އަހަންނަށް ރަނގަޅަށް ހޭވެރިކަންވީއިރު އެކަކުވެސް ފެންނާކަށް ނެތެވެ. މަޑުމަޑުން ތެދުވެގެން އަހަރެން ބަދިގެއާ ހަމައަށް ދެވޭތޯ މަސައްކަތް ކުރީމެވެ. ތަންތާ ލައްގަންނަމުން ނަމަވެސް އަހަންނަށް ބަދިގެއާ ހަމައަށް ދެވުނެވެ. ބަދިގޭގައި އޭރު ބައްޕައާ ވާހަކަދައްކަން ހުރީ ދެވަނަ މީހެއްނޫނެވެ. އެއީ އަހަންނަށް ކޮންމެރެއަކު އުދަގޫކުރާ ހިޔަންޏެވެ. އަހަރެން ކުރި އުންމީދުތައް ފުޑުފުޑުކޮށްލި މީހާއެވެ. އަހަރެން ބައްޕަގެ ވާހަކަތައް އަޑުއަހަންހުރީ ރޮވިފައެވެ. އަހަރެންގެ ކުޑަކުޑަ ހިތް ފުޑުފުޑު ވެގެންދިޔައެވެ.
‘ރާއިފާ އަށް ކަމެއް ވެއްޖެއްޔާ ކަލޭ ޖެހޭނެ ޒިންމާވާން، މަށަކަށް ނުވެވޭނެ. ނޫނީ ކަލޭ ޖެހޭނެ މަށަށް އެވަރަށް ލާރިދޭން’ އެއީ އަހަރެން ދުވަހަކުވެސް ހިތުން ނުފިލާނެ ޖުމުލައެކެވެ. ޚުދު އަހަރެންގެ ބައްޕަ އަހަރެންދެކެ އެއްވެސް ކުލުނެއް ނެތީ ކީއްވެގެން ހެއްޔޭ އަމިއްލަ ހިތާ އެތައްފަހަރަކު ސުވާލު ކުރެވުނެވެ. އެދުވަހު އަހަރެންގެ ދެފައިގައި ބާރެއް ހުރިނަމަ އެގެއިން ނުކުމެގެން ދިޔައިމުހެވެ. އަހަރެން ދާނީވެސް ވަކި ކޮންތާކަށް ހެއްޔެވެ. އަހަރެންގެ ތިމާގެ ބަޔަކު މިދުނިޔޭގައި އުޅޭކަމެއްވެސް އަހަންނަކަށް ނޭގެއެވެ. ބައްޕަ އަހަންނަށް ގޮވާލުމުން އަހަރެން ދިޔައީ ސިއްސައިގެންނެވެ. ބައްޕަ ގޮވުމުން އަހަރެން މަޑުމަޑުންގޮސް ބައްޕަކައިރީ މަޑުކޮށްލީމެވެ. އަހަންނަށް އިސްއުފުލާ ބަލާލާކަށްވެސް ނުކެރުނެވެ. އަހަރެން މަޑުކޮށްލުމުން ބައްޕަ ވާހަކަ ފެށިއެވެ.
‘ދަރިފުޅާ! ދަރިފުޅަށް އެގެއެއްނުން ބައްޕަ ބަލިހާލަތު ހުރިގޮތުން މަސައްކަތެއް ނުކުރެވޭކަން. ދުނިޔޭގަ އުޅެވޭނީ ޚަރަދުކުރާނެ ފައިސާ އަތުގައި ހުރެގެން. ތީ ހަމައެކަނި ބައްޕަގެ ހުރި ދަރިއަކީ، ދަރިފުޅު ޖެހޭނެ ބައްޕަ ބަލަން’ ބައްޕަ އެހެން ބުނުމުން އަހަރެން ސުވާލުގެ ނަޒަރަކުން ބައްޕައަށް ބަލާލީމެވެ. ބައްޕަ ވާހަކަ ކުރިއަށް ގެންދިޔައެވެ. ‘މިހިރީ ދަރިފުޅުގެ ބޮޑުބޭބެއެއް، އަހަރެމެންނަށް ޚަރަދު ކުރަން ބޮޑުބޭބެ އެހެރީ ތައްޔާރަށް. މީގަ އޮތީ ދަރިފުޅުގެ ހިތްވަރެއް. ބޮޑުބޭބެ މިގެއަށް އަންނަ ރެއަކު ބޮޑުބޭބެއަށް ވަރަށް ރަނގަޅަށް ޚިދުމަތް ކޮށްދޭންވާނެ. ބޮޑުބޭބެ ބުނާ އެއްވެސް ކަމަކަށް ނޫނެކޭ ބުނެގެންނުވާނެ.’ ބައްޕަ އެހެންބުނުމުން އަހަންނަށް ތަދުވާވާހަކަ ބުނީމެވެ. އަހަރެން އުންމީދުކޮށްގެންހުރީ ބައްޕަ ފަރާތުން ކޮންމެވެސް ވަރެއްގެ ހަމްދަރުދީއެއް ލިބޭނެކަމަށެވެ. ނަމަވެސް ބައްޕަ އަހަންނާދިމާލަށް ލަވަންފެށީ ހަޅޭކެވެ. 10 އަހަރުފުރުމުން ގޭގެ ހުރިހާ ޒިންމާއެއް ނަގަންޖެހޭނެކަމާއި، ބޭނުންވާއެއްޗެހި އަމިއްލައަށް ހޯދާވަރުވެފައިވާކަން ބައްޕަބުނީ ވަރަށް ބާރަށެވެ. އަހަންނަށް ބޭއިޚްތިޔާރުގައި ބޯ ޖަހާލެވުނެވެ. އެވަގުތު އަހަރެންގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބާން ފައްޓައިފިއެވެ. އަހަރެން ކޮޓަރިއާދިމާލަށް ދުއްވައިގަތުމުން އެވާހަކަ އެއްވެސް މީހެއްކައިރީ ނުބުނުމަށް ބައްޕަ އިންޒާރުދިނެވެ.
‘ހަދާންކުރާތި އެއްވެސް މީހެއް ކައިރީ މިވާހަކަ ނުބުނާތި، ބުނެފިއްޔާ މަށަށް އެގޭނީ ހަދާނެގޮތް’
އެދުވަހު އަހަރެން ހިތް ފުރެންދެން ރޮވުނީމެވެ. ކަރުނަ ހުސްވަންދެން ވެސް އެދުވަހު ރޯންބޭނުންވިއެވެ. އެދުވަހަށްފަހު ބައްޕަ ބޭރަށްދާ ވަގުތު އަހަރެން ދޮންމަންމައަށް ސިއްރުން ބޭރަށް ނުކުންނަން ފެށީމެވެ. އަހަންނަށް ކުޑަނަމަވެސް ހިތްހަމަޖެހުމެއް ލިބެނީ މި ހިތްގައިމު މާހައުލުންނެވެ. އަހަރެންގެ ހިތަށް ފިނިކަން ލިބެނީ މި ޖެހޭ މަޑުމަޑު ވައިރޯޅިންނެވެ. ދިރިހުރުމުގެ ހިތްވަރު މިލިބެނީ މި ދޮންވެލި ތުނޑިންނާއި ބިއްލޫރިގަނޑެއްފަދަ މި ސާފު މޫދުންނެވެ.
“ދެން އެމީހާ ނާދޭތަ ފަހަކުން؟ މީހެއްކައިރީ ނުބުނަންތަ އެވާހަކަ؟ ރައްޓެއްސަކު ނުހުރޭތަ އެހެން؟ ދެން ކިހިނެއްހެދީ؟” ކެއްމަދުވެފައިވާ ރާއިމް ސުވާލުތައް އޮއްސާލިއެވެ. ރާއިމްގެ މި ހަރަކާތުން ރާއިފާގެ މަޑުފިޔާތޮށި ކުލައިގެ ތުންފަތަށް ހިނިތުންވުމެއް ގެނުވައިފިއެވެ. “ރާއިމްގެ އެއްވެސް ވާހަކައެއް އަދި އަހަންނަކަށްނޭގެ. ކޮންމެދުވަހަކު މިތަނަށް އައިސް މިދެއްކެނީ އަހަރެންގެ ވާހަކަ” ރާއިފާ ރާއިމްއަށް ހިނިތުންވުމެއް ދެމުން އަހާލިއެވެ. “މިހާ ގިނަދުވަސްވީއިރުވެސް ނޭގެދޯ އަހަންނެއް، އެހެންނޭވާނީ ރާއިފާ ވާހަކަދައްކާތޯ މިތާދުރުގައި ބަލަން 2 އަހަރަށްވުރެ ގިނަދުވަހު އިދެވިއްޖެ ވިއްޔާ، އަނެއްކާ ރާއިފާވެސް ނާހަމެއްނުން މަ ކައިރީ އެއްވެސްވާހަކައެއް. ދެން ކިޔައިދީބަ ވީގޮތް ވަރަށް އަޑުއަހާހިތުން މި ހުންނަނީ”
‘އަހަރެން މިތަނަށް އަންނަން ފެށިއިރު މިތަނަށް އިތުރުމީހަކު އަންނަތަނެއް ނުދެކެމެވެ. އަހަރެން އެންމެ ހިތްހަމަޖެހުނީ އެކަމާއެވެ. އެދުވަހަށްފަހު ބޮޑުބޭބެ ގެއަށް އައީ މަހެއްހާދުވަސް ފަހުންނެވެ. އަންނަމުން އަހަންނަށް ހަދިޔާއެއްވެސް ގެނެސްދިނެވެ. އަހަރެންގެ ހިތް ކިތަންމެ ނޭދުނަސް ބައްޕަ ލޯއަޅާލުމުން އަހަރެން އެހަދިޔާގަ ހިފީމެވެ. އަހަރެން ހުރީ ވަރަށް ބިރުންނެވެ. އަހަރެން ބިރުން ހުރިކަން އެގިގެން ކަންނޭގެއެވެ. އެދުވަހު އަހަރެންގެ ނުރުހުމުގައި އަހަރެންގެ ގައިގައި އަތްވެސް ނުލާނެކަމަށް ބޮޑުބޭބެ ވައުދުވިއެވެ. އެކަމަކު ދެން އިވުނު ޖުމުލައިން އަހަރެން ލަމުންގެންދިޔަ ހިންހަމަޖެހުމުގެ ނޭވާ ހާސްކަމުގެ ނޭވާއަށް ބަދަލުވެގެން ދާކަށް ސިކުންތުކޮޅެއްވެސް ނުނެގިއެވެ. ގެއަށް ބޭނުންވާ ޚަރަދު ލިބެން އޮތީ ކިހިނަކުންކަން ބޮޑުބޭބެ އަހަންނަށް ވަރަށް ރަނގަޅަށް ކިޔައިދިނެވެ. އަހަރެން ހަދާނެގޮތް ހުސްވިއެވެ. ނުކައި ހުންނަންޖެހުނަސް އެކަމަކަށް އެއްބަސްވާކަށް އަހަރެންގެ ޒަމީރު އެއްބަހެއް ނުވިއެވެ. އަހަރެން ނުރުހުންވެހުރެ ނޫނެކޭ ބުނުމަށްފަހު މަޑުކުރުމުއްނެތި ވަނީ ކޮޓަރިއަށެވެ. އެތައްއިރެއް ވަންދެން އަހަރެން ވިސްނަން އޮތީމެވެ. ކިތަންމެވަރަކަށް ވިސްނިޔަސް އެއީއަކަށްއެދި ދާނީ ވަކި ކޮންތާކަށް ކާކުކައިރިއަށް ހެއްޔެވެ. ވިސްނަން އޮއްވާ ނިދުނުއިރެއް ނޭގެއެވެ. އަހަންނަށް ހޭލެވުނީ ބަޑުހައިވެގެންނެވެ. ތެދުވެގެންގޮސް ފާހާނާއަށްވަދެ މޫނުދޮވެގެން ބަދިގެއަށްގޮސް ބަތްތެލީގެ މަތިނަގާލީމެވެ. އަބަދުވެސް ކައްކާފައި ހުންނަގޭގައި ކައްކާފަ ހުރިކަމުގެ ނިޝާނެއްވެސް ފެންނާކަށް ނެތެވެ. ފްރިޖުން ފެންފޮދެއް ބޯލުމަށްފަހު ކޮޓަރިއަށްވަދެ ނިދަން މަސައްކަތް ކުރީމެވެ. އެހެން އެތައްއިރަކު އަހަންނަށް އޮވެވުނެވެ.
ހެދުނު ހޭލެވުމާއެކު ފާހާނާއަށްވެސް ނުވަދެ އަހަރެން ދިޔައީ ބަދިގެއަށެވެ. ކާންއެއްވެސް އެއްޗެއްނެތުމުން އަހަރެންގޮސް ބައްޕަ ކޮޓަރީގައި ޓަކިޖެހީމެވެ. އިރުކޮޅަކު މަޑުކޮށްލުމަށްފަހު ހަބަރެއް ނުވުމުން އަނެއްކާ ބަދިގެއަށްގޮސް ފްރިޖުން ޖޫސްޕެކެޓެއްނަގާ ބޯލީމެވެ. ޖޫސްކޮޅު އަގައިގަ ޖެހުނުކަމެއް ނޭގެއެވެ. ހޮޑުލެވިއްޖެއެވެ. ކުރިންވެސް އަހަރެން ހޮޑުލަމެވެ، އެކަމަކު ރީދޫކުލައިގެ ހޮޑު މިލެވުނީ އަލަށެވެ. އިރުކޮޅަކުން އަހަރެންގެ މޫނުމައްޗަށް އަދިރިވާންފަށައިފިއެވެ. އަހަންނަށް ހޭވެރިކަންވީއިރު އަހަރެންއޮތީ އަވަސްފަރުވާދޭ ކޮޓަރީގައެވެ. އަހަންނަށް ހޭލެވުމާއެކު ބައްޕަ އަހަރެންގެ ބޮލުގައި ފިރުމާލުމައްފަހު ނުތެދުވެ މަޑުންއޮތުމަށް ބުންޏެވެ. އަހަންނަށް ވީކީއްތޯ ސުވާލުކުރަން އަހަރެންއޮތީ ވަރަށްބޭނުންވެފައެވެ. ނަމަވެސް ބައްޕަ ކައިރީ އަހާލާނެ ހިތްވަރެއް އަހަންނަކަށް ނުލިބުނެވެ.
އިރުކޮޅަކުން ޑޮކްޓަރަކު އައެވެ. ޑޮކްޓަރުއައިސް އަހަރެން ބެލުމަށްފަހު ފައިދާހުރިކާނާ ކެއުމަށާއި ހަށިގަނޑަށް ބަލައިގެން އުޅުމަށް ނަސޭހަތްދީ ބޭސްތަކެއް ލިޔެދިނެވެ. އެދުވަހު އަހަރެން ހޮސްޕަޓަލުން ދޫކޮށްލީ ހަވީރުއެވެ. ގެއަށްއައިސް ކާނެ އެއްވެސް އެއްޗެއް ލިބޭނެކަމަކަށް އަހަރެން އުންމީދެއް ނުކުރަމެވެ. ގެއަށްވަދެވުމާއެކު އަހަރެންގެ ނޭފަތުގައި ކާއެއްޗެހީގެ މީރުވަސް ޖެހުނެވެ. އަހަރެން ބަތް އަޅާކަށްވެސް ނުޖެހުނެވެ. ތައްޓަކަށް ރިހައާއިބަތާއި އަޅައި މޮޑެދިނުމަށްފަހު ސަމްސަލެއް ލައިދިނީވެސް ދޮންމަންމައެވެ. އަހަރެންގެ ބުރަކަށީގައި ފިރުމަމުން އަހަރެންގެ އަގަޔަށް ބަތްސަމްސަލެއް ލައިދިނީ ހަމަ ދޮންމަންމަތޯ ޔަގީން ކޮށްލަން ދެތިންފަހަރަކު ބަލައިވެސް ލީމެވެ. ދެދުވަސް ފާއިތުވެގެން ދިޔައިރު އަހަރެންގެ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް އަންނަން ފަށައިފިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
44 Comments!
Comments are closed.

Raifaa preg veetha.When next part
soon
V reethi… Waiting for the next part
thanks
10aharugatha balive iny omg.. Vaahaka varah reethi ekam varah kuru
thanks, faharakahvure fahareh dhiguvaane kamah balaa
V.. Reethi
thanks
Varah Reethi ingey mi part ves❤️
thanks
Next part avaha genesdhechey, varah reethi mi vaahaka, ekamaku genesdhey varu maa kuree. Konme dhuvahakuves genesdheynveenun. V kiyaalaahiivey. Kyp up the good work. ????
thanks. next part miahvure dhigu kohlaanan
????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
Heart touching stori
thank you.
.·´¯`(>▂<)´¯`·.
T ah rovunu. T ge reaction comment ah reply nukureemaves T V sad vi. Reethivaahae
awwww. hama ehaaves thouchy tha?
??????????????????????????????????????????????????????????????????☹️☹️☹️☹️☹️☹️☹️☹️☹️☹️☹️?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
Me ge reactions huree e emojis gothah mi storee kiyaalo iru. Very nice storee.
awwww.. thank you
This story is touching and painful. It’s beautiful. Do upload the story everyday. And please make the parts long. Ur a great writer. ⭐⭐⭐⭐⭐⭐⭐⭐⭐⭐⭐
thank.. ll try
Angie dear, aaa liyuntheriyakas vara rythi mi vahaka. Alhe thankolhe dhigukoh next time genesdhechey. Konme dhuhuku nugenesdheveynetha. Me hageegee story eh tha? Angie reply kollaanama comments thakah.
thanks. next part dhigu kohlaanan. ll try veehaaves avahakah liyevey tho. nuney hama hiyaali. hageegee kamehge mahchah binaakoh kiyaa hiyaalee vaahakaeh.
N
I
C
E
S
T
O
R
Y
WAITING FOR THE NEXT PART
thanks. will upload soon
Aharemen ge mujuthamauga hingaa real lyf story eh mee. Mikahala story vara reethi. Mihaaru ginain hunnanee beyru ge konmes series film thakaa ehgoi stories tha. Angie kahala writers beynunvanee. Vara vara reethi. Avas avahah maa lasnukoh vaahaka kiyaalevey e kamah ummeedhukuran. Adhi vaahaka ekkoh nugenesdhee huttaanulaanekamah heekuran. ?
thank you.
V v rythi ma sha allah?..So curious to knw wats gonna b happen next..Keep it up angie dear?
thank you
Doctor dhookohlaatha kuda kuhjjeh bandu bodu veema balaigen kaashey kiyaafa? Gender akasheh nu report kuraany?
Salhi
thank you
Nice?????
thank you
Suvaalu ufedhey thanthankolhu ebahuri. Misaalaka doctor ge baiga 10yrs kujjaku pregveema alhaanuleethee
Gud
thank you
I love this kind of storyes. Cant wait to read the next part . But thanklhe thegu kolchey .
will try
V reethi story..?❤️❤️❤️
Umeedhu kurann next part vx mihaa reethi vaaneh kamah.. ?
Next part vara avaha up kolatheeba . Cant wait to read . And by the way how old r u .becouse thankolhe kudakuthenves vaahaka leyefa hunnaathee hama ahaala hivee.
miadhu up kureveytho will try igey. kudakujjaku liyaa vaahakayakaa vahtareetha? FYI im above 18