Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ބުނެދޭށޭ ރުހެމޭ 64-1

Saraa Level 910 Stories100 Comments100 Login500 Comments500 Login
August 1, 2019 4 Mins Read
110 Comments

“ނައި… ޕްލީޒް ބީ މައިން… އައި ލަވް ޔޫ… ހައިޒަލްގެ ލޯބި ހަނދާންނައްތާލާވަރަށް ލޯބިދޭނަން…” އެއީ ކޮންމެ ކުއްޖެއްވެސް އަހާލަން ބޭނުންވާނޭ ލަފްޒުތަކަށްވިޔަސް ނައިނާއަށް އެ ބަސްތައް އަޑުއިވުނީ ހޮނުގުގުރިއެއް ފަދައިންނެވެ. އޭނަގެ ކަންފަތްދަށުގައި ގުގުރިއެއް ޖެހިފަދައެވެ. ދެލޯބޮޑުކޮށް ލެވިގެންދިޔައިރު ސިހިފައި ފަހަތަށް ފިޔަވަޅެއް އަޅާލެވުނީއެވެ. އެވަގުތު ކޯރިޑޯއިން ހިނގާލައިފައި އައި ހައިޒަލްއަށް ސާފުކޮށް އެޖުމްލަތައް އަޑުއިވުނެވެ. ހައިޒަލްގެ ފިޔަވަޅުތައް ބިމަށް ތަތްވިއިރު ފާރަށް ލެގިލެވުނީ ގައިން ވަރުދޫވެދާނެހެން ހީވެގެންނެވެ. އެޖުމްލަތަކުން އޭނަގެ ހުރިހާ އުފަލެއް އަނދާއަޅިއަށް ހަދާލިއިރު ހައިޒަލްއަށް ބޯހޫރާލެވުނެވެ.

“ނެއިން… ޕްލީޒް ސޭ ނޯރ.. ޔޫއަރ މައިން އޮންލީ މައިން… އައި ލަވްޑް ޔޫ…” ހައިޒަލްގެ އަޑުގައިވީ ފުން ރިހުމަކާއިއެކު ފޮރުވިފައިވާ ވޭނެކެވެ. އެދެލޮލަށް ގިނަވި ކަރުނަތަކުން ހިންދިރުވާލަން އުނދަގޫވީއިރު ހައިޒަލް ދުރަށް ހިނގައިގަތީ އޭނަ ހިތްނޭދޭ ޖަވާބެއް އަޑުއަހަން ކެތްނުވާނެތީއެވެ. ހުވަފެނެއްގައިވެސް ނައިނާ އޭނަ ނޫން މީހެއްގެ ހައްްްޤަަކަށް ވުމަށް އޭނައަކަށް ނުރުހެވޭނެެއެވެ.

ނައިނާ އެސްފިޔަޖަހާލުމެއްނެތި ކަޔާންގެ މޫނަށް ބަލަހައްޓައިގެން ހުރިއިރު ޝޮކެއްގައި ހުރީހެން ހީވިއެވެ. އޭނަ ކަޔާންގެ މޫނުން ފެންނަމުންދާ ހިތްހަމަޖެހުމާއިއެކު އެ ލޮލުން އަންގައިދެނީ ނައިނާގެ ދުލުން ޖަވާބެއް އަޑުއަހާލަން ބޭނުންވެފައިވީވަރެވެ. ކަޔާންގެ މޫނަށް ނަޒަރު ހުއްޓާލައިގެން ހުރެފައި އެއްޗެކޭ ބުނާނޭ ވަގުތުކޮޅަކަށްފަހު ނައިނާ ދެފަރާތަށް ބޯހޫރާލަމުން ދުރަށް ދުއްވައިގަތެވެ. ކަޔާން މާޔޫސްވިއެވެ. އެންމެ ފަހުން ނައިނާ އެދިނީ އެ ސުވާލުގެ ޖަވާބު ނޫން ކޮންއެއްޗެއް ހެއްޔެވެ؟ ހައިޒަލްދެކެ ލޯބިވިޔަސް އެންމެ ކުޑަމިނުން ނައިނާ އޭނައަށް ފުރުސަތެއްދޭނޭކަމަށް ކަޔާން ހީކުރިއެވެ.

ދުވެފައި ގޮސް ކެބިންއަށް ވަތްގޮތަށް ދޮރުޖަހާލަމުން ނައިނާ ކެބިންގެ ދޮރަށް ލެގިލިއެެވެ. މިހުރިހާހުރި ހިފަހައްޓައިގެން ހުރި ކަރުނަތައް ހިމޭން ގިސްލުމަކާއިއެކު ބޭރުވެގެންދިޔައިރު ރުއިން ހުއްޓުވާކަށް ނައިނާ ނޫޅުނެވެ. ކޯތާފަތްމަތި ތެތްމަމުން ފައިބަމުންދިޔަ ކަރުނަތައް ފުހެލުމެއްނެތި ހުއްޓުން އަރާފައިވާގޮތަކަށް ހުރިއިރު އެ މޫނުމަތިން އުފަލުގެ ޒައްރެއްވެސް ނުފެނެއެވެ.

ކެބިންގެ ތެރެއަށް އަލިވާގޮތަށް އިން އިމަރޖެންސީ ލައިޓް ނިވިގެންދިޔައީ ކުއްލިއަކަށެވެ. މުޅިކެބިންތެރެ އަނދިރި ސާލެއްގެ ތެރެއަަށް ގެނބިގެންދިޔައިރު ނައިނާވެސް ސިހިފައި އިސްއުފުލާ ބަލާލިއެވެ. އެއާއިއެކު ހައިޒަލްގެ މޫނު ފެނުނީ އޭނަގެ ހޫނު ނޭވާތައް އެޅޭހާ ކައިރިންނެވެ. އަނދިރީގެ ތެރޭ އެ ދަގަންފާނުގެ އަސަރުއެކުލެވޭ ލޮލުގެތެރެއަށް ދަމައިގަންނަ ބާރު އިތުރުވެފައިވާއިރު ހިފެހެއްޓިފައި ކަރުނަތަކުގެ ސަބަބުން ދެލޮލުން ވިދުމެއް ފާޅުވެއެވެ. އެވަރުގަދަ މުލައްދަނޑި ދޮރުގައި ވިއްދާލެވިފައިވާއިރު ކަރުނައިގެ ތެތްކަންވީ ލޮލުގެ އަމާޒަކަށް ވެފައިވަނީ ނައިނާގެ މޫނެވެ. ކޯރިޑޯގައި ދިއްލާފައިވާ ހޮޅިބުރިން ކެބިންތެރެއަށް އެޅެމުންދިޔަ ފަޑުއަލިން ހައިޒަލްގެ މޫނު އަލިކޮށްލައިފައިވެއެވެ. ނައިނާގެ ދެލޯވެސް އޭނައަށް ފެންނަމުންދިޔަ މަންޒަރު ދޮގުކުރިއިރު އަތްއުފުލާލަމުން ހައިޒަލްގެ މޫނުގައި އަތްޖައްސާލަން އުޅުނެވެ. އޭގެ ކުރިން ހައިޒަލް ނައިނާގެ އަތުގައި ހިފާ ގާތަށް ދަމާލިގޮތަށް ނައިނާ އެއަތުގެ ތެރޭ ބޮޑިކޮށްލީ އެދެމެދަށް ވައިރޯޅިއެއްވެސް ނުވަދެވޭ ވަަރަށެވެ. އުނަގަނޑާއި ދިމާލުން ނައިނާގެ ގަމީސްކޮޅު ހައިޒަލްގެ އަތުތެރެއަށް ބޮޑިވަމުންދިޔައިރު ހައިޒަލްގެ ދަތްދޮޅި ނައިނާގެ ކޮނޑުގައި އަޅުވާލިއެވެ.

“ނެއިން ޕްލީޒް… އަހަރެން ނޫން މީހެއްގެ މީހަކަށް ނުވައްޗޭ… އަހަރެން ނޫން މީހެއްދެކެ ލޯބިވެއޭ ތިދުލުން ދުވަހަކުވެސް ނުބުނައްޗޭ… އަހަންނަކަށް ކެތެއްނުވާނެ… ތިއީ ހަމަ އަހަރެންގެ… އަހަރެންގެ ނައިނާ…” ހައިޒަލްގެ ކަރުނަތަކުން ނައިނާގެ ކޯތާފަތަށް ފިނިވެގެންދިޔައިރު ހައިޒަލް ތަކުރާރުކޮށް އެ ބަސްތައް ބުނެލިއެވެ. ނައިނާއާއި ދުރުގައި އޭނައަށް ކެތްކުރެވިދާނެއެވެ. ނަމަވެސް އޭނަގެ ފުރާނަ ހުއްޓާ ނައިނާ އެހެން މީހެއްގެ މިލްކަކަށްވާތަން ދެކޭކަށް އޭނަގެ ހިތަކަށް ކެތެއްނުވާނެއެވެ. އަމުދުން މަންޒިލާއި މިހާ ގާތްވެފައި އޮއްވައެވެ.

އެ ޖުމްލަތަކުން ނައިނާގެ ނާރުތަކުގައި ކުޑަހިނދުކޮޅަކަށްނަމަވެސް އުފާވެރިކަމުގެ އިހުސާސެއް ދައުރުވެލިއެވެ. ހިތްވެސް މިނިވަންވެގެންގޮސް އާސްމާނުގައި އުދުހެލިވަގުތުކޮޅަކަށްފަހު ހުރިހާ އުފަލެއް ފޭރިގަތީ ސިކުނޑީގެ ދޮރުގައި ޓަކިދިން ހަޤީގަތަކުންނެވެ.

“އަހަރެން މުޅިއުމުރު ހައިއަށްޓަަކައި ހުންނަންވީ… އެކަމަކު ހައި އެހެން މީހެއްގެ ހައްޤަކަށްވީ… އަހަންނާއި ގާތްވެގެން ހައި އަންގައިދޭން ބޭނުންވަނީ ކޯއްޗެއް… ލޯބިތަ؟ އަހަރެން މި ލޯބި ބޭނުމެއްނޫން…” ނައިނާގެ އަޑުގައި ރުޅިވެރިކަމުގެ ބަދަލުގައިވީ ޝިކާޔަތްތަކެވެ. ހައިޒަލްގެ ނަަޒަރުގައި ލޯތްބަކީ މިއީކަމަށްވާނަމަ އޭނަ އެ ލޯބި ބޭނުމެއްނޫނެވެ. ލޯތްބަކީ ތިމާ އެދޭފަރާތުން ހިތް ހަލާކުކޮށްލުމެއްނޫނެވެ. ލޮލުން ކަރުނައޮހޮރާލުމެއްނޫނެވެ. އޭނަގެ ސިކުނޑިވެސް އަރާރުންވަނީއެވެ.

“ލޯތްބަކީ ހަމައެކަނި އުފާކޮށްދިނުމެއްނޫން… ބައެއްފަހަރު ހިތްހަލާކުކޮށްލުމަކީވެސް ލޯބި… ދޫކޮށްލައިފައި ދިޔުމަކީވެސް ލޯބި…” ހައިޒަލް ބުނެލި ބަސްތަކުގެ މާނަ ކަނޑުހާ ފުނެވެ.

“ބޭނުމެއްނޫން މިލޮލުން ކަރުނަތިއްކެއްވެސް އޮހޮރުވާކަށް.. އެކަމަކު އެނޫންކަމެއް ނުކުރެވޭތީ އަހަންނަށް މައާފުކުރައްޗޭ… ތިއީ އަދިވެސް އަހަރެންގެ ހިތްއެދޭ މަންޒިލަކީ… އަހަންނަށް އިންތިޒާރު ކުރައްޗޭ… އަހަރެންގެ އޮޅުންބޮޅުންވެފައިވާ ދިރިއުޅުމަށް ނިމުމެއް ފެނިއްޖެ…. އަހަރެން އެނބުރިއަންނަން ބޭނުން ފަރާތެއް ނައިނާ ނޫނީ ނެތް…” ނައިނާގެ ކޯތާފަތްމަތީ ދެމެމުންދިޔަ ކަރުނަތައް ހައިޒަލް ފުހެލަދިނެވެ. އެއާއިއެކު ދެވަނަ ފަހަރަށްވެސް ނައިނާ އެއަތުގެ ތެރޭ ހައްޔަރުކޮށްލުމުން ދެކޮޅު ހެދުމެއްނެތި ނައިނާއަށް ހުރެވުނީއެވެ.

ކަރަންޓްގެ އަލިކަން އައިސް މުޅި އިމާރާތްތެރެ ދިއްލިގެންދިޔުމާއި ހައިޒަލް ނައިނާ ދޫކޮށްލާފައި ނިކުމެގެންދިޔުމާއިއެކީ ނައިނާއަށް ހައިޒަލްގެ ތަފާތުވަމުން އަންނަ މިޒާޖާއި މެދު ފިކުރުކުރެވުނެވެ. ހައިޒަލް ބަސްތަކުގެ ދޭހަވާ މާނަ މެހްސޫސްކުރާނެހާ ޤާބިލުކަން ނައިނާގެ ސިކުނޑީގައި ނެތްއިރު އެ ބަސްތަކާއި މެދު ވިސްނުނެވެ. ޝަލީންގެ ފިރިއެއްގެ ގޮތުގައި ހުރެ އޭނާ ގާތުގައި އިންތިޒާރުކުރަން ހައިޒަލް އެދެނީ ކީއްވެގެން ހެއްޔެވެ؟ އެނބުރިއަންނާނަމޭ ބުނާބަހުގެ މާނަައަކީ ކޮބާހެއްޔެވެ؟ ހައިޒަލްއަށް އޭނައަށް ކަމެއް ސިއްރުކުރަނީ ހެއްޔެވެ؟

*** *** *** *** *** ***

ޕްރިންޓަރުން ޕްރިންޓް ނެގިގަނޑަށް ދެލޯހަނިކޮށްލަމުން މަޔާން ނަޒަރެއްދިނެވެ. އެއީ އައްމާރުގެ ޓްރާންސްފަރ ރިކޯރޑްސްގެ ކޮޕީއެކެވެ. އިރުކޮޅެއްވާންދެން ފަރުވާތެރިކަމާއިއެކު ރިކޯރޑްސް ބަލަން ހުރެފައި އަތުގެ އޮތް ހައިލައިޓަރއިން މަޔާން ވަކި ނަންބަރުތަކެއް ފާހަގަކުރިއެވެ. އެވަގުތު މަޔާންގެ ފޯނު ރިންގްވުމުން މަޔާން ގަނޑު މޭޒުމަތީ ބޭއްވުމަށްފަހު ކަންފަތުގައި ފޯނު ޖައްސާލިއެވެ.

“ހައިތަ؟ މިކްޔާލް.. އާނ އޯކޭ މިދަނީ ފައިވްމިނެޓްސް ތެރޭ….” މަޔާން ފޯނު ބޭއްވުމަށްފަހު އައިޒާން އިން މޭޒާއި ކައިރިއަށް ލެފިލިއެވެ. އަދި ކޮމްޕިއުޓަރުގެ ސްކްރީން ފެންނާނޭހެން ބޯއަރުވާލިއެވެ.

“އައްމާރުގެ ޝެޑިއުލް ބަލަނީތަ؟ ޒާން ގަދަ ކިހިނެތް ތިހުރިހާ އިންފޯރއެއް ހޯދީ؟” މަޔާން ކޮމްޕިއުޓަރުގެ ސްކްރީނަށް ނަޒަރެއްދެމުން ހެވިފައި އަހާލިއެވެ.

‘”ހީކުރިހާ އުނދަގޫކަމަކަށް ނުވި… އައްމާރުގެ ސެކެޓްރީއަކަށް އުޅޭ މަންޖެ ބޮލަށް ކުޑަކޮށް ހުތްޖަހާލީ…”އައިޒާން އެއްބުމަ އަރުވާލިއެވެ.

“މިއީ ހަމައެކަނި އޭނަގެ ޝެޑިއުލްއެއްނު… ދެން އޭނަ ދާތަންތަނަށް ފާރަލައިގެން ޓްރޭސްކުރަން މަށަށް ފެންނަނީ…” މަޔާން ކޯޓު ލާން ހުރެގެން ވާހަކަދެއްކިއެވެ.

“ހައިއާއި މީޓްކުރަން މިދަނީ…” ކެބިންއަށް ނިކުންނަން ދަމުން މަޔާން އަންގާލިއެވެ.

ސިޑިންލާފައި ގޮސް ކާރު ޕާރކްކުރަން ހާއްސަކޮށްފައިވާ ބޭސްމެންޓަށް މަޔާން ފޭބިއެވެ. ޕާރކްކޮށްފައިވާ ކާރުތަކުގެ ދޭތެރެއިން ހިނގޭގޮތަށްވާ ހަނި ދޭތެރެތަކުން ލާފައި ގޮސް އޭނަގެ ކާރާއި އަރާހަމަވީތަނާ ބާރު ސްޕީޑެއްގައި ދުއްވާފައި އައި ހަތަރު ކަޅު ކާރު މަޔާންގެ ދެފަރާތުން ވަށާލިއެވެ. ކާރުގެ ދޮރުފަތް ހުޅުވާލުމަށްފަހު ކަޅު ހެދުން އަޅައިގެން ތިބި ހަތްމީހަކު ކާރުންފޭބިއެވެ.

“މަގޭ އަތުން މަރުވާން ބޭނުން ނޫނިއްޔާ ކުރިއަށް ފިޔަވަޅެއް ނާޅާތި… އަހަންނަކީ ސަރުކާރުގެ މުވައްޒަފެއް… މިއީ ސަރުކާރުގެ އިދާރާއެއް… އަހަރެންގެ ގައިގައި އަތްޖައްސާލިޔަަސް ގާނޫނު އެމީހަކަށް އަދަބުދޭނެ…” އެންމެ ބިޔަކޮށް ހުރި މީހާ ދެއަތްމުށްކަވާލަމުން އެއްއަތުން އަނެއްއަތުން ޖަހާލަމުން ކުރިއަށް ފިޔަވަޅެއް އަޅާލުމާއިއެކު މަޔާން އިންޒާރުކުރިއެވެ.

“ބްރަދަރ.. ކަލޭ ޅަވީމަ އަދި ތިއުޅެނީ ގާނޫނުގެ އޭ ޒެޑްވެސް ނޭނގިގެން…” އެ ޒުވާނާ ކުރިއަށް އަޅާލިފިޔަވަޅާއިއެކު މަޔާންގެ ގޮށްމުށުގެ ހަމަލާ އެ ޒުވާނާގެ މެއަށް އަރުވާލިއެވެ. މަޔާން ހިފަހައްޓަންވެގެން ގާތްވި ދެމީހުން މަޔާން ފޮޅުވާލީ ފަސޭހަކަމާއި އެކުގައެވެ. އެ ވަގުތު އެންމެ ކައިރިއަށް ހުރި މީހާގެ އަތުގައި އޮތް ދަގަނޑުގަނޑުން މަޔާންގެ ބަނޑުގައި އެތިފަހަރެއް އަޅުވާލިއިރު މަޔާންގެ އަނގައިން ބޭރުވި އާހްއަކާއިއެކު ބަނޑާއި ދިމާލުން ހިފައި ވާންކޮށްލަމުން ކުޑަކޮށް ގުދުވިއެވެ. އެއާއިއެކު މަޔާންގެ ފަހަތުގައި ހުރި މީހާ ކޮޅުފައިން މަޔާންގެ ފައިގައި ޖެހުމާއިއެކު ދެކަކޫ މައްޗަށް ތިރިވެވުނެވެ. ހުއްޓުމެއްނެތި މަޔާންގެ އަނގަމައްޗަށް އަރަންފެށި އެތިފަހަރުތަކުން އަނގަމަތި ފަޅައިގެންގޮސް ލޭގަނޑު އޮހިގަތެވެ.

އެވަގުތު ކާރު ފޭބުއްވި އައްމާރު ފެނިފައި އެންމެންތައް އެއްފަރާތަކަށް ޖެހިލިއިރު މަޔާން ބަނޑުގައި އަތްއަޅާލައިގެން ލޫދެމުން ކަހަަލަގޮތަކަށް ގޮސް އައްމާރުއާއި އަރާހަމަކުރިއެވެ.

“ކިތައް ދިރިއުޅުން ލިބިގެން ކަލޭ ތިއުޅެނީ… މާފާޑުފާޑުކުރަންޏާ ބިމުގެ ހަފޫޓު އަޑިއަށް ފޮނުވާލަފާނަން…” މަޔާންއާއި އެއްހަމަޔަށް ތިރިވެލައްވަމުން އައްމާރު ބުނެލެއްވިއިރު އެ ލޯވަނީ ހަނިކޮށްލެވިފައެވެ. އޭރު މަޔާން ކެއްސަމުންދިޔައިރު އަނގައިގެ ދެމިޔަކަނިން ލޭތައް ފައިބަމުންދިޔައެވެ.

“އައްމާރު ކަލޭގެ ނިމުން އެބައާދޭ… ނުފޫޒު ބޭނުންކޮށްގެން ކަލޭ ކުރިކަންތައް މުޅި ދުނިޔެއަށްވެސް އަހަރެން ހާމަކުރާނަން… ކަލޭ ނުހައްޤުން އަނިޔާ ދިން މީހުންނާއި ކަލޭ ހިންދާލި މައްސަލަތައް ކަލެއާއި އަރާހަމަކުރާނެ… އަޒްހާންގެ މަރުވެސް…” ލޭތަކުން އަނގަ ފުރެމުންދިޔައިރުވެސް މަޔާން އުނދަގުލާއިއެކު ވާހަކަދައްކަން މަަސައްކަތްކުރިއެވެ. އެވަގުތު އައްމާރު ހިތުގައި ބިރުވެރިކަމުގެ ވިންދެއް ޖަހާލީ މަޔާން އޭނަ ފަސްއަޅާ ފޮރުވާފައިވާ ހުރިހާ ސިއްރެއް ހޯދައިގެންފިކަމަށް ހިތް ބުނުމުންނެވެ. މަޔާންގެ ހިތްވަރުގަދަކަމާއިއެކު ފަސްނުޖޭހެނެކަން އިނގޭތީ މަޔާންއަށް ބިރުދެއްކުމުގެ މަޤްސަދުއޮތަސް އެ ވާހަކަތައް އަޑުއިވުމާއިއެކު އޭނަގެ ހިތްވެސް އިންޒާރުކުރީ މަޔާންގެ ދުވަސް ދުއްވާލުމަށެވެ. މަޔާން މިހާރު އަނގަހުޅުވާލިޔަސް އޭނަ ޖަލުގެ ތޭރިތަކުގެ ތެރެއަށް ދާން ޖެހޭނެއެވެ.

އައްމާރު ހަޅޭލަވައިގަންނަމުން އެންމެ ގާތަށް ހުރި ޒުވާނާގެ އަތުގައި އޮތް ދަގަނޑު ބުރި ނަގާ މަޔާންގެ ބޮލާއި ދިމާލަށް މަޅާލިއެވެ. އައްމާރުއަށް ވާގިވެރިވާ ޒުވާނުންގެ ލޯވެސް ބޮޑުވެގެންދިޔައެެވެ. އެ ދަގަނޑު ބުރިން މަޔާންގެ ބޮލުގައި ވިހެލައިފިނަމަ އެއީ މަރުގެ އެތިފަހަރަކަށްވާނޭކަމީ ޝައްކެެއް އޮތްކަމެއްނޫނެވެ.

*** *** *** *** *** ***

ޕްރޮސެކިއުޝަންގެ ކުރިމައްޗަށް ހުއްޓާލި ކާރުން ހައިޒަލް ފޭބީ މަޔާންއަށް ގުޅަމުންނެވެ. ފޯނު ރިންގްވެފައި ވަކި ހިސާބަކުން ފޯނު ކެނޑޭތީ ހައިޒަލް ހާސްވެފައިވަނީ ސަބަބެއްނެތިއެެއްނޫނެވެ. އެންޓްރެންސް އިން ނިކުމެގެން އައި އައިޒާން ފެނުމާއިއެކު ހައިޒަލްއަށް އެދިމާލަށް ދެވުނެވެ. ހައިޒަލް ފެނުމާއިއެކު އައިޒާންގެ ނިއްކުރިއަށް ރޫތައް ޖައްސާލެވުނެވެ.

“ކޮބާ ޔާން…” ހައިޒަލްގެ ނޭވާކުރުވެފައިވާއިރު އެތައް ހާސް މޭލުން ދުވެލައިފައި އައި ދުވުންތެރިޔަކާއި ތަފާތެއްނެެތެވެ.

“ވަޓް.. ހައިޒަލް ބުނެގެންނެއް ނޫންތަ ޔާންދިޔައީ…” ހައިޒަލްގެ މެއަށް ކެކިކެކިހުރި ފެން އެއްޗެއް އޮއްސާލެވުނުފަަދައެވެ. ވަގުތުން ކާރާއިދިމާލަށް ދުއްވައިގަނެވުނީ އައިޒާން ގޮވަގޮވާ އޮއްވައެވެ. އޭނަ ސިކުނޑި ދިން ނުބައި ސިގްނަލާއިއެކު ހަށިގަނޑުން ވާގި ނެތިދާނެހެން ހީވިއެވެ.

ފުލް ސްޕީޑްގައި ބޭސްމެންޓްއަށް ކާރު ވަދެގެން ދިޔައިރު ފެނުނު މަންޒަރުން ހައިޒަލްގެ ސިކުނޑީގެ ނާރުތައްވެސް ބުރިބުރިގެންދިޔަފަދައެވެ. ރަނގަޅަށް ކާރު ނުހުއްޓެނީސް ހައިޒަލް ކާރުން ފުންމާލިގޮތަށް ހަޅޭލަވައިގަތެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Saraa

Level 910 Stories100 Comments100 Login500 Comments500 Login

I enjoy reading story since childhood.......Interested in writing since grade 7.

Other Articles

Previous

އަބަދަށް ނިމުން

Next

ކުށަކާ ނުލާ 19

Next
August 3, 2019

ކުށަކާ ނުލާ 19

Previews
August 1, 2019

އަބަދަށް ނިމުން

110 Comments!

  1. dhiraa wish says:
    August 1, 2019 at 7:55 pm

    sorry dear readers.. dhira ah ingey mibai varah kurukan.. miadhu mee dhira ah varah busy dhuvaheh ehenve ehaa dhigu koh type kohlan vaguthu nuvee… mirey genesdheynamey bunefiva othyma mi up kohlee.. mireyves dhira kuda
    kameh ga ulhen jeheythee avahah liyevunu varah mi up kohlee fahun nuvaane athy.. im so sory..saturday ge part dhigu kohlaanan.. hope all will understand

    1. My says:
      August 2, 2019 at 9:31 am

      Nice story. But Esoru ehaa avahah maraaliya nudheythi. Eyrun story hadivedhaane.

    2. dhiraa wish says:
      August 2, 2019 at 1:06 pm

      Thankss dear.. mayaan ah vaa gotheh balamaa dhw

  2. Sidu says:
    August 1, 2019 at 7:57 pm

    Ok thanks up kolee ma

    1. dhiraa wish says:
      August 2, 2019 at 12:05 am

      Thankss dear for being so understanding

  3. Uha says:
    August 1, 2019 at 8:13 pm

    Plx yaan maraanulahcheyy.. mibai vx vrh salhi.. masha allah.. keep it up dear

    1. dhiraa wish says:
      August 2, 2019 at 12:06 am

      Thanks dear.. yaan ah vaagotheh balamaa

  4. DHONTHY says:
    August 1, 2019 at 8:18 pm

    Alhe yaan maruvaneetha?? Dhiraa no ehen nahadhachchey.. Anyways mi part hama v salhi ingey… Its very beautiful… Waiting for Saturday’s part

    1. dhiraa wish says:
      August 2, 2019 at 12:07 am

      Thankss dear.. hingaa dhw yaan ah vaagotheh balan

  5. Ram Sher says:
    August 1, 2019 at 8:18 pm

    Vvvvv rythi mi story ??? Maashaa Allah. I luv ths ??. I’m a big fan of u I love you just kyp going like this. May God bless u and u’re work. I just want to meet u n I love u so much. U r the most talented one I have ever seen I LOVE YOU??????

    1. dhiraa wish says:
      August 2, 2019 at 12:10 am

      Thankss dear.. really happy to know that a have such a big fan.. and so nice to meet you here.. i even hope to see you.. ly too

  6. Ram Sher says:
    August 1, 2019 at 8:21 pm

    Vvvvv rythi mi story ??? Maashaa Allah. I luv ths ??. I’m a big fan of u I love you just kyp going like this. May God bless u and u’re work. I just want to meet u n I love u so much. U r the most talented one I have ever seen I LOVE YOU??????n thanks up kohdhinyma , thyhaa bxy iru.

    1. dhiraa wish says:
      August 2, 2019 at 9:24 am

      thnks dear… luv u 2 darling

  7. Juwai Ner says:
    August 1, 2019 at 8:22 pm

    Nahu Xaad Shixoo Izkaan Afeef

    1. dhiraa wish says:
      August 2, 2019 at 12:10 am

      Thanks dear

  8. Haizal's says:
    August 1, 2019 at 8:42 pm

    Its okey sis.. kuru kih vx up kohla dhineema vrh vrh ufaa vehje..

    And there comes my jealous and protective hai
    Mayaan dhuniyeyga bahattachey sis.. adhi aniyaa dhinas yaan shud be alive .. not only him main ah mi ulhey young kudhin thah bahtahchey vaahak nimen dhn please please..
    ???

    And mi bey kuru nama vx vrh reethi.. waiting for the next part?
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. dhiraa wish says:
      August 2, 2019 at 12:13 am

      Thanks dear for being so supportive and understanding dear like vanee jealousy and protective hai dheketha.. hinghaa dho yaan ah vaa gotheh balan.. insha allah dear dissapoint eh nukohlaanan

  9. Dream says:
    August 1, 2019 at 9:05 pm

    Wow.. what a suprise dear. Love your story. ?????????????????????????????????????????????????????????? waiting waiting.good luck for next part.???????????????????????????????????????☺?☺???????????

    1. dhiraa wish says:
      August 2, 2019 at 12:14 am

      Awnn.. haadha emoji akaai hearts thakekey.. thanks dear.. keep waiting

  10. Rai says:
    August 1, 2019 at 9:22 pm

    Ammaaru jeheyny hama Halhey lava lavaa Hunnan. BEYNUN ehcheh hadhaany.I can’t understand sis.Ekam Shaleen part eh naeema varah dheravi

    1. dhiraa wish says:
      August 2, 2019 at 12:16 am

      Dhw rai.. mifaharu vaane ammaaru size kohlan.. hehehe.. kon kameh dear ah understand nuvanee?? Sorry dear.. next part ga genesdheynan ingey shaleen ge part eh

  11. Qwerty says:
    August 1, 2019 at 9:27 pm

    Ehaa buzy kon ulhemunves Thanks ingey upkohdhineema, ?

    1. dhiraa wish says:
      August 2, 2019 at 12:18 am

      Thankss dear.. varah ufaavey dhira kahala writers ge agu vazan kuraathee.. im happy to update eventhough im a bit busy

  12. Lam... says:
    August 1, 2019 at 9:37 pm

    Whohooaaa……habeys….koniraku next part…..yaan Mara nulaathi pls pls….eyrun varah dheravaane…..?????

    1. dhiraa wish says:
      August 2, 2019 at 12:19 am

      Thankss dear.. insha allah saturday night ga.. eyrun ingidhaane yaan ah vaa goih.. dont cry dear.. keep waiting

  13. azker says:
    August 1, 2019 at 9:41 pm

    ???????

    1. dhiraa wish says:
      August 2, 2019 at 12:20 am

      Awnn.. thankss dear…

  14. Sidhu says:
    August 1, 2019 at 9:59 pm

    Alhey dhiraa haadha rangalhey .. story Hama super waiting for next ♥️♥️

    1. dhiraa wish says:
      August 2, 2019 at 12:21 am

      Thankss dear.. keep waiting for saturday night

  15. Anonymous says:
    August 1, 2019 at 9:59 pm

    Mivaahaka v.reethi. mivaahakaige aslu musannif akee kaakuba? Mèega evves dhivehi vanthakameh ney. Mivaahaka tarugamaa kurun rangalhu.

    1. dhiraa wish says:
      August 2, 2019 at 12:38 am

      Thankss dear.. mee dhira ge amihla hiyaalu machah binaa koh liyamundhaa hiyaalee vaahaka eh.. mivaahakaige musahnifakee dhiraa.. mi noon musahnifeh ehen ehves thaakun mivaahaka akah nufehnaanw.. mee ehves vaahaka eh ge copy noonee tharujamaa eh noon.. dhiraa mi vaahaka mi gesdhenee ingireysi sifa jahsaigehneh noon.. ekm mivaahakaige plot in gothun faharehga ehen heevedhaane.. eee male’ in nufen na vahtharu ge gethakaa companies and aan mukoh nuhigaa kahala haadhisaa.. naina ge job.. etc.. mikahala than than kolhu hureema ekam ehves haalehgaa eyge maanakee e ee english vaahaka eh translate kohfaekey noon.. e ee dhira ge amihla hiyaal dhira characters gengulhen beynunvaa dhuniye.. vaahaka akee fictional ehjeh.. khiyaalakee thanavas emeehaku beynun gothakah genevidhaane ehjeh.. misaalakah biru veri supernatural powers ge vaahaka thah.. eves liyun therin ge khiyaalu.. emeehun manzaru thasveeru kuraa goih.. varah dhiguves vehjje dhw.: aslu dhira varah dhera vey thakuraarukoh ves kiyaidheyiru baeh kudhin copy noonee translation ekey kiyaathee.. dhira bunelan othy hurihaa kudhin ves dhiraa ah trust kuraashey.. ehen meeheh ge ehjeh amihla ehjeh kamah hadhaigen dhira eh nugenesdheynamey.. ingi hure meehehge haqqakah erumakee dhira nukuraane kameh.. hope this gives you a clear answer.. thank you for reading

  16. Anonymous says:
    August 1, 2019 at 10:03 pm

    Dhra wish aaa gulhaalan beynun
    No. Fonuvanala

    1. dhiraa wish says:
      August 2, 2019 at 12:41 am

      Sorry dear.. mikahala public thanehga number dheyn varah undhagoo.. dhira aai contact kureveyne gmail in

  17. Watever says:
    August 1, 2019 at 10:19 pm

    V Nala Nala vaahakaeh mee. Kiyaalaahithun kiyaa vaahakaeh. Dhiraa ah support kuraa Kiyuntherinnaa medhu gen gulhey attitude vara kamudhey. Thee Mihaaru mi raajeyga ulhey funnaabu us vaahaka liyuntherinnaa faihamakohleveyne writer eh. Dhiraa, ur best.. ?

    1. dhiraa wish says:
      August 2, 2019 at 12:45 am

      Thankss dear.. dhiraa ah thikudhin comment kuraneeves kihaa reethi koh ehenveema dhira ves jehyne dhw thikudhinah shukuru adhaakuran.. thee migothah kuriah dhiyumah libey enme bodu hihvaru.. thankss dear.. varah ufaa vehjje dear ge favourite ah vevuneema

  18. Wateverr says:
    August 1, 2019 at 10:19 pm

    V Nala Nala vaahakaeh mee. Kiyaalaahithun kiyaa vaahakaeh. Dhiraa ah support kuraa Kiyuntherinnaa medhu gen gulhey attitude vara kamudhey. Thee Mihaaru mi raajeyga ulhey funnaabu us vaahaka liyuntherinnaa faihamakohleveyne writer eh. Dhiraa, ur best.. ?

    1. dhiraa wish says:
      August 2, 2019 at 9:49 am

      Thankss dear.. dhiraa ah thikudhin comment kuraneeves kihaa reethi koh ehenveema dhira ves jehyne dhw thikudhinah shukuru adhaakuran.. thee migothah kuriah dhiyumah libey enme bodu hihvaru.. thankss dear.. varah ufaa vehjje dear ge favourite ah vevuneema

  19. wateverr says:
    August 1, 2019 at 10:20 pm

    V Nala Nala vaahakaeh mee. Kiyaalaahithun kiyaa vaahakaeh. Dhiraa ah support kuraa Kiyuntherinnaa medhu gen gulhey attitude vara kamudhey. Thee Mihaaru mi raajeyga ulhey funnaabu us vaahaka liyuntherinnaa faihamakohleveyne writer eh. Dhiraa, ur best.. ??????????????

    1. dhiraa wish says:
      August 2, 2019 at 9:50 am

      Thankss dear.. dhiraa ah thikudhin comment kuraneeves kihaa reethi koh ehenveema dhira ves jehyne dhw thikudhinah shukuru adhaakuran.. thee migothah kuriah dhiyumah libey enme bodu hihvaru.. thankss dear.. varah ufaa vehjje dear ge favourite ah vevuneema

  20. S says:
    August 1, 2019 at 10:23 pm

    Salhi, binmaamennahvure Dhiraa aa writer akaa balaafa maaaabodaves talented. Absolutely loves your story…

    1. dhiraa wish says:
      August 2, 2019 at 9:51 am

      thnks so much dear

  21. Fan says:
    August 1, 2019 at 10:26 pm

    Mihaa reethi vaahakaeh, mihaa inthizaar kurevey vaahakaeh mi esfiya site ga ves neh! Maasha Allah.

    1. dhiraa wish says:
      August 2, 2019 at 9:52 am

      thkns dear

  22. Reader✌️ says:
    August 1, 2019 at 10:27 pm

    Alhey v kuru ingey……. But still vv reethi

    1. dhiraa wish says:
      August 2, 2019 at 9:55 am

      thnks dear n sry kuru koh geness devuneema

  23. fan says:
    August 1, 2019 at 10:28 pm

    Mihaa reethi vaahakaeh, mihaa inthizaar kurevey vaahakaeh mi esfiya site ga ves neh! Maasha Allah. ???????????

    1. dhiraa wish says:
      August 2, 2019 at 4:38 pm

      thnks dear

  24. Lee says:
    August 1, 2019 at 10:30 pm

    REETHI
    EMME REETHI VAAHAKA

    1. dhiraa wish says:
      August 2, 2019 at 9:56 am

      thnks so much dear

  25. ?? says:
    August 1, 2019 at 10:33 pm

    short….. But still amaaaazing.
    ????????????️?️?️?️?️?️?️?️?️?️?️???????????

    1. dhiraa wish says:
      August 2, 2019 at 9:59 am

      thnks dear

  26. Kiyuntherieh says:
    August 1, 2019 at 10:39 pm

    Liyuntherin ge bageechaagai folhey vasmeeru ehaame chaalu kulareethi hiithah zaham kollaafadha reethi maleh Dhiraa akee. Vaahaka vara bodukoh reethi
    ???????????

    1. dhiraa wish says:
      August 2, 2019 at 10:38 am

      OMG so happy to hear those words…thnks so much dear

  27. ? says:
    August 1, 2019 at 10:45 pm

    ?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

    1. dhiraa wish says:
      August 2, 2019 at 10:39 am

      oowww haada baivaru maleh

  28. kolaveri says:
    August 1, 2019 at 10:49 pm

    ?????????????????????
    ?????????
    ????????
    ???????
    ??????
    ?????
    ????
    ???
    ??
    ?
    Beautiful story

    1. dhiraa wish says:
      August 2, 2019 at 10:46 am

      thnks dear

  29. kolaveri says:
    August 1, 2019 at 10:52 pm

    ?
    ???
    ????
    ?????very nice story
    ??????
    ???????
    ????????
    ?????????
    ??????????
    ???????????

    1. dhiraa wish says:
      August 2, 2019 at 10:46 am

      thnks dear

  30. Hai says:
    August 1, 2019 at 11:01 pm

    Mi part ves varah kamudhey and tharujamaa ekey bunaa kudhinnah ehcheh bunelan beynun dhiraa ethah faharaku eba buney tharujamaa eh nooney mee so eyna dheythereyga shakku ufahdhan vee sababeh neh kahneyge and ehen heevanee mi story ga vaa kahala ehgoiy kanthah thakeh vaa series eh noonee vaahaka thakeh keefa hureema eythi mind ah vadhegen kahneyge and yeah shalee koba dhiraa?? Shalee maa bodu mission eh hingaalaneetha varah reethi mi baives and haizal ah ves mayan ah ves gotheh nahadhahchey and mehesoos akee dhivehi bahehtha ????

    1. dhiraa wish says:
      August 2, 2019 at 10:48 am

      yeah eii dhivehi baheh… thnks dear for the support

  31. Hai says:
    August 1, 2019 at 11:02 pm

    Aan yes adhi nai ah mihaaru haizal kiyanee nein tha?

    1. dhiraa wish says:
      August 2, 2019 at 10:50 am

      yeah enmen ehnameh keema kadavaanenu..

  32. Hihihi says:
    August 1, 2019 at 11:10 pm

    Aslu musanifu hoadhan ulhey kudhinnah V reply kuraahiivey. But Dhiraa darling bunefa othee ekahala comment thakah readers comment nukraashey. So I will leave dhat to my dear Dhiraa sis ah. Mi storee vara vara varah reethi. ????

    1. dhiraa wish says:
      August 2, 2019 at 10:50 am

      thnks dear

  33. Rifu says:
    August 1, 2019 at 11:13 pm

    One of my favourite story ❤

    1. dhiraa wish says:
      August 2, 2019 at 10:50 am

      happy to hear tht

  34. reader says:
    August 1, 2019 at 11:16 pm

    Dhiraa deary, buxi koh ulhemunves story genesdhineethee vara boda thaaaanks. Ur awesome. Lysm.

    1. dhiraa wish says:
      August 2, 2019 at 10:51 am

      thnks dear

  35. #nobody says:
    August 1, 2019 at 11:20 pm

    Plx yaan ah dheragotheh nuhadhahchey???????????????

    1. dhiraa wish says:
      August 2, 2019 at 10:52 am

      lets c wht will happen to yaan

  36. Someon~ says:
    August 1, 2019 at 11:21 pm

    ❤️
    Thank you for the story
    Take care and don’t work so hard. Don’t be too busy. Take rest and take care.
    ❤️ ❤️ ❤️ ❤️

    1. dhiraa wish says:
      August 2, 2019 at 10:52 am

      thnks dear

  37. Jaa says:
    August 1, 2019 at 11:25 pm

    ⭕?⭕?⭕?⭕?⭕?⭕?⭕ ? Amazing story ⭕?⭕?⭕?⭕?⭕?⭕

    1. dhiraa wish says:
      August 2, 2019 at 10:53 am

      thnks

  38. ?️ says:
    August 1, 2019 at 11:31 pm

    Take care my dear Dhiraa sis. Burakoh ulhunas rest kuraa thi. Dhiraa aaaeku abadhuves dhiraage readers vaane. We support you and we wish you best.

    1. dhiraa wish says:
      August 2, 2019 at 10:53 am

      thnks so much dear

  39. Za says:
    August 1, 2019 at 11:35 pm

    Heyo haalugaa Dhiraaa thihen
    Hinithunvefaaahurey
    Vhka varh reethi?

    1. dhiraa wish says:
      August 2, 2019 at 10:54 am

      thnks dear.. u too drling

  40. Aanaa says:
    August 1, 2019 at 11:40 pm

    Salhiey
    Haadha kurukoh mibaathigenes dhinee varah varah inthixaarukurevey mi story ah thanks dhiraaa

    1. dhiraa wish says:
      August 2, 2019 at 10:54 am

      thnks dear..

  41. Belle says:
    August 2, 2019 at 12:38 am

    Oh dhira wish ??, this story is awesome ????. Mirey Adhi kieiyaa mi story ehkoh kiyaa nimaalymi. Kiyaahithu

    1. dhiraa wish says:
      August 2, 2019 at 10:55 am

      thnks dear

  42. ?Jeon Jungkook ? says:
    August 2, 2019 at 5:11 am

    ????????????????????? wow ??????????? ? mi part vs varah Varah reethi ?????????????????????? luv you ????????????????????????? waiting waiting ?????

    1. dhiraa wish says:
      August 2, 2019 at 10:56 am

      thnks so much love u too

  43. Meekkomee says:
    August 2, 2019 at 9:03 am

    Woww….V v v v reethi….luv ur story …..waiting for next paet

    1. dhiraa wish says:
      August 2, 2019 at 10:59 am

      thnks so much dear

  44. jiji says:
    August 2, 2019 at 10:15 am

    Aachaa???❤❤❤…I’m just speechless dhiraa???????????????.. Sifakohlumaa ibaaraiykurun nd all..Mi part kuruviyac aee massala eh noon ????????????….Ehn baithah dhiraa genesdheny dhigukohnu???❤❤❤???..So bxy vegn kuruviyac jiji dhekey gothuga massala eh noon??????.. Nd I really love haixal naina ah ekiyaa nickname..Nein??????…Nd hai kairii buneba avahah nai ah hageegaiy kiyaidhy balaasheyy???..OMG mayaan maraanulaathi ingeyy plx dhiraa???❤❤❤..Gaathilakah nuvahcheyy..hehe?????????…Nd shaleen ge baeh next part ga genesdhehcheyy??????????????????…Waiting curiously for the next???❤❤❤??????…. lysm darlinn??????

    Currently the best author now#

    1. dhiraa wish says:
      August 2, 2019 at 11:00 am

      thnks so much dear…. lets c dww vaagotheh ingidaane ehnu

  45. twinkle says:
    August 2, 2019 at 9:17 pm

    dhiraa…this part is awesome..your are the best writer in this site….thihaa busy kn ulhemun vx up kohdhineemaa vara happy…e kam rest vx kuraathi…dhiraa ge readers ah understand vaane…hama gaimu vx alhugadah understand vaane..nd alhugadu dhiraa aa eku abdhuvx vaanan insha allah….love you so so much…wait for next part…take care

    1. dhiraa wish says:
      August 2, 2019 at 10:13 pm

      thnks dear.. happy to hear tht… luv u too darlin

  46. kween says:
    August 2, 2019 at 9:18 pm

    dhiraa instagram id dheebaa

    1. dhiraa wish says:
      August 2, 2019 at 10:14 pm

      dhiraa inster id mihaaru use eh nukuran.. sry dear

  47. 1234 says:
    August 3, 2019 at 11:10 am

    Vara reethi mi part ves
    Waiting for the next part

    1. dhiraa wish says:
      August 3, 2019 at 8:49 pm

      thanks dear.. next part mihaaru up kohlaafa ihnaanee

  48. man says:
    August 3, 2019 at 12:00 pm

    mithaa ebaulheytha shaaxleen ge mansha 2 vana part inna site eh igey kuhje pls bunedheeba.

    mi part ves varah reethi igey dhira. 🙂

    1. DHONTHY says:
      August 3, 2019 at 12:07 pm

      Online vaahakaiga ebain mansha ge dhevana bai

    2. Anonymous says:
      August 3, 2019 at 1:50 pm

      Shaaz ge fb page in
      SHAZ ge Vaahaka

  49. Anonymous says:
    August 3, 2019 at 1:13 pm

    dhiraa miry up vaane dho ????????????????????????????????????? love you dhiraa sis

    1. dhiraa wish says:
      August 3, 2019 at 8:52 pm

      yes dear mihaaru up kohlaafa ihnaane.. thank you

  50. Reesh says:
    August 3, 2019 at 1:18 pm

    ????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

    1. dhiraa wish says:
      August 3, 2019 at 8:53 pm

      thankss dear

  51. Sparkle girl says:
    August 3, 2019 at 2:56 pm

    ????

    1. dhiraa wish says:
      August 3, 2019 at 8:53 pm

      thankss dear

  52. Himi says:
    August 3, 2019 at 4:57 pm

    Mashallah mi part ves varah reethi ingey dhiraa I, love you

    1. dhiraa wish says:
      August 3, 2019 at 8:54 pm

      thankss dear.. ly too

  53. Yum says:
    August 3, 2019 at 6:24 pm

    Mithaa coment kuraa kudhin ulhenee kon rah rashega? Alhugandu mee Male

    1. DHONTHY says:
      August 3, 2019 at 6:43 pm

      Dhonthi T kujjeiy ??

    2. Yum says:
      August 3, 2019 at 7:17 pm

      Kudhinney emmenakeeves. Konmes baehge kujjakah vaanee. DHONTHI

    3. DHONTHY says:
      August 3, 2019 at 7:28 pm

      Thi buni echcheiy neyngunu?? can u explain??

Comments are closed.

Next Episodeބުނެދޭށޭ ރުހެމޭ 64-2←


All Right Reserved!