Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭނގިހިތޭ ތި އަތުލީ 34

Star Level 310 Stories100 Comments100 Login
July 26, 2019 3 Mins Read
25 Comments

އިރުކޮޅެއްގެ ހަމަހިމޭން ކަމަށްފަހު ރަފާ ވާހަކަ ދައްކަން ފެށިއެވެ. އެއީ މައުވަންގެ ދަރިއެއް ނޫންކަމާއި އަދި މައުވަން އޭނަ އާއި އިނީ ކީއްވެގެންކަން ހާމަކުރިއެވެ. އިވިގެންދިޔަ ވާހަކަތަކުން ތަނުގައި ތިބި އެއްމެން ތިބީ ހައިރާންވެ ބަސްހުއްޓިފައެވެ. އަކްޔަން ހުރީ  އޭނަ ދެކެ އެވަރަށް ލޯބިވާ އޭނައަށްޓަކައި ޤުރުބާންވި ބޭބެ އާއި ދޭތެރޭ ކަންތައް ކުރެވުނު ގޮތުން ދެރަވެ ލަދުވެސް ގަނެފައެވެ. ރަފާ އެއްމެންގެ ކިބައިން މާފަށްއެދި ގެއިން ނުކުމެގެން ދިޔައެވެ.

ރަފާ ނިކުމެގެން ދިއުމާއެކު މައުވަން ދިޔައީ އޭނަގެ ކޮޓަރިއަށެވެ. މިވަގުތު އިތުރު ވާހަކައެއް ދެއްކުމުގެ ޝައުގުވެރިކަމެއް އޭނަގެ ނެތެވެ. އަދި ވާހަކައެއް ދެއްކުމުގެ ފުރުސަތު އިތުރުމީހަކަށް ދޭކަށްވެސް ބޭނުމެއްނުވިއެވެ. ސިޓިން ރޫމްގައި ބާކީ ތިބި އެކަކުވެސް އަނގައިން ބުނެނުލާ ތިބީ އިވުނު ވާހަކަތަކާ ދޭތެރޭ ވިސްނާށެވެ.

މައުވަން ކޮޓަރިއަށް ގޮސް ބަންލާފައި ކޮޓަރި ދޮރުޖަހާފައި ގޮސް އެނދުގައި އިށީނެވެ. ކަކުލުގައި އުޅޮބޮށި ވިންދައިގެން ދެއަތްތިލައިން ބޮލުގައި ހިފަހަށްޓައިގެން އިނީ އެކި އެކި ޚިޔާލުތަކަށް ގެއްލިފައެވެ. ރަފާގެ ސަބަބުން އޭނަގެ ދިރިއުޅުން ހަލާކުވެ ނިމުނީއެވެ. މަލާކް ދެކެ ލޯބިވާކަން އިހްސާސްވިއިރު މަލާކްވެސް ފަސްދީފިއެވެ. އެއީ އޭނަ އުޅެމުން ދިޔަ ގޮތުގެ ނަތީޖާކަމަށް މައުވަންއަށް ޤަބޫލްކުރެވުނެވެ.

މަލާކްއިނީ ގޭގައި ކޮފީއެއް ބޯލާށެވެ. އޭރު ސިޓިންރޫމްގައި ތިބި ޝަރީފް އާއި އަމީނާ ތިބީ ޓީވީން ދައްކަމުންދިޔަ ޕްރޮގްރާމެއްބަލާށެވެ. މިހާރު މަލާކްގެ އެއްމެ ބޮޑު ހިތްހަމަޖެހުމަކީ އެއީއެވެ. ބަދަހިވަމުންދާ އާނަގެ މަންމަ އާއި ބައްޕަ ގުޅުމެވެ. އޭނަގެ އުމްމީދަކީ ލަސްތަކެއްނުވެ އެގުޅުން ރަސްމީވުމެވެ. އެދެމީހުން އެކުގައި ފެންނަ ކޮންމެ ވަގުތަކު މަލާކްގެ ތުންފަތުގައި ނުފިލާ ހިނިތުންވުމެއް ހުރެއެވެ. ކުޑައިރު އެހެން ކުދީންގެ މަންމަ އާއި ބައްޕަ އެކުގައި އުޅޭމަންޒަރު ތަކަކީ މަލާކް ބަލާފޫހި ނުވި މަންޒަރުތަކެކެވެ. އެނަސީބު ކޮންމެސް ދުވަހަކުން އޭނައަށްވެސް ލިބޭތޯ އަބަދުވެސް އުއްމީދުކުރިއެވެ.

މަލާކް އިނީ އާދައިގެ މަތިން ހޮސްޕިޓަލްގެ ކެންޓީންގައެވެ. ކުރިމަތީގައި އޮރެންޖް ޖޫސްތައްޓެން ހުއްޓެވެ. ނަމަވެސް އޭނަގެ ޝައުގު ހުރީ ކެންޓީން ތެރޭގައި ތިބި މީހުންނަށެވެ. ބޭނުންވަނީ އެއްމެ ފަރާތެއް ދެކެލުމެވެ. ކޮންމެ ދުވަހަކުވެސް ކެންޓީނަން އައިސް ފަރާތް ފަރާތަށް ނަޒަރު ހިންގެނީ މައުވަންގެ ރީތި ސޫރަ އެއްފަހަރު ނަމަވެސް ފެނޭތޯއެވެ. ނަމަވެސް މައުވަން ނުފެންނަތާ މިހާރު ހަފުތާއެއް ވެގެން ދިޔައީއެވެ. ކޮންމެ ދުވަހަކު ކެންޓީނަން މަލާކް އަންނަނީ ފެންނާނެ ކަމުގެ އުމްމީދުގައެވެ. މާޔޫސް ވުންނޫން އިތުރު ކަމެއްނުވެއެވެ. އިރުކޮޅަކާ ފޯންވެސް ބަލާލެވެނީ މެސެޖެއްނަމަވެސް އޮންނާނެކަމަށް ހީކޮށެވެ. ހޮސްޕިޓަލަށް ނާންނަ ތަނުގައި މަލާކަށް މެސެޖެއްވެސް ކޮށްނުލައެވެ. މައުވަން މިވަރަށް ހަނދާންވާންވީ ސަބަބެއް މަލާކަށް ނޭނގެއެވެ. ނުފެނެ ގިނަދުވަސްވާވަރަކަށް ދެކެން ބޭނުންވާލެ ބޮޑުވަނީއެވެ. ކިތައްމެ ފަހަރަކު ގުޅަން ވެސް ހިތަށް އަރައެވެ. އެކަމަކު ފަސްޖެހެވެނީއެވެ. އެއްމެފަހުން މަލާކް ޤަބޫލު ކުރިގޮތުގައި މައުވަން އެއްކޮށް މަލާކްމަތިން ހަނދާންނެތުނީއެވެ. އަދި އޮފީހަށްވެސް ނާންނަނީ ރަފާއަށް ވަގުތު ދިނުމުގެ  ގޮތުންނެވެ. މި ދުވަސްވަރު ރަފާއަށް އެއްމެބޭނުންވާނީ މައުވަންގެ އަޅާލުންވިއްޔާއެވެ. މަސްހުނި ހިޔާލްތަކެއްގައި މަލާކްހުއްޓައި އެތަނަން އައީ ނިއަމްއެވެ. “މީހެއްގެ އިންތިޒާރުގަތަ….؟” ގޮނޑި ދަމާލާފަ އިށީންނަމުން ނިއަމް އެހީ ހިނިތުންވުމާއެކުގައެވެ. “އިންތިޒާރުގަ އިނަސް ކުރާނެކަމެއް ނެތެއްނު…މިހާރު ތިއިނީ އިށީދެގެންނެއްނު…” މަލާކްވެސް މަޖާ ވެލާފައި ޖަވާބު ދިނެވެ. ނިއަމް އެކި އެކި ވާހަކަ ދައްކަމުން ދެއެވެ. މަލާކް އިންނަން ޖެހެނީ ގިނަވަގުތު އަޑުއަހާށެވެ. ހަގީގަތުގައި އަޑު އަހަނީކީވެސް ނޫނެވެ. އަޑު އިވެނީއެވެ. މަލާކްގެ ހިތާ ސިކުނޑީގައި އެބުރެމުން މައުވަންގެ ހިޔާލްތަކެވެ. ކިތައްމެ ފަހަރަކު މައުވަން ޑިއުޓީއަށް ނާންނަނީ ކީއްވެތޯ ނިއަމްއާއި ސުވާލު ކޮށްލަން ހިތަށްއަރައެވެ. އެކަމަކު އޭރުން ނިއަމްގެ ހިތަށްއަރާނެ އެއްޗަކާދޭތެރޭ ވިސްނާލާފައި ފަސްޖެހެވެނީއެވެ.

އަކްޔަން ހަވީރު ބޭރަށްދާން ނުކުތްއިރު ބޭރުގައި ހުންނަ ކޮފީ މޭޒުދޮށުގައި ހިޔާލަކަށް ގެއްލިފަ އިން މައުވަން ފެނުނެވެ. އެޔާއެކު އަކްޔަންގެ މިސްރާބު އެދިމާލަށް ބަދަލުކޮށްލިއެވެ. އެހިސާބަށް ގޮސް އަކްޔަން މައުވަންއަށް ގޮވާލިއެވެ. މައުވަން ދިޔައީ ކުޑަކޮށް ސިހިގެންނެވެ. އޭނަ ހިޔާލެއްގައި އިނުމުން އަކްޔަން އައިކަން ނޭނގުނީއެވެ. ” ދޮންބޭ ކޮންކަމަކަށް ގެއްލިފަތިއިނީ….” އަކްޔަން އެހިއެވެ. “ކަމަކަށް ގެއްލިފަތަމިއިނީ….މިހަމަ ފިނަކޮށްލަން އިނީނު…” ހަމަޖެހޭގޮތް ދައްކަމުން މައުވަން އިއްވާލިއެވެ. “ދޮންބެ މިހާރު އަބަދު ގޭގެ އެންނު ތި އިންނަނީ….ޑިއުޓީއަށްވެސް ނުދާތާ މިހާރު ހަފުތާއެއްވީ….ރަނގަޅަށް ކަނީކީނޫން…މޫނުމަތިން ފްރެޝްކަމެއް ފެންނަނީކީ ނޫން….ދޮންބެ އާދިމާލަށް ބަލާލީމަވެސް ހީވަނީ އެތައް ދުވަހެއް ވަންދެން ބަލިވެ އުޅެފަ ހުރި މީހެއްހެން…. މަންމަ އާއި ބައްޕަ ވެސް މިހާރު ދޮންބެ އާދޭތެރޭ ވިސްނާ ވިސްނާ ފިކުރު ބޮޑުވެފަ އެތިބެނީ….. ހިނގާބަލަ ބޭރަށް ނުކުމެލާ ހަދާލަން އޭރަށް ހަމަޔަކަށް އެޅިދާނެ” އަކްޔަން އެއްފަށްޗަކަށް އަމުނާލިއެވެ. މައުވަން ވަކި އެއްޗެއް ނުބުނެ ފަޑު ހިނިތުން ވުމަކުން ފުއްދާލިއެވެ. ” ނޫނީ ދޮންބެގެ ތި ފިކުރުތަށް އަހަންނާ ހިއްސާކޮށްލަބަލަ…ކޮންމެސް ވަރެއްގެ ހަމަޖެހުމެއް އޭރަށް ދޮންބެއަށް ލިބިދާނެ…” އެތަނުގައި އިށީންނަމުން އަކްޔަން ބުނެލިއެވެ. ” ދެންކީކޭތަ ވަކި ބުނާނީ” ނިތްކުރިން ފެށިގެން ތިރިއަށް ކަރާ ހިސާބަށް މައުވަން އަތްތިލަ ހިންގާލިއެވެ. “އަހަންނަން ފެންނަނީ ދެން ނިމެދިޔަ ކަންތައްތައް ފިލާވަޅެއްގެ ގޮތުގައި ހަނދާނުގައި ބަހައްޓައިގެން އަލުން ދިރިއުޅުމައިގެން ކުރިއަށް ދާން… ކޮންމެ ގޮތެއް ވިއަސް ވީކަމެއް ނުވާކަމަކަށް ނުހެދޭނެ…” އަކްޔަން ބެލީ މައުވަންއަށް ވިސްނަދެވޭތޯއެވެ. “އަސްލު ދޮންބެ ތި ކޮށްދިން ކަންތައްތަކަށް ވަރަށް ބޮޑަށް ތެންކްޔޫ…އަހަރެން ބޭނުން ދޮންބެ ކިބައިން މާފަށް އެދެންވެސް… އައިއެމް ސޮރީ …” އަކްޔަންގެ ވާހަކަ އެހިސާބަށް ދާއިރަށް މައުވަން ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ. “އަހަރެންހުރީ ދޮންބެ ދެކެ ވަރަށް ހިތްހަމަ ނުޖެހިފަ…ދޮންބެ މަލާކްއާއި ދޭތެރޭ ކަންތައް ކުރަމުން ދިޔަގޮތުން…އަދި އަހަންނަކަށް ނޭނގުނު ދޮންބެ އަހަންނަންޓަކާ އެހާބޮޑު ކަންތައްގަނޑެއްގެތެރޭ އުޅުނުއިރުވެސް” އަކްޔަން ތަފުސީލްދިނެވެ. “އެއީ އެވަރުކަމެއްނޫން… ކޮންމެސް ކަމެއްވެގެންނު ދޮންބެ ތިކިޔަނީ” ހިނިތުންވުމެއް ދެމުން މައުވަން ބުނެލިއެވެ.  “ދެން ދޮންބެ ކޮންގޮތަކަށްތަ ތި ވިސްނަނީ… މި ބުނީ ކައިރި މުސްތަޤްބަލެއްގައި އަލުން ކައިވެންޏެއް ކުރަން ވިސްނަންހޭ…” އަނެއްކާވެސް އަކްޔަން ސުވާލުކޮށްލިއެވެ.  ދެން ދިޔައީ ހިމޭން ވަގުތު ކޮޅެކެވެ. އަކްޔަންވެސް ނިންމައިގެންހުރީ ދެން އެ ސުވާލުގެ ޖަވާބު ނުލިބޭނެކަމަށެވެ. “ވަރަށް އަވަހަށް އިރާދަ ކުރެއްވިއްޔާ ” މައުވަން ޖަވާބު އިއްވާލުމަށްފަހު ތެދުވެ ހިނގައިގަތެވެ. އިތުރު ސުވާލެއް ކުރުމަށް ފުރުސަތު ދޭން ބޭނުން ނެތީ ކަންނޭނގެއެވެ. މައުވަންގޮސް ގެއްލެންދެން އަކްޔަން އިނީ ބަލަހައްޓައިގެންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Star

Level 310 Stories100 Comments100 Login

Other Articles

Previous

މާޒީ

Next

ބުނެދޭށޭ ރުހެމޭ 60

Next
July 27, 2019

ބުނެދޭށޭ ރުހެމޭ 60

Previews
July 26, 2019

މާޒީ

25 Comments!

  1. Anonymous says:
    July 26, 2019 at 10:56 pm

    Finally. Kurukh vias up kurevihj dho

  2. Nash says:
    July 26, 2019 at 11:15 pm

    Wow…. I love it….????

  3. Mary says:
    July 26, 2019 at 11:28 pm

    Thanks star for the update. really happy to see the update after a long long period.Dhen vaaka nimendheke gavaaidhun update koh dheyne kamah varah ves ummeedhu kuran 🙂

  4. Shanna says:
    July 26, 2019 at 11:31 pm

    Finally up kurevijjeh dhww.. dhn kn irakun next part?

  5. Aby says:
    July 26, 2019 at 11:43 pm

    Saharo.. dhw? Zamaan thakah fahu up kollevijje.. mi vaahaka mihaaru handhaanuga ves nei.. veenuvee ehe neygunu.. mi part kiyan fesheemaa ves handhaanakah nai… Ehen dhw vaanee dhuvas veema… Dhahtha men kahala muskulhinnaa vaanee mivaru ehaa Las vanyaa.

  6. Aki says:
    July 27, 2019 at 12:36 am

    varah salhi mi part ves… next part avahah up kohla dheebaa

  7. AMAAN says:
    July 27, 2019 at 12:37 am

    Haaduuvaheh fahun anehkaa ves milibuny new part eh kiyaalan ekam maa kury… mi part ves v rythi next part dhiukohladhehchey……kn irakun next part kiyaalan libeyny

  8. Zanjabeel says:
    July 27, 2019 at 6:57 am

    Finally
    Vaahaka up kurevijje dho
    I’m Back ey buni thaa ethah garuneh fahun
    Kon zamaanakunbaa next part kiyaa lan libeynee

  9. Nai says:
    July 27, 2019 at 7:07 am

    Varah reethi❤

  10. Juwai Ner says:
    July 27, 2019 at 2:53 pm

    Nahu Xaad
    Shixoo Izkaan Afeef

  11. Yersh says:
    July 27, 2019 at 3:18 pm

    Nice….Maa sha Allah When is next part….

  12. Ana says:
    July 27, 2019 at 4:00 pm

    V ufaa vejje dhuvas koffa ves up kolla dhineema..v v reethi mi bai ves..aneh baige inthizaaru ga..thank you, star!!

  13. Maya says:
    July 28, 2019 at 12:02 am

    Finallyyy…. wait kuraa thaa one year ah wuren gina dhuwas fahun , thnk u star… eagerly waitin for the next part … dont make it late

  14. Moba says:
    July 28, 2019 at 8:20 pm

    Next part next year ga dhaw
    Mee fisaari writer eh..kiyun therin disappoint kurumuge 1 vana dheyn varu vey

  15. ramm says:
    July 29, 2019 at 1:15 pm

    maaduvas diguvaathee v dhera.maadhan next part nerechey

  16. Aish says:
    July 31, 2019 at 1:32 pm

    When is the next part. Gennes dhey dhuvas mentioned kohlla dhinun edhen.we love this story too much ?

  17. Naz says:
    August 1, 2019 at 9:55 am

    Waiting for the next part

  18. blackbeauty says:
    August 21, 2019 at 9:54 am

    hello, koba next part… maa gina dhuvas vaathy handhaameh nuhure.. so plx avahah neredhyba

  19. Leash says:
    September 14, 2019 at 10:19 am

    kobaitha aneh bai mives haadha dhuvahakun nimay vaahakaekay inthizaaru koh koh koh eah nimumeh nai anehka bali veɡen tha nuliyevenee noonee hama busytha

  20. Isher says:
    November 14, 2019 at 7:16 pm

    Reethi vaahaka eh viyya thiben jeheny inthizaaruga….kurin v support kurin star ah but mihaaru v foohi….

  21. someone says:
    December 30, 2019 at 2:18 pm

    heyyy..youu meege aneh part up kohdheeba please please varah avahah

  22. Leash says:
    January 26, 2020 at 3:12 pm

    star buni i’m back ekamaku ɡenes dhevunee emme episodeh ………..star where are you come back pls pls pls

  23. Lilly says:
    February 22, 2020 at 4:16 pm

    When is next part…please next part up kohdhy bala..please please please

  24. shakuvaa says:
    March 30, 2020 at 9:28 pm

    please mi vaahaka nimendhen up kohla dheebaa.. midhiya aharu ves ehme part e up kuri gothah liyun theriyaa gehlunee

  25. Unknown says:
    April 6, 2020 at 7:08 pm

    Alhe esfiya admin ah request eh kohllan beynun…star ah gulhaafa ahaa dhevidhaanetha nimmaaleetho nunvatha nooniiyyaa noon kan ves…. nimmaifiyyaa muves ves massala eh neh,ekam kiyun therinnah vy echcheh olhun filuvadhinun e ee v muhimmu kameh..mihen mi buny mi story kiyan beynun vaa inthizaaruga thibi v gina kiyuntherin thibi kan comments thakun ves finigen gosfaivaathy…so pls can we get a reply soon

Comments are closed.

Next Episodeނޭނގި ހިތޭ ތި އަތުލީ 35←


All Right Reserved!