. ”ކީއްކުރަން މަށަށް މާ މުހިންމު މިހާރު އޮތް ކޭސް އަށް ވުރެ […]
އަނދަމުން ދިޔަ އަލިފާން ގަނޑުގެތެރެއިން ޒައިކުގެ މޫނު ޝިފާއަށް ފެންނަވަރުވީ ފަނޑުފަނޑުކޮށެވެ. ވަރަށް އުނދަގުލުން ޝިފާއާއި ކައިރި އަށް އައުމަށްފަހު އެދިމާގައިވާ އެހެން މީހެއްގެ ހަޅެކުގެ އަޑުއިވުމުން ޒައިކު އެދިމާއަށް ބަލާލިއެވެ. ދެން ހަޅެއް ލަވައިގަތުމަށްފަހު އެދިމާއަށް ދުއްވައިގަތެވެ. ޝިފާއަށް މަންޒަރު ފުސްވިއިރު ފެންނަމުން ދިޔައީ އޭނާ ދޫކޮށް ޒައިކު ދާ މަންޒަރެވެ. އަނގައިން އަޑެއް ނުނުކުތަސް ލޮލުން ކަރުނަ ނުހުއްޓެއެވެ. ހިތައް ކުޑަވަރެއްވެ ހާޓްއެޓޭކެއް ޖެހުނުކަހަލައެވެ. ޒައިކުގެ ލޯބީގައި ދީވާނާވެގެން މިހާ ހިސާބައް އައުމުން […]
“އަހަރެންގެ މަންމަ… މަންމަވެސް ނިޔާވީތަ؟” ހައިޒަލް ނޭވާލުމެއްނެތި އަވަސްގޮތަކަށް ސުވާލުކުރިއެވެ. އޭނައަށް އިނގިފައިވާގޮތުން އޭނަ އެއްލާލައިފައި މަންމަ ފިލީއެވެ. އަލްހާން އޭނައަށް ބުނެދިން ގޮތަކީ އެއީއެވެ. އޭނަގެ ދޮންބެ އަލްހާން އޭނަގެ މައިންބަފައިންގެ މަރުގެ ހަބަރު މިހާތަނަށްވެސް ސިއްރުކުރީ އޭނައަށް ލިބިދާނެ ހިތާމައަކަށް ވިސްނާފައިކަމަށް ހިތް އޭނަައަށް ވިސްނައިދިނަސް ހައިޒަލްގެ ހިތުގައި ސުވާލު އުފެދުނީ ސަބަބެއްނެތިއެއްނޫނެވެ. އެހެންވާނަމަ އޭނަގެ މަންމައާއި ބެހޭގޮތުން އަލްހާން އެހާބޮޑު ދޮގެއް ހެދީ ކީއްވެގެން ހެއްޔެވެ؟ “ހޫމް.. އަޒްހާން އަންކަލްއާއި ހައިލާ އާންޓްގެ […]
“ނަދާ…” ނަދާ ތެދު ވުމުން އަޔާޒް ގޮވާލި ނަމަވެސް ނަދާ މަޑެއް ނުކުރިއެވެ. އަޔާޒްވެސް ބާކީ ހުރި އެތިކޮޅާއެކު ތަށި ބަހައްޓާފައި ތެދުވިއެވެ. “އަޔާ، ނިންމާލާފަ ދާންވީނު؟” މައިހާ ބުންޏެވެ. “ނިމުނީ” މައިހާއަށް ބަލާ ނުލާ އަޔާޒް ގޮސް ކޮޓަރިއަށް ވަނެވެ. އޭރު ނަދާ ވީ ފާހާނާގައެވެ. ދިހަ ވަރަކަށް މިނަޓް ފަހުން ނަދާ ނިކުތް އިރު އަޔާޒް ސޯފާގައި އިނެވެ. ރޮއެފައި ހުރި ކަން އެނގިދާނެތީ ނަދާ އިސް ޖަހައިގެން ހުރެ ތުވާލި އަޅުވާލާފައި ކޮޓަރިން […]