Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯތްބެއްގެ ފެށުން 28

Belle Level 310 Stories100 Comments100 Login500 Login
August 1, 2019 5 Mins Read
22 Comments

 

އަނދަމުން ދިޔަ އަލިފާން ގަނޑުގެތެރެއިން ޒައިކުގެ މޫނު ޝިފާއަށް ފެންނަވަރުވީ ފަނޑުފަނޑުކޮށެވެ. ވަރަށް އުނދަގުލުން ޝިފާއާއި ކައިރި އަށް އައުމަށްފަހު އެދިމާގައިވާ އެހެން މީހެއްގެ ހަޅެކުގެ އަޑުއިވުމުން ޒައިކު އެދިމާއަށް ބަލާލިއެވެ. ދެން ހަޅެއް ލަވައިގަތުމަށްފަހު އެދިމާއަށް ދުއްވައިގަތެވެ. ޝިފާއަށް މަންޒަރު ފުސްވިއިރު ފެންނަމުން ދިޔައީ އޭނާ ދޫކޮށް ޒައިކު ދާ މަންޒަރެވެ. އަނގައިން އަޑެއް ނުނުކުތަސް ލޮލުން ކަރުނަ ނުހުއްޓެއެވެ. ހިތައް ކުޑަވަރެއްވެ ހާޓްއެޓޭކެއް ޖެހުނުކަހަލައެވެ. ޒައިކުގެ ލޯބީގައި ދީވާނާވެގެން މިހާ ހިސާބައް އައުމުން އޭނާއަށް ލިބުނު ހަދިޔާއެވެ. ނިކަން ދެކިބަލާށެވެ.

 

” ޝިފާ” ކޮންމެވެސް މީހަކު އޭނާގެ ނަމުން ގޮވާލިއެވެ.

 

” ޝިފާ” ދެވަނަފަހަރަށްވެސް ގޮވާލިއެވެ. އެކަމަކު އޭނާއަކަށް ހަށިގަނޑަށް ގުޑުމެއްވެސް ނުގެނެވުނެވެ. ވާހަކަ ދެއްކުމަށް ދޫ ހަރަކާތެއް ނުކުރިއެވެ.

 

” ޝިފާ ، ތެދުވެބަލަ ” ފެންނަމުން ދިޔަ މަންޒަރު ތަފާތުވާން ފެށިއެވެ. ފެނުނީ ބިރުވެރި ހުވަފެނެއްކަމަކު، ހަގީގަތެއްހެން ހީވަނީ ކީއްވެކަމެއް ނޭނގެއެވެ. ކުއްލިއަކަށް އޭނާގެ ދެލޯ ހުޅުވާލެވުނުއިރު ޒައިކު ކުރިމަތީ ހުއްޓެވެ. ދެލޯ ބޮޑުވެ ، ހައިރާންވެފައެވެ. ކަންބޮޑުވުމުގެ އެންމެ މަތީގައެވެ.

 

ދެލޯ އިތުރަށް ވިދާލިހެން ހީވެއެވެ. އިސްތަށިގަނޑު ކުރިއަށްވުރެ ދިގުވެފައި ވެއެވެ. މޫނުމައްޗަށް ބަލާލުމުން ކުރިން ފެނުނު ރީތީ ކަމަށް އިތުރު ރީތިކަމެއް އެކުވެފައި ވީހެން ހީވެއެވެ. ނުފެނި ގިނަ ދުވަސް ވީމަކަމަށް ވުމީ އެކަށީގެންވާ ކަމެކެވެ. އެހެނަސް ހަށިގަނޑު އަނަރޫފަ ވަމުންދާހެން ހީވެއެވެ.

 

ކުޑަކޮށް ތެދުވުމަށްފަހު ޒައިކު ގައިގަ ބައްދާލިއެވެ. އެހުރިހާ ދުވަހަކު ކުރިޝަކުވާއާއި ހިތާމަ އެއްފަހަރުން ފިލި ކަހަލައެވެ. އެ ތަނަވަސް މޭމަތީ ބޯ އަޅާލުމުން ހިތައް އުފާވެރިކަން ލިބެއެވެ.

 

” ވަޓް އާރ ޔޫ ޑުއިން ހިއާރ؟” ސުވާލު އުފެދިފައި ހުރެ ޒައިކު އެހުމުން ރީތިކޮށް ހުރިހާ ވާހަކައެއް ކިޔައިދިނެވެ. ސައިފު ބައިވެރިވެފައިވާ މުބާރާތް ބަލާލަން އައީކަމުގައެވެ.

 

” ލުކް އެޓް ޔޫ ޒައިކު. ރަނގަޅަށް ނުކަނީތަ؟ ބަރުދަން ހުންނާނީ ލުއިވެފަކަން ޔަގީން. ” އެމޫނުގައި އަތްޖައްސާލަމުން ޝިފާ ވާހަކަ ދެއްކިއެވެ.

 

” ބަރުދަނަކީ ހަމައެކަނި ގެއްލުނު އެއްޗެއް ނޫން ” އެއަޑުގައި ރިހުން އެކުލެވިފައި ވެއެވެ. އެ އަޑުން ޝިފާގެ ހިތައް ތޫނު ޙަންޖަރެއް ހަރާލެވުނު ކަހަލައެވެ.

 

” ކޮންއިރަކުން މެޗް އޮންނަނީ” ޝިފާގެ ލޮލަށް ނުބަލައި ހުރެ ޒައިކު ވާހަކަ ދެއްކިއެވެ. ޒައިކުގެ ދެލޮލުގައިވާ ރިހުން، އަނދަމުން އިތުރުވާކަން ޝިފާއަށް އެނގެއެވެ. ހިތްވަރު ދިނުމަށް ބުނާނެ އެއްޗެއް ދުލާހަމަޔަކަށް ނާދެއެވެ.

 

” ފުރަތަމަ މެޗް އޮންނަނީ މާދަމާ ހަވީރު. ދާނަންތަ އަހަންނާއެކު؟ ” ޒައިކު އޭނާއާ ދިމާއަށް ބަލާލުމަށްފަހު ދުރަށް ބަލާލިއެވެ. ދެން ބޮލުން އާއެކޭ ބުނެލިއެވެ. އެނދުން ތެދުވުމަށްފަހު ސައިޑް ޓޭބަލް މަތިން ފައިލެއް ނަގައި ކިޔަން ފެށިއެވެ. އެ ފައިލަށް ނަޒަރުހުއްޓަސް ސިކުނޑި އެއަށް ނުދާކަން ޝިފާ އަށް އިނގެއެވެ.

 

” ޒައިކު މިދިމާއަށް ބަލާލަބަލަ ” ފައިލު އަތުލުމަށްފަހު ދުރުގަ ބާއްވާލިއެވެ. އަދި ޒައިކުގެ ދެއަތުގައި ހިފާލަމުން ސީދާ އެދެލޮލަށް ޝިފާ ބަލާލިއެވެ. ” ހޫމް” އަޅުވާލަމުން ޒައިކު ވެސް ބަލާލިއެވެ.

 

” އާރ ޔޫ އޯކޭ ” ޝިފާ އަނެއްކާވެސް އަހާލިއެވެ. އެމޫނުގައި ފިރުމާލަމުންނެވެ. އޭނަ އެހާއަވަހަށް ގިވްއަޕް ކުރަން ބޭނުމެއް ނޫނެވެ.

 

” ޔާހް. އައެމް ފައިން. ޓޯޓަލީ ފައިން ” ކުޑަ ހިނިތުން ވުމަކާއިއެކު ވާހަކަ ދެއްކިއެވެ. އެކަމަކު އެހިނިތުންވުން ލޮލާއި ހަމައަށްވެސް ނުފޯރައެވެ.

 

” ޕިއްޒާއަށް އޯޑަރ ކޮއްދީފާނަންތަ؟ ފުރިޖް ގައި އެބަހުރި އެކި ފުލޭވާރ ތަކުގެ ޖޫސް” ޝިފާގެ އެދުމުގެ މަތިން ޕިއްޒާ އޯޑަރުކޮށްގެން ދެމީހުން ކެއެވެ. ޒައިކުގެ މަޑުމައިތިރިކަން ޝިފާއަށް އުނދަގޫކުރިއަސް އޭނާ ކެއްކުރިއެވެ. ޒައިކު ހާސިލް ކުރުމަކީ ފަސޭހަ ކަމެއް ނޫންކަން އެނގޭއިރުވެސް ބޭނުންވަނީ އޭނާގެ މީހެއްގެ ގޮތުގައި އެކަނި ވުމަށެވެ. އެހިތުގައި އެހެން އަންހެން ކުއްޖަކާއި މެދު ލޯބީގެ ކުނޑިފުށެއްވެސް ވުމަކަށް ހިތެއް ނޭދެއެވެ.

 

ކެއުމަށްފަހު ޒައިކުގެ ދޫ ޓީޝާޓެއް ޝިފާ ލިއެވެ. އަދި އެނދުގެ އެއްފަރާތެއްގައި އޮތް ޒައިކު ކައިރީ އިށިންނުމަށްފަހު ހީލިއެވެ. ޒައިކުވެސް ހީލިއެވެ. އެއްއަރިއަކަށް އޮތް ޒައިކު ފަދައިން ޝިފާވެސް އެއްއަރިއަކަށް ޒައިކުއާއި ކުރިމަތިވާނެހެން ލޯ ސީދާ ކޮށްލިއެވެ. ދެމީހުން އެގޮތުގައި އިރުކޮޅަކު ހުއްޓެވެ. ދެމީހުންގެ ހިތުގައިވެސް ހިނގާ ޙިޔާލުތަކާއި ޝުއޫރުތައް އަނެކާއަށް އިނގުނަ ނުދިނުމަށް ކުރާ މަސައްކަތް ކާމިޔާބު ވާހެނެއް ހިޔެއް ނުވެއެވެ.

 

 

މަޑުމަޑުން ޒައިކުގެ އަތް ޝިފާގެ މޫނުގައި ފިރުމާލިއެވެ. އޭނަދެކެ ލޯބިވާ މިއަންހެން ކުއްޖާ ދެރަކުރާކަށް ހިތެއް ނޭދެއެވެ. އަމިއްލަ ހިތް ކަފުން ކޮށްފައި އޭނަގެ ލޯބިހޯދުމަށް މިއަންހެން ކުއްޖާ ވަމުންދާ ގުރުބާނީ ކިހާ މަތިވެރިހެއްޔެވެ. ފިރިމީހާގެ ރުހުމާއި ލޯބި ހޯދުމަށް އަތުކުރި އޮޅާލާފައި މިހިސާބައްވެސް އައީއެވެ. މޫނުގައި ފިރުމާލަމުން ދިޔަ އަތް މަޑުމަޑުން ކޮނޑާހަމައިން ތިރިވަމުން ދިޔައެވެ. އެ ބީހުމުގެ އަސަރު ޝިފާއަށް އޮޅިފައެއް ނެތެވެ. އޭނަގެ ހިތް ދިޔައީ އާސްމާނަށް އަރައިގެނެވެ. ޒައިކު ފަރާތުން ލޯބި ލިބޭތޯ އޭނަ ކިހާ ދުވަހަކު ކެއްކޮއްފި ހެއްޔެވެ!.

 

އިތުރަށް ކެއްކުރުމަކީ ޝިފާއަށް އުނދަގޫ ކަމެކެވެ. އެތައް ރެއެއްގެ ނިދި ނަގާލައިފިއެވެ. ހަމަ ޒައިކުގެ ލޯބީގައި ދީވާނާ ވެގެންނެވެ. ކައިރިއަށް ޖެހިލުމަށްފަހު ޒައިކު ހަށިގަނޑުގައި ބައްދާލިއެވެ. އަދި އެތުންފަތުގައި ބޮސް ދިނުމުން ޒައިކުވެސް އޭނަގެ މި އަމަލާ ބައިވެރިވިއެވެ. ވަގުތު ހިނގުން ހުއްޓުނުކަހަލައެވެ. ދުވަހަކު މި ވަގުތުކޮޅު ނުނިމުމަށް ޝިފާގެ ހިތުން ދުޢާ ކުރެވުނެވެ. ޒައިކު ލައިގެން ހުރި ޓީޝާޓުގައި ހިފުމަށްފަހު ބޭލީ ފަސޭހަކަމާއެކުއެވެ.

 

ޒައިކު ވެސް މިވަގުތު ހުރީ ޝިފާގެ ލޯބީގައި ޖެހިފައެވެ. ކުއްލިއަކަށް ޝިފާ ދުރަށް ޖައްސާލިއެވެ. އަދި އެލޮލުން ޝިފާއަށް ކުއްވެރި ކަމުގެ ނަޒަރަކުން ބަލާލިއެވެ.

 

” ސޮރީ. އައެމް ސޯ ސޮރީ ޝިފް ބޭބީ. އައި ޖަސްޓް….އޯހް އިޓްސް ޓޫ މަޗް. އައެމް ޓުރައިން. ގަބޫލުކުރޭ ޝިފް. އައި ކާންޓް ” ޒައިކުގެ އަޑުއައީ ކުއްވެރިކަމުގެ އިހުސާސް އެކުވެގެންނެވެ. ހިތުގައި ޖެހުނު ކަމުގައި ވިއަސް ކެއްކުރުން ނޫން ގޮތެއް ޝިފާ އަކަށް ނެތެވެ. ލޯއްބަކީ އޭނައަށް މާ ފަސޭހައިން ކާމިޔާބު ނުކުރެވޭނެ އެއްޗެކެވެ.

 

” އިޓްސް އޯކޭ ޒައިކު. ވަގުތު ބޭނުން ވާވަރަކަށް ނަގާ. އައި ޑޯންޓް މައިންޑް. އެކަމަކު އަހަރެން އެކަނި ކޮއްލާފައި ދުރުނުވައްޗޭ. ޕްލީޒް. އައި ލަވް ޔޫ ސޯ މަޗް. އައި ކާންޓް ލިވް ވިތް އައުޓް ޔޫ. ކައިރި އަށް ޖެހިލުމަށްފަހު އެ މޭގައި މޫނުޖައްސާލިއެވެ. ދެއަތުން ޒައިކު ހަށިގަނޑުގައި ބައްދާލިއެވެ. ޝިފާގެ ނިތްކުރީގައި ބޮސް ދިނުމަށްފަހު ޒައިކުވެސް އޭނާގެ ހަށިގަނޑާ ލާ ޝިފާ ހިފަހައްޓާލިއެވެ. ” އައި ޑިޑިންޓް، ނޮޓް އެނީ މޯރ” އަދިވެސް ކައިރިކޮށްލަމުން ބުނެލިއެވެ.

 

********************

 

އަނގައިން އަޑެއް ލައްވާލީ ނުރުމުގެ ގޮތުންނެވެ. މުޅި މިމަހުގައިވެސް އެންމެ އަރާމުގައި ނިދާލާފައި އޮތް އޮތުން ފޯނުގެ އެލާމްގެ އަޑުން ކަނޑުވާލައިފިއެވެ. އާންމުކޮށް ރޭގަނޑު ދަންވަންދެން ނުނިދައި މަސައްކަތުގައި އުޅެމުން ހަމަނިދި ނުލިބެއެވެ. ހެނދުނު ހޭލުމަށްފަހު ދުވަހުގެ މަސައްކަތް އާންމުކޮށް  ފެށެނީ ނަމާދުން ނެވެ. އެއަށްފަހު އެކްސަސައިޒް ކުރުމުންނެވެ. އެކަމަކު ޝިފާ އާއިއެކު ވުމުން މިހުރިހާ ކަމެއް ބަދަލުވެއެވެ. އެ ހަށިގަނޑު ގައި ބައްދާލައިގެން އެންމެ އަރާމުގައި ނިދާލެވެއެވެ. އޭނާގެ އަތް މަތީ ޝިފާ ބާއްވާލައިގެން ނިދާލުމަކީ އެންމެ ހިތްހަމަ ޖެހޭ ކަމެވެ.

 

ޝިފާގެ އެއްއަތް ވަނީ އޭނާގެ އުނަގަނޑާ ދިމައިން އަޅުވާލެވިފައެވެ. މަޑު މުށިކުލައަކަށްދާ ފަން އިސްތަށިގަނޑު ހުދު ބާލީސްމަތީ ފެތުރިލާފައި ވާލެއް ވަރަށް ވެސް ފުރިހަމައެވެ. މަޑުމަޑުން ޝިފާ އެއް ކައިރިއަކަށް ޖައްސާލަމުން ޒައިކު އެނދުކައިރީ މަޑުކޮށްލިއެވެ. މިއަންހެން ކުއްޖާއަކީ އޭނާފަދައިން ރޫޙު މަރުވެފައިވާ ކުއްޖެކެވެ. ލޯބީގައި ނާކާމިޔާބީއާއި ކުރިމަތި ލައެވެ. އެކަމަކު އޭނާ ފަދައިން އުންމީދު ކަނޑާލާފައި ހުއްޓިހުންނަ ކުއްޖެއް ނޫނެވެ. އޭނާދެކެ އެވަރަށް ލޯބިވާ ކުއްޖަކު ނުވާނެއެވެ. ލިވީވެސް އޭނަ ދޫކޮށް ދިޔައީއެވެ. އެކަމަކު ޝިފާ އޭނާގެ އެންމެ ކައިރީ އަބަދުވެސް ވެއެވެ. އުންމީދެއް ނެތަސް މަސައްކަތް ކުރެއެވެ.

 

އޭނާއަށް ދިމާވި ހުރިހާ ކަމަކުން މޫވް އޮން ކުރުމަކީ ކިހާ އުނދަގޫ ކަމެއްކަން އިނގޭނީ ހަމަ އޭނަ ކަހަލަ މީހަކަށެވެ. އެކަމަކު އެ އަނދިރި ކަމުން އަލިކަމަށް ނުކުތުމަށް އޭނާ މަސައްކަތް ކުރާނެއެވެ. ހަމައެކަނި ޝިފާ އަށްޓަކައެވެ. ޝިފާ އަށް އެކަން ހައްގެވެ. އޭނަދެކެ ވާ ލޯއްބައްޓަކައެވެ. އޭނަ ދޫކޮށްލާފައި ލިވީ ދިޔައީ އެހާ ފަސހައިން އޭނައަށް ލިވީގެ ކަންތައްތައް އަންޑަސްޓޭންޑު ނުވެދާނެތީ ކަމަށްވެދާނެއެވެ. އެކަމަކު ޝިފާ ދިއުމަށް އޭނައަށް ރުހެވޭނީ ކިހިނަކުން ހެއްޔެވެ. އޭނަގެ ރޫހު އެކަށް މަރުވެދާނެއެވެ.

 

”  ދަނޑުމަތީ މީހުންތައް ވަނީ ފުރިފައެވެ. ތަންކޮޅެއް ކުރީ ސީޓުން ޖާގަ ލިބުނީ ސައިފުގެ އެހީގައެވެ. ނަތާ ކައިރީ ޝިފާ ހުރިއިރު، ޒައިކު ހުރީ އޭނައާއި ޖެހިގެނެވެ. ޓީނޭޖް ކުދިންގެ ހަޅެއްލެވުމާއި ސަޕޯޓް ކުރުމުގެ އަޑުފައްގަނޑު މުޅިހިސާބުގައި ވެއެވެ.

 

” އޯހް ގޯޑް. މޭކް އިޓް ސްޓޮޕް” ޝިފާވެސް އިރުއިރުކޮޅުން ހަޅެއްލަވައި ގަނެއެވެ. ޝިފާގެ އެ އުފާވެރިކަން ފެނުމުން ޒައިކުގެ މޫނުމަތި އަލިވެގެން ދެއެވެ. ސައިފުގެ ޓީމުގެ މެންބަރުންނަށް ސަޕޯޓުދިނުމުގެ ގޮތުން ހަޅެއްލަވާ ހެދިއެވެ. ބިލިއަނަރަކަށް ވުމަށްވުރެ އެވަގުތު ބާސްކެޓް ބޯލް ޕްލޭއަރަކަށް ވެވުނު ނަމައޭ ޒައިކު ހިތައް އެރިއެވެ. ޝިފާގެ އެ ސަޕޯޓުގެ ސަބަބުން ޖެލެސް ވެވެނީ ކީއްވެބާއޭ ޒައިކުގެ ހިތައްއަރާވަރު މަދެއް ނޫނެވެ. އޭނަ ނޫން މީހަކު ޝިފާއަށް ކަމުދިއުމަށްވެސް ހިތެއް ނޭދެއެވެ. އެދެލޮލުން އެހެން ފިރެހެނުންނަށް ބެލުމަކަށް އޭނާގެ ހިތެއް ނޭދެއެވެ.

 

އެންމެ ފަހުން ދެގަޑިއިރުގެ ފަހުން މިއަދުގެ މެޗް ނިމުނެވެ. ސައިފް އާއި އޭނަގެ ޓީމު މޮޅުވިއެވެ. ނަތާ ވަގުތުން ދުއްވައިގަތީ ދަނޑަށް އެރުމަށެވެ. ޝިފާ އަތުގައި ޒައިކުއަށް ހިފަހައްޓާލެވުނީ އޭނަވެސް ދަނޑަށް އަރަން ގޮސްދާނެތީއެވެ. އެތަނުން އެންމެ ފިރެހެނަކާއިވެސް އޭނަގެ އަންހެނުން ސަލާން ކުރުމަކަށްވެސް ހިތެއް ނޭދެއެވެ. އޭނަ ނެއްނަމަ ހަމަގައިމުވެސް ނަތާ ދާނީ ޝިފާ ގޮވައިގެންކަން ޔަގީނެވެ. އެ ހަށިގަނޑު ގެނެސް ބައްދާލިއެވެ. މިއެންމެންގެ ތެރޭގައި އެމީހުންނަށް ސަމާލުކަމެއް ދޭނެ ބަޔަކު ނޫޅޭނެކަން ޒައިކުއަށް އެނގެއެވެ.

 

ޒައިކު ބޭނުންވީ އެނބުރި އޭނާގެ ގެއަށް ދިއުމަށެވެ. ދެދުވަސް ފަހުން އޭނަ އެމެރިއާއަށް ކޮންމެހެންވެސް އޮންނަ މީޓިންއަކަށް ހާޒިރުވާން ޖެހެއެވެ. އެހާ ވާންވާއިރަށް ނިންމަން ޖެހޭ މަސައްކަތް ތަކެއް އެބަހުއްޓެވެ. އެކަމަކު ޝިފާ ބޭނުންވީ ސައިފުގެ އެކުވެރިއެއްގެ ޕާޓީއަކަށް ދާށެވެ. އެހެން ކަމުން ޝިފާ ނަތާއާއި ހަވާލުކުރުމަށްފަހު އޭނަ ދިޔައީ ގެއަށެވެ. ހުރިހާ މަސައްކަތެއް ނިންމާލުމަށްފަހު ކައިރީގައިވާ މާވިއްކާ ފިހާރަޔަކަށް ވަނެވެ. ޝިފާއަށް ދޭން ގަދަ ދަނބު ކުލައިގެ އޯކިޑް މާ ބޮނޑިއެއް ނެގިއެވެ. ކުއްލިއަކަށް…..

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Belle

Level 310 Stories100 Comments100 Login500 Login

Other Articles

Previous

ބުނެދޭށޭ ރުހެމޭ 63

Next

ތިޔަ ލޯތްބާ ދުރަށް 7

Next
August 1, 2019

ތިޔަ ލޯތްބާ ދުރަށް 7

Previews
July 31, 2019

ބުނެދޭށޭ ރުހެމޭ 63

22 Comments!

  1. Shahu says:
    August 1, 2019 at 6:20 am

    Woooww varah salhi ? my first comment ?

    1. Anonymous says:
      August 4, 2019 at 3:46 pm

      When is next part………. ?

  2. Mary says:
    August 1, 2019 at 7:03 am

    Woooow! Vvvv salhi ❤️ next part avas kohllathi ingey ???????????❤️

  3. Meekkomee says:
    August 1, 2019 at 7:24 am

    Woww ??? varah reethi ???? whn is next part ??????

  4. Ibsha says:
    August 1, 2019 at 7:46 am

    V reethi

  5. Ainth says:
    August 1, 2019 at 8:31 am

    Livee is back dho belle

  6. DHONTHY says:
    August 1, 2019 at 8:47 am

    ????

  7. Rau says:
    August 1, 2019 at 8:57 am

    Plx dhera go
    theh nahadhahchey edhemyhun avahah gulhuvaalabala plx…

  8. Mãee says:
    August 1, 2019 at 11:42 am

    Storyy varahh salhi…???u r a great writer belle..u r so talented…avahahh anehh bai up kohdhehhcheyy….vrhh curious

  9. drax says:
    August 1, 2019 at 12:53 pm

    Mi part ves awesome ???
    Waiting for next part
    Your endings so amazing
    Keep up the good work ???
    Waiting for next part curiously

  10. Casandra says:
    August 1, 2019 at 1:27 pm

    Haadha ehem ehem cover photo eh mee. ??

  11. Am says:
    August 1, 2019 at 1:30 pm

    Dhen anhennunney kiyafa balikashinuveba. Eyna noolheyvarakun eyna fahathu alhuvaalaigen ulhenee. Keeve tha hurihaa story eh ga girl character weak person eh gothah genesdhenee. Men are angels dho????? Cover photo change kollaba story aa gulhey gotha. Story vara rithi.

  12. ? says:
    August 2, 2019 at 1:51 am

    V reethi mi part. And yaa story ge photo change kolchey . Story aa gulhey gothaka. And by the way Zaik a efenunee livi tha flower shop in. Ples dont make the story warse by bringing livi to zaiks life . I want Zaik and shafa to be together. And i hope tht Zaik Will hare livi . And alwys love shafa

  13. Reesh says:
    August 2, 2019 at 4:25 am

    ?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  14. ޜަށުމީހާ says:
    August 2, 2019 at 7:33 am

    Beautiful

  15. Niru says:
    August 2, 2019 at 7:34 am

    Alhey livytha efenuny, haadha reethi Story ekey my

  16. 1234 says:
    August 2, 2019 at 9:34 am

    Livy then nugenache pls
    Story reethi

  17. dhiraa wish says:
    August 2, 2019 at 1:22 pm

    Alhe livytha e fenunee.. belle shif ah ingey zaik dheynvaanee.. mi vaahaka varah reethi.. varah kiyaa hithun kiyaalevey vaahaka eh.. keep going belle

  18. Sparkle girl says:
    August 3, 2019 at 3:02 pm

    Vvvvvvv reethi. Ekm dhen livy shifa aa zaikge dhemadah nuvaddhaathi

  19. Mary says:
    August 4, 2019 at 10:16 pm

    Kb tha vaahaka haadha lasvanee… Plxxxxxx avas kohllaba???

    1. Aish says:
      August 5, 2019 at 2:10 pm

      Yeah???????kobaa

  20. Kiyaa meeha says:
    August 5, 2019 at 2:32 pm

    Its been too late. Where is the next part. Im out of patience

Comments are closed.

Next Episodeލޯތްބެއްގެ ފެށުން 29←


All Right Reserved!