Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކުށަކާ ނުލާ 18

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
July 31, 2019 8 Mins Read
51 Comments

“ނަދާ…” ނަދާ ތެދު ވުމުން އަޔާޒް ގޮވާލި ނަމަވެސް ނަދާ މަޑެއް ނުކުރިއެވެ.

އަޔާޒްވެސް ބާކީ ހުރި އެތިކޮޅާއެކު ތަށި ބަހައްޓާފައި ތެދުވިއެވެ.

“އަޔާ، ނިންމާލާފަ ދާންވީނު؟” މައިހާ ބުންޏެވެ.

“ނިމުނީ” މައިހާއަށް ބަލާ ނުލާ އަޔާޒް ގޮސް ކޮޓަރިއަށް ވަނެވެ. އޭރު ނަދާ ވީ ފާހާނާގައެވެ.

ދިހަ ވަރަކަށް މިނަޓް ފަހުން ނަދާ ނިކުތް އިރު އަޔާޒް ސޯފާގައި އިނެވެ. ރޮއެފައި ހުރި ކަން އެނގިދާނެތީ ނަދާ އިސް ޖަހައިގެން ހުރެ ތުވާލި އަޅުވާލާފައި ކޮޓަރިން ނިކުންނަން ދިޔައެވެ.

“ކީއްވެ ނުކައި އައީ؟” އަޔާޒް އިން ސޯފާއާ ނަދާ އަރާ ހަމަ ވި އިރަށް އަޔާޒް އަހާލިއެވެ.

“ބަނޑުހައެއް ނުވޭ… އަންނާނަން ރިމާ ކައިރިއަށް ގޮސްލާފަ” އަޔާޒް ކުރި ސުވާލަށް ޖަވާބު ދެމުން، އިތުރު ސުވާލެއް ކޮށްފާނެތީ އަވަސް އަވަހަށް އެހެން ބުނެލާފައި ނަދާ ނިކުތެވެ.

“ކޮން އަންހެން ކުއްޖެއް އިރުކޮޅެއް ކުރިން ތި ގެޔަށް ވަނީ؟” ނަދާ އައުމުން ރީމާ އަހާލިއެވެ.

“އެއީ… އަޔާގެ ގަރލް ފްރެންޑް” ނަދާ ބުންޏެވެ.

“ވަޓް!؟” ރީމާއަށް ބުނެވުނެވެ.

ނަދާ އެއްޗެއް ނުބުނެ ރީމާ ފަތް ޖަހަން އިން އެއްޗެހިތަކުން ބައެއް ނަގައިގެން ފަތްޖަހަން ފެށިއެވެ.

“އަޔާއަށް ކެރޭތަ އޭނަ ގެޔަށް ގެންނަންވެސް؟ ނަދާ އެއްވެސް އެއްޗެއް ނުބުނަންތަ؟” ރީމާއަށް ގަބޫލު ކުރަން ދަތި ވިއެވެ.

“އޭނަ އުޅެނީ އަހަރުމެން ގޭގަ” ފަތްޖަހަން އިން ހަރުވާޅަށް ސަމާލުކަން ދީގެން އިނދެ ނަދާ ބުންޏެވެ.

“ސީރިއަސްލީ؟” ރީމާ ނަދާގެ އަތުން އެ ހަރުވާޅު އަތުލިއެވެ.

“ސޯ ވަޓް؟ އެއީ އަޔާގެ ގެ، އަޔާ ބޭނުން މީހަކު ގެނެވޭނެއެއްނު؟ އަހަރެން އެކަމާ ކީކޭ ބުނަންވީ؟” މަޑުމަޑުން ނަދާ ބުންޏެވެ.

“ނަދާ… އެއީ ނަދާގެ ފިރިމީހާ، އޭނައަކަށް އެހެންނެއް ނޫޅެވޭނެ… ނަދާއަށް ބުނެވޭނެ އެއްޗެހި ހުންނާނެ” ރީމާ ބުންޏެވެ.

“އަހަންނާ އިނދެގެން އުޅެން ބޭނުން ނުވާ މީހަކު އުޅޭނީ އެހެންނެއްނު؟ އަހަންނަކަށް ނުބުނެވޭނެ އެއްޗެއް… ކީއްކުރަން އެއްޗެއް ބުނަނީ؟ އަހަރެން ވަރި ކުރިޔަސް އެންމެ ރަނގަޅޭ ބުނީމަ އަޔާ ހީކުރީ އަހަރެން އުޅުނީ އަޔާއާ އަޔާގެ ބޭބެއާ މެދުގަ މައްސަލަ ޖައްސަން ކަމަށް… އަޔާ ބޭނުމިއްޔާ އޭނަޔާ ދެއަނތްބަށް އިންނާށޭ ބުނެގެންވެސް އަޔާ ހީވީ އަހަރެން ކާލަފާނެ ހެން… އެ ދެމީހުން އުޅޭނެ ގޮތަކަށް އުޅެފާނެއެއްނު؟ އަހަންނަށް ހެޔޮ” ނަދާ ބުންޏެވެ.

“ހެޔޮ ވާންވީ ކީއްވެ؟ އަޔާވެސް ޖެހޭނީ ކޮންމެސް އެއް ގޮތެއް ނިންމަން ދޯ؟ ނަދާއާ އިނދެގެން އުޅެން ބޭނުން ނޫނިއްޔާ ވަރި ކުރާށޭ ބުނޭ، އެހެން ނޫނިއްޔާ އޭނަޔާ ދެ އަނތްބަށް އިނދެގެން އެހެން ތަނަކަށް އޭނަ ގެންދާށޭ ބުނޭ. އެއްޗެއް ނުބުނެ ނަދާ ތިހެން ހުރެގެން ކޮން ކަމެއް ވާނީ؟” ރީމާއަށް ނަދާގެ ނިންމުން ކަމަކު ނުދިޔައެވެ.

“އަހަރެން ބޭނުމެއް ނޫން އެ ކަމާ އެއްޗެއް ބުނާކަށް… ކޮންމެ އެއްޗެއް ބުންޏަސް އަޔާ އަންނާނީ ރުޅި… މައިހާވެސް ބޭނުމެއް ނުވާނެއެއްނު އަބަދު އެހެން އުޅޭކަށް؟ އޭނަ ބުނާ ދުވަހަކުން އަޔާ އޭނަޔާ އިންނާނެއެއްނު… އަހަރެން ވަރި ކުރަންޏާ ކޮށްފަ، އެހެން ނޫނީ ދެ އަނތްބަށް؟ އެ ދުވަހަކުން އެނގޭނެއެއްނު އަޔާ ބޭނުން ވާ ގޮތެއްވެސް؟ އަހަންނަށް ހެޔޮ ކޮންމެ ގޮތަކަށް ހެދިޔަސް” ނަދާ ވާހަކަ ދެއްކީ ދިރިއުޅުން މަތިން ފޫހި ވެފައިވާ މީހަކު ފަދައިންނެވެ.

“ނަދާ ކީއްކުރަންތަ އެހާ ފަސޭހައިން ދޫކޮށްލަންވީ؟ މައިހާ ދެކެ ލޯބި ވިޔަސް އަޔާޒް އިނީ ނަދާއާ އެއްނު؟ އަޔާގެ ބޭބެވެސް ހުންނާނީ ނަދާއާ އެއްކޮޅަށް ހެން އަހަންނަށް ހީވަނީ… ނިކަން ހިންދީ ޑްރާމާ ތަކުގަ ހަދާ ހެން މައިހާއާ ފައިޓް ކޮށްލަބަލަ” ރީމާއަށް ނަދާގެ ވިސްނުން ހުރި ގޮތް ކަމަކު ނުދިޔައެވެ.

“މޮޅު ވެވިދާނެ ކަމުގެ ކުޑަވެސް ޗާންސެއް އޮތް ނަމައެއްނު؟ ރީމާ ދިޔައިމަ ހާދަ ފޫއްސޭ، ދެން ކިހާ ދުވަހަކުން ދަނީ؟” ނަދާ ވާހަކަ ބަދަލު ކޮށްލިއެވެ. އެކަން ވިސްނި ރީމާވެސް އެހެން ވާހަކައެއް ފެށިއެވެ.

“ހީވަނީ މި ފަހަރު ވަރަށް އަވަހަށް ދާން ޖެހޭނެ ހެން، އައި އިރުވެސް އާރިމް ބަޔަކާ ވާހަކަ ދައްކާފަ އޮތީ. ދެން އޭނަ ބުނީމަ ދާންވީ. އަސްލު މިހާރު ދެން އެހާ ބޭނުމެއް ނޫން އިރުއިރުކޮޅާ އެކި އެކި ރަށްރަށަށް ދާކަށް. ބުނަން ވީ އާރިމް ކައިރީ އަހަރެން ބަހައްޓާފަ ދާށޭ، އެކަމަކު އޭރުން އޭނައަށް ހާދަ އުނދަގޫ ވާނެޔޭ ދޯ؟” ރީމާ ބުންޏެވެ.

“ތިކަމާ އެއްޗެއް ބުނާކަށް ނެތިން. ގައިމުވެސް ރީމާ މިތާ ހުންނަ އިރު އަހަރެން ވަރަށް އެކަނި ފިލާ” ނަދާ ބުނެލިއެވެ.

އެކި ވާހަކައިގައި ތިބެފައި ނަދާ ގެޔަށް އައީ ދިހަގަޑި ބައި ވުމުންނެވެ.

އެހެން ރޭ ތަކާ ޚިލާފަށް އެރޭ، ނަދާ އައި އިރު ސިޓިންގްރޫމްގައި އިނީ މައިހާ އެކަންޏެވެ. ޓީވީ ހުޅުވައިގެން އިން ނަމަވެސް މައިހާ އިނީ ނިދަން ތައްޔާރު ވެގެންނެވެ. ބަދިގެއަށް ވަދެ ތެލިތައް ދޮވެލާ، ބަދިގެތެރެ ސާފުކޮށްލާފައި ނަދާ ކޮޓަރިއަށް ވަން އިރު އަޔާޒް ލެޕްޓޮޕުން ފިލްމެއް އަޅުވައިގެން ސޯފާގައި އޮތެވެ. ނަދާ ނިދަން އޮށޯތުމުން އަޔާޒްވެސް ލެޕްޓޮޕް ނިއްވާލާފައި އޮށޯތެވެ.

ޖެހިގެން އައި ދުވަހު މައިހާގެ ޑިޔުޓީ އޮތީ ހަވީރުއެވެ. ޑިޔުޓީ ނިންމާފައި ބާރަ ގަޑި ބައި ވާން އުޅެނިކޮށް މައިހާ ނިކުތް އިރު، މަގުގެ އަނެއް ފަރާތުގައި ސައިކަލުގައި މަޑުކޮށްލައިގެން އަޝްފާން އިނެވެ. މައިހާއަށް އަޝްފާން އެ ފެނުނީ ހަ މަސް ފަހުންނެވެ.

އެކުގައި ނިކުތް ދެ ކުދިންނާ އެކު މައިހާ މަޑު ކޮށްލައިގެން ހުއްޓާ، އަޝްފާން އައިސް ކައިރިކޮށްލުމުން މައިހާގެ ރައްޓެހި ކުދިން ދަނީއޭ ބުނެ ހިނގައިގަތެވެ.

“މީހަކު އަދި އެއްޗެއް ބުނާ އިރަކަށް އަމިއްލަ ގެއިން މައި ނިކުންނާކަށް ނުޖެހޭނެއެއްނު؟ މައިގެ ބައްޕައާ ދޭތެރޭވެސް ވިސްނާ ނުލަންތަ؟ ހިތަކަށް ނާރާތަ މައި ދިޔައީމަ ބައްޕައަށް ވާނެ ގޮތެއްވެސް؟ ކޮން އިރަކު ތިހާ އަމިއްލަ އެދުން ބޮޑު ވީ؟” އަޝްފާން އާ ދިމާއަށް މައިހާ އެނބުރުނު އިރަށް އެތައް ސުވާލެއް ކޮށްލިއެވެ.

އެއްވެސް ޖަވާބެއް ނުދީ މައިހާ ހުރީއެވެ.

“ހިނގާ ގެޔަށް ދާން” އަޝްފާން އެދުނެވެ.

“އަހަންނޭ ކިޔައިގެން އަޝްފާންގެ މަންމަ އަހަރެންގެ ބައްޕަ ކައިރީ ފާޑު ފާޑުގެ ވާހަކަ ދައްކާ އަޑު އަހަންތަ ގެޔަށް ދާންވީ؟ ނޫނީ، އަޝްފާންގެ މަންމަގެ ޝަކުވާތައް ހުއްޓުވަން އަހަރެން އަޝްފާންއާ އިންނަން ވީތަ؟” މައިހާ އަހާލިއެވެ.

“މައި ނޫނެކޭ ބުނި ފަހުން އަހަރެން އެ ވާހަކަ ދެއްކިންތަ؟ މަންމަ އެހެން ކިޔަނީ އަހަރެން ބުނެގެންނެއް ނޫން. އެ ވާހަކަ ނުދައްކާށޭ މަންމަ ކައިރީ އަހަރެން ބުނަނީ ކިހާ ވަރަކަށް ކަމެއް މައިއަކަށް ނޭނގޭނެ. މައި ގަބޫލު ނުކުރިޔަސް މައިއަށް ދެރަ ގޮތެއް ވާކަށް މަންމަ ނޭދޭ” އަޝްފާން ބެލީ މައިހާއަށް ވިސްނައި ދެވޭތޯއެވެ.

އަޝްފާންގެ ވާހަކައަށް މައިހާ ޖަވާބެއް ނުދެއެވެ.

“ދެން ތިހެން ނުހުރެ އަރާބަލަ، އޭރުންނެއްނު ދެވޭނީ” އަޝްފާން ސައިކަލު ސްޓާޓް ކޮށްލިއެވެ.

“އަދި ނުދާނަން ގެޔަކަށް” މައިހާ ބުނެލިއެވެ.

“މައި ބުނާ ތާކަށް ގެންގޮސްދީފާނަމޭ، ކޮން ތާކަށް ދާންވީ؟” އަޝްފާން އެއްބަސް ވިއެވެ.

“އަޔާ މެން ގެޔަށް…” މައިހާ ޖަވާބު ދިނީ އިރުކޮޅެއް ފަހުންނެވެ.

“މައި…” އަޝްފާން ސައިކަލުން ފައިބާފައި، މައިހާގެ އަތުގައި ހިފައިގެން އެއް ފަރާތަކަށް ޖެހިލިއެވެ.

“ތީތަ ދެން އެންމެ ރަނގަޅު ގޮތަކީ؟ އަހަރެން މިހެން މި ބުނަނީ ކޮންމެހެން އަހަންނާ އިންނަން މައިއަށް މަޖުބޫރު ކުރާކަށް ނޫން، އެކަމަކު… އަޔާޒް އެހެން މީހަކާ އިނދެގެން އުޅޭ އިރު މައި ގޮސް އެތާ ހުރުން އެއީ ރީތި ގޮތެއްތަ؟ އަހަރެން ހީކުރީ ތީ އެއަށް ވުރެ ވިސްނޭ ކުއްޖެއް ކަމަށް” އަޝްފާން ބުންޏެވެ.

“އަހަރެންވެސް ބޭނުމެއް ނޫން އެގޭގަ އުޅޭކަށް. ފުރަތަމަ ދިޔައީ އެ ގެޔަކަށް ނޫން، ރޫމެއްގަ ހުރީ…” އެރޭ ކަންތައް ވީ ގޮތް މައިހާ އަޝްފާންއަށް ކިޔާދިނެވެ.

“އަހަރެން ބޭނުން ގެޔަށް ދާން، އެކަމަކު ދާނީ ކީކޭ ކިޔާފަ؟ ގޮސް ބައްޕަ ކައިރީ ބުނާނީ ކީކޭ؟ އަހަރެން ގުޅިޔަސް ބައްޕަ ވާހަކައެއް ނުދައްކާ… ކިހިނެއްހޭވެސް އަހާނުލާ… އަހަރެން ބައްޕަ ކިހިނެއް ހޭ އަހާލީމަ ރަނގަޅޭ ބުނެފަ ދެން ނުބުނާނެ އަނގައިންވެސް… އަހަރެން ބާއްވަނީއޭ ބުނަން ދެން ހުންނާނީ… ބައްޕަ ބޭނުމެއް ނުވޭ އަހަރެން އުޅޭ ގޮތެއް ބަލާލަންވެސް… ބައްޕައަށް ހެޔޮ އަހަރެން ނެތަސް…” ރޮވިފައި ހުރެ މައިހާ ބުންޏެވެ.

އަޝްފާން ބޭނުން ވީ އެ ވަގުތު މައިހާ ގެނެސް އަތުތެރެއަށް ލާށެވެ. އެ ލޮލުން އައި ކަރުނައިގައި ބޮސް ދޭށެވެ.

ނަމަވެސް ބަލަން ހުރުން ފިޔަވާ އެހެން ކަމެއް އަޝްފާންއަކަށް ނުކުރެވޭނެއެވެ.

“ހިނގާ ދާން، އެކަމަކު ގެޔަކަށް ނޫން… ޕްލީޒް… މިރެއަކު ނޫން، ފަހުން ދާނަން” ކުރީގެ އެކުވެރިޔާ ކައިރީ އެދޭ ފަދައިން އެ ވަގުތު މައިހާ އަޝްފާންގެ ކިބައިން އެދުނެވެ.

“ފިނޑި މައިހާ! އަހަންނަށް މައި އެނގޭތާ މިވީ އަށް އަހަރު ތެރޭ މައި އެއްގޮތަކަށްވެސް ބަދަލެއް ނުވޭ… ހަމަ އެ ގޮތް ދޫ ނުކުރާ މައިހާ އައްބާސް…” އަބަދުވެސް މައިހާއާ ދިމާ ކުރާ ހެން އަޝްފާން ދިމާކޮށްލިއެވެ.

“އެއްކަލަ އަޝްފާން!” އަޝްފާންގެ އަތުގައި މައިހާ ވިކާލިއެވެ.

“އަދިވެސް ތި ނިޔަފަތިތައް ކަނޑަން ޖެހެނީ ގަދަ ކަމުންތަ؟ ގެޔަށް ދާ ގޮތަށް މަންމަ ކައިރީ ބުނާނަން އަހަރެންގެ އަތް ނޮޅާލައިފިޔޭ… މަންމަ ލައްވާ ތި ނިޔަފަތިތައް ކަނޑާނަން ހިފަހައްޓައިގެން ވިޔަސް” އަތުގައި ފިރުމާލަމުން އަޝްފާން ސައިކަލަށް އެރިއެވެ.

އަޔާޒްމެން ގެޔާ ހަމައަށް ދެވެން ދެން ދެ މީހުންވެސް އިތުރު ވާހަކައެއް ނުދައްކައެވެ.

“ދަނީ…” ސައިކަލުން ފައިބާފައި މައިހާ ބުންޏެވެ.

“މައި، އަހަރެން މައި ދެކެ ލޯބި ވިޔަސް އެހެން އެއްވެސް ކަމެއް ބަދަލެއް ނުވޭ އިނގޭ. މައި ކަމެއް ބޭނުން ވެއްޖެއްޔާ އަހަރެން ހުންނާނަން ރެޑީގަ… މަންމަވެސް މިއަދުވެސް އަހަންނާ އަޒާންއެކޭ އެއް ގޮތަށް މައި ދެކެ އަމިއްލަ ދަރިއެއް ހެން ލޯބިވޭ… މައިގެ ބައްޕަވެސް މައި ދެކެ ލޯބިވޭ… ބަދަލު ވިއްޔާ ވީ މައި… އެންމެންނާ މެދު މައި ދެކޭ ގޮތް ބަދަލުވީ… ވިސްނައިފިއްޔާ އެކަން އެނގޭނެ… އެންމެންވެސް ތިބީ މައި އާދޭތޯ އިންތިޒާރުގަ…” އަޝްފާން އެހެން ބުނެފައި އަތުން ހަނާ އަޅާލަމުން ސައިކަލު ދުއްވާލިއެވެ.

ގެޔަށް ވަދެ އެއްޗެހި ބަދަލު ކޮށްގެން އޮށޯވެފައި، އަނެއް ދުވަހުގެ ރޭ ބައްދަލު ކޮށްލުމަށް އެދި މައިހާ އަޝްފާންއަށް މެސެޖް ކޮށްލިއެވެ. ވަގުތާ ތަންވެސް ބުނެދިނެވެ. އަޝްފާންގެ ޖަވާބު އައީ ބައިގަޑިއެއް ހާއިރު ފަހުންނެވެ.

އަނެއް ރޭ މައިހާ އަޝްފާންއާ ބައްދަލު ކުރިއެވެ.

“ކިހިނެއް ވީ؟” މައިހާ އައިސް އިށީނުމާއެކީ އަޝްފާން އެހިއެވެ.

“އަހަރެން ދާނީ އަޝްފާންއާ އެކީ… އެހެން ނޫނީ ބައްޕަ އެއްޗެއް ބުނެފިއްޔާ އަހަރެން އެކަނި ވެފަ ހުންނާނީ…” މައިހާ ބުންޏެވެ.

“އޯކޭ” އަޝްފާން އެއްބަސް ވިއެވެ.

“ކޮން އިރަކު އަޝްފާން އައީ؟” އޯޑަރު ކުރި ދެ އައިސް ކޮފީ ގެނައުމުން މައިހާ އެހިއެވެ.

“އިއްޔެ ނޫން ކުރީ ދުވަހު. އިއްޔެވެސް މައި ނުފެންނާތީ މަންމަ ކައިރީ އެހީމަ އެނގުނީ މައި ދިޔަކަން” އަޝްފާން ގޮނޑީގައި ލެނގިލިއެވެ.

“ބައްޕަ ކިހިނެއް؟” މައިހާ އަހާލީ އިރުކޮޅެއް ފަހުންނެވެ.

“ކުޑަކޮށް ބަލިވެ އުޅެނީ” އަޝްފާން ބުންޏެވެ.

“ކިހިނެއްވީ؟” މައިހާއަށް އަވަސްއަވަހަށް އަހާލެވުނީ ބައްޕައާ މެދު ކަންބޮޑު ވީ ވަރުންނެވެ.

“ހުން އައިސްގެން… މިއަދު ރަނގަޅު” އަޝްފާން ޖަވާބު ދިނެވެ.

“ޑޮކްޓަރަށް ދެއްކިތަ؟” މައިހާ ބޭނުންވީ ބައްޕަގެ ހާލު ވީހާވެސް ބޮޑަށް އޮޅުންފިލުވާށެވެ.

“އާނ، ހަދަން ދިން ޓެސްޓްތަކުގެ ރިޕޯޓް ދައްކަން އިއްޔެ ދިޔައީ އަހަންނާ އެކީ” އަޝްފާން ކިޔާދިނެވެ.

“ކިހިނެއް ވަނީ؟ ރަނގަޅޭތަ ބުނީ؟ އަޝްފާން ބެލިންތަ؟ ރަނގަޅަށްތަ ހުރިހާ ކަމެއްވެސް ހުރީ؟” މައިހާއަށް ބައިވަރު ސުވާލު ކުރެވުނެވެ. ބައްޕައަކީ ބަލި މީހެއް ކަން އެނގޭތީއެވެ.

“ރަނގަޅަށް ހުރީ، ބީޕީ ނޫނިއްޔާ. މައިއަށް އެނގެއެއްނު އޭގެ ހައްލު؟ ވިސްނަންޏާވެސް އެހެން ވާނެ” އަޝްފާން މައިހާއަށް ބަލާލިއެވެ.

“އަޒާން ކޮބާ؟ އަހަރެން ގުޅިޔަސް ފޯނެއްވެސް ނުނަގާ” އަޝްފާންގެ ކޮއްކޮއާ ބެހޭ ގޮތުން މައިހާ އަހާލިއެވެ.

“އެބަ އުޅޭ، މިހާރު މާ ވަރުގަދަ އަންހެން ކުއްޖަކާ ޖެހިގެން އުޅެނީ. ހީވަނީ އަހަރެން މިހެން ހުއްޓާ އޭނަހެން މީހަކާ އިންނާނީ” އަޝްފާން ސަމާސާ ރާގެއްގައި ބުންޏެވެ.

“ރާޔާތަ؟” މައިހާ އަހާލިއެވެ.

“މައިއަށްވެސް އެނގޭތަ؟ އެހެން ވީމަ އެއީ ސީރިއަސް ކަމެއް ދޯ؟” އަޝްފާންއަށް އަހާލެވުނެވެ.

“އާނ، އަޒާންއަށް ރާޔާ ވަރަށް ކަމުދާ ހެން ހީވަނީ. އެހާ ކަމުދާ ކުއްޖަކު ފެނުނީމަ މެރީ ކުރަންވެސް ބޭނުން ވާނެއެއްނު؟” މައިހާ ހިނިއައިސްފައި އިނދެ ބުންޏެވެ.

“އާނ، ކުއްޖަކު މާ ކަމު ގޮއްސިއްޔާ ބޭނުން ވާނެ މެރީ ކުރަން” އަޝްފާން މައިހާއާ ހަތަރުކަޅި ހަމަކޮށްލިއެވެ.

“އެކަމު ބޭނުން ވިޔަސް އެންމެންނަކަށް އެ ކަމެއް ނުވާނެ” މައިހާ ބުނެލީ ހިތުގައި އޮތް އެއްޗެކެވެ.

“ކިޔައިދީބަލަ…” މީހަކާ ހިއްސާ ކުރަން ބޭނުން ވެފައިވާ ވާހަކަތަކެއް މައިހާގެ ހިތުގައި ހުރިކަން އަޝްފާންއަށް އެނގުނެވެ.

“އަހަރެން ހީކުރީ ނަދާ ކަމަށް އަހަންނާ އަޔާގެ މެދަށް ވަނީ… އެކަމަކު އަސްލު އެހެންނެއް ނޫން ވީކީ… ނަދާއާ އަޔާގެ މެދަށް އަހަންނަށް ވަދެވުނީ… ދެމަފިރިންގެ މެދަށް ވަނީ އަހަރެން… ފުރަތަމަވެސް އަޔާ ބުނި އަހަރެން ކައިރީގަ އޭނަގެ ބޭބެ ބުނީމަ ނޫނެކޭ ނުބުނާނަމޭ. އަޔާ އަބަދުވެސް ބުނާނެ އޭނަގެ ބޭނެ ބުނެފިއްޔާ ކޮންމެ ކަމެއްވެސް ކުރާނަމޭ… އެހެންވެ އަޔާ ނަދާއާ އިނީ. އަހަރެން ކައިރީ ބުނި، ކައިވެންޏަށް ފަހު އަހަންނާ ގުޅުމެއް ބާއްވާކަށް ބޭނުމެއް ނޫނޭ. ދެން އެހެން ނޫނަސް އަޔާއަށް އަބަދަކު އަހަރެންގެ ބައްޕަ ގަބޫލު ވެދާނެ ކަމުގެ އުންމީދުގައެއް ނުހުރެވޭނެ ދޯ؟ ބައްޕަގެ ރުހުމުގަ ނޫނީ ކައިވެނި ކުރަން އަހަރެން ބޭނުން ނުވާތީ އަޔާ ހުރި ތިން އަހަރު ވަންދެން… އެހެން މީހަކު ނަމަ އެހާ ދުވަހަކު މަޑެއް ނުވެސް ކުރާނެ.

ނަދާ އާ އިންނަން ޖެހުނީމަ އަޔާ ރުޅި އައީ ނަދާ ދެކެ، އަޔާ ހީކުރީ ނަދާ ކޮންމެސް އެއްޗެއް ބުނެގެން ކަމަށް އަޔާގެ ބޭބެ ނަދާއާ އިންނަން އަޔާ ކައިރީ ބުނީ… އެހެންވެ އަޔާ ނުދައްކާނެ ނަދާއާ ވާހަކައެއްވެސް، އެކަމަކު ނަދާ ނުކުރާނެ ޝަކުވާއެއްވެސް… ފަހުން އައިސް ނަދާ ހީވަނީ އަޔާއަށް ފިލަން އުޅޭ ހެން، އަޔާ ގޭގަ ހުރިއްޔާ ބަލާނެ އަޔާއަށް ނުފެނި އުޅެވޭތޯ…

ނަދާއަކީ ވަރަށް ތަފާތު އަންހެން ކުއްޖެއް، އަހަރެން އެ ގޭގަ ހުންނަ އިރުވެސް އޭނަ ވަރަށް ރަނގަޅު. އަހަރެން މީ ނަދާ ނަމަ އެހެން އަނގައިން ނުބުނެ، އަޔާއާ ޒުވާބު ނުކޮށް ނުހުރެވޭނެ، އަހަރެން އެ ގެއިން ބޭރު ކުރަން އުޅޭނެ، އެކަމަކު ނަދާ އެކަހަލަ އެއްވެސް ކަމެއް ނުކުރޭ… އަޔާއަށް ވެސް ނަދާ ހާދަ ރަނގަޅޭ… އަޔާ ބޭނުން ގޮތަކަށް ހުރިހާ ކަމެއް ކޮށްފަ ހުންނަނީ، ކާން ހެދިޔަސް އެއްވެސް އެއްޗެއް މަދު ވެގެން އަޔާ ނުޖެހޭނެ ބުނާކަށް، އެއްޗެހި ދޮވެ އިސްތިރި ކުރުމާ، ގޭތެރެ ސާފު ކުރުމާ، ހުރިހާ ކަމެއް ބަރާބަރަށް ކޮށްފަ ހުންނަނީ. އަހަރެންވެސް ނުޖެހޭ އަހަރެންގެ އަމިއްލަ ކަމެއް ނޫނީ ކުރާކަށް. ނަދާ އެކަނި ގޭގަ އިންނާނީ، ބޭރަކަށް ނުދާނެ، އެކަމަކު ބައެއް ފަހަރު އެ ގޭގަ ޖެހިގެން ހުންނަ އެޕާޓްމެންޓަށް ވަދެލާނެ، އެތާނގަ އުޅެނީ ނަދާގެ ފްރެންޑެއް ކަންނޭނގެ…

އަހަންނަށް ހީވަނީ އަޔާ ދެކެ ނަދާ ލޯބި ވާހެން، ހަމަ އެކަނި ހިއެއް ނޫން، ޔަގީން ވޭ. އަޔާވެސް ވަރަށް ބަދަލު ވެއްޖެ، ކުރިން ބަލާ ނުލާނެ ނަދާ އުޅޭތޯވެސް… އެކަމަކު މިހާރު އޮފީހަށް ދާން ނިކުމެފަވެސް މަޑުކޮށްގެން އިންނާނެ ނަދާ ފެނޭތޯ. ގެޔަށް ވަންނަ ގޮތަށްވެސް ހޯދާލާނެ ފެންނަ ހިސާބުގަ ނަދާ ހުރިތޯ… އަޔާ ޗޭންޖް ވެއްޖެ، އެކަމު ހިއެއް ނުވޭ އަޔާއަށްވެސް އެކަން ރިއަލައިޒް ވީ ހެނެއް…

އަހަރެން މިހާރު ބޭނުން ވަނީ ދުރަށް ދާން، އަޔާ ބަދަލު ވީތީއެއް ނޫން… ނަދާ އަޔާ ދެކެ ލޯބި ވާތީ، ނަދާއަށް ދެރަ ގޮތެއް ވާކަށް އަހަރެން ނޭދެން… އަހަންނަށް އެނގޭ ނަދާ ކުޑަކޮށްވެސް މަސައްކަތް ކޮށްފިއްޔާ އަޔާއަށްވެސް ނަދާ ދެކެ ލޯބި ވެވިދާނެ ކަން. އަހަރެން ބޭނުން ވަނީ އެ ޗާންސް ނަދާއަށް ދޭން… އަހަރެން އެ ގޭގަ ހުއްޓާ އެ ކަމެއް ނުވާނެ، ނަދާ ޓްރައިވެސް ނުކުއްޔާ އަޔާއަށްވެސް ނަދާ ދެކެރާނެ… ދެން ނަދާ މަސައްކަތް ކޮށްގެންވެސް އަޔާގެ ހިތް ނަދާއަށް ނުހޯދިއްޖެއްޔާ އެއީ އަޔާގެ ލޮސް… ދޯ؟” ހިތުގައި ހުރި ހުރިހާ ވާހަކައެއް މައިހާ އަޝްފާންއަށް ކިޔާދިނެވެ.

“އޭރުން މައިއަށް ކިހިނެއް ވާނީ؟” އަޝްފާން އަހާލިއެވެ.

“އަހަރެން ވަރަށް އުފާ ވާނެ އަޔާއާ ނަދާއާ ދެ މީހުން އެކަކު އަނެކަކު ދެކެ ލޯބިން އެކީގަ އުފަލުން އުޅެން ފެށީމަ” މައިހާ ހާމަ ކުރީ ހިތުގެ އެދުމެވެ.

“ތީ ވަރަށް ހިތްވަރު ގަދަ އަދި ހިތް ހެޔޮ ކުއްޖެއް” މައިހާގެ ނިންމުމަށް އަޝްފާން ތަޢުރީފް ކުރިއެވެ.

“ރޭގަ ދޯ ބުނީ އަހަންނަކީ ވަރަށް ގޮތް ދޫ ނުކުރާ، އަދި އަމިއްލަ އެދުން ބޮޑު މީހެކޭވެސް؟” މައިހާ ބުނެލީ ސަމާސާ ގޮތަކަށެވެ.

“އެއީ ރޭގައެއްނު؟ މިރޭ އަހަރެންގެ ވިސްނުން ބަދަލު ވެއްޖެ… ދެން މައި ކިހިނެއް ހަދަނީ؟” އަޝްފާން އަހާލިއެވެ.

“އަޝްފާން ތިހިރީނު؟” މައިހާ ބުނެލިއެވެ.

އަޝްފާން އެއްޗެއް ނުބުންޏެވެ.

“ކީއްވެ އެއްޗެއް ނުބުނީ؟ އަޝްފާން ހުއްޓާ އަހަރެން އެކަނި ވާނެތަ؟ ނޫނީ އަޝްފާން މިހާރު އަހަރެން ބޭނުން ނުވަނީތަ؟” އަޝްފާން އެއްޗެއް ނުބުނުމުން މައިހާ ސުވާލު ކޮށްލިއެވެ.

“ނޯ ޖޯކްސް މައި… އިޓް ހަރޓްސް…” އަޝްފާން ބުންޏެވެ. ހަތަރު އަހަރު ވަންދެން އަޝްފާންގެ ލޯތްބަށް ދެކޮޅު ހެދި މައިހާގެ ޖަވާބު ބަދަލު ވެދާނެހެން ހީ ނުވަނީއެވެ.

“އަހަންނަށް އެނގޭ ހަރޓް ވާކަން… ކުރިން ނޭނގުނަސް މިހާރު ވިސްނިއްޖެ އެކަން… އަހަރެން ބޭނުމެއް ނޫނޭ އަޝްފާންއަށް ހަރޓް ކުރާކަށް” މައިހާ ބުންޏެވެ.

“ޔޫ ޑޯންޓް ލަވް މީ” އަޝްފާން އެކަން މައިހާއަށް ހަނދާން ކޮށްދިނެވެ.

“އަހަންނަށް ޗާންސެއްވެސް ނުދޭނަންތަ؟” މައިހާ އަހާލިއެވެ.

“މައި ބުނަން ބޭނުން ވާ އެއްޗެއް ސާފުކޮށް ބުނެބަލަ…” އަޝްފާން އެދުނެވެ. މައިހާ ދައްކަން އުޅޭ ވާހަކަ ނުވިސްނިގެންނެއް ނޫނެވެ. ފަހަރެއްގައިވެސް އަޝްފާންއަށް ނުބައިކޮށް އަޑު އިވި، އޮޅިދާނެތީއެވެ.

“އަހަރެން ވަރަށް ވިސްނައިފިން… އަޝްފާން އަހަރެން ދެކެ ލޯބި ވަންޏާ އަހަރެން މިހިރީ އަޝްފާންއާ މެރީ ކުރަން…” މައިހާ އިސްޖަހާލަމުން ސާފުކޮށް ބުންޏެވެ.

ގަބޫލު ނުކުރެވިފައި އަޝްފާންއަށް އިނދެވުނީ މައިހާއަށް ބަލާށެވެ. އަޝްފާން އެއްޗެއް ނުބުނެ ގިނަ އިރުވާން ފެށުމުން މައިހާއަށް އުނދަގޫ ވިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ބުނެދޭށޭ ރުހެމޭ 62

Next

ބުނެދޭށޭ ރުހެމޭ 63

Next
July 31, 2019

ބުނެދޭށޭ ރުހެމޭ 63

Previews
July 30, 2019

ބުނެދޭށޭ ރުހެމޭ 62

51 Comments!

  1. Mar Sha Marsha says:
    July 31, 2019 at 11:19 am

    hi all, here’s part 18, hope u like it, plz comment and let me know what u think. part 19 will b uploaded on sunday, have a good day!

  2. Mary says:
    July 31, 2019 at 11:41 am

    Mee first dhw.. wawaa salhi ey??

    1. Mar Sha Marsha says:
      August 1, 2019 at 11:44 am

      Thnq Mary, yes u r 1st

  3. Maiha says:
    July 31, 2019 at 11:46 am

    Vaahaka gendhaa goi v kamudhey…miadhu heevey v kuruhen… ehn v ma masha vaane dhn annan part avahah genes dheyn… anyways vaahaka v reethi… abadhu vs masha ah kaamiyaabah edhen

    1. ❤️Rap Monsta Oppa❤️ says:
      August 1, 2019 at 8:02 am

      Mashah hiyvaniy maasher vaahaka genna varu rangalhuhen ?? writers ge busy schedule in vaguthu hoodhaigen stry liyaa iru aharumen appreciate nukuriyma Hadi dhw…?? Understand nuvanyya srry ☹️☹️ negative koh mi cmnt nunegun edhenedhen

    2. Mar Sha Marsha says:
      August 1, 2019 at 11:46 am

      Thnq Maiha n Rap Monsta Oppa

  4. Shara says:
    July 31, 2019 at 11:56 am

    V v reethi MI stry?? Sunday ah vuren kurin up kohladhy Bala,, ?? plss ?? Sunday Maa Las vany,,

    1. Mar Sha Marsha says:
      August 1, 2019 at 11:46 am

      Thnq Shara

  5. Kiuntheriyaa says:
    July 31, 2019 at 11:58 am

    Adhi kiriyaa insaanee khidhumathuga ulhey meehegge visnun maihaa ah thi libunee ???

    1. Mar Sha Marsha says:
      August 1, 2019 at 11:47 am

      Thnq Kiyuntheriyaa

  6. Mary says:
    July 31, 2019 at 12:13 pm

    Sunday veema haadha laheyy??… Kiyaa hithun keimadhu vefaaaa????Sunday ah vure kurin plxxxxxx❤️❤️❤️

    1. Mar Sha Marsha says:
      August 1, 2019 at 11:48 am

      Thnq Mary

  7. Meekkomee says:
    July 31, 2019 at 12:33 pm

    Varah reethi ???? waiting for the next part ?????? luv this story so much ❤️❤️❤️

    1. Mar Sha Marsha says:
      August 1, 2019 at 11:48 am

      Thnq Meekkomee

  8. Nunnu says:
    July 31, 2019 at 12:36 pm

    Wow v reethi mi part ves ????

    1. Mar Sha Marsha says:
      August 1, 2019 at 11:49 am

      Thnq Nunnu

  9. Wee wee says:
    July 31, 2019 at 12:43 pm

    Maiha ah visnijje dho… mashah fennanee ashfaan aai eku e geyah dhaan.. ayaa menn geyah dhaane kameh neii..
    Mi vahaka gendhaa goii v nice.. hindhi dramma thakuga vaahenn haasaru gandu dhamafa eh noveyy.. jumla thah vess genessa hunna goi reethi.. sifa kurunn vess and bauhge gavaaidhu thah vess ..
    Wish u luck..

    1. Mar Sha Marsha says:
      August 1, 2019 at 11:50 am

      Thnq Wee wee, try kurany kiyaalan faseyha jumla thakeh beynun kureveytho,

  10. Ziyaa says:
    July 31, 2019 at 12:53 pm

    Haadha dhuvahekey please thankolhah avahah

    1. Mar Sha Marsha says:
      August 1, 2019 at 11:51 am

      Thnq Ziyaa, will try

  11. jiji says:
    July 31, 2019 at 12:55 pm

    Ma Sha Allah???….V v furihama mi bai vec..Ekm ayaaz aa nadha ge adhi ithuru kohla dhin nama vakin furihama vyc???..Dhn faharakun edhemeehun ge bai dhigukoh lacheyy???…Maihaa ah vec visnihje dhww..That’s good..Nd story nimenthr mihaaru mi ulhenyy..But ehaa avahah nunihmacheyy❤❤❤..I really luv this storyy..Nd I’m curiously waiting for da next???

    1. Mar Sha Marsha says:
      August 1, 2019 at 11:52 am

      Thnq jiji, adhi nunimey, balaanan dhigu kohleveytho

  12. Ainii says:
    July 31, 2019 at 1:43 pm

    Vrr reethi mi vaahaka vx. Maashaa Allah.. comment nukurevenii busy kamunn. But Marsha ge vaahaka tha kiyaalan 10 vrr kah minutes hoadhain nama vx. Next part vrr salhi vaane dhw… Awww

    1. Mar Sha Marsha says:
      August 1, 2019 at 11:53 am

      Thnq Ainii, ehaa busy koh ulhemunves kiyaalaafa comment kollaathi v ufaa vey

  13. Noora says:
    July 31, 2019 at 1:48 pm

    Plx mirey eh part genes dhyba..readers ah surprise eh ves nudhey mi writer..ehaa kiyaa hithun thibey iru ves..sunday maa bodah ves las…plx upload tonight

    1. Mar Sha Marsha says:
      August 1, 2019 at 11:54 am

      Hehe, Noora ah surprise eh dheyn eba visnan, ehaa avahah Marsha akah type eh nukurevey dear,

  14. Zee says:
    July 31, 2019 at 3:00 pm

    Wow nice mi story… Pls pls pls pls avahah upkoh dheebala… Marsha…

    1. Mar Sha Marsha says:
      August 1, 2019 at 11:55 am

      Thnq Zee, balaanan avas kolleveytho inge

  15. Maiha says:
    July 31, 2019 at 4:27 pm

    Vaa vaa reethi ingey ?? im loving it ? but next part thankolheh avahah up kohlahchey plx plx maasha

    1. Mar Sha Marsha says:
      August 1, 2019 at 11:56 am

      Thnq Maiha, trying dear

  16. Ibsha says:
    July 31, 2019 at 4:35 pm

    Wow varah reethi varah reethi varah reethi bunelaane ehcheh neiy. Vaahaka varah furihama. MAASHA ALLAH

    1. Mar Sha Marsha says:
      August 1, 2019 at 11:56 am

      Oh, thnq Ibsha

  17. Aish says:
    July 31, 2019 at 5:10 pm

    Varah reethi

    1. Mar Sha Marsha says:
      August 1, 2019 at 11:57 am

      Thnq Aish

  18. Sleepy puffin says:
    July 31, 2019 at 5:18 pm

    OMG, MARSHAAAA. THIS PART IS GREAT.LOVE YOUR STORY.????????????????????????????????WHEN IS THE NEXT PART. CAN’T WAIT TO READ. KEEP IT UP. GOOD LUCK FOR NEXT PART.??????????????????????????☺???????????????????????????????????????☺?????????☺

    1. Mar Sha Marsha says:
      August 1, 2019 at 11:58 am

      Thnq Sleepy, ?? next part on sunday

    2. Sleepy puffin says:
      August 2, 2019 at 3:32 pm

      Sunday ga tha. Waiting ingey.???????????????????????????????????????????????

  19. Rai says:
    July 31, 2019 at 9:13 pm

    Nice

    1. Mar Sha Marsha says:
      August 1, 2019 at 11:58 am

      Thnq Rai

  20. AFOO says:
    July 31, 2019 at 10:00 pm

    VARAH KAMUDHEY MI PART .. NEXT PART AH INTHIZAARUGA HAM

    1. Mar Sha Marsha says:
      August 1, 2019 at 11:58 am

      Thnq Afoo

  21. Anonymous says:
    August 1, 2019 at 4:34 pm

    ?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

    1. Mar Sha Marsha says:
      August 1, 2019 at 10:05 pm

      Thnq Anonymous!! ?

  22. Anonymous says:
    August 1, 2019 at 10:45 pm

    Nice Marsha keep it up

    1. Mar Sha Marsha says:
      August 2, 2019 at 2:09 pm

      Thnq Anonymous

  23. Unknown says:
    August 1, 2019 at 10:46 pm

    Nice Marsha keep it up

    1. Mar Sha Marsha says:
      August 2, 2019 at 2:10 pm

      Thnq Unknown

  24. Malu says:
    August 2, 2019 at 12:31 pm

    I didnt read this story from the beginning. 16 vana part in feshigen kee. Story v v v reethi. Mee mihaaru v aarmu koh vaa kameh. Looking forward for the next part. Keep it up. God bless uh❤❤

    1. Mar Sha Marsha says:
      August 2, 2019 at 2:10 pm

      Thnq Malu,

  25. ??? says:
    August 2, 2019 at 1:04 pm

    Sunday ge kurin kiyaalan nulibeynetha

    1. Mar Sha Marsha says:
      August 2, 2019 at 2:12 pm

      Will try, thnq

Comments are closed.

Next Episodeކުށަކާ ނުލާ 19←


All Right Reserved!